އެވަގުތު އަހަރެންނަށް ލިބިގެން ދިޔައީ ހީވެސް ނުކުރާހާ ބޮޑު ހައިރާން ކަމެވެ. ސިހިގެން ދިޔަވަރުން މިޝްކާގެ ދެއަތުގައި ވަރަށް ބާރަށް ހިފާފައި އަހަރެންނާއި ދުރު ކޮށްލެވުނެވެ. އަދި އަހަރެންނަށް ކޮޓަރީގެ ދޮރާއި ދިމާލަށް ދެވަނަ ފަހަރަށް ބަލާލެވުނެވެ. ނަމަވެސް މިފަހަރު އަހަރެންނަށް އެތަނުން އެކަކުވެސް ނުފެނުނެވެ. މިޝްކާއަށް އަހަރެން އެހެން ހެދުމުން ހައިރާންކަން ލިބިގެންދިޔައެވެ. “މިޝްކާ ޕްލީޒް އިނަފް” އަހަރެން މިޝްކާ އާއި ދުރަށް ޖެހިލީމެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ ނަފްސު ކޮންޓްރޯލްއިން ނެއްޓީތީ […]
އޭރު އަހަރެންގެ އުމުރުން ވާނީ އަށާރައަހަރެވެ. އަހަރެންނަކީ އަބަދުވެސް ކެއުމަށް ވަރަށް ބަލައިގެންއުޅޭ ކުއްޖެއްކަމުން ސާޅީސްއަށް ކިލޯއަށްވުރެ ދުވަހަކުވެސް ބަރެއްނުވެއެެވެ. އިސްކޮޅުގައި ފަސްފޫޓުފަސް އިންޗި ހުރެފައި ލިބިފައިވާ ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އެތައްބައެއްގެ ލޯތަށް އޭރުވެސް އަހަރެންނަށް އަމާޒުވަމުންދިޔައީ މަދެއްކޮށެއްނޫނެވެ. ބައްޕަ ނިޔާވެފައި ވިއެއްކަމަކު މާލޭގައި މަންމަގެ އަމިއްލަ ގެހުރުމުގެ ސަބަބުން ގެއިންބައެއް ކުއްޔަށްދީގެން އަހަރުމެން ދެމައިން އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ބައްޕަނިޔާވިފަހުން މަންމަ އިތުރުކައިވެންޏެއް ކުރަން ބޭނުންނުވީ އެކަމުން އަހަރެންނަށް ލިބިދާނެ ދެރައަކާއި ދޭތެރޭގައި […]
ފަތިހުވެހެންފެށިވާރޭ ހުއްޓައިލީ ހަތެއްވެސްޖަހައި ބޮޑުވީފަހުންނެވެ. ވެހުނު ބޯވާރޭގެ ތެތްފިނިކަން އަދިވެސް މުޅި ކޮޓަރީތެރޭގައި ހިފާފައިވެއެވެ. ނިދިނައެއްކަމަކު ބެޑުޝީޓު ދަށުގައި ބޮނޑިވެގެން އަދިވެސް އަފާއޮތީ ތެދުވަންބޭނުންނުވެފައެވެ. “އަފާ ދަރިފުޅާ… ހޭލާތަ؟ ނިކުމެބަލަ ވަރަށްއަވަހަށް މޫނު ދޮވެލާ ހަދާލައިގެން” ސަމީރާ އަފާއަށް ގޮވަމުން ދެފަހަރަކު ދޮރުގައި ޖަހާލުމުން އަފާ ނިކުތެވެ. އަފާ ސިޓިންރޫމަށް ނިކުތްއިރު ސޯފާގައި ޝާމް އިންތަންފެނިފައި އަފާއަށް ލަދުން އިސްޖަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ޝާމް އިންވާހަކަ ސަމީރާ ނުބުނާތީ އަފާނިކުތީ އޭނާނިދަންލާ ފިޔާތޮށިކުލައިގެ ކުރު ޓީޝާޓާއި […]
ޔަޝްމް ވެސް ގަދަކަމުން ހިނިތުންވާން އުޅުނެވެ. އޭނަ އަމަލްގެ އަތަށް ދަމާލަމުން އޭނައާ އެކު އައުމަށް އެދުނެވެ. އަމަލް ޝަކުވާ ކުރުމެއްނެތި ދާން ހިނގައިގަތެވެ. ދެއެކުވެރިން ގޮސް ހާމަފެންޑާއަށް ނިކުމެވެން ހުރި ދޮރުން އެތެރެއަށް ދެމިގަތުމާއެކު ބަލްޤީޝްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަމަލް ދެކެ އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. އެއާއެކު ވަގުތުގެ ބޭނުން ހިފީ މާހުތާބް އެވެ. ”މަށަށް ކުރިން ވެސް އެކުއްޖާ ފެނިފަ ހީވިއޭ ބިރެއްކަން، ޔަޝްމްގެ ބޮލަށް ނޭރުނިއްޔާ ކިތަންމެހާ ވެސް ރަގަޅު، […]
އަހަރެން ސިހިގެން ދިޔައީ ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި ވަރަށް ބާރަށް ޖެހީމައެވެ. ވީތަދުންނާއި ސިހިގެން ދިޔަވަރުން އަހަރެންނަށް އަތްދޯއި އޭ ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. “އައްދޯއި އޭ އިބަ ކިޔަ އެއްނުން… އަހަރެން ގޮވާތާ މިހާރު ކިހާ އިރެއްވެއްޖެ… ލޯހުޅުވާއިގެން ޖަހާފަ ހުންނަ ބުދެއްހެން އާވާރާފެވަ ތި ހުންނަނީ… ކޮން އެއްޗެއް ފެނުނީތަ… ޖިންނި އަވަލީތަ” ފާރިޝް ހަޅޭލަވައި ގަންނަމުން ކޮޓަރިތެރެއަށް ވަނެވެ. އަދި ލައިޓް ޖައްސާލިއެވެ. އެކޮޓަރީގެ އެނދުމަތީގައި ވެސް އޮތީ ފޮތިގަނޑެއް އަޅާފައެވެ. […]
މާހައުލުގައިވާ ފަނޑުރަތްއަލިކަމުގެ ތެރެއިން މީހަކުވަކިވާވަރެއްނޫނެވެ. ހަތަރުފަރާތުގައިވާ ބޮޑެތި ސްޕީކަރުތަކުން އިވެމުންދިޔަ ޝަކީރާގެ ލޯކާ ލޯކާ ލަވައިގެއަޑު ވަނީ މުޅިތަނުގައި ބާރަށް ގުގުމާލާފައެވެ. އޭރު ކޮންމެމީހަކުވެސް އެމީހެއްގެ ބައިވެރިޔާއާއިއެކު ލަވައިގެ މިއުޒިކަށް ފައިހަމަ ކުރަމުންދިޔައީ ނުހަނު ގައިގޯޅިކޮށްތިބެއެވެ. އެހެނަސް މޫނުމަތީގައި އަޅާފައިވާ މާސްކުތަކުގެ ސަބަބުން ކޮންމެމީހެއްގެ މޫނުންވެސްވަނީ ބޮޑުބައެއް ފޮރުވިފައެވެ. އިންތިޒާރުކޮށްލައްވާ!…
ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ އިރު ގިނައިން ވާހަކަ ދެއްކީ ބަލްޤީޝް އެވެ. އޭނަ ތަފާތު އެކިއެކި ސުވާލުތައް ކުރިއެވެ. މިޝްޔާ އިންނަނީ ހިމޭނުންނެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ އޭނަ ނުބުނެއެވެ. އެއާ ޚިލާފަށް ދީމްއަށް އޭނަގެ އަނގަ މައިތިރިކުރެވޭ ކަމަކަށް ނުވެއެވެ. އެމަދު ވަގުތުކޮޅުގައި ވެސް ދީމްއާއި ބަލްޤީޝްގެ ގުޅުން ބަދަހިވެގެން ދިޔައެވެ. މިޝްޔާ އިނީ އިޒްކާންއާއި ކުރިމައްޗަށް ވާ ގޮތަށެވެ. ކެއުމަށް ދޭންވާ ސަމާލުކަން ވެސް އޭނައަށް ނުދެވުނެވެ. އިޒްކާންގެ މޫނަށް […]
”މިޝޫ މިރޭ ފެންނާނެ ކަމަށް އަހަރެން އުއްމީދުކުރަން…” އިޒްކާން ފޯނު ބޭއްވުމުގެ ކުރިން ބުންޏެވެ. ފޯނު ކެނޑިގެން ދިއުމާއެކު މިޝްޔާ މާޔޫސް ވިއެވެ. އަދި އެއްފަހަރު އިޒްކާން ގުޅާލާނެނަމައޭ އޭނަގެ ހިތަށް އެރިއެވެ. ކޮޓަރިއަށް ވަން ދީމް ހުރީ މިޝްޔާއަށް ބަލާށެވެ. އެމޫނު ކިތަންމެހާ ވެސް ރަގަޅަށް އޭނަ ދިރާސާ ކުރިއެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް އޭނަ ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. އަދި އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ. ކުއްލިޔަކަށް ދީމް ފެނުމުން މިޝްޔާ ސިހުނެވެ. ”ދޮންތާ…” މިޝްޔާ […]