ހަމަގައިމުވެސް އަހަރެންގެ އެންމެ މުހިއްމު ސުވާލުގެ ޖަބާވު ލިބިއްޖެއެވެ. އެއި ހުޝާމް އެމީހުން ނުމަރާ ކަމެވެ. ނަމަވެސް ހުޝާމްގެ ފަރާތުން ދެން އެފެނުނީ އަހަރެން އެއްގޮތަކަށްވެސް އެކަމަށް އުއްމީދުކުރި ކަހަލަ ސިފަތަކެއް ނޫނެވެ. “އެއީ ހަމަ ހުޝާމްތަ” އެތަނުގެ ހަމަހިމޭންކަން ދުއްވާލީ ފާރިޝްގެ އަޑުންނެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އެކަމަކު އޭނަ މޮޔަތަ… އެވަރު ކުރަން އޭނަ ވީޑިއޯ ކުރީ” އާދިލްސަރގެ އަޑު އިވިގެންދިޔައެވެ. “ކޮންމެ ގޮތެއްވިޔަސް އޭނަ އެމީހުން ނުމަރާކަން އެގިއްޖެއެއްނުން” އަހަރެންނަށް […]
މިރެއަކީ ގޯލްޑެން ކޮމްޕެނީގެ ކޮންމެ މުވައްޒިފަކަށް ވެސް ވަރަށް މުހިންމު ރެއެކެވެ. ރެއަކީ އެ ކޮމްޕެނީއަށް 10 އަހަރު ފުރޭތީ ބާއްވާ ހާއްސަ ޕާޓީ އޮތް ރެއެވެ. ކޮންމެ މުވައްޒިފެއްވެސް ޕާޓީ އޮތް ހޯލަށް އައީ ވެވޭނެ އެންމެ ފުރިހަމައަކަށް ވެގެންނެވެ. ކޮންމެ މީހެއްވެސް ލައިގެން ހުރީ އެ ޕާޓީގެ ތީމްކުލަކަމަށް ވާ ނޫކުލަ އަދި ހުދު ކުލައިން ޖަރީކުރެވިފައިވާ ހެދުމެވެ. ނުވަތަ ގަމިހާއި ފަޓްލޫނާއި ކޯޓެވެ. މިރޭ ހާއްސަ ރެއަކަށް ވެގެން ވަނީ މުވައްޒިފުންގެ ބައެއް […]
ނަޖުމާ އެހެން ބުނުމުން ނީޝަމް އައިރީން އާއި ދިމާލަށް ބަލާލުމަށްފަހު ދޫ ނެރެލިއެވެ. ނީޝަމް ދޫ ނެރެލުމުން އައިރީން ވެސް ނީޝަމް އާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. ******************************* ކޮޓަރި ތެރެ އެއްކޮށް ވަނީ އަދިރިކޮއްލެވިފައެވެ. ފަންކާ ވެސް ހުރީ ނުޖައްސައެވެ. އެ އަނދިރީގެ ތެރޭގައި އޮތް އީނާލް އޮތީ ހުން އައިސްގެން ގޮސް ރަތްވެފައެވެ. ރަނގަޅަކަށް ލޯ ވެސް ހުޅުވާ ނުލެވެއެވެ. އީނާލް އަށް ބޮލުގަ ރިއްސާވަރުން ބޯ ހިއްލާލަން ވެސް ނުކެރެއެވެ. ކުއްލިއަކަށް ކޮޓަރި […]
“މިހާއިރުވާއިރު ދެވެންވާނެ… އެކަމަކު އަދިވެސް މިމަގު ނިމޭކަށް ނުވޭތަ…؟” މިކްޔާލް ޝައްކެއްގެ މަތީގައިހުރެ އެހި އެވެ. “ނޫނޭ… ހަމަ ރަނގަޅަށް މިދެވެނީ…” ޔައިން ޔަޤީން ކަމާއިއެކު ބުންޏެވެ. “އަހަންނާ ދިމާވި މިތާ މަސައްކަތް ކުރާ ކުދިންތައް ބުނި ދިމާމީ… އެކުދިން ބުނި ގޮތުން ނަމަ ދެން ގާތްގަނޑަކަށް ގަޑިއިރެއްގެ ހިނގުން އޮތީ ކުރިއަށް…” “ގަޑި އިރެކޭ؟” ޝެރިން މާނޭވާ ލަމުން އެހި އެވެ. އެވަގުތު އެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން މަގު ބެދިފައިވާ މަންޒަރު ފެނުމުންނެވެ. […]
Heii Readers.This is my first stry.So there are some mistakes.So help me to correct it. 🙂 Stry would uplode very soon.Insha allah 😀
”އިރާދަކުރެއްވިއްޔާ މިދަތުރު ނިމިގެން ދާއިރު އިޒްކާންއާއި ޔަޝްމްގެ ގުޅުން ކުރިއަށް ވުރެ ބޮޑަށް ބަދަހިވެގެން ދާނެ، އަދި އެމިޝްޔާ މަތިން ހަނދާންކޮށްލަން ވަގުތެއް ވެސް އިޒްކާއަކަށް ނޯންނާނެ…” ބަލްޤީޝްގެ ލޮލުގެ ވިދުން ގަދަ ވެގެން ދިޔައެވެ. އޭނަ ބަލަހައްޓައިގެން ހުރީ ކުދިވެރިން ދިޔަ ދިމާއަށެވެ. ހިތްހަމަޖެހިލެގައިގެން އެދިމާއަށް ބަލަން ހުރެވުނެވެ. ދެން އޭނަ ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރެވުނުތޯ ބަލާށެވެ. ޓެންޓް ކައިރީ ހުރި ފަލަކް ހުރީ މޫނު ބަނަކޮށްލައިގެންނެވެ. ސަބަބަކަށް ވީ އަމަލް ޔޫޝައުއާއެކު ދިއުމުންނެވެ. […]
އޭރު އެމީހުންގެ ކުރިމަތީގައި ހުރި އެތީގެ ދެލޯ ވަނީ ދިއްލިފައެވެ. މަޑު މަޑު ފެހި އަލީގެ ތެރޭގައި އޭތި ފެންނަލެއް ވަރަށްވެސް ބިރުވެރިއެވެ. ———– އޮޅުލައިގަނެގެން ދެލޯ މަރާތަގުޅި ކޮއްގެން ތިބިއިރު ދެމީހުންވެސް ބިރުންގޮސް ރޫރޫ އަޅަމުންދިޔައެވެ. ކުއްލިއަކަށް ކޮޓަރިތެރެ އަލިވުމާއިއެކު ހުނުމުގެ އަޑު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ގުގުމައިގެން ދިޔައެވެ. ދެލޯ ހުޅުވާލުމަށްފަހު ދެމީހުންވެސް ހޭއަޑު އަންނަ ދިމާއަށް ބަލާލިއިރު ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެގެން ވަރަށް ބާރަށް އިޔާން ހެމުން ދިޔައެވެ. […]
މަރުހަބާ އަދުހަމް! އެއަޑަށް އަހަަރެންނަށް ސިހިފައި ބަލާލެވުނު އިރު ކުރިމަތީ އިން ގޮނޑީގައި ހުސެން އިށީންނަނީއެވެ. އަހަރުމެން ތިބީ އޮފީހުގެ ކެންޓީނުގައެވެ. ހެނދުނު ސަޔަށް އިންސާފުކުރުމަށްޓަކައެވެ. ހުސެންއަކީ އަހަރެން އެ އޮފީހުގައި މަސައްކަތް ކުރަންފެށިއްސުރެ މިއަދާ ހަމައަށްވެސް އަހަރެންނާއި އެންމެ ގާތް ގުޅުމެއް އޮންނަ އެކުވެރިޔާއެވެ. ”ކިހިނެއްވެފަ، ހާދަ މޫޑީވެފައި އިންހެން ހީވޭ، ކޯސް ލިބުނީމަ އުފަލެއް ނޫންތަ ވާންވީ.” ހުސެން އަހަރެންނާ މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. ”ހުސެން. ކޯސް ލިބުނީމަ އަހަރެންވެސް އުފާވޭ. އެކަމަކު އަންހެނުންނާއި ދަރިފުޅާ […]
ނައީމްވެސް އެމީހުންގެ ފަހަތުން ހަލުވި ހިނގުމެއްގައި ދިޔައެވެ. އާނާ އެނދުމަތީ އިނދެ ހަޅޭލަވަމުން ދިޔަ މަންޒަރު އެ ކޮޓަރި ދޮރު ހުޅުވާލި އާލިމް އަށާއި ރައުނާއަށް ފެނުނެވެ. އާނާ ހަޅޭލެވުން ހުއްޓާލީ ރައުނާ ފެނުމުންނެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަަތަށް އާދެއެވެ. ރައުނާ ދުވެފައި އައިސް އާނާގައިގާ ބައްދާލިއެވެ. “މަންމާ..! މަންމާ.. އޭތި ޒަޔާލް. މަންމާ ޒަޔާލް … މަރާލަން.. މަންމާ!!” އާނާ މައި ނޭވާތަކެއް ލަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް އިތުރަކަށް […]