Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިހުމާލް

shurm Level 110 Stories
September 7, 2015 2 Mins Read
13 Comments

” ކުއްލި ގޮތަކަށް މުޅި ޙަޔާތުގެ ކުލަ ބަދަލުވެ ހިނގައްޖެޔޭ.. ޔާ އިލާހީ އަޅުގެ މި ހިތަށް ކެތްނުވާވަރު ވެއްޖެޔޭ.. ލޯބި ތިޔަ އެސްފިޔަ ތަކާއި އެކު…” އިޒްކާގެ މޯބައިލް ފޯނު ދިޔައީ ރިންގްވަމުންނެވެ. ހެދުން ތަކެއް އިސްތިރި ކުރުމުގައި އަވަދިނެތި މަސްޢޫލުވެ އުޅެމުންދިޔަ އިޒްކާއަށް އޭނާގެ ފޯނު ރިންގްވާކަމެއް ރޭކާވެސް ނުލައެވެ. ވާނީވެސް އެހެންތާއެވެ. އިޒްކާގެ ފޯނު ވީތަނެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ރޭގަ ގެއަށް އައިސް، ފޯނު ކޮޓަރި އަށް އެއްލާލި ގޮތަށް އަދިވެސް ފޯނު އޮތީ ކޮޓަރި އެނދުމަތީގައެވެ. އިޒްކާގެ ހިތުން އޭނާގެ ފޯނަށް ދެވިފައިވާ މަޤާމަކީ ފެން ކައްކާ ބޮލީގެ ޢިއްޒަތުގެ މަޤާމު ވިއްޔާއެވެ.

 

އިޒްކާ އިސްތިރިކުރަމުންދިޔަ ހެދުން އިސްތިރިކޮށް ނިމުމުން، އެ ހެދުން ހިފައިގެން ކޮޓަރިއަށް ވަން ވަގުތެވެ. އޭރުވެސް އޭނާގެ ފޯނު ރިިންގަވަމުން ދިޔައެވެ. އޭނާގެ ކަންފަތުގައި ފޯނުގެ ރިންގް ޖެހުމުން، ފޯނު ހޯދުމަށް އަވަސް ވެގަތެވެ. އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ އެނދުމަތީގައި ބަންޑުން އޮތް އޭނާގެ ފޯނެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އިޒްކާ އޭނާގެ ފޯނު ނެގިއެވެ.”ލޯބީ!! ސޮރީ!! ފޯނު ރިންގް ވާކަމެއް އިޒޫ އަކަށް ނޭނގެ..” ހިތާމަކަން އެކުލެވިގެންވާ މަޑުމޮޅި ރާގެއްގައި އިޒްކާ ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ އައިމަނާއެވެ.”އޯކޭ ދެން.. އިޒޫގެ އުޒުރެއް ދުވަހަކުވެސް ހުހެއް ނުވާނެ ވިއްޔަ! މިރޭ އަށްގަޑި ބައިކަން ހާއިރު އަންނަށްޗޭ ވިލިމާލެ ފެރީ ގިމަތަ ކައިރިއަށް. ވަރަށް ބޮޑު ސަޕްރައިޒް އެއް ދޭނަން.” ސަކަ މިޒާޖެއްގެ ވެރި އައިމަން ބުންނެވެ. ”ދެން ލޯބީ މިރޭ ވެސް އެތަނަށްތަ؟ އަނެއްކާ އަށްގަޑި ބަޔަކަށް އިޒޫ އަކަށް ތައްޔާރެއް ވެސް ނުވެވޭނެ” އިޒްކާ ޅަކުއްޖެއް ފަދައިން ބޮޑާހާކައިލިއެވެ. ” ދެން އިޒޫ ކުސްމުސް ނުތަޅާ އަންނަށްޗޭ ޕްލީޒް.. ވަރަށް ވަރަށް ބޮޑު ސަޕްރައިޒް އެއް ދޭނަމޭ..” ޖަވާބުގައި އައިމަން ބުންޏެވެ.

 

ފޯނު ބޭއްވުމަށްފަހު އިޒްކާ ވަނީ ފާހާނާ އަށެވެ. ކުޑަކޮށް ތާޒާ ވެލުމަށްށެވެ. އެއަށްފަހު ރަންގުމޫ ކުލައިގެ ޓޮޕް ކޮޅަކާއި ނޫ ޖިންސެއް އޭނާގެ ލޫޅާފަތި ހަށިގަނޑަށް މަހާލިއެވެ. އަވަސް ހިނގުމެއްގައި ގޮސް ވިލިމާލެ ފެރީ ގިމަތަ ކައިރި ހުއްޓެލިއެވެ. ނަމަވެސް އެހެން ދުވަސްތަކާއި ޚިލާފަށް އައިމަން ފެންނާކަށް ނެތެވެ. އަނެއްކާ އައިމަން ސަމާސާއެއް ކޮށްލީބާވައެވެ. އިޒްކާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

 

”އަހަރެން ދޯ ތިހޯދަނީ.. ފަހަތް ބަލާލަބަ..” އެއީ ހަމަ އެ މަސްތީ އަޑެވެ. އައިމަންގެ ޖާދޫވީ އަޑެވެ. އިޒްކާ ލަހެއްފަހެއް ނެތި ފަހަތް ބަލާލިއެވެ. އޭނައާއި ދިމާކުރިމަތީގައި އަތް ފުރަގަހަށް ލައިގެން އެ ހުރީ އައިމަނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެ މީހަކަށްޓަކައި މުޅި މާޙައުލަށް ނަޒަރު ހިންގި އިޒްކާގެ ލޯބިވެރިޔާއެވެ.

 

އިޒްކާ އާއި އައިމަން ދެ ލޯބިވެރިން ގޮތުގައި ގޮސް ބާޑިފަށުގައި ހުރި ‘ޑައިނަމޯ’ އަށް ވަނެވެ. ‘ޑައިނަމޯ’ ގެ އެތެރެ ސިފަ ކުރެވެނީ ލޯބިވެރިންގެ މަރުކަޒެއްގެ ގޮތުގައެވެ. ކަނުކަނުގައްޔާއި ބިއްބިތުގައި ކަށިނޫފުރައިގެ ޒުވާނުން ވަނީ ފުނި ޖެހިފައެވެ. ދެ ޖިންސުން މައްސުނިވެފައެވެ. ތިނޯހެއްގެ ތުނޑު ޖައްސައިލާނެ ތަންކޮޅެއްވެސް ނެތެވެ.

 

ހާލު މާލުން އުޅެގެން، އިޒްކާ އާއި އައިމަން ސީޓެއް ހޯދިއެވެ. އަދި ކާން ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނެވެ. ” އިޒޫ! އަހަރެމެން ދެމީހުންނަށް މިހާރު މި ގޮތަށް ލައްކަ ދުވަހު އުޅެވިއްޖެއްނު. ހަނދުވަރު ކުރަތްޕެއް ހެން ވެސް އުޅެވިއްޖެ އެއްނު.. ދެން އަހަރެން އިޒޫ އާއި ރައްޓެހި ވެގެން އުޅޭކަށް ބޭނުމެއް ނޫން..”

ނުނިމޭ

 

Share Article

Follow Me Written By

shurm

Level 110 Stories

Other Articles

Previous

ދިމްޔާ (12 ވަނަ ބައި)

Next

ގިލަން (2)

Next
September 8, 2015

ގިލަން (2)

Previews
September 7, 2015

ދިމްޔާ (12 ވަނަ ބައި)

13 Comments!

  1. shurm says:
    September 7, 2015 at 10:25 pm

    hope you guys will like this 2

  2. neha says:
    September 7, 2015 at 11:00 pm

    Reethi vaane kamah ummydhu kuran, waiting 4 the nxt part

  3. iraa says:
    September 7, 2015 at 11:03 pm

    Yaa…heevey reethi vaanehen…Ekam maa Kury…. Nxt part avaha up kohdhechey…

  4. mal says:
    September 7, 2015 at 11:10 pm

    Rythi vaanehen hyvany mi vaahaka vx..best of luck shurm

  5. mal says:
    September 7, 2015 at 11:13 pm

    waiting 4 next part

  6. Shax Lyn says:
    September 7, 2015 at 11:31 pm

    Handuvari kerafi…. hehehe… great a vocabulary…. good job… keep it up

  7. shyn says:
    September 8, 2015 at 6:45 am

    Vrh reethi vaane hen heevanee mi vaahaka. Waiting 4 the next prt.

  8. ZiM~ says:
    September 8, 2015 at 9:26 am

    Nice story…

  9. aish says:
    September 8, 2015 at 9:54 am

    Kn dhuvas thakeh ga mi story up vaani..????

  10. Emy says:
    September 8, 2015 at 11:24 am

    Nice story… 🙂

  11. ReNesmee says:
    September 8, 2015 at 2:07 pm

    Mi story v reethi vaanehen heevey .. But please kuryge story ah hedhi hen avas kohlaafa ninmaa nulahchey 🙂 all the best .

  12. Rixyloveshinaan says:
    September 16, 2015 at 10:18 am

    nice story waititng for the another part pls make it wonder full as ever
    wow!wow! so lovely!!!!!!

  13. Rixyloveshinaan says:
    September 16, 2015 at 10:19 am

    keep it up maashaallah!

Comments are closed.



All Right Reserved!