ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 2
ނޯޓް: މިވާހަކައަކީ އެސްފިޔައަށް "nashaa"ގެ ނަމުގައި ލިޔުންތެރިއަކު ކުރިން ކުރިން ހުށައަޅާފައިވާ ވާހަކައެކެވެ.
މަޑުމަޑުން ލޯ ހުޅުވާލި އިރު ޔާނާއާ ދިމާލަށް މީހަކު އަތްދިއްކޮށްލައިގެން އެއަތުގެ އެހީގައި ތެދުކޮށް ދިނުމަށް އެދި ދަޢުވަތު ދީގެން ހުރިއެވެ. ޔާނާ އިސް އުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ އީމަން އެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް އަށް އީމަންގެ އަތުގައި ހިފައި ތެދުވެލިއެވެ. އަދި އަތުން ދޫކޮށްލަން ނޭނގިފައި ބުދެއްހެން އީމަންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. އަނެއްކޮޅުން އީމަންގެ ހާލަކީ ވެސް ހަމަ މިއެވެ. މިއޮށް ހުރިހައި ދުވަހު އީމަން އަށް ޔާނާގެ މޫނު މަތިން އެފަދަ ހަމަ ހިމޭންކަމެއް ނުފެނެއެވެ. އަދި ޔާނާ ވެއްޓުނު މަންޒަރު ފެނުމުން އީމަން އައިސް އަތް ދިއްކޮށްލީ އެއަތުގައި ހިފައި ތެދުވާނެ ކަމުގެ އެއްވެސް އުއްމީދެއްގައެއްވެސް ނޫނެވެ. އެހެންކަމުން ކުއްލިއަކަށް ޔާނާގެ ކިބައިން މި ފެނުނު ބަދަލުގެ ސަބަބުން އީމަން އަށްވެސް ޔާނާ އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
އެވަގުތު ޖާހަތު އާއި ފައިނާ ފަހަތުން ދުވަމުން އައިސް އީމަން މެންނާ އަރާ ހަމަކުރިއެވެ. މައިނޭވާ ލެވިފައި ހުރެ ޖާހަތު ވާހަކަ ދައްކަން ފެށިއެވެ. \\\”ޔާނާ ގެފަހަތުން އަންނަން މިޖެހުުނީ ދުވަމުން. ހާދަ ބާރަކަށް ތި އައީ؟.\\\” ނަމަވެސް ޔާނާ މެންނަށް އެއަޑު ނީވޭ ކަހަލައެވެ. އެއަޑު ކީއްކިކުރަންހެއްޔެވެ. އެ ހަލަބޮލި ހަނިހޯލު ތެރެއިން އެތައްހާސް ކުދިންނެއް ހިނގަމުން ދާކަންވެސް ނޭނގޭ ކަހަލައެވެ.
\\\”އޭތް!!\\\” ފައިނާ ދެމީހުންގެ ކޮނޑުގައި މަޑުމަޑުން ޖެހިލުމުން އެދެމީހުންނަށްވެސް ސިހުން ލިބި ހަމަދުނިޔެއަށް އާދެވިއްޖެކަލައެވެ. ތިބެވުނު ގޮތް އިހްސާސް ކުރެވުމުން ލަދުގަނެ އިސްޖަހާ ލެވުނެވެ.
\\\”މާޝާﷲ! މަށަށް މިފެންނަނީ ހުވަފެނެއްބާ! ފަންނަ! މިއަދު އިރު އެރީ ހަމަ ރަނގަޅު ފަރާތުންތަ؟\\\” ޖާހަތު ޔާނާ އަށް ބަލަމުން ދިމާކުރާ ރާގަކަށް ބުނެލިއެވެ.
\\\”އިރު އެރީ ހަމަ ރަނގަޅު ފަރާތުން. އެކަމަކު މީހެއްގެ އިހުސާސްތަކަށް އިރުގެ އަލިކަން ލިބެން ފަށައިފިހެން އެބަހީވޭ\\\” ފައިނާވެސް ޖާހަތުއާއި އެއްބައިވެލަމުން ބުނެލިއެވެ.
ޔާނާ ލަދުން ހުރެ ކެންޓީނާ ދިމާއަށް ދުއްވައިގަތެވެ. އީމަން މިމަންޒަރު ބަލަން ހުރިއިރު މޫނުމަތިން ހިނިތުންވުމުގެ އަސަރު ފެންނަން ހުރިއެވެ. ފައިނާ އީމަންގެ ކޮނޑުގައި ފައިނާގެ ކޮނޑުން ޖަހާލަމުން ހީނލާފައި ހިނގައިގަތެވެ.
އެދުވަހު އިންޓަރވަލް ގަޑި ނިމެންދެން ޔާނާ ދިޔައީ ސިއްރުސިއްރުން، ދުރުގައި ހުރި އީމަންއަށް ބަލަމުންނެވެ. އީމަންވެސް ޔާނާއަށް ބަލާކަން ފާހަގަ ވެއެވެ. ދެމީހުންގެ ކުޅިވަރު ބަލަން ފައިނާ އާއި ޖާހަތު ތިބީ ހެވިފައެވެ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޖާހަތު ބޭނުންވީ ޔާނާ އަމިއްލައަށް އެވާހަކަ ދައްކާށެވެ.
އެދުވަހު ގެއަށް ދިއުމަށްފަހު ޔާނާ ހަމަޖެހިލައިގެން އެނދުގައި އޮށޯއްވެލުމަށްފަހު ވިސްނަން ފެށިއެވެ. އޭނާ އަށް މިބަދަލު ކުއްލިއަކަށް އަންނަން ޖެހުނު ސަބަބަކާމެދުއެވެ. އީމަން ޔާނާ އަށް ސަލާމް ބުނަން ފެށީ މީގެ އަހަރެއް ކުރިންނެވެ. އެފަދަ ކަމަކަށް ތައްޔާރުވެފައި ނެތީމަ ކަމެއްވެސް ނޭނގެއެވެ. ޔާނާއަށް މިކަން ކަމަކު ނުދިޔައެވެ. މިގޮތަށް އަންހެންކުދިން ފަހަތުން ފިރިހެން ކުދިން އަޅުވާލައިގެން އަބަދު އުނދަގޫ ކުރާ ވާހަކައާއި މަންޒަރު ޔާނާއަށް ކޮންމެ ދުވަހަކު ފެނި އަޑު އިވެއެވެ. އަދި އެންމެ ފަހުން އެކަހަލަ ކުދިން ހުއްޓާލަނީ އެއަންހެން ކުއްޖާއޭ އޭ ކިޔައިގެން ފާޑުފާޑުގެ ވާހަކައާއި އަޑު މުޅި ރަށުތެރެއަށް ފަތުރާފައެވެ. އަދި ގާތް ކުދިންނަށް ތިމާގެ ހުރި މޮޅުކަން ދެއްކުމަށްވެސް މިފަދަ ކަން ކޮށް އުޅެއެވެ. އީމަން ޔާނާ އަށް ސަލާމް ބުނުމުން ޔާނާ ކަންބޮޑުވަނީ މިސަބަބަށްޓަކައެވެ. އީމަންވެސް އަމަލުކުރާނީ އެފަދަ ގޮތަކަށޭ ހީވެގެންނެވެ. ނަމަވެސް މިވީ އެއް އަހަރު ތެރޭ އީމަންގެ ފަރާތުން އެއްވެސް އުނދަގުލެއް ޔާނާއަކަށް ލިބިފައެއް ނެތެވެ. އަދި ޔާނާއޭ ކިޔައިގެން ވާހަކައެއްވެސްް މީހެއްގެ ކައިރީ ދެއްކި އަޑެއްނީވެއެވެ. \\\’އަހަރެންނަށް ކަމުގެ އެއްފަޅިން ވިސްނުނީކަންނޭނގެ\\\’ ޔާނާ ހިތާ ހިތާ ކިޔާލިއެވެ. ޔާނާ އަށް ނިދުނީ އެކަހަލަ ހިޔާލުތަކެއްގައި އޮއްވައެވެ.
ދުވަސްތައް ވޭތުވަމުން ދެއެވެ. ޔާނާއަށް އީމަންއާމެދު ވިސްނުން ގިނަވި ގިނަވިހެން، އޭނާ އަށް އީމަންއާ ގަޔާވެވޭ ކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އީމަން އަށްވެސް މިކަން ފާހަގަ ކުރެވެނީ ކަންނޭގެއެވެ. އޭނާ ކުރިއަށް ވުރެ ގިނައިން ޔާނާއަށް ސަލާމް ބުނެއެވެ. ފިނިފެންމާވެސް ފޮނުވައެވެ. ކޮންމެ ދުވަހަކު ފައިނާ އަންނައިރު އޭނާ އަތުގައި ރަތް ފިނިފެންމަލެއް އޮވެއެވެ. ޔާނާއަށް ވެސް ކޮންމެ ދުވަހަކު އެ ފިނިފެންމަލަށް އިންތިޒާރު ކުރެވެއެވެ. ނޭނގި ހުއްޓާ އީމަން ޔާނާގެ ހިތް އެއްކޮށް ފަތަހަކޮށްފި ފަދައެވެ. އެހިތުގެ އެންމެ ހިމަ ނާރުވެސް އީމަންގެ ނަން ކިޔަމުން ދާކަހަލައެވެ. ސްކޫލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ އުޅޭއިރު ޔާނާ އާއި އީމަން އެއްކޮށް އުޅޭތަން ފެންނަމުން ދެއެވެ. އެންމެ ފަހުން ޔާނާ އާއި އީމަންގެ ގުޅުމުގެ ވާހަކަ މަޑުމަޑުން އެކްލާސް ކުދިންގެ މެދުގައި ދެކެވެން ފަށައިފިއެވެ. ޔާނާ އަދި އީމަން އަށް ޖަވާބެއް ނުދިނަސް ޔާނާގެ ކޮންމެ ހަރަކާތެއް، ކޮންމެ އިޝާރާތެއް އީމަން ކައިރީ ލޯބިވާވާހަކަ ބުނަމުންދާ ކަހަލައެވެ. ޔާނާގެ ދެލޯ އަބަދުވެސް އީމަން ދެކިލުމަށް ކެތް މަދުވަފައިވާކަން އިހުސާސު ކޮށްދޭ ކަހަލައެވެ. އީމަންވެސް ޔާނާ ކައިރީ އޭނާގެ ހިތުގެ ގޮވުމަށް އިޖާބަ ދިނުމަށް އެދި އާދޭސްކުރަމުން ދާކަހަލައެވެ. ލޯބިވާ ވަރު އަހަރެންނަށް އަންގައިދޭށޭ ބުނަމުންދާކަހަލައެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށްވަނީ ލޯބި ވެވިފައެވެ. އެކަކު އަނެކަކުގެ މައްޗަށްވަނީ ހިތްލެނބިފައެވެ. ހިތް ކިތަންމެ ވަރަކަށް ލޯބި ވާވަރު ގޮވަމުން ދިޔަ ނަމަވެސް އެވާހަކަ ދުލާ ހަމައަށް އައުމާ އެކީ ދޫ ބަންދުވަނީ އެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވާ ވަގުތު އެ ހިތް ލޯބިވާ ވަރު އަންގަމުން ތެޅިފޮޅެމުންދެއެވެ.
ދުވަސްތަކުން ދުވަހެކެވެ. މިއަދު ޔާނާ ހުރީ ޔާނާގެ ހަޔާތުގެ ވަރަށް ބޮޑު ނިންމުމެއް ނިންމައިގެންނެވެ. އެއީ އީމަން ކައިރީ ޔާނާ ލޯބިވާ ވާހަކަ ބުނުމަށެވެ. އެ ހިތް އީމަން ގެ ލޯތްބަށް އެދި ތެޅި ފޮޅޭވަރު އިހުސާސް ކޮށްދޭން ބޭނުމެވެ. ޔާނާ ބޭނުންވީ އިންޓަރވަލް ގަޑީގައި އެވާހަކަ ދެއްކުމަށެވެ. ތައްޔާރުވެލައިގެން ސައިބޯން ވެގެން ބަދިގެއަށް ގޮސް ވަނެވެ. އާދައިގެ މަތިން ހާމިޒާ އިނީ ސައިތައްޔާރުކޮށްގެން ޔާނާގެ އިންތިޒާރުގައެވެ. ނަމަވެސް އެހެންދުވަހާ ހިލާފަށް ހާމިޒާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިހެން ޔާނާ އަށް ހީވިއެވެ. ސައިބޮމުން ގެންދިޔަ ވަގުތުވެސް ހާމިޒާ އެއްވެސް ވާހަކައެއް ނުދައްކައެވެ. މިހެން ވުމުން ޔާނާ އަށް ވަރަށް އުނދަގޫ ވިއެވެ. އަދި އިސްވެ ވާހަކަ ދައްކަންވެސް ފަސް ޖެހެވުނެވެ. މަންމަ ހިތްހަމަ ނުޖެހި ހުރިކަން އެނގުމުން އެއީ ކޮންކަމަކާތޯ ސުވާލުކޮށްލަން ބޭނުންވިނަމަވެސް ހިތްވަރެއް ނުލިބުނެވެ. ސައިބޮއެ ނިމިގެން ބަދިގެއިން ނިކުންނަ ދޮރާ އަރާ ހަމަވެފައި ޔާނާ ފަސް އެނބުރި، ސިންކު ކައިރީ ތަށު ދޮންނަމުންދޮޔަ ހާމިޒާއަށް ބަލާލާފައި ސުވާލުކޮށްލިއެވެ.
\\\”މަންމާ ކަމަކާ ހޮތްހަމަ ނުޖެހިފަތަ؟\\\” ނަމަވެސް ހާމިޒާ އެއްވެސް އެއްޗެއް ނުބުނެއެވެ. މިހެންވުމުން ޔާނާއަށް ޤަބޫލުކުރެވުނީ އޭނާ އާއި ދޭތެރޭ ހިތްޖަމަ ނުޖެހި ހުރ ކަމަށެވެ. ހިތްވަރުކޮށްފައި ޔާނާ އަނެއްކާވެސް ސުވާލިކޮށްލަމުން ދެތިން ފިޔަވަޅު ކުރިއަށް އަޅައިލިއެވެ.
\\\”މަންމަ އަނެއްކާ އަހަރެންދެކެތަ ހިތްހަމަ ނުޖެހިފައި ތިހުރީ؟\\\” މިހެން އެހުމުން ހާމިޒާ ތަށި ދޮވުންް ހުއްޓާލާފައި ޔާނާއަށް ބަލާލިއެވެ. އަދި ސުވާލުކޮށްލިއެވެ.
\\\”ޔާނާ މަންމަ ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް އެބަ ކުރަންތަ؟\\\” ޔާނާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަނެއްކާ މަންމައަށް އީމަންގެ ކަންތައް އެނގުނީ ހެއްޔެވެ. އެކަމަކު އެނގެންވީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެއްވެސް މީހެއްގެ ކައިރީގައ އީމަންގެ ވާހަކަ އެއް ނުދައްކަމެވެ. ދެން ކިހިނެއްހެއްޔެވެ. ޔާނާ އިނީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. ޔާނާގެ ފަރާތުން ޖަވާބެއް ނައުމުން ދެންވެސް ވާހަކަ ދެއްކީ ހާމިޒާއެވެ.
\\\”މަންމަ އަކަސް ނޭނގެ ތެދެއްކަމެއް ނުވަތަ ދޮގެއް ކަމެއް. އެކަމަކު ޔާނާ އޭ ކިޔައިގެން ފައިނާގެ މަންމަ، މަންމަ ކައިރީގައި މިއަދު ހެނދުނު ވަރަށް ވާހަކަ ދައްކައިފި. މަންމަ ދަރިފުޅަށް އިތުބާރު ނުކުރަނީ ކީއެއްވެސް ނޫން. މަންމަ އަށް އެނގޭދަރިފުޅު އެއްވެސް ގޯސް ކަމެއް ނުކުރާނެކަން. އެކަމަކު މީހުންގެ ދުލުން ސަލާމަތްވާނެ ގޮތަށް އަބަދުވެސް އުޅެންވާނެ.\\\”
ޔާނާ ގަނޑުވިކަހަލައެވެ. ފައިނާ ޔާނާ އޭ ކިޔައިގެން ކީކޭ ކީ ބާވައެވެ. ޔާނާ ދުލުން ނުބުންޏަސް އީމަން އާ ޔާނާ އެކަކު އަނެކަކާ ގަޔާވާކަން އެންމެ ރަނގަޅަށް އެނގޭނީ ފައިނާ އަށާއި ޖާހަތު އަށެވެ. އެންމެ ފުރަތަމަ ވެސް ޔާނާ އީމަން އާ ގުޅެން ބިރުގަތީ މިހެންވެގެންނެވެ. ރަށު ތެރެއަށް ޔާނާ އޭ ކިޔައިގެން އަޑެއް އަރާފާނެތީއެވެ. އެކަން އެހެންވެއްޖެއެވެ. ނަަމަވެސް ޔާނާ ހީކުރިފަދަ ގޮތަކަށް ނޫނެވެ. ހިތާހިތުން ޝަކުވާ ކުރެވެމުން ޔާނާ ބަދިގެއިން ނިކުމެގެން ކޮޓަރިއާ ދިމާއަސް ހިނގައިގަތީ ކުށްވެރިއެއްފަދައިން އިސް ޖަހައިގެންނެވެ. ނަމަވެސް ޔާނާ އަށް ނޭނގެނީ އެންމެ ކަމެކެވެ. ޔާނާ ކުށްވެރިވާންވީ ކޮންސަބަބަކާ ކުރެކަމެވެ. އީމަންދެކެ ލޯބި ވެވިގެންތޯއެވެ. ނޫނީ ރަޙުމަތްތެރިޔާއަށް މާ ބޮޑަށް އިތުބާރު ކުރީތީ ހެއްޔެވެ. ފައިނާއަށް މިވާހަކަތައް ނޭނގުނު ނަމައެވެ. އެއީ އަނގަ ގަދަ މީހެއްކަން ޔާނާއަށް އެންމެ ކުރިން އެނގޭ އިރުވެސް މިފަދަ ވާހަކަ ތައް އޭނާއަށް އެނގުނަ ދިނީ ކީއްވެގެން ހެއްޔެވެ. ޔާނާ އަށް ރޮވެން ފަށައިފިއެވެ. އީމަން ދެކެ ލޯބިވެވުމަކީ ކުށެއް ކުރެވުމެ ހިތަށް އަރައިފިއެވެ. އީމަންވެސް ސަލާމް ބުނުވަން ފައިނާ އިޚްތިޔާރުކުރީތީ އީމަން ކުށްވެރިކުރެވެންފެށިއެވެ. ޔާނާ ދެރަވީ އޭނާ އެންމެ ލޯބިވާ މަންމަގެ ފަރާތުން އެފަދަ ވާހަކަ ތަކެއް އަޑު އިވުނީމައެވެ. ޔާނާގެ ހިތްވަރު މުޅިން އެލިއްޖެއެވެ. އެއްވެސް މީހެއްގެ ކައިރީ ޔާނާގެ އެއްވެސް ވާހަކައެއް ހިއްސާނުކުރުމަށް އަޒުމް ކަނޑައެޅިއެވެ. އަދި ދަބަސް ހިފައިގެން މަޑުމަޑުން ގެއިން ނިކުމެގެން ހިނގައިގަތެވެ.
ސްކޫލް ސެޝަން ނިމެނީއެވެ. އީމަން ކެތްތެރި ކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ ބެލް ޖަހާނޭ ވަގުތަކަށެވެ.މިއަދު އޭނާ ޔާނާއަށް ލޯބި ހުށައަޅަން ބޭޏުމެވެ. އެހިތުގައި ޔާނާއަށް ދެވިފައިވާ މަތިވެރި ދަރަޖަ ބަޔާންކޮށްދޭން ބޭނުމެވެ. އީމަން ލޯބި ހުށައެޅުމާއެކު ޔާނާގެ ހިތް ހުޅުވިގެން ދާނެކަމާމެދު އީމަން އެއްވެސް ޝައްކެއް ނުކުރެއެވެ. އެއީ ޔާނާގެ ހިތުގެ ހާލަތު އީމަން އަށް ވަރަސް ރަނގަޅަށް އިހްސާސްކުރެވިފައި ވީތީއެވެ. ސެޝަން ބެލް ޖެހުމާއެކު އީމަން އަވަސްވެގަތީ ކްލާހުން ބޭރަށް ނުކުތުމަށެވެ.
ޔާނާ އަވަސްއަވަހަށް ސްކޫލުން ނުކުމެގެން ގެއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ޖާހަތުއާއި ފައިނާވެސް ވީނުވީއެއް ނޭނގިގެން އަވަސް އަވަހަށް ޔާނާގެ ފަހަތުން، ޔާނާ މަޑުކުރުވަން ވެގެން ޔާނާ އާ އަރާ ހަމަކުރިއެވެ. ޖާހަތުއާއި އެދެމީހުންނަސްވެސް މިއަދު އީމަން ޔާނާއަށް ލޯބި ހުށައަޅާނެކަން އޮތީ އެނގިފައެވެ. އަދި އެކަން ކުރުމަށްޓަކައި، ސްކޫލް ނިމިގެން ގެއަށްދާ މަގުގެ އެއްފަރާތުގައި ހުންނަ ބޮޑު ނިކަގަހުގެ ދަށުގައި ޔާނާ މަޑުކުރުވުމަށް ފައިނާމެން ކައިރީ އީމަން އޮތީ އެދިފައެވެ. އެހާ އަވަސްއަރުވާލައިގެން ފައިނާމެން އެއުޅޭ ސަބަބަކީވެސް އެއީއެވެ. ފައިނާމެން ޔާނާގެ ކުރިމައްޗަށް އެރުމަށްފަހު މާ އަވަސްއަރުވާލާފައި ގެއަށްދަނީ ކީއްވެތޯ ސުވާލުކުރިއެވެ. ޔާނާ ކަމެއްނުވެއޭ ބުނެ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ފައިނާ އަނެއްކާވެސް ޔާނާހުއްޓުވިއެވެ.
\\\”ޔާނާ! އަޅެ މަޑުކޮށްބަލަ. މިއަދަކީ ވަރަށް މުހިންމު ދުވަހެކޭ. އަދި ނެތެއްނު ގެއަށް ނުދެވިފައެެއް.\\\” ހަޤީޤަތުގައި ފައިނާ އިޝާރާތްކުރީ އީމަންގެ ހުށައެޅުމަށެވެ. ނަމަވެސް ޔާނާ ހީކުރީ ދިރާސީ އަހަރުގެ ކިޔެވުން ނިމޭދުވަހަށް ވާތީ އެވާހަކަ ކަމަށެވެ.
\\\”އަދި އަނެއް އަހަރުވެސް އެބަ އޮތެއްނު. ބައްދަލު ވެވިދާނެއްނު. އެހެން ނޫނަސް އަހަރުމެންނަކީ ޗުއްޓީގައިވެސް އެއްވެސް ތަނަކަށް ދާނެ ބައެއްނޫނެއްނު. ހަމަ އެއްކޮށެއްނު އުޅޭނީ؟\\\” ޔާނާ ބުނެލިއެވެ.
\\\”އައްދޭ! ހާދަ ނޫން ވެގެންނޭ ދޯ ތިއުޅެނީ. އަހަރެން ނުބުނަމޭ އަހަރެމެންނާ ބައްދަލު ނުވާނެ ވާހަކައެއް. އެކަމަކު ދެން ހަމަ ގައިމުވެސް އީމަން އާ ބައްދަލެއް ނުވާނެއްނު. އެހެން ނޫނަސް ތިޔަ ކުރާ އިންތިޒާރަށް މިއަދު ނިމުމެއް އަންނަން އުޅޭކަން އެނގެޔޭ. ކޮންމެހެން މާ ނޫންކަމަށް ހެދިގެން އުޅޭނެ ކަމެއްނެތް. ހިނގާ މިހުރި ގަސްދަށަށް.\\\” ފައިނާ މިހެން ބުނެލަމުން އެ ގަހާ ދިމާއަށް ހިނަގއިގަތެވެ. ނަމަވެސް ޔާނާއަށް ބަލައިލެވުނީ ޖާހަތު އާ ދިމާއަށެވެ. ޔާނާ މިއަދު އީމަން ކައިރީ ހުރިހާ ވާހަކައެއް ބުނަން އުޅޭވާހަކަ އެނެގޭނެ ހަމައެކަނި ދެވަނަ އިންސާނަކީ ޖާހަތު އެވެ. ޖާހަތު އަނެއްކާ ފައިނާ ކައިރީ އެ ހުރިހާ ވާހަކައެއް ކިޔައި ދިނީ ހެއްޔެވެ؟ އެކަމަކު ޔާނާ ޖާހަތު އަށް ހާދަ އިތުބާރެއްކުރެއެވެ. އަނެއްކާ ފައިނާ ހުންނަ ތަންތަނުގައި އީމަންގެ ވާހަކަ މާ ގިނައިން ނުދައްކާށޭވެސް ޔާނާ ގާތު އެންމެ ގިނައިން ބުނެ އުޅެނީ ޖާހަތުއެވެ. ކޮންމެ ގޮތެއް ވިއަސް ފައިނާއަށް ވާން އުޅޭކަންތައް އެނގިއްޖެ ކަމަށް ޔާނާ ކަށަވަރު ކުރިއެވެ. ނަމަވެސް މިކަން މިހެން ވާކަށް ޔާނާ ބޭނުމެއް ނުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.



Varah reethi adhi nukiyan mivaahaka nimendhen genes dheythi
Nice alhe daily up kohdhehchey waiting 4 next part
Vvv salhi mi part ves
kyhwe ehen myheh thi liyany mi waahaka mi waahaka mee ninmaafa oih wahaka eh dhen?mi comment ah reply kohbala author!
This is a story previously written by “nashaa”. We are republishing this story as request of a reader.
Request of a reader???? Seriously what kind of a joke. Its not your right to publish it again.
Ehkala elsa.. kiki
Ehkala elsa.. kikik.. hahahah. Hama hini annany
Elsa.. esfiya ah dhimaavi massala akaa gulhigen mivaahaka vanee unpublish vefa. ehnve alun konme dhuvahaku episode eh gothah republish kohlanaee. for more info call 7997991
Dhen publish kofa oi story viyaa dhuvaalaku 3 part genas dhenveenu
dhn avahah ehkon genes dheebiaa
Alhe Admin thikurani varah rangalhu kameh…..Alhe plx migothah Gudmeena ge Dheevaanaa loabin vejjey ves continue kohdheeba…..plz plz…
And hurihaa readers ah ves request kollan lam ge Mi idea ah thaaeedhu kuran….please
yes please… i am fully conerned with lam esfiya site ga hury ginain reethi vias nunimi huri vaahakathah and request ehurihaa vaahaka thah ves kuriyah oiy dhuvas thakuga mivaahaka continue kuraa gothah ninmaane kamah…
Please dheevaana loabin vejjey story ves continue kohdhy
Admin please Gudmeena ge Dheevaanaa loabin vejjey story ves continue kohdheeba….aee ves varah reethi story eh….lam hurihaa readers ah ves request kuran lam ge mi idea ah thaaeedhu kuran….please guys 🙂
Kekke meega emme fahun jaahathu maruvaany. Varah hadi
http://www.esfiya.com/author/nashaa
E link in vaahaka kiyeyne. Esfiya in kommmeheb nujeheyne bahthirees faharu eh vaahakaeh up kuraakah.
Aee nunimi oiy story eh
Sorry nimifa. Eygen jaahathu ves maruvaanee
Elsa . Story nimifa othee maa reehchah . Varah salaamey .
Varah reethi☆☆☆
Dheevaanaa loabin vejje ge link share kollaba konmes ujjeh plzzz…
http://www.esfiya.com/5017
Or just write the story name in the Google
instead of republishing finished stories why dont u contiune the stories which were stoped inbetween.. eg. aathu ge hiyadhu ronee ye nudhashe ya gugdumynage storya,shinegeves liyan fatafa hutafa in story ya..call these authers get their answers amd say some thin to their fans
I m totally favour to aisha…
Shine ge Kon story e?
We agree with you. but please note that providing contact details is not a must when registering at esfiya. As you know that anyone can register at esfiya, we dont have the contact number of them. so it is almost impossible to contact them and ask them to continue the stories. also most of the readers does not respond to emails. We cant force anyone to finish a story they start. However we will definitely send them a request. Thank You for your understanding and support.
admin of this site is very irresponsible..there should be some way to answer the quarries of readers
We agree with you. but please note that providing contact details is not a must when registering at esfiya. As you know that anyone can register at esfiya, we dont have the contact number of them. so it is almost impossible to contact them and ask them to continue the stories. also most of the readers does not respond to emails. We cant force anyone to finish a story they start. However we will definitely send them a request. Thank You for your understanding and support.
KYHKURAN ALUN PUBLISH KURANY HAMA KURAANE KAMEH NEYNIGEN MI WAHAKA EBA OIH REEHCHAH FENNAN EHEN WAHAKA EH LIYUNAS MAA RAGALHU WAANE ANEHKA THY HAMA E WAAHAKA LIYUN NASHA THA??EKAMA WES SHAHKU HAMA JUST COPY PASTE EH WIHYYA KURAN JEHENY NINMAAFA OIH WAHAKA EH WIHYYA!
NASHA. esfiya ah dhimaavi massala akaa gulhigen mivaahaka vanee unpublish vefa. ehnve alun konme dhuvahaku episode eh gothah republish kohlanaee. for more info call 7997991
Mi Elsa2 mee Haadha molhu vegen ulhey myhekey dhw
I m not talking about this story….lam buny dhevana loabin vejjey story continue kohdheyshey
Shine bunefa othy break akah fahu boss continue kuraanamey…so am waiting for that day
kon iraku adhi wes evaahaka ebain!publish kuryma dhw e fennany!
mashah hywany e waahaka eothy nagaafa hen meethi liyan!