އަހަރެން ރަށަށް 4 އަހަރުކޮށްފައި އައިރު ރަށަށް ވަނީ ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަހަރެންގެ ގިނަ އެކުވެރިންތަކެއް ވެސް ވަނީ އެކި ވަޒީފާތަކަށް ވަދެފައެވެ. އަހަރެންނަކީވެސް މިހާރު މާލޭގެ އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެކެވެ. އަހަރެން ރަށްދޫކޮށް ދިޔައީ މީގެ 6 އަހަރު ކުރިންނެވެ. އޭގެ ފަހުން އެއްފަހަރު އައިގޮތަށް އަހަރެން ނައިސް ހުރެފައި މިއައީ މި އަހަރުއެވެ. ކުރިން ފަސްގަނޑު މަޑުކޮށް އޮންނަ ރަށުގެ ބޮޑުމަގުގައިވަނީ ތާރުއަޅާފައެވެ. ގިނަ ގޭގޭ ދެބުރި ތިންބުރިއަށް ހިއްލާލާފައި […]
ޝިޔާރާގެ ހިތުގައި ލޯބި އުފެދުމުގެ ކުރިން ހުއްޓުވަން މަސައްކަތް ނުކުރެވުނީތީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ޝިޔާރާއަށް ޔަގީންވާ އެކައްޗެއް އެބައޮތެވެ. ޒޯހަން އަކީ ޝިޔާރާގެ ހަޔާތަށް ގެންނަން ބޭނުންވާ ކަހަލަ ޒުވާނެކެވެ. ހިތާމައަކީ ދުވަހަކުވެސް ޒޯހަން ޝިޔާރާއަށް ނިލުބޭނެ ކަމެވެ. ޒޯހަންގެ މީހަކަށް ޝިޔާރާއަށް ދުވަހަކު ވެސް ނުވާނެ ސަބަބުތައް ވަރަށް ގިނައެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އުނދުން ކައިރިއަށް ޖެހިލީ ބޭރުގައި މެންދުރު ކެއުމަށް އެންމެން ހަމަވިކަން އެނގުމުންނެވެ. “ޒޯން ކީއްވެ […]
(ނުވަ ވަނަ ބައި) މާނީއަށް ހޭލެވުނީ ދަންވަރު ދެގަޑި ފަނަރަ ހިނގަނިކޮށެވެ. އޭރުވެސް އިޔަންއެއް ގެއަކަށް ނާދެއެވެ. މާނީ ގޭތެރެއަށް ނުކުމެ ހޯދާލިއެވެ. ސިޓިންގ ރޫމަކުވެސް އިޔަންއެއް ނެތެވެ. އެނބުރި ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހި ވަގުތު އޭނާއަށް އަޑެއް އިވުމުން ހުއްޓެވުނެވެ. އިތުރަށް ޔަގީންކޮށްލުމަށް އިރުކޮޅަކު މަޑުކޮށްލިއެވެ. ދެވަނަ ފަހަރަށްވެސް އެއަޑު އިވުނެވެ. އެއީ އަންހެނެއްގެ މަސްތީ އާހެއްގެ އަޑެވެ. އެއަޑު އައީ ދެވަނަ ފަންގިފިލާއިންނެވެ. މެހެމާނުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ކޮޓަރިންނެވެ. މަޑު ހިނގުމެއްގައި […]
އިޔާއަށް ދަތްކުނޑި ވިކި، އަތުގައި އިން ކޯކު ތައްޓަށް ބާރު އަރާހެން އަހަންނަށް ހީވިއެވެ. މޫނު މަތިން ރުޅީގެ އަސަރު ފާޅު ވަމުން ދިޔައެވެ. ” މެއިބީ ހީ ހެޒް ފޯލެން ފޯ ޔޫ! ” އިޔާ ކޯކު ފޮދެއް ބޯލުމަށްފަހު ދެބުމަ އަރުވާލަމުން ބުނެލިއެވެ. އިޔާ ހިނިގަނޑެއް ޖަހާލިއެވެ. މިއޮއްހާއިރު އިޔާގެ މޫނުމަތިން ފެނުނު ކުލަވަރެއް ދެނެއް ނުފެނުނެވެ. އަހަރެން ހައިރާންވިއެވެ. އެއީ އަހަންނަށް ހީވި ގޮތެއް ކަމުގައި ނިންމީމެވެ. ކައި ނިމިގެން އަހަރުމެން ދިޔައީ […]
އެއާރޕޯޓުގެ އެރައިވަލް ބައިގައި މަޑުކޮށްލައިގެން ތިއްބާ ކޯޓު ފަޓުލޫނުގައި ހުރި ޒުވާނަކު އަހަރެމެންނާއި ދިމާލަށް އެރައިވަލް އިން ނިކުމެގެން ފިރިހެންވަންތަ ހިނގުމެއް ހިނގަމުން އައެވެ. ފަން އިސްތަށި ގަނޑެކެވެ. ހުރީ ސްޕައިކް ޖައްސާފައެވެ. ހަމުގެ ކުލަ އައްޔެވެ. ބައިމަތި ފުޅާ، ދިގު ހަށިގަނޑެކެވެ. އަތު ކުރީގައި ގަޑި އަޅާފައެވެ. ލޮލުގައި އަވިއައިނު އަޅާފައި ހުރި އިރު ފިރިހެންވަންތަ ކަމުގެ ހުރިހާ ސިފައެއް މިލްކު ކޮއްގެން ހުރި މީހަކު ފަދައެވެ. އެމީހަކު އަހަރެމެންނާއި އަރާ ހަމަވުމަށްފަހު ބައްޕައަށް ހިނިތުންވެލަމުން […]
އަމޭލިއާއަށް އަމީނާ އާއި ދިމާލަށް ބަލާލެވުނީ އެއްބަސް ވާށޭ ބުނަމުންނެވެ. އެހެން ނަމަވެސް އަމީނާގެ ލޮލުން ފެންނަމުން ދިޔައީ މުޅިން އެހެން އެއްޗެކެވެ. އަމޭލިއާ އަށް ހިތް ދިރުވާލެވުނީ މިކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ހިތާއެވެ. “އެމީ… މަންމަ ކިހާ ދިރަވާނެ” އަމީނާ ބާރުހިނގުމެއްގައި ދިޔަ ދިމާލަށް ބަލަން ހުރެ މިފްޒާލް ބުނެލިއެވެ. “ދޮންބެވެސްތަ… އަޅެ ކުޑޭ ދެރަނުވާނެތަ… ކީއްވެތަ،.. ކީއްވެތަ މަންމަމެން އެއްބަސް ނުވަނީ” އަމޭލިއާއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އާތިފް މަތިން ހަނދާންވާ […]
މީޝާއަށް ކޯތާފަތުގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ކޯތާފަތަށް އެރި ހޫނު އެތިފަހަރުގެ ސަބަބުންނެވެ. ނަމަވެސް ވެވުނު އެންމެ ބޮޑު ހިނިތުންވުމެއް އޭނަގެ ދޮންތަ އަށް ދައްކައިގެން ހުއްޓެވެ. އެއާއި އެކު ދެވަނަ އެތިފަހަރު އޭނާގެ ކޯތާފަތަށް އަރައިގެން ދިޔައީ ކުރިން ފަހަރަށް ވުރެންވެސް ބާރަށެވެ. ދޮންތަގެ މި ވޭންދެނިވި ހަމަލާތަކަށް ކެތް ކޮށްލައިގެން މީޝާ ހުރީ ދޮންތަ އާއި ކުރިމަތިލާނެ ހިތްވަރެއް ނެތިފައެވެ. ހިތުގެ އަޑިން ޝަކުވާކުރާ ހާލުގައިމެ ދޮންތަގެ ހުރިހާ އަނިޔާތަކަށް މީޝާ މާފުދީފިއެވެ. ކޮޓަރިއަށް […]
ނަޒްލާއާ ޔުމްނާއާ އަސްމާ އަކީ ސްކޫލް ދައުރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިންނެވެ. ގްރޭޑް 7 ގައި ތިން ކުދިން އެއް ކްލާހެއްގައި އުޅުނު އިރުން ފެށިގެން އެކުދިންގެ ރަހުމަތްތެރިކަމުގެ ގުޅުން ދިޔައީ ކުރިޔަށެވެ. އެކަކު އަނެކަކުގެ ގެޔަށް ގޮސް ތިން ކުދިންގެ އާއިލާވެސް ވަނީ ރައްޓެހިންނަށް ވެފައެވެ. ހަމަ އެގޮތަށް ޝާއިރުއާ، އަސްމާގެ ބޭބެ އާސިމްއާ، ނަޒްލާގެ ބޭބެ ނަދީމް އަކީވެސް ކިޔަވަން އުޅުނު އިރުއްސުރެ ރައްޓެހިންނެވެ. އަދި ކިޔަވާ ނިމުމަށް ފަހުވެސް އެގުޅުމަށް ބަދަލެއް […]
ނީރާ އެތައްއިރަކު އެހެން އިނުމަށްފަހު ބޭރަށް ނިކުތެވެ. ބެލްކަނިއަށް ތަޅާލާފައިވާ އެ ދެމީހުންގެ ފޮޓޯ ފުރޭމްގައި އިން ފޮޓޯ ނަގާލިއެވެ. އަދި މޭގައި ޖައްސާލިއެވެ. އެއަށްފަހު ބިއްލޫރިކޮޅުތަށް ނަގާ ވަކިން ފުޅިއަކަށް އަޅާލީ ޝާއިންގެ ހަނދާނަކަށެވެ. އެ ފުރޭމްއަކީ ޝާއިންގެ އަމިއްލަ އަތުން ހެދި އެއްޗެކެވެ. އެއްލާލާކަށް އޭނާއަކަށް ނުކެރުނެވެ. ފޮޓޯ އޭނާގެ ޑައިރީގެ ތެރެއަށް ލުމަށްފަހު އަނެއްކާވެސް ބެލްކަނީއަށް ވަދެގެން އައީ ތަޅައިގެން ގޮށްސާ އޮތް ޖޯޑު ނަގާ ކޮފީ އެޅިފައި އޮތްތަން ސާފުކޮށްލުމުގެ […]