Skip to content
އެސްފިޔަ

ދިމްޔާ (11 ވަނަ ބައި)

ރާކިންމެންނާއި ދިމާއަށް ހިނިތުންވެ ހުރެ ދިމްޔާ އެދިމާއަށް އާދެއެވެ. ފުދޭވަރަކަށް ކައިރިއަށް އައުމުން ދިމްޔާގެ ކަރުގައި އޮތް ފަށާއި އެފަށުގައިވާ “ޑީ” އަކުރު ޖެހި ފަށުފޫ ފެނުމުން ރާކިންއަށް އެއީ އޭނާގެ ދިމްޔާކަން ޔަޤީންވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދެހަފްތާ ފަހުން ދިމްޔާ ފެނުމުން ވީ އުފަލަކުންނެވެ. ކުއްލިއަކަށް ރާކިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ދިމްޔާ އައި ގޮތަށް އައިސް އީމަންގެ އަތުގެ މުލައްދަނޑީގައި ހިފާލުމުންނެވެ.
“ވަރަށް ހަނދާންވި….” އީމަންގެ މޫނަށް ބަލަހައްޓައިގެން ހުރެ ދިމްޔާ މިހެން ބުނިއިރު އީމަންވެސް ހުރީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ވީއިރު މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަ ޖެހިފައިވާކަމުގެ ކުލަވަރެވެ.
“އަހަރެންވެސް….” ދިމްޔާގެ މޫނުގައި އަތުގެ ނުފުށުން ފިރުމާލަމުން އީމަން ބުނެލީ ވަރަށް ލޯބިންނެވެ. ރާކިން ހުރީ ވާނުވާ ނޭނގި ހައިރާންވެ އަންތަރީސްވެފައެވެ. ދެފަހަރު ދެމީހުންގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުރީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރަކީ ޙަޤީގަތެއްކަމަށް ޤަބޫލުކުރަން ދަތިވެފައެވެ. އޭނާއަށް ހަމަހޭވެރިކަން ވީ އީމަން ގޮވާލުމުންނެވެ.
“ރެކް ކިހިނެއްވީ…؟؟؟ ކޮންކަމަކަށް ގެއްލިފަ….؟؟؟؟” ރާކިންގެ ކޮނޑުގައި ދެފަހަރަކު ޖަހާލަމުން އީމަން މިހެން އަހާލުމުން ރާކިން ދެފަރާތަށް ބޯހޫރާލީ ކަމެއް ނުވެއޭ ބުނާފަދަ ގޮތަކަށެވެ. މިހެން ބުނިއިރުވެސް އޭނާއަށް ހުރެވުނީ ދިމްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ރެކް…. މީ ރެކްގެ ވާންއުޅޭ ފަހަރި ދިމްޔާ…. ލޯބިން ކިޔަނީ މާޔާ……..” އީމަން ހީލަމުން ރާކިންއަށް ދިމްޔާ ތަޢާރަފްކޮށްދިނީ ރާކިންގެ ހިތުތެރޭގައި ހިނގަމުންދާ ހައިޖާނުގަނޑު ނޭނގޭ ހާލުގައެވެ.
” މާޔާ… މީ….”
“ރެކް ދޯ….” އީމަންގެ ޖުމްލަ މެދުކަނޑާލަމުން ދިމްޔާ އެޖުމްލަ ފުރިހަމަކޮށްލަމުން ރާކިންއަށް ސަލާމަށް އަތްދިއްކޮށްލިއެވެ. އޭރު ރާކިންއަށް ހުރެވުނީ ދެއަތް މުށްކަވާލައިގެންނެވެ. އެހެނަސް އޭނާ ދިމްޔާއާއި ސަލާމްކޮށްލިއެވެ. ކައިރީގައި އީމަން ހުރުމުންނެވެ. ދިމްޔާއަކީ ރާކިންގެ ޙައްޤެއްކަން އެނގިހުރެ އީމަން އޭނާގެ ޙައްޤަކަށް އަރައިނުގަންނާނެކަން ރާކިންއަށް ޔަޤީންވެއެވެ. ގޯސްހެދީ ދިމްޔާއެވެ. އޮޅުވާލީވެސް ދިމްޔާއެވެ. ނަމަވެސް ރާކިންއަށް ނުވިސްނުންކަމަކީ ދިމްޔާ އެގޮތަށް ކަންތައް ކުރަންވީ ސަބަބެވެ. ދިމްޔާ ރާކިންއަށް އޮޅުވާލީތީ ރާކިން ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ދިމްޔާ އެއުޅެނީ އީމަންއަށްވެސް އޮޅުވާލައިގެންކަން ރާކިންއަށް ޔަޤީންވިއެވެ.
“މާޔާއަށް ކިހިނެއް އެއީ ރެކްކަން އެނގުނީ…؟؟؟” ދިމްޔާއާއި ރާކިން ސަލާމްކޮށްލުމުން އީމަން އަހާލީ ވަރަށް ސީރިއަސްވެފައި ހުރެއެވެ. ސަބަބަކީ މީގެ ކުރިން ދިމްޔާއަށް ރާކިންވެސް އަދި އޭނާގެ ފޮޓޯއެއްވެސް ފެނިފައި ނުވާތީއެވެ.
“ސާބަސް މިހިރަ މޮޔަޔާ….” އިމޫއެއްނޫންތަ ބުނީ ރެކްއޭ އިމޫ ގޮވައިގެން އިންޑިއާއަށް ދިޔައީ… އިމޫގެ ގާތު އެހުރީ މީނަވިއްޔަ…. އެހެންވީމަ އަހަރެން ނޫން އެހެންމީހަކަށްވިޔަސް އެނގޭނެއެއްނު މީކަން ރެކްއަކީ….” އީމަންގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ރާކިންއަށް ނިސްބަތްކޮށް ދިމްޔާ ބުނެލިއެވެ. ދިމްޔާ މިހެން ބުނުމުން “އޯހް” އޭ ބުނެ އީމަންވެސް ހިނިގަނޑެއް ޖަހާލަމުން ދިމްޔާގެ އަތުގައި ހިފައިލައިގެން ހުރެ ހިނގައިގަތެވެ. ރާކިންވެސް އެމީހުންގެ ފަހަތުން ޓުރޮލީ ދަމަމުން ދިޔައެވެ.

މާލެ ދާން ފެރީގައި އިންއިރުވެސް ރާކިންއަށް އިނދެވުނީ ކަޅިޖަހާނުލާ ދިމްޔާއަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ދިމްޔާއަށް ކަމެކޭވެސް ހީނުވެއެވެ. އީމަންގެ އަތުގައި ހިފާލައިގެން ހީހީފައި އީމަންއާއި ވާހަކަދައްކަމުން ދިޔައެވެ. އެއްފަހަރުވެސް ރާކިންއާއި ދިމާއަށް ބަލާވެސް ނުލައެވެ. އެއީ ދަންނަ މީހަކަށްވެސް ހަދާނުލިއެވެ.

ރާކިންމެން ގެއަށް އައިއިރު ރީހާން ސޯފާގައި އިނެވެ. އެތެރެއަށް ވަދެގެން އައި ރާކިންމެން ފެނުމުން އަންގާވެސް ނުލާ އައީތީ ރީހާން ހުރީ ހައިރާންވެފައެވެ.
“ދަރިފުޅުމުން ކީއްވެ އަންގާނުލާ ތިއައީ…. ގުޅާލާފަ ބުނިނަމައެއްނު ބައްޕައަށް އެއަރޕޯޓަށް ދާން އެނގޭނީވެސް….” ހައިރާންވީ ނަމަވެސް ދެހަފްތާފަހުން ރާކިންމެން ފެނުމުން އުފާވެފައި ހުރެ ރީހާން ވާހަކަދެއްކިއެވެ. ރީހާންގެ އަޑަށް ބަދިގެތެރޭގައި އުޅުން ރާނިޔާވެސް ސިޓިންރޫމަށް ނުކުތެވެ.
“ބޭބެމެންނަށް ސަޕްރައިޒެއް ދޭންވެގެން ނުބުނެ އައީ ދޯ ރެކް….” މިހެން ބުނެފައި އީމަން ފަހަތަށް އެނބުރިލީ ރާކިންއަށް “ދޯ” އަޅާލަމުންނެވެ. ނަމަވެސް އޭރު ރާކިންގޮސް އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ.
“ރާކިންއަށް ކިހިނެއްވީ…؟؟؟” އަނގައިންވެސް ނުބުނެ ރާކިން ކޮޓަރިއަށް ދިއުމުން ހައިރާންވެފައިހުރެ އީމަންގެ ގާތު ރާނިޔާ އަހާލިއެވެ. އޭރު ރީހާންވެސް ހުރީ ރާކިންގެ ކޮޓަރިއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“ނޭނގެ….. ރާއްޖެ އައިފަހުން އެއަރޕޯޓްތެރޭވެސް ހުރީ ވަރަށް ފާޑަކަށް… މާބޮޑަށް ވަރުބަލިވީކަންނޭނގެ….” ރާނިޔާއަށް ބަލާލަމުން ހިނިތުންވެލަމުން މިހެން ބުނެފައި އީމަންވެސް ދިޔައީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ.

ކޮޓަރިއަށް ވަންގޮތަށް ރާކިން ދިމްޔާގެ މޮބައިލް ނަންބަރަށް ގުޅާލިއެވެ. ރާކިން ބޭނުންވީ ދިމްޔާ އެގޮތަށް ކަންތައްކުރި ސަބަބެއް އޮޅުން ފިލުވާށެވެ. ނަމަވެސް ދިމްޔާގެ ފޯނު ނިވާލާފައި އޮތުމުން ގުޅޭގޮތެއް ނުވިއެވެ. އައިރުޅީގައި ރާކިން އޭނަގެ ފޯނު ހޫރާލިއެވެ.
“އެއީ ކޮންކަހަލަ ކެހިވެރި ބޭވަފާތެރިއެއް ހެއްޔެވެ…؟؟ އުމުރަށް އެކުގައި އުޅެން ވަޢުދުކޮށް އިންތިޒާރުކުރާނަމޭ ބުނެ ބޭވަފާތެރިވީއެވެ…. ނަމަވެސް ދިމްޔާ އެގޮތަށް ކަންތައް ކުރަންވީ ސަބަބަކީ ފަހެ ކޮބައި ހެއްޔެވެ..؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ…؟؟ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައި ދެކެމުންއައި އީމަންގެ ޙައްޤެއްގެ ގޮތުގައި ހުރެ އަހަރެންގެ ދިރިއުޅުމަށް ވަނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ…؟؟” ރާކިންގެ ހިތުތެރޭގައި ދިމްޔާއަށްޓަކައި އެތައް ޝަކުވާއެއް އުފެދުނެވެ. ހިތާއި ފުރާނައިން އެންމެ ލޯބިވީ ބައިވެރިޔާ ބޭވަފާތެރިވުމުން ރާކިންއަށް ކެތްކުރުންވީ އުނދަގޫކަމަކަށެވެ. ރާކިންގެ ލޮލުން ކަރުނަ ހިލުނެވެ. ލަސްލަހުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ވެއްޓެމުންގޮސް ރާކިންއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ގަނޑުވެފައިވާ މީހެއް ފަދައިން ހުރި ގޮތަށް ތަށިމުށިތައް މައްޗަށް ތިރިވެ އެނދުގެ މަގަތުގައި ބޯއަޅާލައިގެން އިނދެ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ. ރާކިން ރޮމުންދިޔައީ އެމަންޒަރު ފެނުނުމީހަކުވެސް ހިތްދަތިވެގެން ރޮވޭހާ ހިތްދަތި ގޮތަކަށެވެ. ފިރިހެނެއްކަމުގައި ވިޔަސް މިއަދު އޭނާގެ ހިތަށް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ ދިމްޔާދެކެވީ ސާފުޠާހިރު ލޯތްބެވެ. ނަމަވެސް ދިމްޔާގެ ކުރިމަތީ އެލޯބިވީ އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައެވެ. ހިނިތުންވެ ހުރެ އޭނާ އެދިޔައީ އެލޯބީގައި ކޮޅުފައިން ޖަހާފައެވެ.
އެނދުމަތީގައި ބޯއަޅާލައިގެން އޮތް ރާކިން ސިހިގެން ދިޔައީ ދޮރުގައި މީހަކު ޓަކިޖަހާލުމުންނެވެ. އިންތަނުން ތެދުވެ ރާކިން ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. ފާހާނާއަށްވަދެ ދެތިންފަހަރު މޫނުދޮވެލުމަށްފަހު ތުވާލިން މޫނު ހިއްކަމުންގޮސް ރާކިން ދޮރުހުޅުވާލިއެވެ. އަދި ކުރިމަތީގައި ހުރި އީމަން ފެނުމުން އަނެއްފަރާތަށް އެނބުރުނީ އީމަންއަށް މިވަގުތު އޭނާގެ މޫނުދައްކަން ބޭނުންނުވާތީއެވެ. އޭނާ ރޮއުނުކަން އެއްވެސް މީހަކަށް އަންގާކަށް ރާކިން ބޭނުމެއް ނުވިއެވެ.
ރާކިން އެގޮތް ބޭނުން ނުވިކަމުގައިވިޔަސް އީމަންއަށް ރާކިންގެ މޫނު ފެނުނެވެ. އެހެންކަމުން ކޮޓަރިއަށް ވަދެގެންއައި ގޮތަށް އީމަން ހުއްޓުނީ ސީދާ ރާކިންގެ ކުރިމަތީގައެވެ.
“ކިހިނެއްވެފަ މޫނަށް ތިހުރީ…. ދެލޯވެސް ހާދަ ރަތޭ…. ކޮޓަރިއަށް އައިއްސަ ރުއީ ދޯ…؟؟؟” ނިކަން ރަނގަޅަށް ރާކިންއަށް ބަލާލަމުން އީމަން އަހާލިއެވެ. އޭރު ރާކިންގެ ލޮލުގައި ކަރުނައިގެ އަސަރު ނެތްކަމުގައިވިޔަސް ރާކިންއަށް ބަލާލުމުން ރޮއެފައި ވާކަމުގެ ހެކިތައް ފެންނަން ހުއްޓެވެ. ދެލޯރަތްވެފައިވާއިރު ދޮންމޫނަށްވެސް ހުރީ ލޭކުލަވެރިވެފައެވެ. ބޮލުގެ އިސްތަށިގަނޑު ހޭވިފައިވާއިރު ލައިގެން ހުރި އަޅިކުލައިގެ ގަމީހުގެ އެކިތަންކޮޅު ތެމިފައި ހުއްޓެވެ. އީމަންގެ ސުވާލަށް ނޫނެކޭ ބުނެފައި ގޮސް ރާކިން އިށީނީ ސޯފާގައެވެ. އަދި ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. އީމަންވެސް ރާކިންއަށް ކުރިމަތިވާހެން އެނދުގެ މަގަތުގައި އިށީނެވެ.
“އަދިވެސް ރެކްގެ ލޯބިވެރިޔާއަކަށް ނުގުޅޭތަ…..” އީމަންއަށް ވިސްނުންގޮތުގައި ރާކިންގެ ހާލަތު އެހާގޯސްވީ ސަބަބަކީ އެއީއެވެ. އީމަންގެ ސުވާލުން ސިހިފައި ރާކިންއަށް އީމަންއާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތުވެސް އޭނާގެ ދެލޯ ފެންކަޅިވީ ދިމްޔާ މަތިން ހަނދާންވުމުންނެވެ.
“އޭނަ އަހަންނާ ރުޅިވެއްޖެ….” ސޯފާއަށް ހަށިގަނޑު ދަމާލަމުން މަތި ބަލަހައްޓައިގެން އޮވެ ރާކިން ބުނެލިއެވެ. އީމަންގެ ކަނފަތުގައި ރާކިންގެ އަޑު ޖެހުމުން ރާކިން ވަރަށް ގިނައިރު ރޮއެފައިވާކަން އީމަންއަށް ޔަގީންވީ ރާކިންގެ އަޑަށް ބަދަލުއައިސްފައި ހުރުމުންނެވެ. ހަމައެހެންމެ ރާކިން އެބުނި ޖުމްލައިގެ ސަބަބުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އަދި އިރުކޮޅަކު ރާކިންއަށް ބަލަން ހުރުމަށްފަހު ރާކިންގެ ގާތުގައި ސޯފާގައި އިށީނެވެ. ރާކިންގެ ޙާލު ފެނި އީމަން ދެރަވިއެވެ.
“އޭނައަށް ގުޅުނީތަ….؟؟؟ ކީއްވެ ރުޅިވީ….؟؟” ރާކިންއަށް ބަލާލަމުން އީމަން އަހާލިއެވެ. އޭރުވެސް ރާކިންއޮތީ ހަމައެގޮތަށެވެ.
“ނުގުޅެ… އަހަންނަށް ފެނުނީ އެދެމީހުން އެކީގަ ތިއްބާ…” ރާކިންގެ ޖަވާބު ކުރެވެ.
“އެއަރޕޯޓްތެރޭންތަ….؟؟؟؟” އީމަންއަށް މިހެން އަހާލެވުނީ ރާކިންއަށް ބަދަލުއައީ އެއަރޕޯޓްތެރޭންކަމަށް ވީތީއެވެ. އީމަންގެ ސުވާލަށް ބޯޖަހާލަމުން ރާކިން އާނއެކޭ ބުނެލިއެވެ.
އީމަންގެ ހިތުގައި ރާކިންއަށްޓަކައި ހަމަދަރުދީ އުފެދުނެވެ. ކޮންމެފަހަރަކުވެސް ރާކިންއަށް އެކަހަލަ ގޮތް މެދުވެރިވާތީ އީމަންވެސް ދެރަވިއެވެ. ފުރަތަމަ ރައްޓެހިވީ ނާޔާއާއެވެ. ނާޔާވެސް ބޭވަފާތެރިވީއެވެ. މިފަހަރު ރައްޓެހިވި ކުއްޖާވެސް ބޭވަފާތެރިވީއެވެ. ރާކިންގެ ހިތަށް ކުރާނެ އަސަރު އީމަންއަށް އަންދާޒާކޮށްލަންވެސް އުނދަގޫވިއެވެ. ނަމަވެސް ރާކިންއަށް ކަމެއް ފާހަގަ ކުރެވުނެވެ. ނާޔާ ރާކިންއާއި ރުޅިވުމުން ރާކިން އެގޮތަށް ދެރަވެގެން ނޫޅޭކަމެވެ. އެހެނަސް ރާކިންއަށް މިފަހަރު މިހާވަރުމިވީ އެކުއްޖެއްދެކެ ވަރަށް ލޯބިވާތީކަން އީމަންގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.
“ދެރަނުވޭ ރެކް…. އަންހެން ކުދިންނަކީ ފާޑެއްގެ ބައެއް…. ހިތްވަރުކުރޭ…. މާތްﷲ އިރާދަކުރެއްވިއްޔާ އަދި ހުރިހާކަމެއްވެސް ރަނގަޅުވާނެ…” ރާކިންގެ އަތްމަތީ އަތް ބާއްވާލަމުން އީމަން ރާކިންއަށް ހިތްވަރުލައިދިނެވެ.

ރާކިންއާއި އޭނާގެ އެކުވެރިން ތިބީ ޖަޒްލީމެންގޭ ޓެރަސްމަތީގައެވެ. ރާކިންއާއި އާހިލް އިނީ ސޯފާގައި އިށީނދެގެންނެވެ. އާހިލްގެ ކޮނޑުގައި އަތްއަޅުވާލައިގެން ސޯފާގެ ފަޑިމަތީ އިށީނދެލައިގެން ޖަޒްލީ އިނެވެ. ރުހާއާއި އިދާމް އިނީ އުނދޯލީގައި އިށީނދެލައިގެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ.
“އަހަންނަކަށް ޤަބޫލެއް ނުކުރެވޭ ދިމް އެގޮތަށް ކަންތައްކޮށްފާނެކަމަކަށް…. ތިވާނީ އެހެން ކުއްޖަކަށް… ރެކްއަށް ޔަޤީންތަ އެއީ ދިމްކަން…؟؟؟؟” އެއަރޕޯޓްތެރޭގައި ހިނގި ހާދިސާ ރާކިން ކިޔައިދިނުމުން ޤަބޫލުކުރަން ދަތިވެފައި އިނދެ ރުހާ ބުނެލިއެވެ.
“ރޫ ޤަބޫލުކޮށްބަލަ… އެއީ ހަމަ ދިމްއޭ… އެހެންނޫނަސް އަހަންނަށް ކީއްވެ އޭނައޮޅެންވީ…؟؟؟ އެންމެ ރަނގަޅު… ރޫ ތިބުނިހެން އެއީ ދިމް ވައްތަރު ޖަހާ މީހެކޯ…. އެހެންވެއްޖިއްޔާ ކީއްވެ އޭނަގެ ކަރުގައި އޮތްފަށާއި އެފަށުގައި ލާފައި އޮތް ފަށުފޫ ދިމްގެ ކަރުގައި އޮތް ފަށާއި، ފަށުފުލާ އެއްގޮތްވާންވީ…. އަނެއްކާ އިމޫ ތަޢާރަފްކޮށްދިންއިރުވެސް ބުންޏޭ އެއީ ދިމްޔާއޭ… ދެން އެއަށްވުރެ ބޮޑު ހެއްކެއް ބޭނުންވޭތަ އެއީ ދިމްކަން ޤަބޫލުކުރަން… ހަމަތެދެއް އަހަރެން މިބުނީ ރޫ… އެއީ ހަމަ ދިމް…. އަހަންނަށް ހަމަ ޔަޤީން…” ރާކިން އެހާ ޔަޤީންކަމާއިއެކު ބުނުމުން ރުހާއަކަށްވެސް އިތުރަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
ސޯފާއިން ތެދުވެގެންގޮސް ޓެރެސްގެ ވަށާ ރާނާފައިވާ ފާރުގައި އަތް އަޅުވާލަމުން މަތި ބަލަހައްޓައިގެން ހުރެ ރާކިން ފުންނޭވާއެއް ދޫކޮށްލިއެވެ. ރާކިންގެ ހަރަކާތްތަކަށް ބަލަން އިނދެފައި އާހިލްމެން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.
“ދެން ކިހިނެއް ހަދަން ތިވިސްނަނީ….؟؟؟؟” އެތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އާހިލްއެވެ.
“ތިބުނީ….؟؟؟” އާހިލް ބުނިއެއްޗެއް ނުވިސްނުމުން ރާކިން އަހާލިއެވެ.
“ރެކް ވަރަށް ޔަޤީންކަމާއިއެކު ތިބުނަނީ އެއީ ދިމްއޭ…. އެހެންވީމަ އިމޫއަށް ކިޔައިދޭންވީނު ރެކްއާއި ދިމްގެ ގުޅުމުގެ ވާހަކަ…” އިންތަނުން ތެދުވެގެން ގޮސް ރާކިންގެ ގާތުގައި މަޑުކޮށްލަމުން އާހިލް ބުނެލިއެވެ.
“ނޫން… އިމޫއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ކުރިން އަހަރެން ބޭނުން ދިމް އެގޮތަށް ކަންތައް ކުރި ސަބަބެއް އޮޅުންފިލުވަން…. އޭނަ އަހަރެންގެ ދިރިއުޅުމަށް މިހާ ބޮޑު ޒަލްޒަލާއެއް ގެނައި ސަބަބު އޮޅުން ފިލުވަން އަހަރެން ބޭނުން….” އެއްއަތް މުއްކަވާލައިގެންހުރެ އަނެއް އަތުގައި ޖަހަމުން ރާކިން ބުނެލިއެވެ.
“ކިހިނެއް ދިމް ގާތުން އެއްޗެއް އޮޅުން ފިލުވާނީވެސް…. އޭނާގެ ފޯނުވެސް ނިވާލައިގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ވެއްޖެ…. އެހެން ގޮތަކުންވެސް ދިމާވީއެއްނޫން….” ރާކިންގެ ވާހަކައާއި ގުޅުވާލަމުން ކަނބޮޑުވެފައި އިނދެ ޖަޒްލީ ބުނެލިއެވެ.
“އޭނަގެ ގެއަށް ދާންހިނގާ….” އިރުކޮޅަކު ވިސްނަން އިނުމަށްފަހު އިދާމް ބުނެލިއެވެ.
“އަހަންނަކަށް ނޭނގެ އޭނަ އުޅޭ ގެއެއް… ތަނަކަށް ދާންވިޔަސް އޭނަބުނާނީ ކަލާފާނު ސުކޫލްކައިރިއަށް އަންނާށޭ….. އެއަށްވުރެ ބޮޑުވަރެއް އަހަންނަކަށް ނޭނގޭ….” އިދާމްގެ މޫނަށް ބަލާލަމުން ރާކިން ބުނެލިއެވެ.
“ރެކްއަށް ނޭނގުނަސް ރޫމެނަށް އެނގޭނެއެއްނު…..” އިދާމް މިހެން ބުނުމުން ރުހާ ދެފަރާތަށް ބޯހޫރާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އިދާމް ހައިރާންކަމާއިއެކު އެއްފަހަރު ރުހާއަށް އަދި އަނެއްފަހަރު ޖަޒްލީއަށް ބަލާލިއެވެ.
“އަހަރެމެން ކިތަންމެ އެއްކޮށް އުޅުނަސް ދިމް އޭނާގެ ގެއާއި އާއިލާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އަހަރެމެން ގާތަކު ނުދައްކާނެ… ތަނަކަށް ދިޔަސް ދާނީ އަހަރެމެންނާ ވަކިން…. ދުވަހަކުވެސް އޭނަގެ ގެއަށް ކީއްކުރަން ގެކައިރިއަށްވެސް އަހަރެމެން ނުގެންދެ…..” ޖަޒްލީ ކިޔައިދިނެވެ.
“އަހަންނަށް ހީވަނީ ރެކް ކުރިން ދިމްއާއި ދޭތެރޭ ކަންތައް ކުރި ގޮތުގެ ބަދަލް ހިފަންހެން އޭނަ އެއުޅެނީ…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އިދާމް އޭނައަށް ހީވާގޮތް ހާމަކޮށްލިއެވެ. އިދާމް މިހެން ބުނުމުން އާހިލްވެސް އިދާމްގެ ވާހަކައަށް ތާއީދުކުރިއެވެ.
“އެހެންވެއްޖިއްޔާ އޭނަ ގުޅުންކަނޑާލާނީ ހަމައެކަނި ރެކްއާއެއްނު…. ދެން ކީއްވެ ކުއްލިއަކަށް އަހަރެމެންނާ ގުޅުން ކަނޑާލަންވީ…؟؟؟ މިކަމުގައި އެބަ އުޅޭ ކޮންމެވެސް ގޯހެއް….؟؟؟؟ މިކަމުގެ ފަހަތުގައި އަހަރެމެންނަށް ނޭނގޭ ސިއްރެއްވޭ….” އުނދޯލިން ތެދުވެގެން އައިސް ޖަޒްލީގެ ގާތު ސޯފާގައި އިށީނދެ އެންމެންގެ މޫނަށް ބަލާލަމުން ރުހާ ބުނެލިއެވެ.
“ރެކް ބުނީމެއްނު ދިމްއާއި އިމޫއާއި ރައްޓެހިވެގެން އުޅޭތާ މިހާރު ދޮޅުއަހަރެއްހާ ދުވަސްވެދާނޭ…. އެހެންވީއިރު ދިމް އިމޫއާއި ރައްޓެހިވީ ޝާއިންއާއި ރައްޓެހިވެގެން ހުރެތާ…. އަނެއްކާ ދިމްއާއި ރެކް އާއި ރައްޓެހިވެގެން އުޅޭތާވެސް ހަމަސްދުވަސްވީ…. އެހެންވީމަ އޭނަ ރެކްއާއި ރައްޓެހިވީއިރު އުޅޭނީ އިމޫއާއިވެސް ރައްޓެހިވެގެންނު….. އޯހް… އަހަންނަށް މިހާރު ވާނުވާ އޮޅިއްޖެ…. ކިހިނެއްތަ މިވަނީ….؟؟؟ އެއްފަހަރާ ދެމީހުން… ނޫން…. އެއްފަހަރާ ތިންމީހުން…. އަސްލު ކީއްވެތަ ދިމް އެގޮތަށް އެކަންތައް ކުރަނީ…؟؟؟؟” ބޮލުގައި ދެތިންފަހަރު އަތުން ޖަހާލަމުން ޖަޒްލީ ބުނެލިއެވެ. ޖަޒްލީ ދެއްކި ވާހަކަތަކާމެދު އެންމެނަށްވެސް ވިސްނާލަން މަޖުބޫރުވީ އެވާހަކަތަކަކީ ޙަޤީގަތެއް އެކުލެވިފައިވާތީއެވެ. އެކަމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ފޮރުވިފައިވާކަން އެންމެންގެ ސިކުނޑިއަށްވެސް ވިސްނުނެވެ.

ދުވަސްތައް ވޭތުވަމުންގޮސް އެއްމަސްދުވަސް ވޭތުވެ ހިނގައްޖެއެވެ. ރާކިންއަކަށްވެސް އަދި އޭނާގެ އެކުވެރިއަކަށްވެސް ދިމްޔާއާއި ދިމާވާގޮތެއް ނުވިއެވެ. ރާކިންހުރީ ހުރިހާ ޙަޤީގަތެއް އެނގުމުން ނޫނީ އީމަންއަށް އެއްވެސް ވާހަކައެއް ނުކިޔާދެން ނިންމައިގެންނެވެ. ދިމްޔާގެ ޚިޔާލުތަކުން ދުރުވުމަށްޓަކައި ރާކިން މިހާރު ވަޒީފާއަކަށްވެސް ދާންފަށައިފިއެވެ. ނަމަވެސް ދިމްޔާގެ ޚިޔާލުތަކުން ދުރުވެވޭގޮތެއްނުވިއެވެ.
މިހާރު އީމަންގެ އަތްވެސް މުޅީން ރަނގަޅުވެއްޖެއެވެ. ރާކިންއާއި އެކުއްޖާ ރުޅިވީފަހުން ރާކިންގެ މިޒާޖަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން އީމަންއަށް ފާހަގަކުރެވުނެވެ. ކޮންމެފަހަރަކު ރާކިންއަށް އެކަހަލަ ކަންތައް މެދުވެރިވާތީ އީމަންވެސް ހުރީ ވަރަށް ކަންބޮޑުވެ އަދި އެހާމެ ދެރަވެސްވެފައެވެ.

ހުކުރުދުވަހު ހުކުރު ނަމާދުކޮށްގެން އައިސް ކައިގެން އީމަން އޮތީ އޭނާގެ ކޮޓަރީގައެވެ. ފޯނުން ފޮޓޯތައް ބަލަމުން ގޮސް އޭނާއަށް ހުއްޓާލެވުނީ ދިމްޔާގެ ވަރަށް ރީތި ފޮޓޯގަނޑެއް ފެނުމުންނެވެ.
އެފޮޓޯގައި ދިމްޔާ ހުރީ ކަޅުކުލައިގެ ޓޮޕްކޮޅެއް ލާފައެވެ. އެޓޮޕްކޮޅުގެ މޭމަތީގައި ރަންކުލައިގެ އެސްތަކެއް ރީތި ޑިޒައިނަކަށް ހިއްޕާލާފައިވެއެވެ. އޭނާގެ ދޮންކަރުގައި ކަޅުކުލައިގެ ޝޯލްއެއް އޮޅާލުމަށްފަހު ދެފަރާތަށް އެއްލާފައި އޮތެވެ. މުށިކުލައިގެ ދިގުއިސްތަށިގަނޑުން ކުރުކޮށް ކޮށާފައި އޮތް އިސްތަށިތައް އޮތީ ކޮނޑުމައްޗަށް ފައިބާފައެވެ. ފިޔާތޮށި ކުލައިގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެފައިވާއިރު ދިގުއެސްފިޔަތަކުން ވަށާލެވިފައިވާ ބޮޑު ދެލޮލުން ހީވަނީ އީމަންއާއި ދިމާއަށް ބަލަހައްޓައިގެން ހުރިހެންނެވެ. ފޮޓޯއަށް ބަލަހައްޓައިގެން އޮވެ އީމަންއަށް ހިނިތުންވެލެވުނީ އެހެންވެގެންނެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ދިމްޔާގެ އަތުގައި އަޅާފައި އޮތް ހުދުކުލައިގެ ތަރިތަކެއް ކުރަހާފައިހުރި ކަޅުކުލައިގެ ފުޅާ ތަނޑިގަނޑެވެ. އެފެނުމުން ފޯނު އެނދުމަތީ ބާއްވާލުމަށްފަހު އޮތްތަނުން ތެދުވެ އެނދުގެ ކައިރީގައި ހުރި ކުޑަމޭޒުގެ ވަތްގަނޑު ދަމާލިއެވެ. އަދި އޭގެ ތެރޭގައި އޮތް ކުޑަފޮށްޓެއް ނަގާ އެހުޅުވާލިއެވެ. އެއާއިއެކު އޭނާގެ ތުންފަތަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވީ އެފޮށިތެރޭގައި އޮތް ތަނޑިގަނޑު ފެނުމުންނެވެ. އީމަން އެތަނޑިގަނޑު ފޮށިތެރޭން ނެގުމަށްފަހު އެހިފައިގެން ގޮސް އަނެއްކާވެސް އެނދުގައި އޮށޯތެވެ. އަދި ތަނޑިގަނޑަށް ބަލަހައްޓައިގެން އޮތުމަށްފަހު ދެފަހަރަކު އޭގައި ފިރުމާލުމަށްފަހު ދެލޯ މަރާލިއެވެ. އެވަގުތު އޭނާގެ ޚިޔާލަށް އައީ އެންމެފުރަތަމަ ދިމްޔާއާއި ދިމާވިގޮތާއި އެއަށްފަހު ދިމްޔާ އޭނާގެ ޙަޔާތަށް އައި ގޮތެވެ.

********************

އެއީ މިދިޔަ އަހަރުގެ ބޮޑު ޢީދު ޗުއްޓީގައެވެ. އީމަން އޭނާގެ އެކުވެރި އާޔަންއާއި އެކު އޭނާގެ ރަށަށް ދިޔައީ ބޮޑުޢީދު އެރަށުގައި ހޭދަކޮށްލުމަށެވެ. ލޯންޗުން ފައިބައިގެން ދެމީހުން އެކުގައި ހިނގައިގަތީ ގެއަށްދިޔުމަށްތަކައެވެ.
“އިމޫ… މިތާ މަޑުކޮށްލައްޗޭ… މީ އަހަރެންގެ ރައްޓެއްސަކު މިގެއަށް ޙަވާލުކޮށްލަދޭށޭ ކިޔާފަ ދިންކޮތަޅެއް… އަންނާނަން މީތި މިގެއަށް ލާފައި…..” އަތުގައި އޮތް ކޮތަޅު ދައްކާލާފައި ކުރިމަތީހުރި ގެއަށް އިޝާރާތްކޮށްލަމުން އާޔަން މިހެން ބުނުމުން އީމަން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ވަގުތަކީ މެންދުރުގެ ވަގުތުކަމުން ވަރަށް ހޫނުގަދައެވެ. އީމަން މަގުގެ ދެކޮޅަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ހިޔާއޮތީ މަގުގެ އަނެއް ފަރާތުގައިކަމުން އެފަރާތަށް ގޮސް އެތާގައި ހުރ ބުކްޝޮޕްގެ ކައިރީގައި މަޑުކޮށްލިއެވެ. އެރަށަކީ އީމަން ދުވަހަކުވެސް ނުދާ ރަށަކަށްވުމުން ބީރައްޓެހިކަމާއިއެކު އެކިދިމަދިމާއަށް ނަޒަރު ހިންގަމުން ގޮސް ބުކްޝޮޕާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބުކްޝޮޕްތެރޭގައި ހުރި އަންހެންކުއްޖާއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (91)

  1. gurey

    Kailaigen eman othy kotareegaeve…. instead u can write kaigen eman othy kotareegaeve…. anehhen its all supperb…. im the First to comment

    1. eemiyaa
      gurey

      Thank u gurey.. 🙂 mihaaru ethanko rangalhu kohlaafa innaay 🙂 🙂

  2. Mishka

    Nyc mi part ves.

  3. nukko

    Woww v v v rythi thanks eemoo. Dhn mnday ga dww

    1. eemiyaa
      nukko

      yes nukko 🙂 next part monday ga In Sha Allah

    2. sweet heart
      nukko

      nukko…where is shabee

  4. aathu

    Yey me first..vrh nice..waiting for the nxt part!! 😉

  5. aathu

    Oops..not me dhw

  6. aria

    Woww v salhi hama…poor rek…:( waiting for the next part…

  7. Shax Lyn

    Superb….. i loved it…. ????

  8. Mishka

    Hmm varah reethi ekamaku adhives thankolheh dhigukon up kohdheeba.cant wait for the nxt part.kihinehbaa vaany? Eem hinteh dheeba!! Alhey konirakutha nxt part up vany?

    1. eemiyaa
      Mishka

      Mishka v balaanan next part miah vure dhigu kohleveytho..
      hehe 🙂 Mishka wait kohlaa kuriah huri baithakah..
      next part monday ga In Sha Allah

  9. makhusoos

    wow so niice…….

  10. ema

    Varah reeti…but y did dimya do that…??? and m waiting for the next part
    ?loved the story..and mi story ge diguminaa medu vex hi hamajehey…love it???

  11. Rishme

    nice….. but mi vaagoh kada

    1. shaaya
      Rishme

      Ann dhw…but loved it ..den ekam rec ge
      ❤ broke nukurahchey..OK..?

    2. plkkjiujio
      Rishme

      yaah dhw rishme

  12. Naakko

    V v v salhi mi part ves thankolhei lahee up kohdhey lei. Abadhu inthizaaru kureveny mi story ah.

  13. eemiyaa

    Thank u Mishka, nukko, aathu, aria & Shax Lyn 🙂 🙂 🙂

  14. Princess Noddy

    Eyy dhim ge twin sister eh thoche. ekam dhimyaa kiyaathy!!!!!!!!!!! Nice mi part vess waiting for next part.

  15. saamy

    wow v reethi

  16. prrrrr

    I luv it.. waiting fr nxt prt. n mi stry up veythw bala bala inthanaa up v.. naseebeh evx.. i luv this stry. n vrh dheravey eba rek ah vaane gothaai medhu visnaafa.. 🙁

  17. eemiyaa

    Thank u makhusoos, ema, Rishme, shaaya, Naakko, Princess Noddy, saamy & prrrrr 🙂 🙂

  18. ken?

    vv reethi… ❤❤thank u eem..btw i think ” rouneetha?” ehen nukiyaane hen..meehun kiyaa ulhey ” roefatha” or “rueetha” hehe aslu not sure ingey u cn ask someone else to confirm…ethankolhu faahaga veema bunelee…

    1. eemiyaa
      ken?

      ken, ethanko rangalhu kohlaafa innaanee mihaaru 🙂 🙂 Thank u ken 🙂

  19. Shabee

    Wow vrh salhi… But maa kuru ingey eem… Bst of luck 😉

    1. eemiyaa
      Shabee

      Shabee next part dhigukohlaanan In Sha Allah
      Thank u 🙂

  20. plkkjiujio

    dhim ulheny male’ ga ehnu .. mi dhiya ahrey bunyas e aharu vess dhim ulheyny male’ ga kiyavaa she ehnu .. dhn dhim kihineh rasheh ga hun naany .. one in two places ?? .. no .. e ee dhim eh noon dhw eem??? .. plx e ee dhim ah nhadhahchey .. pls … n rec ge life ah ithuru ahhen kuhjeh nugen naanthi … mi story ga vess LOVE TRIAGLE eh indhehjehyaa kada vaaane .. n rec ah dhera gotheh nahadhahchey eem ..e ee dhim ge twin dhw … e ee dhim ah vehjeh yaa kada vaane … v salhi mi part vess .. love it 🙂

    1. eemiyaa
      plkkjiujio

      plkkjiujio ge baeh suvaalah next part ga ans libeyne.. so wait for next part..
      btw thank u 🙂

  21. Tinky

    I think she is not a normal human .. Nd may be a ghost ??! ? wedhanehnu dhim ge sifaiger ulheny kamah .. Nd aslu dhim ulheny eman rr rahtis wegen kamah .. Nd wara wara wara salhii nge .. ? waiting waiting … !!

  22. shaakko

    Dhimyaa bunefa ehnu othy a e jinni ekey hehe. Ehenve dhimyaa rek ah fenna gadyga red hedhun e lany dhw

    1. ken?
      shaakko

      vedhaane dhw..?

  23. ken?

    vedhaane dhw dhim ge twin ei dhim ah vegen eeman aa rahtehi vee kamah…? arn dn dhim aa red colur ge kanthah ves v weird dhw..?

  24. Piyaara

    Ae dhim ge twince sister ihthifaagun eh nameh kiyuni

  25. behind the scene

    Mihaaru eba photo aa vaahaka aa dhimaa vey dho..same girl with two differebt guys and two ‘D’ s!!?!?!!gettin more interesting…

  26. behind the scene

    Mihaaru eba photo aa vaahaka aa dhimaa vey dho..same girl with two different guys and two ‘D’ s!!?!?!!gettin more interesting…

  27. Zahuu

    Oh my god!! Kihine tha mivaneeeee ???????

  28. kennukbee

    Varah salhi bt dhim kyve ehen hadhany e. Poor rec?. Dhen v difficult vaane story kian bcz schl fesheny. Bt kiyehjihyaamu comment eh kohlaanan.

  29. interesting

    Hmm mihaaru eba photo and story match vey dho.same girl with two different guys but yet two ‘D’s fashu foo…gettin more interesting!!!

  30. kennukbee

    Bye eem. Bye shabee, nukko , zai , ken , bb , elsa n one and only my j beybey yah my regards. N I hav a favour shabee and nukko can u pass my regards to the frinds who r n chat grp plx plx. Ok bye everyone I vl miss u all guys. ??☺?

    1. Shabee
      kennukbee

      Yes kennukbee…. Will mis u too 😀 ranaglhah kiyavahchey… My bst wishes r with u…. Bst of luck 🙂

    2. nukko
      kennukbee

      Yupp.. gud lukk kokyy

  31. Anonymous

    Vvv nice

  32. dhimya

    Mi suvaaluthakuge javaabakah inthixaar kuran 🙂
    1)dhimya ge home kober?
    2)dhimya abadhu red kula hedhun lumuge sirraky kober?
    3)dhimya rec ah olhuvaaly keehve?
    4)dhimya ruha menah viyas family ge vrhaka nudhahkany keehve?
    5)dhimya ge friendunnaa contact kandaalee keehve?

    1. eemiyaa
      dhimya

      mi suvaalu thakuge javaabu libeyne vaahaka kuriah dhaavarakun… so reader “dhimya” inthizaar kohlaa 🙂

  33. shx

    jxt amazing..wow..wonderful…keep it up..excellent..nd everything..haha…waiting for next part dear..

  34. marsha

    Eemiya, rounee eh noon, ruee kiyaany, stry very nice, wats happening? Is she dhimya ge twin? Kihineh mivany? Varah kiyaa hiyvey kuriah huri baithah. And btw my 2 yr old son’s name is Aayan…. feels wierd to know someone older by the same name, even in a superb story… inthizaaring for 12

    1. eemiyaa
      marsha

      marsha mihaaru ethanko rangalhu kohlaafa innaanee.. 🙂
      suvaaluthakuge javaab libeyne vaahaka kuriah dhaa varakun.. inthizaaru kohlaa 🙂 🙂
      oww really tha??? Aayan a e eem ah v reethi name eh… ehenve use kohlee..

  35. Shaafy

    Wow. Varah loabi vaahaka eh. Varah gina vaahaka thah kiyan esfiya ge. Ekam mi furathama faharu vaahaka akah comment kohlaa. Waiting 4 next part. Avahah up kohlla dhehchey love u a lot n keep it up.

  36. eemiyaa

    Thanks Shabee, Tinky, shaakko, behind the scene, kennukbee, interesting, Anonymous & shx 🙂 🙂 🙂

  37. Emiliya

    The school is starting so it will be difficult to read I think dh I’m ge double role right eemiyaa our names are so Ali, e emiliya an eemiyaa he he he one of the best story in the world……. not world caux I didn’t read all the books in the world lol………..

    1. Emiliya
      Emiliya

      Dim ge double role

  38. zai

    Will miss u too kennukbee..n v intresting mi partvex..dhn vaanegotheh balaalaa hithun keith madhu vefa..so keep it up eem..

  39. eemiyaa

    piyaara & zahuu dhn vaa gotheh balamaa hinga dw.. 🙂
    Thank u Shaafy and emiliya 🙂
    asluves emiliya ge name n eem ge name v gulhey dw.. hehe
    vaahaka nukiyunas kiyavaa hurihaa kudhinvess rangalhah kiyavahche.. 🙂

  40. girl

    Dhimyaa ge twin sister dhw eiy.. vedhaane dhw aishath dhimyaa ekakah kiyaafa fathimath dhimyaa anekakah kee kamah ves.. dhen kaiveni roolhunyma dhe meehun meehaku kujjaku gendhiyaiy kamah ves vedhaane dhw.. dhn anna part ah inthizaaru kuran..

  41. Ayaa

    One of the best story ever .. Can’t wait for the next episode ..
    Great writer ..Mashaa Allah ? ?

  42. Meee

    Rec ge dhim akii jinni eh thwcheh! Ehenve eynu abadhu red dress lanii.. plus nobody knows her home even.. kalaafaan kairiah mathin faibanii thwcheh!

  43. yoolin

    avahah vaahaka upload kohlaba..n dhigu koh my sis ganda..vvvvv nyc vaahaka

  44. xima

    Nw vaanuvaaga dhwwww!!!!! bt salhi!!! ?

  45. j boat

    it getting more n more interesting….lots of qustns….waiting for teh answers…good job eem… 🙂

    1. j boat
      j boat

      its*

    2. j boat
      j boat

      the*

  46. j boat

    miadhu j hama eh noon kanneyge…mulhin goas koh liyeveny…anyway kenn kokky bas ahaigen kiyavahchey ingey? will miss u… ekam kuda vaguthu kokheh namaves haodhaigen bro men kairiah visit kohlahchey ingey kokky?

    1. nukko
      j boat

      Aan dw J

    2. sweet heart
      j boat

      nukko

  47. kudyy

    Nice story..keep up the grt effort.:-) dying to read next part..:-)

  48. Aishaa

    Ebunaahen vedhaane Dhimyaage twins eh kamah….twins eh vehjehyaa hama eh vahtharu fasheh vs alhaafaane….Raakin r eky ulhun Dhimyaa lany lobahtaa hedhumehnu…..ekam Eeman r eky ulhey Dhimyaa laadho ehen vahtharuge hedhun vs….ehn vyma vedhaane dhe Dhimyaa ulheny kamah….Eeman r eky eulheny Dhimyaa ge twins eh kah vaany….
    kon me akas mi prt vs v reethi 🙂
    waiting for the nxt prt

  49. zai

    Hama aslahvex jai hama eh nun..?ehenuvaanii miulhey crazy girls thah jai vex crazy kohlaafi vihyaa..?

  50. Aishaa

    Ey vedhaane Dhimyaage twins eh kamah….twins eh vehjehyaa hama eh vahtharu fasheh vs alhaafaane…..ekakah Aishath Dhimyaa…anekakah Fathimath Dhimyaa….kamah vs vedhaane….
    kon me akas mi prt vs v reethi 🙂
    waiting for the nxt prt 🙂

  51. Anonymous

    nice

  52. naax

    dhn vaa gotheh v balaala hiyvejji.. Masha allah mi part vx rythi..

  53. Dhi

    Varah nice..

  54. Dhim

    No dhim eiy reck ge hahgeh…vedhaane twibs kamah.but twin ah eh nameh ves nukiyaane eh nun.. so vvvv kiyaaahiy vey..plxxx svaha up kuracheyyy

  55. Dhim

    No dhim eiy reck ge hahgeh…vedhaane twins kamah.but twin ah eh nameh ves nukiyaane eh nun.. so vvvv kiyaaahiy vey..plxxx avahah up kuracheyyy

  56. eemiyaa

    Thanks all

    1. Ayaa
      eemiyaa

      When next episode .. ? Monday .. ?

  57. eema

    rec aa ekkoh ulhuny jinni dhimya eh hen haadha heevey

  58. Samko

    Superb…. Plxxx avaha dhn oi eposode up kurahchey…….!

    1. sweet heart
      Samko

      hey samko…what is your island

  59. Sane

    I don’t think she’s a ghost, she had a boyfriend before. So it’s still a mystery. I think humans have boyfriends.????☺

  60. nukko

    Eemoo kn irakn nxt part

    1. sweet heart
      nukko

      today

  61. mari

    eem.. its monday…. koba story?

  62. reesh

    vvv salhi…. i think twins……… waiting for next part

  63. kennukbee

    Eem plx fast

  64. sweet heart

    eem….haadha lahey dhw….bt u told that u will update it today….bt nt yet….pls varah avas….

  65. aria

    Ebunaahen haadha lasvany..knireh mihaaru up kuranshey buni fahunves…make it fast plx…

  66. Shabee

    Eem avasss khdheeee 🙂 we r waitingg

  67. kennukbee

    Eeeeeem. Shabee mifaharu eem ah theme lava kiyai dhinintha

  68. eemiyaa

    sorry friends thankolheh las vejje dw… anyway thanks keitherikamaaeku inthizaaru kohdhineethee… 🙂

  69. ޒީނާ

    ވަރަށް އިންޓްރެސްޓިން.

Comments are closed.