
އަނިޔާ… 15 ވަނަ ބައި..
ނަމާދު ކޮށްގެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަން އަހަރެންނަށް އެނގެއެވެ… މިކަމުގެ ތެރޭގައި އުޅެމުން އަހަރެންނަށް އަބަދުވެސް ހިތްހަމަޖެހުމެއް ލިބެނީ ނަމާދެއް ކޮށްލައިގެންނެވެ… ނަމަވެސް އަހަރެން ނަމާދު ކުރަނީ ގްރޫޕް ކުދިންނަށް ނޭނގޭ ގޮތަށެވެ. އެއީ އެމީހުންނަށް އެގިއްޖެނަމަ އަހަރެންނާއި މެދު ޝައްކެއް އުފައްދާފާނެ ތީއެވެ….
ނަމާދު ކޮށް ނިންމާލިއިރު އަހަރެންގެ ހިތުގައިވާ ބިރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލާފައެވެ. ނަމަވެސް އިތުރަށް އަހަރެން ނިދާކަން ބޭނުމެއް ނުވިއެވެ. ގަޑި ބަލާލީމެވެ. އޭރު ދަންވަރު 1 ޖަހަނީއެވެ. އަހަރެން ބޭނުންވީ ދުއްވާލަން ދާށެވެ. ސިކުނޑީގައި އިތުރުވަމުންދިޔަ ހިޔާލްތަށް ބޭރުކޮށްލުމަށްޓަކައެވެ. ބޭރަށް ނިކުމެ އަހަރެންގެ ސައިކަލްގައި ނައްޓާލީމެވެ. އަހަރެންގެ މިސްރާބު ހުރީ އަހަރެންގެ ސިކުނޑި ބޭނުންވި ދިމާލަކަށް ނޫނެކެވެ… ނަމަވެސް އަހަރެން އިތުރަށް ވިސްނަން ބޭނުންނުވާތީ ހިތްބުނާގޮތް ހަދަމުން ދިޔައީމެވެ. އަހަރެން މަޑުކޮއްލީ ސޯސަންމަގުގައި ކޮލެޖް ކައިރީގައެވެ. ސައިކަލް ފާކް ކޮއްލުމަށްފަހު ކޮލެޖް ކައިރީގައި ހުންނަ ގޯޅިއަށް ވަދުނީމެވެ… ނޫކުލައިގެ ދޮރެއް ހުރި ގެއެއް ކައިރިއަށް ހުއްޓެލަމުން ތަޅުގައި ހިފީމެވެ. އަހަރެން ނަސީބު ގަދަކަމުން ކަމެއް ނުވަތަ ދެރަކަމުން ކަމެއް ނޭނގެއެވެ. ދޮރުގެ ތަޅުގައި ހިފާލުމާއި އެކު ތަޅު ހުޅުވިއްޖެއެވެ… އޭރުވެސް ސިކުނޑި ގޮވަމުން ދިޔައީ ކުރެވެމުން ދިޔައީ މޮޔަކަމެއް ކަމުގައެވެ.. ނަމަވެސް އަހަރެންގެ ހިތް އަހަރެންނަށް ބާރު އަޅަމުންދިޔައީ އެކަންތައް ކުރުމަށެވެ… ދޮރުހުޅުވާލުމަށްފަހު އަހަރެން އިރުކޮޅެއް ވަންދެން މަޑުކޮއްލީމެވެ. ދެތިން ނޭވާ ލުމަށްފަހު އެތެރެއަށް ވަނީމެވެ. ލޮލުގައި އަޅައިގަތީ މައްޗަށް އަރަން ހަދާފައި ހުރި ލިފްޓްއެވެ. އަހަރެން ލިފްޓް ބޭނުން ކުރާކަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން ހިގައިގަތީ ސިޑިއާއި ދިމާލަށެވެ. މިހާ ދަންގަޑިއެއްގައި އަހަރެން މިހާ މަޑުން އުޅޭތީ ފެންނަ މީހަކަށް ހީވާނީ އަހަރެން ވަންކަމެއް ކުރަން އުޅެނީ ހެންނެވެ. ނަމަވެސް އަހަރެން އެކަހަލަ އެއްވެސް ކަމެއް ކުރާކަން ބޭނުމެއްނޫނެވެ… އަހަރެންގެ ހިތް މިރޭ ބޭނުންވަނީ އެހެންކަމެއް ކުރާށެވެ. ސިޑިން މަޑުން މަޑުން މައްޗަށް އަރަމުން ދިޔައީއެވެ. ހަތަރުވަނަ ފަންގިފިލާއަށް އެރުމަށްފަހު އަހަރެން މަޑުކޮއްލީމެވެ. އެވަގުތު އެބައިގައި ހުރި ގޭގައި ހުރި ކުޑަ ދޮރެއް ހުޅުވާފައި ހުއްޓާ އަހަރެންނަށް ފެނުނެވެ. އެހެންކަމުން އަހަރެން މަޑުމަޑުން ކުޑަ ދޮރާއި ކައިރިވެލީމެވެ.
“ކަމޯން އީޝާ… އެގެއެއްނުން އަހަރެންނަށް ތިކަން ނުވާނެކަން” ނުލާހިކު ކައިރިން ނަމަވެސް އެރޫމް ތެރެއިން އިވުނީ އަހަރެންގެ ހިތް އެއަޑެއް އެހުމަށް އެހުރިހާ އިރެއްގައި ގޮވަމުން ދިޔަ އަޑެވެ. އެހެންކަމުން އަހަރެން ކުޑަދޮރާއި ނިވާވެލީމެވެ.. އާއެކެވެ މަލިކާގެ އަޑެވެ. “ނޫން އީޝާ… އަހަރެންނަކަށް ނޭނގެ.. އަދިވެސް ހިތްބުނަނީ އޭނަ ރަނގަޅު ވާނެއޭ” މަލިކާ ވާހަކަ ދައްކަމުން ދިޔައީ ފޯނުން އޭނަގެ އެންމެ ގާތް އެކުވެރިވާ އީޝާއާއި އެވެ.. “ދެން ތިވާހަކަ ހުއްޓާލަބަލަ… ކިތައްމެ ދުވަހެއް ވިޔަސް އަހަރެން އިންތިޒާރު ކުރާނަން އެންމެ ރަނގަޅެއް ނުން ދޯ” މަލިކާ ބުނެލިއެވެ. “މަށައް… ބުނެފީމެއް ނުން ތި ޓޮޕިކް ބާވާށޭ… އެހެންނޫނަސް ދެން ހުސެންގެ ވާހަކަ ދައްކަން މަށަށް ނުގުޅާތި” މަލިކާ އީޝާއަށް ރައްދު ދެމުން ބުނެލިއެވެ…. މަލިކާގެ އަނގައިން އެހެން ފިރިހެނެއްގެ ނަން އިވުމާއި އެކު އަހަރެންނަށް ހީވީ އަހަރެންގެ ހިތުގައި މީހަކު ވަކި އެޅިހެންނެވެ. ދެލޯ މަރާ ބާރުކޮއްލެވުނެވެ. އަނެއްކާ މަލިކާ އަހަރެންގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ… އެކަމަކު ކުރިން ދުވަހު ފާރިޝް އެހެން ބުނީ ކީއްވެ ހެއްޔެވެ… މަލިކާ އިންތިޒާރު ކުރާ ވާހަކަ އެބުނީ ކާކަށް ހެއްޔެވެ. އެ ދައްކަނީ ކޮން ހުސޭނެއްގެ ވާހަކަ ހެއްޔެވެ… އަނެއްކާވެސް އަހަރެންގެ ސިކުނޑި އެކިކަހަލަ ހިޔާލްތަކުން ފުރެން ފެށިއެވެ. އެހެންކަމުން އަވަހަށް އެތަނުން ދިޔުމަށް ފަހަތަށް ޖެހިލި ގަޑީގައި އެތަނުގައި ހުރި ފައިވާން ބަހައްޓާފައި ހުރި ހަރުގަނޑުގައި އަހަރެން އަޅައިގަތެވެ… އަދި ހަރުގަނޑު ވެއްޓުނެވެ. މުޅިތަނަށް އިވިގެން ދިޔަ އަޑާއި އެކު އަހަރެންނަށް ލިބުނު ސިހުމާއި އެކު އަވަހަށް އެތަނުން ދިއުމަށް ދުއްވައިގަތީމެވެ. އެވަގުތު މަލީކާ ފޯނުން މަޑުކޮއްލައްޗޭ ބުނި އަޑު އިވުނެވެ. ހަމަޔަގީނުންވެސް މަލިކާ އަންނާނީ އަޑު އައި ދިމާލަކަށް އަހަރެންނަށް އެގެއެވެ. އަހަރެން މަލިކާއަށް ފެންނަން ބޭނުންނުވަތީ އަވަހަށް އެތަނުން ފައިބައިފީމެވެ. ދުވެފައި ފޭބި ގޮތުން ސިޑިން ކައްސާލައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ބޭރަށް ނިކުމެ ސައިކަލުގައި އަނެއްކާވެސް އެހެންދިމާލަކަށް މިސްރާބު ޖަހައިފީމެވެ.
އަހަރެން ދެންވެސް ބޭނުންވީ އަހަރެންގެ ހިތަށް ފިނިކަމެއް ލިބިދޭނެ ސަރަހައްދަކަށް ދާށެވެ. އެހެންކަމުން އަހަރެންގެ ސައިކަލް ޕާކް ކޮއްލީ އަހަރެންގެ، ގެ ކައިރިއަށެވެ. އަހަރެން ދެން އެންމެ ހިތްހަމަޖެހޭނީ މަންމަ ނުވަތަ ކޮއްކޮ ފެނިގެންނެވެ… ނަމަވެސް މިގަޑީގައި އެމީހުން ތިބޭނީ ނިދާފަ ކަންނޭގެއެވެ. ސައިކަލުން ފޭބިތަނާ ގޭ ދޮރު ހުޅުވާލާފައި ނިކުތީ ފިރިހެނެކެވެ. އެމީހާ ފެނުމާއި އެކު އަހަރެންނަށް ހުއްޓުން އެރިއެވެ. އެމީހާވެސް އަހަރެންނާއި ދިމާލަށް ހައިރާން ކަމާއި އެކު ބަލަހައްޓާއިގެން ހުއްޓެވެ. “ވަޓް ދަ ހެލް އާ ޔޫ ޑުއިން ހިޔާ” ފާރިޝްގެ އަޑު އެހިމޭން ސަރަހައްދުގައި ގުގުމައިގެން ދިޔައެވެ. އަހަރެން ބޯކަހާލީމެވެ. “ޝާމް އާ ޔޫ ލޮސްޓް ޔުއަރ މައިންޑް” ފާރިޝް އަހަރެންނާއި ދިމާލަށް ދެތިން ފިޔަވަޅު އަޅަމުން އޭނަގެ އަޑު މަޑުކުރެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. “ދެން ވަޓް އާ ޔޫ ޑުއިން ހިޔަރ” އަނެއްކާވެސް ފާރިޝް އަހާލީއެވެ. މިފަހަރުވެސް އަހަރެން ކޮނޑު އަރުވާލީމެވެ. ފާރިޝްގެ ރުޅި ކޮންޓްރޯލްއިން ނެއްޓި ކަހަލައެވެ. އަހަރެންނާއި ދިމާލަށް ޖެހިގަތެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ވަޓްސް ރޯންގް” ފާރިޝް އަހާލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “ނަތިން.. އަހަރެން އައީ ގެއިން ފާރިޝް ދަނީ ކޮންއިރަކުންތޯ ބަލާލަންވެގެން” ފާރިޝްއާއި ދިމާކޮއްލުމުގެ ނިޔަތުގައި އަހަރެން ބުނެލީމެވެ. “ފަނީ… ދެން ބުނެބަލަ މިރޭ ނުނިދިގެން މިތަނަށް ތި އައީ” ފާރިޝް ހީލަމުން ބުނެލިއެވެ. “އަހަރެން ކޮއްކޮ އާއި ބައްދަލު ވެދާނެތަ” އަހަރެން ބޭނުންވި ކަންތައް ފާރިޝް ކައިރީގައި ބުނީމެވެ. “ޝާމް” “ޕްލީޒް” ފާރިޝްގެ ވާހަކަ މެދު ކަނޑާލަމުން އަހަރެން އެދުނީމެވެ. ފާރިޝް އޭނަގެ ފޯނުން ކޮއްކޮއަށް ގުޅިއެވެ. މާކަގިނަ އިރެއްނުވެ ކޮއްކޮ ދޮރާށި ކައިރިއަށް ނިކުމެއްޖެއެވެ. އަހަރެން ކޮއްކޮ ކައިރިއަށް ދިޔައީމެވެ. އެވަގުތު ކޮއްކޮ އަހަރެންގެ ގައިގައި ބައްދާލިއެވެ. “ދޮންބެ އޯކޭދޯ.. ރިޝް ދޮންބެ އާއި ބެހޭ އެއްވެސް މައުލޫމާތެއް ނުދޭ… އެގޭތަ ކުރިން ރޭ ކޮއްކޮ ބިރުގަތްވަރު …. އެރޭގަވެސް ރިޝް ކައިރީގައި ދޮންބެއަށް ގުޅާދޭށޭ ބުނީމާ ވަރަށް ނުގުޅަން އުޅުނު… އަޅެ އަހަރެންނަށް ދޮންބެގެ ނަމްބަރ ދީފަ އޮތްނަމަ އޭނައަށް އުދަގޫ ކުރާކަން ނުޖެހޭނެ ދޯ…އަހަރެން ގުޅާފަނެތީ ވިއްޔަ ނަމްބަރުވެސް ބަދަލުކުރީ ދޯ…. ދޮންބެ ދެން ގެއަށް އާދެބަލަ.. ޕްލީޒް… އެގޭތަ އެއްކަލަ…” “ޕްލީޒް ދެން ނޭވާއެއް ލާބަލަ… ތިހާ އަވަހަށް ވާހަކަ ދައްކާކަށް ނުވާނެ” ފާރިޝް ކޮއްކޮގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. ނަމަވެސް ކޮއްކޮ އައީ ރުޅިއެވެ. “ރިޝްއަށް އަބަދު ދޮންބެ އާއި ވާހަކަ ދެއްކުނަސް އަހަރެންނަކަށް ނުދެއްކެއޭ… އަހަރެން ބައިވަރު ވާހަކަ ދައްކަން އިބަހުރި” ކޮއްކޮ ފާރިޝް ކޮއްޕާލަމުން ބުނެލިއެވެ.
“އައި ނޯ… ބަޓް އައި ކާންޓް ވެއިޓް މަޗް ލޯންގާ… ކޮއްކޮ މިގޮތަށް ފެނުނީމަވެސް ދޮންބެ ވަރަށް ހެޕީ ވެއްޖެ… ދެން އެކަމަކު ކޮއްކޮ ދޭ އެތެރެއަށް … ދޮންބެ ވަރަށް އަވަހަށް އަންނާނަން ގެއަށް… ކޮއްކޮ ދޮންބެ އަންނަންދެން މަންމައަށް ބަލާތި… އެންޑް ޓޭކް ކެއަރ އޮފް ޔުއަރ ސެލްފް” އަހަރެން ކޮއްކޮގެ އަތުގައި ހިފާލަމުން ބުނެލީމެވެ. އަހަރެން އެތެރެއަށް ވަނަން ބުނުމުން ކޮއްކޮގެ މޫނަށް ގޮތެއް ހަދާލިއެވެ. އަދި އިރުކޮޅެއް ވަންދެން ބޮޑާ ހާކާލިއެވެ. ނަމަވެސް އަހަރެން ދެވަނަ ފަހަރަށް ބުނުމުން އެތެރެއަށް ވަނެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. “ސޯ ނައު އާ ޔޫ ހެޕީ” ފާރިޝް އަހާލިއެވެ. އަހަރެން ރައްދު ކޮއްލީ ހިނިތުންވުމެކެވެ. “ހޭނެ ކަމެއްނެތް… ކިތައް ދުވަހު ބުނާނީ ތިގޮތަށް ގެ ކައިރިއަށް ނައަންނާށޭ… މިގަޑީގަ ޝާމާ އޯކޭ ވެފަ ހުއްޓަސް އަހަރެންނަށް އެގެއޭ ޝާމާ ހާސްވާ ވަރު… އަދި ތިގޮތަށް ޝާމް ފެނިފަ ތިހާ އަވަހަށް ގެއްލުނީމަ… ޝާމްއަށް ކީއްވެ ބުނާގޮތް ނެހެދެނީ” އަހަރެން ހުރީ ފާރިޝް އެހުރިހާ އެއްޗެއް ކީއިރުވެސް ބޯޖަހާލަ ޖަހާލައެވެ. ކުޑަކުއްޖެއް ފަދައިންނެވެ. ފާރިޝް އެހާ އަވަހަށް އަހަރެންނަށް ކޮއްކޮގެ ބައްދަލުވުމަށް އެއްބަސް ވުމުންވެސް އަހަރެންނަށް ފަހުން އޭނަ އެއްޗެހި ކިޔާނެކަން އެގުނެވެ. އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލީމެވެ. “ވަޓް އެވަރ… ކޮންމެހެން ބޭކާރު ވާހަކަ އަޑު އަހާނެ ޓައިމްއެއް މަށަކަށް ނެތް… އަހަރެން މިދަނީ ނިދަން ދާން” ފާރިޝް އަތުން އަހަރެންނަށް މަނާ ކުރަމުން ހިގައިގަތެވެ. “ކޭން ޔޫ ޑޫ ވަން ތިން ޕްލީޒް” އަހަރެން ބުނެލީ މަޑުންނެވެ. ފާރިޝްގެ ކަންތައް ހުންނަ ގޮތުން އަހަރެން ހުރީ ވަރަށް ހިނި އައިސްފައެވެ. އެހެންކަމުން ހިނިގަނޑު މަތަކޮއްލަމުން އަހަރެން ވާހަކަ ދެއްކީމެވެ. ފާރިޝް މަޑުކޮއްލިއެވެ. އަހަރެންނާއި ދިމާލަށް ބަލާލަމުން ބުމަ ހިއްލާލީ ކޮއްކަމެއްހޭ އަހާލާ ގޮތަށެވެ. “މީހެއްގެ ރިކޯޑް ބަލާލަ ދެންވީ” ފާރިޝް ކައިރިއަށް ޖެހިލަމުން ވަރަށް މަޑުން ބުނެލީމެވެ. ފާރިޝްގެ މޫނުމައްޗަށް އެރި ކުލަވަރުން އޭނަ ސުވާލް ކުރަން ބޭނުންވި ކަން އަހަރެންނަށް އެގުނެވެ.. ނަމަވެސް އަހަރެން އެކަމަށް ސަމާލު ކަމެއް ނުދެވެ. “ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަން… ބަލާލަ ދޭންވީ މިޝްކާ ކިޔާ ކުއްޖެގެ ރިކޯޑްއެއް.. އައިޝަތު މިޝްކާ…” އަހަރެން ބުނެލީމެވެ. “ތިޔަށް ވުރެއް ތަފްސީލްކޮށް ބުނެދީފިނަމަ ފަސޭހަވާނެ” ފާރިޝް ދެފަރާތަށް ބަލާލަމުން ބުނެލިއެވެ. “މިވަގުތު ދެވެން އޮތް އިންފޮ އަކީ އެއީ… ޕްލީޒް ޗެކް އިޓް” އެހެން ބުނުމަށްފަހު އަހަރެން އަވަހަށް ގޮސް ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުންނާނެކަން އަހަރެންނަށް އެގެއެވެ.
އަހަރެން ގެސްޓް ހައުސް ކައިރީގައި ސައިކަލް ޕާކް ކޮއްލުމަށްފަހު އަވަހަށް އެތެރެއަށް ވަދެގެން ދިޔައީމެވެ. ކޮޓަރިއަށް ވަނުމަށްފަހު ހަމަޖެހުމުގެ ނޭވާއެއްލީމެވެ. ހަގީގަތުގައިވެސް ފާރިޝް އެބުނީ ރަނގަޅު ވާހަކައެއެކެވެ. އަހަރެންނަށް ޝާމާއަށްވެސް ދެވެނީ އިތުރު ވޭނެކެވެ. ނަމަވެސް އަހަރެންނަށްވެސް އަހަރެންގެ އާއިލާ ބޭނުންވެއެވެ. ޝާމާއަކީ އަހަރެންގެ ހުރިހާ ކަމެއްވެސް އަންޑަސްޓޭންޑް ވާ އަހަރެން ދެކެ ލޯބިވާ އަހަރެންނަށް ހިތްވަރުދޭ އަހަރެން އެންމެ ލޯބިވާ ކޮއްކޮއެވެ. އަހަރެން އެނދުގައި އޮށޯވެލީމެވެ. ނިދާކަން ނޫނެކެވެ. އަހަރެންނަށް ނުވެސް ނިދޭނެއެވެ. ނިދާއިރަށް އަނެއްކާވެސް އެހުވަފެން ފެންނާނެއެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ ނިމިގެންދާނީ ވަރަށް ލަހުންނެވެ. ބޯމަތީގައި އަތްވާބާލައިގެން އަހަރެން ވިސްނަމުން ދިޔައީމެވެ. އިތުރަށް އަހަރެން ކުރާނެ ކަންތަކާއި ދޭތެރޭގައެވެ. މިހާރު މިކަމުގައި އެތަށް ދުވަހެއް ބޭކާރު ވެއްޖެއެވެ. އަވަހަށް މިކަންތަށް ބޭނުންވަނީ ނިންމާލާށެވެ. އޭރު އަހަރެންނަށް ލޯބިވާ މީހުން ކައިރީގައި ދިރިއުޅެވޭނެއެވެ. އަހަރެން ސިހިގެން ދިޔައީ ފޯނު ރިންގް ވާން ފެށިއަޑަށެވެ. އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. އެހާ ދަންގަޑީގައި ނުދަންނަ ނަމްބަރަކުން ގުޅާތީ އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް އަހަރެން ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ. “ތެންކްސް…… ޝާމް…. މިއަ..ދު އަހަރެން……ގެ…..ވާހަ….ކަ އަޑުއެހީމަ” އަހަރެންގެ ކަންފަތުގައި ޖެހުނީ އަންހެންކުއްޖެއްގެ ގިސްލުމެވެ. “މިޝްކާ… ކިހިނެއްވީ ތި ރޮނީ” މިޝްކާގެ އަޑު ޖެހުމުން އަހަރެންނަށް އުދަގޫވެގެންދިޔައެވެ. މިޝްކާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އޭގެ ބަދަލުގައި އަހަރެންނަށް އިވެމުންދިޔައީ މިޝްކާގެ ގިސްލުމުގެ އަޑަވެ. މިޝްކާ ވާހަކަ ނުދެއްކުމުން އަހަރެން ހާސްވަން ފެށިއެވެ. އަނެއްކާ މިޝްކާއަށް ކަމެއް ވީބާއެވެ. “މިޝް ޕްލީޒް ހުއްޓާލަބަލަ…. ކިހިނެއްވީތަ…” އަހަރެން ތެދުވެ އިށީދެލީމެވެ. “ޕްލީޒް ހުއްޓާލަބަލަ މިޝް….” އަހަރެން އެދުނީމެވެ. ނޭނގި ނަމަވެސް މިޝްކާގެ ރުއިމުގެ އަޑުން އަހަރެންގެ ހިތް ނުތަނަވަސް ކުރުވަން ފެށިއެވެ. “އަ… ހަ…ރެން… މިރޭ… ނުވާނެ… ޝާމް.. ބޭނުން…. ވަނީ … ރަނގަޅު… ވާން… ހެލްޕް… މީ…” މިޝްކާގެ ގިސްލަމުން ވާހަކަ ދެއްކިއެވެ. “މިޝް ހުއްޓާލަބަލަ… ކޮންތާކު ތިހުރީ… އަހަރެން ދަންތަ” އަހަރެން ބޭނުންވީ އެގަޑީގައި މިޝްކާ ކައިރީގައި ހުންނާށެވެ. އޭނައަށް އެހީވާށެވެ. އޭނަގެ ރުއިން ހުއްޓުވާށެވެ… ނަމަވެސް އަހަރެންނަށް އިތުރަށް ހަނދާނެ ގޮތެއް ނޭނގެއެވެ.. އިރާކޮޅުގައި މިޝްކާ ރޯން ފެށުމުން އަހަރެންނަށް އޭނައަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. ދެން މިގަޑީގައި އޭނަ ކައިރިއަށް ގޮސްގެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ… އަހަރެން އެހެން ބުނުމާއި އެކު މިޝްކާ އާއެކޭ ބުނެލިއެވެ. އަދި އަހަރެން ދާންވީ އެޑްރެސް މިޝްކާ ބުނެލިއެވެ.
އަހަރެން އަވަހަށް ރެޑީވެލައިގެން ނިކުތީ މިޝްކާ ބުނި އެޑްރެސްއަށް ދާށެވެ. ފަސްމިނެޓް ތެރޭގައި އަހަރެން ހުރީ މިޝްކާ އުޅޭ އެޕާޓްމެންޓްގެ ދޮރުމަތީގައެވެ. ދޮރުގައި ޓަކިޖަހަން އަތް ހިލާލާފައި އަހަރެންނަށް ހުއްޓުން އެރިއެވެ. އަހަރެންނަށް މިކުރެވެނީ ކޮންކަހަލަ ކަމެއް ހެއްޔެވެ… މިދަންގަޑީގައި އަހަރެން މިހީރީ މިޝްކާ ދިރިއުޅޭ އެޕާޓްމެންޓްގައެވެ. އަބަދުވެސް ފިރިހެނަކާއި އަންހެނަކާއި އެމީހުން އެކަނި އެއްތަން ވެއްޖެނަމަ ތިންވަނަ މީހަކަށް ޝައިތާނާ ހުންނާނެއެވެ. އަހަރެންގެ އަތުން ގޯސްކަމެއް ވާކަން އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ލޯބިވަނީ ހަމައެކަނި މަލިކާ ދެކެއެވެ. އެއީ ހަގީގަތެވެ. ނަމަވެސް މިޝްކާއާއި ދޭތެރޭގައި އަހަރެންނަށް މި ވިސްނެނީ ކީއްވެ ހެއްޔެވެ… އަހަރެން މަޑުމަޑުން ދޮރާއި ދުރަށް ޖެހިލީމެވެ. އަހަރެން އިތުރަށް އެއްވެސް ފިޔަވަޅެއް ކުރިއަށް އަޅާކަން ބޭނުމެއް ނުވިއެވެ.. އެހެންކަމުން އަހަރެން އަވަހަށް އެޕާޓްމެންޓުން ފޭއްބުމަށް ސިޑިއާއި ދިމާލަށް ހިގައިގަތީމެވެ. އެވަގުތު އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. އަހަރެން އެބުރި ބަލާލީމެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭރުވެސް އެދެލޯވަނީ ކަރުނުން ފުރިފައެވެ. އެތެރެއަށް ގިސްލަމުން ދިޔައެވެ. މިޝްކާ ލައިގެން ހުރީ ހުދުކުލައިގެ ނައިޓީއެކެވެ. ބޯވަނީ ހޭވިފައެވެ. އަހަރެން ފެނުމާއި އެކު ދުވެފައި އައިސް އަހަރެންގެ ގައިގައި މިޝްކާ ބައްދާލިއެވެ. އަހަރެން ހުރީ އެކަހަލަ ކަމަކަށް ވިސްނައިގެން ނޫންކަމުން އަހަރެންގެ ހަށިގަނޑު ކުޑަވަގުތުކޮޅަކަށް ބެލެންސްއިން ނެއްޓިއެވެ. އަހަރެން ގޮސް ޖެހުނީ ފާރުގައެވެ. ޖެހުނުލެއް ބާރު ކަމުން އަހަރެންގެ ބުރަކަށްޓަކަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ނަމަވެސް މިޝްކާއަށް އެއްވެސް ވަރަކަށް ތަދު ނުވާނެކަން އަހަރެންނަށް އެގުނެވެ.
އަހަރެންނަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އަހަރެންގެ ގައިގައި ބައްދާލައިގެން މިޝްކާ ގިސްލަމުން ދިޔައެވެ. “މިޝް ކިހިނެއްވީ” އަހަރެންނަށް އެހެންވެސް ބުނެވުނީ ފަސްވަރަކަށް މިނެޓް ފަހުންނެވެ. ނަމަވެސް މިޝްކާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން މަޑުމަޑުން މިޝްކާގެ ބޮލުގައި ފިރުމާލީމެވެ. އަދި އޭނަ އަހަރެންނާއި ދުރުކޮށްލީމެވެ. މިޝްކާގެ މޫނުމައްޗަށް ވެރިފައިވާ އިސްތަށިތަށް އެއްފަރާތްކޮށްލަމުން އަހަރެން މިޝްކާގެ މޫނަށް ބަލާލީމެވެ. އަދި ހިނިތުންވެލީމެވެ. “މިތަނުގައިތަ ތިބެނީ” މިޝްކާގެ މޫނަށް ބަލާލަމުން އަހަރެން ބުނެލީމެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުން ފެނިގެންދިޔައީ ވަރުބަލި ކަމެވެ. އެހީއަށް ބޭނުންވެގެން ތެޅި ފޮޅޭތަނެވެ. ފެނުން ފުރި ބަންޑުންވަމުންދަ ކޯރެއް ފަދައިން މިޝްކާގެ ލޮލުން ކަރުނަ އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. “މިޝް އަހަރެން މިހުރީ އައިސް އެއްނުން… ދެން ހުއްޓާލަބަލަ…. ވީގޮތެއް ކިޔައިދީބަލަ.. ޕްލީޒް..” އަހަރެން މިޝްކާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެލަމުން ބުނެލީމެވެ. “ތެން….ކް….ސް” ވަރަށް މަސައްކަތުން ބުނެލާ ގޮތަށް މިޝްކާ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. މިޝްކާ ހަމަޖެހިލުމަށްޓަކައި ވަރަށް ފުން ނޭވާއެއްލިއެވެ. އަދި އަހަރެންގެ އަތުގައ ހިފަހައްޓާލައިގެން އެޕާޓްމެންޓް ތެރެއަށް ވަނެވެ.
އެޕާޓްމެންޓްއަކީ ރީތި އެޕާޓްމެންޓްއެކެވެ. އެގޭގައި ހުރި ފަރުނީޗަރަކީ އެންމެ މިޒަމާނުގެ ފަރުނީޗަރެވެ. ބާލާބެލުމަށް މުއްސަދިކަމަށް ދައްކައެވެ. ނަމަވެސް މިޝްކާ އަދި އޭނަގެ ދޮންބެ އަކީވެސް އެއްވެސް މަސައްކަތެއް ކުރާ މީހެއްނޫނެކެވެ. އަހަރެން ސޯފާގައި އިށީދެލީމެވެ. މިޝްކާ އަހަރެންނާއި ޖެހިގެން އިށީދެލިއެވެ. އަހަރެން މިޝްކާގެ މޫނަށް ބަލާލީމެވެ. މިޝްކާގެ ރީތި މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. ދެލޯވަނީ ދުޅަވެފައެވެ. ވަރަށް ގިނައިރު ރޮއިފަހުރިކަން އެގިގެންދިޔައެވެ. އެވަގުތު އަހަރެންނަށް މިޝްކާގެ އަތުގައި ހުރި ވަކިއަޅާފައިހުރިތަށް ފެނިގެންދިޔައެވެ. ދެއަތުގައިވެސް ހުރި ވަކިއަޅާފައިހުރި ތަނުން ލޭގެ ނިޝާން ފެންނަން ހުއްޓެވެ. އަހަރެން މަޑުމަޑުން މިޝްކާގެ އަތުގައި ހިފާލީމެވެ. އަދި މިޝްކާގެ މޫނަށް ބަލާލީ ސުވާލު ނުކުރަންވެގެންނެވެ. މިޝްކާގެ މޫނު މަތިންފެނިގެންދިޔައީ ހިތިހިނިތުންވުމެކެވެ. އަދި އެއްއަތުން އަނެއްއަތުގައި ވަކިއަޅާފައިހުރި ތަނުގައި ހިފަހައްޓާލިއެވެ. “އައި ޓްރައި ޝާމް.. ބަޓް…” އަނެއްކާވެސް މިޝްކާ ރޯންފެށިއެވެ. އަހަރެންނަށް މިޝްކާ ބުނަން އުޅުނު އެއްޗެއް ނޭގުނެވެ. ނަމަވެސް އަހަރެން މިޝްކާގެ ބޮލުގައި އަނެއްކާވެސް ފިރުމާލީމެވެ.
އަހަރެންގެ ފިރުމާލުމާއި އެކު މިޝްކާ އަދި މާބޮޑަށް ރޯންފެށިއެވެ. އެހެންކަމުން އަހަރެންނަށް އިތުރަށް އޭނަގެ ގައިގައި އަތްލާކަށް ނުކެރުނެވެ. ބައެއް އަންހެންކުދިންނަކީ ހާދަ ދެން ކަންދައްކާ ކުދިންނޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދުވަހަކުވެސް މަލިކާ ރޯ މަންޒަރެއް ނުދެކެވެ. ނަމަވެސް މަލިކާވެސް ރުޅި އަންނާނެތާއެވެ. އެކަމަކު އަހަރުމެން ދެމީހުން ރައްޓެހިވެގެން އުޅުނު އިރު އޭނަ ރުއި ހަނދާނެއް އަހަރެން ނުވެއެވެ. ހަމަގައިމުވެސް އަހަރެންގެ ކުރިމަތީގައި ނުރޮއެވެ. އެގޮތަށް ދިހަވަރަކަށް މިނެޓް ނިމިގެންދިޔައެވެ. އޭގެއިރުކޮޅެއް ފަހުން އަނެއްކާވެސް މިޝްކާ މަޑުމަޑުން ހަމަޔަކަށް އެޅެން މަސައްކަތް ކުރަން ފެށިއެވެ. އޭނަގެ އަތުން ބޯ އޮމާން ކޮއްލިއެވެ. އަދި އަތުގެ ނުފުށުން ދެލޯ ފުހެލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލެވޭތޯ މަސައްކަތް ކުރިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. “ނައު އޯކޭ” އަހަރެން އަހާލީމެވެ. އަދި ތެދުވެ ތަންކޮޅެއް ދުރުގައި ހުރި ފުރިޖް ހުޅުވާލީމެވެ. އަދި ފެންފުޅިއެއް ގެނެސް މިޝްކާއަށް ދިއްކޮށްލީމެވެ. މިޝްކާ ފެންފޮދެއް ބޯލިއެވެ. އަހަރެން އަނެއްކާވެސް މިޝްކާގެ ކައިރީގައި އިށީދެލީމެވެ. ”
ކިހިނެއްވީ މިޝް” އަހަރެން އަހާލީމެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ” އަހަރެން … ވަރަށް ވިސްނިން މިއަދު …. ޝާމް ދެއްކި ވާހަކަ އާއި ..ދޭތެރޭގައި… ގެއަށް އައިގޮތަށް އަހަރެން ވިސްނީ އެކަމާ… ގަޑިތަށް ދިޔަގޮތެއްވެސް ނޭނގޭ… މިރޭ މިގެއަށް ދައުވަތު ދީފަ ތިބި މީހުން އައީ އަހަރެން ރެޑީ ނުވެ ހުއްޓާ… އަހަރެން ވަރަށް ރީއްޗަށް ބުނިން މިރޭއަކު ނޫންދޯއޭ…. އެމީހުން އަހަރެންގެ ވާހަކަ އަޑެއް ނޭހި…” މިޝްކާ އުދަގުލުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް ވީގޮތް އެގުނެވެ. މިޝްކާ އެކަމަށް އެއްބަސް ނުވުމުންވެސް އެމީހުން އެމީހުންގެ އަރާމް ހޯދީއެވެ. އަހަރެން މިޝްކާގެ އަތުގައި ހިފާލީމެވެ. އަހަރެން އެހީވާނެމޭ ބުނާކަހަލަ ގޮތަކަށެވެ. “އެހެން ހުރިހާ ފިރިހެނުންގެ ކިބައިން އަހަރެންނަށް ފެންނަނީ އަމިއްލަ އެދުން… އެކަމަކު ޝާމް އެގޮތެއް ނޫން” މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަމުން ބުނެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. “އަހަރެންނަށް އެނގޭ ޝާމް ތިއީ މިގޮތަށް އުޅޭ މީހެއް ނޫން… އެކަމަކު ތެންކްސް ފޮ ކަމިން…” މިޝްކާ ބުނެލިއެވެ. އަހަރެން އަނެއްކާވެސް ހީލީމެވެ. “މިހާރު އެކަންތަށް ނިމުނީނުން… ދެން ނިދާލާ މިރޭ… ފަހުން ވާހަކަ ދައްކާނީ” އަހަރެން ބުނެލީމެވެ. އެވަގުތު މިޝްކާ އަހަރެންގެ އަތް ހިއްލާލަމުން އަހަރެންގެ ފައިމަތީގައި ބޯއަޅާލިއެވެ. “އޯކޭތަ” އަހަރެންގެ މޫނަށް ބަލާލަމުން މިޝްކާ އަހާލިއެވެ. އަހަރެންނަށް ހެވުނެވެ. އޮށޯވެފަ ދެން އޯކޭތޯ ބަލަނީ ކީއްކުރަން ހެއްޔެވެ. އަހަރެން ބޯޖަހާލީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި އެއީ ކުރުން ރަނގަޅު ކަމެއް ނޫނެކޭ ބުނަމުން ދިޔައެވެ.
މިޝްކާ ލޯމަރާލައިގެން އޮތް އިރު އަހަރެން ބެލެމުންދިޔައީ މިޝްކާގެ މޫނަށެވެ. އެމޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. މިއީ ކޮންކަހަލަ އަންހެން ކުއްޖެއްހެއްޔެވެ. އޭނަ އަހަރެން ބުނުމުން އެހުރިހާ ކަމަކާއި ވިސްނަންވީ ކީއްވެ ހެއްޔެވެ.. އަހަރެން މީއީ އޭނަގެ ކާކު ބާއެވެ. މިއީ އަހަރެންގެ ކާކުބާއެވެ. އަހަރެންނަށް މިޝްކާ އާއި ދޭތެރޭގައި ވިސްނެނީ ކީއްވެ ބާއެވެ. އަހަރެންނަށް މިޝްކާ ކޮންމެ ގޮތަކަށް އުޅުނަސް ކީއްހެއްޔެވެ. މިގޮތަށް މީގެ ކުރިން ކިތައް ކުދިންނާއި އަހަރެންނާއި ދިމާވެފައި ވޭ ހެއްޔެވެ… މިގޮތަށް އަހަރެން މީހަކާއި ދޭތެރޭގައި ވިސްނާފައެއް ނުއޮންނާނެއެވެ. “ޝާމްއަށް އެގޭނެ މި މިޝަންގައި އުޅޭއިރުގައި އެކިކަހަލަ މީހުންނާއި ދިމާވާނެކަން…. އެހުރިހާ ކަމަކަށް ޝާމް ޖެހޭނެ ރެޑީވާން… އަދި އަމުދުން އިމޯޝަނަލީ ވަރަށް ބޮޑަށް ރެޑީވާން” އަހަރެންގެ ސިކުނޑި ދަތުރު ކޮށްފަ ދިޔައީ މީގެ ތިންއަހަރު ކުރިއަށެވެ. ޑޮކްޓަރ ކަމާލް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ކަމޯން ޑޮކް… އިމޯޝަނަލީ.. އެވެސް ޝާމް..” ފާރިޝް އަހަރެންގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ. “ވެރީ ފަނީ” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން އެއްބުމަ އަރުވާލަމުން ބުނެލީމެވެ. އަހަރެންނަކީ އޭރުވެސް އެހެންމީހުންނާއި ބަލާފައި މާއަވަހަށް އިމޯޝަން ވާ މީހެއްކަން އަބަދުވެސް އެންމެންނަށް އެގެއެވެ.
“ރިޔަލީ ޝާމް… ޝާމް ނުވިސްނާ ނަގާ އެންމެ ޑިސިޝަންއަކުންވެސް ވަރަށް ބޮޑު ކަންތަކާއި ކުރިމަތިލާން ޖެހިދާނެ” ޑޮކްޓަރ ކަމާލް އަހަރެންނާއި ދިމާލަށް ބަލާލަމުން ސީރިއަސް ކަމާއި އެކު ބުނެލިއެވެ. “ހުރިހާ ސިޗުއޭޝަންއަކަށް ރެޑީވަން ޖެހޭނެ… ހުރިހާ” ކަމާލް އަހަރެންނަށް ނަސޭހަތްދެމުން ބުނެލިއެވެ. “ޑޮކް އަހަރެންވެސް ބުނީމޭ ބައިވަރު އަންހެން ކުދިންނާއި ދިމާވާނެއޭ ޝާމްއާއި ދޯ… ވަރަށް ނައިސް ކުދިންނާއި” އަހަރެންގެ ކޮނޑުގައި ޖެހިލަމުން އަނެއްކާވެސް ފާރިޝް ބުނެލިއެވެ. ޑޮކްޓަރ ކަމާލްއަކީ ފާރިޝްގެ ކަންތަކާއި ހަވާލު ހުންނަ ވެރިޔާއެވެ. ނަމަވެސް ފާރިޝް ކޮންމެ މީހަކު ހުއްޓަވެސް ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެއެވެ. ކަމާލް ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. ޑޮކްޓަރ އާއި އެކު އެދުވަހުގެ ޓްރެނިން ނިންމާފައި އަހަރެންނާއި ފާރިޝް ނިކުތީމެވެ. “އޭ އަސްލުވެސް ވަރަށް ނައިސް ބިޓުންނާއި ދިމާވާނެ ދޯ… އަހަރެން ހިތަށް އަރާ އަހަރެންނަށް ތިކަހަލަ ފުރުސަތެއް ލިބޭނެނަމައޭ…” ފާރިޝް އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. “މީހަކު ހަމަފެނިލާ އިރަށް އަހރެންނަށް ފާރިޝްއަށް ވާވަރެއް ނުވާނެ އިނގޭ” އަހަރެން ބުނެލީމެވެ. “އަހަރެން ލޯބިވަނީ ހަމައެކަނި މަލިކާ ދެކެ… އަހަރެންނަށް އެހެން މީހެއްދެކެ ލޯތްބެއް ނުވެވޭނެ” އަހަރެން ކުރިއަށް ދަމުން ބުނެލީމެވެ. “ކަމޯން ޝާމް… ތިހެން ނުބުނޭ… މިއުޅޭ ގްރޫޕްގެ ކުދިންނަކީ ނުލާހިކު މޮޅަށް މީހުން މެނިޕިއުލޭޓް ކުރާ ބައެއް… މީހެއްގެ މޮޅު ސްޓޯރީގައި ޝާމް ޖެހިގެން ހަމަ ލޯބިވެސް ވެވިދާނެ އެއްނުން… އެހެންނޫނަސް ހާދަ ރީތި ކުދިން އުޅޭނެއޭ… އަނެއްގޮތަށްވެސް ބޭނުންކޮށްލެވޭނެ” ފާރިޝްގެ ވާހަކަ ދާން އުޅެނީ ކޮންމައުލޫއަކަށްކަން އަހަރެން އެގުނީ އެހާ ހިސާބުންނެވެ… އެހެންކަމުން ފާރިޝްގެ ކޮޑުގައި ވަރުގަދަ އެތިފަހަރެއް އަހަރެން އަޅައިފީމެވެ.
އަހަރެން ސިހިގެންދިޔައީ އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށެވެ. އޭރު ގަޑިން ފަތިހު 4:30 ވެއްޖެއެވެ. މިޝްކާ އޭރުވެސް އޮތީ އަހަރެންގެ ފައިމަތީގައި ބޯއަޅާލައިގެން ސޯފާގައެވެ. ރީތިކޮށް ނިދާލާފައެވެ. އަހަރެން ދޮރާއި ދިމާލަށް ބަލާލީމެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ޖާނުންވަރުގަދަ ފިރިހެނެކެވެ. އެތަނުގައިވާ ފަޑުއަލިން އެމީހާ ފެންނަނީ ބިރުވެރިގޮތަކަށެވެ. މަޑުމަޑުން އެމީހާ އަހަރުމެންނާއި ދިމާލަށް އަންނަން ފެށިއެވެ. އަހަރެން ތެދުވަން ބޭނުންވިއެވެ. ނަމަވެސް މިޝްކާ ހޭލަފާނެތީ އަހަރެންނަށް ހަރަކާތެއް ނުގެނެވުނެވެ. އެމީހާ އަހަރެންނާއި ވަރަށް ކައިރިއަށް އައިސްފައި މަޑުކޮއްލިއެވެ. އަދި ނިދާފައި އޮތް މިޝްކާއި ދިމާލަށް ބަލާލިއެވެ. އެމީހާ އަކީ އަހަރެން ގޮތަށް ބޯދިގު ކޮށްލާފައިވާ ޒުވާނެކެވެ. “ކާކު ތީ” ބަރު އަޑަކުން އެމީހާ އަހާލިއެވެ. އޭރުވެސް އެމީހާއަށް ކޮޅަށް ރަނގަޅަށް ނުހުރެވެއެވެ. އެމީހާ އަނގަ ހުޅުވާލުމާއި އެކު ރާވަސް އަހަރެންގެ ނޭފަތުގައި ޖެހުނެވެ. “ތިއީ ކާކުހޭ” އަހަރެންނާއި ދިމާލަށް ގުދުވެލަމުން އެމީހާ ހަޅޭލަވައިގަތެވެ. އަހަރެންގެ ކަންފަތްވެސް ހީވީ ފަޅައިގެން ދިޔަހެންނެވެ. ނިދާފައި އޮތް މިޝްކާއަށް ސިހިފައި ހޭލެވުނެވެ. އަދި އަވަހަށް އަހަރެންގެ ފައިމަތިން ތެދުވިއެވެ. “ދޮންބެ” މިޝްކާ ގޮވާލިއެވެ. އަދި ކޮޅަށް ތެދުވިއެވެ. “މިޝްކާ މިއީ ކާކު” އަހަރެން ޖަވާބެއް ނުދިނުމުން މިޝްކާއި ދިމާލަށް ބަލާލަމުން އަނެއްކާވެސް އެމީހާ ހަޅޭލަވައިގަތެވެ.
“ދޮންބެ… މިއީ… ޝާމް.. މާޒިންގެ ގްރޫޕް މީހެއް… ޝާމް މިއީ އަހަރެންގެ ދޮންބެ… އަޔާޒް” މިޝްކާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އަހަރެންގެ ނަން ބުނުމާއި އެކު އަޔާޒް އަހަރެންނާއި ދިމާލަށް ބަލާލީ ބިރެއް ފެނިގެން ބަލާލާ ގޮތަށެވެ… ” މިޝްކާ ހަމަމިހާރު އެތެރެއަށް ދޭ…. މީގެ ފަހުން މި މީހާއާއި މިޝްކާ ބައްދަލު ކޮށްގެންނުވާނެ.. ހަނދާން ކުރާތި” އަޔާޒް އަނެއްކާވެސް ހަޅޭލަވައިގަތެވެ. އަހަރެން ހައިރާން ވިއެވެ. އަޔާޒް އަހަރެން ދެކެ ރުޅި އަންނަންވީ ސަބަބެއް އަހަރެންނަކަށް ނޭގެއެވެ. “ދޮންބެ…” މިޝްކާ ބުނަން އުޅުނު ޖުމްލަ ނިންމާލަދިނީ އަޔާޒްގެ ހޫނު އަތްތިލައިން މިޝްކާގެ މޫނުމައްޗަށެވެ. އަހަރެންނަށް ދެތުވެވުނެވެ. އެވަގުތު މިޝްކާގެ އަނގައިން އާހެއްގެ އަޑު ބޭރުވިއެވެ. “އަހަރެން ކުރިންވެސް ބުނީމެއްނުން… މިކަހަލަ ކަމެއްގައި އުޅޭއިރު އިތުރު ގުޅުމެއް އެއްވެސް މީހަކާއި ނުބާވައްޗޭ… ހަހަމިހާރު އެތެރެއަށްދޭ” އަޔާޒްގެ އަޑަށް އެއްވެސް ތަފާތެއް ނާދެއެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. “ހަނދާން ކުރާތި ކަލޭގެ މަޅީމައި މަގޭ ކޮއްކޮ ޖައްސަން ހިތަށްވެސް ނާރުވާތި… އެހެންނޫނީ މާރަނގަޅެއް ނުވާނެ” ބޮއި އަމަލުވެފައި ހުއްޓަސް އަޔާޒް އަހަރެނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެން އެއްޗެކޭ ބުނަން އުޅެފަވެސް ނުބުނެ އެތަނުން ނިކުންނަން ހިގައިގަތީމެވެ. “ހީނުކުއްޗޭ މާޒިންއަށް ކަލޭ އޮޅުވާލެވުނަސް އަހަރެންނަށް އޮޅުވާލެވޭނެއޭ…” އަޔާޒް ބުނި ޖުމްލައިން އަހަރެންނަށް ހުއްޓުން އެރިއެވެ. ނަމަވެސް އިތުރަށް މަޑުނުކޮށް އަވަހަށް އެތަނުން ނިކުތީމެވެ. އަދި ލެވުނުހާ ބާރެއް ލާފައި އެ އެޕާޓްމެންޓްގެ ދޮރުފަތް ލައްޕާލީމެވެ.
އަހަރެންގެ ހިތްހަމަ ނުޖެހުނީ އަހަރެން އޭނަގެ ކޮއްކޮ މަޅީގައި ޖައްސާ ވާހަކަ ބުނީމައެވެ. އަހަރެން އޭނަގެ ކޮއްކޮ މަޅީގައި ޖައްސަންވީ ކީއްކުރަންހެއްޔެވެ. އަހަރެންނަށް ދަންވަރު ގުޅީ އޭނައެވެ. އަހަރެންގެ ކުރިމަތީގައި ހުރެ ރުއީ އޭނައެވެ. އަހަރެން ކަމެއް ނުކުރިކަންވެސް ނަސީބުތާއެވެ. އެހެންމީހަކު ނަމަ… އަހަރެންގެ ހިތުން އަޔާޒްއާއި ދިމާލަށް އެއްޗެހި ގޮވަމުންދިޔައެވެ. އެންމެ ފަހުން އަހަރެންނާއި ދިމާލަށް އެބުނީ ކީކޭހެއްޔެވެ. އަހަރެން މާޒިންއަށް ކޮންކަމެއް އޮޅުވަލި ވާހަކައެއް ހެއްޔެވެ.. އަޔާޒްއަށް އަހަރެން ކަމެއް އޮޅުވާލިކަން އެގެންވީ ކިހިނެއްހެއްޔެވެ… އަހަރެންގެ ސިކުނޑިއަށް އިތުރުވެގެންދިޔައީ ވިސްނަން ޖެހޭ އާ ކަންތައްތަކެވެ. އެތަށް ކަމަކާއި ވިސްނަން ޖެހުމުން ސިކުނޑި އަސްލަށްވެސް ފަޅައިގެން ދާއުޅޭކަހަލަ އިހްސާސްއެއް އަހަރެންނަށް ކުރެވެމުންދިޔައެވެ. އަހަރެން އަވަހަށްގޮސް ސައިކަލަށްއަރާ ސްޓާޓް ކޮއްލީމެވެ.
ކޮޓަރިއަށްގޮސް ހެނދުނުގެ ކަންތަކަށް ރެޑީވެލަން ބޭނުންވިއެވެ. ރޭގަނޑުގެ ނިދި ރަނގަޅަށް ނުލިބުމުގެ ސަބަބުން ބޮލަށް ހުރީ ބަރުވެފައެވެ. ކޮޓަރިއަށް ވަދެ ހަމަނުޖެހެނީސް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. ދޮރުހުޅުވާލި އިރުގައި ކުރިމަތީގައި ހުރީ މާޒިންއެވެ. އޭރުވެސް ރަނގަޅަށް ކޮޅަށް ނުހުރެވެއެވެ. އަހަރެން މާޒިންގެ އަތުގައި ހިފަހައްޓާލީމެވެ. “ހޭ މާޒިން ކިހިނެއްވީ… މާގަދައަށް ޖައްސައިގެން ތިއުޅެނީ” މާޒިންއަކީ އާއްމުކޮށް ޖައްސައިގެން ހުރެ ބޭރުތެރޭގައި އުޅޭމީހެއްނޫނެކެވެ. އެހެންކަމުން އަހަރެންނަށް އަހާލެވުނެވެ. މާޒިންގެ އަތުގައި ހިފަހައްޓާލައިގެން އަހަރެން އޭނަ އެތެރެއަށް ވެއްދުމަށްފަހު އެނދުމަތީގައި ބޭންދީމެވެ. އަދި ދޮރުލެއްޕުމަށްފަހު މާޒިން ކައިރީގައި އިށީދެލީމެވެ. “މާޒިން” އަހަރެން މާޒިންއަށް ގޮވާލީމެވެ. “އެމީހުންނަށް އެހާ ގިނަ ދަރިން ނުބެލޭކަމަށް ވަންޏާމު ދަރިން ހޯދަނީ ކީއްކުރަން” މާޒިން މަސްތުންވެފައިވާ ހާލުގައި ވާހަކަދައްކަން ފެށިއެވެ. “މާޒިން” އަހަރެން އަނެއްކާވެސް މާޒިންއަށް ގޮވާލީމެވެ. “ކޮންމެ މީހަކުވެސް ބުނާނެ މަށޭ ގޯހީ… އެމީހުންގެ ގޯސްކަމެއް އެއްވެސް ބަޔަކަށް ނުފެންނާނެ” މާޒިންގެ އަޑުގައި އެކުލެވިގެންވާ ރުޅިވެރިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “އަހަރެންނަށް އޯކޭ އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް… އެކަމަކު ކޮއްކޮމެންނަށް އެމީހުން ބޭނުން ގޮތެއް ނެހެދޭނެ” މާޒިން ދައްކަމުންދިޔަ ވާހަކަތަކުން އަހަރެންނަށް ނަގާނެ މާނައެއް ނޭގުނެވެ. “ކާކު…. ކިހިނެއް ހެދީތަ…” އަހަރެން އަހާލީމެވެ.
” މަގޭ މަންމައޭ ކިޔާ މީހާ…. އެމީހުންނަށް ނުވަ ކުދިން ނުބެލޭއިރު ކީއްކުރަން ހޯދީ… އަހަރެން މިގޮތަށް އުޅޭތީ އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔާފަ… އެހެން ކުދިންނާއި ދިމާލަށް އެއްޗެހި ނުކިޔާ ނަމަވެސް އޯކޭއޭ” މާޒިން ހުރީ ވަރަށް ރުޅިގަދަވެފައެވެ. “އެންމެ ފުރަތަމަ އަހަރެން މިދިމާލަށް ދާންވެސް ޖެހުނީ އެމީހުންނާއި ހެދި… އަހަރެންގެ ކޮއްކޮމެންނަށް ކާން ނުދީ.. އެމީހުން ބޭނުން ގޮތަކަށް އުޅުނަސް.. އަހަރެން ފުރަތަމަ ވައްކަން ކުރީވެސް އެމީހުން އަހަރެންނަށް ހުރިހާ އެއްޗެއް ހޯދާނުދިނީމަ” މާޒިން ވާހަކަ ދެއްކިއެވެ. “އަހަރެން އެދުވަހު އެފިހާރައިން އެގޮތަށް ނަގާކަށް ނުޖެހުނީސް ކަންނޭނގޭ އެމީހުން އަހަރެންނަށް އެއްޗެހި ދޭނަމަކައެއް… ކޮއްކޮމެން އެންމެން ނުކައި ތިބީ… އަހަރެންނަށް ކެތް ނުކުރެވުނީ… ” މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޑޫ ޔޫ ހޭވް އަ ޑްރިންކް” މާޒިން އަހާލިއެވެ. އަހަރެން މާޒިންއަށް އިތުރަށް އެއްޗެއް ދޭކަން ބޭނުމެއް ނުވިއެވެ. “މިވަގުތު އެއްވެސް އެއްޗެއް ބޯނެ ކަމެއްނެތް… އެހަށް އަރާމް ކޮށްލާ” އަހަރެން އުޅުނީ މާޒިން އެނދުގައި ބޭއްވޭތޯއެވެ. “ދީބަލަ މަށަށް އެއްޗެއް” އަހަރެން އަތް ފޮޅާލަމުން މާޒިން ތެދުވަން އުޅުނެވެ. “ކަމޯން މާޒިން… ހަމަޖެހިބަލަ” އަހަރެން އަނެއްކާވެސް މާޒިން ގައިގައި ހިފެހެއްޓީމެވެ. “ކިހާބޮޑުކަމެއްތަ… ކަލޭތީ މަގޭ… އަނބިމީހާތަ… ދުރަށްޖެހޭ… އެހެންނޫނީ” ވާހަކަ އެހާހިސާބަށް ދިއުމާއި އެކު އަހަރެން މާޒިންގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހީމެވެ. މާޒިން އެނދުމައްޗަށް ވެއްޓުނެވެ. އަހަރެންނަށް ޖެހުނު ގޮތުން އަސްލު އަހަރެންގެ އަތަށްވެސް ތަދުވިއެވެ. އެކަމަކު އެވަގުތު މާޒިން މައިތިރި ކުރުވުން އަހަރެންނަށް މާމުހިއްމުވިއެވެ. އަހަރެން މާޒިން ދެކެނީ އެކުވެރިއެއްގޮތަށެވެ. މާޒިންއަށް ގެއްލުމެއް ލިބޭކަން އަހަރެން ނޭދެމެވެ. ނަމަވެސް އަހަރެން މިހުރިހާ ކަމެއް އެންމެންގެ ކުރިމައްޗަށް ގެންނަ ދުވަހަކުން މާޒިންވެސް ބެދޭނެއެވެ. އެދުވަހަކުން މާޒިން ސަލާމަތެއް ނުކުރެވޭނެއެވެ.
އަހަރެން މާޒިން ކައިރީގައި އެނދުގައި އިށީދެލީމެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލީމެވެ. އަހަރެން ކުރަން މިއުޅެނީ ރަނގަޅު ކަމެއް ހެއްޔެވެ. މީގެން އަހަރެންނަށް ވާނެ ފައިދާއަކީ ކޮބާ ހެއްޔެވެ… އެތަށްކަމަކާއި އަހަރެންގެ ސިކުނޑި ވިސްނަމުން ދިޔައެވެ. ހިތް ބައެއް ކަންތައްތަކުގައި ސިކުނޑިއާއި ދެބަސްވި ނަމަވެސް އަނެއްބައި ކަންތައްތަކުގައި އެއްބަސްވެސް ވެއެވެ. “އެކުވެރިންނަކީ އަބަދުވެސް ކޮންބައެއްކަން ޝާމް ހަދާން ކުރަންޖެހޭނެ” އަހަރެންގެ ސިކުނޑި އަހަރެން ގެންދިޔައީ މީގެ ތިން އަހަރު ކުރިއަށެވެ. “ޔަ ކޮންމެ ކޮންމެ މީހަކީ އެކުވެރިއެއްކަމަށް ދެކިގެން ނުވާނެ” ހާނިމްސަރގެ ވާހަކައަށް ތާއީދުކުރަމުން އާދިލްސަރ ވާހަކަ ދެއްކިއެވެ. އެދުވަހަކީވެސް އަހަރެންގެ ޓްރެނިންގެ ދުވަހެކެވެ. “އަދި ހަމައެގޮތަށް ކޮންމެ ކޮންމެ މީހަކަށް އިތުބާރުކޮށްގެން ވެސް ނުވާނެ” ފާރިޝްވެސް އެވާހަކައިގައި ބައިވެރިވެލިއެވެ. “ސޯ މެއިންލީ ތިބުނަނީ މިރޫމް ތެރޭގައި ތިބި މީހުން ނޫނީ އެހެން އެހެން އެކުވެރިންއެއް މަގޭ ނުތިބޭނެއޭ އެންޑް މަށަށް މި މީހުން ނޫން އެހެން ބަޔަށް ޓްރަސްޓްއެއްވެސް ނުކުރެވޭނެއޭ” އަހަރެން އެމީހުންނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލީމެވެ. “އަސްލު މިކަހަލަ ކަމެއްގައި އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވާނެ” އާދިލްސަރ އެންމެންގެ މޫނަށް ވަކިވަކިން ބަލާލާފައި ބުނެލިއެވެ. “ކޮންމެ ގޮތަކަށްވިޔަސް އަހަރެންނަށް ތިއެންމެންނަށް އިތުބާރު ކުރެވޭނެއެއްނުންދޯ” އަހަރެން ބުނެލީމެވެ. އެއްވެސް މީހެއް ޖަވާބެއް ނުދިނެވެ. ނަމަވެސް ކޮންމެ މީހެއްވެސް ރައްދު ކޮއްލީ ހިނިތުންވުމެކެވެ. “ކަމޯން… އައި އޭމް ޕުޓިން މައި ލައިފް އިން ޑޭޖާރ.. ނޮޓް އޮންލީ މައި ލައިފް… މައި ލަވްޑް ވަންސް ޓޫ ސޯ އައި ނީޑް ޓު ނޯ ވެދަރ އައި ކޭން ޓްރަސްޓް ޔޫ ގައިސް އޯ ނޮޓް” އަހަރެން ބޭނުންވާ ޖަވާބަކީ އެމީހުންގެ ހިނިތުންވުމެއް ނޫނެކެވެ. ނަމަވެސް އެމީހުންގެ އަނގައިން އަހަރެންނަށް ކަމެއްވެއްޖެނަމަ ހުރިހާ އެހީއެއް ފޯރުކޮށްދޭނެ ވާހަކަ ބުނުމެވެ. “އޮފް ކޯޒް ޔޫ ކޭން ޓްރަސްޓް މީ” ފާރިޝް ބުނެލިއެވެ. އަހަރެން ހީލީމެވެ. އެކަކު ނަމަވެސް އެހެންބުނެލާ އަޑުއެހުން އެއީ އަހަރެން ބޭނުންވި ގޮތެވެ. “ސޯ އެހެންމީހުން ޝާމްގެ ބޯ ކެޔަ ނުދޭތި… ޔޫ ހޭވްޓް ބީ ސްޓްރޯގް އެންޑް ކޮންފިޑެންޓް” އާދިލްސަރ ބުނެލިއެވެ. އަހަރެން ހީލީމެވެ.
އަހަރެން ސިހިގެން ދިޔައީ މާޒިން ތެދުވީމައެވެ. “ބްރޯ ހައު” އަހަރެން އަހާލީމެވެ. މާޒިން ދެތުވީ ބޮލުގައި ހިފަހައްޓާލައިގެންނެވެ. “ވަޓް ހެޕެން” އޭނަގެ ބޮލުގައި ރިއްސަނީ ކަންނޭގެއެވެ. ކަމެއްވީކަމެއްވެސް މާޒިން ހަނދާން ނެތެވެ. “ތިހެންދޯ މަވެސް އަހަންވީ… ވަޓް ހެޕެންއޭ… މިތަނަށް އައިއިރުގައި މީހާ ހުރީ އުދުހި އުދުހި… އަހަރެންޖެހުނީ ޖަހާ ތިރިކުރަން” އައިސް އަލަމާރިން ބިޔަރު ދަޅެއް ނަގާ މާޒިން އަތަށް ދެމުން އަހަރެން ބުނެލީމެވެ. “އަސްލު… އައި ޑޯންޓް ރިމެންމާ އެނީތިން” މާޒިން ދަޅު ކަނޑާ ބޯލަމުން ބުނެލިއެވެ. “ކޮންކަމެއް ހަނދާން ހުރީ” އަހަރެންވެސް ދަޅެއް ހިފައިގެން މާޒިން ކައިރީގައި އިށީނީމެވެ. “ގެއަށް ދިޔަ ހަނދާންވޭ… މަންމަ މިންހާ ގައިގައި ޖެހި ހަނދާންވޭ… މަންމައާއި ދިމާލަށް ހަޅޭލެވި ހަނދާންވޭ…. ދެން ނޭނގޭ..” ވިސްނަން އިދެ ކިޔާދޭގޮތަށް މާޒިން ކިޔައިދިނެވެ. މިންހާ އަކީ މާޒިންގެ ކޮއްކޮއެވެ. “އަހަރެން މަންމައާއި ދިމާލަށް އެއްޗެހި ކިޔާފަ ގޮސް ވަރަށް ގަދައަށް ޖެއްސީ” މާޒިން ކިޔައިދިނެވެ. “މޭން އަސްލު ސުވާލެއް ކޮއްލަންތަ…” މާޒިންގެ މޫނަށް ބަލާލަމުން އަހަރެން އަހާލީމެވެ. “ޔަ ޝުއަރ” ބިޔަރުން އެތިފޮދެއް ބޯލަމުން މާޒިން ބުނެލިއެވެ. “އަސްލު ކިހިނެއް މާޒިން… މިބުނީ ތިކަހަލަ.. މީހަކަށްވީ” މާޒިންގެ ގަޔަށް ބަލާލަމުން އަހަރެން ބުނީމެވެ. “ލޯންގް ސްޓޯރީ…” މާޒިން އަނެއްކާވެސް ދަޅުން ކޯވަރެއް ބޯލިއެވެ. “ޓެލްމީ… ވީ ހޭވް ހޯލް ޑޭ” އަހަރެން ހުރީ މާޒިންގެ ވާހަކަތަށް އަޑުއަހާހިތުންނެވެ.
“އަސްލު އަހަރެންގެ ފެމެލީގަ އެގާރަ މީހުންތިބޭނެ… އަހަރެން މީ އެންމެ ބޮޑު.. ވަރަށް ކައިރީގައި މަންމަމެން ދަރިން ހޯދީ… އެކަމަކު ބައްޕައަކީ މުއްސަދި މީހެއް ނޫން..އަހަރެންގެ މަންމަގެ ކަމަކީ ދެއިރަށް ފުއްޖަހައިގެން މީހުންނަށް ދެއްކެއް ހިގުން…. މަންމައަށް އޯކޭ އަހަރުމެން ކޮންމެ ފަދަ ހާލެއްގައި އުޅުނަސް… މަންމައަށް އޯކޭވާނެ ދެއިރު ކާ ބޭހެއްހެން ބާޒާރަށް ދެވެނިކޮށް… އޭނަގެ އެކުވެރިންނަށް އޭނައަކީ އެންމެ މުއްސަދިމީހާކަމަށް ދެއްކެނިކޮށް…. އަހަރުމެން އެއްޗެއް ބޭނުންވެގެން ބުންޏަސް ހޯދައެއް ނުދެވޭ… ގިނަވަގުތު ތިބެނީ ކޮއްކޮމެންވެސް ނުކައި” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން އޭނަގެ ވާހަކަ ފެށިއެވެ. “ދެން” އެހާހިސާބުން މާޒިން ހުއްޓާލުމުން އަހަރެންނަށް އަހާލެވުނެވެ. މާޒިން ހިތި ގޮތަކަށް ހީލުމަށްފަހު އަނެއްކާވެސް ވާހަކަ ކުރިއަށްދާން ފެށިއެވެ. “ދުވަސް ކޮޅަކުން ބައްޕަވެސް މަރުވެއްޖެ… އަހަރެން އޭރު ކިޔަވަމުންދިޔައީ ގްރޭޑް 6ގަ… ބައްޕަ ދުނިޔޭގައި މަސައްކަތް ކޮށްގެން އަހަރުމެންނަށް ކިޔަވާދެވޭތޯ ބަލާނެ… ކާންދެވޭތޯ މަސައްކަތް ކުރާނެ.. މަންމައަކީ އެއްވެސް މަސައްކަތެއް ކުރާ މީހެއްނޫން… ކުރިންވެސް ބުނިހެން މަންމައަށް އެގޭނީ ބައްޕަގެންނަ ލާރިތަށް އެހެން ގޮތްގޮތަށް ހުސްކުރަން… ބާޒާރު ކުރުމާއި ރީތި އެއްޗެހިން މީހުންނަށް ފޮނި ދެއްކުން އެއީ އޭނައަށް ކުރަން އެގޭ ކަމަކީ” މާޒިން އަނެއްކާވެސް ވާހަކަ ހުއްޓާލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލަމުން ބިޔަރު ދަޅު ދައްކާލިއެވެ. އޭނަގެދަޅު ހުސްވީއެވެ. އަހަރެން ހިނިތުންވެލަމުން އެހެންދަޅެއް ދީފީމެވެ. “މާޒިން މިކަމުގެ ތެރެއަށްވަނީ ކިހިނެއްތަ ދެން” އަހަރެން ދަޅު ދިއްކޮށްލަމުން އަހާލިއެވެ. “އަހަރެންގެ ވާހަކަ އަޑުއަހަން ވަރަށް ބޭނުންވޭ ދޯ” މާޒިން ދަޅު ކަނޑާލަމުން ބުނެލިއެވެ. “ޔާ ވާނެތާ ދޯ… އަހަރެންގެ ހުރިހާ ވާހަކައެއް މާޒިންއަށް އެނގޭ… އަހަރެންވެސް ބޭނުންވާނެ ދޯ އެހެންމީހެއްގެ ވާހަކަ އަޑުއަހާހިތް” މާޒިންއަށް ޖަވާބު ދެމުން އަހަރެން އިށީދެލީމެވެ.
“އެކަން ވީގޮތަކީ އަހަރެން ފިހާރައަކަށް ދިޔައީ އެއްޗެއް ގަންނަވެގެން.. އޭރު އަހަރެންގެ އުމުރުން 18 ހަމަ ފުރުނީ… އަހަރެން ފިހާރައިން އެއްޗެއް ހިފައިގެން ހަނދާން ނެތިގެން ލާރި ނުދީ ދެވުނީ… އަސްލު އެއްގޮތަކަށްވެސް އަހަރެން ހަނދާން ނެތުނީ ލާރި ދައްކަން… އަހަރެން ގެއަށް އައިތާ އިރުކޮޅެއް ނުވެ ގެއަށް އައީ ޕޮލިހުން… އެއީ ވީގޮތަކީ… ވައްކަމުގެ ތުހުމަތުގައި ބަންދު ކުރީ..18 އަހަރު ފުރުނީމަ އެމީހުން ބޭނުންގޮތެއް ހެދޭނެތާދޯ” މާޒިން އަހަރެންނަށް ދޯ ދިނެވެ. އަހަރެން ހީލީމެވެ. “އެހެންކަމުން އެމީހުން އަހަރެން ގެންދިޔައީ… އަހަރެން ބުނިން ރުފިޔާވެސް އެމީހާއަށް ދީފާނަމޭ.. އެކަމަކު އެމީހާވެސް އެކަމަކަށް އެއްބަހެއް ނުވި ޔޯ ޕޮލިހުން ބުނީ.. އަހަރެންގެ އުފަން މަންމަ އަހަރެން ގެންދިޔައިރު އަހަރެންނާއި ދިމާލަށް ގޮވި އެއްޗެހި އެއީ ދުވަހަކުވެސް ހަނދާން ނެތޭނެ އެއްޗެއް ނޫން… ހުރިހާ ވައްތަރެއްގެ ޖަނަވާރެއްގެ ނަމުން އަހަރެންނާއި ދިމާލަށް ގޮވި… އެހުރިހާ ޕޮލިހުންނާއި މަންޒަރު ބަލަން އެއްވެސް ތިބި އެންމެންގެ ކުރިމަތީގައި މަންމަ ރީތި ގޮތުގައި އަހަރެން ލަދު ގަންނަވާލި” މާޒިން ދެވަނަ ދަޅު ހުސްކޮށްލިއެވެ. އަދި އެދަޅު އަތުން ފިއްތާލިއެވެ. އޭގެންވެސް މާޒިން ރުޅިގަދަވެފައިވާ ވަރު އަހަރެންނަށް އިހްސާސް ކުރެވުނެވެ. އަހަރެން އަނެއްކާވެސް ދަޅެއްނަގައި މާޒިންއަށް ދިނީމެވެ.
“ދެން އެމީހުން މާޒިން ޖަލަށްލީތަ” އަހަރެން ޝައުގުވެރިކަމާއި އެކު އަހާލީމެވެ. އެވަގުތު މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެބަލާލުމުގެ މާނަ ނަގާކަށް އަހަރެންނަކަށް ނޭނގުނެވެ. ” މާޒިން ކުޑަނަމަވެސް އެމީހުން އެއްވެސް ރަހުމެއް ނުބެހެއްޓި ދޯ” އެކަން އެގޭކަމަށް ނަހަދާ އަހަރެން އަހަރެން ދަޅުން ކޯވަރެއް ބޯލީމެވެ. “އެއީ ޕޮލިހުންނޭ… އެމީހުން ކޮން ރަހުމެއް ބަހައްޓާނީ… އަހަރެން ބުނިން އަހަރެން ވައްކަމެއް ނުކުރަމޭ… އަހަރެން ރުފިޔާވެސް ދީފާނަމޭ… އެކަމަކު އެމީހުން އެއްބަހެއްނުވި… އަހަރެންނަށް އެކިގޮތްގޮތުން އަނިޔާ ދޭންފެށި… އަހަރެންގެ މި އިނގިލިތަކުގެ ނިޔަފަތިތަށް ވަކިވަކިން ނެއްޓި” އެހެންބުނެލަމުން ކަނާއަތުގެ އިނގިލިތަށް ދައްކާލިއެވެ. އެއަތުގެ އިނގިލިތަކުގެ ނިޔަފަތި ދެވަނަ ފަހަރަށް ފެޅުމުން ކޮންމެވެސް ވަރަކަށް އައިބުކަމެއް ފެންނަން ހުއްޓެވެ. “އަހަރެން އެއްބަސް ނުވެގެން… އެމީހުން އެކިވަރުގެ އަނިޔާ ކުރި… އެންމެ ފަހުން އަހަރެންނަށް ކެތްނުވެގެން އެއްބަސްވީ… އަހަރެން އެކަން ކުރީ ވައްކަމެއްގެ ކުރުމުގެ ގޮތުގައި ކަމަށް އަހަރެން އެއްބަސްވީ” މާޒިންގެ އަޑުގައިވާ ރުޅިވެރިކަމުން އަހަރެންވެސް ބިރުގަނެއެވެ. މާޒިންއަށް އަހަރެންގެ ހަގީގަތް ނޭނގޭކަން ނަސީބެކެވެ… އެހެންނޫންނަމަ މިހާރު އަހަރެންގެ ބޮލާއި ހަށިގަނޑު ވަކިވާނެތާ ކޮންދުވަހެއް ހެއްޔެވެ. “އެމީހުން އަހަރެން ގެންގޮސް ޖަލަށްލީ 03 މަހަށް ހުކުމްކޮށްފައި… އެމީހުންނަށް ނޭނގުނީ އެމީހުން އަހަރެންނަށް ހުޅުވައިދެވުނު ދޮރުގެ އަދަދު… އެތަނުން އަހަރެންނާއި ދިމާވީ މިގްރޫޕްގެ ފަރާތުން ޖަލުގައި ހުންނަ މީހާއާއި… އޭނަ އަހަރެންނަށް ހުރިހާ އެއްޗެއް ދަސްކޮށްދިނީ… އަހަރެން އެތަނަށްވަނީ ވައްކަމުގެ ހުކުމުގައި… އެކަމަކު 01 މަސް ވެގެން އަހަރެން ނެރުނު އިރުގައި އެމީހުން ނެރުނީ ހުރިހާ ނުބައިކަމަކުން ޑިގްރީ ނަގައިގެން ހުރި މީހެއް…” ފަހުރުވެރިކަމާއި އެކު މާޒިން ބުނެލިއެވެ.
“ޖަލުގައިވެސް ގްރޫޕްމީހެއް ހުރޭތަ.. ތިއީ އަދި މަށަށް ނޭނގޭ ކަމެއް” އަހަރެން ބުނެލީމެވެ. “ހެހެހެ… ނޭނގޭނެ…އެކަކަށްވެސް ނޭނގޭނެ… އޭނައަކީ ޖަލުގައި ބަހައްޓައިގެން އަލަށް ޖަލަށްލާ ކުދިންނަށް ޓްރެނިން ދޭ މީހާ… އޭނަގެ ކަމަކީ ޖަލުން ނިކުންނައިރުގައި ހުރިހާ ކަމަކަށް ރެޑީކުރުން… އަހަރެން ޖަލަށްލީ 03 މަހަށް… އެކަމަކު އެއްމަސް ތެރޭގައި އެމީހާގެ މަސައްކަތުން އަހަރެން އެތަނުން ބޭރަށް ނިކުތީ… އެމީހާގެ މޮޅު ލޯޔަރުންގެ އެހީގައި… އޭގެފަހުން އަހަރެންނަކީ މިއީ… މިގޮތަށް އުޅޭ މީހެއް…” މާޒިން ބުނެލިއެވެ. “އައި އޭމް ސޮރީ” އަހަރެންނަށް ބުނެވުނެވެ. “ފޮ ވަޓް” މާޒިން އަހާލިއެވެ. އަހަރެންނަށް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން ވިސްނުނީ އެވަގުތުއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. އެވަގުތު މާޒިން އިނީ އަހަރެންނާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލާށެވެ. ” އަހަރެންނަކީވެސް ތިބުނާ ޕޮލިހުންނާއި އެކު މަސައްކަތް ކުރި މީހެއްނުން… އެހެންވެ އެމީހުން އަނިޔާ ކުރި ވާހަކަ ބުނީމަ މިބުނީ ސޮރީއޭ… ” އަހަރެން ނޭނގޭ ކަމަށް ހަދަމުން ބުނެލީމެވެ. “އެއީ ޝާމްގެ މައްސަލައެއް ނޫނެއްނުން… އެހެންނޫނަސް އެމީހުންނާއި ހެދިއެއްނުން ޝާމްގެ ވަޒީފާވެސް ގެއްލުނީ ދޯ… އެހެންނޫނަސް އަހަރެން އެމީހުންދެކެ ރުޅިއެއް ނާދޭ… އެމީހުންގެ އަނިޔާވެރިކަމުން އަހަރެންނަށް އެގުނީ އަހަރެންގެ އެތެރޭގައިވެސް މިކަހަލަ މީހެއްވާކަން” އެހެން ބުނެލަމުން މާޒިން ހިނިތުންވެލިއެވެ. އަހަރެންވެސް އެހިނިތުންވުމުގައި ބައިވެރިވީމެވެ.
“ތިޔެއް ނޫނޭ މާޒިން ބުނީމެއްނުން މިހާރު އާކަމެއް ރާވާ ވާހަކަ” އަހަރެން މައުލޫ ބަދަލުކޮށްލުމުގެ ނިޔަތުގައި ބުނެލީމެވެ. “ޔަ ދޯ.. އެކަންތައް ކުރާ މީހާއާއި ޝާމް އިބަޖެހޭ ބައްދަލު ކުރަން… އޭނައަކީ ހުރިހާ ބޮޑެތި ކަންތައްތަށް ރާވާ ހިންގާ މީހަކީ… އޭނަ ބުނީ ޝާމް އާއި ބައްދަލުކޮށްފައޯ ޝާމްއަށް ކަމެއް ހަވާލުކުރަން އެނގޭނީ” މާޒިން ބުނެލިއެވެ. “އެހެންތަ ކޮންއިރަކުން ތިބުނާ މީހަކާއި ބައްދަލުވާންވީ” އަހަރެން ބޭނުންވީހާވެސް އަވަހަށް އެމީހެއްގެ މޫނު ދެކޭށެވެ. “ފަހުން… އަހަރެން ބުނާނަން ޓައިމްއެއް… އޭ މިވަގުތު ދަނީ އިނގޭ..” މާޒިން ތެދުވަމުން ބުނެލިއެވެ. އަހަރެންވެސް އިތުރަށް މާޒިން މަޑުކުރުވާކަން ބޭނުމެއް ނުވިއެވެ. އަހަރެން ބޭނުންވަނީ އެކަނި ވެލާށެވެ. މާޒިން ނިކުތުމާއި އެކު އަހަރެން ދޮރުތަޅުލީމެވެ. އެނދުމަތީގައި ޖައްސާލީމެވެ. ގަޑިން އޭރު ހެދުނު 6 ޖަހަނީއެވެ. އަހަރެން ދެލޯމަރާ ބާރު ކޮއްލީމެވެ. ” ޝާމްގެ މަސައްކަތަކީ މިމީހުންގެ ގޭންގްއަށް ވަނުން އިނގޭ” އާދިލްސަރ އަހަރެންނަށް ގޭންގް ތަކާއިބެހޭގޮތުން މައުލޫމާތު ދިނުމަށް އަހަރުމެން މަޑުކޮއްލައިގެން ތިބީ އޮފީހުގެ ކޮންފަރެންސްގައެވެ. ހުރިހާ ލައިޓްއެއް ނިންވާލާފައި ހުރި އިރު ޕްރޮޖެކްޓަރއިން ހުދު ފާރަށް އަޅުވާލާފައިވަނީ މާޒިންގެ ފޮޓޮއެކެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެތެރެއަށްވަނި ފާރިޝްއެވެ. “ސޮރީ ސޮރީ.. ބޮސް.. ކުޑަކަމަކާއި އުޅެން ހަދައިގެން ލަސްވީ” ފާރިޝް ވަދެގެންއައިސް ގޮޑީގައި އިށީދެލިއެވެ.
“އޯ މައި ގޯޑް.. ތި މީހާ އުޅޭ ގްރޫޕްއަށްތަ ޝާމް ދަނީ” މާޒިންގެ ފޮޓޮއަށް ބަލާލަމުން ފާރިޝް އަހާލިއެވެ. އެހެން އަހާނެތާއެވެ. މާޒިން އޭރު ހުންނަނީ އަހަރެންވެސް އެހާ ބިރުގަންނަ ގޮތަކަށެވެ. ފާރިޝް އެހެންބުނެލި ގޮތުން އާދިލްސަރވެސް ހީގަތެވެ. “ޔަ މިހުރީ އެގްރޫޕްގެ އަހަރުމެންނަށް އެނގޭ މީހުންގެ ޕޮޓޯ ތަކަކީ… މާޒިން މީނައަށް ކިޔަނި..މިވެސް އެތަށް ރިކޯޑްއެއް އޮތް މީހެއް… މިގްރޫޕްގައި ކަންތައްތައް ކުރިއަށްގެންދާ މީހަކީ މިއީ… އަދި އިތުރަށް ނިހާދް ނަމަކަށް ކިޔާ މީހެއްވެސް އުޅޭ” އެހެންމީހެއްގެ ޕޮޓޯ ދައްކާލަމުން އާދިލްސަރ ކުރިއަށް ގެންދިޔައެވެ. “ނިހާދްއަކީ ވަރުގަދަ ރިކޯޑްއެއް އޮންނަ މީހެއް… އެތަށް ފަހަރެއްގައި މާރާމަރީގައިވެސް ހައްޔަރު ކުރެވިފައިވޭ… އެކަމަކު ކޮންމެ ފަހަރަކު ދޫކޮއްލަން ޖެހެނީ އެމީހުންނަށް ވަކާލާތް ކޮށްދޭ ލޯޔަރުންގެ މޮޅުކަމުން” އާދިލްސަރ ބުނެލިއެވެ. “އެހެންވީމަ ތި ލޯޔަރުންނެންނުން ހައްޔަރު ކުރަންވީ ފުރަތަމަ… އެހެންނޫނީ ވާނެ ފައިދާއެއް ނުއޮންނާނެ.. ” ފާރިޝް ބުނެލިއެވެ. “މިފަހަރު އަހަރުމެންގެ ބޭނުމަކީ އެއްވެސް ލޯޔަރަކަށް އެމީހުން ސަލާމަތް ނުކުރެވޭ ވަރުގެ ހެކި ހޯދުން… އެންޑް އައިނޯ ޝާމް ވޮންޓް ފެއިލް އަސް” އާދިލްސަރ ބުނެލިއެވެ. އަހަރެން ދެލޯ ހުޅުވާލީމެވެ. އެއީ އަހރެންގެ ޓްރެނިންގައި އަހަރެންނަށް ގްރޫޕްއާއި ބެހޭގޮތުން ވާހަކަ ދައްކަމުން އާދިލްސަރ ބުނި ވާހަކަތަކެވެ. އަނެއްކާ މާޒިން އެއުޅެނީ އަހަރެން ނިހާދްއާއި ބައްދަލު ކުރުވަން ހެއްޔެވެ… އެހެންވެއްޖެނަމަ އަހަރެންގެ މަސައްކަތަށް އެތަށް ފަސޭހައެއް ވެގެން ދާނެއެވެ.. އޭނަގެ ޕްލޭން އަހަރެންނަށް އެގިގެންދާނެއެވެ. އޭރުން އެކުރަން ރާވާ ކަންތައްތަށް އެތެރެއިން އަހަރެންނަށް ހުއްޓުވޭނެއެވެ.
އަހަރެން ސިހިގެން ދިޔައީ އަހަރެން ފޯނުގެ އަޑަށެވެ. ފޯނުގެ ޑިސްޕްލޭ ފެނުމާއި އެކު އަހަރެންނަށް ހީލެވުނެވެ. “ކީކޭ މިޝް” ފޯނު ނެގިގޮތަށް އަހަރެން އަހާލީމެވެ. “ސޮރީ ދޮންބެގެ ފަރާތުން އެހެންވީމަ” މިޝްކާ ބުނެލިއެވެ. “ދޮންބެ އަހަރެން ދެކެ ރުޅި އަންނަ އިރުގައި ކީއްވެ މިޝް ތިގުޅީ” އަހަރެން ބޭނުންވީ މިޝްކާ އަހަރެންނާއި ދޭތެރޭގައި ދެކޭގޮތް ބަލާލާށެވެ. “ސާބަސް ޝާމް.. ދޮންބެ އެހެންބުނީ ޝާމްދެކެ ރުޅި އަންނާތީއެއްނޫނޭ… އޭރު ދޮންބެ ހުރީ ހައިގަ… އެހެންވެ ވީގޮތެއް އެއީ… ” މިޝްކާ ބުނެލިއެވެ. “އެކަމަކުވެސް ދޮންބެ ރުޅި އަންނައިރުގައި އަހަރެންނަށް ގުޅީމަ ރަނގަޅެއް ނުވާނެ” އަހަރެން ބުނެލީމެވެ. “ދޮންބެ ރުޅިއަޔަސް އަހަރެން ވާހަކަ ދައްކާހިތްވާ މީހަކާ ވާހަކަ ދެއްކި ދާނެއެއްނުން އަހަރެންނަށް” މިޝްކާ އަޑަށް ބާރުލަމުން ބުނެލިއެވެ. “އަހަރެންނާއި ވާހަކަ ދައްކާހިތްވޭތަ” އަހަރެން ބުނެލީމެވެ. “ޝާމްއަށް އަދިވެސް އެވަރު ނޭނގޭތަ” މިޝްކާ އަހާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަނެވެ. ހަގީގަތުގައި އަހަރެންނަށް މިޒަމާނުގެ އަންހެންކުދިންގެ ހިތުގައި އޮންނަ އެއްޗެއް ނޭނގެއެވެ. އެހެންނޫނަސް އަހަރެންގެ ހިތުގެ ހާލާތު ނޭނގިގެން އުޅޭއިރުގައި އެހެންމީހެއްގެ ހިތުގެ ހާލަތު އަހަރެންނަށް އެގޭނީ ކިހިނެއް ހެއްޔެވެ. “ހޭ ޝާމް އާދެވިދާނެތަ މިގެއަށް… އަހަރެން މިއުޅެނީ އެކަނި ސައިބޯން ޖެހިގެން.. ” މިޝްކާ ބުނެލިއެވެ. “ދޮންބެ އެބައުޅެ އެއްނުން.. މަށަކަށް ނުކެރޭނެ” އަހަރެން ސަމާސާއެއް ކޮއްލީމެވެ. “ދެން ސާބަސް.. ޕްލީޒް އާދެބަލަ” މިޝްކާ ހީލި އަޑު އިވިގެންދިޔައެވެ. އެވުގުތު އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ ގޮތެއް ވިކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. މިޝްކާ ކިޔަން ފެށުމުން އަހަރެން އެންމެ ފަހުން އެއްބަސް ވީމެވެ. އަދި އެގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ.
އަނެއްކާ އަހަރެންގެ ހިތަށް މިވަނީ ކީއްބާއެވެ. އަސްލުވެސް އަހަރެންނަށް މިޝްކާދެކެ ލޯބި ވެވެނީ ބާއެވެ. އޭނައަށް ނޫނެކޭ ބުނަން ނުކެރެނީ ކީއްވެ ހެއްޔެވެ… އޭނަ ބުނާކަމެއް ކުރަން އަހަރެން ވަގުތުން ބޭނުންވަނީ ކީއްވެ ހެއްޔެވެ… އަހަރެންގެ ހިތް އެހާ ބަލިކަށީ ހެއްޔެވެ… މިކަހަލަ ކަމެއްގައި އުޅޭއިރު އެކިހަކަލަ ކުދިންނާއި ދިމާވާނެކަން އަހަރެންނަށް އެގެއެވެ. އެކަމަކު މިގޮތަށް ކަންތައް ވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އެކި ވިސްނުމުގައި ހުރެ މިޝްކާ އުޅެ އެޕާޓްމެންޓްގައި ޓަކި ޖަހައިފީމެވެ. އެއްފަހަރު ޓަކި ޖެހުމާއި އެކު ދޮރުހުޅުވާލިއެވެ. “ޝޫޝް… ދޮންބެ ކޮޓަރީގަ ނިދާފަ” ދޮރުހުޅުވާލިގޮތަށް ވައިއަޑަކުން މިޝްކާ ބުނެލިއެވެ. އަހަރެންނަށް މިޝްކާ އާއި ދިމާލަށް ބަލާލެވުނެވެ. ފަންއިސްތަށިގަނޑު ވަނީ މައްޗަށް އައްސާލާފައެވެ. އެރީތި ދޮންމޫނުގައި ވަނީ ކުޑަވަރެއްގެ މޭކަޕެއް ކޮއްލާފައެވެ. ލައިގެން ހުރީ ކުރު ޓީޝާޓްއެކެވެ. އަދި އެހާމެ ކުރު ސޯޓްކޮޅެކެވެ. ފައިން ބޮޑުބައެއް ފެންނަން ހުރި އިރު މިޝްކާ މާބޮޑަށް ފުރިހަމަކަމަށް ދައްކައެވެ. އަހަރެންނަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް މިޝްކާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. މިޝްކާ އަހަރެން ބަލަން ހުރިގޮތުން ލަދުގަނެ އިސްޖަހާލިއެވެ. އެގޮތަށް އިސްޖަހާލަމުން އަހަރެންނަށް މާބޮޑަށް ކަމުދިޔައެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އަހަރެންނަށް އަހަރެންގެ އިހްތިޔާރުން ބޭރަށް ދެވުނުކަން އިހްސާސްވީ އިރުކޮޅެއް ފަހުންނެވެ. ކުޑަކޮށް ކަރުކެހެލަމުން އަހަރެން ވަންނަންތޯ އަހާލީމެވެ. މިޝްކާ ހިނިތުންވެލަމުން އާއެކޭ ބުނެ އެއްފަރާތަކަށް ޖެހިލިއެވެ. އަހަރެން ވަނުމުން ދޮރުލައްޕާލުމަށްފަހު މިޝްކާ ހިގައިގަތީ ކައްކާތަނާއި ދިމާލަށެވެ. އަހަރެންވެސް މިޝްކާގެ ފަހަތުން ދިޔައީމެވެ.
މިޝްކާ އަހަރެންނަށް ކޮފީތައްޓެއް ދިއްކޮށްލިއެވެ. އަހަރެން ކޯވަރެއް ބޯލީމެވެ. “ހާދަ މިރޭ.. މިޝްއަށް އެގޭދޯ ވަރަށް މީރުކޮށް ކޮފީ ގިރަން…” އަހަރެން ބުނެލީމެވެ. މިޝްކާ ހިނިތުންވެލިއެވެ. “އަހަރެން ވަރަށް ބޭނުންވޭ ޝާމްގެ އެހީ… އަހަރެން ވަރަށް ވިސްނައިފިން ޝާމް ބުނި ކަންތަކާ… އަހަރެންވެސް މިކަމުން ދުރުވަން ބޭނުން… މީގެ ކުރިން އަހަރެންނަށް ހިއްވަރު ދޭނެ އެކުވެރިއެއް ނުހުރޭ.. އެކަމަކު ޝާމް އަހަރެންނާއި އެކު ހުރެއްޖެނަމަ” މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލަމުން ވާހަކަ މެދު ކަނޑާލިއެވެ. “އަހަރެން މިޝްއަށް އެހީވާނަން… އަހަރެން ކުރިވެސް ބުނިގޮތަށް… ރައްޓެއްސެއްގެ ގޮތުން އަހަރެންނަށް ކޮށްދެވޭނެ ހުރިހާ ކަމެއް އަހަރެން ކޮށްދޭނަން… އެކަމަކު ރައްޓެއްސެއްގެ ގޮތުން އިނގޭ” އަހަރެން ހީލަމުން ބުނެލީމެވެ. “އޯކޭ އޭ.. އިޓްސް ރިޔަލީ އިނަފް” މިޝްކާވެސް ހީލަމުން ބުނެލިއެވެ. މިޝްކާ ހެދުނުގެ ސައި ތައްޔާރުކުރަމުން ދިޔައެވެ. ޕާން ޓޯސްޓް ކުރުމަށްފަހު ބިސްގަނޑެއް އަޅާލިއެވެ. އަދި އަހަރެން ކައިރީގައި ބެހެއްޓިއެވެ. އަދި މިޝްކާވެސް އިށީނެވެ. ދެމީހުންވެގެން އެކި ވާހަކައިގައި ތިބެގެން ސައިބޯން ފަށައިފީމެވެ. އަހަރެން ސިހިގެންދިޔައީ މިޝްކާ ދޮންބެއޭ ބުނެލުމުންނެވެ. އަހަރެން މަޑުމަޑުން އެދިމާލަށް ބަލާލީމެވެ. އޭރު އަޔާޒް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ދޮންބެ ސައި ހަދަންތަ” މިޝްކާ އަހާލިއެވެ. އަޔާޒް ގަދަކަމުން ހީލަމުން ބޯޖަހާލިއެވެ. އަދި އައިސް އަހަރެންގެ ކައިރީގައި އިށީދެލިއެވެ. އަހަރެންނާއި ދިމާލަށް ބަލާލީ ރުޅިވެރިނަޒަރަކުންނެވެ.
“އަހަރެން ބުނީމެއްނުން އަހަރެންގެ ކޮއްކޮއާއި ދުރުގައި ކަލޭ ހުންނާށޭ” އަޔާޒް ރުޅިވެރިކަމާއި އެކު ނަމަވެސް ވަރަށް މަޑުން ބުނެލިއެވެ. “އަހަރެން ނޫޅެއް ކަލޭގެ ކޮއްކޮއާއި ހެދިއެއް… އޭނަ އެއުޅެނީ މަށާއި ހެދި” އަހަރެން ނޭނގޭ ކަމަށް ހަދަމުން ބިސްގަނޑުން އެތިކޮޅެއް ނައްޓާލަމުން އަނގަޔަށްލީމެވެ. އެވަގުތު އަޔާޒް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން ސިހިގެންދިޔައެވެ. “ހީނުކުރައްޗޭ އަހަރެންނަށް އެއްވެސް ކަމެއް ނޭނގެއޭ… ރޭގައި ކަންތަށް ވީގޮތްވެސް އަހަރެންނަށް އެނގޭ… ކަލޭ އަހަރެންގެ ކޮއްކޮގެ ބޮލަށް އެރިގެން” “ކަލޭ އޭނަ ބޭނުންނުވާ ކަމެއް ކުރުވަން ތިއުޅެނީ ކީއްވެ” އަޔާޒްގެ ޖުމްލަ ނުނިމެނީސް އޭނަގެ އަތް ނައްޓާލަމުން އަހަރެންވެސް އަޔާޒް ވާހަކަ ދައްކަހާ މަޑުން ބުނެލީމެވެ. “އިޓްސް ނަން އޮފް ޔުއަރ ބިޒްނަސް” އަޔާޒް ކިތައްމެ މަޑުން ވާހަކަ ދެއްކިޔަސް ހީވަނީ ދެންމެ ދެންމެ ރުޅި އައިސްގެން އަހަރެންގެ ކަރުގައި ހިފާފާނެ ހެންނެވެ. އޭނަ އިނީ އެހާވެސް ބޮޑަށް ރުޅި އައިސްފައެވެ. އެހާ ހިސާބަށް ވާހަކަ ދިޔަތަނާ މިޝްކާ އަޔާޒްއަށް ބިސްގަނޑު ގެނެސްދިނެވެ. އަދި ކޮފީތަށި ގިރުމަށް އަނެއްކާވެސް ދުރަށް ޖެހިލިއެވެ. “އައި ނޯ.. ބަޓް އައި ތިންކް ނައު އިޓްސް ގޮއިންޓް ބީ” އަހަރެން މިޝްކާއާއި ދިމާލަށް އެއްލޮލުން ބަލާލަމުން އެހެންބުނެލީމެވެ. އެވަގުތު އަޔާޒް އަނެއްކާވެސް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. “ކަލޭ ތިކަހަލަ އެއްޗެއް ހިތަށްވެސް ނާރުވާތި… އޭނައަކީ އެކަހަލަ ގޮތަކަށް” އެހާ ހިސާބަށް ބުނެފައި އަޔާޒް އަހަރެންގެ އަތުން ދޫކޮއްލީ މިޝްކާ އަންނާތީއެވެ. މިޝްކާ އައިސް އިށީދުމާއި އެކު އަހަރެން ތެދުވެއްޖެއީމެވެ. “މިޝް ދަނީ އިގޭ.. ވަރަށް މީރު ބްރެކްފާސްޓް އިނގޭ… މިހާރު ވަރަށް ދުވަސް ވެއްޖެ މިގޮތަށް ބްރެކް ފާސްޓްއެއް ނުނެގޭތާ… އަދި އެވެސް ތިހާ ލޯބި ކުއްޖަކާއި އެކު ” އަހަރެން ބޭނުންވީ އިތުރަށް އަޔާޒް ރުޅި ގަދަ ކޮށްލާށެވެ. މިޝްކާ ލަދުވެތި ކަމާއި އެކު ހިނިތުންވެލިއެވެ. “އަހަރެން އަންނާނަން ފަހުން… ބައި އަޔާޒް” އަހަރެން އެހެންބުނެލަމުން އެތަނުން ނިކުތީމެވެ.
އިތުރަށް ދާނެ ތަނެއް ނެތުމުން އަނެއްކާވެސް އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. އެކަމަކު އަހަރެންނަށްވަނީ ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިފައެވެ. ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެއީ މިޝްކާއާއި އެކު ހެނދުނުގެ ސައިބޮވުނީމަ ބާއެވެ. ނޫނީ އަޔާޒް ރުޅި އަރުވާލެވުނީމަ ބާއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް މީގެކުރިން ވަރަށް މަދުން ނޫނީ މިގޮތަށް ހިތްހަމަޖެހިވިފައެއް ނެތެވެ. އަދި އެވެސް މިމަސައްކަތަށް ނިކުންފަހުންނެވެ.
ނުނިމޭ….
10 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran.. mi bai dhigu koh up koh dhiny faharehga maadhan up nuvedhaane thee igey kudin ney.. 🙂 ekam ves vaahaka ah inthizaaru kuraane kamah heekuran.. hurihaa kudinge hiyaalu thakah maruhabaa 🙂
mi part vx v v v reethi fantasy..i am waitin 4 the next part…………….
yey hey i am the first yeyy….heheheheheee
awww v v v loabi mi part ves..I’m first tha
W this part is nice too…. i am second ?
I am third
Wow. this part is awesome too!! oops i am third not second 😀 (rangalhu kolly mi)
fantasy ge stories thah maa kuru. thiris part ves nuhurey. last story ga ves only 15 parts.
Varah salhi mibaaves…waiting for the next part….thanx
hurihaa kudinge lobi coment thakah v bodah shukuriyya… konme comment akah vakin reply mifaharu nukurevunu kamugai viyas dhen ehen nuve veytho balaanan igey 🙂