Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (އެކާވީސްވަނަ ބައި) KanduFen P-21

Shax Lyn Level 4100 Stories10 Stories500 Comments100 Comments
December 21, 2015 9 Mins Read
28 Comments

ޝިފާން ގެއިން ނިކުމެގެން ދިޔަ މަންޒަރަށް ބަލަން ޒީކް ހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ. ލުޔޫނާ އެކި ވާހަކަތައް ޒީކާ ހިއްސާ ކުރަމުން ދިޔައީ ރަނާކަމަށް ހީކޮށްހުރެއެވެ. ހެނދުުގެ ސަޔަށް އައުމަށް ޒީކަށް ދައުވަތު ދިނުމަށްފަހު ރަނާއަށް އެންމެ މީރު ތަކެތި ލުޔޫނާ ތައްޔާރުކުރީ ރަނާއަށް ހާއްސަ ކެއުމެއްގެ ގޮތުގައެވެ. ސައި ބޮއި ނިމިގެން ވާހަކައިގައިި ދެމީހުން އެހެން ތިބޭތާ ކިތެންމެ އިރެކެވެ. ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭކަން ކަށަވަރެވެ. ލުޔޫނާ ގާތުން ދިޔުމަށް ހުއްދަ ހޯދުމަށްފަހު އެގެއިން ޒީކް ނުކުމެގެން ދިޔައީ ވަރަށް އުފަލުން ހުރެއެވެ.

ޒީކް އެގޭ ދޮރުމަތީގައި ބެހެއްޓި އޭނާގެ ފައިވާނަށް އަރައަރާ ހުއްޓާ އެގެއަށް ވަދެގެން އައި މެދު އުމުރުގެ ފިރިހެނަކު ދިނީ އަންތަރީސް ވާވަރުގެ ޚަބަރެކެވެ. ޝިފާނާ ޝައިބާންމެން ޅަ ދުވަސްވަރު އެކުވެގެން ފެއްޓި ވިޔަފާރި ހަލާކުވި ވާހަކައެވެ. މިލިއަނެއްހާ އަގުހުރި މުދާ ތަކާއި އެކު ޝިފާންގެ ވެއަރހައުސް އަނދާ އަޅިއަށް ވި ވާހަކައެވެ.

ލުޔޫނާގެ ކަންފަތުގައި މި ޚަބަރު ޖެހުމުން މާ ބޮޑު އަސަރެއް ކުރި ހެނެއް ހިޔެއް ނުވިއެވެ. ޒީކް އެގެއިން ނުކުމެގެން ދިޔުމުން ލުޔޫނާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށް ދިޔުމަށް ސިޑިއާ ދިމާލަށެވެ. ކާކޮޓަރި ތެރޭގައި ހުރި ޝިފާންގެ ކޮއްކޮ ޝިފާނާ ފެންތައްޓަކާއި އެކީ ލުޔޫނާގެ ބޭސްތައް ގެނެސް ދިނެވެ. އެ ބޭސްތައް ކައިގެން ސިޑީގެ ހަރުފަތްތަކުން މައްޗަށް ދިޔުމަށް ލުޔޫނާ ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއި އެކީ ލުޔޫނާގެ ބޮލުގައި އަޅާފައިވާ ބުރުގާ ނެގިއެވެ. އަދި އެނދުގައި އޮށޯވެލުމަށްފަހު ދެ ލޯ މަރާލިއެވެ. ޝިފާނަށް ވަމުންދާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހިތާހިތުން ނިންމުނެވެ. ޝިފާން އެ ވަނީ ރަނާގެ ދިރިއުޅުން ވީރާނާ ކޮށްލާފައެވެ. އެފަދަ ނުބައި ކަމެއް އެމީހުން ކޮށްފާނެ ކަމުގެ ޝައްކެއް އޮތް ނަމަވެސް ލުޔޫނާ އޭނާއަކާ ކައިވެންޏެއް ނުކުރާނެއެވެ.

ލުޔޫނާގެ ގެއިން ނުކުތް ޒީކް މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާލަށެވެ. ގެއަށް ވަދެ މަންމައަށް ލުޔޫނާގެ ފިރިމީހާގެ ގުދަނުގައި ރޯވެ އަނދާ އަޅިއަށް ވި ޚަބަރު ޒީކް ދިނެވެ. “ސުބުހާނަ ﷲ….” ފުންމައިގެން ތެދުވެ ސީމާއަށް މިހެން ބުނެވުނީ ލުޔޫނާމެންގެ އާއިލާއަށް މެދުނުކެނޑި ލިބެމުންދާ ގެއްލުންތައް ހިތަށް އަރާފައެވެ. ކޮޓަރިއާއި ދިމާލަށް ސީމާ ހިނގައިގަތީ ބޮލުގައި ބުރުގާ އަޅާށެވެ. އެ ގުދަނާ ބެހޭ ޚަބަރު ދަބަރު ބެލުމަށް ބޭރަށް ދިޔުމަށެވެ.

ސީމާ ގެއިން ނުކުތުމުން ޒީކް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ފޯނަށް ބަލާލިއިރު ތޫބާ ގުޅާފައިވާތަން ފެނުނެވެ. އެހެން ކަމުން ތޫބާގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ފޯނު ރިންގްވީ ފަހުން ތޫބާ ފޯނަށް ޖަވާބުދިނެވެ.

“ހެއި ޕްރިންސަސް ހާދަ ގުޅައިފީމޭ… ކޮންތާކު ތިއުޅެނީ….” ތުބާ އެންމެ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.

“ކަމެއް ނުކުރަން މިއޮތީ… ރޭގަ އެއްގޮތަކަށްވެސް ނުނިދުނު… އެހެންވެ ފިލްމެއް ބަލަން އޮތީ…. ސޯ މިހާރު މި އުޅެނީ ނިދާލަން ކަމަށް…” ޒީކް މިވަގުތު ބޭނުންވަނީ އެކަނިމާ އެކަނި އޮންނާށެވެ. ތޫބާ އެގެއަށް އައިސްދާނެތީ ނިދަން އުޅެނީ ކަމަށް ބުނެ ދޮގު ހެދީއެވެ.

“އޯކޭ… ބަޓް މިރޭ ބޭރަށް ދާން ވާނެ…. ޔޫ ނޯ.. މަޒީން އިޒް ހިއަރ….” ތޫބާގެ ވާހަކަ އަޑުއަހަން ހުރި ޒީކަށް ކުއްލި ހައިރާން ކަމެއް ލިބުނެވެ.

“ކީކޭ… ގައިމުވެސް ރޭގަ މަށަށް އޭނާ ގުޅި…. މަ ބުނިން އަވަހަކަށް މާލެ ނުދާނަމޭ…. ލަންކާއަށް ފުރަންވީމައޭ ދަނީ…. ރޭގަ ގައިމުވެސް އޭނަ ހުރީ މާލޭގަ….” ދެބުމަ ގޮށް ޖަހައިގެން އޮވެ ޒީކް ވާހަކަ ދެއްކިއެވެ.

“ޒީކް މިސްވާތީ އައީ ކަންނޭނގެ… މިއަދު ހެނދުނު ފްލައިޓުން އެއައީ…. ވިޝާލާ ދެމީހުން އައިސް ހެނދުނު މިގެއިން ސައި ބުއި… ބުނި މިރޭ މީޓް ކުރަން ހިނގާށޯ…. ސޯ ބީ ރެޑީ… އިނގޭ….” ތޫބާ ފޯނު ކަނޑާލުމުން ޒީކް ފޯނު ދުރުގައި ބާއްވާލުމަށްފަހު ބާލީހުގައި ބާރަށް ބައްދާލިއެވެ. ދެއަތަށް ފުރޮޅެމުން ވިސްނަމުން ދިޔައީ ފަތިހު ކުރެވުނު ކަންތަކާއި މެދުގައެވެ. އެ ގުދަނުގައި އަލިފާން ޖެހުމުން ޒީކަށް ހިތްހަމަޖެހުމެއް ލިބުނެވެ.

އެވަގުތު މުޅި ގެއިން ކަރަންޓު ކެނޑިގެން ދިޔައެވެ. ސީލިންގް ގައި ހަރުކޮށްފައިހުރި ފަންކާގެ ފިޔަތައް ދައުރުވުން މަޑުވަމުންގޮސް މުޅިންހެން ފައްކާ ހުއްޓިއްޖެއެވެ. އިރު މެދުގައި ޖެހިފައިވުމުން އެ ވަގުތަކީ ވަރަށް ހޫނު ގަދަ ގަޑިއެކެވެ. މާ ގިނަ އިރުތަކެއްނުވެ އެ ކޮޓަރިތެރެއަށް ހޫނުވާން ފަށައިފިއެވެ. ހޫނުވާތީ ޒީކް އޭނާގެ ހަށިގަނޑު އެނދުމަތީގައި ދަމާލައިގެން އޮތީ ހޫނުވެ ދާހިއްލަން ބޭނުން ނުވާތީއެވެ. ބައްދައިގެން އޮތް ބާލިސް ދޫކޮށްލާ ދެއަތް ބޯ މަތިން ދެފަރާތަށް ދަމާލައިގެން، އުއްޑުން، ސީލިންގަށް ބަލަހައްޓައިގެން އޮތީއެވެ. ހޫނުވަމުން ދިޔަ ވަރަކަށް ޒީކްގެ ނިތްކުރިމަތިން ދާތިކިތިކި ފާޅުވަމުން ދިޔައެވެ. ޒީކްގެ ސިކުނޑީގައި އެނބުރެންފެށީ މާޒީގެ ހަނދާންތަކެކެވެ.

*** *** *** *** *** ***

ރަނާގެ އަތާއި ފައި އައްސާފައިވާ ވާތަކުން މިންޖުވުމަށް ތެޅިގަތެވެ. ސަލާމަތެއް ނުވެވުނެވެ. ދެއަތާއި ދެފައި ތަޅުވަމުން ތަޅުވަމުން އައްސާފައިވާ ދިމާލުން ހަންމަށައިގެންގޮސް ދިލަނަގަން ފެށިއެވެ. ރަނާގެ ހަރަކާތަށް ހުއްޓުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ހިޔަންޏެއް ހެން ކޮޓަރީގެ ދޮރުމަތީގައި މީހަކު ހުއްޓެވެ. ރަނާ ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔައެވެ. “ތީ ކާކު… އަހަރެންގެ ޝިފާން އައިސް ކަލޭގެ ދުވަސް ދުއްވާލާނެ… އަހަރެން ދޫކޮށްލާ….” ރަނާގެ ދުލުން ނުކުންނަމުން ދިޔަ ބަސްތައް ހުއްޓުނީ ކުރިމަތީ ފެންނަން ހުރި ޒުވާނާ ކައިރިވަމުން ދިޔަވަރަކަށް އެއީ ކާކު ކަން ސިފާވާން ފެށުމުންނެވެ.

ވީ އުފަލުން ޝިފާނަށް ގޮވާލެވުނީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. “ޝިފާން އަހަރެންގެ އަތް މޮހެބަލަ… މީ ކާކު ކުރިކަމެއްތަ؟… ޝިފާން ހެލްޕް މީ…”

މަޑުހިނގުމެއްގައި އައިސް ރަނާގެ މަގަތުގައި ޝިފާން އިށީނެވެ. ހޭވިފައިވާ ރަނާގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ޝިފާންގެ ހަރަކާތްތަކަށް ބަލަން އޮތް ރަނާއަށް ވަމުން މިދަނީ ކިހާވަރެއްގެ ކަމެއް ކަންވެސް ނޭނގެއެވެ. “ޝިފާން.. ޝިފާން…”

ރަނާގެ ދުލުން ޝިފާން އަށް ގޮވަމުން ދިޔަ ދަނޑިވަޅުގައި އެ ބަސްތައް ހުއްޓުމަކަށް އައީ ޝިފާންގެ އިނގިލިތަކުން ރަނާގެ ތުންފަތުގައި ޖައްސާލުމުންނެވެ. “ޝްޝްޝްޝްސްސް… މަޑުން އޮވޭ… ގަދަ ނުހަދާ އޮވެއްޖިއްޔާ ރަނާއަށް ރަނގަޅުވާނީ…”

ގަމީހުގެ ގޮށްތައް ނައްޓަމުން ޝިފާން އެނދުމަތިން ތެދުވެ ރަނާގެ މުޅި ހަށިގަނޑަށް ބަލާލިއެވެ. ބޮލުން ފެށިގެން ފަޔަށް ބަލާލީ ޝައިޠާނީ ފާހިޝް ބެލުމަކުންނެވެ. މަޑުމަޑުން އޭނާގެ ޖީންސްވެސް ބާލައިފިއެވެ. މިވާން އުޅެނީ ކޮންކަމެއްކަން ރަނާއަށް ނަގައިގަނެވުނެވެ. “ޝިފާން.. ޕްލީސް… ތިހެން ނުހަދާ… އަހަރެންނާ ކައިވެނިކުރަން އުޅޭއިރު ދެން މީ ކޮންކަމެއް… ޕްލީސް.. އަހަރެން ދިޔަދީ…” ރަނާގެ އާދޭހުގެ އަޑުތަކަށް ޝިފާން ދެމުން ދިޔައީ ބީރު ކަންފަތެކެވެ. އައްސާފައިވާ ރަނާގެ ފައިތިލައިގައި ފިރުމަމުން ޝިފާންގެ އަތް މައްޗަށް ގެންދަން ފެށިއެވެ. ކަކުލާ ހަމައަށް އޭނާގެ އަތްއައުމުން ރަނާއަށް އޭނާގެ ހަރުވާޅު ނެތްކަން އެނގުނެވެ. ރަނާ ހަމައިގައި ނެތިސް އެމީހުން ރަނާގެ ހަރުވާޅުވެސް އެއޮތީ ބާލާފައެވެ.

ޝިފާން ކައިރިވަމުން ދިޔަ ވަރަކަށް ރަނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. ދެފައި ކައިރިކޮށް ފިއްތަން ބޭނުންވެ ދެފަޔަށް ބާރުލަމުން ލުކި ޖަހަމުން ދެވުނެވެ. ނަމަވެސް ފައި އައްސާފަހުރިލެއް ބާރުކަމުން ކާމިޔާބެއް ނުވިއެވެ. “ނޫން… ޝިފާން ހެޔޮނުވާނެ… ނޫން….. ނޫން….” އަޑުގެ ނެތްތަނަށް ރަނާ ހަޅޭއްލަވަމުން ދިޔައެވެ. ނަމަވެސް ޝިފާންގެ ތުންފަތް މައްޗަށް ވެރިވަމުން ދިއައީ ނުލަފާ ހިނިތުންވުމެކެވެ.

އެވަގުތު އެ ކޮޓަރިއަށް އައިސް ވަނީ ޝިފާންގެ ރަހްމަތްތެރިޔާ ޝައިބާނެވެ. “ހާދަ އަޑުގަދަ ކޮށްލައިގެން ތި އުޅެނީ….”

ޝައިބާނާ ދިމާލަށް ރަނާއަށް ބަލަހައްޓައިގެން އޮވެވުނީ ސަލާމަތް ކޮށްދިނުމަށް އެދޭ ހާލުގައެވެ. ޝައިބާން ރަނާގެ މޫނާ ކައިރިވެވޭ ހިސާބުގައި ހުއްޓުނެވެ. ގުދުވެ ރަނާގެ ބޮލުގައި ފިރުމާލިއެވެ. ހިފެހެއްޓުމެއްނެތި ރަނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެވަގުތު ޝިފާން ދިޔައީ ރަނާގެ ހެދުން މައްޗަށް އަރުވަމުންނެވެ.

އެމީހުންގެ އެކުޅިގަނޑު ހުއްޓުމަށް އެދި އަޑުން އަޑު ނަގާ ރަނާއަށް ރޮވެން ފެށުނެވެ. އެ ވަގުތު ޝައިބާން އެނދުމަތީގައި އޮތް ރަނާގެ ދޯޕައްޓާ ނެގުމަށްފަހު ރަނާގެ އަގައިގައި ވާންކޮށް އައްސާލިއެވެ. އަނގަ ހުޅުވައިގެން އޮތް ރަނާގެ އަނގައިގެ ދެމިޔަކަނަށް ބާރުވާ ވަރަށް އަައްސާފައިވުމުން އަނގަ ވާޅުވަމުން ދިޔައެވެ. ދެދަތްޕިލަ ފިއްތާލައިގެން އޮވެ ރުއިން ފިޔަވާ އިތުރުކަމެއް ކުރެވޭކަށް ނެތެވެ. ޝިފާން އޭނާގެ ބޭނުން ފުއްދުމަށް ރަނާގެ ހަށިގަނޑު މައްޗަށް ބުޅަލެއްހެން އަރާ އޮތް އިރު ޝައިބާން އެ މަންޒަރު ބަލަން ކެތްނުކުރެވިގެން އައިސް ރަނާގެ ހަށިގަނޑުގައިވާ ހެދުން ވިދާ ގައިގައިވާ ހުރިހާ ހެދުމެއް ގަޔާ ވަކިކޮށްލިއެވެ.

ނުބައި، ނުލަފާ، ޖައްބާރުކަމުން ފުރިގެންވާ އެދެމީހުން އެދުން ފުއްދަމުން ދިޔައިރު ރަނާއަކީ އެކަމަށް ހާއްސަކޮށް އެތަނަށް ގެނެސްފައިވާ ބުދެއް ފަދައެވެ. އެމީހުން ވަރުބަލިވަން ދެން ރަނާގެ ހަށިގަނޑުން އަރާމު ހޯދަމުން ދިޔައިރު ރަނާއަށް އެކަމުން ލިބެމުން ދިޔައީ ވޭނާއި ކެކުޅުމެވެ. ހަޅޭއްލަވާ ލަވާ ކަރުން ހަންދާ ވަރު ވިިއެވެ. ރޮމުން އާދޭސް ކުރަމުން ދިޔައިރު ނޭފަތުންނާއި އަނގައިން ފައިބަމުން ދިޔަ ސޮންޏާއި އަރިދަފުހުން އަގަމަތީ އަޅާފައިވާ ފޮތިގަނޑު ތެމިއްޖެއެވެ. ކަރުތެރެ އެކީ ހިކި އިތުރަށް ހަޅޭއްލަވާނެހާ ވަރު ރަނާގެ ހަށިގަނޑަކު ނެތެވެ.

ގައިގެ އެތަން މިތަނުން ނަގަމުން ދިޔަ ދިލަ ތޫނު ތަދުގެ ވޭން ކެތްނުކުރެވޭހާ ގަދައެވެ. ރަނާ ގަދަ ދައްކާ ވަރަކަށް އެމީހުންގެ ހޫނު ހަމަލާތައް އެހަށިގަނޑަށް އަންނަމުން ދިޔައެވެ. އެމީހުންގެ އިންޒާރުގެ ބަސްތައް ރަނާގެ ކަންފަތުގައި ހޮނު ގުގުރިއެއް ފަދައިން ތަކުރާރު ވަމުން ދިޔައެވެ. އެމީހުންގެ އެދުން ހާސިލް ކުރަން ކޮންމެ ގޮތެއް ހަދަންވެސް ފަސް ނުޖެހޭނެކަން ކަށަވަރު ވިއެވެ.

ފަތިސްވެ އަލިވާން ފެށިއިރުވެސް އެމީހުންގެ މިއަމަލަކަށް ހުއްޓުމެއް ނައެވެ. ނަމަވެސް މިހާރު ރަނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ހިތްވަރު އެލި ސަލާމަތްވާން ނުކުޅެދިއްޖެއެވެ. ހަށިގަނޑަށް ހަމަހިމޭންކަން ވެރިވީ ދެން ކުރެވޭނެ އިތުރު ކަމެއް ނެތްކަން އިހްސާސް ވުމުންނެވެ.

އެމީހުންގެ މަސައްކަތް ހުއްޓާލުމަށްފަހު ތަޅުންމަތީ ވެއްޓިފައިވާ ހުދު ބެޑްޝީޓްގަނޑު ރަނާ ހަށިގަނޑާ ދިމާލަށް ހޫރާލުމަށްފަަހު އެދެމީހުން އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. އޭރުވެސް ރަނާގެ ދެއަތް ވަނީ އައްސާފައެވެ. ނިވާކަމެއް ނެތް އެ ހަށިގަނޑުވަނީ ދާހިއްލާ ތެމި ފޯވެފައެވެ. ރަނާގެ ފައިގައި އައްސާފައިވާ ވާ މޮހެލާފައި ވުމުން ދެފައި ކައިރިކޮށް ފިއްތާލައިގެ އޮވެ ރުއިން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. އެހެން އޮވެ ރަނާއަށް ކުޑަކަމުދެވުނުކަން އެނގުނީ ރަނާއަށް އެ ހިސާބުގައި ތޫނު، ދިލަ ތަދެއް ވާން ފެށުމުންނެވެ. އެ ޖަނަވާރުންގެ ވިހަ، ތޫނު ވަކިތަކުން ރަނާ އެވަނީ ކޮށާ ކަތިލާފައެވެ.

ދެލޯ މަރައިގެން އޮވެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔާ މި މުސީބާތުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ހަޟްރަތުން ދުއާ ކުރަމުން ދެވުނެވެ. އެވަގުތު ރަނާގެ ކަންފަތުގައި ޖެހުނީ ސީމައްތަގެ އަޑެވެ. އަތިރިމަތީގައި ތިބި ކުދިންތަކެއްގެ ގާތުގައި ރަނާ ދުށިންތޯ އަހާލި އަޑެވެ. މަޑުމަޑުން ދެލޯ ހުޅުވާލިއިރު ކުޑަދޮރުން ކޮޓަރި ތެރެއަށް ވަނީ އަލިވެފައެވެ. ރަނާއަށް ސީމާގެ އަޑު ޖެހުމުން އާ ހިތްވަރެއް ލިބުނު ކަހަލައެވެ. އެ ގައިދުހާނާއިން ސަލާމްތަވުމަށް، އައްސާފައިވާ އަތް މޮހެވޭތޯ ތަޅުވަމުން ސީމައްތައަށް ގޮވަމުން ދިޔައެވެ. ނަމަވެސް ރަނާގެ އަޑުވަނީ ކުރަކިވެފައެވެ. ގައިގައި ހުރި ހުރިހާ ވަރެއް ލައިގެން ހަޅޭއްލެވި އިރުވެސް ރަނާގެ ކަރުބުޑުން ނުކުންނަމުން ދިޔައީ ވައި އަޑެވެ. ސީމައްތައަށް ރަނާގެ އަޑު ނީވޭނެކަން އެނގުމުން އެކަމާ ރަނާ އިތުރަށް މާޔޫސް ވިއެވެ. ސަލާމަތްވާން ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.

ވަރުބަލިކަމެއް އިހްސާސްވުމުން ރަނާގެ ދެލޯ މެރިފައިވީ ނަމަވެސް ރަނާއަށް ބާރު އަޑު ފަށްގަނޑެއް އިވުމުން ތަންމިނަށް ދެލޯ ހުޅުވާލެވުނެވެ. މީހުންގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ރަނާއަށް އެ އިވެމުން ދިޔައީ ކޮންއަޑެއްކަން ބަޔާން ކޮށްދޭން އުނދަގުލެވެ. ރަނާއަށް އިވެމުން އެއައި އަޑުތަކަށް ވިސްނަން އޮވެވުނެވެ. ހިތުގައި ނެނގޭ ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. މިހެން އޮއްވާ ރަނާގެ ހަށިގަޑަށް ފިނިކަމެއް އިހްސާސް ވާން ފެށުމުން ރަނާއަށް ބަލާލެވުނެވެ. އެނދުމަތީގައިވާ ގޮދަޑި ތެމި ފޯވަނީއެވެ. ތަޅުން ގަނޑަށް ބަލާލިއިރު ކޮޓަރީގެ ދޮރުދަށުން އެތެރެއަށް ފެންގަނޑެއް ވަންނަމުން ދިޔައެވެ. ފެނުގައިވަނީ ކިސަޑު ކަމެކެވެ. ރަނާގެ އަތް ތަޅުވަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެ އަތް މުހެވޭ ގޮތެއް ނުވިއެވެ. ފެންގަނޑު ބޮޑުވަމުން ދިޔަވަރަކަށް ރަނާގެ ހިތުގައި ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެނދުމަތީގައި އޮވެ ގެނބެން ބޭނުން ނުވާތީ ރަނާ ބޯ ހިއްލާލައިގެން އޮތީ ފެންގަނޑު ބޮޑުވަމުން ދާތީއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރަނާ އޮތް އެނދުން މައްޗަށް ފެންގަނޑު އެރިއެވެ. އެ ފެނުގައި ލޮނުކަމެއް ހުރުމުން އެއީ މޫދުގެ ލޮނުކަން ރަނާއަށް އެނގުނެވެ. ނޭވާ ހިފަހައްޓައިގެން ދެތުންފަތް ތަތްކޮށް އަނގަލައްޕައިގެން ރަނާ އޮތީ ތަންމިނަށް ދެލޯ ބޮޑުކޮށްގެންނެވެ. މިހެން އޮވެ ރަނާ ގެ ނޭވާ ކުރުވާން ފެށިއެވެ. ނަމަވެސް އޭރު ފެންގަނޑު ހިނދެމުން ދިޔަކަން ރަނާއަށް އެނގުނެވެ. ކުޑަ ހިތްވަރެއް ކޮށްލަން މަސައްކަތް ކުރަމުން ދެއަތް މުއްކަވާލިއެވެ.

ފެންގަނޑު ހިނދުނު އިރު ރަނާއަށް ވަނީ ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައެވެ. ކެއްސަމުން ކެއްސަމުން ހަމަނޭވާލާން މަސައްކަތް ކުރަމުން ދިޔައެވެ. އެ އައީ ކޮން ފެންގަނޑެއް ބާވައޭ ހިތަށް އެރިއެވެ. ރަށުތެރޭ މީހުންތައް ހަލަބޮލިވެ ކުދިންތަކުގެ ނަމުން ގޮވަމުން ދާ އަޑު އިވުނެވެ. ރަނާ އެ އަޑުތަކަށް ވިސްނަން އޮތުމަށް ފަހު އަތުގައި އައްސާފައިވާ ވާ މޮހެވޭތޯ ތަޅުވައިގަތެވެ. ނަސީބު ރަނގަޅުކަމުން ރަނާގެ ކަނާއަތް މޮހެވިއްޖެއެވެ. ރަނާ އަވަހަށް އޭނާގެ ވާއަތް މޮހެން މަސައްކަތް ކުރިއެވެ.

ރަނާގެ އަތް އެ ވާތަކުން މިންޖުވުމުން ކޮޅަށް ތެދުވަން މަސައްކަތް ކުރިއެވެ. ކޮނޑުހުޅުގައި ވާޅު ރިހުމެއް ވިއެވެ. އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑު މޮހެލުމަށްފަހު އެނދުމަތިން ތެދުވެވުނީ ހިތްވަރުންނެވެ. ތަޅުންމަތީ އޮތް ތެތް ބެޑްޝީޓްގަނޑު ނަގާ ހަށިގަނޑު ނިވާކުރުމަށް ގައިގައި އޮޅާލިއިރު ރަނާއަށް އޭނާގެ ގައިން ފައިބަމުން ދިޔަ ލޭ ފެނުނެވެ. އެނދުމަތީގައިވެސް ވަނީ ލެއެވެ. ރަނާއަށް ރޮއިގަނެވުނެވެ. ޝިފާން އޭނާއަށް އެދިނީ ކިހާބޮޑު ވޭނެއް ހެއްޔެވެ.

ރުއިމުގައި ރަނާއަށް އެހެން ހުރެވުނީ ހިތަށް ކުރަމުން ދިޔަ ފުން އަސަރު ތަކުންނެވެ. ރަނާއަށް ސިހުމެއް ލިބުނީ އަނެއްކާވެސް ކުރިން އިވުނު ފާޑު އަޑުފައްގަނޑެއް އިވުުމުންނެވެ. ކޮރުޖަހަމުން ދޮރާ ހަމައަށް ދެވުނު އިރު ދޮރު ދަށުން ފެންގަނޑު ވަންނަން ފަށައިފިއެވެ. ތަޅުގައި ހިފާ އަނބުރާލުމާ އެކީ ދޮރު ވަރަށް ފަސޭހައިން ހުޅުވިއްޖެއެވެ. ވީ އުފަލުން އެގެއިން ނުކުންނަ މައި ދޮރާ ދިމާލަށް ރަނާ ހިނގަމުން ދިޔައީ ފައި ކާއްތަމުންނެވެ. ރަނާ އެ ދޮރާ ހަމައަށް ދެވުމުން އުންމީދުން ފުރިގެންވާ ފަދަ ހިނިތުންވުމަކާއި އެކީ ތަޅުގައި ހިފާ ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ރަނާއަކަށް އެ ދޮރެއް ނުހުޅުވުނެވެ. އެ ދޮރަކީ ބޭރަށް ހުޅުވޭ ދޮރެއް ކަމުން ފެންގަނޑު ދޮރުގެ ބޭރުން ޖެހިފައި ހުރުމުން އެ ދޮރު ބޭރަށް ހުޅުވޭ ގޮތެއް ނުވިއެވެ.

ކޮޓަރީގެ ދޮރު އެހާ ފަސޭހައިން އެ ހުޅުވުނީ އެތެރެއަށް ހުޅުވާ ދޮރެއް ކަމުންކަން ރަނާއަށް ނަގައިގަނެވުނެވެ. ކަކޫތާ ފެނުގައި ރަނާ ހުރެ ރޮއެ ގަނެވުނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައި ހުރި ރަނާއަށް ސީމާ މަތިން ހަނދާންވީ ދެނެވެ. ސީމައްތަ ބަނޑުގަނޑާއެކީ ލޮނުގަނޑު ތެރޭގައި އުޅޭނެ ހާލު އޭނާއަށް ސިފަކޮށްލެވުނެވެ. ބާރު އަޑަކާއި އެކީ ގޭގެ ޓިނުގަނޑު ބުރައިގެން ދިޔައެވެ. ރަނާއަށް ބިރުން ދެ ކަންފަތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ. އެއާއި އެކު ފުރާޅު މަތިން ފެންގަނޑު ދިޔަ މަންޒަރު ރަނާއަށް ފެނުނެވެ. އެގޭގެ ވަށައިގެންވާ ފާރުތައް ފުނޑުވެގެން ފޭބީ ރަނާގެ ގައި މައްޗަށެވެ.

*** *** *** *** *** ***

“މަންމާ……” އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ޒީކް ތެޅި ފޮޅެނީއެވެ. އެ އަޑަށް ސީމާ އައިސް ކޮޓަރިއަށް ވަނެވެ. މޫނުމައްޗަށް ދެއަތް ހުރަސްކޮށްގެން އޮވެ ޒީކް ހަޅޭއްލަވަމުން ދިޔައީ ބިރެއް ފެނިގެންހެން ހީވިއެވެ. ޒީކްގެ ހަށިގަނޑުގައި ފިރުމާލުމަށް ސީމާގެ އަތްތިލަ ޖައްސާލުމާއި އެކީ ފުންމައިގެން ތެދުވެ ސީމާއާ ދިމާލަށް ޒީކް ބަލާލިއެވެ. އަދި ހަމަ އެއާއެކު އައިސް ސީމާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަޑުުން އަޑުނަގާ ރޮމުން ސީމާގެ ހަށިގަނޑުގައި ބައްދައިގެން އިން ޒީކް ހަމަޔަކަށް އެޅެންދެން އޭނާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ސީމާ އިނެވެ.

ކުޑަ އިރުކޮޅެއް ފަހުން ޒީކް އޭނާގެ މަންމަގެ ހަށިގަނޑުން އަތްދޫކޮށް ދުރަށް ޖެހި ދެލޯ ފޮހެލިއެވެ. ޒީކަށް ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށް ބުންޏެވެ. ސީމާ ހައިރާންވެހުރެ ކޮޓަރިއަށް ކަޅިހިންގާލަމުން ބުންޏެވެ. “ދރިިފުޅަށް މިހޫނުގަ ނިދުނުތަ؟… ގުދަނުގަ ރޯވުމުން އެ ސަރަހައްދު ހަމަޔަކަށް އަޅުވަން ރަށުގެ ބައެއް ހިސާބުން ކަރަންޓު ކަނޑާލައިގެން އެއުޅެނީ…”

ސީމާގެ ޖުމްލަ މެދުކެނޑުނީ ގެއަށް ކަރަންޓު އައިސް ޒީކްގެ ކޮޓަަރީގައި ހުރި ފަންކާ ދައުރުވާން ފެށުމުންނެވެ. “އަހަން.. ކަރަންޓު އެ އައީ… ދަރިފުޅު ދޭ ދެން ފެންވަރާލަން… މަންމަ މިއުޅެނީ އެއްޗިހި ދޮންނަން ޖެއްސިގޮތަށް…. މިދަނީ އަވަހަށް އެއްޗިހި ހިއްކަން ޖައްސަން…” މިހެން ބުނެ ސީމާ އެކޮޓަރިން ނުކުތެވެ. ދާހިތްލާ ތެމި ފޯވެފައިވާ ޒީކް ތުވާލި ނަގައިގެން ފާހާނާއަށް ދިޔައީ ފެންވަރާލާށެވެ. ބޮލުގައި އައްސާފައިވާ ވޫލުކޮޅު ނައްޓާލައި މޫނު ދޮންނަ ތަށިމަތީ ބޭއްވުމަށްފަހު ލޯގަނޑުން ޒީކްގެ މޫނަށް ބަލަން ހުރެވުނެވެ. އޭރުވެސް ޒީކްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޝިފާންގެ ވިހަ ތޫނު ހަމަލާތަކެވެ. ޝިފާންގެ އިންޒާރުގެ ބަސްތަކެވެ.

*** *** *** *** *** ***

އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިވަމުން އައި އިރު ޝިފާން އިނީ ކެފޭއެއްގައި އޭނާގެ ފިހާރައިގެ މެނޭޖަރާއި އެކީ ކޮފީއެއް ބޯށެވެ. މާޔޫސްވެ ކަންބޮޑުވެފައި ޝިފާން އިނީ ހަދާނޭ ގޮތް ހުސްވެފައެވެ. ޝިފާނަށް ހިތްވަރު ދިނުމަށް އެކި ވާހަކަތައް ޖަމްޝީދު ދައްކަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ވާހަކައެއް ޝިފާންގެ ކަންފަތަށް އަޑު ނީވޭ ކަހަލައެވެ.

“އެއީ ކާކު ކުރިކަމެއްބާ؟…. އެވަރުގެ ކަމެއް ކުރާނީ ކާކު؟.. މިިރަށުގައި އަހަރެން ދެކެ ރުޅިއަންނަ އެކަކުވެސް ނުހުންނާނެ.. އަހަރެން ހަމަ އަޖައިބު ވެއްޖެ… ފުލުހުން އެވަރަށް ސުވާލު ކުރުމުންވެސް އަހަރެންނަށް މިކަމަށް ޝައްކު ކުރެވޭ މީހެއްގެ ނަން ދުލަށް ގެންނާކަށް ނޭނގުނު…” ޝިފާންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންތައް ދުލުން ބޭރު ކުރުމުން ޖަމްޝީދުވެސް އެވަގުތަށް ހަމަހިމޭން ވެއްޖެއެވެ.

އެގަޑީގައި އެ ކެފޭ ތެރެއަށް ގިނަ އަދަދެއްގެ މީހުން ވަންނަމުން ދިޔުމުން ޝިފާން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެންމެންގެ ހަމްދަރުދީގެ ބަސްތައް އަޑުއަހާ އަހާ ވަރުބަލި ވެއްޖެއެވެ. ބިލަށް ފައިސާ ދައްކަން ސަތޭކަ ރުފިޔާ ޖަމްޝީދަށް ހަވާލުކުރަމުން ޝިފާން އެ ކެފޭއިން ނިކުމެގެން ދިޔައީއެވެ.

ބަނދަރު މަތިން ހިނގާފައި ދިޔައިރު އަތިރިމަތިން ފެންނަމުން ދިޔަ އިރުއޮއްސޭ ފުރިހަމަ މަންޒަރަށް ބަލަން ހުރެވުނެވެ. ކައިރިން ފެންނަން ހުރި ހުސް ބެންޗު މަތީގައި އިށީނދެ މޫނުމަތީގައި ދެއަތް ހާކާލަމުން އިސްތަށިގަނޑަށް އަތުގެ އިނގިލިތައް އަމުނާލީ ބޮލުގައި އުފެދެމުން ދިޔަ ރިހުމަކުންނެވެ. ބަނދަރު މަތީގައި ދުުރުދުރުންވެސް މީހެއްގެ ހިލަމެއް ފެންނަން ނެތުމުން، އެކަހެރި ވެލަން ބޭނުންވެފައިވާ ޝިފާނަށް ލިބުނު މީ ރަނުގެ ފުރުސަތެކެވެ.

އިރު އޮއްސެމުން ދިޔަ ދިމާލުން ދުއްވާފައިދާ ކުޑަ ދޯންޏެއް ފެނުމުން ޝިފާނަށް އެދިމާލަށް ބަލަން އިނދެވުނެވެ. އެ ދޯނީގައި ފެންނަން ތިބީ ދެތިން މީހުންނެވެ. އެ މަންޒަރު ފެނި ޝިފާންގެ ހަނދާނަށް އާވަމުން ދިޔައީ ޝައިބާނާ ދެމީހުންގެ ދެމެދުގައި ސިއްރު ކުރެވިފައިވާ އެ ހާދިޘާއެވެ. ސުނާމީއަށް ފަހު އެމީހުން ރަނާއަށް ކަންތައްކުރި ގޮތެވެ.

*** *** *** *** *** ***

ސުނާމީގެ ބާރު އޮއެގައި ޝިފާން މާކަނޑަށް ނެރެފައި ވީ އިރު ޝިފާންގެ ކަށިމަތިން ބޮޑު ސަރަހައްދެއްވަނީ ޓިނުގަނޑެއްގައި ޖެހި ކަފައިގެން ގޮއްސައެވެ. ފައިގެ ހަރަކާތް ހުއްޓިފައިވަނިކޮށް ރަށުގައި އުޅޭ ޅައަންހެން ކުއްޖެއްގެ އެހީގައި ޝިފާން ރަށާހަމައަށް ގެނެސް ދިނެވެ. އެ ވަގުތު އެއްގަމުގައި ތެޅިތެޅިހުރި ޝައިބާން ފެނުމުން ޝިފާން އެދިމާލަށް ދާން އަވަސްވެގަތެވެ. ގެއްލުނު ދެކުދިން ހޯދަން ފެށުމުން ޝައިބާން އެމީހުންނާ އެކު ދިޔުން ވެގެން ދިޔައީ ވަރަށް ބޮޑު ނަސީބަކަށެވެ. އެ ފަޅުގެއާއި ވީ ސަރަހައްދު އެހެން މީހަކު ބެލިޔަނުދީ އޭނާ ހިފެހެއްޓިއެވެ. މީހަކު އެތަނުން ފެންނަން ނެތްކަމަށް ބުނުމުން އެހެން މީހަކު އެތަން ބަލަން ހިތަށް ނޭރީވެސް އެއީ މާކުރީއްސުރެއް ފަޅުކޮށް ހުންނަ ގެއަކަށް ވާތީއެވެ.

ރަށުގެ ތަންތަނުން ބިންގަނޑު ކަނޑައިގެން ގޮސް ފަސްގަނޑު ގަނބަމުން ދާތީ ގެމެންދޫގައި މީހުން މަޑު ނުކޮށް ކުޑަހުވަދޫއަށް ބަދަލުކުރިއެވެ. ޝައިބާނަކީ ކުޑަހުވަދޫއަށް އުފަން މީހެއް ކަމުން ޝިފާންގެ އާއިލާ މަޑުކުރީ ޝައިބާންމެން ގޭގައެވެ. ޖެހިގެންއައި ދުވަހަށް އިރު އެރުމާއި އެކު ރިޒާގެ އެދުމަށް ރަށުގެ ތެރެއިން ޒުވާނުންގެ ޓީމެއް ރަނާ ހޯދުމަށް ގެމެންދޫއަށް ދާން ނިންމިއެވެ. ޝިފާންގެ ކަފައިގެން ގޮސްފައިވާ ފައި ވަނީ ފަހާފައެވެ. ތަދު ކަނޑުވަން ދީފައި ހުރި ބޭސްތަކުން ދެތިން ގުޅަަ ދިރުވާލައިގެން ޝައިބާނާ އެކީ ރިޒާގާތަށް ދިޔައެވެ.

ގެމެންދޫއަށް ދާ ޓީމާއެކު ޝިފާން ގެންދަން ރިޒާ އެއްބަހެއް ނުވިއެވެ. ސަބަބަކީ އެހާ ބޮޑު ޒަޚަމެއް ލިބިފައިވާ މީހަކު ގޮވައިގެން ދާން ބޭނުން ނުވާތީއެވެ. އެހިސާބުން ޝިފާން ރޯން ފެށިއެވެ. ރަނާ ހޯދަން މަސައްކަތް ކުރަން ބޭނުންވާ ވާހަކަ އެންމެންގެ ތެރޭގައި ޝިފާން ބުންޏެވެ. ލުޔޫނާ އެތާ ހުރިކަން އެއީ ޝިފާންގެ ނަސީބެވެ. ޝިފާނަކީ ރަނާގެ ލޯބިވެރިޔާކަން ރިޒާއަށް ހާމަކޮށްދިނީ ލުޔޫނާއެވެ. ޝިފާން ގެންދަން ވަގުތުން ރިޒާ އެއްބަސްވިއެވެ. ލޯބިވާ މީހަކު ގެއްލުމުން ހިތަށް ކުރާނެ ފުން އަސަރު ރިޒާއަށް އެނގޭތީއެވެ.

ގެމެންދޫއަށް ދިޔުމަށްފަހު ކޮންމެ ދެމީހަކަށް ހޯދަން ސަރަހައްދެއް ހަވާލުކުރިއެވެ. ޝިފާނާއި ޝައިބާން އަވަސް ވެގަތީ އެ ފަޅުގެއާ ވީ ދިމާލަށެވެ. ކުނިބުނި ތަކުގެ މަތިން ކޮރުޖަހަމުން ޝިފާންމެންނަށް އެހިސާބަށް ދެވުނީ ވަރަށް ހާލުންނެވެ. އެ ގެއާ ހަމަޔަށް ދެވުނުއިރު އެ ގޭގެ އެއްބައި ވަނީ ބިމާ ހަމައަށް ކުދިކުދިވެގެން ފައިބާފައެވެ. ގާތަކުގެ މަތިންލާފައި ޝައިބާން އެތެރެއަށް ވަނެވެ. ފެންޑާއަށް ހުރިބައި ވަނީ އެއްކޮށް ވެއްޓިފައެވެ. އެގޭގެ ފުރާޅެއްވެސް ނެތެވެ.

ރަނާ ގައިދުކޮށްގެން ގެންގުޅު ކޮޓަރިއާ ހަމަޔަށް ޝައިބާން ދިޔައެވެ. ފަރުނީޗަރުތައް ވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރިތެރެ ބެލި އިރުވެސް ރަނާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ދެއަތް ފޮޅާލަމުން ބޭރަށް ނުކުތީ ޝިފާން ގާތު ރަނާ އެތާކު ނެތޭ ބުނަމުންނެވެ. އެވަގުތު ޝިފާން ހަނދާންވިއެވެ. “ގައިމު ރަނާގެ އަތެއް ނުމޮހެން… ދެން އޭނަ ކިހިނެއް ސަލާމަތްވީ؟….” ޝިފާންގެ މި ޖުމްލަ ނިމުނުއިރު ޝިފާންހުރި ގާފުނި ދަށުން ގުޑުމެއް ވީހެން ހީވިއެވެ. ގާފުނިމަތިން ފައިބައި، ގުދުވެ އެ ސަރަހައްދު ބަލާލިއެވެ. ރަނާގެ އަތުގެ އިނގިލިތައް ބޭރަށް ފެންނަން ހުއްޓެވެ. އެއީ ރަނާކަން ކަށަވަރުވީ ރަނާގެ އަތުގައި އަޅާފައިވާ ރަން އަނގޮށްޓި ފެނުމުންނެވެ. އޭރުވެސް ރަނާގެ އަތުގެ އިނގިލިތައް މަޑުމަޑުން ހަރަކާތް ކުރަމުން ދާތަން ފެނުނެވެ.

= ނުނިމޭ =

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 28

Next

ދަރިފުޅު (4)

Next
December 22, 2015

ދަރިފުޅު (4)

Previews
December 21, 2015

ފޮހެވޭނޭ ބާއޭ… 28

28 Comments!

  1. zee says:
    December 21, 2015 at 8:29 pm

    me first rovige vvvrah reethi

    1. Shax Lyn says:
      December 22, 2015 at 2:25 am

      thanks 🙂 for reading this story…. and sorry cox I made u cry….

  2. shif says:
    December 21, 2015 at 8:36 pm

    Omg!! This story is so interesting and touching. ..plx update next part soon

    1. Shax Lyn says:
      December 22, 2015 at 2:25 am

      thanks Shif….. ill try my best to upload soon…. inge

  3. Siha says:
    December 21, 2015 at 8:46 pm

    Maa shaa Allah. sifakurun vr molhu heevany lolan fennahen.. keep it up shazlyn..

    1. Shax Lyn says:
      December 22, 2015 at 2:27 am

      thank u so much….. <3 am so happy to c ur support

  4. erum says:
    December 21, 2015 at 9:05 pm

    Oh asluves v touching. I luv this story shax lyn.

  5. gurey says:
    December 21, 2015 at 9:19 pm

    Shaz haadha molhey. Varah asaru koffi… komme baehves ehaa furihama kamaa eky genesdheythy varah hiyhama jeeey.. ur the best.. im ur biggest fan

    1. Shax Lyn says:
      December 22, 2015 at 2:50 am

      thank u gurey….. 🙂

  6. Maalu says:
    December 21, 2015 at 9:35 pm

    Wowwww vrh vrh reethi…

  7. Nasha says:
    December 21, 2015 at 9:46 pm

    Its simply wow well done ?

  8. zul says:
    December 21, 2015 at 9:53 pm

    Vaaa vaaa… kiyaa baath hey…. kiseekee nazar naa lagey… masha allah…

  9. aalaa says:
    December 21, 2015 at 9:55 pm

    Vrh nice mi story.. just want to ask is it a real incidence akah write kuraa story eh tho….. N Whn is next part… waiting …..

    1. Shax Lyn says:
      December 22, 2015 at 2:32 am

      the real incidence is tsunami at gemendhoo… the story of rana n Aleena is my imagination….. thank u so much for reading and ur support… next part In-sha Allah on thursday

  10. Ainth says:
    December 21, 2015 at 10:12 pm

    Varah reethi . But maa lahun upload kurany. Thankolheh avas kolla bala

  11. nabee jiaa says:
    December 21, 2015 at 10:30 pm

    Vvvvvvvvvvvvvvv furihama. . Ur the best shaz

    1. Shax Lyn says:
      December 22, 2015 at 2:33 am

      thaaaaaankss… 🙂

  12. sarey says:
    December 21, 2015 at 11:24 pm

    Ma kiyaafin shax lyn ge naza e vaahaka v rythi..mi vaahaka vx v nice next part kohnirakun

    1. Shax Lyn says:
      December 22, 2015 at 2:28 am

      thanks sarey …. 🙂 <3 next part in-sha allah on Thursday…

  13. Aish aleena says:
    December 22, 2015 at 12:09 am

    Animals dho edhemeehun

    1. Shax Lyn says:
      December 22, 2015 at 2:30 am

      yaaa.. insaanunge sifaiga thibi haivaanun thakeh … 😛

  14. Maree says:
    December 22, 2015 at 12:35 am

    Shazu !! Hama fenkalhi va varu vi !! Varah reethi..

    1. Shax Lyn says:
      December 22, 2015 at 2:29 am

      ooohh… sorry rovvaalevuneema… but thanks alot

  15. Orchid says:
    December 22, 2015 at 1:19 am

    Varah varah reethi. Waiting for next part.

  16. Ahmed Ammu says:
    December 22, 2015 at 4:26 am

    Varah Reethi. 🙂

  17. loo says:
    December 22, 2015 at 8:24 am

    wow v v v nice. kyp it uupp.

  18. nuhnu says:
    December 22, 2015 at 8:33 am

    Wow wow wow..vrh vrh vrh reethi…??vrh touching story eh…kyp it up..I’m a very very big big big fan of urs and eyesh..u guys r de best..

  19. aathi says:
    December 22, 2015 at 9:44 am

    Oh poor ranaa.. so sad.. vrh interestin me story.. ur the bst my shax..love u..mwah.. 😉

Comments are closed.


All Right Reserved!