ޑެކަރޭޝަންއާ ކެއުމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރީ އިފާޝާއެވެ. އެހެންވެ މެންދުރުފަހު އެކެއް ޖެހި އިރުން ފެށިގެން އެތަނުގައި މަސައްކަތް ކުރަންތިބި މީހުންނަށް ކަންތައް ކުރަންވީ ގޮތް ކިޔައިދޭން އިފާޝާ އުޅުނެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އެދުވަހު މެންދުރު ބާރަ ޖެހިއިރު އޮފީސް ގަޑި ނިންމާފައި އެންމެން ކަހަލަ ގޮތަކަށް ގެޔަށް ދިޔައިރު އޮފީހުގައި މަޑުކޮށްގެން ތިބީ ޒިޔާންއާ ނިހާޔާއާ ރާއިނާއާ ރީނާޒްގެ އިތުރުން އަނީޒްއާ އަލީމްއެވެ. ޒިޔާންއާ ނިހާޔާ އިރުއިރުކޮޅާ މައްޗަށް ގޮސް މަތީގައި ކަންތައް […]
“ތީ ތީ…… ” އަމޭލިއާގެ އަނގައިގަ ބަސް ތާށިވާކަހަލައެވެ. “ހޭ މޭން.. މިތާގަތަ.. ސަޅި އިނގޭ” ރާސިލްގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން މިފްޒާލް ބުންޏެވެ. ރާސިލް އަމޭލިއާ އާއި ދިމާލަށް ބަލާލީ އަމޭލިއާ އިން ގޮތުންނެވެ. އަމޭލިއާގެ މޫނަށް ބަލާލަމުން ރާސިލްއަށް ކުޑަކޮށް ހެވުނެވެ. “އަދި ރެސްޓު ބޭނުންވާނެ.. މިއަދު ރަނގަޅީއާ މާދަމާއަށް ދޫކޮއްލާނެ.. ޓޭކް ރެސްޓު” ރާސިލް ނިކުމެ ދިޔައީ އަމޭލިއާއަށް އެއްލޯ މަރާލަމުންނެވެ. އަމޭލިއާ އަދިވެސް އިނީ ލޮލުން ފެނުނު މަންޒަރު ގަބޫލު ކުރަން […]
ބާރަށް ޖަހާލި ގުގުރީގެ އަޑައި އެކު އިޔާޒު ގައިގައި އަހަންނަށް އޮޅުލައި ގަނެވުނެވެ. ކުޑައިރުއްސުރެވެސް އަހަންނަކީ ގުގުރީގެ އަޑު އިވުމުން އިންތިހާއަށް ބިރުގަންނަ ކުއްޖަކަށްވާތީއެވެ. ” އަދިވެސް ތިމް ގުގުރިދެކެ ބިރުގަނޭތަ؟ ” އިޔާޒު ސުވާލު ކޮއްލި ވަގުތު ދެން ޖެހި ގުގުރި ކުރީ ގުގުރިއަށް ވުރެ ބާރުކަމުން އިތުރަށް އެ ތަނަވަސް މޭމަތީގައި މޫނު ފޮރުވާލެވުނެވެ. އުމުރަށް ވެސް ތިހިމާޔަތް ބޭނުމޭ ބުނާފަދަ ބީދައަކުންނެވެ. ކުއްލިއަކަށް މުޅިގެއިން ކަރަންޓު ކެނޑުނެވެ. ނަމަވެސް އިޔާޒުމެން ކޮޓަރި އަނދިރިއެއް […]
އާ ދުވަހަކަށް އިރުއެރީ އަހަރެންގެ އާއިލާގެ އެންމެނަށް އުފާވެރިކަން ގެނެސްދެމުންނެވެ. ހެނދުނު ހަތެއް ނުޖަހަނީސް ގޭގައި މީހުން ހޭލަ މޭލަވާން ފަށައިފިއެވެ. މުޅިގޭތެރެވަނީ ހަލަބޮލި ވެފައެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ކުރަންވީ މަސައްކަތް ވަނީ ކިޔައިދެވިފައެވެ. އެއްބަޔަކު ގެ ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު އުޅެނީ މަސައްކަތުގައި އުޅޭމީހުންނަށް ކެއިން ބުއިން ތައްޔާރު ކުރުމުގައެވެ. ބޮޑު ފެންޑާގެ އެއްކޮޅުން އަނެއްކޮޅަށް އެކި ކުލަކުލައިގެ ފިނިފެންމަލުން ވަނީ ޖަރީކުރެވިފައެވެ. މެހެމާނުންނަށް ޙާއްސަ ކުރެވިފައިވާ މޭޒުތަކުގެ ތެރެއިން ކޮންމެ […]
“ޔެސް.. ހީޒް އޯލް މައިން” އަންޖަލްގެ ދެކޮނޑުގައި ހިފާލަމުން ނިކްހާ ބުނެލިއެވެ. އެއާއެކު ދެމީހުންނަށް އެއްކޮށް ތެދުވެ ހަޅޭއްލަވަން ފެށުނެވެ. އެނދުމަތީގައި ފުންމައި ނަށަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތް ކަހަލައެވެ. ދެމީހުން ވަރުބަލިވެގެން އެނދުގައި އުއްޑުން އޮށޯވެލިއެވެ. އޭރުވެސް ދެމީހުންގެ ހުނުމުގެ އަޑު ކޮންމެވެސް ވަރަކަށް ހުއްޓެވެ. ” ދެން ކޮންއިރަކުން ޝާދު ދައްކާނީ.. އަބަދުވެސް އޭަނަގެ ވާހަކަ ދައްކާ އަޑު އިވޭނީ… ” އަންޖަލް ބުނެލިއެެވެ. ” އަހަރެން މަޑުކުރީ ސެޓް ވަންްދެންް.. ދެން […]
މާލޭ އަމީރުއަހްމަދު މަގުގައި ދިހަ ބުރިއަށް ހިއްލާލާފައި ހުރި ބޮޑުގެ މަލަމަތި ފެނުނު މީހަކުވެސް ތަލިން ކުޅު ހިކޭނެކަން ޔަގީނެވެ. ބޭރުން އެގެ ބަލާލާފައިދާ ކޮންމެ މީހަކުވެސް ހުންނަނީ އެގޭ އެތެރެ ބަލާލާހިތުން ކެތްމަދުވެފައެވެ. އެގެ ފެނުމާއެކު ގޭ ވެރިފަރާތުގެ މުއްސަނދިކަމާއި ހައިބަތު ހާމަވެގެންދޭއެވެ. މ.މެކާހިޔާ އަކީ ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރިޔާ ނޫރީ ގެ އަމިއްލަ ގެއެކެވެ. މުޅި ދިވެހިރާއްޖޭގައި ނޫރީ ނުދަންނަ ކުޑަކުއްޖެއް ވެސް ނޫޅޭނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޓީވީތަކުން އަބަދު ފެންނަ މިސޫރައަކީ […]
“”’”ގޮސް ކޮޓަރި ރަނގަޅަށް ބާލާ.. ތިނިހާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭނެ އޭރުން.. ހެހެހެ..!”””’ ނާއިފްއަށް ޝިފާންގެ މިޖުމުލަ ހަނދާންވުމުން އެނދުންތެދުވެ ކޮޓަރީގެ އެތަންމިތަން ހޯދަންފެށިއެވެ. އަލަމާރީގެ ހުރިހާ ތަނެއް ބަލާނިމުނުއިރުވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެންމެފަހުން އެނބުރިއައިސް އެނދުގައި ނާއިފް އިށީނެވެ. ބޮލުގައި ދެއަތުންހިފާއްޓާލަމުން އިސް ޖަހާލިއެވެ. ދެވަނަފަހަރަށް އިސްއުފުލާ ބަލާލުމާއެކު ނާއިފްގެ ނަޒަރުހުއްޓުނީ ޑްރެސިންޓޭބަލް ކައިރީއިން ކުޑަ ކަބަޑަކަށްށެވެ. މަޑުހިނގުމެއްގައިގޮސް ކަބަޑުގެ ދޮރުފަތް ހުޅުވާ ބަލާލިއެވެ. ކަބަޑުތެރޭގައިއިނީ ކުޑަ ފޮއްޓެކެވެ. ނާއިފް ފޮށިނަގާ ހުޅުވާލިއެވެ. […]
މާޒިން އަމޭލިއާގެ ކޮނޑުގައި އަތްބާވާލީ ހިތްވަރު ދިނުމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކީގައި ވާނެކަމަށް ބުނަމުންނެވެ. ……….. ހޮޓެލް ޖެންގެ އެންމެ މަތީ ފަންގި ފިލާގައި އުބައިދު އާއި ދެތިން މީހުން ފިނިބުއިމެއް ބޯލުމުގައި ވަގުތު ހޭދަކުރަމުން ދިޔައީ ކަރުހިއްކުން ފިލުވާލުމަށެވެ. ފެންނަމުންދާ މަންޒަރަށް ގެއްލިފައި ތިބި ތިންމީހުންގެ ސިކުނޑިންވެސް ސިގްނަލް ދެމުން ދިޔައީ ފެންނަމުންދާ ރީތި ހަށިގަނޑުތަކުން އުފާހޯދުމަށެވެ. ސްވިމިން ސޫޓުގައި ގެސްޓުން ޕޫލްއަށް އެރި ސަކަރާތް ޖަހަމުން ދިޔައިރު ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށެވެ. […]
އިފާއަކަށް ނޭނގޭނެ އެދުވަހު އޭނަގެ ވާހަކަ އަޑުއަހާފަ އަހަރެން ރުޅި އައި ވަރެއް. އެދުވަހު އާމިރު މަތިން ހަނދާން ކޮށްލާފަ އަހަރެން ރުޅި ކޮންޓްރޯލް ކުރީ. އެކަމަކު ދެވަނަ ފަހަރަށް އެކަހަލަ އެއްޗެއް ބުނާ އަޑު އިވިއްޖެއްޔާ… އަހަންނަކަށްވެސް ނޭނގެ އަހަންނަށް ކުރެވިދާނެ ކަމެއް ބުނާކަށް. އެކަމަކުވެސް އިފާ އެމީހުންނާ ގުޅުން ބޭއްވުމަކަށް އަހަރެން އެއްވެސް ހުރަހެއް ނާޅާނަން. އަހަންނަށް އެނގޭ ފެމިލީއަކީ އިފާއަށް ކިހާ މުހިއްމު އެއްޗެއްކަން.” ޒިޔާން އިފާޝާ ގެ މޫނުގައި އަތް ޖައްސާލިއެވެ. […]