Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ…

kamana
December 22, 2015
3 Mins Read
43 Views
12 Comments

އަހަރެންގެ ހަޔާތެކޭ ކުޑަ ބަގީޗާއެކޭ ތަފާތެއްނެތެވެ. ކޮކާލާ މާބުރު އުފަލާ ހިތްހަމަ ޖެހުމަށް މަލަށް ތިރިވެ ކުޅެލާ މަންޒަރު އެއީ ހާދަ ފުރިހަމަ މަންޒަރު ތަކެއްނޫންހެއްޔެވެ. އަހަރެންނަކީ މަންމަގެ އެންމެ ހަގު ކުއްޖާއެވެ. ދެން ހުރީ އަހަރެންގެ ދޮންބެ ޝާނު އަދި ތުއްތު ޝާމިންއެވެ. ވަރަށް ކުޑައިރު ދޮންބެގެ ނަމާއި ތުއްތުގެ ނަން އެއްވަތަރު ކަމުން މަންމަ އާއި ބައްޕަ ކުރެން އަހަރެން ވަރަށް ޝަކުވާ ކޮށް ހެދީމެވެ. އެހެން ނަމަވެސް އެދެވޭ ޖަވަބެއް ލިބިފައެއް ނުވެއެވެ. ދޮންބެއަށް ވިހި އަހަރުވެފައި ތުއްތުއަށް ވާނީ ސޯޅަ އަހަރެވެ. ދޮންބެއާއި ތުއްތު އަހަރެންނާ ވަރަށް ތޮޅެ ހަނދާނެއެވެ. އެކަމާ މަންމަ އަބަދުވެސް އަޑުލައި ހަނދަނީ ދޮންބެއާއި ތުއްތުއަށެވެ.

“ދަރިފުޅާ ޖިއާ ދެން ތެދުވޭ.. މިހާރު އެއޮށް ސްކޫލް ގަނޑި ޖެހެނީ” މަންމަ ވަރަށް ލޯބިން އަހަރެންނަށް ގޮވީ ސްކޫލްއަށް ދިޔުމަށެވެ. އަހަރެން ހޭލިގޮތަށް ދިޔައީ ދޮންބެއާއި ތުއްތުއަށް ގޮވުމަށެވެ. “ދެން ޖިއާ އުދަގޫ ނުކޮއްބަލަ.. މި އަންހެނާއާ ހެދި ދެނެއް ނުނިދޭނެ..” ދޮންބެ އަހަރެންނާ ދިމާލަށް އެހެން ބުނީ ކުޑަކޮށް އަހަރެންގައިގައި ޖަހާލަމުންނެވެ. ދޮންބެ އަހަރެން ދެކެ ވަރަށް ލޯބި ވެއެވެ. އެހެންނަމަވެސް ދޮންބެއާ ހިލާފަ ތުއްތު އަބަދުވެސް ހުންނަނީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަހެން ހީވެއެވެ. އެކަމާ އަހަރެން ދެރަވިޔަސް އަޅާ ނުލަނީ ތުއްތު އަހަރެންދެކެ ލޯބިވާކަމަށް ބުނެ ހިތަށް ވިސްނަދެމުންނެވެ.

ކޮންމެ ދުވެހެކޭ އެއްގޮތަށް މިއަދުވެސް އަހަރެން ބޯ ގަތައިދީ ރީތި ކޮއްދިނީ މަންމައެވެ. “މަންމާ.. މަންމަ އަބަދު ޖިއާ އަށް ކަންތަށް ކޮއްދެންޔާ އޭނަ އަމިއްލައަށް އެއްވެސް ކަމެއް ދަހެއްނުވާނެ.. ޖިއާވެސް މިހާރު އެހުރީ އަމިއްލައަށް ބޮޑުވެ މަސަތްކަތް ކުރެވޭވަރު ވެފައި. ގްރޭޑް ފަހެއްގައި އުޅޭނީ މަރިޔަންތަގެ ނިޝް ވެސް.. އޭނަ ރީތިވެ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށް” ތުއްތު އެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. ތުއްތު އެބުނީވެސް ދޮގެއް ނޫނެވެ. މީހާރުންފެށިގެން ކުރަމުންއައީޔާ ދަސްވަމުން އަންނާނެއެވެ. ” ޝާމިން.. ތިއަށް ވުރެށް ރީޗާށް ނޭގެނީތަ ކޮއްކޮއާ ވާހަކަދައްކަން… އެހެން ނޫނަސް ނިޝް އުޅޭގޮތް ބަލަން ފެށީ ކޮންއިރަކު” މަންމަ އެހެން ބުނުމުން ތުއްތު ދެބުމަ ގޮއްޖަހާލީ އަހަރެންނާ ދިމާލަށް ވައްކަޅިން ބަލަމުންނެވެ. ތުއްތު ރުޅިއަޔެއް ކަމަކު މަންމަ އެހެން ބުނެ ހޭންފެއްޓުމުން އަހަންނަށް ވެސް ހެވުނެވެ.

މަގޭ ޖިއާ ރީތިކަން.. ހީވަނީ ކުޑަ ޕަރީއެއް ހެން” ބައްޕަ އައިސް އަހަރެން އުރާލަމުން އެހެން ބުނެލީ ވަރަށް އުފާވެ ހުރެއެވެ. އަހަރެންގެ ބައްޕައަކީ ރީތި ފިރިހެނުންގެ ތެރެއިން ހޮވާލެވޭނެ ފިރިހެނެކެވެ. އަހަރެންގެ ބައްޕަ އުޅެނީ ރަށު އޮފީސްގައެވެ. ބައްޕައެކޭ އެއްވަރަށް މަންމަ ރީތި ނުވިޔަސް ހަޑިޔޭ ބުނާނެ މީހަކު ނުހުންނާނެކަން ޔަގީނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެންނަށް އަހަރެން މަންމަ ވަރެއް ނޯންނާނެ ނޫންހެއްޔެވެ. އަހަރެން އެންމެ ލޯބިވަނީ މަންމަދެކެއެވެ. ބައްޕަ އަހަރެން ކުރާ ކަންތަކަށް ގިނަ ފަހަރު ހުރަސް އަޅާނެއެވެ. އެއާ ހިލާފަ މަންމަ އަބަދުވެސް އަހަރެން ބުނާ ކަންތަށް ކޮއްދޭނެއެވެ.

“ދަރިފުޅު މިއަދުދާނީ ބައްޕައާއި އެކު ދޯ” އަހަރެންގެ ސްކޫލް ދަބަސް ބައްޕަގެ ކޮނޑުގައި އަޅުވަމުން ބައްޕަ ބުންޔެވެ. ބައްޕަ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. ބައްޕަ އާއިއެކު ސްކޫލްއަށް ދެވޭނީ ހާހަކުން އެއްފަހަރުއެވެ. ސްކޫލްއާ ހަމައަށް ދެވެންދެން އަހަރެން ބައްޕަގެ އަތުން ދުލެއް ނުކުރަމެވެ. ސްކޫލް މަގަށް ނިކުމެވުނު އިރު މަރިޔަންތަ ނިޝް ގޮވައިގެން ސްކޫލްއާ ދިމާލަށް ދާތަން ފެނި ނިޝްއާ އެއްވަރު ކުރުމަށް އަހަރެން ދުއްވައިގަތީމެވެ. ނިޝްއަކީ އަހަރެންގެ ބެސްޓް ފްރެންޑްއެވެ. “މަރިޔަމް ކޮބާ ކިހިނެއް ހާލު އަހުވާލު. މިހާރު ފެނިވެސް ނުލާ” އަހަންނާ ނިޝް ފަހަތުން އައި އަހަރެންގެ ބައްޕަ މަރިޔަންތައާ ވާހަކަ ދައްކަމުން އައެވެ. ބައްޕަމެން ދައްކަމުން އައި ވާހަކަތަކަށް އަހަންނާ ނިޝް އެހާ ސަމާލު ކަމެއް ނުދެމެވެ. އެހެން ނަމަވެސް އަހަންނަށް އެމީހުން ދެއްކިވާހަކަތަށް އަޑުއަހާ ހިތްވީ މަރިޔަންތަ ބުނި އެއްޗަކުންނެވެ. “ފަރީޝާ އެބަ އުޅޭ އަންނަން.. އޭނަ މިހާރު މިރަށަށް ނާރާތާ ކިހާ ދުވަހެއް ވެދާނެ.. ” ފަރީޝާ އޭ ބުނުމުން އަހަރެން ވަރަށް އަޑު އަހާ ހިތްވިއެވެ. އެއީ މަންމައާއި ބައްޕަވެސް ފަރީޝާއެއްގެ ވާހަކަ ދައްކާތީއެވެ. އެހެން ނަމަވެސް އެނަސީބު އަހަންނަށް ނުލިބުނީ ސްކޫލް އާ ހަމަވުމުންނެވެ. އަހަރެންގެ ކޮނޑުގައި ދަބަސް އަޅުވަމުން ރަނގަޅަށް ކިޔަވައްޗޭ ބައްޕަ ބުނެލިއެވެ. އަހަރެންވެސް ބައްޕައަށް ޓާޓާ ކިޔުމަށް ފަހު ނިޝްއާއެކު ސްކޫލްއަށް ވަނީމެވެ.

ކޮންމެ ދުވަހެއް ނިމިދަނީ އެތަށް ސަކަރާތުގައެވެ. ދޮންބެ އަހަރެންނާ ސަކަރާތް ޖެހިޔަސް ތުއްތު މަދުފަހަރަކު ނުނިއްޔާ ކުޅެލަންވެސް ނާންނާނެއެވެ. އެކަމާ އަހަރެން ވަރަށް ފޫހިވެއެވެ. އެއީވެސް އޭގެން ދުވަހެކެވެ. އަހަރެން ދުވަމުން ދިޔައީ ދޮންބެގެ އަތުނުވޭތޯއެވެ. އަހަރެން ދުވަމުން ކޮންޓްރޯލް ނުވެގޮސް ޖެހުނީ ގެއަށް ވަންނަން އައި މެހެމާނުގައިގައެވެ. އަހަރެން ވެއްޓިފައި އޮތްތަން ފެނި ދޮންބެ އަހަރެން ނަގައިދީ ވެލި ފޮޅާ ދިނެވެ. ރަނގަޅަށް ތެދުވެ ހަމަޖެހިލަމުން އަހަރެން ކުރިމަތީ ހުރި މީހާއަށް ނަޒަރެއް ދިނީމެވެ. އެ އަންހެން މީހާ ފެނި އަހަރެންގެ ދެލޯ ބޮޑުވީ އަޖައިބެއް ފެނިގެން އުޅޭމީހެއް ހެނެވެ. އެއީ ހާދަ ރީތި އަންހެނެކެވެ. މަންމައަށް ވުރެއް އޭނަ ރީތިވާނެކަން ކަޝަވަރެވެ.

 

ނުނިމޭ…

 

 

 

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ތީ ފުރާނައިގެ ދިރުމޭ މަގޭ (4)

Next

ފޮހެވޭނޭ ބާއޭ… 29

Next
December 22, 2015

ފޮހެވޭނޭ ބާއޭ… 29

Previews
December 22, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ (4)

12 Comments

  1. mice says:
    December 22, 2015 at 6:11 pm

    varah reethivaane hen heevani mi vaahaka! anebai avaha up ko dheathi plx…

  2. Maalu says:
    December 22, 2015 at 6:12 pm

    Vrh reethi …when is the next part??????

  3. xeeel says:
    December 22, 2015 at 6:33 pm

    Ma sha Allah v v rythi vhka eh. 🙂 vhkaige aneh bai kiyaahithun kehmadhuvefa mi iny…. Kamana plx vhkaige anehbai avahah up kohba. 🙂 🙂

  4. Ahmed Ammu says:
    December 22, 2015 at 7:11 pm

    Varah furihama mi part. keep it up Kamana ?

  5. kamana says:
    December 22, 2015 at 9:39 pm

    Thnk u guyxx ??? happiii to knw tht u guyx liked this part ☺️☺️

  6. raashi says:
    December 23, 2015 at 12:57 am

    vararithi anebaa gaavaani kihinebaa

  7. kamana says:
    December 23, 2015 at 11:14 am

    Heheh letx c dhw. Thnk u ?

  8. Immy says:
    December 24, 2015 at 5:54 pm

    vrh salhi…. ekam tooo shooooooorrrrrrrrrrttttttttttt…….. miah vuerh thankolheh dhigu kollahchey ingey…. n again vrhhhhhh salhiii….
    waitin fr nxt prttttttttt….. vrh avahah up kohdhehcheyy.

    plxxxxx n bst f luck 😉 😉

  9. Immy says:
    December 24, 2015 at 5:56 pm

    sry immy ge cmnt ga mstk eh ineema rangalhu kollan vgn….
    miah vureh*
    hehe

  10. Faxoo says:
    December 26, 2015 at 9:33 pm

    varah reethi 😉

  11. kamana says:
    December 28, 2015 at 8:10 pm

    Thnk u ?

  12. Kamanaa says:
    April 26, 2017 at 2:37 pm

    V salhi ingey

Comments are closed.

All Right Reserved!