Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 28

Muthahhar Ibrahim (Mutha/S.Hithadhoo)
December 21, 2015
8 Mins Read
17 Comments

ޔޫޝައުގެ މޫނު މައްޗަށް އެރި ވަރުގަދަ އެތިފަހަރާއެކު ބޮލަށް އެނބުރުން އަރައިގެން ދިޔަ އެވެ. މަންޒަރުތައް ހިސާބަކަށް ފުސްވެގެން ދިޔަ ހިނދު ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އަދި މޫނުގައި ފިރުމާލެވުނެވެ. ދެވަނަ އެތިފަހަރާއެކު ހީވީ ވަށައިގެން ވި މަންޒަރުތައް އެނބުރިގަތް ހެންނެވެ. އޭނައަށް ވާނުވާ ނޭގުނެވެ. ވާހަކަދައްކަން ބޭނުންވި ކަމުގައި ވިޔަސް ދުލަކު ވާގިއެއް ނެތެވެ. ނަމަވެސް ތިންވަނަ ފަހަރަށް ކޯތާފަތަށް އެރި އެތިފަހަރުން ތަންދޮރު ވަކިކުރެވޭ ވަރު ވިއެވެ. މަންޒަރުތައް ސާފުވާން ފެށިއެވެ. ހުރި ހާލާ މެދުވެސް ވިސްނާލެވުނީ ދެނެވެ. ހަމައެކަނި ބޮކްސާކޮޅުގައި ހުރިއިރު އޭނަގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ދިލަ އިހުސާސް ކުރެވެން ފެށުނީ ވެސް ދެނެވެ. ހާސްކަމުން މީހާ ވަށާލައިފި އެވެ. މީ ކިހިނެއް ލިބުނު ޒަހަމްތަކެއް ހެއްޔެވެ؟ އޭނަ ލައިގެން ހުރި އަންނައުނު ތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ބޮލުގައި ނޭގޭ ރިހުމެއް އުފެދިފައި ވަނީ ކީއްވެގެން ހެއްޔެވެ؟

ދެން އޭނަގެ ކަންފަތުގައި ޖެހުނީ ފަޒާގެ ހިމޭންކަން ނަގާލަމުން ދިޔަ ފަލަކްގެ ވޭނީ ރުއިމުގެ އަޑެވެ. އޭއާއެކު މޭގަނޑަށް ފިނިވެގެން ދިޔަ އެވެ. ފަލަކްއާ ދިމާއަށް ބަލާލެވުނެވެ. ފެނުނު މަންޒަރު ހަޤީޤަތަކަށް ވެދާނެތީ ހިތުގައި ބިރުވެރިކަމުގެ އުސް ރާޅުތައް ބިންދަން ފަށައިފިއެވެ. ނޫނެކެވެ! މީ ބިރުވެރި ހުވަފެނެކެވެ! ލޯހުޅުވާލުމުން މަންޒަރު ބަދަލު ވެދާނެއެވެ! އެހެނަސް ކަންވީ ދިމާ އޭގެ އިދިކޮޅަށެވެ. މޫނަށް އެރި ހަތަރު ވަނަ އެތިފަހަރުން އޭނަގެ ލޯހުޅުވިގެން ދިޔައެވެ. މިއީ ހުވަފެނެއް ނޫނެވެ! ހޭލާ ހުއްޓާ ފެންނަ ބިރުވެރި ހުވަފެނެކެވެ! ހަޤީޤަތެވެ!

”ތީތަ ޔޫޝައުއަށް އަހަރުމެން ދިން ތަރުބިއްޔަތުގެ ބޭނުން ހިފި ގޮތަކީ؟… މިއަދު އަހަރެން ލަދުގަނޭ ޔޫޝައު އަހަރެންގެ ދަރިއަކަށް ވީތީ!…” ރަސަލް ހަޅޭއްލަވައިގަތެވެ.

ޔޫޝައުއަށް ހީވީ ދުނިޔޭގެ އެނބުރުމަށް ހުއްޓުމެއް އައިހެންނެވެ. ބައްޕަ ބުނި ޖުމްލައިން ހިތުގައި ވެސް ޖެހުނެވެ. ވިސްނާވިސްނާ ވެސް އެފަދަ ގުޅުމެއް ފަލަކްއާ އޭނައާ ދެމެދު ހިނގަން މެދުވެރިވި ސަބަބެއް އޭނައަކަށް ނޭގުނެވެ. ސިކުނޑިއަށް ބާރުލުމުން ބޮލުގެ ރިހުން ހައްތާވެސް ގަދަވުން ނޫންކަމެއް ނުވިއެވެ. ލޮލަށް ފެންނަމުން ދާ މަންޒަރުތައް ދޮގުކުރަން އޭނަ ބޭނުމެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ ޔޫޝައުއަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ.

”މަަންމާ… ބައްޕާ…” ޔޫޝައުއަށް ބުނެވުނެވެ. މަންމައާއި ބައްޕަގެ މޫނުމަތިން އޭނައަށް ފެނުނީ ރުޅިވެރިކަމެވެ.

”ޚަބަރުދާރު!….. އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނީސް އަހަރެންގެ ކުރިމަތިން ދުރަށް ދޭ!….” ރަސަލްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

”ބައްޕާ…” އިޒްކާން އޭނަގެ ކޮއްކޮގެ ދިފާއުގައި ތެދުވިއެވެ. ހިތުގެ އަޑިން ޔޫޝައުގެ ކުށެއް ނެތްކަމަށް ބުނަމުން ދިޔައެވެ. ޔޫޝައު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނައަށް އޮތެވެ. ޔޫޝައު އަކީ އެފަދަ ޒުވާނެއް ނޫނެވެ. އޭނަ ޔޫޝައުއަށް އިތުބާރުކުރެއެވެ. ދެރައީ ކޮއްކޮގެ ކުށެއް ނެތްކަން ހާމަކޮށްދެވެން ނެތީމައެވެ. ކޮއްކޮގެ ލޮލުން އޭނައަށް ފެންނަމުން ދިޔައީ ހައިރާންކަމާއި ސިހުމެވެ.

ރަސަލް އާއި ޔޫޝައުގެ ދެމެދަށް ވަނީ އިޒްކާން އެވެ. އިޒްކާން ކުށްވެރިއަކަށް ހިމާޔަތް ދޭން ފެށުމުން ރަސަލްގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ.

ބަލްޤީޝް ހުރީ ގަނޑުވެފައެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ އޭނަގެ ހިތަށް އެރިއެވެ. އެސްފިޔަތައް ތަޅުވާލެވުނު އަދަދެއް ނޭގެއެވެ. ކިތަންމެ ވަރަކަށް އަމިއްލަ ނަފްސަށް ހަޤީޤަތް އޮޅުވާލަން އުޅުނުކަމުގައި ވިޔަސް އެއީ ވުން މުސްތަހީލުކަމެއް ކަމުގައި އޭނަގެ ސިކުނޑިން ސިގްނަލް ދެމުން ދިޔައެވެ. އޭނަ ޖެހޭނީ ހަޤީޤަތާ ކުރިމަތިލާށެވެ. ނަމަވެސް ޔޫޝައު އެފަދަ ޖަރީމާއެއް ހިންގަފާނެ ކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ. ޔޫޝައު އަކީ އެފަދަ ވިޔާނުދާ ޒުވާނެއް ނޫނެވެ. އޭނަ ޔޫޝައުއަށް އިތުބާރުކުރެއެވެ. ނަމަވެސް ފެނުނު މަންޒަރުތައް ދޮގު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ހެކި އެހުރީ އޭނަގެ ކުރި މަތީގައެވެ. ހާސްކަމާއެކު އޭނައަށް މޫނުގައި ފިރުމާލެވުނެވެ. އެޢާއިލާއަކީ މާލޭގެ ޤަދަރުވެރި ޢާއިލާއެކެވެ. މިޚަބަރު ބޭރުތެރެއަށް ފެތުރިއްޖެނަމަ އެޢާއިލާގެ ނަން ވެސް ޚަރާބުވެގެން ދާނެއެވެ.

”މީ، މީ….” ބަލްޤީޝްއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނަ ފަލަކްއަށް ބަލާލިއެވެ. ކަރުނަ އަޅާފައި އެފަކީރު ރޮމުން ދިޔަ ތަން ފެނި ހިތުގައި ރިއްސާލިއެވެ. އެނާޒުކު ހަށިގަނޑަށް ލިބިފައިވާ އަނިޔާތަށް ފެނި ހަމްދަރުދީ ވެވުނެވެ. އެއީ ހަމަ ޔޫޝައު ފަލަކްއަށް ދިން އަނިޔާތަކެއް ހެއްޔެވެ؟ މިހެން ވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ޔޫޝައު މިހާ ދަށުދަރަޖައަކަށް ވެއްޓިގަތީ އޭނައަށް ދެވުނު ތަރުބިއްޔަތުގައި އުނިކަމެއް ހުރުމުން ހެއްޔެވެ؟ ދަރިފުޅަށް ހެވާއި ނުބައި ވިސްނައި ނުދެވުމުން ހެއްޔެވެ؟

”އަހަރެން…. އަހަރެން….. ތެތް ހެދުންތައް ބަދަލުކުރަން ހުއްޓާ ފަހަތުން މީހަކު އަންނަހެން ހީވެގެން ބެލިއިރު އެއީ ޔޫޝައު…. ޔޫޝައު އަހަންނަށް ބަލަން ހުރި ގޮތުން ބިރުވެސް ގަތް، ހަޅޭއްލަވަން އުޅުމުން އަނގައިގެ މަތީ އަތް އެޅީ، ސަލާމަތަށް އެދި އަދޭސް ކުރުމުން އަހަންނަށް އަނިޔާކުރީ… ހީ ޓްރައިޑް ޓު ރޭޕް މީ….” ފަލަކް ރޮމުން ރޮމުން ކިޔައިދިނެވެ. އެވޭނީ ގިސްލުމުގެ އަޑުން ފަޒާގެ ހިމޭންކަން ނަގާލަމުން ދިޔައެވެ. އޭނަގެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިގެން ވެއެވެ. މާހުތާބް ފަލަކްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އޭނައަށް ވެސް ވަނީ ރޮވިފައެވެ. ހުސް ދެއްކުން ތެރިކަމެވެ.

”ފަލަކްގެ ކޮން ކުށެއް އޮވެގެންތަ މިފަދަ ބޮޑު އަނިޔާއެއް ދިނީ؟، ޖަވާބު ދީބަލަ، އަހަރުމެން ނިކަމެތި ބަޔަކަށް ވީމަ ބޭނުން ގޮތެއް ހަދާލެވިދާނެ ކަމަށްތަ ޔޫޝައު ހީކުރަނީ؟…. އެފަކީރު މުޅި ދުނިޔެއަށް ބަދުނާމުވީ، ކުށްވެރިވާނީ ވެސް އަހަރެންގެ ދަރިފުޅު، އޭނައަށް ރުހުމުގެ ލޮލަކުން އެއްވެސް މީހަކު ބަލާނުލާނެ، އަންހެންކުއްޖެއްގެ އެންމެ އަގުބޮޑު އެއްޗަކީ އަބުރާއި އިއްޒަތް، އެކަމަކު މިއަދު ޔޫޝައު ފަލަކް އަތުން އެހުރިހާ އެއްޗެއް ވެސް ފޭރިގެންފި…” މާހުތާބް ކުރެހިފައިވާ އަޑަކުން ބުންޏެވެ. އޭނައާއި ބަލްޤީޝްގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. މާހުތާބްގެ ދެލޮލުގައި ވި ޝުއޫރުތަކުން ބަލްޤީޝްގެ ހާސްކަން އިތުރުކުރުވިއެވެ. މިކަމަށް ހައްލެއް ހޯދަން މަޖުބޫރު ކުރުވިއެވެ. ހިތާއި ދެކޮޅަށް ވިޔަސް މެއެވެ. އެހެންނޫންނަމަ އޭނަގެ ސިއްރުތައް ބޭޒާރުވެގެން ހިނގައިދާނެ ކަމުގެ ބިރު ފުރަތަމަ ފަހަރަށް ހިތުގައި އުފެދިގެން ދިޔައެވެ. މާހުތާބްގެ އެބައިލުމުން އެކަން ހާމަކޮށްދީފި އެވެ.

ޔަޝްމް ހުރީ އަމަލްގެ އަތަށް ބާރުކޮށްލައިގެންނެވެ. ދެއެކުވެރިން ވެސް ތިބީ އަޖައިބުވެ އަންތަރީސް ވެފައެވެ. ފަލަކް ދެކެ ހަމްދަރުދީ ވެވުނެވެ. އެންމެންގެ ކުރިމަތީގައި ފަލަކްގެ މައުސޫމުކަން ވެއްޔާއި މޮޑެވިގެން ދިޔައީއެވެ. ރަހުމެއް ނެތް އިންސާނެއްގެ ޝިކާރައަކަށް ވެގެން ދިޔައީއެވެ.

”އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދަދީ، އާދޭސްކުރަން، މިޚަބަރު ފެތުރިއްޖެނަމަ ފަލަކްގެ ދިރިއުޅުން ބަރުބާދުވެގެން ދާނެ…….” މާހުތާބް ރޮމުން އާދޭހުގެ ރާގަކަށް ރަސަލް އާއި ބަލްޤީޝްއާ ނަޒަރު ބައްދަލުކޮށްލިއެވެ. ދަރިފުޅަށް ”އިންސާފު” ހޯދައިދޭން ވެރިންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ވެސް އޭނަ ހުރީ ތައްޔާރަށެވެ.

”ފަލަކްއަށް އިންސާފު ލިބޭނެ…” ބަލްޤީޝް ބުންޏެވެ. އޭނަ ފަލަކްއާ ޔޫޝައުއަށް ބަލާލަމުން ފުން ނޭވާއެއް ލިޔެވެ. އޭނަގެ ނިންމުން އޭނަ ނިންމީ އަމިއްލަ ނަފްސާ ވަރުގަދަ ހަނގުރާމައެއް ކުރުމަށް ފަހުއެވެ. އިސްއުފުލާލި ޔޫޝައުއާ ބަލްޤީޝްގެ ހަތުރުކަޅި ބައްދަލުވެގެން ދިޔައެވެ. މަންމަގެ ނިންމުން އައިސްފާނެ ގޮތަކާމެދު ޔޫޝައުގެ ސިކުނޑި ހާސްކަމެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. އޭނައަށް އެއްޗެއް ބުނުމުގެ ފުރުސަތު ވެސް ބަލްޤީޝް ނުދިނެވެ.

”ޔޫޝައުއާއި ފަލަކްގެ ކައިވެނި އަންނަ ހަފްތާގައި ހަމަޖެހިގެން ދާނެ…. ފަލަކްއަށް ދެރައެއް ލިބިދާނެ ކަމާމެދު މާހުތާބް ވިސްނާކަށް ނުދެޖޭނެ، އަދި މިހާދިސާ އިތުރު މީހެއްގެ ކަންފަތާ ހަމައަށް ފޯރަފާނެ ކަމާމެދު ވެސް ވިސްނާކަށް ނުޖެހޭނެ….” ބަލްޤީޝް އޭނަގެ ނިންމުން އިއްވާލުމާއެކު މުޅިތަނަށް ޒަލްޒަލާއެއް އައިކަހަލައެވެ. ރަސަލްއަށް ވެސް ބަލްޤީޝްގެ މޫނަށް ބަލާލެވުނެވެ.

”މަންމާ، ކަމުގެ ތެދު ދޮގު ބެލުމެއް ނެތި ކޮންކަހަލަ ނިންމުމެއްތަ ތި ނިންމީ؟، ކޮއްކޮ އެފަދަ ޖަރީމާއެއް ނުހިންގާނެކަމުގެ ޔަޤީންކަން އަހަންނަށް އެބައޮތް…” އިޒްކާންއަށް ނުހުރެވިގެން ބުނެވުނެވެ. އެއާއެކު މާހުތާބްގެ ހިތް ތެޅިގަތެވެ.

”ފެންނަން ހުރި ހެކިތައް އިޒްކާންއަށް ނުފެންނަނީތަ؟….” ބަލްޤީޝް ބުންޏެވެ. މާހުތާބްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.

”މަންމާ…” ޔޫޝައު ވާހަކަ ދައްކަން އުޅުނެވެ.

”މަންމައަށް މިނިންމުން ނިންމަން މަޖުބޫރުކުރީ ވެސް ޔޫޝައު، މިނޫން ގޮތަކަށް މިމައްސަލަ ހައްލުކުރެވެން ނެތް، މިއަދު ޔޫޝައުގެ ސަބަބުން ހަލާކުވެގެން އެދިޔައީ ކުށެއް ނެތް އަންހެންކުއްޖެގެ ދިރިއުޅުން، މި ނިންމުން ދެން ބަދަލުނުކުރެވޭނެ…”

ޔޫޝައުއަށް އިސްދަށަށް ޖަހާލެވުނެވެ. އެދެލޮލުގައި ކަރުނަތައް ވެސް ބޮޑިވެގެން ދިޔައެވެ. ލޮލުން ފޭބި ކަރުނަތައް އަތުގެ ފުށަތުން ފޮހެލަމުން އޭނަ އެތަނުން ދާން ހިނގައިގެންފިއެވެ. އޭނަ ހުރީ އިންތިހާއަށް ދެރަވެފައެވެ. މަންމަގެ ނިންމުމާ މެދު ރުޅިވެސް އާދެވުނެވެ.

ފަލަކްގެ ގިސްލުމުގެ އަޑު މަޑުވެގެން ދިޔައެވެ. މާހުތާބްގެ ތުންފަތުގައި ސިއްރުވެރި ހިނިތުންވުމެއް ދުވެލިއެވެ. މާހުތާބްގެ މޭގައި މޫނު ފޮރުވާލައިގެން އޮތް ފަލަކްގެ މޫނު ވަނީ އުޖާލާ ވެފައެވެ. މިއިން ޒަމާނެއްގައި ވެސް އެހާ ބޮޑު އުފާވެރިކަމެއް އޭނައަށް ލިބުނު ހެނެއް ހިޔެއް ނުވެއެވެ. ހިތް އުފަލުން ގޮސް ނަށާލިއެވެ. ރޭވުން ކާމިޔާބު ކުރެވުނީތީއެވެ. ދެމައިން ވެސް ތިބީ ލިބުނު ކާމިޔާބާ މެދު ހިތްހަމަ ޖެހިފައެވެ.

****

”އަހަރެން ހީކުރީ ޔޫޝައުއަކީ ޖެންޓްލެމެންއެއް ކަމަށް، އެކަމަކު ޔޫޝައުގެ ގޮތް މިއެނގުނީ އަދި ކިރިޔާއެއްނު….” ޔަޝްމްއާއެކު ހިނގައިގަތް އަމަލް ބުންޏެވެ. އޭނައަށް އަދިވެސް ޤަބޫލުކުރަން ދަތިވެފައިވާ ކަހަލައެވެ.

”އަނެއްކާ އެއީ އެކޮންކަހަލަ ނިންމުމެއްތަ؟… ވިކްޓިމްއަށް އިތުރަށް އެބިއުސް ކުރުމުގެ ފުރުސަތެއްނު އެފަހިވެގެން ދިޔައީ؟… ޓިޕިކަލް ތިންކިންގް، އަހަރެންނަމަ ކޯޓަށް ދާނީ……” ބަލްޤީޝްގެ ނިންމުމާމެދު އަމަލް ހިތްހަމަޖެހުނު ކަމަކަށް ނުވިއެވެ. އޭނަ ދުށް ގޮތުގައި ޔޫޝައުއަށް ހައްޤުވެގެން ވާ އަދަބު ލިބެން ޖެހޭނެއެވެ. މިނިވަންކަމާއެކު އުޅެން ދޫކޮށްލެވިގެން ނުވާނެއެވެ.

”އެކަމާ އަހަރުމެންނަށް ކުރެވޭނީ ކޮންކަމެއް؟، އެކަމަކު މަންމަ ވަރަށް ވިސްނާފަ ނެގި ޑިޒިޝަންއެއް ހެން އަހަންނަށް ހީވަނީ…..” ޔަޝްމް ބުނެލިއެވެ.

”އެކަމަކު ޔޫޝައުއަކަށް ލެސަންއެއް ނުލިބޭނެ އެހެން ހަދައިގެންނެއް، ކިހިނެއް އެނގޭނީ އޭނަ އެހެން ކުއްޖަކަށް އެހެން ނަހަދާނެ ކަން….” އަމަލް ބުނެލިއެވެ.

”އަމަލް ދެން އެވާހަކަ ހުއްޓާލަމާ،  އަހަރުމެންނަށް އެކަމުގައި ދެން ކުރެވޭނެ ކަމަކީ ކޮބާތަ؟…” ޔަޝްމް ބުންޏެވެ.

”ފަލަކްއާ މެދު ވިސްނާލެވުމުން ހާދަ ދެރައެބަވެޔޭ…. ޕުއާރ ސޯލް…” އަމަލް ދެރަވެފައިވާ ރާގަކަށް ބުންޏެވެ.

****

އިޒްކާން އޭނަގެ ބެކްޕެކް އިން ނަގައި ދިން ޓީޝާޓަކާއި ސޯޓެއް ޔޫޝައު ލައިގެން ގޮސް އިނީ ދޮންވެލިގަނޑު މަތީ އިށީންދެލައިގެން ކުރިމަތިން ފެންނަން އޮތް މޫދަށް ބަލަހައްޓައިގެންނެވެ. އޭނަގެ ބޮލަށް ވަނީ ބަރުވެފައެވެ. ފަލަކްގެ ވާހަކަތަކާއި ފެނުނު މަންޒަރުތައް އޭނައަށް އުނދަގޫކުރަމުން ދިޔައެވެ. އެއާއެކު އޭނައަށް ނަޒަރު ހިންގާލެވުނީ ދެއަތަށެވެ. އެއަތުގެ ތެރެއަށް ލައި އަންހެންކުއްޖެއްގެ ހަޔާތް ފޭރިގަނެވިއްޖެއެވެ. އެއާއެކު އަމިއްލަ ނަފްސުދެކެ އޭނަ ރުޅިއައެވެ.

”ޔޫޝައު…” އިޒްކާން ގޮވާލިއެވެ.

”އަހަރެން ބޭނުންވަނީ އެކަނިވެލަން…” އިޒްކާންއަށް ޔޫޝައުއާ އަރާހަމަނުކުރެވެނީސް ޔޫޝައު ބުނެލިއެވެ. ނަމަވެސް އިޒްކާން އައިސް ޔޫޝައު ގާތު އިށީނެވެ. އެއާއެކު ދާން ޔޫޝައު ތެދުވުނެވެ.

”މަ ބުނި އެއްޗެއް އަޑެއް ނީވޭތަ؟، ޖަސްޓް ލީވް މީ ބީ….” ޔޫޝައު ރުންކުރު ވިއެވެ.

”ޔޫޝައު ތިހުރީ މެންޓަލީ ސްޓޭބަލް ކޮންޑިޝަންގައެއް ނޫންކަން އެނގޭތީ އަހަރެން ބޭނުމެއް ނޫން ޔޫޝައު އެކަނިކޮށްލާކަށް….” އިޒްކާން ވިސްނައިދޭ ރާގަކަށް ބުންޏެވެ. ”ކޮންމެ މީހަކު ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން އެއީ ތެދުކަމަށް……” އިޒްކާން އިތުރުކޮށްލިއެވެ. ކޮންމެވެސް ނުބަޔެއް އުޅޭހެން އޭނައަށް ހީވެއެވެ.

”އައި ޑިޑް ދެޓް ޓު ހާރ، މަންމަ ބުނިހެން ފެނު ހެކިތަކުން ނުވިސްނެނީތަ!….” ޔޫޝައު ލޯމަރާލަމުން ބުންޏެވެ. ”އަހަރެން ކުރި ކުށުގެ ސަޒާ އަހަންނަށް މިލިބެނީ….”

”ޔޫޝައު…” އިޒްކާން ބުނަން އުޅުނު ޖުމްލަ ޔޫޝައު ހުއްޓުވިއެވެ.

”މަ ބުނެފީމެއްނު ދާށޭ…” ޔޫޝައު ލަފްޒުތަކަށް ބާރަލަމުން ބުންޏެވެ. ”ބަލަ އަދިވެސް ހުރީތަ؟…”

އިޒްކާން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެއީ ހަމަ ޔޫޝައު ހެއްޔެވެ؟ އޭނައަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނުދީ ޔޫޝައު ހިނގައިގަތީ ދުރަށެވެ. ޔޫޝައު އެކަނި ދޫކޮށްލަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ޔޫޝައު މޮޔަ ކަމެއްކޮށްފާނެތީ އޭނަ ޔޫޝައުގެ ފަހަތުން ދިޔައެވެ. އެއާއެކު ޔޫޝައުގެ ރުޅިގަނޑު އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ.

”އަހަރެން ސާފު ދިވެހި ބަހުން ބުނެފީމެއްނު، އަހަރެން އެކަނި ހާލަށް ދޫކޮށްލާށޭ…” ޔޫޝައު ފިޔަވަޅުތަކަށް ހުއްޓުމެއް ގެންނަމުން އިޒްކާންއާ ކުރިމަތިލި އެވެ. ޔޫޝައުގެ ބުމަވަނީ ގޮށްޖަހާލެވިފައެވެ. އޭނަ ހުރީ ރުޅިވެރިކަމާއެކު އިޒްކާންއަށް ބަލަންށެވެ.

އިޒްކާން ގޮތް ދޫނުކުރާނެކަން އެނގުމުން ބަލާކަށް ނުހުރެ އޭނަ އިޒްކާންގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. އިޒްކާންއަށް ފަހަތަށް ޖެހިލެވުނެވެ. މޫނުމަތިން ކުޑަ ތަރިތަކެއް ބުރާލައިފިއެވެ. އިޒްކާންއަށް ނޭފަތުގައި އަތް އަޅާލެވުނެވެ. ތުންފަތް ފަޅައިގެން ގޮސް ލޭ އޮހެރެނީއެވެ. ޔޫޝައުއަށް ހަމަހޭވެރިކަން ވީ ދެނެވެ.

”ސޮރީ،  ތަދުވޭތަ؟، ވަޓް ވޯޒް އައި ތިންކިންގް؟….” ޔޫޝައު ދެރަވެފައި އެހިއެވެ. އަދި އިޒްކާން ކައިރިއަށް ޖެހިލިއެވެ.

”ކުޑަކޮށް ތަދުއެބަވޭ، ބަޓް އައިލް ލިވް…” އިޒްކާން ހިނިތުންވާން އުޅުނެވެ. އޭނަ ޔޫޝައުއަށް ބަލާލިއެވެ. ޔޫޝައުގެ މޫނު ވަނީ މިލައިގެން ގޮސްފައެވެ. ދެލޮލުގައިވަނީ ހިތާމައެވެ.

****

”އަހަންނަށް އެނގޭ އެނިންމުމުގެ ސަބަބުން ރަސަލް ހިތްހަމަނުޖެހޭނެކަން، އަހަރުމެންނަށް ވުރެ ދަށް ފެންވަރުގެ ކުއްޖަކު ޢާއިލާއަށް ގެންނަން ބޭނުން ނުވާނެކަން ވެސް، އެކަމަކު މިވަގުތަށް އެއީ ރަގަޅު ނިންމުމެއް….. ޔޫޝައު ކުރީކީ ވެސް ރަގަޅު ކަމެއް ނޫން، އޭނައާ މެދު އަހަރުމެންނަށް އަމަލު ކުރެވުނީ ވެސް ރަގަޅަކަށް ނޫން… އެކަމަކު އަހަރެން ބިރުއެބަގަނޭ ޔޫޝައުއަށް ކަމެއް ވެދާނެތީ، ރަސަލް އަހަރެން ބިރުގަނޭ މިނިންމުމުގެ ސަބަބުން ޔޫޝައު އަހަރުމެންނާ ދުރުވެދާނެތީވެސް، އޭނަ ނުބައި މަގެއް ޚިޔާރުކޮށް ފިއްޔާ ކިހާ ދެރަ؟…. އޭނަ އެހުންނަނީ ވަރަށް ބޮޑަށް ދެރަވެފަ، ކުރެވުނު ކަންތަކާ މެދު ލަދުގެންފަ،  މާފަށް އެދެން ބޭނުން ވެފަ….”

ރަސަލް އާއި ބަލްޤީޝް ތިބީ ކޮޓަރީގައެވެ. ދަތުރު ނިމިގެން ދިޔައީ އޭނަ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އުފަލާ ހިތްހަމަޖެހުމާއެކު ދަތުރު ނިމިގެންދާނެ ކަމަށް އުއްމީދުކޮށްގެން ހުއްޓާ އައި ވަރުގަދަ ޒަލްޒަލާ ނިކަން ދެކިބަލާށެވެ.

ޔޫޝައު ވެސް ގެއަކުން ނުފެނެއެވެ. ގެއަށް ވެރިވެފައި އޮންނަނީ މަރުފަދަ ހިމޭންކަމެކެވެ. ރަސަލް ހުންނަނީ ޔޫޝައު ދެކެ ރުޅި އައިސްފައެވެ. ޔޫޝައުއާ ވާހަކަ ދައްކަނީ ހަމައެކަނި އިޒްކާންއެވެ. ބަލްޤީޝް ވެސް ރުޅި މޫނެއް ހަދައިގެން ހުއްޓެއްކަމަކު ޔޫޝައުގެ މޫނުމަތިން ފެންނަ ހިތާމައިގެ ކުލަވަރުތަކުން ހިތް މަޑު ފުށްކޮޅަކަށް ބަދަލުވެގެން ދެއެވެ. ނަމަވެސް ރަސަލް ހުންނަނީ އޭނަގެ ގޮތުގައެވެ. ދަތުރަށް ފަހު ބަލްޤީޝްއަކާ ވެސް ވާހަކައެއް ނުދައްކައެވެ. މިހާރު ކާމޭޒު ދޮށުން ވެސް ޔޫޝައު ނުފެނެއެވެ. މިހުރިހާ ކަމަކާ ހުރެ ބަލްޤީޝްގެ ބޯގޮވާ ހިސާބަށް ދިޔައެވެ. އެދުވަހު ދަތުރު ނުދެވުނު ނަމައޭ އޭނަގެ ހިތަށް އެރިއެވެ.

”އެސުންޕާ ގަނޑު އުފަންވި ދުވަހަށް އެދުވަސް ވީތީ މިހުރިހާ ކަމަކާ ކުރިމަތިލާން ޖެހުނީ…. އޭނައާ ހެދި ވާހާ ކަންތަކޭ…….” ބަލްޤީޝް ހިތާހިތުން މިޝްޔާއަށް ބަދުދުޢާ ކުރިއެވެ. ދިމާވި ކަންތައް އޭނަ އެޅުވީ މިޝްޔާގެ ބޮލުގައެވެ.

”އަހަރެން ބޭނުންވަނީ ޔޫޝައުއަށް އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އޭނައަށް ވިސްނައިދޭން، މާފް ދެވެން ނެތްކަން އަންގައިދޭން، އެފަދަ ކަންކަމަށް އެއްބާރުލުން ދޭކަށް އަހަރެން ބޭނުމެއް ނޫން….” ރަސަލް ބުންޏެވެ. އޭނަގެ ވާހަކަ ދެއްކުމުގެ ރާގު ހުރި ގޮތުން ދެން އިތުރަށް އެމައުޟޫއަށް ދާން ބޭނުންނުވާކަން ހާމަކޮށްދެއެވެ.

ބަލްޤީޝް މާޔޫސް ކަމާއެކު ގޮސް އެނދުގައި އިށީނެވެ.

”ކޯޓު ހިސާބުން ކައިވެނީގެ ކަންތައް ނިންމާލަން އަހަރެން ބޭނުންވަނީ…” ބަލްޤީޝް އޭނަ ރާވާލާފައި ވާ ގޮތް ރަސަލްއަށް ހާމަކުރިއެވެ. ރަސަލްގެ ފަރާތުން އެކަށީގެން ވާ ފަދަ އެއްބާރުލުމެއް ނުލިބުނެވެ. އޭނަ ވެސް އެކައިވެންޏާ މެދު ހިތްހަމަ ޖެހޭހެނެއް ހިޔެއް ނުވެއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޔޫޝައު އާއި ފަލަކްގެ ކައިވެނީގެ ކަންތައް ވެސް ހަލުވިކަމާއެކު ކުރިއަށް ދިޔައެވެ. ރަންކިޔުމުގެ ރަސްމިއްޔާތު ނިމިގެން ދިޔައެވެ. އުފާވެރިކަން ވެރިވެފައި ވަނީ ހަމައެކަނި ފަލަކްގެ ހަޔާތަށެވެ. އެކަނި ވުމާއެކު އޭނައަށް ނަށާލެވެއެވެ. ގިނަ ދުވަސްތަކެއް ނުވެ ޔޫޝައު ވެގެން ދާނީ އޭނަގެ ހައްޤަކަށެވެ. އެޚިޔާލުން އެކަނިވެސް އުފާވެރި ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދެއެވެ.

ޔޫޝައު ގިނަ ވަގުތު ހޭދަ ކުރަނީ ކޮޓަރީގައެވެ. މާޔޫސްކަމާއެކުގައެވެ. އޭނައަށް އެނގޭހާ ވެސް އެއްޗަކީ މިކައިވެނިން އޭނައަށް އުފާވެރިކަމެއް ނުލިބޭނަކަމެވެ. މިއީ އޭނަ ކުރި ފާފަ ދުނިޔޭގެ ލޯތަކަށް ފޮރުވަން ކުރެވޭ ކައިވެންޏެއް ކަމެވެ. ރުޅި އަންނަނީ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލި އެފަދަ ދަށު ދަރަޖައަކަކަށް ވެއްޓި ގަނެވުނީމައެވެ.

****

ދީމްގެ ފޯނަށް ނުދަންނަ ނަންބަރަކުން މެންދުރު ގަޑީގައި ގުޅާލިއެވެ. އޭނަ ނަންބަރަށް ބަލަން ހުރެ ފޯނު ނެގިއެވެ. ނަގާއިރަށް ކަންފަތުގައި ޖެހުނީ ފަލަކްގެ އަޑެވެ.

”ހެލޯ، ދީމް؟… އުފާވެރި ޚަބަރެއް ދޭން މިގުޅީ، ޔޫޝައު ދެވަނަ ކައިވެންޏެއްކޮށްފި، އެންޑް ގެސް ހޫޒް ދަ ލަކީ ގާރލް؟ މީ….” ޖެއްސުމުގެ ރާގަކަށް ފަލަކް ބުންޏެވެ. ”ކޮންގްރޭޓްސްއޭ ނުބުނާނަންތަ؟…”

ޔޫޝައުގެ ކައިވެނީގެ ޚަބަރު ލިބުމާއެކު ބާރުގަދަ އަތަކުން ދީމްގެ ހިތުގައި ހިފާ ފިސްފިންކޮށްލެވު ހެން ހީވިއެވެ. ދުވަހަކު ވެސް އެފަދަ ބޮޑު ވޭނެއް ތަހައްމަލް ކުރެވުނު ހެނެއް ހިޔެއް ނުވެއެވެ. މެޔަށް އެރި ލޮޅުންގަނޑު ގެ ސަބަބުން ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ކަރުނަތައް ފައިބައިގެންފިއެވެ. ހިއްސުތަކަށް ލޮޅުން އަރައި އަތުން ފޯނު ދޫވެގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ.

ދުވެލާފައި ގޮސް ކޮޓަރިއަށް ވަން ގޮތަށް ދީމްއަށް ބާރުބާރަށް ރޮވިއްޖެއެވެ. އެމަންޒަރު ފެނުނު މީހެއްގެ ހިތް ހަލާކުވީސްކަން ކަށަވަރެވެ. ފާއިތުވާން ފެށި ކޮންމެ މިނެޓަކާއެކު ދީމްގެ ހިތުގައި ވާ ރިހުން އިތުރަށް ގަދަވުން ނޫން ކަމެއް ވެސް ނުވިއެވެ.

”މިއަދު ޔޫޝް އާޚަޔާތެއް ފެށީ…. އަހަ… އަހަރެން ބާކީ ވީ….” ދޮރަށް ލެނގިލައިގެން ހުރި ދީމްއަށް ޓައިލްސް މައްޗަށް ތިރިވެވުނެވެ. ބާރަށް ގިސްލެވިދާނެތީ އޭނައަށް އަނގައިގައި އަތް އަޅާލެވުނެވެ.

………

ދީމް އަލަމާރިއަށް ލެނގިލައިގެން އިންއިރު ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ވަން ރޯޅިތަކާއެކު ކައިރީގައި އޮތް ފައިލުގައި ހުރި ގަނޑުތައް އުދުހިގެން ދިޔައެވެ. ދީމް އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އެގައިވާ ލިޔެކިޔުންތައް ފެންނަ ކޮންމެ ފަހަރަކު އެހިތުގެ ޒަހަމްތައް އިތުރަށް ފުންވެގެން ދިޔައެވެ. އެއީ ދޮގަކަށް ވިނަމައެވެ. އެހެންނޫންނަމަ މިއަދު ޔޫޝައު އެހެން މީހެއްގެ ހައްޤަކަށް ވާތަން ދެކެން ވެސް ނުޖެހުނީހެވެ. ހިތުގައި އަޅާ ވޭން ވެސް ބަރުދާސްތުކުރަން ނުޖެހުނީހެވެ.

ދީމްގެ ރުއިމުގެ އަޑަށް ޖުވޭރިޔާ ކަންބޮޑުވެފައި ހުރެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ދެން އިވިގެން ދިޔައީ ތަޅުދަނޑިވަޅަށް ތަޅުދަނޑިއެއް ކޮއްޕާލި އަޑެވެ. އޭގެ ސިކުންތުކޮޅެއް ފަހުން ދޮރު ހުޅުވިގެން ދިޔަ އަޑު ވެސް އިވުނެވެ. މިއިން އެއްވެސް ކަމަކަށް ދީމް ފަރުވާލެއް ނުބެހެއްޓިއެވެ. އެތެރެހަށީގައި އުފެދިފައިވާ ތޫފާން އެހާމެ ވަރުގަދައެވެ. ހިތް ވަނީ އެތިކޮޅުތަކަށް ބުރައިގެން ގޮސްފައެވެ. ދެފައިގެނެސް މެގައި ޖައްސާލައިގެން އިންއިރު ދެއަތްތިލައިން މޫނު ވަނީ ފޮރުވާލެވިފައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޓައިލްސްމައްޗަށް ފައިބާފައި ހުއްޓެވެ. އަދި ބައެއް ކަރުނަ ތިކިތައް ނުކިޔަމަންތެރިކަމާއެކު ހިމަހޯލި އިނގިލިތަކުގެ ތެރޭން ފޭދެމުން ދިޔައެވެ.

”سبحان الله….” އެތެރެއަށް ވަން ޖުވޭރިޔާއަށް ބުނެވުނެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމަށް ނިމުމެއް ގެނައި ވަގުތު އޭނަގެ މޭގަނޑު އަނގަޔަށް އަންނަ ގޮތް ވިއެވެ. ދުވެލާފައި ދެވުނީ ދީމް ގާތަށެވެ.

”ދަރިފުޅާ، ކިހިނެއް ވީތަ؟… މަންމައަށް ކިޔައިދީބަލަ…… އޭރުންނެއްނު މަންމައަށް އެހީވެދެވޭނީ…” ޖުވޭރިޔާގެ އަޑު ތުރުތުރު އަޅައެވެ. ދީމް އެއިން ގޮތަށް އިނީއެވެ. ގިސްލަގިސްލާފައި ރޮނީއެވެ. ޖުވޭރިޔާ ބިރުގަތެވެ. އޭނަގެ ސަމާލުކަން ކޮޓަރިތެރޭ އުދުހެމުން ދިޔަ ގަނޑުތަކަށް ހުއްޓުނީ ދީމްގެ ޑޮކްޓަރަށް ގުޅަން އުޅުނު ވަގުތުގައެވެ. އެއިން ގަނޑެއް ނަގާ ކިޔާލުމާއެކު ހީވީ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ހާސްކަމާއެކު އޭނަ ދެވަނަ ފަހަރަށް ވެސް އެގަނޑު ބެލިއެވެ. އެއީ އޭނައަށް ހީވި ގޮތަކަށް ވުމަށް އެދި ދުޢާ ކުރާ ހާލުގައެވެ.

އެއީ ޓެސްޓްތަކެއްގެ ރިޕޯޓެވެ. ޖުވޭރިޔާގެ މެޔަށް ފިނިވެގެން ދިޔައެވެ.

”ދީމް، މިކޯޗެއް؟…” ޖުވޭރިޔާއަށް ބުނެވުނެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ. ދީމްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. މަންމަގެ ސުވާލު އަޑު އިވުމުން އޭނައަށް އިތުރަށް ރޮވުނީއެވެ.

”ދީމް މަންމަގެ ސުވާލަށް ޖަވާބު ދީބަލަ! މި…މި ކޯޗެއްހޭ!!!…” ޖުވޭރިޔާގެ އަޑު ތުރުތުރުއަޅައެވެ. މިފަހަރު އަޑު ވެސް ބާރެވެ.

(ނުނިމޭ)

44
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ދިހަވަނަ ބައި)

Next

ކަނޑުފެން (އެކާވީސްވަނަ ބައި) KanduFen P-21

Next
December 21, 2015

ކަނޑުފެން (އެކާވީސްވަނަ ބައި) KanduFen P-21

Previews
December 21, 2015

މިއީ ތަޤްދީރު ހޭ؟ (ދިހަވަނަ ބައި)

17 Comments

  1. kamana says:
    December 21, 2015 at 8:03 pm

    Dhym preg vy dhw. Just wow ??

    1. Ira says:
      December 21, 2015 at 9:48 pm

      Kamana kaley vaahaka liyaa meehakah balaafa haadha moyaey. Eynna preg nama yoosh kairin dhurah nudhaane dho. Dheem ge bodu bayyeh or dharin nulibeythee eyna dhuruvaaneee. Kamana sikindeega theiy kameh ves nuhurey dho. Ehnve kamana liyaa vaahaka thah hama nujeheny.

    2. Ira ;) says:
      December 21, 2015 at 10:04 pm

      Guys now u can differentiate difference between this Ira and that Ira her comments will have a tick mark 😉

    3. Ira ;) says:
      December 21, 2015 at 10:11 pm

      Sorry I mean this Ira ge comments ga hunaane smiley

    4. Micky says:
      December 21, 2015 at 10:41 pm

      Ira kn kale kaley eh kiyaakah. May be shes ryt. Dhn ehnvihyaa vaahaka numeynii kihineh molhumyha bunebala. Dhym bodu bahyeh jehunii eyna kokko comaga ove maruvanii marinuvanyaa izyan ah libeynii dhn yashm ooo. Look who eva yu r. There will alwayx be a twist.

  2. Nuxu says:
    December 21, 2015 at 8:08 pm

    Wow vrh habeys hama kiyaa hiyvanee

  3. Maalu says:
    December 21, 2015 at 8:19 pm

    Wowwww vrh vrh reethi…

  4. lai says:
    December 21, 2015 at 8:20 pm

    Wowwww v reethi

  5. sadhaaa says:
    December 21, 2015 at 9:58 pm

    Wowww

  6. xoey says:
    December 21, 2015 at 9:58 pm

    Dheem preg eh nuvaane. Stry v reeeeeeeeeethi

  7. European says:
    December 21, 2015 at 11:30 pm

    Possibly dheem has a brain tumor or some sickness that she will die. I don’t like the falak lady. Can we know what happened with mishya or get yashm and izkan’s relationship to the next level

  8. someone.... says:
    December 22, 2015 at 12:17 am

    i guess dhym bodu bayyeh hunnany..smthing like AIDS.. muthaa plxx knmes irakn falak ge hagygay falhaa aruwaalahchey +am really desperate to knw abt izkan’s past(plxx make it really romantic) caux this is a luv stry…

  9. Leyla says:
    December 22, 2015 at 7:05 am

    Dhym bodu bahyeh jehihjehyaa obviously maru dhw vaanii. Dhn coma ga oinmanje hey araanytha. Dhn wht abt yashm n iskan. Dhym preg vihyaa kanneyge rangalhuvaanii. Eyrah dhym aa yushau gulhuvaafa coma ga oi manje maraalaanii. Heheh thtx my opinion ???

  10. mice says:
    December 22, 2015 at 9:27 am

    NICE!!

  11. Happy says:
    December 22, 2015 at 1:01 pm

    Dheem ah jehifa hunnaaneee aids or HIV….. mi dheythinkure ehchakah nuvehjeyya aridhafus roagaaa….. vaaahaka hama habooooooooooos……

  12. MarSha says:
    December 22, 2015 at 1:15 pm

    Plz bust falak n maahuthaab n reveal the suspense behind izkaan n mishya ge past… n then yashm aa izkaan ge story unfold kollaba avahah muthaa… i think dheem is expecting…???? Very nice story muthaa…

  13. nuhnu says:
    December 22, 2015 at 6:19 pm

    Aids eh noon…mmmmm I think cancer.?vaaahaka vrh reethi egey..

Comments are closed.

All Right Reserved!