Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 29

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 22, 2015 6 Mins Read
12 Comments

”ދީމް! މަންމަ މި ބުނާ އެއްޗެއް އަޑެއް ނީވެނީތަ؟…”

ދީމްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޖުވޭރިޔާގެ ހާސްކަން އިތުރުވިއެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެފައެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ މީހެއް ހެންނެނެވެ. އޭނަ ދީމްގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިން ދީމްއަށް މަންމަގެ ގައިގައި އެވަގުތު ބައްދައިގަނެވުނެވެ.

ދީމްއަށް ގިސްލެވުނެވެ. އޭނަގެ ހިތަށް ކޮށްފައިވާ ފުން އަސަރުތައް ކަރުނައިގެ ސިފައިގައި ބޭރުކުރަން ބޭނުންވިއެވެ. ވޭންތަކަށް ކުޑަ ލުޔެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ދުވަހަކު ވެސް އެހިތަށް ހަމަޖެހުމެއް ލިބޭނެހެނެއް ހިޔެއްނުވެއެވެ!

”ދަރިފުޅާ، މަންމަ ބިރުގަންނަ ހިސާބަށް ހިނގައްޖެ،  މަންމަގެ ސުވާލަށް ޖަވާބު ދީބަލަ….” ޖުވޭރިޔާ ދީމްގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ ދީމް ވާހަކަ ދައްކާނެ އިރަކަށެވެ. އެވަގުތެއް ނަޔެވެ. ދީމް ރޮނީއެވެ. ހުއްޓާލުމެއް ނެތިއެވެ.

ބަދިގޭގައި އުޅުނު ސާޝާ ވެސް  ދީމްގެ ރުއިމުގެ އަޑަށް ދީމްގެ ކޮޓަރީގެ ދޮރުމައްޗަށް އަރައި އެތެރެއަށް ނަޒަރެއް ދީފިއެވެ. އޭނަގެ ލޮލުގައި ވެސް ވަނީ ކަންބޮޑު ވުމެވެ. އިރުކޮޅެއް ވަންދެން އެތާ ހުރެފައި ކޮޓަރީގެ ދޮރުލައްޕާލަމުން އޭނަ ދިޔައީ ދީމްއާއި ޖުވޭރިޔާއަށް ވަގުތު ދެމުންނެވެ.

ޖުވޭރިޔާ ހީކުރީ ދީމް ރޮނީ ރިޕޯޓްތައް ފެނިފައި ކަމަށެވެ. ނަމަވެސް އޭގައިވާ ތާރީޚު ފެނި އޭނަގެ މޭގަނޑަށް އިތުރު ލޮޅުމެއް އަރައިގެން ދިޔައެވެ.

”ދީމް…” ދީމް ދުރަށް ޖައްސާލަމުން ޖުވޭރިޔާ ބުނެލިއެވެ. އޭނަ ދީމްގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ގިނައިރު ރޮއެފައިވާކަން ރަމްޒުކޮށްދެއެވެ. ޖުވޭރިޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

”ޔޫ..ޝް…” ގަދަކަމުން ދޫ ހަރަކާތްކުރި ދީމްއަށް ބުނެވުނެވެ. ދެން އިވިގެން ދިޔައީ ވޭނީ ގިސްލުމެއްގެ އަޑެވެ. ޖުވޭރިޔާ އިތުރަށް ކަންބޮޑު ވިއެވެ. އޭނައަށް ވިސްނުނީ މުޅިން ގޯސްކޮށެވެ. ޔޫޝައު ދެކެ އަންނަ ރުޅިގަނޑު އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ދީމްގެ ލޮލުން ފައިބަމުން ދާ ކަރުނަ ތަކުގެ އަސްލަކީ ޔޫޝައު އެވެ.

”މި ރިޕޯޓްތަކުގެ ނަތީޖާ ލިބުނު ފަހުންތަ ދަރިފުޅަށް ޔޫޝައު އަނިޔާ ކުރަން ފެއްޓީ؟، މިކަމުގެ ދީމްގެ ކުށެއް ނެތްކަން ޔޫޝައުއަށް ނޭގެނީތަ؟، ކޮންކަހަލަ ވިސްނުމެއް ލިބިފަ ހުރި ފިރިހެނެއްތަ އެއީ؟….” ޖުވޭރިޔާ އެހިއެވެ.

ދީމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ޔޫޝައުގެ ދިފާއުގައި ތެދުވަން ބޭނުންވި ކަމުގައި ވިޔަސް ދުލަކު ހަކަތައެއް ނެތެވެ. ގިނައިރު ރުއިމުގެ ސަބަބުން ހަށިގަނޑުން ވަރު ދޫވެއްޖެއެވެ.

ޖުވޭރިޔާގެ ހިތުގައި ޖަވާބު ނުލިބޭ ސުވާލުތައް ފުނިޖެހިގެން ދިޔައެވެ.

”މަންމައަށް ނިކަން ސާފުކޮށް ކިޔައިދީބަލަ…… ޔޫޝައު ދީމްއަށް އަނިޔާ ކުރިއިރު ނޭގޭތަ މިއީ ކޮންމެ އަންހެނަކަށް ވެސް ދިމާވެދާނެ މައްސަލައެއްކަން؟…” ޖުވޭރިޔާ ބުންޏެވެ.

”މަންމާ ތިހެން ޔޫޝްއާ ދިމާއަށް އެއްޗެހި ނުކިޔަބަލަ، މިކަމުގަ ގޯސް ވަނީ އަހަރެން، ޔޫޝްގެ އެއްވެސް ކުށެއް ނެތް، ކުށްވެރިއަކީ އަހަރެން….. އަހަރެން ހުރިހާކަމެއް ސިއްރުކުރީ، އަހަންނާއެކު އުޅެގެން ޔޫޝް ބޭނުންވާ ފަދަ އުފާވެރި ދިރިއުޅުމެއް ނުލިބޭކަން އިހުސާސްވާން ފެށުމުން ޔޫޝްއާ ވަކިވާން ބޭނުންވީ، ޔޫޝައު ރުޅިއަރުވާލައި އަހަރެން މަތިން ފޫހިކުރުވީ، ކެތްނުވާ ހިސާބަށް ދިއުމުން ވަރިކުރީ……. ޔޫޝްއަށް އެފަދައިން ކަންތައް ކުރަން މަޖުބޫރުކުރުވީ ވެސް އަހަރެން…. ޔޫޝްގެ ހުވަފެންތައް އަހަންނާއެކު ދުވަހަކު ހަޤީޤަތަކަށް ނުވާނެ…. ދުވަހަކު ވެސް……. ކާކުތަ ބޭނުންވާނީ ދަރިން ނުލިބޭ މީހަކާ އިނދެގެން އުޅެން؟…..” ދީމް ހުއްޓަހުއްޓަމުން ކިޔައިދިނެވެ. މަންމަ ގާތު ހަޤީޤަތް ހާމަ ކުރެވުމުން ސިކުނޑިން ބޮޑު ބަރުދަނެއް ލުއިވެގެން ދިޔަހެން އިހުސާސް ކުރެވުނެވެ. ނަމަވެސް އެހިތުގައި އަޅާ ވޭނަށް ކުޑަ ވެސް ލުޔެއް ނުލިބުނެވެ. މަންމައަށް ހަޤީޤަތް އެނގުނަސް ވާނެ ކަމެއް ނޯންނާނެއެވެ. ވަގުތު ފާއިތު ވެއްޖެއެވެ!

އެޖުމްލަ ވެގެން ދިޔައީ ޖުވޭރިޔާގެ ކަންފަތް ދޮށުގައި ގޮއްވާލެވުނު ބޮމަކަށެވެ. ލިބުނު ޝޮކް ފިލައިގެން ދާން އެތައް އިރެއް ނެގިއެވެ. އޭނައަށް ޤަބޫލުކުރަން ދަތިވިއެވެ. ޔޫޝައުއާ މެދު އެހާ ގޯސްކޮށް ހީކުރެވުމުން ފަހުން ދެރަވިއެވެ. އަދި ހަމައެއާއެކު ދީމް ޔޫޝައުއާ މެދު ކަންތައް ކުރި ގޮތުން ދީމް ދެކެ ހިތްހަމަނުޖެހުނެވެ.

”ދީމްގެ ވިސްނުން ރަގަޅެއް ނޫން، ޔޫޝައުއަކީ ރަގަޅު ޒުވާނެއް، އޭނަ ދީމްއަށް ދެރައެއް ލިބޭނެ ފަދަ ކަމެއް ނުކުރާނެ…. ދަރިފުޅު ތިކުރިކަމަކުން ދެޢާއިލާގެ ގުޅުން އިތުރަށް ގޯސްވެގެން ދިޔައީ… ޔޫޝައު ޢާއިލާ ތެރޭގައި ބަދުނާމުވެގެން ދިޔައީ، ދަރިފުޅު އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން އެއްފަހަރު ވެސް ވިސްނާލިނަމަ، ޔޫޝައު ގާތު ހަޤީޤަތް ހާމަ ކުރިނަމަ…. އަދި ލަހެއް ނުވޭ މަންމަ ޔޫޝައުއާ ވާހަކަ ދައްކާނަން…” ދަރިފުޅުގެ ހިތާމަތަކާ ގުޅިފައިވާ އަސްލު ސަބަބު ހާމަވުމުން ޖުވޭރިޔާގެ ލޮލުން ކަރުނަ ހިލުނެވެ. ދީމްގެ ހިތާމަތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު މިއެނގުނީ އަދި ކިރިޔާއެވެ. އެއާއެކު ހިތުގައި ރިއްސާލައިފިއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނައަށް އެނގުނުކަން އެއީ ނަސީބެކޭ ޖުވޭރިޔާގެ ހިތަށް އެރިއެވެ. އޭނަ ޔޫޝައުއާ ދީމްގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކުރާނެއެވެ.

އޭރު ޔޫޝައުގެ ކައިވެނީގެ ޚަބަރެއް ޖުވޭރިޔާއަށް ލިބިފަކާ ނެތެވެ. އޭނަގެ އުއްމީދުތައް ވެސް އުހުގައި ހުރީ އެހެންވެއެވެ.

”ނޫން މަންމާ، ޔޫޝް ދެން ނާންނާނެ، މާ ބޮޑަށް ވެސް ލަސްވެއްޖެ، ޔޫޝް ދެން ނާންނާނެ، އައި ލޮސްޓް ހިމް…..” ދީމްއަށް ގިސްލެވުނެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން އޭނަ މަސައްކަތްކުރިއެވެ.

ދީމް ބުނި އެއްޗެއް ޖުވޭރިޔާއަކަށް ނަގައިނުގަނެވުނެވެ. އޭނަ ދީމްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ވަގުތު ފާއިތު ނުވާ ކަމަށާއި ޔޫޝައު ދީމް ޤަބޫލު ކުރާނެ ކަމަށް އޭނަ ބުންޏެވެ.

”މަންމާ، ޔޫޝް ދެން ނާންނާނެއޭ، އައި ލޮސްޓް ހިމް… މިހާރު ޔޫޝް އަހަރެން ދެކެ ނަފްރަތު ކުރާނެ… ނަފްރަތުކުރާނެ…  ޔޫޝް އަހަންނާއެކު އުޅެން ބޭނުމެއް ނުވާނެ…… އަހަންނަކީ ކުދިން ނުލިބޭ މީހެއް….” ދީމްއަށް ކެތްނުކުރެވުނެވެ. އޭނައަށް މިފަހަރު ޖުވޭރިޔާގެ ގައިގައި ބައްދައިގަނެވުނީ ބާރަކަށެވެ. އެއާއެކު ބަޑިފަޅައިގެން ދިޔައެވެ. މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ރޮވުން ނޫންކަމެއް އޭނައަކަށް ނުކުރެވުނެވެ. އޭނަ ކެތްކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ޔޫޝައު އެހެން މީހެއްގެ ހައްޤަކަށް ވެގެން ދިޔައީއެވެ. ލޯބިވެރިޔާގެ ހިތުގައި އޭނައަށްޓަކައި ވަނީ ނަފްރަތެވެ. އެހިތް ބަދަލުކޮށްލީ ވެސް އޭނަ އެވެ.

”ދީމް ތިކިޔާއެއްޗެއް މަންމައަށް ފަހުމު ވާނެހެން ބުނެބަލަ، ދަރިފުޅު ޔޫޝައުއާ ވާހަކަ ދައްކަން ބިރުގަންނަނަމަ މަންމަ ވާހަކަ ދައްކާނަމޭ، ދަރިފުޅު ހިތާމައިން ގޮސް ހަލާކުވެގެން ދާތަން ބަލަން މަންމައަކަށް ކެތް ނުކުރެވޭނެ، ޔޫޝައު ގާތު އާދޭސް ކުރަން ޖެހުނަސް ދީމްގެ އުފަލަށްޓަކައި މަންމަ އެކަން ވެސް ކުރާނަން، މަންމައަށް މުހިންމުވަނީ ދަރިފުޅުގެ އުފާ…” ޖުވޭރިޔާ ދީމްގެ ބޮލުގައި ފިރުމާލިއެވެ. ދީމް މަންމަގެ ގައިގައި ބައްދާލައިގެން އިން އިރު ދެންމެދެންމެ ރޫޅިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. ޖުވޭރިޔާއަށް ވެސް ވަނީ ރޮވިފައެވެ. ދީމްގެ ހިތާމަތަކަށް ނިމުން ގެންނަން އޭނައަށް ކުރެވުނުހާ މަސައްކަތެއް އޭނަ ކުރާނެއެވެ.

ކަރުނައިގެ ތެރޭން ޔޫޝައު ދެވަނަ ކައިވެންޏެއް ކޮށްފިކަން ދީމް ހާމަކުރިއެވެ. ޖުވޭރިޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އެހިސާބުންނެވެ. ތަކުރާރުކޮށް އިވެމުން ދިޔައީ ދީމް ބުނި ޖުމްލައެވެ. އެއަޑުގައިވި ހިތްދަތިކަމަކުން ޖުވޭރިޔާގެ މައިލަގޮނޑިއަށް ކެތްކުރުން ވީ ދަތި ކަމަކަށެވެ. ދީމްގެ މޫނަށް ނަޒަރު ހުއްޓާލި ގޮތަށް އިނދެވުނީއެވެ.

ދީމް ރޮމުން ގޮސް އަރު ބެދި ރުއިން ހުއްޓުމަކަށް އަތުވެއްޖެއެވެ. ކަރުނަތައް ފޮހެލަމުން މަންމަގެ އުނގުގައި ބޯއަޅާލިއެވެ. މަންމަގެ ފިރުމުންތަކުން ވަގުތީ ހަމަޖެހުމެއް ބޭނުންވެފައި ވާތީއެވެ. އޭރު އޭނަގެ ލޮލުގައި ރިއްސައެވެ.

ދެން ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ. ޖުވޭރިޔާގެ އުނގުގައި ދީމް ބޯއަޅާލައިގެން އޮތް އިރު އެސްފިޔަތައް ވަނި މެރިފައެވެ. އަދިވެސް އެދިގު އެސްފިޔަތަކުގައި ތެތްކަން ވެއެވެ. ކޯތާފަތުގައި ވެސް ވަނީ ކަރުނައިގެ ނިޝާންތަކެވެ. ހީތަމަވެރި ތަސްވީރެއް ފަދައެވެ.

ޖުވޭރިޔާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ދީމްގެ ހިތާމަތަކުގެ ފަހަތުގައި ވާ ސިއްރުތައް ހާމަވެގެން ދިޔައިރު މާބޮޑަށް ވެސް ލަސްވެއްޖެއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ޖުވޭރިޔާއަށް ދީމްގެ ބޮލުގައި ފިރުމާލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނައަށް ދީމްގެ ހިތުގެ ކެކުޅުން އިހުސާސް ވާ ކަހަލައެވެ. ދަރިފުޅަށް ހިތްވަރުދޭން ބޭނުންވިއެއްކަމަކު އެހިތްވަރު ވެސް އޭނަގެ ގަޔަކު ނެތެވެ. އޭނަ ވަނީ އެކަމަށް ވެސް ނުކުޅެދިފައެވެ.

ދީމް މަންމައަށް ގޮވާލިއެވެ. ޖުވޭރިޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދީމް މަންމަގެ އަތުގައި ހިފިއެވެ.

”ދަރިފުޅާ….” ޖުވޭރިޔާ ބުންޏެވެ. އޭނަ ދީމްގެ އަތުގައި ފިރުމާލިއެވެ. ހިތްވަރުކުރާށޭ ބުނާ ފަދަ ގޮތަކަށެވެ. މިއަދު މަންމައަށް ދަރިފުޅަށް އެހީވެވެން ނެތުމުން މާފްކޮށްދޭށޭ ބުނާ ފަދަ ގޮތަކަށެވެ. ދަރިފުޅުގެ ހިތާމަތަކަށް ލުޔެއް ހޯދަދޭން ނުކުޅެދިއްޖެޔޭ ބުނާ ފަދަ ގޮތަކަށެވެ. ދީމްއަށް މަޑު އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ.

ހިމޭންކަމާއެކު ވަގުތު ފާއިތުވާން ފެއްޓިއެވެ. އެގޮތުގެ މަތީން ފަނަރަ މިނެޓް ފާއިތުވެގެން ދިޔައެވެ.

”މަންމާ، ޕްލީޒް މިކަންތައް ސިއްރުކޮށްދޭތި… އެއްވެސް މީހެއްގެ ނަފްރަތު އަމާޒުވާން އަހަރެން ބޭނުމެއް ނޫން….. މަންމާ ބުނެބަލަ މިކަން ސިއްރުކޮށްދޭނަމޭ……” ދީމް އާދޭހުގެ ރާގަކަށް ބުންޏެވެ. ދީމް ބުނަން އުޅެނީ ކީކޭ ކަން ޖުވޭރިޔާއަށް ނަގައިގަނެވުނެވެ. ޖުވޭރިޔާއަށް ދަރިފުޅުގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭކަށް ނުކެރުނެވެ.

”އަދި މެންދުރު ވެސް އެއްޗެއް ނުކައެއްނު ތިހުރީ، ހިނގާ ކާން… މިހާރު ބައްޕަ ވެސް ދުރުވާނެ….” ޖުވޭރިޔާ ބުންޏެވެ. ދީމް ބޯޖަހާލަމުން ދިޔައީ ފާޚަނާއާ ދިމާއަށެވެ. ޖުވޭރިޔާ ކަރުނަތައް ފޮހެލަމުން ޓައިލްސް މަތީ އުދުހެމުން ދިޔަ ގަނޑުތައް ނެގިއެވެ. އަދި އެގަނޑުތައް ފައިލަށް ލަމުން ގެންގޮސް ރީތިވާ މޭޒު މަތީގައި ބޭއްވި އެވެ. ދެން އޭނަ މިސްރާބު ޖެހީ ކާކޮޓަރިއަށް ދިއުމަށެވެ. އެވަގުތު ގެއަށް ވަދެގެން އައި ޔޫސުފް ފެނި ގަދަކަމުން ހިނިތުންވުމެއް ކުރަހާލިއެވެ.

މޫނު ދޮވެލައިގެން ދީމް ފާޚަނާއިން ނިކުތެވެ. ރީތިވާމޭޒު މަތީ އޮތް ފައިލު ލޮލުގައި އަޅައިގަތުމާއެކު އޭނަ ލުއި ފިޔަވަޅުތަކެއްގައި ގޮސް ރީތިވާމޭޒު ކައިރިއަށް ހުއްޓުނެވެ. ތުރުތުރުއަޅަމުން ދިޔަ އަތަކުން އޭނަ ފައިލު ނެގިއެވެ. އަދިވެސް އެރިޕޯޓްތަކުގެ ނާތީޖާ ލިބުނު ދުވަސް މަތިން އޭނަ ހަނދާން އެބަހުއްޓެވެ. އެހަނދާންތައް ދުވަހަކު ވެސް ފޮހެވިގެން ނުދާނެއެވެ. އޭނަގެ އުފާވެރިކަން ރަހުމެން ނެތް ގޮތުގައި ފޭރިގަނެވުނީ ވެސް އެދުވަހުއެވެ.

އެދުވަހު އޭނައާއެކު ވިޝާ ނެތްނަމަ ވީ ގޮތެއް ވެސް ނޭގުނީހެވެ. ވިޝާ އޭނައަށް ދިން ނަސޭހަތްތަކަށް ބީރުކަންފަތެއް ދީ އޭނަ ހިތާހިތުން ރާވާލީ ޔޫޝައުއާ ވަކިވުމަށެވެ. އޭނަގެ ސަބަބުން ޔޫޝައު ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވެގެން ދާ މަންޒަރު ދެކެން ހިތަށް ކެތްނުވާނެތީއެވެ. މިއަދު ޔޫޝައު ގާތު ތެދު ހާމަކުރެވުނުނަމައޭ އޭނަގެ ހިތަށް އެރިއެވެ. އޭރުން ފަހަރެއްގައި…. ފަހަރެއްގައި ޔޫޝައު އޭނަ ޤަބޫލުކުރީސްކަން ނޭގެއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. ކަތުރުފަންޏަކަށް ވާކަށް އޭނަ ބޭނުމެއް ނޫނެވެ.

ޔޫޝައުއަށް ބައްޕާއޭ ކިޔައި ގޮވާލާނެ ކުއްޖަކު ވެސް ދުވަސްތަކެއް ނެވު އަންނާނެތާއެވެ. އޭނައަށް ދުވަހަކު ނުލިބޭނެ ފަދަ ފަޚުރެއް ފަލަކްއަށް ލިބޭނެކަން ހަނދާން ވުމުން ތުންފަތުގައި ދަތްއަޅާލެވުނެވެ. ދެލޯމަރާބާރުކޮށްލެވުނެވެ. އޭނަގެ ހިތް ރޮނީ އެވެ.

……….

”އައި ނޯ ސަމް ޑޭއި ޔޫލް ހޭވް އެ ބިއުޓިފުލް ލައިފް،

އައި ނޯ ޔޫ ވިލް ބީ އެ ސަން އިން ސަމްބޮޑީސް އެލްސް ސްކައި….

ބަޓް ވައި….

ވައި…. ވައި ކާންޓް އިޓް ބީ… ކާންޓް އިޓް ބީ މައިން؟…..”

****

ރޭގަނޑުގެ ވަގުތެވެ. ފަލަކް އިންތިޒާރު ކުރަމުން ދިޔައީ ޔޫޝައު އަންނާނެ އިރަކަށެވެ. އެދުވަހުގެ ހާދިސާއަށް ފަހު އޭނަގެ ހިތަށް ލިބިފައިވާ ހަމަޖެހުން މިއަދު އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެއެވެ. ހިތްހަމަ ނުޖެހުނީ ބޮޑު ކައިވެނީގެ ހަފްލާއެއް ނުބޭއްވުނީތީ އެވެ. މުޅި ދުނިޔެއަށް ޔޫޝައުއަކީ އޭނަގެ ހައްޤެއްކަން ޢިއުލާން ކުރަން އޭނަ ހާދަ ބޭނުން ވިއެވެ. އެހެނަސް ކަންތައް ވީ ދިމާ އޭގެ އިދިކޮޅަށެވެ. އެވަގުތު އޭނަ ދެރަ ވެސް ވިއެވެ. ނުރޮވުނީ ވެސް ކިރިޔާއެވެ. ނަމަވެސް ޔޫޝައުގެ އަންބަކަށް ވެވުމާއެކު އެހުރިހާކަމެއް މަތިން ވެސް ހަނދާންނެތުނީއެވެ. އެއީ ހަނދާނުގައި ރަން އަކުރުން ފަވާލެވުނު ވަގުތުކޮޅެކެވެ.

”އަހަރެން މީ މޮޔައެއްކަންނޭގެ، ޔޫޝްއަށް ޝައްކު ވާނެ މިހާ އުފަލުން އުޅެންޏާ، ފުރަތަމަ ރޭވެސް ޝައްކުވެއްޖެއްޔާ ކިހާ ދެރަ، އޭރުން ކުރި ހުރިހާ މަސައްކަތެއް ދާނީ ފެނުފުލުން….” ހިތް އާސުމާނުގައި ވާހެން ފަލަކްއާ ރޭކާލީ ދެނެވެ.

”ދުވަސް ކޮޅަކަށް ކެތްކޮށްލަން ޖެހޭނީ، ހޭވް ޓު އެކްޓް ޓު ބީ އިން އެގަނީ…. އެކަމަކުވެސް ޔޫޝް މިރޭ އަހަންނާއެކު ސްލީޕް ކުރާނެ ނަމަ ހާދަ ރަގަޅޭ، އޯހް އަދި ވެސް އެވަގުތުކޮޅުމަތިން ހަނދާން ވަނީ، ދެޓް ކިސް ލާސްޓެޑް ފޯރ އޭން އެޓާރނިޓީ….. މުޅިދުވަހުވެސް ޔޫޝްއާއެކު ހޭދަކުރެވިދާނެ…” ފަލަކް ހިތާހިތުން ބުނެލިއެވެ. ޚިޔާލީ ދުނިޔެއަކަށް ފަލަކް ގެއްލުނެވެ. އޭނަ އެހެން އޮއްވާ ލޮލަށް ނިދި ސަވާރުވާން ފެއްޓިއެވެ. ތައްޔާޖެހެމުން ގޮސް ނިދުނު އިރެއް ނޭގެއެވެ.

****

އާދުވަހަކަށް ފެނުން ތޮޅެލި އިރުގެ ރަން ދޯދިތަކުން ދުނިޔެ އަލިކުރުވަމުން އާދުވަހަކަށް އިރުއަރައިފިކަން އިޢުލާންކުރަން ފެއްޓިއެވެ. ފަލަކްއަށް ހޭލެވުނީ ނުވައެއް ވެސް ޖަހަން ކައިރިވެފައި ވަނިކޮށެލެވެ. ލޯހުޅުވާލަމުން އޭނަ އާފުރެލިއެވެ. ފަލަކްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ސޯފާގައި އުނދަގޫ ގޮތަކަށް ނިދާފައި އޮތް ޔޫޝައު ފެނުމުންނެވެ. ސޯފާ ކުޑަ ވުމާއި ގުޅިގެން އެދިގު ހަށިގަނޑު ރަނގަޅަށް ސޯފާގައި ދަމާލެވޭ ގޮތެއް ނުވެއެވެ. މިމަންޒަރު ފެނުމާއެކު ފަލަކްގެ ހިތުގައި ރިއްސާލައިފިއެވެ. އެއާއެކު މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

”އަޅެ ދެން ޔޫޝް ކީއްވެތަ އެނދުގަ ނުނިދީ؟…” ފަލަކްގެ ހިތުގައި އޮތް ޝަކުވާއަކީ އެއީއެވެ. ޔޫޝައުއަށް ބަލަން އިނދެފައި އޭނަ ދިޔައީ ފެންވަރާށެވެ. ފެންވަރާލައިގެން އޭނަ ފާޚަނާއިން ނުކުތީ ތުވާލިގަނޑު އޮޅާލައިގެންނެވެ. އޭނައަށް ފާޚަނާގެ ދޮރު ލައްޕާލެވުނީ ތަންކޮޅެއް ބާރަށެވެ. އެއަޑަށް ސިހިފައި ޔޫޝައުއަށް ލޯހުޅުވާލެވުނެވެ.

ޔޫޝައުއަށް އަޑު އައި ދިމާއަށް ބަލާލެވުމާއެކު ސިކުންތުކޮޅެއް ވެސް ނުވަނީސް މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ދެލޯމަރާލަމުން އޭނަ ދެން ވެސް ބެލީ ނިދޭތޯއެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. ފަލަކް ފެނި އޭނަގެ ހިތަށް އުނދަގޫކުރަން ފެށީ ދީމްގެ ޚިޔާލުތަކުންނެވެ. އެއާއެކު އޭނަ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ދީމްގެ ޚިޔާލުތަކާ ދުރަށް ދާން ބޭނުން ވިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ލޯބިވާ މަންމާ މަގޭ…

Next

ފޮހެވޭނޭ ބާއޭ… 30

Next
December 22, 2015

ފޮހެވޭނޭ ބާއޭ… 30

Previews
December 22, 2015

ލޯބިވާ މަންމާ މަގޭ…

12 Comments!

  1. Aroo says:
    December 22, 2015 at 9:19 pm

    Alhey deem.. Yoosh kaari buni nama m sure he will understand. Dhen falak gandu deke v fuhi vey v sad vey yoosh ah dera goiy vaathi.. I think m olso falling for yoosh..hehe love the storyy beeeegg keep it up

  2. Sally says:
    December 22, 2015 at 9:27 pm

    Reethi

  3. Nish says:
    December 22, 2015 at 9:29 pm

    Dhen falak ge kanthah falha aruvaalaba

  4. kamana says:
    December 22, 2015 at 9:38 pm

    Alheyy kudhin nulibeny dhw. ?? btw itx awesome ??

    1. Ira ;) says:
      December 23, 2015 at 12:37 am

      H3h3 gabool kuran dho moya eh kamah

  5. faii says:
    December 22, 2015 at 10:08 pm

    Wow.. next part avaha up koddyy.. kei maduvefa…

  6. naxoo says:
    December 22, 2015 at 10:14 pm

    Kon irakunbaa yashmu ah mishyaa n izkaan ge hageegah igeyny…
    waiting for next part… 🙂

  7. Anonymous says:
    December 22, 2015 at 10:23 pm

    mi vaahakaiga mihuree hus haasaru dhamaafa… mi part in inguneee dheem ah dharin nulibeykan ekan.. dhen falak ar yooshau nidhaa heylikan ekani…..

    1. nixu says:
      December 22, 2015 at 10:25 pm

      rangalhu vaahakaeh….

    2. vily says:
      December 22, 2015 at 11:33 pm

      Wellll said

  8. maaa says:
    December 22, 2015 at 10:48 pm

    mee dhen koacheh tha alhe. thankolheh kiyaa hith vaa gothakah genesdheeba. meega main characters gina kuraathy hurihaa ves kamaky. interesting story eh neith miyaku.

  9. vily says:
    December 22, 2015 at 11:32 pm

    Mihaar vaahaka dhigukuran ulheyyhenn heevaneeee dhw….. aslu main theme bavvaafa hus haasaru
    mi story ge reethikann midhaneee kudavamunn
    dheem ah veee goiii vesss balaabala
    anekkaa falakkk ge molhu reyvumaa eku marry kohfi
    mihaar kiyannn foohi veyyy
    plssssss reethi baithakehhh genesss dheebala

Comments are closed.


All Right Reserved!