”ދީމް! މަންމަ މި ބުނާ އެއްޗެއް އަޑެއް ނީވެނީތަ؟…” ދީމްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޖުވޭރިޔާގެ ހާސްކަން އިތުރުވިއެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެފައެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ މީހެއް ހެންނެނެވެ. އޭނަ ދީމްގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިން ދީމްއަށް މަންމަގެ ގައިގައި އެވަގުތު ބައްދައިގަނެވުނެވެ. ދީމްއަށް ގިސްލެވުނެވެ. އޭނަގެ ހިތަށް ކޮށްފައިވާ ފުން އަސަރުތައް ކަރުނައިގެ ސިފައިގައި ބޭރުކުރަން ބޭނުންވިއެވެ. ވޭންތަކަށް ކުޑަ […]
އަހަރެންގެ ހަޔާތެކޭ ކުޑަ ބަގީޗާއެކޭ ތަފާތެއްނެތެވެ. ކޮކާލާ މާބުރު އުފަލާ ހިތްހަމަ ޖެހުމަށް މަލަށް ތިރިވެ ކުޅެލާ މަންޒަރު އެއީ ހާދަ ފުރިހަމަ މަންޒަރު ތަކެއްނޫންހެއްޔެވެ. އަހަރެންނަކީ މަންމަގެ އެންމެ ހަގު ކުއްޖާއެވެ. ދެން ހުރީ އަހަރެންގެ ދޮންބެ ޝާނު އަދި ތުއްތު ޝާމިންއެވެ. ވަރަށް ކުޑައިރު ދޮންބެގެ ނަމާއި ތުއްތުގެ ނަން އެއްވަތަރު ކަމުން މަންމަ އާއި ބައްޕަ ކުރެން އަހަރެން ވަރަށް ޝަކުވާ ކޮށް ހެދީމެވެ. އެހެން ނަމަވެސް އެދެވޭ ޖަވަބެއް ލިބިފައެއް ނުވެއެވެ. […]
“ރައުހާ ވިސްނައިފިންތަ ދެން ރައުހާގެ ޑޭޓް އަކަށް ގެންދާނީ ކާކުކަން؟؟؟” ރީޝާ އަހާލިއެވެ. ނަމަވެސް ރައުހާގެ ޖަވާބު ލިބުމުން ރީޝާ އަށް އެސުވާލު ނުކުރެވުނު ނަމައޭ ހިތަށް އެރިއެެވެ. އޭނާ ވަރަށް ފޫހި ވިއެވެ. އޭނާގެ ޑޭޓް […]
ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓުމުން އަހަންނަށް އަހަރެންގެ މޫނުފެނުނުހިނދު އަމިއްލަނަފްސަށް މަލާމާތް ކުރެވުނެވެ. އެހާފަސޭހައިން އެފިރިހެނާގެ އަވާގައިޖެހި އެޖަޒުބާތުތަކުގައި އޮޔާދެވުނީތީ ލަދުގަތެވެ. އެހެނަސް ދެންކުރެވޭނީވެސް ވަކިކީއްހެއްޔެވެ؟ ވީކަމެއްވެނިމިއްޖެއެވެ. އަހަރެން ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނިކުމެ ހުދުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ކުރުސޯޓެއް ލުމަށްފަހު އެނދުގައި އޮށޯވެލީމެވެ. އޭރުވެސް އަހަރެންގެ ހިޔާލުގައި ވަނީއެފިރިހެނާގެ އެއަދާތަކާއި އޭނާގެ ފަރާތުންލިބުނު މަސްތީއިހުސާސްތަކެވެ. އޭނާގެމޫނު އެއްމެފަހަރަކު ފެނުނުނަމަވެސް އަހަރެން އޭނާ ހޯދަން މަސައްކަތްކުރީމުހެވެ. އަހަރެންހުރީ އެހާވެސްބޮޑަށް އޭނާއާއި ހެދި ދީވާނާވެފައެވެ. ލޯތްބަކީ ކަނު އެއްޗެކޭ […]
ނަމާދު ކޮށްގެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަން އަހަރެންނަށް އެނގެއެވެ… މިކަމުގެ ތެރޭގައި އުޅެމުން އަހަރެންނަށް އަބަދުވެސް ހިތްހަމަޖެހުމެއް ލިބެނީ ނަމާދެއް ކޮށްލައިގެންނެވެ… ނަމަވެސް އަހަރެން ނަމާދު ކުރަނީ ގްރޫޕް ކުދިންނަށް ނޭނގޭ ގޮތަށެވެ. އެއީ އެމީހުންނަށް އެގިއްޖެނަމަ އަހަރެންނާއި މެދު ޝައްކެއް އުފައްދާފާނެ ތީއެވެ…. ނަމާދު ކޮށް ނިންމާލިއިރު އަހަރެންގެ ހިތުގައިވާ ބިރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލާފައެވެ. ނަމަވެސް އިތުރަށް އަހަރެން ނިދާކަން ބޭނުމެއް ނުވިއެވެ. ގަޑި ބަލާލީމެވެ. އޭރު ދަންވަރު 1 ޖަހަނީއެވެ. […]
ޝިފާން ގެއިން ނިކުމެގެން ދިޔަ މަންޒަރަށް ބަލަން ޒީކް ހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ. ލުޔޫނާ އެކި ވާހަކަތައް ޒީކާ ހިއްސާ ކުރަމުން ދިޔައީ ރަނާކަމަށް ހީކޮށްހުރެއެވެ. ހެނދުުގެ ސަޔަށް އައުމަށް ޒީކަށް ދައުވަތު ދިނުމަށްފަހު ރަނާއަށް އެންމެ މީރު ތަކެތި ލުޔޫނާ ތައްޔާރުކުރީ ރަނާއަށް ހާއްސަ ކެއުމެއްގެ ގޮތުގައެވެ. ސައި ބޮއި ނިމިގެން ވާހަކައިގައިި ދެމީހުން އެހެން ތިބޭތާ ކިތެންމެ އިރެކެވެ. ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭކަން ކަށަވަރެވެ. ލުޔޫނާ […]
ޔޫޝައުގެ މޫނު މައްޗަށް އެރި ވަރުގަދަ އެތިފަހަރާއެކު ބޮލަށް އެނބުރުން އަރައިގެން ދިޔަ އެވެ. މަންޒަރުތައް ހިސާބަކަށް ފުސްވެގެން ދިޔަ ހިނދު ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އަދި މޫނުގައި ފިރުމާލެވުނެވެ. ދެވަނަ އެތިފަހަރާއެކު ހީވީ ވަށައިގެން ވި މަންޒަރުތައް އެނބުރިގަތް ހެންނެވެ. އޭނައަށް ވާނުވާ ނޭގުނެވެ. ވާހަކަދައްކަން ބޭނުންވި ކަމުގައި ވިޔަސް ދުލަކު ވާގިއެއް ނެތެވެ. ނަމަވެސް ތިންވަނަ ފަހަރަށް ކޯތާފަތަށް އެރި އެތިފަހަރުން ތަންދޮރު ވަކިކުރެވޭ ވަރު ވިއެވެ. މަންޒަރުތައް ސާފުވާން ފެށިއެވެ. ހުރި ހާލާ […]
“އަޅުގަނޑުގެ ނަމަކީ މަރިޔަމް، އަޅުގަނޑަކީ މިތަނުގެ ތަހްގީގު ޓީމުގެ އިސް ފަރާތެއް” ޒަރީނާ އެމޭޒު ކައިރީގައި އިން ގޮނޑީގައި ބޭންދުމާއި އެކު މޭޒުގެ އަނެއްފަރާތުގައި އިން އަންހެން އޮފިސަރު އަމިއްލައަށް ތައާރަފްވެލިއެވެ. އެވަގުތުވެސް ޒަރީނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. “ޝާމިން ތިގެއަށް ގެންދެވުނީ ކިހިނެތް؟” މަރިޔަމް ސުވާލުކޮށްލުމުން ޒަރީނާ އިސްއުފުލާ މަރިޔަމް އާއި ދިމާއަށް ބަލައިލިއެވެ. މަރިޔަމް ކުރި ސުވާލަށް ޖަވާބުދިނުމެއްނެތި ޒަރީނާ އިސްދަށަށް ޖަހައިލުމުން އަނެއްކައިވެސް އަޑައްބާރުލާފައި މަރިޔަމް ސުވާލު ތަކުރާރުކޮށްލިއެވެ. “މަރީނާ އަނިޔާ […]
ޔާނާ ހުރީ ތައްޔާރު ވާށެވެ. ފަން ދިގު އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައިރު މޫނުމަތީގައި އުފާވެރި ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. އީމަންއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލަން ލިބުމުން ޔާނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ދޮރުގައި ޓަކި ޖެހި އަޑު އިވުމުން ޔާނާ ކައިރީގައި އޮތް ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ގޭގައި ގެންގުޅޭ މީހެކެވެ. ސަލާމް ގޮވާލުމަށްފަހު ދިއްކޮށްލީ ޕާރުސަލެކެވެ. ރަތްކުލައިގެ ކަރުދާހުން ޕާރުސަލް ކުރެވިފައިވީއުރު ކާޑެއްގެ އިތުރުން […]