Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 33

Esfiya
December 21, 2015
6 Mins Read
49 Views
11 Comments

ޔާނާ ހުރީ ތައްޔާރު ވާށެވެ. ފަން ދިގު އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައިރު މޫނުމަތީގައި އުފާވެރި ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. އީމަންއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލަން ލިބުމުން ޔާނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ދޮރުގައި ޓަކި ޖެހި އަޑު އިވުމުން ޔާނާ ކައިރީގައި އޮތް ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ގޭގައި ގެންގުޅޭ މީހެކެވެ. ސަލާމް ގޮވާލުމަށްފަހު ދިއްކޮށްލީ ޕާރުސަލެކެވެ. ރަތްކުލައިގެ ކަރުދާހުން ޕާރުސަލް ކުރެވިފައިވީއުރު ކާޑެއްގެ އިތުރުން މާބޮނޑިއެއްވެސް އޮތެވެ.

“އީމް!” ޔާނާއަށް ހިނތުންވެލަމުން ބުނެލެވުނެވެ.
ދޮރުލެއްޕުމަށްފަހު، ޕާރުސަލް ކަނޑަން ފެށިއެވެ. މޫނު މައްޗަށް ވެރިވެފައިވި ހިނިތުންވުން އެންމެ ސިކުންތަކަށްވެސް ފަނޑުވެގެނެއް ނުދެއެވެ. “އީމް. ހާދަ ރޮމޭންޓިކްއޭ ދޯ!” ޕާރުސަލް ކަނޑަމުން ބުނެލިއެވެ.
ކަރުދާސްގަނޑު ނައްޓާލުމަށްފަހު ޕާރުސަލްކޮށްފައިވާ ފޮށި ހުޅުވާލިއެވެ. ޔާނާގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. އެތެރޭގައި ތިބި އެއްޗެހި ނަގަމުން ފަހަރަކު އެއްޗަކަށް ބަލަމުން ދިޔައެވެ. އެންމެ މަތީގައި އޮތީ ހެދުމެކެވެ. ޔާނާ ލައިއުޅޭކަހަލަ ކަޅު ހެދުމެކެވެ. ނަމަވެސް ހެދުމުގެ ބޭރުގައި ލޭސްފޮތިންނާއި ވިދާ އެހުން ޑިޒައިން ކުރެވިފައިވެއެވެ. ޔާނާ އަބަދުވެސް އެންމެ ގަޔާވާ ގޮތަށް ވަރަށް ‘ސިމްޕަލް’ ކޮށެވެ. ހެދުމުން މީރު ސެންޓްވަހެއްވެސް ދުވަމުން ދިޔައެވެ.
އޭގެ އިތުރަށް ހެދުމާއިގުޅޭ ވަރަށް ރީތި ޝޯލްއެއް އޮތެވެ. ރަތާއި ކަޅުންނެވެ. ފޮށިގައި ތިބި ގަހަނާތައްވެސް ތިބީ ރަތާއި ކަޅުންނެވެ. އަނގޮޓިއަކާއި ރަނުގެ ކެވެލިކޮޅެކެވެ.

ޔާނާ ހެދުން ލިއެވެ. ހެދުން އޮތީ ޔާނާގެ ގަޔަށް ވަރަށް ހެޔޮވަރަށެވެ. “އީމް ހާދަ މޮޅޭ ދޯ.” ޔާނާ ލޯގަނޑުން ބަލައިލަމުން ބުނެލިއެވެ.
އެއަށްފަހު އިސްތަށިގަނޑު އައްސާލުމަށްފަހު ޝޯލްނަގާ އަޅަންފެށިއެވެ. ރީތިގޮތަކަށް ޝޯލްއަޅާ ނިންމާލުމަށްފަހު އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަމިއްލަ ނަފްސާ ހިނުތުންވެލީ އީމަން ހިތްހަމަ ޖެހޭނެޔޭ ހިތްބުނުމުންނެވެ. ގަހަނާތައް އަޅައި ތައްޔާރުވެލިއެވެ.

ރީމް އައިސް ޔާނާގެ ކޮޓަރީގައި ޓަކި ދިނެވެ. އަދި ލައިގެން ހުރި ހެދުން ރަނގަޅުކޮށްލިއެވެ. އަމިއްލަ ނަފްސުގެ ރީތިކަން ފެނި ފަޚްރުވެރިވެވުނު ހިނދު ހިތްވެސް ބޮޑާވިފަދައެވެ. ‘މާންގެ ނަޒަރު މިރޭ އެހެން ދިމާއަކަށް ނުދާނެކަން ޔަޤީން. އެހެންނޫނަސް ކާކުތަ ގަޔާވާނީ ގޯނިގަނޑެއް ތެރެއަށް އެރިގެން އުޅޭ މީހަކާ.’ ހިތާހިތުން ކިޔާލެވުނެވެ.
ދޮރުގެ ތަންޑު ނެއްޓުނު އަޑު އިވުނެވެ. ރީމް ދޮރު ހުޅުވާލާފައި އެތެރެއަށްވަނެވެ. ޑްރެސިންޓޭބަލް ކައިރީގައި ހުއްޓުނު ޔާނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ރީމްގެ ހަރަކާތްތަށް މަޑު ޖެހިލިއެވެ. ދޮރުލައްޕަންވެސް ނޭގުނެވެ. ޔާނާ ލައިގެން ހުރި ހެދުމުން އޭނާގެ މަޢުސޫމުކަމާއި މާތްކަން ފެންނަމުން ދާފަދައެވެ. ހަށިގަނޑުގެ ބައްޓަން ފާޅުނުވާހެން ނިވާވެގެން ހުރި އިރުވެސް ޔާނާގެ ރީތިކަން ބަޔާން ނުކުރެވޭވަރުވެއެވެ. ރީމް ގެ ހިތަށް އެރިއެވެ. ‘ގަހަނާއެއް ނެތެވެ. އިސްތަށިގަނޑު ވަނީ ނިވާވެފައެވެ. ހަށިގަނޑުގެ ބައްޓަމެއް ނޭނގެއެވެ. ހެދުން ދުލެވެ. އެކަމަކު ފާހަގަކޮށްލެވޭ ވަރުގެ ރީތިކަމެއް ޔާނާގެ ކިބައިން މިފެންނަނީ ކީއްވެހެއްޔެވެ؟’

“ވާއޮ! ހާދަ ރީއްޗޭ.” ރީމް ސިހިގެން ދިޔައީ ޔާނާ ވާހަކަ ދެއްކުމުންނެވެ. ބޮޑާ ގޮތަކަށް ހިނިތުންވެލީ އަމިއްލަ ރީތިކަމާ މެދު ފަޚްރުވެރިވެލަމުންނެވެ. އަދި ގޮސް އެނދުގައި އިށީންދެލިއެވެ.
“ހާދަ ރީތި ހެދުމެއް.” ރީމް ބުނެލިއެވެ. ހަށިގަނޑު ނިވާކޮށްގެން ތިބިޔަސް ރީތި ގޮތްތައް ބޭނުން ކުރެވިދާނެކަމެއް ރީމްއަކަށް މީގެ ކުރިން އެނގިފައެއް ނުވެއެވެ.
“އާނ! ވަރަށް ރީތި ދޯ. އަހަރެންވެސް ހަމަ ހައިރާންވި.” ޔާނާ ހެދުމަށް ބަލައިލަމުން ބުނެލިއެވެ.
“ކީއްވެ ޔާނާ ހައިރާންވާންވީ؟ ކާކު ދިން ހެދުމެއްތަ ތިއީ؟” ޔާނާގެ ޖަވާބުން ރީމްއަށް ހައިރާންކަން ލިބިގެން ދިޔުމުން ސުވާލުކޮށްލެވުނެވެ.
“މިއީ އީމް ފޮނުވި އެއްޗެއް. އަހަރެން ތައްޔާރުވާން ހުއްޓާ މިލިބުނީވެސް. ދެން އީމް ދިން އެއްޗެއްވީމަ ހިތަށް އެރީ މިހެދުމޭ ލާނީ.” ޔާނާ އުފާވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައިރު ރީމްގެ ހިތަށް ހީވީ ކަށިތަކެއް ހަރަމުން ދިޔަ ހެނެވެ. އެތެރެ ހަށީގައި އަލިފާން ރޯވަމުން ދިޔަހެން ހީވިއެވެ. ރީމްއަށް ނުދީ ޔާނާއަށް ހަދިޔާ ދިނުމުން ހިތުގައި ހަސަދަވެރިކަން އުފެދިގެން ދިޔައެވެ.

ދޮރުގައި ޓަކި ދިން އަޑު އިވުމާއެކު ދެމީހުންނަށް ބަލައިލެވުނީ ދޮރާ ދިމާއަށެވެ. “އީމަން އިންތިޒާރުގައި ސިޓިން ރޫމުގައި އެބަހުންނެވި.” ގެގައި ގެންގުޅޭ މީހެއް ބުނެލުމަށްފަހު އެނބުރި ދިޔައެވެ.
ޔާނާ އަތްދަބަސް ނެގުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަތެވެ. “މަޑުކޮށްބަލަ.” ރީމް ބުނެލިއެވެ. ޔާނާ ހުއްޓި ބަލައިލިއެވެ. “ކިހިނެއްވީ؟”
“އަހަންނަށް ހީވަނީ ތި ޝޯލް ނުގުޅޭހެން ތިހެދުމާ.” ރީމް ބުނެލިއެވެ.
“އެހެންތަ؟” ޔާނާއަވަސްއަވަހަށް ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލައިލިއެވެ. “ނުގުޅޭތަ؟ އަހަރެންނަށް ހީވަނީ ގުޅޭހެން.” ޔާނާ މިހެން ބުނެލަމުން އެނބުރި ބަލައިލީ ރީމް އަށެވެ. އެހިނދު ޔާނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ.
ރީމް ޔާނާގެ އަލަމާރި ހުޅުވައިގެން ހެދުންތައް ހާވަމުން ދަނީއެވެ.

“ރީމް؟” ޔާނާއަށް ބުނެލެވުނެވެ.
“ނެތްތަ އެހެން ޝޯލްއެއް ރަތްކުލައެއް ހުރި؟” ޔާނާއަށް އެނބުރި ބެލުމެއް ނެތި ރީމް ސުވާލުކޮށްލިއެވެ. ޔާނާ އަލަމާރިކައިރިއަށް ދިޔައެވެ. އަދި އަލަމާރިއަށް ނަޒަރު ހިންގާލިއެވެ.
“ރަތްކުލައިގެ ޝޯލް އެއް ދެން ނެތް އަހަރެން އަތުގައެއް.” ވިސްނާލަމުން ބުނެލިއެވެ.
ރީމް ހެދުން ތަކުގެ ތެރެއިން އެއްޗެއް ނަގަންފެށިއެވެ. “މިއޮތީ ޝޯލް އެއްނޫންތަ” އަލަމާރި ތެރެއިން ރަތް ކުލައިގެ ސްކާފެއް ނަގަމުން ބުނެލިއެވެ.
“ތިއީ ސްކާފެއްނު. ތި ނުވެސް އެޅޭނެ މިގޮތަކަށް.” ޔާނާ ބުނެލިއެވެ.
“އެކަމަކު މިއިތި މާރީތިވާނެ ތި ހެދުމާ އެކީ އަޅައިގެން ހުންނައިރު.” ރީމް ދެކޮޅު ހަދަ އުޅުނެވެ. އެހިނދު އަނެއްކާވެސް ކުރިންއައި މީހާ އައިސް އީމަން އަވަސް ކުރުމަށް އެދުނު ވާހަކަ ބުނެލިއެވެ.
“ރީމް! އީމްވެސް ކިހާ އިރެއް ހުންނަތަން. ދެން ތި ބަދަލެއްވެސް ނުކުރެވޭނެ.” އީމަން އެގޮތަށް އިންތިޒާރުގައި ބަހައްޓަން ޔާނާ ބޭނުމެއް ނުވިއެވެ. އޭގެ އިތުރުން އީމަން ދިން ހެދުމާއެކީ އެހެން ޝޯލްއެއް އަޅަން ހިތްހަމަވެސް ނުޖެހުނީއެވެ.
“އޯކޭ! ޔާނާ ބޭނުން ގޮތެއް. އަހަރެން ބޭނުންވީ ޔާނާ ފެނި މާން އުފާވާހެން ކަންތައް ކުރަން. އެނީވޭޒް، އިޓްސް އަޕް ޓު ޔޫ.” ރީމް މަޑުމަޑުން ބުނެލިއެވެ. ޔާނާ ވިސްނާލިއެވެ. ރީމް ދެރަ ކުރާކަށް ބޭނުމެއް ނުވިއެވެ.

“އެންމެ ރަނގަޅު. މިހެން ހަދަމާ. އީމްއާ ސުވާލުކުރާނީ ކޮން އެއްޗެއްތޯ ބޮޑަށް ގުޅެނީ. ދެން އީމް ދޭ ޖަވާބަކުން ޗޭންޖް ކޮށްލާނީ. އެހެންވީމަ މި ސްކާފް މިލީ އަހަރެންގެ ދަބަހަށް. ހެޕީ؟” ޔާނާ ސްކާފް ދަބަހަށް ލިއެވެ. ރީމް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ނަމަވެސް ހިތްހަމައެއް ނުޖެހުނެވެ. އޭނާގެ މަޤްސަދު ހާސިލު ނުވުމުންނެވެ.
ޔާނާ ހިނގައިގަތުމުން ރީމްވެސް ފަހަތުން ހިނގައިގަތެވެ. ތަންކޮޅަކަށް ކުރިއަށް ދެވުނު ތަނާ ރީމް ވާހަކަ ދައްކަން ފެށިއެވެ.
“އުޕްސް! ކޮޓަރީގެ ލައިޓްތައްވެސް ނިއްވާ ނުލާ މިއައީ. ދޮރުވެސް ނުޖެހި އެހުރީ.” ޔާނާގެ ކޮޓަރިއަށް ބަލާލަމުން ރީމް ބުނެލިއެވެ.
ޔާނާ އެބަ އަންނަމޭ ބުނެ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ޔާނާ ދިޔުމުން ރީމް އަވަސް އަވަހަށް ކުރިއަށް ހިނގައިގަތެވެ.

“މާން ޝުޑް ސީ މީ އެލޯން.” ހިތާހިތުން ބުނެލިއެވެ. ޔާނާގެ ހުރި އަޖައިބެއްފަދަ ފުރިހަމަކަންފެނި ރީމް ޔާނާއާ އެކީ އީމަންގެ ކުރިމައްޗަށް ދާކަށް ބޭނުމެއް ނުވިއެވެ.

ރީމް ސިޑި ބަރިން ތިރިއަށް ފައިބަމުން އީމަންއަށް ބަލައިލިއެވެ. އީމަން ހުރީ އަނެއްފަރާތަށް ހުރި ސޯފާއެއްގައި ކަމުން ރީމް އެއް ނުފެނެއެވެ. ރީމްގެ ހައިހީލްއިން ތަންކޮޅެއް ބާރަށް ފައި އަޅަން ފެށިއެވެ. ގޮނޑީގައި އިން އީމަން ބަލައިލިއެވެ. އީމަން އާޝޯހުވިފަދައެވެ. ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

ރީމްގެ ހިތަށް ފިނިކަމެއް ވެރިވެގެން ދިޔައެވެ. އޭނާ ބޭނުމީ މިފަދަ ނަޒަރަކުން އީމަން އަބަދުވެސް އޭނާއަށް ބެލުމެވެ. އީމަން އިނީ އެސްފިޔަ ޖަހާލަންވެސް ނޭގިފައި ކަހަލައެވެ. ރީމް މޫނުމައްޗަށް މަސްތީ ހިނިތުންވުމެއް ވެރިކުރުވައިގެން ސިޑިން ތިރިއަށްފައިބަމުން ދިޔައެވެ. އުފާވެރިކަމާ ފަޚްރުވެރި ކަމާއެކީގައެވެ. އެވަގުތު ހިތް ބުނެލިއެވެ. އީމަންގެ ދުލުން އަހަރެންނަށްޓަކައި ތަޢުރީފުގެ ބަސްފިޔަވައި އެހެން ބަހެއް ހަމަހިލާ ނީވެނެއެވެ. ރީތިކަން ފެނި އެހުރީ އާޝޯހުވެފައެވެ. ރީތިކަމަކީ ކޮބައިކަން ޔަޤީނުންވެސް މިހާރު އެނގިގެން ދާނެއެވެ.

ސިޑި ބަރިން ފައިބައިގެން އީމަންއާ ދިމާއަށް ހިނގައިގަތެވެ. “ސުބުޙާނަﷲ! ރީމް! ފަހަތަށް އެނބުރިލަބަލަ.” އީމަން ބުނެލިއެވެ.

ރީމްގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ. ހައިރާންކަމާއެކީ ފަހަތަށް ބަލައިލިއެވެ. މަޑުމައިތިރިކަމާ ލަދުރަކިކަމާއެކު ޔާނާ އައިސް އައިސް ހުރިތަން ފެނި މިވީ ގޮތް ރީމްއަށް ރޭކާލިއެވެ. އީމަން ބެލީ އޭނާއަށް ނޫންކަން އަދި ޔާނާއަށްކަން އެނގުމުން އަނގަޔަށް ފާޑެއްގެ ގޮތެއް ހަދައިލެވުނެވެ. އީމަން ޔާނާ ކައިރިއަށް ހިނގައިގަތްއިރު ރީމް އެއީ ހުރި މީހެއް ހެންވެސް ހިޔެއްނުވެއެވެ.

“އަހަރެން ހީކުރި ވަރަށް ވުރެވެސް ފުރިހަމަ. ވަރަށް ރީތި.” އީމަން ޔާނާ ކައިރީގައި ބުނެލިއެވެ. ޔާނާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. އިސް ޖަހާލިއެވެ.

“ހިނގާ ދަމާ!” އީމަން އެނބުރި ރީމްއަށް ބަލާލުމަށްފަހު މިހެން ބުނެލަމުން އަނެއްކާވެސް ޔާނާއަށް ބަލައިލިއެވެ. ޔާނާ ލޮލުގެ އިޝާރާތުން ރީމް ދައްކައިލިއެވެ. ޔާނާ އެބުނީ ކީކޭކަން އީމަންއަށް އެނގުނު ހިނދު އަނެއްކާ ރީމްއާ ދިމާއަށް އެނބުރިލިއެވެ.
“ރީމް! ވަރަށް ރީތި. ހެދުންވެސް… ފައިވާންވެސް…. ރީމް އާ ވަރަށް ގުޅޭ.” އީމަން ގަދަކަމުން ތަޢުރީފުގެ ބަސްތަކެއް ރީމްއަށް ރައްދުކޮށްލިއެވެ. ހަމައެކަނި ރީމްގެ އުފަލަށްޓަކައެވެ. ރީމްވެސް ގަދަކަމުން ހިނިތުންވެލީ އެއީ އީމަން ބުނަން ބޭނުންވެގެން ބުނި އެއްޗެއް ނޫންކަން އެނގުމުންނެވެ.
އީމަން ހިނގައިގަތުމުން ރީމްއާ ޔާނާވެސް ހިނގައިގަތެވެ.

އާއިޒު ގެއަށް އައީ ފަތިސް ނަމާދަށް ބަންގި ދޭން އުޅެނިކޮށެވެ. ގިނައިރު ހޭލާ އުޅުމުގެ ސަބަބުން ވަރުބަލިކަމާއި ލޮޑުކަންވަނީ ހަށިގަނޑަށށް ވެރިވެފައެވެ. އެނދުގައި އޮށޯވެ ލޯމަރާލިއެވެ. ނިދީގެ ތެރެއަށް ގެނބެމުން ދަނިކޮށް ލޯހުޅުވާލަން މަޖުބޫރުވީ މަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ބޯހިއްލާފަ ބަލައިލެވުނީ ޖާހަތު އަށެވެ. ނަމަވެސް ޖާހަތެއް އެނދަކު ނެތެވެ. ކޮޓަރި ތެރެއަކުވެސް ނެތެވެ. ވަރުބަލިވެފައިވީ ނަމަވެސް ތެދުވެވުނީ އެއަޑުގައި ހުރި ރިހުން އިހުސާސް ކުރެވުމުންނެވެ. އަޑު އަންނަ ދިމާއަށް ހިނގައިގަނެވުނެވެ. އަޑު އަންނަނީ ފާހާނާ އިންނެވެ. އާއިޒު ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަދި ސަމާލުކަމާއެކު އަޑު އަހަމުން ދިޔައެވެ. ޖާހަތު ރޮމުން ކޮންމެވެސް ވާހަކައެއް ދައްކާ ހެންވެސް ހީވިއެވެ. އާއިޒު އިތުރަށް ކަންފަތް ދިއްކޮށްލިއެވެ. ކިޔާއެއްޗެއް ސާފު ނުވި ނަމަވެސް ‘މަންމާ’ އޭ ބުނެލި އަޑު އިވުނެވެ. ހިތަށް އެރިއެވެ. މިރޭގެ ކަންތަކަށްފަހު މަންމަމެންމަތިން ހަނދާންވީ ކަމެއްވެސް ނޭނގެއެވެ.

ޖާހަތުއަށް ގޮވުމަށްޓަކައި އަތް ހިއްލާލި ނަމަވެސް އެއަތް ތިރިކޮށްލިއެވެ. އޭނައަށް ހަމްދަރުދީ ވާންވީ ކީއްވެހޭ ހިތް ސުވާލުކޮށްލިއެވެ. އެނބުރި ދާން ހިނގައިގަނެފައިވެސް ފައިގެ ހަރަކާތް ހުއްޓުނީ އެ ރުއިމުގެ އަޑުގެ ސަބަބުންނެވެ. އެފަދަ ވޭނީ އަޑަކުން ރޮމުން ގެންދިޔުމުން އާއިޒު ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. ހުއްޓުވަން ބޭނުންވިއެވެ.
“ކިހާ ވަރުގަދަ ކަމެއް! ނިދޭވަރެއް ނޫނޭ.” ދޮރުގައި ބާރަށް ތަޅައިގަންނަމުން އާއިޒު ބުނެލިއެވެ.
އަޑު ކެނޑުނެވެ. އާއިޒު އިރުކޮޅެއް ވަންދެން ކަންފަތްދީގެން އަޑު އަހަންވެސް މަޑުކޮށްލިއެވެ. އިތުރަށް ރޯ އަޑު ނުއިވުމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ގޮސް އެނދުގައި އޮށޯވެލިއެވެ. މާގިނައިރުތަކެއް ނުވެ ނިދުނެވެ.

“އާއިޒު! އާއިޒު!” އާއިޒުއަށް ހޭލެވުނީ މީހަކު އޭނާއަށް ގޮވާއަޑަށެވެ. ކުރިމަތީގައި ހުރީ ޖާހަތު އެވެ. ކޮފީތަށި ހިފައިގެންނެވެ.
“ކިހިނެތްވީ؟” ރުޅިވެރިކަމާއެކީ އާއިޒު ސުވާލުކޮށްލިއެވެ.
ޖާހަތު ކޮފީތަށި ސައިޑް ޓޭބަލްމަތީގައި ބެހެއްޓިއެވެ. “ހަމަހޭގައެއްވެސް ނޫން ދޯ މިހާރު ހުންނަނީ. ބަލަ މިއަދަކީ ހުކުރު ދުވަހޭ.” އާއިޒު ޖެއްސުންކުރާ ފަދަ ރާގެއްގައި ބުނެލިއެވެ.
“މަންމަ ބުނީ މިއަދަކީ ހުކުރުދުވަސް ވީމަ ބައްޕަ އާއެކީގައި ގޯތި ތެރޭގައި ހުރި ގަސްތަށް ކޮށާލަދޭން ތެދުވާށޭ.” ޖާހަތު މަޑުމަޑުން ބުނެލިއެވެ.

އާއިޒު އިތުރު އެއްޗެކޭ ނުބުންޏެވެ. އާ ފުރެމުން ގޮސްވަނީ ފާހާނާ އަށެވެ. ފާހާނާގެ ދޮރު ޖެހުނު އަޑު އިވުމުން ޖާހަތު އެދިމާއަށް އެނބުރިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނު މަތިން އެއްވެސް އަސަރެއް ފެންނަން ނެތްފަދައެވެ.
އާއިޒު ތައްޔާރުވެލައިގެން ބޭރަށް ނިކުތެވެ. ސައުދިއްޔާމެން ގޯތި ތެރޭ އުޅޭ އަޑު އިވުމުން އެތަނަށް ނިކުތެވެ. އެއިރު ސައުދިއްޔާއާއި ޝަކީބު ގަސްތަށް ކޮށާނެ ގޮތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދަނީއެވެ.
“ދަރިފުޅު! ދޭ އަވަހަށް ސައި ބޮއެގެން އަންނަން.” އާއިޒު ފެނުމުން ޝަކީބު ބުނެލިއެވެ. އާއިޒު އެތެރެއަށް ހިނގައިގަތެވެ. ކަކުލާ ހަމައަށް އަންނަ ސޯޓަކާއި ކަޅު ބެނިއަމް އެއް ލައިގެން ހުރިއިރު އާއިޒުގެ ހަށިގަނޑުގެ ބިޔަކަމާއި އަތުގެ ފިރހެންވަންތަކަން ހާމަވަމުން ދިޔައެވެ.

ސައިމޭޒުކައިރީގައި އިން ޖާހަތު އާއިޒު ވަދެގެން އައިތަން ފެނުމާއެކު ތެދުވިއެވެ. އަދި ރޮށިލާތަށީގެ މަތި ނަގައި ރިހަތަށީގެވެސް މަތި ނެގުމަށްފަހު ކުޅިމަސް ބޯތަށިވެސް ކައިރިކޮށްލިއެވެ. އާއިޒު ގޮނޑިގައި އިށީނދެލިއެވެ. ޖާހަތު ސައިއަޅަން ފެށިއެވެ. އާއިޒު ފަހަތުން އައިސް ޖާހަތު އަތުން ޖޯޑު ހޯދިއެވެ. އަދި އަމިއްލައަށް ސައިއަޅައިގެން ގޮސް އިށީންނިއެވެ.

“މާވަރަކުން އުޅޭނެ ކަމެއް ނެތް. އަހަރެން ދުވަހަކުވެސް ކަލޭގެ އެހީ އަކަށް ބޭނުމެއް ނުވާނެ. އަދި އެހީ ބޭނުން ވެއްޖެ ނަމަވެސް އަހަރެން ހުންނާނީ އެކުރަން ޖެހުނުކަމެއް ނުކޮށް.” ހަރުކަށި ބަސްތަކަކުން ޖާހަތުއާ ދިމާއަށް ހިތުގައިވާ ނުރުހުން ބޭރުކުރުމަށްފަހު އާއިޒު ސައިބޯންފެށިއެވެ. ޖާހަތުއަށް ހުރެވުނީއެވެ. ހަރަކާތެއް ނެތް މަސްގަނޑެއްފަދައިންނެވެ. އާއިޒު އިސްއުފުލާ ބަލައިލިއެވެ. “ދެން މިތަނުން ދެވޭތޯ ބަލާ. އަހަރެން ނޫޅެން ކަލޭގެ މޫނު ބަލައިގެން ހުރެ ކާހިތަކުން. ރީތި ސިފައެއް ލިބިފަ ހުރި ނަމަވެސް ރަނގަޅު، ތިމާވަރު މީހެއް ނެތްކަމަށް ހެދިގެން އުޅެން.” އާއިޒުގެ ރުޅިގަދަ ބަސްތައް އިވި ޖާހަތު އިސް ޖަހައިލިއެވެ. އާއިޒު ކެއުން ކުރިއަށް ގެންދަން އުޅެފައިވެސް ޖާހަތު ނުގޮސް ހުރުމުން ރުޅިގަދަވިއެވެ.

“ކިހާ ދެރަކަމެއް. ކަލޭ ވަރަށް އަނބިމީހާވެގެން އުޅޭ ހިތްވޭ ދޯ! އެހެންވެއްޖެއްޔާ ދެން އަނބިމީހާ ކުރަން ޖެހޭ ކަންތައްވެސް ކުރޭ. ކީއްވެ އެއްބައި ކަންތައް ތިކުރަނީ؟ މާ ރަނގަޅު މީހެއްކަމުގައި ވާންވެގެން އެބަ އުޅެއެއްނު. ބަލަ އަހަރެންނަށް އެނގެޔޭ ތިއީ ކޮން ފެންވަރެއްގެ މީހެއްކަން. އަމިއްލަ މައިންބަފައިން އަޅާނުލާ ދޫކޮށްލީމަ ދެން އުޅޭނެގޮތް ކޮންމެ މީހަކަށްވެސް އެނގޭނެ. ބޮޑު ސޯބު އެނބުރޭ ގޮތަކަށްނު ކުޑަ ސޯބުވެސް އެނބުރޭނީ!” އާއިޒު ރުޅި ގަދަވެފައި ދުލަށް އައިހައި އެއްޗެއް ގޮވަމުން ދިޔައެވެ. ޖާހަތުގެ މައިންބަފައިންނާއި ބެހޭ ގޮތުން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޖާހަތު ހިތް ކުދިކުދި ވެގެން ދިޔައެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަންފެށިއެވެ. ވޭނީ އަޑަކުން ގިސްލެވެން ފެށުނެވެ.

“ކާކަށް އަޑު އިއްވަންތަ ތި ރޮނީ؟ ކަލޭ ތިއީ ތިހާ މާތް މީހެއްނަމަ ކޮބާ ކަލޭގެ މައިންބަފައިން. ކީއްވެ ކަލޭ ދޫކޮށްލާފަ ދިޔައީ؟ އެމީހުން ކަލޭގެ ކައިވެނި ޕާރޓީއަށް ނައީ ކީއްވެ؟ ނޭނގެނީތަ ކަލޭ މީހަކާ އިންކަން؟ ކަލޭގެ ތިހުރި މާތްކަމެއް ދައްކަން އެމީހުން ގެނޭ މިތަނަށް. ވާނެތަ؟” ރުޅިވެރިކަމާއެކު ޖާހަތުގެ އުޅަނބޮށީގައި ބާރަށް ހިފައި ތަޅުވައިގަންނަމުން އާއިޒު ވާހަކަ ދެއްކިއެވެ. ޖާހަތުއަށް ރޮއެގަނެވުނެވެ.

“ނޫން! ނުވާނެ! އެމީހުން މިދުނިޔޭގައެއް ނެތް. އަހަރެން ދުވަހަކުވެސް އަހަރެންގެ މައިންބަފައިން ލޮލަކުން ނުދެކެން. އެންމެ ފަހަރަކު ނަމަވެސް ދެކިލަން ވަރަށް ބޭނުން.” ޖާހަތު ގިސްލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ކުރިއަށް ދާގޮތެއް ނުވިއެވެ. ބާރުބާރަށް ރޮވެން ފެށުމުން އަނގަ މަތީ އަތްއެޅިއެވެ. އަދި ދުވެ ގޮސް ކޮޓަރިއަށް ވަނެވެ.

އާއިޒުގެ ހަށިގަނޑު ހަރަކާތްކޮށްލަން ދަތިވެފައި ހުރިތަނުގައި ހުރީއެވެ. ޖާހަތު ދުވެދިޔަތަން ބަލާށެވެ. ޖާހަތުގެ މައިންބަފައިން ދުނިޔޭގައި ނެތީކަން އެންމެ ފަހަރަކުވެސް ވިސްނައެއް ނުލެވުނީއެވެ. ހިން ދިރުވާލެވުނީ ކީއްވެގެންކަން ޚުދު އާއިޒުއަށްވެސް ނޭނގުނެވެ. ގޮނޑިގައި އިށީނދެ ސައިބޯން ފެށިނަމަވެސް ސައިބޯ ހިތެއް ނުވިއެވެ.

އެއްވެސް މީހަކަށްޓަކައި ވިސްނުމެއް ނުބެހައްޓާ އާއިޒުގެ ސިކުނޑިއަށް ޖާހަތުގެ ހާލަތު އިހުސާސް ކުރެވެންފެށިއެވެ. އިރުއިރުކޮޅާ ކޮޓަރިއަށް ބަލާލެވެއެވެ. ނަމަވެސް އެތަނަށް ދާކަށް ބޭނުމެއް ނުވިއެވެ.

“ސައިބޮއެ ނިމިއްޖެތަ؟” އެތެރެއަށްވަދެގެން އައި ސައުދިއްޔާ ސުވާލުކޮށްލިއަޑު އިވުނެވެ. “ކޮބާ އެމަންޖެ؟” ޖާހަތު ނެތުމުން ސުވާލުކޮށްލިއެވެ.

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Esfiya

Other Articles

Previous

އަނިޔާ… 14 ވަނަ ބައި

Next

މިއީ ތަޤްދީރު ހޭ؟ (ދިހަވަނަ ބައި)

Next
December 21, 2015

މިއީ ތަޤްދީރު ހޭ؟ (ދިހަވަނަ ބައި)

Previews
December 21, 2015

އަނިޔާ… 14 ވަނަ ބައި

11 Comments

  1. Lik says:
    December 21, 2015 at 12:29 pm

    Liye nimifa oiy vaahaka eh genesdheyn mihaa Gina dhuvas nagany keehwegehtha??????????????mashah heevani liyunteriyaa beynunvany kiyaa meehun rulhiaruvaalahhen.kiyunterin hiyhama nujeheykah ingey iruves meenaa miulheny ehcheh boagehtha????????keehkuratha thivarun vaahaka up kurany..nuvaavarun noolheyni kurah…f***?????

  2. Liu says:
    December 21, 2015 at 12:41 pm

    ?????ooops

  3. Niz says:
    December 21, 2015 at 1:28 pm

    Ekamakuvaa haadha lahakun…pis pis mihaaru mivaahaka kiyan foohi vex vey

  4. MarSha says:
    December 21, 2015 at 1:43 pm

    Mi vaahaka mihaaru genesdheny mivaahakaige aslu author eh noon.. esfiya in mihaaru mivaahaka alun genesdheny… vaahaka fahun genesdheyn feshi iru furathama bai gaves bunefa in mee kurin nishaa ge namuga genesdhyfa in vaahaka ekey… so hyvany mihaaru mivaahaka upload kurany admin in hen ehen veema avas koh adhi dhigu koh ves up kuran request mi kurany admin ah… plz week aku 3 or 4 faharu vaahaka up kolladhinun varah edhen… vaahaka aky varah rythi adhi kiyaa hivva vaahaka eh… ehaa kas koh up kuraathy interest gelley goiy vany. Hooe readers ge request gaboolu kuraane kamah.

  5. Angry bird says:
    December 21, 2015 at 1:46 pm

    Mihaaru esfiya mee enme fuhi vaahaka site. Hithah eriyyaa vaahaka update kyraa liyuntherin ulheny. Kithanme varakah kiyuntherin ehen kiyas vaahaka update kuraany emyhun hithah eriyyaa. Dhen haadha rulhieh aadhey ehnve. Esfuyaa ge admin akahvx nukerey mikahala kanthah rangalhu kuruvaakah. Nuvaavaru ge kanthah kuran ulheny kyhkuran tha??? Huh

  6. kaisa says:
    December 21, 2015 at 2:37 pm

    Mi kon vaahakaehge kon part eh?

  7. ninth says:
    December 21, 2015 at 2:38 pm

    gahanaa hedhun echehseh nueh thibeyne… hunnaany dhw…maa lahy up kuraaleh

  8. aathi says:
    December 21, 2015 at 3:18 pm

    Alhugadu vx bunelan othy hama eh vaahaka eh.. vaahaka vrh reethi ekm lahee up kuraaleh.. kuree part hadhaan netheyhaa dhuvas fahun thi up kurany.. kiyun therin foohivaane kiyan mihen vanyaa.. ekamaku vx story vrh rythi hama..nice one..

  9. European says:
    December 21, 2015 at 5:08 pm

    To the team of esfiya.
    The way you are uploading the story is very depressing. As we readers all are aware that this story is already written, and the admin is just uploading it. We request you to upload it 3 or 4 times every week.

  10. roxxxx says:
    December 22, 2015 at 12:33 am

    Haadha duvaheh kohfa….mihaaru hadhaan ves neh….ekamuves v v reethi

  11. Loo says:
    December 22, 2015 at 12:35 am

    Thivarun vaahaka up nukureveyna vaahaka Dhen up nukureveyne vaahaka bunelan feney! Eyrun thi kiyaakah wait eh nukuraane dhw! Esfiya sucks! Big time. And its all crap. Vaahaka ekkoh upload nukurevey ekakah ves! Evaru nuvaa meehun vaahaka nuliyaany! Okai bye! F### ing piece of S#!TS

Comments are closed.

All Right Reserved!