Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 13

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 20, 2016 8 Mins Read
23 Comments

ޑެކަރޭޝަންއާ ކެއުމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރީ އިފާޝާއެވެ. އެހެންވެ މެންދުރުފަހު އެކެއް ޖެހި އިރުން ފެށިގެން އެތަނުގައި މަސައްކަތް ކުރަންތިބި މީހުންނަށް ކަންތައް ކުރަންވީ ގޮތް ކިޔައިދޭން އިފާޝާ އުޅުނެވެ.

އެހެން ދުވަސްދުވަހާ ހިލާފަށް އެދުވަހު މެންދުރު ބާރަ ޖެހިއިރު އޮފީސް ގަޑި ނިންމާފައި އެންމެން ކަހަލަ ގޮތަކަށް ގެޔަށް ދިޔައިރު އޮފީހުގައި މަޑުކޮށްގެން ތިބީ  ޒިޔާންއާ ނިހާޔާއާ ރާއިނާއާ ރީނާޒްގެ އިތުރުން އަނީޒްއާ އަލީމްއެވެ. ޒިޔާންއާ ނިހާޔާ އިރުއިރުކޮޅާ މައްޗަށް ގޮސް މަތީގައި ކަންތައް ކުރިއަށް ދާގޮތް ބަލަމުން ދިޔައެވެ. މަސައްކަތް ކުރިއަށް ދިޔައީ ހީކުރި ވަރަށްވުރެ ލަހުން ކަމަށްވާތީ ހަވީރު ގެއަށް ދާން އުޅެފައިވެސް އިފާޝާ ނުގޮސް މަޑުކުރިއެވެ. ތިނެއް ޖަހަން އުޅެނިކޮށް ރާއިނާއާ ޒިޔާން ނޫން ދެންތިބި މީހުންވެސް ގެއަށް ދިޔައެވެ.

މުވައްޒަފުންނަށް ދޭންހުރި ސެޓްފިކެޓް ތަކުގައި ސޮއިކޮށް ނިންމާލާފައި އެ އެއްޗެހި ސިޓީ އުރައަށް ލާން ރާއިނާއާ ހަވާލުކޮށްފައި ޒިޔާން އެރީ މައްޗަށެވެ. އޭރު އިފާޝާ، މަޑުން ނީނދެވިގެން މަސައަކަތުގައި ބައިވެރި ވަމުން ދިޔައެވެ. އެ މަންޒަރު ފެނި، ހިނިއައިސްފައި އިރުކޮޅަކު ބަލަން ހުރެފައި ޒިޔާން ގޮސް އިފާޝާ އަރައިގެން ހުރި ގޮނޑީގެ ފަހަތުގައި ހުއްޓި ގޮވާލިއެވެ.

“ކިހިނެއްވީ؟ ކަމުދޭތަ ޒިޔާން؟” ޒިޔާންއަށް ބަލާލާފައި އަނެއްކާވެސް ކުރަންހުރި މަސައަކަތަށް އެނބުރެމުން އިފާޝާ އަހާލިއެވެ.

ޒިޔާން އިފާޝާގެ އެއް އަތުގައި ހިފާ ގޮނޑިން ބޭލުވިއެވެ. އަދި އެ ދިމާލުގައި އެޅުވުމަށްޓަކައި އިފާޝާ ހިފަހައަޓައިގެން ހުރި މަޑުދަނބު ކުލައިގެ ދިގު ފޮތިގަނޑު އިފާޝާގެ އަތުން ނަގާ ގޮނޑީގައި އަޅުވާލިއެވެ.

“އިފާ އަމިއްލައަށް ނުކުރިޔަކަސް މިކަން ނިމޭނެޔޭ” އިފާޝާގެ ކަންފަތް ކައިރިން މޫނުމައްޗަށް އައިސްފައިވާ އިސްތަށިކޮޅު ކަންފަތް ކައިރީ އަޅުވާލަމުން ޒިޔާން ބުންޏެވެ.

“ލަސްވެއްޖެ ވަރަށް. މިހާރު ފަހެއް ޖަހަނީ ވިއްޔަ.” އަނެއްކާވެސް ފޮތިގަނޑަށް ބަލާލަމުން އިފާޝާ ބުންޏެވެ.

“ހާސް ނުވެބަލަ، ދެން ނެތެއްނު މާ ގިނަ ކަންތަކެއް؟ ލައިޓްތައްވެސް ހަރުކޮށް ނިމުނީ، މި ފޮތިތައްވެސް އެލުވާ ނިމޭނޭ ހައެއް ޖަހަން ވާއިރަށް.” ޒިޔާން އިފާޝާގެ ދެއަތުގައި ހިފައިގެން ގޮސް އެއްފަރާތުގައި ހުރި ކޮޓަރިއަށް ވަނެވެ.

“މިއަދު ހަތަރުދަމު ތިއުޅެނީ މާ ދުރުދުރުން… އެގޮތެއް ކަމަކު ނުދޭ. މިތާ އިފާ ހުރިއިރު އަހަންނަށް ހާދަ އުނދަގުލޭ އޮފީހުގަ ފާޑެއްގެ ކަރުދާސް ތަކެއްގެ ތެރޭ އިންނަން…” ޒިޔާން ބުނެލިއެވެ. އަދި އިފާޝާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޒިޔާންގެ ދެއަތުގެ ތެރޭގައި އިފާޝާ ބަންދުކޮށްލިއެވެ.

ދެމީހުން ސިހިގެން ދިޔައީ ދޮރުހުޅުވުނު އަޑަށެވެ. އެކުއެކީގައި ބަލާލިއިރު ނިހާޔާ ހެވިފައި ބަލަން ހުއްޓެވެ.

“ނިހާ!” ޒިޔާން ގޮވާލިއެވެ.

“އިފާ އޭރުއްސުރެ އަދި ގެއަށް ނުދަންތަ؟” އިފާޝާއަށް ބަލާލާފައި ނިހާޔާ އަހާލިއެވެ.

“އަދި ނުދަން، މިތަން ނިމުނުހާ އަވަހަކަށް ގެއަށް ދާނަން” އިފާޝާ ބުންޏެވެ.

“އަޅެ! އިފާ ތިހާ ވަރަށް މަސައްކަތް ނުކުރިޔަސް ދެން ނިމިދާނެޔޭ. ޔަގީނޭ ސައެއްވެސް ނުބޮއެކަން. ޒިޔާންވެސް ރަނގަޅު! އިފާ ކިހާ ޓަޔަޑްވާނެ؟” ދެ އުކުޅުގައި އަތް ވިއްދާލަމުން ނިހާޔާ ބުނެލިއެވެ.

“ދެންމެވެސް އިފާ ކައިރީ މިބުނީ އިފާ ބްރޭކެއް ނަގާށޭ، ދެން ނިމިދާނެޔޭ. އެކަމަކު…” ޒިޔާން ފެށިއެވެ.

“ޒިޔާން އިފާއަށް ބްރޭކެ ދިންގޮތް ފެނިއްޖެޔޭ. ދެން ހެޔޮ! އިފާ، ހިނގާ ސައިބޯން. މިހާރުވެސް މާ ގިނައިރު ވެއްޖެ އެއްޗެއް ނުކައި ހުންނަތާ.” ނިހާޔާ އިފާޝާ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“އަހަރުމެން މިދަނީ މީނދަ ކެފޭއަށް. އަންނައިރު ޒިޔާންއަށާ ރާއިނާއަށް ކޮންމެވެސް އެއްޗެއް ގެންނާނަން. އެހާއިރަށް ޒިޔާން މިކަން ސުޕަވައިޒް ކޮށްލާ.” ހުއްޓިފައި ނިހާޔާ ބުންޏެވެ. އަދި އަނެއްކާވެސް އިފާޝާގެ އަތުގައި ހިފައިގެން ނިކުތެވެ.

ގަޑިއެއްހާއިރުތެރޭ ޑެކަރޭޝަންގެ ހުރިހާ ކަމެއް ނިމި މަސައްކަތު އައި މީހުން ތަން ސާފުކޮށް ގޮނޑިއާ މޭޒުވެސް އަތުރާ ނިންމާފައި ދިޔައެވެ. އެމީހުން ދިޔުމުން މައްޗަށް ގޮސް ހުރިހާ ކަމެއް ފަހު ފަހަރަށް ބަލާފައި ޒިޔާންއާ ރާއިނާ އޮފީހަށް އައެވެ.

“ދެން ރާއިނާވެސް ގެއަށް ދާންވީނު؟ މިރޭ އަނެއްކާވެސް އައުމުގެ ކުރިން ވަރުބަލި ފިލުވާލާނެ ވަގުތެއްވެސް ދެން ނުވާނެ. އެކަމަކުވެސް ރެސްޓެއް ނަގާލެވޭތޯ ބަލާ މިވަގުތު.” ރާއިނާއަށް ހީލަމުން ޒިޔާން ބުންޏެވެ.

އާއެކޭ ބުނެ ދަބަސް ހިފައިގެން ރާއިނާ އޮފީހުން ނިކުތެވެ. އެދުވަހުގެ ބޮޑުބައި ރާއިނާ ހޭދަކުރީ އިފާޝާއާ ޒިޔާންއާ މެދު ވިސްނުމުގައެވެ. ޒިޔާން އޮފީހުގައި އިން އިރު އިފާޝާ ޓެރެސްގައި ހުރީތީ އިރުއިރުކޮޅާ ޒިޔާން ޓެރެސްއަށް ދާ މަންޒަރު ފެނުމުން ކޮންމެ ފަހަރަކުވެސް ޒިޔާން ހުއްޓުވާފައި ޒިޔާންއަށްޓަކާ، ޒިޔާން ބޭނުން ކޮންމެ ވަގުތަކު ބޭނުން ކޮންމެ ކަމަކަށް ތައްޔާރަށް ރާއިނާ އެބަހުރީމޭ ބުނަން ރާއިނާ ހިތަށް އެރިއެވެ. ނަމަވެސް އެފަދަ ގޮތަކަށް ޒިޔާން ކާމިޔާބު ނުކުރެވޭނަކަން އެނގޭތީ ރާއިނާ ރުޅިގަނޑު މަތަކޮށްލަނީއެވެ.

އެތައް ދުވަހެއް ވަންދެން އެކި ގޮތްގޮތަށް ވިސްނަމުން އައި ރާއިނާއަށް ހީވެސް ނުކޮށް ހުއްޓާ އެރޭ ލިބުނީ ރަނގަޅު ފުރުސަތެކެވެ. ފުރަތަމަ ކަންތައް ވީގޮތުން ދެންވާނެ ގޮތަކާއި މެދު ވިސްނިފައި ނެތް ރާއިނާ ފުރުސަތުގެ ބޭނުން ކުރީ ވެދާނެ ގޮތަކާއި މެދު ވިސްނާލުމެއްވެސް ނެތިއެވެ.

އޮފީހުން ނިކުތް އިރު މަގުމަތި އޮތީ މުޅިން ހުސްކޮށެވެ. ވިސްނުމެއް ނެތި ކުރިއަށް ދިޔަ ރާއިނާއަށް، ފަހަތުން ބަޔަކު އަންނަކަން އެނގުނީ ރާއިނާގެ ބުރަކަށީގައި މީހަކު އަތްލުމުންނެވެ.

ފަހަތަށް އެނބުރި ބަލާލި އިރު ނުދަންނަ ތިން ފިރިހެނުން ތިއްބެވެ. އެމީހުން ފެނި ވަގުތުން ރާއިނާ ބިރުގަތެވެ. ހަޅޭލަވައިގަންނަން ތައްޔާރުވި ތަނާ އެކަކު ރާއިނާގެ އަނގަމަތީގައި އަތްއެޅިއެވެ.

ބިރުގެންފައި ހުރި ރާއިނާ ކުއްލިއަކަށް ތެޅިގަތުމާއެކު އަނގަމަތީ އަޅާފައިވި އަތް ދޫވި ވަގުތު ބާރަށް އެއަތުގައި ދަތް އެޅިއެވެ. އެފަދަ ކަމަކަށް ވިސްނާލާފައި ނުވާ އެމީހާ ކުއްލިއަކަށް އަތް ނެގި ވަގުތު ދެންތިބި ދެމީހުންނަށްވެސް ވިސްނާނުލެވެނީސް ރާއިނާ އައިކޮޅަށް ދުއްވައިގަތެވެ.

މަގުގެ އެއް ކަންމަތިން ދުވެފައިގޮސް އަނެއް ކަންމަތީގައި ހުރި އޮފީހަށް ވަދެވުނު އިރު ރާއިނާއަށް މާނޭވާ ލެވެއެވެ. ބިރުގެންފައި ހުރިވަރުން އެމީހުން ފަހަތުން އާދޭތޯވެސް ބަލާނުލާ ރާއިނާ މަޑުކޮށްނުލާ އެތެރެއަށް ދުވެފައި ދިޔައީ މޭޒުތަކާ ގޮނޑިތަކުގައި ޖެހެމުންނެވެ.

އަޑުގަދަވެގެން ސިހިފައި ގޮނޑިން ތެދުވެ ބާރު ހިނގުމެއްގައި ކެބިން އިން ނިކުންނަން ދިޔަ ޒިޔާންއަށް ދޮރާ ހަމައަށް ނުދެވެނީސް ރާއިނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

“ރާއިނާ…!” ރާއިނާ ވަދެގެން އައިގޮތް ފެނިފައި ހައިރާންވެގެން ޒިޔާންއަށް ގޮވާލެވުނެވެ.

“ޒިޔާން!” ރާއިނާއަށްވެސް ޒިޔާންގެ ނަން ކިޔާލެވުނެވެ. ދުވެފައި އައި ރާއިނާ ހުއްޓުނީ ޒިޔާންގެ ގައިގައި ޖެހިފައެވެ. އެއާއެކު ރާއިނާގެ ދެއަތުން ޒިޔާންގެ ގައިގައި ބައްދައިގަތެވެ. ބިރުގެންފައި ހުރި ރާއިނާއަށް ރޮވުނީ ދެނެވެ. ދެއަތުން ޒިޔާން ގައިގައި ބާރަށް ބައްދައިގެން ޒިޔާންގެ މޭގައި މޫނު ޖައްސައިގެން ހުރެ ރާއިނާ ބާރަށް ރޯން ފެށިއެވެ.

ކޮންމެވެސް ކަމެއް ވެއްޖެކަން ވަގުތުން ޒިޔާންއަށް ވިސްނުނެވެ. ރާއިނާ ގަޔާ ދުރުކުރަން ބޭނުންވި ނަމަވެސް އެވަގުތު ޒިޔާން މަޑުމަޑުން ރާއިނާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރީއެވެ. ރާއިނާ ރުއިން ހުއްޓާލާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

“ކިހިނެއްވީ؟” ރާއިނާ ރުއިން ހުއްޓާލުމުން ޒިޔާން އަހާލިއެވެ. އަދި އެ ސުވާލާއެކު ރާއިނާ ޒިޔާންއާ ދުރުކޮށްލަން އުޅުނެވެ. ނަމަވެސް ރާއިނާ ދުރަކަށް ނުޖެހުނެވެ.

“ރާއިނާ، ވީގޮތެއް ބުނެބަލަ” ކުރިއަށް ވުރެން ބާރަށް ރާއިނާގެ ދެކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ޒިޔާން އެހިއެވެ.

އަދިވެސް ހިތުން ބިރު ނުފިލާ ހުރި ރާއިނާ ޒިޔާންގެ ގައިގައި ކިރިޔާ ނުޖެހޭ ވަރަށް ދުރުވެލާ ޒިޔާންގެ މޫނަށް ބަލާލިއެވެ. އޭރުވެސް ރާއިނާގެ ދެއަތް ވީ ޒިޔާންގެ ކޮނޑުމަތީގައެވެ.

“ބުނެބަލަ، ކޮންކަމަކާ ތިހާ ބިރުން ދުވެފަ ތިއައީ؟” ޒިޔާން އަނެއްކާވެސް ސުވާލުކުރިއެވެ. ވީގޮތް ކިޔާދީ ނިމުނުއިރު އަނެއްކާވެސް ރާއިނާއަށް ރޮވިއްޖެއެވެ.

“ޝްޝްޝް… އެމީހުން ހިނގައްޖެ މިހާރު. ދެން ބިރު ނުގަނޭ. ހުއްޓާލާ.” ދެއަތުން ރާއިނާގެ ދެއަތްތިލައިގައި ހިފާލަމުން ޒިޔާން ބުންޏެވެ.

ރާއިނާ އަނެއް ފަރާތަށް އެނބުރި ބޯ އަރިކޮށްލަމުން ބޭރު ބަލާލިއެވެ. އިތުރު ބަޔަކު ފެންނަން ނެތްނަމަވެސް ރާއިނާ އަނެއްކާވެސް ޒިޔާންގެ މޭގައި ބޯ ޖައްސާލިއެވެ.

ޒިޔާންގެ ހިތް ރާއިނާއަށްޓަކާ ހަމްދަރުދީއިން ފުރުނެވެ. އެއް އަތުން އަދިވެސް ރާއިނާގެ އެއްއަތްތިލައިގައި ހިފާލައިގެން ހުރެ އަނެއް އަތުން ރާއިނާގެ ބުރަކަށީގައި ފިރުމާލިއިރު ބިރުގެންފައިވާ އަންހެން ކުއްޖެއްގެ ހިތުން އެބިރު ފިލުވާލުމަށް އެހީވުން ނޫން އެހެން ކަމެއް ޒިޔާންގެ ހިތަކު ނެތެވެ. އެވަގުތު ޒިޔާންގެ ހިތުގައިވީ ރާއިނާ ގެންފައިވާނެ ބިރާއި އޭނާއަށް ކުރެވޭނެ އިހުސާސެވެ. ރައްކާތެރިކަމަށް އެވަގުތު ރާއިނާ ބޭނުންވާނެ ވަރެވެ.

ނަމަވެސް މަޑުމަޑުން ހިތާ ސިކުނޑި ހަމައަކަށް އެޅެމުން އައި ރާއިނާގެ ހިތުގައި އެވަގުތު ވީ އެހެން ކަމެކެވެ. އެތައް އެތައް ދުވަހެއްސުރެން ބޭނުންވެގެން އުޅުނު ފުރުސަތު ރާއިނާއަށް ލިބުނީ އެރެއެވެ. އެފުރުސަތުގެ ބޭނުން ފުރިހަމައަށް ކުރުމަށް ރާއިނާ ނިންމިއެވެ.

“ދެން އެކަމާ ހާސްނުވޭ. ހިނގާ، އަހަރެން ދާނަން ރާއިނާ ގެއަށް ލައިދޭން.” ރާއިނާގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލާފައި ދުރަށް ޖެހިލަމުން ޒިޔާން ބުންޏެވެ. އަދި ރާއިނާއަށް ބަލާލާފައި ހިނުތުންވެލަމުން މޭޒުމަތީގައި އޮތް ފޯން ނެގީ އިފާޝާއަށް ގުޅާލާފައި ރާއިނާ ގެއަށް ގެންގޮސްދޭން ދާވާހަކަ ބުނާށެވެ.

ނަމަވެސް ދެން ކަންތައް ވީގޮތުން ޒިޔާންއަށް އިތުރުކަމަކާ ވިސްނާވެސް ނުލެވުނެވެ.

ޒިޔާން ރާއިނާއާ ދުރަށް އަޅާލި ދެތިން ފިޔަވަޅު، އެއަށްވުރެ ހަލުވިކޮށް ރާއިނާ ކުރިއަށް އަޅާ ޒިޔާން ގައިގައި ބައްދައިގަތެވެ. ކުރިޔާ ތަފާތު ގޮތަކަށެވެ.

“ރާއިނާ!” ހިތްހަމަ ނުޖެހުމާއެކު ޒިޔާންއަށް ބުނެވުނެވެ.

“ޒިޔާން ޕްލީޒް! ދެން އަހަރެން ދުރު ނުކުރޭ، ވަރަށް ދުވަހު ޒިޔާންއާ ދުރުގަ ހުރެފިން… ދެން ނުވާނެ، ޕްލީޒް… އައި ލަވް ޔޫ ޒިޔާން… އައި ލަވް ޔޫ!” ރާއިނާ އަދިވެސް ބޮޑަށް ޒިޔާންގެ ހަށިގަނޑުގައި ތަތްވެލަމުން ބުންޏެވެ. ރާއިނާގެ އެބަސްތަކާއެކު ރާއިނާ ޒިޔާންގެ ގަޔާ ދުރުކޮށްލުމަށް ރާއިނާގެ ދެކޮނޑުގައި ހިފެހެއްޓި ޒިޔާންގެ ދެއަތްތިލަވެސް ހުއްޓުނެވެ. ޒިޔާންގެ އަނގައިން ބަސްހުސްވި ކަހަލައެވެ. ހައިރާން ވެގެން ބުނާނެ އެއްޗެއް ޒިޔާންގެ ވިސްނުމަކަށް ނައެވެ.

ޒިޔާން އެހެން ހުއްޓާ ރާއިނާ އިސްއުފުލާ ޒިޔާންގެ މޫނަށް ބަލާލިއެވެ. ދެންވެސް ޒިޔާންއަށް އެއްޗެއް ނުބުނެވިފައި ހުއްޓާ ރާއިނާ އެއް އަތް އުފުލާ ޒިޔާންގެ ކަނދުރާގައި ޖައްސާލުމާއެކު ކޮރާލަމުން ޒިޔާންގެ ތުންފަތުގައި ރާއިނާގެ ތުންފަތް ޖައްސާލިއެވެ.

ދެވަނަ ފަހަރަށް ޒިޔާން ގައިގައި ރާއިނާ ބައްދައިގަތް ވަގުތުން ފެށިގެން އެ މަންޒަރު ބަލަން ގަބުވެފައި ކަހަލަ ގޮތަކަށް ހުރި އިފާޝާ އެވަގުތު އެނބުރިފައި ބާރު ހިނގުމެއްގައި ގޮސް އޮފީހުން ނިކުތެވެ. ލޮލަށް ފެނުނު މަންޒަރާމެދު ޔަގީން ނުވެފައި ހުރި ނިހާޔާވެސް އިފާޝާގެ ފަހަތުން ދިޔައެވެ.

“އިފާ…” އޮފީހުން ނިކުމެވުމާއެކު ނިހާޔާ އިފާޝާއަށް ގޮވާލިއެވެ.

“ޕްލީޒް ނިހާ، މިވަގުތު ލީވް މީ އެލޯން…” ކަރުނައިން ފުރިގެންވީ ދެލޮލުން ނިހާޔާއަށް ބަލާލަމުން އިފާޝާ އެދުނެވެ. އަދި ނިހާޔާގެ ޖަވާބަކަށް ނުބަލާ ހިނގައިގަތެވެ.

ޒިޔާންއާމެދު ހިތުގައި އޮތް އިތުބާރާ ޔަގީންކަން އެވަގުތު ރުޅިއަށް ބަދަލުވެގެން ދިޔަ ނިހާޔާވެސް ރުޅިވެރި ނަޒަރަކުން އެއްފަހަރު އޮފީހާ ދިމާއަށް ބަލާލާފައި ހިނގައިގަތީ ދުރަށެވެ.

އިތުރަށް ދިހަ ސިކުންތު މަޑުކުރިނަމަވެސް އިފާޝާއަށާ ނިހާޔާއަށް އެހެން މަންޒަރެއް ފެނުނީހެވެ. ހަގީގަތަކީ ކޮބާކަން އެނގުނީހެވެ.

ރާއިނާގެ ތުންފަތް ޒިޔާންގެ ތުންފަތުގައި ޖެހުމާއެކު ކަރަންޓް ޝޮކެއް ޖެހުނު ފަދަ ގޮތަކަށް ޒިޔާން ކުއްލިއަކަށް ފަހަތަށް ޖެހި ދެއަތުން ރާއިނާގެ ކޮނޑުގައި ހިފާ ޒިޔާންއާ ދުރަށް ކޮށްޕާލިއެވެ. އެއާއެކު ކަނާތުގެ ނުފުށުން ތުންފަތް ފޮހެލިއެވެ.

“ޒިޔާން ޕްލީޒް… ކިހާ ދުވަހެއް އަހަރެން އިންތިޒާރު ކުރާތާ؟ ޒިޔާން ނުޖެހޭ އިފާއާ އެކީ މުޅި އުމުރު ހޭދަކުރާކަށް. މަޖުބޫރުން ކުރަން ޖެހުނު ކައިވެންޏެއްގަ މުޅި އުމުރުގަ ހުންނާކަށް ނުޖެހޭނެ. އަހަރެން ވަރަށް ލޯބިވޭ ޒިޔާންދެކެ. ޕްލީޒް… އާދޭ އަހަރެން ކައިރިއަށް. އިފާ ވަރިކޮށްފަ އަހަންނާ އިނދޭ. އޭރުން ޒިޔާންއަށްވެސް މާ ހިތްހަމަޖެހުން ލިބޭނެ… އަހަރެން ޒިޔާންއަށް…”

“ޖަސްޓް ޝަޓް އަޕް!”

ޒިޔާންގެ ހަޅޭކުގެ އަޑާއެކު ރާއިނާގެ ވާހަކަ ހުއްޓުނެވެ. އެކަކު އަނެކަކަށް ބަލަން ތިބެފައި ރާއިނާ ޒިޔާންއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. އަދި އަނެއްކާވެސް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ރާއިނާ އެންމެ ބަހެއް ބުނާނެ ފުރުސަތެއްވެސް ޒިޔާން ނުދިނެވެ.

“އަހަރެން އުޅެން ޖެހެނީ އިފާއާ އިނދެގެންތޯ ނޫނީ ނޫންތޯ ނިންމަން ރާއިނާ ތީ ކާކު؟ ކާކު ބުނީ މަޖުބޫރު ވެގެންނޭ އަހަރެން އިފާއާ އިނީ؟ އެހެން ނޫނަސް އަހަރެންގެ ޕަރޒަނަލް ކަންތައްތަކާ ބެހެން ރާއިނާ ތީ ކާކު؟” ރާއިނާ ދެއްކި ވާހަކައިން ރުޅިއައިސް ރަތްވެފައިހުރި ޒިޔާން ސުވާލުތަކެއް ކޮށްލިއެވެ.

“އަހަންނަށް އެނގޭ އަހަރެން ބެހެން ނުޖެހޭ ކަމެއްކަން މީ. އެކަމަކު އަހަރެން ޒިޔާން ދެކެ ލޯބިވާތީ، ޒިޔާންއަށް އިފާގެ ފަރާތުން ނުލިބޭ އުފަލާ ހިތްހަމަޖެހުން ހޯދަދޭން ބޭނުން ވާތީ މިބުނީ އަހަންނާ މެރީ ކުރާށޭ. ލާބި ނުވާ މީހަކާ އިނދެގެން ކޮން އުފަލެއް ޒިޔާންއަށް ލިބޭނީ؟”

ރާއިނާގެ ކޮންމެ ޖުމްލައަކާއެކު ޒިޔާންގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

“ތީދޯ މިހުރިހާ ދުވަހު ރާއިނާ ކުޅުނު ޑްރާމާއަކީ؟ ބުނަން؟ ތިހެން ދައްކާލާ ދަޅައަކަށް އަހަރެން ނުހެއްލޭނެ. އަހަންނާ އިފާއާ ދެމެދުގައިވާ ކަންތައްތަކާ އެކަކުވެސް ބެހޭކަށް ނުޖެހޭ، އެކަމަކުވެސް ރާއިނާ އަހަރެން ދެކެ ލޯބިވާ ކަމަށް ދައުވާ ކުރާތީ ބުނެފާނަން. އަހަންނަށް އިފާގެ ފަރާތުން ނުލިބުނު އެއްޗެއް އެހެން މީހެއްގެ ފަރާތަކުންވެސް ނުލިބޭނެ. އެއީ އަހަރެން އިފާދެކެ ލޯބި ވާތީ. ހީކުރަން މިވަރުން ފުދޭނެ ކަމަށް. މިރޭ މިވަގުތުން ފެށިގެން ރާއިނާގެ ވަޒީފާ ބަދަލު ކޮށްފިން. ދެން އަހަރެން އަމިއްލައަށް ބުނެގެން ނޫނީ މި ކެބިންއަށް ނުވަންނާތި! ނައު ލީވް!” އައިސްފައި ހުރި ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ޒިޔާން އެހެން ބުނެފައި ކެބިންއިން ނިކުންނަން ދިޔައެވެ.

ނަމަވެސް ދެންވެސް ރާއިނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ޒިޔާން ކެބިންއިން ނިކުތްތަނާ ފަހަތުން ގޮސް ޒިޔާން ގައިގައި ބައްދައިގަތެވެ.

މިފަހަރު ޒިޔާންއަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ވައަތުން ހިފާ ރާއިނާގެ އަތް ނައްޓުވާލާ އެނބުރުނު ގޮތަށް ޒިޔާންގެ ކަނާއަތް ތިލަ ޖެހުނީ ރާއިނާގެ ކޯތާފަތުގައެވެ.

“އަހަންނަށް އިތުރު ގޯހެއް ނެހެދެނީސް ނިކުމޭ! މިރޭން ފެށިގެން ރާއިނާ ވަޒީފާއިން ވަކިކޮށްފިން.” ޒިޔާން ދޮރާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ ބުނެލިއެވެ.

“އަހަރެންގެ ނެތް ކޮން ސިފައެއްތަ އެ އިފާގެ ހުރީ؟ ޒިޔާން ބުނި ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަން އަހަރެން މިހިރީ…” ދެންވެސް ފަސްޖެހެން ހިތަށް ނޭރި ރާއިނާ ކުރިޔަށް ޖެހި ޒިޔާންގެ މޭގައި ދެއަތްތިލަ ޖައްސާލަން އުޅުނެވެ.

އެއްއަތުން ރާއިނާގެ އަތުގައި ހިފާ ދުރަށް ކޮށްޕާލަމުން ޒިޔާން ފަހަތަށް ޖެހިލިއެވެ.

“ތީ ތަފާތަކީ. ރާއިނާއަށް ފެންނަނީ އަހަންނެއް ނޫން. އަހަރެންގެ ވަށައިގެންވާ އެއްޗެހި. އިފާއަށް ފެންނަނީ އަހަރެން. ހީކުރީތަ އަހަންނަށް ނޭނގޭ ކަމަށް؟” މަލާމާތުގެ ހިނިތުންވުމަކާއެކު ޒިޔާން ބުނެލިއެވެ.

ދެންވެސް ރާއިނާ ދާ ހިޔާލެއް ނުކުރިއެވެ.

“އެންމެ ރަނގަޅުވާނީ ރާއިނާ މިތަނުން ނިކުތިއްޔާ. އަހަރެން ރާއިނާގެ ފަރާތުން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ދުވަހަކުވެސް ބޭނުމެއް ނުވެސްވާނެ. އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއްނޫން. މި ބުނެދެނީ އަހަންނަށް ބުނެ ދެވޭނެ އެންމެ ރީތިކޮށް. އައި ލަވް މައި ވައިފް! އިފާ ނޫން އެހެން އެއްވެސް އަންހެނެއް އަހަރެން ބޭނުމެއް ނޫން. ހީކުރަން މިވަރުން ރާއިނާއަށް ވިސްނޭނެ ކަމަށް.

މިރޭ އެނިވަރސަރީ ޕާޓީއަށް އަދިވެސް ރާއިނާއަށް އިންވިޓޭޝަން އޮންނާނެ. އެކަމަކު މާދަމާއިން ފެށިގެން ވަޒީފާއަށް އަންނާނެ ކަމެއް ނެތް. ދެން މިވަގުތު… ރީތިކޮށް ބުނަންޏާ، އަހަރެންގެ ކުރިމަތިން ދުރަށްދޭ!” ޒިޔާން ވާހަކަ ދެއްކީ މަޑުން ނަމަވެސް އެ އަޑުގައިވީ ރުޅިވެރިކަމެވެ.

އެކަން ރާއިނާއަށް އިހުސާސް ކުރެވުނެވެ. އަދި ރާއިނާއަށް ޒިޔާންގެ ވިސްނުން ބަދަލު ނުކުރެވޭނެކަންވެސް ވިސްނުނެވެ. އިރުކޮޅަކު ޒިޔާންއާ ދިމާއަށް ބަލަން ހުރެފައި ރާއިނާ ނިކުމެގެން ދިޔައެވެ.

ފުން ނޭވާއެއް ދޫކޮށްލުމާއެކު ޒިޔާންއަށް ދެފަރާތަށް ބޯ ހަލުވާލެވުނެވެ. އެ ހުރިހާ ދުވަސް ވީއިރު ރާއިނާގެ އަސްލު މަގުސަދު ޒިޔާއަށް ނުވިސްނުނީ ކީއްވެ ބާއޭ ހިތަށް އެރިއެވެ.

ޖެހިގެން ހުރި މޭޒުގެ އެއް ކަނެއްގައި އިށީނދެ ޒިޔާން އިސްޖަހާލަމުން އެރޭ އެވީ ކަންތައްތަކާއި މެދު ވިސްނާލިއެވެ. އެންމެ ކަމެއް ފިޔަވައި ޒިޔާން އެރޭ ކަންތައް ކުރި ގޮތަކީ ރަނގަޅު ގޮތް ކަމާއިމެދު ޒިޔާންއަށް ޔަގީނެވެ. އެރޭ ގޯސްކޮށް ކުރެވުނު ހަމައެކަނި ކަމަކީ ރާއިނާގެ ގައިގައި ޖެހުމެވެ. އަންހެނެއްގެ މައްޗަށް އަތް އިސްކުރުމެވެ.

އެވަގުތު އާދެވުނު ރުޅީގައި ޒިޔާންއަށް އެގޮތަށް ކަންތައް ކުރެވުނީއެވެ. އޭގެ ކުރިން ދުވަހަކުވެސް ކޮށްފައި ނުވާ ކަމެއް ނަމަވެސް އެރޭ ކުރެވުނީއެވެ.

މާޔާ އަބަދުވެސް ބުނާނެއެވެ. ކޮންމެ ކަމެއްވެސް ކުރުމުގެ ކުރިން ތިން ހަތަރު ފަހަރަށް ވިސްނާލާށެވެ. މާޔާގެ ހަނދާން ވުމާއެކު ޒިޔާންއަށް ހިނިތުން ވެލެވުނެވެ. ސިކުނޑީގައި ވި ހިޔާލުތައް ދުރުވެ، ރުޅި ފިނިވެ މީހާ ހަމަ ޖެހުނެވެ. ލޯ މަރާލުމާއެކު ހިނިތުންވެފައި ހުރެ ޒިޔާން ކަންތައް ކުރީ ރަނގަޅަށޭ ބުނާފަދަ ގޮތަކަށް މާޔާ ބޯޖަހާލިތަން ފެނުނެވެ. ދެން އަވަހަށް އިފާޝާ ގާތަށް ދާށޭ ބުނެ މާޔާގެ ތުންފަތް ހަރަކާތް ކުރިތަން ފެނުނެވެ.

އެއާއެކު ޒިޔާންއަށް ލޯ ހުޅުވާލެވުނެވެ. ވީހާވެސް އަވަހަކަށް އިފާޝާ ގާތަށް ދާން ހިތް އެދުނެވެ. ހިތުގެ އެ އެދުމަށް ޒިޔާންގެ ހަށިގަނޑުވެސް އިޖާބަ ދިނެވެ. އަތުކުރީގައި އޮތް ގަޑި ބަލާލެވުނީ ނިހާޔާއާ އިފާޝާ ހާދަ ލަސްވެއްޖެއޭ ހިތަށް އެރުމުންނެވެ. ކައިރީގައި ހުރި މިސްކިތުން މަޣްރިބް ނަމާދަށް ބަންގި ގޮވިއަޑު އިވުނީ އެ ވަގުތުއެވެ. ގަޑިން ހައެއް ޖަހަން އަދި އިރުކޮޅެއް ހުރުމާއެކު، މިސްކިތަށް ގޮސްފައި ގެޔަށް ގޮސް، އަށެއް ޖެހުމާ މެދު އިފާޝާއާއެކު ހޭދަކޮށްލާނެ ވަގުތު ކޮޅެއް ލިބޭނެޔޭ ހިތަށް އަރާ ޒިޔާން އެ ހިޔާލުގައި ހުރެ އިފާޝާ އަށް ގުޅާލަމުން އޮފީހުން ނިކުތެވެ.

އެއް ފަހަރު ގުޅައިގެން ހުރެ ރިންގްވެ ކެނޑުނު އިރުވެސް އިފާޝާ ފޯނެއް ނުނަގައެވެ. އޮފީސް ދޮރު ތަޅުލާފައި ޒިޔާން ދެވަނަ ފަހަރަށް ގުޅާލިއެވެ.

“ހަލޯ؟” ތިންވަނަ ރިންގުން އިފާޝާގެ އަޑު އިވުނެވެ.

“އިފާ ގެއަށްތަ ދިޔައީ؟” އިފާޝާގެ އަޑު އިވުމާއެކު ހިނިތުންވެލަމުން ޒިޔާން އެހިއެވެ.

“އާނ! އިރުއޮއްސެން ކައިރިވީމަ އައީ ގެއަށް.” އިފާޝާ ޖަވާބުދިނެވެ. އެވަގުތު އިފާޝާގެ އަޑު ތަފާތުކަން ޒިޔާންއަށް ފާހަގަ ކުރެވުނެވެ. ރޯގާ ޖެހިފައި ހުރިހެން ހީވިއެވެ.

“މާ ބޮޑަށް ވަރުބަލި ވީތަ؟ އަޑު ހާދަ ތަފާތޭ” ޒިޔާން އެހިއެވެ.

“ނޫން. ކަމެއް ނުވޭ. ޒޔާން، އެނީއަށް ކާންދޭން މިއުޅެނީ.” އިފާޝާ ބުންޏެވެ.

“އާނ، އޯކޭ. މިތާނގަ ހުރިހާ ކަމެއްވެސް ނިމިއްޖެ. މިސްކިތަށް ގޮސްލާފަ ގެއަށް މިދަނީ.” ޒިޔާން ބުންޏެވެ.

އިފާޝާ ވާހަކަ ދެއްކިގޮތް ތަފާތުކަން ފާހަކަ ކުރެވުނު ނަމަވެސް، އެއީ ގިނަ ވަގުތު މަސައްކަތުގައި އުޅުމުން ވަރުބަލިވެފައި ހުރީތީއޭ ހިތަށް އަރާ ޒިޔާން ހިތްހަމަ ޖައްސާލިއެވެ.

އެރޭ ވީ ކަންތައް އިފާޝާއަށް ސިއްރު ކުރާކަށް ފަހަރެއްގައިވެސް ޒިޔާން ހިތަހަކަށް ނާރައެވެ. ނަމަވެސް އެރޭ އެވާހަކަ ނުދެއްކުމަށް ނިންމީ އަނެއް ދުވަހުން ހުރިހާ ވާހަކައެއް އިފާޝާއަށް ކިޔައިދިނުމަށް ނިންމައިގެންނެވެ.

އޮފީހުގައި ހިނގި އެއްވެސް ކަމެއް އިފާޝާއަށް އެނގިދާނެއޭ އަދި އަމުދުން އެމަންޒަރު އިފާޝާއަށް ފެނިދާނެއޭ ޒިޔާން ކުޑަކޮށްވެސް ހިޔެއް ނުކުރެއެވެ. ބައި ގަޑިއެއްހާއިރު ފަހުން ޒިޔާން ގެޔަށް އައީ އިފާޝާއާއެކު ހޭދަކޮށްލެވޭނެ އުފާވެރި ވަގުތުކޮޅެއްގެ ހިޔާލުގައި ހުރެއެވެ. އަދި އެރޭ ކުރިއަށް ރާވާފައިވާ “ސަޕްރައިޒް” އާ މެދު ވިސްނަމުންނެވެ.

ކާމޭޒު ދޮށުގައި ކާން އިން ޒާޔާ ކައިރީ އާނާ އުރާލައިގެން ސަނާ އިނެވެ. އިފާޝާ ފެންނާކަށް ނެތެވެ. ދެފަރާތަށް ބަލާލަމުން ޒިޔާން ގޮސް ޒާޔާގެ ކޮލުގައި ބޮސްދިނެވެ.

“ޒާ ބޭބީ، ޑެޑީ މިސްޑް ޔޫ ޓުޑޭ!” ޒިޔާން ބުނެލިއެވެ. އެއާއެކު ޒާޔާވެސް އޭނާގެ ޖަވާބު ދެމުން ޒިޔާންގެ ކޮލުގައި ބޮސްދިނެވެ.

“އެނީ…ޑެޑީ އެނީވެސް މިސްވިޔޭ…” ސަނާ އަތުން އާނާ ނަގާ ބައްދާލަމުން ޒިޔާން އާނާއާވެސް ތޮޅެލިއެވެ. ގިނަ އިރު ނުކޮށް ސަނާ އަތަށް އާނާ ދީފައި ގަމީހުގެ ގޮށްތައް ނައްޓަމުން ކޮޓަރިއަށް ވަނީ އިފާޝާ ކޮބާތޯ ކުރި ސުވާލުގެ ޖަވާބުގައި އިފާޝާވީ ކޮޓަރީގައި ކަމަށް ސަނާ ބުނުމުންނެވެ.

ޒިޔާން އެރޭ ލާން އޮތް ގަމީސް އިސްތިރި ކުރަން ހުރި އިފާޝާ ޒިޔާން ވަނުމުން ބަލާލާފައި އަނެއްކާވެސް މަސައްކަތަށް އެނބުރުނެވެ.

“ފެންވަރަން ވަންނަން ވީނު؟ ނިކުންނަން ވާއިރަށް ކޮފީ ހަދާލާނަން.” މަސައްކަތުގައި ހުރެ އިފާޝާ ޒިޔާންއަށް ބަލާނުލާ ބުންޏެވެ.

“ރޯގާ ޖެހުނީތަ؟” އިފާޝާގެ އަޑަށް އައިސްފައި ހުރި ބަދަލުން ޒިޔާންއަށް އަހާލެވުނެވެ.

ޖަވާބުގައި އިފާޝާ ހަމައެކަނި ބޯ ހަލުވާލިއެވެ. ނަމަވެސް ޒިޔާންގެ އެސުވާލާއެކު އެރޭ ފެނުނު މަންޒަރު އިފާޝާގެ ސިކުނޑީގައި އަނެއްކާވެސް ތަކުރާރު ވެގެން ދިޔައެވެ.

ފެނުނު މަންޒަރަށް ފަހު މަގުމަތިން ހިނގާފައި ގެއާ ހަމައަށް ނުރޮއެ އާދެވުނީ ކިހިނެއްބާއޭ އިފާޝާ ހިތަށް އެރީ ގެއަށް ވަދެވުމުންނެވެ. ގެއަށް ވަދެ ދޮރު ލައްޕާލެވުމާއެކު އެހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އިފާޝާގެ ލޮލުން ފައިބައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 14..

Next

އެދެނީ މަޢާފް

Next
February 20, 2016

އެދެނީ މަޢާފް

Previews
February 20, 2016

ކުރަމުން ތިދާހާ ގޯނާ 14..

23 Comments!

  1. Mar Sha Marsha says:
    February 20, 2016 at 7:15 pm

    Hope u like thiss.. next part tomorrow…

  2. Saman says:
    February 20, 2016 at 7:19 pm

    I love u marsha haadha thalhu vaa laafaey thi ge nas dhi nee

  3. Saman says:
    February 20, 2016 at 7:28 pm

    V intresting

  4. Shau says:
    February 20, 2016 at 7:32 pm

    V v v v nice…haadhisaa v nice…n their true luv…wowww…its awesome… Waiting for the next pet…Avas kohlahchey igey

  5. Aimsithu says:
    February 20, 2016 at 7:35 pm

    Waaau… ifasha haadha keii gadha ye.. ma nama e vaguthu raina ge moonu mahchhah aii dhoveleemus…

  6. Aisha says:
    February 20, 2016 at 7:43 pm

    Nice bt haadha kurey… Inthizaaru kuran eba tomorrow ah..: avahah up kohlahcey ingey

  7. Zaanaa says:
    February 20, 2016 at 7:48 pm

    Thx vaahahaka up koh deneethee v keyaa hethun me huree next part

  8. 9797783 says:
    February 20, 2016 at 7:49 pm

    Mirey anehbai genesdheyn veenu please please

  9. Zimaam says:
    February 20, 2016 at 7:59 pm

    Aan mirey genas dhee ba marsha

  10. Mar Sha Marsha says:
    February 20, 2016 at 8:31 pm

    Happy to c all these lovely comments… thnx a lot for reading… mirey cannot do it… but tomorrow sure.. n tomorrows part will be the last of this story ingey… once again thnx all.. ☺

  11. Ily says:
    February 20, 2016 at 9:01 pm

    Wowwwwww v reethi…mihaaru ves next part kiyahithun keth madhuvefa mi hure…….?????

  12. Mari says:
    February 20, 2016 at 9:11 pm

    Vvvv habeys..thanks Marsha…keep it up…tomorrow last part dhw…Marsha ge ehn vahaka eh kiyaa lah libeyney kamah umeedhu kurany…insha Allah.

  13. Saman says:
    February 20, 2016 at 9:41 pm

    Aalhey nun marsha thihen nuhadhaa ekamu mivaahaka nin maalanyaa dhera vaaney still ehen vaahaka eh liye dhey chey mikahala i am a big fan of you

  14. shaai says:
    February 20, 2016 at 10:46 pm

    v reethi vaahaka. next part avahah genas dheeba. keep it up .

  15. Nicky says:
    February 21, 2016 at 1:36 pm

    Nyc

  16. Zimaam says:
    February 21, 2016 at 1:54 pm

    Aavahah up koh dhey chey last part eh nu

  17. Alyaau says:
    February 21, 2016 at 5:23 pm

    plxx avahakah up kohdheebr keh nuve 🙁

  18. Alyaau says:
    February 21, 2016 at 5:24 pm

    maa avahah thi nimmany ess

  19. Maashy says:
    February 21, 2016 at 6:05 pm

    Aaslhu ves marsha up koh dheeba

  20. Saman says:
    February 21, 2016 at 6:07 pm

    Dhw maashy !ekamu ves reyga heydhi hen nuhadhah chey haadha thalhu vaaliyey aaharen

  21. shaya says:
    February 21, 2016 at 6:26 pm

    Kobaatha….kiyaa hithun keh vaneeyehnun

  22. Maashy says:
    February 21, 2016 at 7:40 pm

    Marsha vaahaka

  23. Raaxa says:
    February 21, 2016 at 8:08 pm

    Keiy vany eh noon, kobaitha last part marsha love

Comments are closed.

Next Episodeހިތް އެދެނީ 14 (ފަހު ބައި)←


All Right Reserved!