Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (1)

Hath Level 110 Stories100 Comments
February 20, 2016 2 Mins Read
16 Comments

އާ ދުވަހަކަށް އިރުއެރީ އަހަރެންގެ އާއިލާގެ އެންމެނަށް އުފާވެރިކަން ގެނެސްދެމުންނެވެ. ހެނދުނު ހަތެއް ނުޖަހަނީސް ގޭގައި މީހުން ހޭލަ މޭލަވާން ފަށައިފިއެވެ. މުޅިގޭތެރެވަނީ ހަލަބޮލި ވެފައެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ކުރަންވީ މަސައްކަތް ވަނީ ކިޔައިދެވިފައެވެ. އެއްބަޔަކު ގެ ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު އުޅެނީ މަސައްކަތުގައި އުޅޭމީހުންނަށް ކެއިން ބުއިން ތައްޔާރު ކުރުމުގައެވެ. ބޮޑު ފެންޑާގެ އެއްކޮޅުން އަނެއްކޮޅަށް އެކި ކުލަކުލައިގެ ފިނިފެންމަލުން ވަނީ ޖަރީކުރެވިފައެވެ. މެހެމާނުންނަށް ޙާއްސަ ކުރެވިފައިވާ މޭޒުތަކުގެ ތެރެއިން ކޮންމެ މޭޒެއްގައި ބެހެއްޓިފައިވާ ޤުދުރަތީ މާޓުކުރިއާއި ކުޑަ އުއްބައްތިން އެއިން ކޮންމެ މޭޒެއް ފަޅުފިލުވައިދެއެވެ. ކޮންމެ މޭޒެއްގެ މަތީގައި އަޅާފައިވާ ސެޓިން ފޮތިކޮޅުންނާއި ގޮނޑިތަކަށް ލައްވާފައި ހުރި ކޮންމެ ކަވަރެއްގެ ފަހަތުގައި ޖަހާފައި ހުރި ކުލަކުލައިގެ ފޮތިން ހަދާފައިހުރި ފިނިފެންމާތަކުން ޝާހީކަން ދައްކައިދެމުން ދިޔައެވެ. ގޭގައި މަސައްކަތުގައި އުޅޭ މީހުންގެ ހުރި ހުނަރުވެރިކަން ގޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ޔަގީންވެއެވެ. އާއިލާގެ އެންމެންގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ އިންތިހާ އުފާވެރިކަމެވެ. މިއުފާވެރިކަމުގެ އަސްލަކީ އާއިލާގައި ހުރި ހަމަ އެކަނި އަންހެން އަދި ހަމައެހެންމެ އާއިލާގެ އެންމެ ހަގު ދަރިފުޅު މީހަކާ އިންނާތީއެވެ.

މިއަށްވުރެ އުފާވެރި ދުވަހެއް އަންހެން ކުއްޖެއްގެ ހަޔާތަށް އަންނާނެބާވައެވެ؟ ނަމަވެސް އަހަންނަށް ހަމަ ނިދި ނުލިބޭތާ ރަން ކިޔައިގެން ވީހާ ދުވަހެކެވެ. މީގެ ހަފްތާއެއް ކުރިން ރަން ކީއިރުވެސް އަދިވެސް ރަން ކިޔުނީ ކާކަށް ކަމެއް ހުދު އަހަންނަކަށްވެސް ނޭނގެ އެވެ. އަހަރެން މިކައިވެންޏަށް އެއްބަސްވީ ބައްޕަގެ އެދިލެއްވުމުގެ މަތިންނެވެ. އެމީހަކީ ކާކު ކަމާއި، ކިހައި ފެންވަރެއްގެ ކޮން އާއިލާއެއްގެ މީހެއްކަން ބައްޕަ އަހަންނަށް ކިޔައިދޭން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން ބައްޕަ ގާތު ބުނީ މިވީހާ ދުވަހުވެސް ބައްޕަ އަހަރެން ދެރަވާފަދަ އެއްވެސް ކަމެއް ކޮއްފައި ނުވާކަމާއި، އެހެންކަމުން ބައްޕަގެ ހޮވުމަށް އަހަރެން އިތުބާރު ކުރާ ކަމެވެ. އެހެން ކަމުން އެއީ ކާކުތޯ ބަލާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންނަށް އަހަރެންގެ ލޯބި ހާސިލް ނުވުމުން އިތުރު މީހަކު އަހަރެންގެ ހަޔާތަށް، އަހަރެންގެ ޒަމީރުގެ ރުހުމުގައި ދެން ދުވަހަކުވެސް ނާންނާނެއެވެ. އަހަރެންގެ ހިތާއި، އަހަރެންގެ ލޯބިވީ މީގެ ދެމަސް ދުވަސް ކުރިން ކަފުން ކުރެވިފައެވެ. ހިޔާލުތަކުގެ ދުނިޔެއަށް ގެނބިގެން ދިޔައީ ލޮލުން ވެއްޓެން ތައްޔާރުވެފައި އިން ކަރުނަތިކި އެހެން ކަރުނަ ތަކަށް ފުރުސަތުދެމުން ކޯތާފަތް މަތިން ތިރިއަށް ބީހިލި ވަގުތެވެ.

އަހަރެންގެ ހިތުގެ ވެރިޔަކީ އިޔާޒެވެ. އިޔާޒާއި އަހަންނަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އަހަރެމެން ދެމީހުންގެ ދެގެ ހުންނަނީ ޖެހިޖެހިގެން ކަމުން، ދެއާއިލާގެ ގުޅުންވެސް އެހާ ބޮޑެވެ. އެކި އެކި މުނާސަބަތުތަކުގައި ދެއާއިލާއިންވެސް ހަނދާންހުންނަން ފެށީއްސުރެންވެސް ހަދިޔާ ބަދިޔާ ބަދަލުކޮށް ހަދައެވެ. އަދި ހަމަ އެހެންމެ އިޔާޒުމެންގެއިން ތަފާތު އެއްޗެއް ކެއްކިޔަސް އަހަރުމެން ގެޔަށް ރަހަބަލަން ލިބެއެވެ. ހަމަ އެހެންމެ އަހަރުމެން ގޭގައި މީރު އެއްޗެއް ކެއްކިޔަސް އަބަދުވެސް އިޔާޒު މެންގެއަށް ދެމެވެ. ބައެއް ހުކުރު ދުވަސް ދުވަހު އަހަރެމެން އެގެއަށް ކާންދާއިރު، އިޔާޒުމެންގޭ މީހުން އަހަރެމެންގެއަށް ބައެއް ހުކުރު ތަކުގައި އާދެއެވެ. އަހަރެމެން ދެމީހުންނަކީވެސް މާލޭގެ ޤަދަރުވެރި ދެއާއިލާއެއްގެ ދެކުދިންނެވެ. ނަމަވެސް މާ މާތް ގޮތެއް ދެމީހުން ދެމީހުނަކަށް ނުބާއްވަމެވެ. އަހަރެމެން ދެމީހުން ޕްރައިމަރީގައި ދިޔައީ އެއް ސްކޫލަކަށް ނަމަވެސް ދުވަހަކުވެސް އެއް ކުލާހަކަށް ނުދެއެވެ. އަބަދުވެސް ކިޔެވީ ދެކުލާހެއްގައެވެ. އަހަރެމެން ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވީ ގުރޭޑް 8 ކަށް ބަދަލު ވުމަށްފަހު އިއްތިފާގަކުން ބިޒްނަސް ސްޓްރީމް ދެމީހުނަށްވެސް ހިޔާރުކުރެވުމުންނެވެ.

އިޔާޒަކީ އަބަދުވެސް ކިޔެވުމަށް ނަމޫނާ ދަރިވަރެކެވެ. ކޮންމެ އަހަރެއްގެ އިނާމު ދިނުމުގެ ޖަލްސާގައި ވެސް އިޔާޒުގެ ނަން އިވިއިވި މީހަކަށް އެނަން ހިތުދަސް ވާނެއެވެ. އެހާ ގިނަ އިނާމު ހޯދާނެއެވެ. ފޮތުގައި އަތް ނުލާ ޓެސްޓަށް ދިޔަސް ނަތީޖާ އަންނަ އިރު  ކުލާހުން އްނަމެ މޮޅުވާނީ އިޔާޒެވެ. އިޔާޒަކީ ސްކޫލް ހުރިހާ ޓީޗަރުންވެސް ފާހަގަ ކުރާ ގޮތުގައި އާދަޔާ ހިލާފަށް ތޫނުފިލި ކުއްޖެކެވެ. ބޮޑުވަމުން އައި ވަރަކަށް ދެމީހުންނަށް ވެސް ވިސްނެން ފެށިއެވެ. ކުޑައިރު އުޅުންހެން އަބަދު ނޫޅޭވޭނެ ކަމެވެ. އަބަދު ކުޅޭކަށް، ސަކަރާތް ޖަހާކަށް ނުތިބެވޭނެކަމެވެ. ދީނީ ކަންކަމަށް ޙާއްސަ އަހަމިއްޔަތުކަމެއް ދޭން ޖެހޭކަމާއި ދެޖިންސުގެ ދެމީހެއްގެ ގުޅުމަކީ ވަކި ހައްދެއް ތެރޭގައި އޮންނަން ވާނެ ކަމެއް ކަމެވެ. އަހަރެމެން ދެމީހުންގެ ކިޔެވުން ފެށުމުން ދެމީހުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް އަހަރެމެން ގްރޫޕް ސްޓަޑީޒް ހަދަން ކޮންމެ އަންގާރައަކާއި، ހުކުރަކާއި، ހޮނިހިރެއްގައި ބައްދަލުވީމެވެ.

އެއް ހުކުރެއްގައި ގްރޫޕް ސްޓަޑީޒް ހަދަން އިޔާޒު މެންގެޔަށް ދިޔަ ރެޔެކެވެ. އުޑުމަތި ސާފުކޮށް އޮވެފައި ފުސް ވިލާތަކުން ޖައްވު ބައްދާލިއެވެ. ވައިޖެހެން ފެށި ވަރުން ހީވީ އެއްފަހަރާ ހުރިހާ ގަހެއް މުލުން ލުހެލަފާނެ ހެންނެވެ. ގަސްތަކަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ބާރަށް ޖަހާލި ގުގުރީގެ އަޑާއި އެކު އިޔާޒުގެ ގައިގައި އަހަންނަށް އޮޅުލައި ގަނެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

އަހަރެންގެ ވާހަކަ

Next

އިންތިޒާރު ކުރި ލޯބި (2)

Next
February 20, 2016

އިންތިޒާރު ކުރި ލޯބި (2)

Previews
February 19, 2016

އަހަރެންގެ ވާހަކަ

16 Comments!

  1. girl says:
    February 20, 2016 at 6:46 am

    wowww

    1. Hath Mikal says:
      February 20, 2016 at 1:19 pm

      🙂

  2. shaa says:
    February 20, 2016 at 6:50 am

    Mivaahakaves heevey v reethivaane hen… Dhevanabaives avahah up koh dhehchey.. Vaahaka v reethi… Keep it up…

    1. Hath Mikal says:
      February 20, 2016 at 1:21 pm

      Its already uploaded my dear. Thankyou. 🙂

  3. ninth says:
    February 20, 2016 at 8:05 am

    Haadha kudakoshey mi kudhin mihaaru miliyani….

    1. Hath Mikal says:
      February 20, 2016 at 1:22 pm

      Mifaharu upload kuri bai miahvure dhiguvaane 🙂

  4. Mari says:
    February 20, 2016 at 10:25 am

    Thanxx…Hadha kurey….ekam vvv reethi….keep it up…vahah up koh dhechey nxt part vs.

    1. Hath Mikal says:
      February 20, 2016 at 1:23 pm

      Its already uploaded my dear. Thankyou 🙂

  5. saaaaa says:
    February 20, 2016 at 10:44 am

    Haadha kurey but vvvvvv reethi

    1. Hath Mikal says:
      February 20, 2016 at 1:23 pm

      2nd part innaanee dhigu kohfa, Thankyou 🙂

  6. naafx says:
    February 20, 2016 at 3:06 pm

    Wow.. vvv nice.. daily koh upp kurahchey

    1. Hath Mikal says:
      February 20, 2016 at 3:46 pm

      In Sha Allah. Thankyou 🙂

  7. myf says:
    February 20, 2016 at 9:11 pm

    naiiiiiiiiiiiicce 🙂

    1. Hath Mikal says:
      February 20, 2016 at 10:32 pm

      🙂

  8. Nicky says:
    February 21, 2016 at 3:52 pm

    Haadha kurey…???

    1. Hath Mikal says:
      February 22, 2016 at 7:08 pm

      Hope to improve inthe next episodes In Sha Allah 🙂

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (2)←


All Right Reserved!