Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ވަންހަނާ (2ވަނަ ބައި)

Eyesh
December 22, 2015
4 Mins Read
50 Comments

ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓުމުން އަހަންނަށް އަހަރެންގެ މޫނުފެނުނުހިނދު އަމިއްލަނަފްސަށް މަލާމާތް ކުރެވުނެވެ. އެހާފަސޭހައިން އެފިރިހެނާގެ އަވާގައިޖެހި އެޖަޒުބާތުތަކުގައި އޮޔާދެވުނީތީ ލަދުގަތެވެ. އެހެނަސް ދެންކުރެވޭނީވެސް ވަކިކީއްހެއްޔެވެ؟ ވީކަމެއްވެނިމިއްޖެއެވެ.

 

އަހަރެން ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނިކުމެ ހުދުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ކުރުސޯޓެއް ލުމަށްފަހު އެނދުގައި އޮށޯވެލީމެވެ. އޭރުވެސް އަހަރެންގެ ހިޔާލުގައި ވަނީއެފިރިހެނާގެ އެއަދާތަކާއި އޭނާގެ ފަރާތުންލިބުނު މަސްތީއިހުސާސްތަކެވެ. އޭނާގެމޫނު އެއްމެފަހަރަކު ފެނުނުނަމަވެސް އަހަރެން އޭނާ ހޯދަން މަސައްކަތްކުރީމުހެވެ. އަހަރެންހުރީ އެހާވެސްބޮޑަށް އޭނާއާއި ހެދި ދީވާނާވެފައެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނާބަސް އަހަރެންނަށް ތެދުކުރެވުނީ އެހިސާބުންނެވެ. އޭނާގެމޫނު ނުފެނުކަމުގައިވިޔަސް އެހަށިގަނޑުދެކެ، އެފިރުމުންތައްދެކެ އަދި އެޖާދުވީ އިހުސާސްތައްދެކެ އަހަރެންނަށް ލޯބިވެވުނެވެ. އޭނާގެ ހިޔާލުގައިއޮއްވާ އަހަންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

 

 

އަހަންނަށް ހޭލެވުނީ އަހަރެންގެފޯނަށް ލީލާ ގުޅަންފެށުމުންނެވެ.
“ހަލޯ… ކީކޭ….” ނިދިއަޑަކުން އަހަރެން ވާހަކަދެއްކީ އަދިވެސް ނިދިފިލައިގެން ނުދާތީއެވެ.
“ޕާޓީ ނިމިގެން މަ މަޑުކުރިން ސުމާ ފެނޭތޯ…. ހާދަ އަވަހަކަށް ގެއަށް ދިޔައީ…” ލީލާ ކުޑަކުއްޖަކު ފަދައިން ޝަކުވާ ކުރިއެވެ.

މަންމަ ގުޅަންފެށުމުން އަވަހަށް ގެއަށްއައީކަމުގައި ބުނެ ހަމަޖައްސައިލީ ލީލާއަށް ހަގީގަތް ކިޔައިދޭން އަދި އަހަރެން ބޭނުން ނުވާތީއެވެ.

 

ފޯނުބޭއްބުމަށްފަހު އަނެއްކާވެސް ނިދާލުމަށްފަހު ތެދުވެ ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނުކުމެ ޑްރެސިން ޓޭބަލްމަތީގައިއޮތް ރޭގައި އަހަރެން އަޅައިގެންއުޅުނު މާސްކުނެގީމެވެ. އެއަށް ބަލަހައްޓައިގެން އެތައްއިރަކު ހުރެވުނީ ރޭގެ އެހިޔާލުތައް އާވުމުން ހިތަށްކުރަމުންދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަލަމާރީގެ ދޮރުހުޅުވައިލައި އަހަރެންގެޑައިރީ ނަގައި ރޭގައިވީކަންތައް ވަރަށް ތަފްސީލުކޮށް އޭގައި ލިޔެލުމަށްފަހު ޑައިރީފޮތް އަލަމާރިއަށްލީމެވެ. އަދި ފޮތުގެމަތީގައި އެމާސްކު ބޭއްވުމަށްފަހު އަލަމާރީގެ ދޮރުލައްޕައި ތަޅުލީމެވެ.

އަހަންނަކީއަބަދުވެސް ވަރަށް ފެށަނަށްލޯބިކުރާ ކުއްޖެކަށްވެފައި އެންމެފަހުގެ ފެޝަންތަކުގެ ހެދުންގަތުމަކީ އަހަރެންގެ ހޮބީއެއްކަމުން ހެދުންއަޅާ އަލަމާރީގައި އަބަދުވެސް އެންމެޒަމާނީ އެކިވައްތަރުގެ ހެދުންހުރެއެވެ. ތިންދޮރުފަތްލީ އެބޮޑު އަލަމާރީގެ ހެދުންއަޅާބައި ހުޅުވާލުމަށްފަހު ދުވާލުގެ ވަގުތާއި ގުޅޭނެހެން މަޑުނޫކުލައިގެ އަތްކުރު ޓީޝާޓަކާއި ހުދުކުލައިގެ ޖިންސެއްނަގައި ލީމެވެ. އަދި އަހަރެންގެފަން އިސްތަށިގަނޑު ކަޅުވޫލުކޮޅަކުން ފަހަތަށް އައްސައިލުމަށްފަހު މޫނުގައި ފުއްޖަހައި ތުންފަތުގައި މަޑުފިޔާތޮށިކުލަ ޖައްސައިލީމެވެ.
އަދި އިރުކޮޅަކު ލޯގަނޑު ކުރިމަތީގައިހުރެ ފަރިބަލާލުމަށްފަހު ކޮޓަރިން ނިކުތީމެވެ. އޭރު ގަޑިން މެންދުރު ބާރަޖަހަނީއެވެ.

“ދަރިފުޅާ.. އާދޭކާން.. މިހުރީ ކުޅިމަސް ހަދާފަ..”
ބަދިގެ ތެރޭގައި ކައްކަންހުރި މަންމަ ގޮވުމުން އަހަރެންގޮސް ކައިގެން އައިސް ސިޓިންރޫމުގައިހުރި ބޮޑު ކަޅުސޯފާގައި އޮށޯވެލުމަށްފަހު ޓީވީ ހުޅުވައިލައި އަހަރެންނަށް އެންމެކަމުދާ ހިންދީލަވަދައްކާޗެނަލްއަށް ޓިއުނުކޮށްލީމެވެ. އެހެނަސް އޭރުވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔަ ރޭގެ ހިޔާލުތަކުގެ ސަބަބުން ދައްކަމުންދިޔަ ރީތިލަވަޔަށްވެސް އަހަރެންނަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ.

 
“ލީލާ.. ކޮންތާކު؟ ހިނގާބަލަ ބޭރަށް ގޮސްލަން..”
އަހަރެން ލީލާއަށް ގުޅީ އޭނާއާއިއެކު ބޭރަށްނިކުމެ ހިނގާލާހެދުމުން އެހިޔާލުތަކާއި ކުޑަކޮށްނަމަވެސް ދުރުވެވޭނެ ކަމުގައި ވިސްނުމަށްފަހުއެވެ. އެއްގަޑިއިރު ތެރޭގައި ލީލާ އަންނާނެކަމުގައި ބުނުމުން އަހަރެން އަވަހަށް ކޮޓަރިއަށްވަދެ ތައްޔާރުވާންފެށީމެވެ. ގަދަފިޔާތޮށިކުލައިގެ ޓޮޕަކާއި ކަޅުޖިންސެއް ލުމަށްފަހު ކުޑަކޮށް މޭކަޕްކޮށްލައި ހަމަ ނިމުނުތަނާ ލީލާއައިސް ކޮޓަރިއަށްވަދެ އެނދުގައި އިށީނެވެ.

“ޕާޓީ ވަރަށް މަޖާދޯ… އެންމެންވެސް ބުނި މާސްކް އަޅައިގެން އުޅުނީމަ ވަރަށް ސަޅިޔޯ.. އެކަމަކު މަގޭ ރައްޓެހިންނަށްވުރެ ޕާޓީގަ ގިނަވާނީ އެމީހުން ގެންދިޔަމީހުން… ”

ލީލާ މިހެންބުނެ ހީލުމުން އަހަރެންނަށް އިރުކޮޅަކު ބަހެއްނުބުނެ ހުރެވުނެވެ.
“ހްމް… ވަރަށް ސަޅި ޕާޓީި…”
މިހެންބުނެ އެނދުމަތީގައިއޮތް އަތްދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން އަހަރެން ކޮޓަރިންނިކުތުމަށް ހިނގައިގަތުމުން ލީލާވެސް އަހަރެންގެ ފަހަތުންނިކުތެވެ. މަންމަކައިރީގައި ޝޮޕިންއަށް ދަނީކަމުގައިބުނެ އަހަރެން ލީލާއާއިއެކު ގެއިން ނިކުތީމެވެ.

 

 

މަގުމަތީގައި ހިނގާފައި ދިޔައިރު ފެނުނު ކޮންމެފިރިހެނެއްގެ މޫނަށް ވަރަށްފުންކޮށް އަހަރެންނަށް ބަލައިލެވެއެވެ. އެފިރިހެނާގެ ސިފަތަށްހުރި ކިތަންމެމީހަކު އަހަރެންނަށް މަގުމަތިން ފެނުނެވެ. އެހެނަސް ހަށިގަނޑު އެއްގޮތްވިޔެއްކަމަކު އޭނާގެމޫނު ވަކިކުރާނީވެސް ކިހިނެއް ހެއްޔެވެ؟

“އޭ.. މިވީކްގަ އެބައޮތް ޝާމާގެ ވެޑިން.. ދާނަންތަ؟”
ރޭގައި އަހަންނަށް ދިމާވިކަންތައް ލީލާއަށް އެނގޭނަމަ އޭނާއެއްވެސް ޕާޓީ އަކަށްދާން އަހަރެންނަށް ދައުވަތު ނުދިނީސްކަން އަހަރެންނަށް ޔަގީނެވެ.
އަހަރެން އިރުކޮޅަކު ވިސްނާލުމަށްފަހު ނުދާނަން ކަމުގައިބުނީ އިތުރަށް އެއްވެސް ޕާޓިއަކަށް ދާން އަހަރެން ބޭނުންނުވާތީއެވެ.

 

ދެތިންފިހާރައަކަށް ވަދެލައި ކުޑަކޮށް ބަޒާރުކޮށްލުމަށްފަހު ލީލާގެއަށް ލާފައި އަހަރެން ޓެކްސީއެއްގައި ގެއަށްއައީ ގިނައިރު ހިނގުމުގެ ސަބަބުން ފައިގައި ރިއްސާފައި ހުރިލެއްބޮޑުކަމުންނެވެ. ގެއަށް އާދެވުނުއިރު ގަޑިން އިރުއޮއްސި ހަގަޑިބައި ވެއްޖެއެވެ.
ކޮޓަރިއަށްވަދެ އަހަރެންގެ އަތުގައިއޮތް ކޮތަޅުން ދެޓޮޕާއި ބޫޓުނަގައި އަލަމާރިއަށްލީމެވެ. އަދި ޑައިރީނަގައި މިއަދުހިނގައިދިޔަ ހުރިހާކަމެއް ޑައިރީއާއި ހިއްސާކޮށްލުމަށްފަހު ޑައިރީ ނަގައި މޭމަތީގައި ބާއްވައިލައިގެން އެނދުގައި އޮށޯތީމެވެ.

 

 

ގަޑިތައް ދުވަސްތަކަށްވެ ދުވަސްތައް ހަފްތާތަކަށް ވަމުންގޮސް އަހަރެންގެ ހަޔާތަށް ބޮޑުތޫފާނެއްގެ ކޮޅިގަނޑު ކުރިމަތިވިއެވެ. ބޯއަނބުރާފައި ހޮޑުލެވި ވަރުބަލިވާންފެށުމުން މަންމަކައިރީގައި އަހަރެންނަށް ވަމުންދިޔަ ގޮތްތައް ވަރަށްތަފްސީލުކޮށް ކިޔައިދިނީމެވެ. އެވަގުތު މަންމަގެ ދެލޯފެންކަޅިވީތަން ފެނިފައި އަހަރެންނަށް މިވަނީކީއްކަން އެނގުނެވެ… މަންމަގެ އެދުމަށް އެރޭގައިވީކަންތައް އަހަރެން ރޮމުން މަންމައަށް ކިޔައިދިނީމެވެ. އެއަޑުއަހަންއިން މަންމައަށްވެސް އޭރު ގިސްލެވެމުން ދިޔައީ އެވަރުގެކަމެއް އަހަރެން ކުރުމުން އެކަންގަބޫލުކުރަން ދަތިވެފައިއިނދެއެވެ.

 

ދުނިޔޭގެ މަލާމާތާއި ކުރިމަތިލެވޭފަދަ ހިތްވަރެއް އަހަރެންގެ ގައިގައިނެތުމުން ވަރަށްބޮޑަށް ވިސްނުމަށްފަހު އަހަރެން ގަސްދު ކުރީބަނޑުގައި އޮތްކުއްޖާ ވައްޓައިލާށެވެ. އެހެނަސް އެގޮތަށްކަންތައް ނުކުރުމަށްއެދި މަންމަ އެތައްފަހަރަކު އަހަރެން ކައިރީގައި ރޮއިއާދޭސް ކުރުމުން އެހިޔާލު ދޯކޮށްލައި އަރައިގަނެވުނު ބޮޑުފާފައަށް އަހަރެން ތައުބާވީމެވެ. އެއްވެސް ނަމާދެއް އެޅުމެއްނެތި ބަރާބަރަށް ނަމާދުކޮށް ޤުރުއާންކިޔަވައި އަދިއެކޮންމެފަހަރަކު އަހަރެންގެތައުބާ ގަބޫލުކުރެއްވުމަށްއެދި ﷲ ގެ ޚަޒްރަތުގައި ދުއާކުރީމެވެ.

އޭރުވެސް އަހަރެންނަށް މަންމަގެ ފަރާތުން ލިބެމުންދިޔަ ލޯތްބަށް ކުޑަވެސްއުނިކަމެއް ނާދެއެވެ. އަހަރެންގެބަޑަށް ނުވަމަހާއި ނުވަދުވަސް ފުރައި ވިހަންދެންވެސް މަންމައާއި ލީލާގެ އަޅާލުން އަހަރެންނަށް ބަރާބަރަށް ލިބެމުންދިޔައެވެ. އެދެމީހުންގެ ހެޔޮނަސޭހަތާއި އޯގާތެރި ބަސްތަކުން ހިތްހަމަ ޖެހުނެއްކަމަކު އެފިރިހެނާގެމަތިން ހިނދުކޮޅަކަށްވެސް އަހަރެން ހަނދާނެއް ނުނެތެއެވެ.

 

އަހަރެންނަށް ލިބުނީ ލޯބި ލޯބި ފިރިހެންކުއްޖެކެވެ. ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލިދުވަހު އަހަރެން ފުރަތަމަވެސް ގެއަށްއައިސް ކޮޓަރިއަށްވަދެ ދަރިފުޅު ނިންދަވާލުމަށްފަހު ޑައިރީ ނެގީމެވެ. އަދިއެރޭގެ ހާދިސާ ކިޔާލުމަށްފަހު އެނދުމަތީގައި ނިދާފައިއޮތް ކުޑަކުޑަ މައުސޫމް އެދަރިފުޅުގެ މޫނަށްބަލަންއިނދެވުނީ ފެންކަޅިވެފައެވެ. މިދަރިފުޅު ބޮޑުވެގެން ބައްޕަ ކޮބާތޯ ސުވާލު ކުރާދުވަހަކުން އަހަރެންނަށް ދޭނެޖަވާބެއް ނޭނގޭނެއޭ ހިތަށްއަރައި އަމިއްލަނަފްސު އިހުނަށްވުރެބޮޑަށް ކުށްވެރިކުރެވުނެވެ. އެއްވެސް ކުށެއްނެތް މިދަރިފުޅަށް މިދެވުނީ ކިހާބޮޑު ދެރައެއްބާއޭ ހިތަށްއަރާ ކޮންމެފަހަރަކު އެރޭއެޕާޓީއަށް ނުދެވުނުނަމައޭ ހިތަށްއެރިއެވެ. އެފިރިހެނާއަށް އޭނާގެދަރިއެއް އަހަރެންގެބަނޑުން މިދުނިޔެއަށް އުފަންވީކަން އަންގާނޭ ހަމައެއްވެސް ގޮތެއްނެތެވެ. ކިތަންމެ ބޭނުންވީނަމަވެސް އަހަރެންނަށް އޭނާ ހޯދޭނެގޮތެއް އެއީ ނެތްގޮތެއްކަމުގައި ވިސްނުމަށްފަހު ލޯމަރައިލެވުނެވެ.

 

ދަރިފުޅަށް ހަތްދުވަސްވުމުން ބަކަރިކަތިލައި ބޮނޑިބަތްކައްކައި އެދަރިފުޅަށް އަލީ ރުކާންގެނަމުން ނަންކީމެވެ.

މާތް ﷲ ގެ ހެޔޮރަހުމަތުން ފުރިހަމަ ސިއްހަތުގައި ރުކާން ބޮޑުވަމުންއައީ ގޭތެރެއަށް އުފާވެރިކަން ގެނަސްދެމުންނެވެ. ކިރިޔާހުސްވަގުތެއްވާއިރަށް ލީލާވެސް އަބަދުއައިސް ގޭތެރޭގައި އުޅެމުންދިޔައީ ރުކާންއާއިއެކު ގިނަވަގުތު ހޭދަކުރުމަށެވެ. ލީލާއަކީ އެންމެކުޑައިރުއްސުރެވެސް އަހަރެންގެ އެންމެގާތް އެކުވެރިޔާކަމުން އޭނާ ރުކާންދެކެ އަމިއްލަދަރިއެއް ފަދައިން ލޯބިވެއެވެ.

 

ރުކާންއަށް އެއްއަހަރުފުރުމާއިއެކު މަންމައާއި ލީލާގެ އެދުމުގެމަތިން އަހަރެން ވަޒީފާއަކަށްދާން ނިންމީ މާޒީގެ ހިތިހަނދާންތަކާއި އެންމެފަސޭހައިން ދުރުވެވޭނެ ގޮތަކީއެއީކަމުގައި ވިސްނުމަށްފަހުއެވެ. އެގޮތުން ލީލާގެ އެހީޔާއިއެކު އޭނާގެ ރައްޓެއްސެއްގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކޮންޕެނީއެއްގެ އޮފީހުގެ އެޑްމިންޑިޕާޓްމެންޓުން އަހަރެންނަށް ވަޒީފާހަމަޖެހުނެވެ.

 

 

ދުވަހަކީ އާދީއްތަ ދުވަސްކަމަށްވެފައި ވަޒީފާއަށް ނިކުތުމަށް ހަމަޖެހިފައިވަނީ އެދުވަހުގައިކަމުން އަހަރެން ވަރަށްހެނދުނާ ތެދުވެ ރުކާންއަށް ކާންދީ ފެންވަރުވައިހަދައި ރުކާންގެންގޮސް މަންމަގެ ކޮޓަރިއަށްލުމަށްފަހު އައިސް ރީތިވާންފެށީމެވެ.

އަލަމާރިން ރަތްކުލައިގެ އަތްދިގުކުރުތާއަކާއި ކަޅުޖިންސެއް ނަގައިގެން ލުމަށްފަހު އިސްތަށިގަނޑު ފަހަތަށްއައްސައިލައި ލޮލުގައި އަނދުންއަޅައިލީމެވެ. އަދި ތުންފަތުގައި ގަދަރަތްކުލަ ޖައްސައިލުމަށްފަހު ލޯގަނޑުން ވަރަށްރަނގަޅަށް އަހަރެންގެ މޫނަށް ބަލައިލީމެވެ. އެތަށް ދުވަހަކަށްފަހު އެހާރީތިވެލެވުނީތީ ވަރަށް ހިތްހަމަޖެހިފައިހުރެ ކޮނޑުގައި ކަޅުކުލައިގެ އަތްދަބަހެއް އަޅުވައި ލޮލުގައި ރޭބަންއަވިއައިނު އަޅައިލުމަށްފަހު ކޮޓަރިން ނިކުތީމެވެ. އޭރު ކާމޭޒުކައިރީގައި މަންމަސައިބޯންއިނެވެ.

“ދަރިފުޅާ ވަރަށް ރަނގަޅަށް މަސައްކަތްކުރާތި އިނގޭ… ތިހެން ވަޒީފާއަށް ގޮސްއުޅެންފެށީމަ ބޭކާރު ހިޔާލުތަކާދުރުވެ މީހާ ހަމަޖެހެންފަށާނެ..”
އަހަރެން ފެނުމާއިއެކު މިހެންބުނެ މަންމަހީލިއެވެ. އަހަރެންވެސް ހީލަމުން އާނއެކޭ ބުނުމުގެގޮތުން ބޯޖަހައިލުމަށްފަހު ސިޓިންރޫމުގައިހުރި ފައިވާންބަހައްޓާހަރުން ކަޅުކުލައިގެ ބޫޓެއްނަގައި އެއަށްއަރައިގެން ނިކުތީމެވެ.

 

އެއޮފީހަށް މީގެކުރިން ގޮސްފައިނުވިއެއްކަމަކު ލީލާ ކިޔައިދީފައިވާ މަގުން އަހަރެން ހިނގަމުންދިޔައީ ނަންބޯޑުން އެތަންފާހަގަވާނެކަން ޔަގީންވާތިއެވެ. ދިހަވަރަކަށް މިނެޓު ހިނގުނުތަނާ އޮފީހުގެނަންބޯޑު ފެނުމުން ބާރަށްގޮސް އޮފީހަށްވަނީމެވެ.

 

ޖެހިލުންވެހުރެ އެތެރެއަށްއެޅި ފުރަތަމަފިޔަވަޅާއިއެކު ހުއްޓި އޮފީހުގެތެތެއަށް ނަޒަރުހިންގައިލެވުނެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް އެއޮފީހަކީކުޑަ އޮފީހެކެވެ. ނަމަވެސް ތަނުގެއެތެރެ ޒީނަތް ކޮށްފައިވާގޮތުން ބަލާލަން ވަރަށްވެސް ހިތްގައިމެވެ. ފާރުތަކުގައި މަޑުނޫކުލައެއް ލާފައިވައިރު ތަނުގައިހުރި ގޮނޑިތަކާއި ކެބިންތައްހުރީ ކަޅުކުލައިގައެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑުއޭސީއިން އަންނަމުންދިޔަ ފިންޏާއިއެކު އޭސީގައި ހަރުކޮށްފައިވާ ކުޑަކުޑަ އެޔާފްރެޝްނަރގެ މީރުވަސް ތަނުގައި ހިފާފައިހުއްޓެވެ. އޮފީސްެތެރޭގައިހުރި ހަތަރުކެބިންގެ ތެރެއިން އެއްކެބިން ހުސްކޮށްހުރެފައި އެތަނުން ދެކެބިންގައި ދެފިރިހެނުން ތިބިއިރު އަނެއްކެބިންގައި އިނީ ބަލާބެލުމަށް އަހަރެންނެކޭ އެއްފުރައެއްގެ އަންހެން ކުއްޖެކެވެ. ތަނުގެ ހަތަރުފާރުގެ ތެރެއިން ކަނާތްފަރާތު ފާރުގައި ކަޅުދޮރެއް ހުރުމުން އެއީ ބޮސްއިންނަ ކޮޓަރިކަން އަހަރެންނަށް އެނގުނެވެ.

 

“ގުޑްމޯނިން..” އަހަރެން މަޑުމަޑުންގޮސް އަންހެން ކުއްޖާއިން ކެބިންކައިރިއަށް ހުއްޓިލުމަށްފަހު ހެނދުނުގެސަލާމް ކޮށްލީމެވެ. އެވަގުތު އެކުއްޖާ ސިއްސައިގެންގޮސް އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ހީލަމުން ގުޑްމޯނިންއޭބުނެލިއެވެ.

“މީ ސުމާ…” އަހަރެން އަމިއްލައަށް ތަޢާރަފްވެލަމުން އޭނާއާއި ސަލާމްކޮށްލީމެވެ.
“އަހަންނަށް ކިޔަނީ ހުސްނާ…” އޭނާވެސް އަހަރެންނާއި ސަލާމްކޮށްލަމުން އޭނާގެ ނަންބުނެލިއެވެ.
“ކިހިނެއް ހަދަންވީ؟ ” އަހަރެންނަށް ޖެހިލުންވެހުރެ އެހެންއަހައިލެވުނީ އެއީއަހަރެން ވަޒީފާއަށްނިކުތް ފުރަތަ ދުވަސްކަމުގައިވެފައި ތަނުގައި ކުރަންޖެހޭ މަސައްކަތުގެ އެއްވެސް ތަފްސީލެއް އެނގިފައިނުވާތީއެވެ.

“ހުސްކޮށްއެއީ ސުމާގެ ކެބިން…. މިތިބީ އެކައުންޓްސްގެ މަސައްކަތްކުރާ ނަޖާހު އާ ސައުޝާދު.. އަހަރެން ކުރަނީ ސޭލްސްއެންޑް މާކެޓިންގެ މަސައްކަތްތައް… މިއޮފީހުގަ އުޅޭނީ އަަހަރުމެން ހަތަރުމީހުންނާ ދެން މިތާއޮފީސްބޯއީ ޖޯހަން… ޖޯހަން އެއީ ލަންކާސޮރެއް… ކޮންމެދުވަހަކު ހެނދުނު އޮފީސް ހުޅުވާނީ އޭނަ… މިވަގުތު އޭނަވީ ޕޭމަންޓް ތަކެއްބަލާ އެހެން އޮފީހަކަށްގޮސް.. ދެން މިތާއުޅޭނީ ބޮސް… އޭނަގެ ނަމަކީ މާރިޝް… އޭނަ ވަރަށްކޫލްވާނެ……އޭނަ އާންމުކޮށް އޮފީހަށް އަންނާނީ ދިހައެއްޖަހާލާހާއިރު..”

 

އަހަރެންނަށް އެއްވެސް ސުވާލެއްކުރުމުގެ ފުރުސަތެއްނުދީ އޮފީހުގެ ހުރިހާކަމެއް ވަރަށްތަފްސީލުކޮށް ހުސްނާ އަހަރެންނަށް ކިޔައިދިނެވެ.

އޯކޭއޭ ބުނެހީލުމަށްފަހު އަހަރެން ކެބިންއަށްވަދެ އިށީނދެ ފުރަތަމަވެސް މޭޒުމަތީގައިއޮތް ކަޅުކުލައިގެ ބޮޑު ފައިލްހުޅުވައިލީމެވެ.

 

ނުނިމޭ…

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eyesh

Other Articles

Previous

އަނިޔާ… 15 ވަނަ ބައި..

Next

ތީ ފުރާނައިގެ ދިރުމޭ މަގޭ (4)

Next
December 22, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ (4)

Previews
December 22, 2015

އަނިޔާ… 15 ވަނަ ބައި..

50 Comments

  1. Eyesh says:
    December 22, 2015 at 9:49 am

    Hi every one ? here is the 2nd part of this story… unmeedhu kuran hurihaa kudhin nahves mi partves reethivaanekamah. And happily i wil accept all the positive & negative comments from all the readers.. enjoy ??

  2. aathi says:
    December 22, 2015 at 9:54 am

    Ow..kihine mi v..so sad.. story is nice ingey..luv it.. bt its ltl short.. gudluck eyesh.. 😉

    1. Eyesh says:
      December 22, 2015 at 9:59 am

      Thanx aathi.. ? dhen oibai miahvure dhigukohlaanan ingey . ??

  3. aathi says:
    December 22, 2015 at 9:55 am

    N im the frst..yippee..hooray..laalaalaa ..hehe 😀

    1. Eyesh says:
      December 22, 2015 at 10:00 am

      Yeah this time u r the 1st… ? heheh ? ??

  4. ***** says:
    December 22, 2015 at 10:07 am

    rythi kan

    1. Eyesh says:
      December 22, 2015 at 10:18 am

      Thanx my dear ?

  5. ifaaa says:
    December 22, 2015 at 10:16 am

    Vvv salhi mi part vx ..

    1. Eyesh says:
      December 22, 2015 at 10:19 am

      Thanx ifaaa ? thanx for reading ingey

  6. aathi says:
    December 22, 2015 at 10:20 am

    First part vx aathi igey kurin kiyaafa comment kury..hehehe :D.. n thnx dhigukoh genedheynamey bunyma im happy..;)

    1. Eyesh says:
      December 22, 2015 at 10:31 am

      Aaa thedhekey… aathi ey dhw 1st comment kuri… ? ????? u r the best hama … mwah

  7. milooo says:
    December 22, 2015 at 11:25 am

    Alhey haadha reethi ey mi part ves… i luv ur stories

    1. Eyesh says:
      December 22, 2015 at 11:58 am

      Awwwn thank u miloo ?

  8. Shar says:
    December 22, 2015 at 11:46 am

    Konirakun nxt part v salhi

    1. Eyesh says:
      December 22, 2015 at 11:58 am

      Thanx shar ? within 2 days next part up kuraanan insha allaah ?

  9. sadhaaa says:
    December 22, 2015 at 11:47 am

    Varah nice. ..I love this story ???

    1. Eyesh says:
      December 22, 2015 at 11:59 am

      Alhey…. thanx sadhaaa ??????

  10. kaisa says:
    December 22, 2015 at 12:28 pm

    V riythi vaahaka. But kudakoh kuru v..
    Pls next time miahvure dhigukoh vaahaka liye dhechey..

    1. Eyesh says:
      December 22, 2015 at 12:34 pm

      Thanx kaisa ? yeah sure dhigukoh ingey next part upload kuraany?

  11. santhi says:
    December 22, 2015 at 12:30 pm

    Hahahah Husna… v nice mi part vz ummmmwahhh

    1. Eyesh says:
      December 22, 2015 at 12:35 pm

      Yeah santhi ? husna ei eyesh v lwbivaa frnd eh ge name ? ?? anyways thanx dear

  12. ina says:
    December 22, 2015 at 12:34 pm

    wowwwwwwwwwww eyesh…mi story v v v v nice………v interesting…….when ix nxt part?????kyp it up….

    1. Eyesh says:
      December 22, 2015 at 12:37 pm

      Awwwwwn ina thank u so much… v v happy vey mihaa lwbi comments libeythi. ?? insha allaah within 2 days up kuraanan. Okai ??

  13. faathun says:
    December 22, 2015 at 1:05 pm

    V v reethi ingey .keep it up

    1. Eyesh says:
      December 22, 2015 at 4:45 pm

      Thanx faathun ??

  14. afyyyy says:
    December 22, 2015 at 3:16 pm

    Mashaa allah v v v reethi ingey mi part…. aslu mihaaru ge gina kudhin nah ves visneyny bodu kameh vyma.eyge kurin hithah erihaa gothakah ulheyny.mi vaahaka aa mi zamaanaa varah gulhey.?….. waitin for nxt prt

    1. Eyesh says:
      December 22, 2015 at 4:48 pm

      Awwwn thank u so so so much ?? yeah aslu ves mihaaruge baeh kudhin ge ulhun huhna goi dhw… ekamaku afyyy thibuni hen
      Fahun visneynee kohme myhakahves dhw ?

  15. mice says:
    December 22, 2015 at 3:26 pm

    VERY NICE!!!!!!!!!!!!!!!

    1. Eyesh says:
      December 22, 2015 at 4:48 pm

      Thanx dear mice ??

  16. s marry says:
    December 22, 2015 at 4:07 pm

    Ey v salhi egey vaahaka u r the best I have never read this much nice story and now v r waiting for next part

    1. Eyesh says:
      December 22, 2015 at 4:50 pm

      Alhey s marry ??? so m v lucky dhw s marry ah ehme fav story liyevunyma Alhamdh lillaahi.. next part v avahaka up kuraanan ?

  17. Ahmed Ammu says:
    December 22, 2015 at 4:09 pm

    Varah Habeys ?. Love Your Stories ?

    1. Eyesh says:
      December 22, 2015 at 4:54 pm

      Thank yuh ammu ?

  18. maahish says:
    December 22, 2015 at 5:57 pm

    Wow wow wow vrh vrh reeeeethi..I love this story… Eyesh ur the best…n I’m a very very very bigggg fan of urs..love u eyesh..

    1. Eyesh says:
      December 22, 2015 at 11:11 pm

      Awwwwwwn maahis ? haadha ufaavejjey alhe mi comment kiyaafa.. eyesh ge thihaa bodu fan eh huhna kan egunima v v v v ufaa vejje ????? luv u too dear ?

  19. Nishaan says:
    December 22, 2015 at 6:00 pm

    Eyesh
    Vedhun Assalaam
    Alhugandu meeves liyuntheri kamah shauguverivaa kuhjeke. esfiya mi sytah liyun hushaalhan varah masahkayy kurevihje vaahaka dhannavame. Namaves adhi kaamiyaabu vaagotheh nuveave. Folhuvai kiyaa application eh ves beynun ebakurame namaves kaamiyaabu adhi nuvaathee Eyesh ge ehee akah varah adhabuveri kamaaeku Edhemeve
    Ihuthiraam gabool kurun Edhen.

    1. Eyesh says:
      December 22, 2015 at 11:08 pm

      Nishaan ? salaam… v ufaa vejje ingey thi comment kohleema. Eyesh ves use kurany folhivai.. so eysh kiyaadheynan ingey kanthah kuranvy goi. I really want to help u.. u can get my number admin athun ingey ? . Mi site ge admin number is 7997991… insha allaah eyesh help vaanan nishaan ah.

    2. Admin says:
      December 22, 2015 at 11:13 pm

      Nishan please contact me on 7997991. We will be glad to help you 🙂

  20. maluudxxx says:
    December 22, 2015 at 6:58 pm

    Stiry v nice…..keep it up myder…when next part ♡♡♡♡♡

    1. Eyesh says:
      December 22, 2015 at 11:12 pm

      Thank u so much maluudxxx ? next part insha allaah within two day ingey ?? ❤??

  21. Lana says:
    December 22, 2015 at 7:53 pm

    I think that boss is the mysterious guy dho dho!! can’t wait to know ??

    1. Eyesh says:
      December 22, 2015 at 11:19 pm

      Oh lana… u r curious dhw varah ? Heheh ? lets wait for 2 days dhw . in two days will upload the next part ?? m so happy to know that u r curiously waiting ?

  22. xeeel says:
    December 23, 2015 at 1:55 am

    Ma sha Allah v v rythi. Anehbai avahah up kollaba 🙂

    1. Eyesh says:
      December 23, 2015 at 11:35 am

      Thanx xeee1 … insha allaah v avahah up kuraanan ingey☺

  23. Shehey says:
    December 23, 2015 at 8:16 am

    Dhen midhemeehun faahaga wany vaahaka dhekkeema dho Eyesh 🙂

    1. Eyesh says:
      December 23, 2015 at 11:38 am

      Shehey ? adhi nuves egeynu ei kaaku kameh dhw ? wait for the next part ingey

  24. Nish says:
    December 24, 2015 at 11:38 am

    Kobaa next part adhi ves up nukurey

    1. Eyesh says:
      December 24, 2015 at 5:19 pm

      Hei nish…. story ge masahkai kuri ah dhanee hama ? mirey ge vagutheh ga noonee madhama morning ga up kuraanan ??

  25. Immy says:
    December 24, 2015 at 5:30 pm

    alhey alhey alheyyyy……….. wat will happn nxt….ohhh cnt wait eyeshhhhh……….
    vrh salhi stry n vrh kiyahiy vefa indha thi ninmaalee….
    n bst of luck… 😉 😉
    😛 😛 :D:D

    1. Eyesh says:
      December 24, 2015 at 7:29 pm

      Awwwn immy ? thnx a lot ingey ?? madhama aa baeh genes dheynan wait kohlahchey ingey ??

Comments are closed.

All Right Reserved!