Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (އަށްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 6, 2015 7 Mins Read
31 Comments

ވީޑިއޯ ކްލިޕް ނިއްވާލުމަށްފަހު ފަޔާޒަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ އެކުވެރި ނާއިފަށެވެ. ދެމީހުންވެސް ތިބީ މިފެނުނު މަންޒަރުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކޮށްފައެވެ. ޝިޔާނާގެ ހަޔާތުގައި ހިނގަމުންދާ ތޫފާނުގެ އޮއެވަރުގެ ބާރުކަން އިހްސާސްވެ މި ތޫފާނަށް ނިމުމެއް ގެންނައުމަށް ދެމީހުން އަޒުމް ކަނޑައެޅިއެވެ. ގޮނޑިން ތެދުވެ ލެޕްޓޮޕް ގެ ސްކްރީން ލައްޕާލަމުން ފަޔާޒް ބުންޏެވެ. “މި ކޭސް އިތުރަށް އިންވެސްޓިގޭޓް ކުރަން ލަސްނުކޮށް އަހަރެމެން ޝިޔާނާގެ ގެއަށްދާން ފެނޭ”

ނާއިފްވެސް ފަޔާޒް ދެއްކި ވާހަކައަށް ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ދެމީހުން އެކީގައި ކާރަށް އަރައި މިސްރާބުޖެހީ ޝިޔާނާމެން ދިރިއުޅޭ ފްލެޓަށް ދިޔުމަށެވެ.

ސުވާލަކަށް ފަހު ސުވާލެއް

ދޮރުގައި ޓަކިޖަހާ އަޑު އިވުމުން މަތީނު ދޮރު ހުޅުވާލިއެވެ. އެވަގުތު ދޮރުމަތީގައި ހުރީ ފަޔާޒާއި ނާއިފެވެ. ފަޔާޒްމެން ފެނުމުން މަތީނު ހުރީ ވާނުވާ ނޭނގިފައެވެ. އެއީ ކޮންކަމަކު އައި ބައެއްތޯ ސުވާލުކޮށްލިއެވެ. ޕޮލިސް ބެޖް އަދި ކާޑް ދައްކާލުމަށްފަހު އެމީހުންނަކީ ޝިޔާނާގެ ކޭސްގެ އައި. އޯ. ޓީމްކަމަށް ބުނުމުން މަތީނު އެމީހުން ގާތު އެތެރެއަށް ވަނުމަށް އެދުނެވެ. އެމީހުން އިށީނުމަށް ސިޓިންގް ރޫމްގައި ހުރި ސޯފާ ދައްކާލިއެވެ. ނާއިފް ސޯފާގައި އިށީނެވެ. ނަމަވެސް ފަޔާޒް ކޮޅަށްހުރެ މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.

ޖީބުން ގަލަމަކާއި އެކު ކުޑަ ނޯޓް ފޮތެއް ނެގުމަށް ފަހު ނާއިފް ވާހަކަދައްކަން ފެއްޓިއެވެ. “ތީ ކޮން ބޭފުޅެއްތޯ؟”

“އަޅުގަނޑަށް ކިޔަނީ މަތީން، މީ އަޅުގަނޑުގެ އެޕާޓްމެންޓް” މަތީނު ވާހަކަ ދެއްކުމުގައި އެއްވެސް އަސަރެއް ނެތް ކަހަލައެވެ. މިކަހަލަ ހާދިޘާއެއް އެ ތަނުގައި ހިނގިތާ 24 ގަޑިއިރު ނުވެއެވެ. ނަމަވެސް މަތީނުގެ މޫނުމަތިން ހާސްކަމާއި، ހިތާމަ ނޫނީ ނަފްރަތުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން ނާއިފް އިނީ ހައިރާންވެފައެވެ.

ދެވަނަ ސުވާލު ކުރީ ފަޔާޒެވެ. “މަތީން ތީ….. ޝިޔާނާގެ ފިރިމީހާ…. ދެއްތޯ؟”

“ނޫން…. އަހަރެން އެނާ މިނިވަން ކޮށްފިން… ކިހިނެއް ޤާތިލަކާއި އިނދެގެން އުޅޭނީ… އޭނައަށް އަހަރެންގެ ބެސްޓް ފްރެންޑް ނޫން މީހެއް މަރަން ނުފެނުނީތީ ހައިރާންވަން….” މަތީނު މިހެން ބުނި އިރު އެނާގެ މޫނުމަތިން ނަފްތަރުގެ ކުލަ ފާޅުވެގެން ދިޔައެވެ.

“ކޮބާ ޝިޔާނާގެ މަންމައާއި ބައްޕަ؟” އަނެއްކާވެސް ސުވާލު ކުރީ ފަޔާޒެވެ.

“މަންމަ ވީ އެ ޚަބަރު އަޑު އިވުނު ގޮތަށް ހޭނެތި އައި.ސީ.ޔޫގައި…. ބައްޕަ އެއިންނަނީ އަބަދު އެތާ….. މަށާ ޝިޔާނާއަށް ލިބިފައިވާ ދަރިފުޅު ޒާން ވީ ލަންކާއަށް ގޮސް….. މިއަދު 9 ޖެހިއިރު އެސޮރު އަހަރެން ބައްޕަޔާއި އެކު އެ ފުރީ” މަތީނު އިސްޖަހައިގެން ހުރެ ވާހަކަ ދެއްކިއެވެ.

އެ ވަގުތު ފަޔާޒުގެ ލޮލުގައި އަޅައިގަތީ ކާ މޭޒުމަތީ ބަހައްޓާފައި ހުރި ބޮޑު ވަޅި ސެޓެވެ. އެ ސެޓްގައި އިން އެންމެ ބޮޑު 8 އިންޗީގެ ޝެފް ނައިފެއް ނެތެވެ. އެވަޅިއާއި ޖެހިގެން އިން ބްރެޑް ނައިފް ފަޔާޒް ނެގުމަށް ފަހު އެ ވަޅީގެ މުއްގަނޑަށް ބަލާލިއެވެ. ފަޔާޒުގެ ހަނދާނަށް އައީ ލެޕްޓޮޕުން ފަޔާޒު ބަލަމުންއައި މި އިންވެސްޓިގޭޝަންގެ ފޮޓޯތަކެވެ. އެ ފޮޓޯ ތަކުން ފެނުނީ މިސެޓްގެ ޑިޒައިނަށް އިން ބޮޑު ވަޅިކަން އޭނައަށް ކަށަވަރު ވިއެވެ.

“މި ވަޅި ސެޓް އަބަދުވެސް ބަހައްޓަނީ މި މޭޒު މަތީގައިތަ؟” ފަޔާޒް މިސުވާލު ކޮށްލީ ޝިޔާނާގެ ބަޔާނުގައި އޭނާ އެވަޅި ނެގީ މޭޒުމަތީ ހުރި ވަޅިސެޓުން ކަމަށާއި، އެވަޅިން ކެރެޓް ކޮށަން ހުއްޓާކަމަށް ވާތީ، އެކަން ޔަޤީން ކުރުމަށެވެ.

މަތީނުގެ ޖަވާބު ވަރަށް ކުރެވެ. “އާން… ތިތާ އަބަދުވެސް އިންނަނީ…..”

ފަޔާޒް މަޑު ހިނގުމެއްގައި ވަށައިގެން ހިނގަން ފެށިއެވެ. އިތުރު އެހެން ކަމެއް ހޯދަން އުޅޭފަދަ ގޮތަކަށް ގޭތެރޭގައި ހުރި ފަރުނީޗަރަށާއި އެހެނިހެން ސާމާނުތަކައް ބަލަމުންނެވެ.

ދެން ސުވާލުކުރީ ނާއިފެވެ. “ޝިޔާނާއަކީ ކޮންކަހަލަ މީހެއް… މިޒާޖުގައި ވަރަށް ރުންކުރު ގޮތެއް ހުރޭތަ؟ އަދި މުއާޒަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއް؟”

މިފަހަރު މަތީނު ވާހަކަ ދައްކަން ފެއްޓީ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހުގައެވެ. “ޝިޔާނާއަކީ މަޑުމައިތިރި ވަރަށް އަޚްލާޤް ރަގަޅު އަންހެނެއް… އޭނާއަކީ ރުންކުރު މީހެކޭ ނުބުނެވޭނެ…. ދެން މުއާޒަކީވެސް ވަރަށް މަޑުމައިތިރި މީހެއް… އަބަދު މިގެއަށް އައިސް އުޅޭނެ… މަޖާވެސްކޮށް ހަދާނެ… ވަރަށް ހިތްހެޔޮމީހެއް އެއީ”

“ދެން ކީއްވެ ޝިޔާނާ ވަރިކުރީ؟…. އޭނާ ވަރިކުރީ ކޮންއިރަކު؟….” ފަޔާޒް ބޭނުންވީ މަތީނު ޝިޔާނާއާއި ދޭތެރޭ ދެކޭ ގޮތްވެސް ހޯދާށެވެ.

މަތީނު ދެބުމަ ގޮށްޖާހާލިއެވެ. “ކިހިނެއްތަ ގާތިލަކާއި އިނދެގެން އުޅޭނީ؟…. މުއާޒުގެ މަންމަ ދެކެނީ އަހަރެންގެ އަމިއްލަ މަންމަ ފަދައިން….. މިކަން ހަމަ ރަނގަޅަށް ޝިޔާނާއަށް އިނގޭނެ…. މީގައި ކުރަންޖެހޭ ތަޙުޤީޤެއް އެބަ އޮތްތޯ؟…. އޭނާ އެބުނަނީ އޭނައޭ މަރާލީ…. މަ ހަމަ ހައިރާން ވަން…. އެއްފަހަރުވެސް ހިޔެއް ނުކުރަން ޝިޔާނާ މިހެން ހަދާނެ ކަމަކަށް….. މުސްކުޅިން ބުނެޔެއްނު ނުމޮށޭ ގުރާ ބާރަށް ދައި ގަންނާނޭ… މިއޮތީ ދަތް އަޅާފަ… ދެން ގެންގުޅުމުގެ ބަދަލުގައި އެންމެ ރަގަޅު ވާނީ މިނިވަން ކޮށްލިއްޔާ…. އެހެންވެ އަހަރެން އޭނަ ވަރިކުރީ…. އެކަން ނިންމާލައިފިން….”

ފަޔާޒަށް މަތީނު އައިސްފައި ވާރުޅި އިހްސާސް ކުރެވުނެވެ. “ދެން ކޮންއިރަކުތޯ ވަރިކުރީ؟”

“މިއަދު ހެނދުނު…. މިއައީ ޝިޔާނާއާއި ބައްދަލުކޮށްފައި…. ބޮޑު ހެޑޭކެއް މީ…. އިޓްސް އޯވާރ….” މަތީނުގެ ބޮލުގެ އިސްތަށިގަނޑުގައި ދެ އަތުން ހިފާ ބާރު ކޮށްލިއެވެ.

ބަދިގޭ ކާމެޒާ ކައިރީގައި ހުރި ކޮޓަރި ތެރެއަށް ވަންނަމުން ފަޔާޒް ސުވާލުކުރަން ފެށިއެވެ. “މީދޯ އެކޮޓަރިއަކީ…. މި ކޮޓަރީގައި އުޅެނީ ކޮން ބައެއް…. ހީވަނީ އަންހެން ކުއްޖެއްގެ ކޮޓަރިއެއްހެން… ވަރަށް ޕިންކް”

“ތީ ޝިޔާނާގެ ކޮއްކޮ ސާނިޔާގެ ކޮޓަރި” ފަޔާޒް ކުރި ސުވާލަށް ޖަވާބުދެމުން މަތީނު އެ ކޮޓަރިއާ ހަމައަށް ދިޔައެވެ.

އެކޮޓަރީގައި މިހާރު ލޭގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ކޮޓަރީގައި ހުރި ހުރިހާ ސާމާނެއް ވަނީ ވަރަށް ތަރުތީބުކޮށް ބެހެއްޓިފައެވެ. މަތީނުގެ ފަހަތުން އެކޮޓަރި ކައިރިއަށް އައި ނާއިފްވެސް އިނީ ވާނުވާ ނޭނގިފައެވެ. ޝިޔާނާގެ އެ ބަޔާން ކިޔުނު އަދަދު އޭނައަކަށް ނޭނގެއެވެ. އެ މުޅި ބަޔާނުގައިވެސް އޭނާގެ ކޮއްކޮ ސާނިޔާގެ އެއްވެސް ވާހަކައެއް ހިމެނިފައެއް ނެތެވެ.

“ކޮބާ ސާނިޔާ؟ އޭނާ އާއި ބައްދަލު ވާނީ ކިހިނެއް؟” ނާއިފް އަވަސްވެގަތީ ސާނިޔާއާއި ބެހޭ ގޮތުން މަޢުލޫމާތެއް ލިބޭތޯއެވެ.

“ސާނީ ވީ ފާހާނައިގައި… ހީވަނީ ފެންވަރަންހެން ވަނީ…..” މަތީނު ޖަވާބު ދިނުމަށްފަހު ސިޓިންގް ރޫމްގެ ސޯފާއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ސާނިޔާގެ ކޮޓަރިން ދުރަށް ފިޔަވަޅުއެޅި ނާއިފަށް ފެނުނީ އެ އެޕާރޓްމަންޓްގެ ބޭރަށް ހުރި ފާހާނައެވެ. އެ ފާހާނަ ހުރީ ހުޅުވާފައެވެ. ނާއިފް ވަށްކަޅިން ބަލައިލީ ފަޔާޒްގެ މޫނަށެވެ. ފަޔާޒްވެސް އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.

ޗައިނާ ޓައުންގެ މި އެޕާރޓްމަންޓްތައް ޑިޒައިންކޮށްފައި ވަނީ ތިން ކޮޓަރިއާއި ދެ ފާހާނައާއި ސިޓިންގް ރޫމަކާއި ބަދިގެއަކާއި އެކުގައެވެ. އެއްފާހާނަ ހުންނަނީ ބަދިގެޔާ ކުރިމަތިވާ ގޮތަށް ބޭރުގައެވެ. ދެވަނަ ފާހާނަ ހުންނަނީ މާސްޓަރ ބެޑްރޫމް ތެރޭގައެވެ.

ސޯފާއާއި ދިމާލަށް ފަޔާޒާއި ނާއިފް ހިނގައިގަތެވެ. އަދި ސޯފާގައި އިށީންނަމުން ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުގެ ތެރެއިން ސުވާލެއް ނާއިފްކޮށްލީ އެ ސޯފާއާއި ޖެހިގެން ހުރި ކޮޓަރިއަށް އިޝާރާތް ކުރަމުންނެވެ. “މީ ކާކުގެ ކޮޓަރިއެއް؟”

“ތީ އަހަރެންނާ ޝިޔާނާގެ ކޮޓަރި…. ކިހިނެއްވީ؟” މިފަހަރު ޖަވާބު ދިނުމަށްފަހު މަތީނުގެ ފަރާތުން ރައްދުގައި އައީ ސުވާލެކެވެ.

ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ނުކުތީ ދޮން ބައްޓެއް ފަދަ ރީތި ޒުވާން އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ތުވާލިން ހިއްކަމުން ނިކުތްއިރު އޭނާ ލައިގެން ހުރީ ހުދުކުލައިގެ ގަޔަށް ދޫ ޓީޝާޓަކާއި ކަކުލާއި ހަމައަށް ހުރި ފިޔާތޮށި ކުލައިގެ ކުރު ސޯޓު ބުރިއެކެވެ. ހަށިގަނޑު ފޯވެފައިވުމުގެ ސަބަބުން އޭނާގެ ދޮންކަމާއި އެކު އޭނާ ހީވަނީ ޔޫރަޕް ކުއްޖެއްހެންނެވެ. ދެ ކޯތާފަތާއި ނޭފަތަށްވެސް ވަނީ ޖަންބު ކުލަ އަރާފައެވެ. ބުޅި ދިގު އިސްތަށިގަނޑުގެ ކަޅު ކަމުން އޭނާގެ ދޮން ހަންގަނޑުގެ ސާފު ކަމާއި އޮމާންކަން ފާޅުވާލެއް ވަރަށް ފުރިހަމައެވެ. ނާއިފް އިނީ އާޝޯޚް ވެގެންގޮސް އަނގަ ހުޅުވިފައެވެ. ނަމަވެސް ކުރަން އައިސް ހުރި މަސައްކަތް ހިނދުކޮޅަކަށް އޭނާއަށް ހަނދާން ނެތުނު ކަހަލައެވެ. އަންހެން ކުއްޖަކު ފެނި ނާއިފަށް މިފަދަ އިޙްސާސެއްކުރި މީ ފުރަތަމަ ފަހަރެވެ.

ފަޔާޒް ކަރު ކެހިލީ ނާއިފަށް ވެފައިހުރި ގޮތް ފެނި އޭނާ ހަމަ ބިމަށް ގެނައުމަށެވެ. ސިއްސައިގެން ގޮސް ނާއިފަށް އިސްޖަހާލެވުނީ ލާނެއް ހިންޏެއް ތުންފަތް މައްޗަށް ވެރިވުމުންނެއެވެ. އަތުގައިވާ ނޯޓުފޮތަށް ބަލަހައްޓައިގެން ހުރެ އޭނާ ސުވާލުކޮށްލިއެވެ. “މީތޯ ސާނިޔާއަކީ….”

ސާނިޔާ ކޮޓަރިއާއި ދިމާލަށް ދިއުމަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ ނަމުން ނާއިފް މުޚާތަބުކޮށް ސުވާލުކުރުމުންނެވެ. ސާނިޔާ ބަލައިލީ ވަރަށް ފުން ނަޒަރަކުންނެވެ.

“ސާނިޔާ އާއި ވަރަށް ބޮޑު ސުވާލެއް ކޮށްލަން ބޭނުން… އަޅުގަނޑުމެން މީ ޝިޔާނާގެ މައްސަލަ ބަލަމުން ދާ ޓީމްގައި އުޅޭ ދެ ޑިޓެކްޓިވް” ފަޔާޒް ވާހަކަ ދެއްކީ ސާނިޔާގެ ޖަވާބަކަށް އެދިއެދި ހުރެއެވެ.

ސާނިޔާ ބޯ ޖަހާލިއެވެ. އަދި ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ.

“މި ހާދިޘާ ހިނގި އިރު ސާނިޔާ ހުރީ ކޮންތާކު؟” ފަޔާޒްގެ ސުވާލު ވަރަށް އަމާޒެވެ. ހަމަގޮސްހެރުނީ ސާނިޔާގެ ހިތަށެވެ. ސާނިޔާގެ ލޮލަށް ފެން ޖަމާވާން ފަށައިފިއެވެ. މޫނުގައި އަތް އެޅިއެވެ. ހިތަށް ކުރި އަސަރުން ކެތް ނުކުރެވިގެންނެވެ. ހީވީ އެ ދުވަހުގެ އެ މަންޒަރުތައް އައިސް ލޯ ކުރިމައްޗަށް ހުއްޓުނުހެން ނެވެ.

އަދި ދެއަތަށް ބޯހުރަމުން ބުންޏެވެ. “އަޅުގަނޑު އެ ވަގުތު ހުރީ ފެންވަރަން ފާހާނައަށް ވަދެ…. މަތީނުބެ އޭރު ވީ ބޭރު ފާހާނައިގައި، އެހެންވެ އަޅުގަނޑުވަނީ ޝިޔާނާ ދައްތަމެން ކޮޓަރީގައި ހުންނަ ފާހާނައަށް…. ފެންވަރަން ހުއްޓާ ގޭތެރެ ހަލަބޮލި ވެގެން އުޅޭ އަޑު އިވިގެން އަޅުގަނޑު ނުކުތީ ބޭރަށް…. މިގޭ އެއްވެސް މީހެއް ފެންނާކަށް ނެތް…. އޭރު ގޭތެރޭގައި އުޅުނީ ފުލުހުންގެ ބައެއް…. އެމީހުން ދިޔައީ ފޮޓޯ ނަގަމުން…. އަޅުގަނޑު ކޮޓަރިއަށް ދިޔައިން…. މުޅި ކޮޓަރީގައި…. ވަނީ ހުސްލޭ….” މިހިސާބަށް ސާނިޔާއަށް ވާހަކަ ކިޔައި ދެވުނުއިރު ރޮވެން ފަށައިފިއެވެ.

މަތީނު ސާނިޔާ ގާތަށް އައިސް ސާނިޔާ ކޮނޑުގައި ހިފާލުމަށްފަހު ހިތްވަރު ދެރަ ނުކުރުމަށް ބުނެލިއެވެ. މަތީނުގެ އޯގާތެރި ބަސްތަކުން އިހުނަށް ވުރެއް ބާރަށް ސާނިޔާއަށް ރޮވުނެވެ. އޭނާއަށް ވަނީ މި ހާދިޘާއިން ވަރަށް ފުން އަސަރެއް ކޮށްފައެވެ.

މިއަދު ސާނިޔާ ވަރަށް ހިއްވަރު ކުރަން ޖެހެއެވެ. ސާނިޔާގެ މައިންބަފައިނަށް ވެސް އޯގާތެރިކަމުގެ އަތެއް ބޭނުންވާއިރު ޝިޔާނާ މިވަނީ ކުށްވެރިންގެ ލިސްޓަށް އަމުނާލެވިފައެވެ. މުޅި އާއިލާގެ އެންމެން ޝިޔާނާ ކުށްވެރި ކުރިކަމުގައި ވިޔަސް އަދިވެސް ފަޔާޒްގެ ހިތަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާގެ ހިތްބުނަނީ ޝިޔާނާއަކީ ކުށްވެރިއެއް ނޫން ކަމެވެ.

ފަޔާޒާއި ނާއިފު އެކީގައި ގޮނޑިން ތެދުވެ މިސްރާބު ޖެހީ އެ އެޕާރޓްމަންޓުން ނުކުތުމަށެވެ. ސާނިޔާއަށް ކޮށްފައިވާ ފުން އަސަރުން ފަޔާޒަށް ވެސް ސާނިޔާއާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކޮށް މިވަގުތު އެ އެޕާރޓްމަންޓްއިން ނުކުތުމަކީ އެންމެ ބުއްދިވެރި ގޮތްކަން ނިންމުނެވެ.

“އަޅުގަނޑުމެން ދެން ގޮސްލަނީ…. އިތުރު މަޢުލޫމާތެއް ބޭނުންވެއްޖިއްޔާ ގުޅާލާނަން…. މި ދުވަސްކޮޅު މާލޭން ބޭރަށް ދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް އަންގާލަން ވާނެ…. މީ އަޅުގަނޑުގެ ފޯން ނަންބަރ…..” ނާއިފު މިހެން ބުނެ ގަނޑުކޮޅެއްގައި އޭނައަށް ގުޅޭނެ ނަންބަރ ނޯޓުކޮށްލުމަށްފަހު މަތީނަށް ދިއްކޮށްލިއެވެ. ގަނޑުކޮޅުގައި ހިފުމަށް ފަހު މަތީން އަވަހަށް އެޕާޓްމެންޓްގެ ދޮރު ލައްޕާލަމުން ޝުކުރު އަދާކުރިއެވެ.

ލެއްޕި ލެއްޕިހުރި ދޮރުގައި ފަޔާޒް އަތް ވިއްދާ ލުމުން މަތީނު ދޮރުފަތް ހުޅުވާލިއެވެ. އެ ވަގުތު ފަޔާޒް ބުނެލިއެވެ. “މަތީނަށް ގުޅޭނެ ނަންބަރެއް ލިބިދާނެތޯ؟…. ފަހަރުގައި އަޅުގަނޑުމެން ގުޅާލަން ޖެހިއްޖެ ހާލަތެއް އަޔަސް…..” ފަޔާޒްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަތީނު އޭނާގެ ނަންބަރު ކިޔާލިއެވެ. އެވަގުތު ނާއިފް އަވަހަށް އެ ނަންބަރު ނޯޓުކޮށްލިއެވެ.

*** *** *** *** *** ***

ފަޔާޒުގެ ކާރު އޮތީ 90 ވަނަ ފްލެޓްކައިރީ ހުންނަ މަގުގެ ޕާކިންގް ޒޯންގައި ޕާކްކޮށްފައެވެ. އެދެ އެކުވެރިންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައިވާ އިރު ދެމީހުންވެސް އަނގައިން ބަހެއް ނުބުނެ ހުރީއެވެ. މާހައުލުގެ ގޮތުން އާންމުންގެ މީހުން ކައިރިން ހިނގާފައި ދާތީއެވެ. މިހާ އާންމު ތަނެއްގައި މިކަހަލަ ވާހަކަ ދެއްކުމަކީ މާ ރަނގަޅުކަމެއް ކަމަށް ނުފެންނާތީއެވެ. ކާރަށް އެރުމަށްފަހު ކާރު ސްޓާރޓް ނުކޮށް ދެމީހުން ވާހަކަ ދައްކަން ފެއްޓިއެވެ.

“ސާނިޔާއަށް އެވަނީ ވަރަށް ލޯތްބާއި އަޅާލުން ބޭނުންވެފައި… ނަމަވެސް މަތީނު މިކަމުގައި ޝިޔާނާ ދެކެ އައިސްހުރި ރުޅިއަށް ބަލާފައި މަތީނުގެ ހިތުގައި ވެސް އިންސާނިޔަތުކަމުގެ ކުލަ ފެންނަން އެބަހުރި…. ކީކޭ ނާއިފް ބުނަނީ… އަދިވެސް އޭނަ އެ އުޅެނީ ޝިޔާނާގެ އާއިލާއަށް ޚިދުމަތް ކޮށްދިނުމުގައި” ފަޔާޒް ވާހަކަ ދެއްކީ ވަރަށް ޙައިރާންވެ ހުރެއެވެ.

މިހެން ތިބެ ދެމީހުން އެކަކު އަނެކަކަށް ވަރަށް ގިނަ ވާހަކަ ދެއްކުމަށްފަހު ދެވަނަ ފިޔަވަޅަކަށްވީ ފުއާދާއި ވާހަކަ ދެއްކުމަށް ހޮސްޕިޓަލަށް ދިޔުމެވެ.

ކާރު ދުއްވަމުން ގޮސް ހޮސްޕިޓަލް ހުރިމަގަށް އަޅާލިއިރު ސައިކަލެއް ކުރިމަތިން ހުރަސްކޮށް ދާ މަންޒަރު ފެނި ނާއިފް ކުއްލިއަކަށް ފުންމައިގެން ގޮސް ބުންޏެވެ. “އެޔޮށް ދަނީ މަތީނު… ފޮލޯ ހިމް..” މިހެން ބުނެ ނާއިފްގެ އަންގާލުމަށް ކާރު ފަހަތަށް ޖެހުމަށްފަހު މަތީނުގެ ސައިކަލް ފަހަތުން ފަޔާޒް ކާރު ދުއްވާލިއެވެ.

މަތީނުގެ ސައިކަލުގެ ފަހަތުގައި ވަރަށް ލޫޅާފަތި އަންހެން ކުއްޖެއް އިނެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ދޫކޮށްލާފައިކަމުން ވަޔާ ވިހުރެމުން ދިޔައެވެ. ފެންނަމުން ދިޔަ ހުރިހާ ސިފަތަކަކަށް ބަލާއިރު އެ ފެންނަނީ ސާނިޔާކަން ކަށަވަރެވެ.

ސައިކަލުގެ ދުވެލި މަޑުކޮށް ލެވުނީ ބާބަކިއު ސަރަހައްދާ ކައިރިވީ ފަހުންނެވެ. ސާނިޔާ މަތީނުގެ ކޮނޑުގައި ހިފާ ސައިކަލުން ފޭބުމަށްފަހު ކައިރީ ހުރި ޢިމާރާތެއްގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މަތީނު ސައިކަލް ޕާކްކުރުމަށް ޕާކިންގް ޒޯނަށް ޖަހަނިކޮށް އޭނާ ކައިރިޔަށް އައިސް ހުއްޓުނީ ވަރަށް ޅަ، އިސްތަށިގަނޑު ދިގުކޮށްފައި ހުރި ޒުވާނެކެވެ. އެ ދެމީހުން އެކީގައި ސާނިޔާ ވަދެގެންދިޔަ ޢިމާރާތުގެ ތެރެއަށް ވަނެވެ.

ނާއިފް މޭގައި އަތް އެޅުމަށްފަހު ބުންޏެވެ. “އޯ ޝިޓް….. އެއީ އެ މަންޖެ ބިޓުބާ؟…”

ފަޔާޒް ގާތަށް އައީ ލާނެއް ހިންޏެކެވެ. “ހަހަހަހަ…. ފުރަތަމަ ނަޒަރުން ދޯ…. ތީ ދޯ މި މީހުން ފަހަތުން އައުމަށް މަށަށް އިޝާރާތް ކުރި ސަބަބަކީ”

ފަޔާޒްމެން ކާރުގައި މަޑުކޮށްގެން ތިބީ ދެންވާނޭ ގޮތެއްގެ އިންތިޒާރުގައެވެ. މިހެން ތިބޭތާ ދެގަޑިއިރު ވުމުން ނާއިފް ކާރުން ފޭބިއެވެ. އެ އިމާރާތާއި ޖެހިގެން ހުރި އާދައިގެ ފިހާރައާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދެމީހުންނަށް ދެ ‘ރެޑްބުލް’ ގަނެގެން އެ ފިހާރައިން ނުކުންނަން ހިނގައިގެން ވަގުތު ފިހާރައިގެ ބިއްލޫރި ގަނޑުން ސާނިޔާ މަތީނުއާއި އެކު ސައިކަލުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ މަންޒަރު ފެނުނެވެ. ނާއިފް އެ ފިހާރައިން ނުކުމެ މަގުގެ އެ ފަރާތަށް ބަލާލިއިރު އެމީހުންގެ ހިޔަނިވެސް އެހިސާބުން ފެންނާކަށް ނެތެވެ.

ކާރުން ނުކުމެ ކާރު ތަޅުލުމަށްފަހު ނާއިފް ގާތަށް ފަޔާޒް ޖެހިލިއެވެ. އަދި އެ ޢިމާރާތަކީ ކޮންތަނެއްތޯ ބާލާލުމަށް ހިނގައިގަތެވެ. ފަޔާޒްގެ އަތަށް ދެ ދަޅު ހަވާލު ކުރުމަށްފަހު ނާއިފް އެޢިމާރާތުގެ ތެރެއަށް ވަދެއްޖެއެވެ.

އިމާރާތުގެ ކަނާތް ފަރާތަށް ހުރި ދޮރުގައި ‘އެމް.އެންޑް.އެމް ޓްރޭޑަރސް’ ޖަހާފައި އިނެވެ. ނާއިފް ޝައްކުމަތީ ހުރުމަށްފަހު އެ ދޮރުގައި ވާ ބެލް ސްވިޗަށް ފިތާލިއެވެ. ނާއިފް މަޑުކޮށްގެން ހުރީ މީހެއްގެ ހިލަމެއްވޭތޯއެވެ.

ފަޔާޒް ރެޑްބުލް ދަޅެއް ކަނޑާލައިގެން ބޯން އިނީ މަގުމަތީގައެވެ. އެނބުރި މަތީނު އައިސްދާނެތީ ފާރައަށެވެ.

ދޮރު ހުޅުވާލުމަށްފަހު ނާއިފަށް ޖަވާބު ދިނީ، މަތީނާއި އެކު އައި ޒުވާނާއެވެ. “ކީއްކުރާ ކުއްޖެއްތޯ؟” އެ ޒުވާނާ ސުވާލުކޮށްލިއެވެ.

” މީ…. ސާރވޭއެއް ހެދުމަށް މަޢުލޫމާތު ދެވިދާނެތޯ އަހާލަން..” ނާއިފް ވަރަށް ހުށިޔާރެވެ.

ނާއިފްގާތު އެ ޒުވާނާ އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލުމުން ނާއިފް އެ ދޮރުން އެތެރެއަށް ވަނެއެވެ.

އެއީ ކޮންމެވެސް ކަހަލަ ލިޔެކިޔުމުގެ މަސައްކަތް ކުރާ އޮފީހެކެވެ. ވަންނަ ދޮރާ ކައިރިން ރިސެޕްޝަނަށް ވަކިން މޭޒެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަދި އެތެރެއަށް ޕާޓިޝަން ޖަހާފައި ހަތަރު ވަރަކަށް ކެބިން ހަދާފައި ހުއްޓެވެ. ކޮންމެ ކެބިނެއްގައި ކޮމްޕިއުޓަރ ސިސްޓަމެއް ބެހެއްޓިފައިވާ އިރު، މޭޒުތަކުގެ މަތީގައި ބޮނޑި ބޮނޑިއަށް ޖަހާފައިހުރި ފައިލްތަކާއި ގަނޑުތައް މަދެއް ނޫނެވެ.

އެތެރެއަށް ވަދެ ރިސެޕްޝަން މޭޒު ކައިރީހުރި ގޮނޑީގައި ނާއިފް އިށީނުމަށް އަންގާލަމުން އޭނާ ވާހަކަ ދެއްކިއެވެ. “ހުން… ކޮންކަމަކުއޭތޯ؟”

“އަޅުގަނޑަކީ ބިޒްނަސް ކިޔަވާ ކުއްޖަކީމު… ވިޔަފާރިކުރާ ކޮމްޕެނީއެއްގެ ސްޓްރަކްޗަރ އާއި އެމީހުންގެ މަސައްކަތުގެ ދާއިރާގެ މާހައުލާއި ބެހޭގޮތުން ހަދަން ޖެހޭ އެސައިމެންޓަކަށް، މި ކުންފުނިން އަޅުގަނޑަށް މައުލޫމާތު ދެވޭނެތޯ އަހާލަންވެގެން މި އައީ…” ނާއިފް ގެ ޕްލޭން ވަރަށް މޮޅެވެ.

ރިސެޕްޝަން މޭޒުގެ ވަތްގަނޑަކުން ކޮމްޕެނީގެ ޕޯޓްފޯލިއޯ ނަގާ އެ ޒުވާނާ ދިއްކޮށްލިއެވެ. އަދި އެވަގުތު އެ ޒުވާނާ ގަނޑުކޮޅެއްގައި ނޯޓްކޮޅެއް ލިޔުމަށްފަހު ދިއްކޮށްލިއެވެ.

“އިތުރު މަޢުލޫމާތެއް ބޭނުމިއްޔާ މި ނޯޓުގައިވާ ނަންބަރަށް ގުޅާލާ… ބޭނުމިއްޔާ މިއައިޑީއަށް އީމެއިލް ކޮށްލިޔަސް މައްސަލައެއް ނެތް…. އަހަރެންގެ ނަމަކީ ޝާހިދު… އެންމެ ކިޔާ އުޅެނީ ޝާޑް” މިހެން ބުނުމަށްފަހު ޝާޑް ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ.

“އަޅުގަނޑުގެ ނަމަކީ ނާއިފް….ވަރަށް ބޮޑަށް ޝުކުރިއްޔާ” ނާއިފް ޝާޑްއާއި އަތްގުޅާ ސަލާމްކޮށްލިއެވެ. އެ އޮފީހުން ނުކުމެ ފަޔާޒްއާއި އެކު ކާރަށް އަރަން ދެމީހުން އެކުގައި ހިނގައިގަތެވެ. އަދި ކާރުގެ ސީޓް ބެލްޓް އަޅަމުން ފަޔާޒް ނާއިފްގެ ދަޅު ދިއްކޮށްލިއެވެ.

“އެ ދަޅު އެއްކޮށް ދަމާލީތަ؟…. ހެހެހެ… އެތާ ތެރޭ ހުރީ އެއްކަލަ ބޯދިގުކޮށްފަ ހުރި ސޮރު… އެއީ އޮފީހެއް… މަމިއައީ ދޮގެއްހަދާފަ އެ ކުންފުނީގެ ޕޯޓްފޯލިއޯ ހިފައިގެން….” ނާއިފްގެ ވާހަކަ މިހިސާބަށް ދިޔައިރު ފަޔާޒް ކާރު ސްޓާޓް ކޮށްލައިފިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހިޖުރަ (ބާވީސްވަނަ ބައި)

Next

އެލޯބި ފުރަތަމަބައި

Next
September 7, 2015

އެލޯބި ފުރަތަމަބައި

Previews
September 6, 2015

ހިޖުރަ (ބާވީސްވަނަ ބައި)

31 Comments!

  1. shx says:
    September 6, 2015 at 11:13 pm

    vvvv reeethi me first dhw

  2. Aai says:
    September 6, 2015 at 11:15 pm

    Me first..mi part vex vrh reethii

  3. mee says:
    September 6, 2015 at 11:19 pm

    Nukeyaa mi komant kuranee angae varah reethe vaanekan

  4. nym says:
    September 6, 2015 at 11:29 pm

    Nice ?
    Wen is the nxt part??

  5. Shax Lyn says:
    September 6, 2015 at 11:30 pm

    Thanks Shx, Aai, mee, nym, … hope u enjoy reading this part as well… <3 🙂

    1. ham says:
      September 8, 2015 at 1:07 pm

      konirakun 9 vana bai upload kuraany?

  6. zai says:
    September 6, 2015 at 11:31 pm

    In shaa allah..v nice mi baivexxx..

  7. Anth says:
    September 6, 2015 at 11:44 pm

    Vvvvvvvvv salhi avahah. Up kohdheechchey

  8. Faazy says:
    September 7, 2015 at 12:02 am

    V reethi.. ?

  9. gurey says:
    September 7, 2015 at 12:06 am

    Mibai kiyaafaves hithuga ethah suvaaleh ufedhey….. dhen huri baithah kiyaalan varah beynun. Shax Lyn ge idea adhi genesdheefai vaa goiy varah habeys…. hunaru hurikan faahaga kollan…. waiting for next part…. ??????

  10. shif says:
    September 7, 2015 at 12:22 am

    Wooow ..next part ge inthizaaru ga now

  11. naja hu says:
    September 7, 2015 at 12:26 am

    worah reythi :*

  12. Ahmed says:
    September 7, 2015 at 12:30 am

    Nice continuing …gud job ????

  13. asey says:
    September 7, 2015 at 1:01 am

    Alhey adhi ni kiyuny mi story mi part e kani mi part kiyaileema ves mi story reethi kan engije dhen isvedhiya 7 part ves kiyaalan beynun

    1. Shax Lyn says:
      September 7, 2015 at 11:22 am

      thanks….. keep reading….. enjoy inge ???

  14. ken? says:
    September 7, 2015 at 1:06 am

    v reethi…dn faharakun dhigukohla dhinun edhen…n mi story up vaa dhuvasthakakee kobaakan bunedhyfaananath…?
    wating for next part…☺

    1. gurey says:
      September 7, 2015 at 1:14 am

      Aamukoh weekehge thin episode nerey hen gureyah heevaneee…..

    2. Shax Lyn says:
      September 7, 2015 at 11:20 am

      Next part wednesday….. ?

  15. suza says:
    September 7, 2015 at 7:36 am

    Vvv reethi kihinae mivanee saaniyaa matheen aer dhameehun mi ulhanee

    1. Shax Lyn says:
      September 7, 2015 at 11:21 am

      thanks…. kuriyah huribaithakun dhen vaa goiy ingeyne ?

  16. aria says:
    September 7, 2015 at 8:26 am

    V interesting..eagerly waiting for the next part….

  17. nax says:
    September 7, 2015 at 10:15 am

    v nyc

  18. HabeyzZ says:
    September 7, 2015 at 1:53 pm

    Hama HabeyzZ ? ? ?

  19. Shax Lyn says:
    September 7, 2015 at 2:00 pm

    thanks…. ???

  20. Rahy says:
    September 7, 2015 at 2:28 pm

    V reethi mi part shax

  21. aby says:
    September 8, 2015 at 12:29 am

    V reethi… keep it up… can’t wait for the next episode.

  22. Samy says:
    September 8, 2015 at 8:30 am

    V.reethi

  23. Emy says:
    September 8, 2015 at 11:56 am

    ahimi kiyaalevuny mi story.. hama v awesom … 🙂 keep it up

    1. Emy says:
      September 8, 2015 at 11:57 am

      *adhi

  24. some one says:
    September 9, 2015 at 1:25 pm

    when is the next part

  25. nukko says:
    September 9, 2015 at 6:09 pm

    Mirey up vaane dw shaxoo

Comments are closed.

Next Episodeނަޖާ (ނުވަ ވަނަ ބައި)←


All Right Reserved!