ކެއިންބުއިމާއި ދުރުވެވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އަނަރޫފަވާން ފެށިއެވެ. ލޯ ކައިރި ކަޅުވެ، ވަޅު ވަންނަން ފެށިއެވެ. މިކަންކަން މަންމަމެންނަށް ފާހަގަވާން ނެގީ މަދު ދުވަސް ކޮޅެކެވެ. މަންމަމެން މިކަންތައް ނެގީ ކައިވެނި ލަސްވުމުގެ ސަބަބުން ވާ ކަންކަމުގެ ގޮތުގައެވެ. ނަމަވެސް މަންމަމެންނަށް ނޭނގުނީ ވީނުވީއެއް ނޭނގި އިޔާ ‘ ގެއްލުމުން ‘ އަހަރެންގެ ހިތަށް އަސަރު ކޮއްފައިވާ މިންވަރެވެ. މިއަދަކީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިންމު ނިންމުމެއް އަހަރެން ނިންމާނެ ދުވަހެކެވެ. އެއީ އިޔާ މަތިން ހަނދާން ނައްތާލާ، އާފެށުމަކުން އަހަރެންގެ ދިރިއުޅުން ފެށުމެވެ. ވިރާހުއާ އެކުގައެވެ. މި ނިންމުން އަހަރެން ނިންމާނީ އާއިލާގެ ކޮންމެވެސް މީހެއްގެ ލަފަޔާއި އެކުގައެވެ. އަހަރެންނަކަށްވެސް މުޅި އުމުރަކު މީހަކަށްޓަކައި އިންތިޒާރެއް ނުކުރެވޭނެތާއެވެ. މީހާ ހަރު އުމުރުގެ މީހަކަށް ވާން ވާއިރަކަށް ހަށިގަނޑު ބަލިކަށްޓެއް ނުކޮއްލެވޭނެއެވެ. އެވެސް އަހަރެންގެ މައިންބަފައިން އަހަރެންނާއި އެހެން މީހެއްގެ ކައިވެނި ހަމަޖައްސާފައި އޮއްވައެވެ. މިކަން (އިޔާއާ ލޯބީގެ ގޮތުން ގުޅުން) ކުރަން ފެއްޓި އިރުވެސް އަހަރެން ޤަބޫލް ކުރަން ޖެހޭނެ ހިތި ހަޤީޤަތަކީ އަހަރެންނަކީ އެހެން މީހެއްގެ ހައްޤަކަށް ވާން ތަޤްދީރުގައި ލިޔެވިފައިވާ މީހެއްކަމެވެ. އަހަރެން ފޯނުނަގައި ޔުނާލަށް ގުޅާލީމެވެ. އަދި ކުޑަ ވާހަކައެއް ދައްކާލަން ގެއަށް އައިސްދިނުމަށް އެދުނީމެވެ. ޔުނާލް ކުޑަ އިރުކޮޅެއްގެ ތެރޭ އަންނާނަން ކަމުގައި ބުނުމުން އަހަރެން އިންތިޒާރުގެ ވަގުތުތައް ގުނަން ފެށީމެވެ. 10 ވަރަކަށް މިނެޓުވެސްނުވެ ޔުނާލް އައެވެ. ތިރިއަށް ގޮސް ކޮފީއެއް ހަދައިދީގެން ގެނެސް ކޮޓަރި ދޮރު ލައްޕާފައި ޔުނާލް އަށް ކޮފީ ދިނުމަށްފަހު އަހަރެން ހިނގައިގަތީ ކޮޓަރީގެ ކުޑަދޮރާއި ދިމާލަށެވެ. ޔުނާލް އެއްކޯވަރު ދަމާލާފައި ފުން ނަޒަރަކުން އަހަންނާއި ދިމަ ބަލަން އިނެވެ. ޔުނާލް އަށް ފުރަގަސް ދެމުން އަހަރެން ވާހަކަ ފެށީމެވެ. ” ކިޔައިދޭން މިއުޅެނީ ޔުނާލް ވަރަށް ހައިރާންވާނެ ވާހަކައެއް…. ކުޑައިރުއްސުރެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އިޔާޒް އަކީ އަހަރެންގެ ހިތުގެ ވެރިޔާ. އެހާ ކުރީއްސުރެންވެސް އަހަރެން އިޔާ ދެކެ ވަރަށް ވަރަށް ލޯބިވޭ… އެކަމަކު […]
ކައިވެނި ކުރުމަށް ދިހަ ދުވަހަށް ވެފައި ވަނިކޮށް ވިރާހުގެ ފޯނަށް ރާއްޖެއިން ބޭރުން ކޯލެއް އައެވެ. އޭރު ގަޑިން ހެނދުނު 10:30 ވަނީއެވެ. އެކޮޅުން ގުޅީ ވިރާހުގެ ބައްޕައެވެ. ވިރާހުގެ މަންމައަށް ސްޓްރޯކެއް ޖެހި ކުއްލިއަކަށް މާ ހާލު ދެރަވެގެންނެވެ. ވިރާހު ލަހެއްފަހެއް ނުކޮށް ފުރައިގެން ދިޔައެވެ. އަދި އެކޮޅަށް ދިޔުމަށްފަހު އެންގީ މަންމަގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް މަންމަ ގާތު ކޮންމެވެސް އެއް ދަރިއަކު މަޑުކުރަން ޑަކުޓަރު އަންގަވާފައިވާތީ 3 މަސް ފަހަށް ކައިވެނި ލަސްކުރާށެވެ. ވިރާހުގެ މަންމައަށް މިހެން ދިމާވުމުން އަހަރެންވެސް ވަރަށް ދެރަވިއެވެ. ނަމަވެސް ވިރާހު ފުރުމާއި ކައިވެނި ލަސްކުރުން މިއީ މާތްﷲ އަހަރެމެންނަށް ދެއްވި ނިޢުމަތެއް ކަންނޭނގެއެވެ. މީ އަހަންނާއި އިޔާގެ ދުޢާ އިޖާބަ ކުރެއްވުން ކަންނޭނގެއެވެ. ކައިވެނި ލަސްވުމުގެ ސަބަބުން އަހަރެންގެ މައިންބަފައިން ތިބީ ވަރަށް ދެރަވެފައެވެ. ބޭބެމެންވެސް ތިބީ ވަރަށް ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. އެ އެންމެންވެސް ތިބީ އަހަރެންނާއި ވިރާހުގެ ކައިވެނި ކުރާ ދުވަސް ގާތްވަމުން އަންނާތީ ނިކަން […]
އިޔާ އެކަރުނަތިކި ވެއްޓުމާއިއެކު އޭނާގެ އަތް ލައްޕާލިއެވެ. އަދި މޭގައި ޖައްސާލިއެވެ. މިއީ އަހަރެންގެ ހައްގެކޭ ބުނާފަދަ ބީދައަކަށެވެ. އަހަރެންނަށް އިސް ޖަހާލެވުނެވެ. ” އަހަރެން އިޔާ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން… ” އަހަރެން ބުނެލީމެވެ. ” އަވަހަށް ބުނޭ! ” އިޔާ ތެދުވެލާފައި އަހަންނާއި އިތުރަށް ކައިރިވެލަމުން ބުނެލިއެވެ. އިޔާ ތެދުވެ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލުމަށްފަހު އަހަރެންގެ އުނަގަނޑުގައި އަތް ވަށާލާފައި އޭނާގެ ގަޔާ ކައިރިކޮށްލުމަށްފަހު ކޮލަށް ދޮނެއް ދިނެވެ. އަދި އަހަރެންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިޔާގެ އިނގިލިތައް މަހާލަމުން އަހަރެންގެ ލޮލަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އަހަންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މިކަން އެނގި އިޔާގެ ހިތަށް ތަދުވާނެ ވަރު އަހަންނަށް އަންދާޒާ ނުކުރެވޭނެކަން ގައިމެވެ. އެހެނަސް ބުނަން މަޖުބޫރެވެ. އަހަރެން އިޔާ ބޮޑު އޮޅުންގަނޑެއްގެ ތެރޭ ބަހައްޓާކަށް ބޭނުމެއް ނޫނެވެ. ” އިޔާ! ބައްޕަ ވިދާޅުވީ ބައްޕަ ބޭނުންވެލައްވަނީ އަހަންނާއި ވިރާހު އަންނަ މަހު އެކެއްގައި ކައިވެނި ކުރަން ކަމަށް. އެހެންވެ މިހާރުން ފެށިގެން ކައިވެނީގެ ތައްޔާރީތައް ފަށަނީއެ… މިއަދުން ފެށިގެން.. ” އަހަރެން މިހިސާބަށް ބުނުމާއި އެކު އިޔާ އަހަރެންގެ އަތަށް ފިތާލިއެވެ. ވަރަށް އަސަރު ކޮއްފިކަން ޔަގީނެވެ. އަހަރެން އިނީ އިސްޖަހާލައިގެން ކަމުން އިޔާގެ މޫނަށް އަރާ ފޭބި ކުލަވަރެއް ނުފެނެއެވެ. ” އަހަރެންވެސް ބޭނުމެއް ނޫން މިކައިވެނި ކުރާކަށް. މި ކައިވެނިން އަހަރެންނަށް އެއްވެސް އުފަލެއް ނުލިބޭނެކަން ޔަގީން. އިޔާއަށް އިނގޭނެ ވަރަށް ރަނގަޅަށްވެސް އަހަރެންނަކީ ބައްޕަގެ އެދުމަކަށް ދުވަހަކުވެސް ފުރަގަސްދޭނެ މީހެއް ނޫންކަން. އަހަންނަށް ދުވަހަކު އުފަލެއް ނުލިބުނަސް، އަދި ހިތް ހަލާކު ވެގެން ތާއަބަދު ރޯން ޖެހުނަސް އަހަރެން އެދެނީ އަހަރެންގެ މައިންބަފައިންގެ ހިތް ހަލާލު. އަހަރެން ބޭނުންވަނީ އެދެމީހުން އުފަލުގައި ބައިތިއްބަން. އަދި އިނދެގެން ވިރާހު ކިތަންމެ ގޯހަސް އަހަރެން ނުބުނާނަން ބައްޕަމެން ގާތަކު. އަހަރެން މަޑުން ހުރެ ހުރިހާ ކަމަކާވެސް ކުރިމަތިލާނަން. އެކަމަކު އަހަރެންގެ އަބަދުގެވެސް ދުޢާ އަކީ […]
ވިރާހު އަހަރެމެންނާއި އަރާ ހަމަކޮއްލުމަށްފަހު ރުޅިވެރި ނަޒަރަކުން އަހަރެމެންނާއި ދިމާލަށް ބަލާލިއެވެ. ސައިކަލަށް އެރުމާއިއެކު ވިރާހު ވަރަށް ބާރަށް ދުއްވާލިއެވެ. ދުއްވާފައި ގޮސް ބޮޑުތަކުރުފާނުމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގައި މަޑުކޮއްލިއެވެ. ވިރާހު ސިނގިރޭޓެއް ނަގައި ރޯކޮއްލިއެވެ. ” ކީއްކުރަން މިތާ މި މަޑުކުރީ؟ އަހަރެން މިހުރީ ވަރަށް ނިދި އައިސްސަ… ” ފޫހި ރާގަކަށް އަހަރެން ބުނެލީމެވެ. ” ކީއްކުރަން އިޔާޒު ތިމް ދިޔަ ތަނެއްގައި ހުންނަންވީކީ؟؟ ” ވިރާހު ސައިކަލު މަތިން ތެދުވެ ސިނގިރޭޓު އެއްލާލައިފައި އަހަންނާއި ސުވާލު ކުރިއެވެ. އަހަރެންވެސް ވިރާހުއާ ދިމާލަށް އިށީނދެ އިނދެ، އެނބުރިލީމެވެ. ” އެއީ މަގޭ ބެސްޓްފްރެންޑް، އެހެންވީމަ އަހަރެންދާ ގިނަ ތަންތަނަށް އޭނަ ދާނެ. ” އަހަރެން ބުނެލީމެވެ. ” އެހެންވިއަސް މީގެ ފަހުން އޭނަ ދާ ތަންތަނަށް ތިމް ދާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ!! ” ވިރާހު އަމުރުވެރި ފާޑަކަށް ބުނެލިއެވެ. ” ބަލަ ތީ ކާކު މަށަށް އަމުރު ކުރަން؟ ” ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަހަރެން ބުނެލީމެވެ. ” އަހަރެން މީ ތިމްގެ ވާންއުޅޭ ފިރިމީހާ ކަން ހަނދާންނެތުނީތަ؟ ” ވިރާހު އަޑަށް ބާރުލާފައި ބުނެލިއެވެ. ” އަދި ވާންއުޅޭ ފިރިމީހާ ކަމެއް އަހަންނަކަށް ޔަގީނެއް ނޫން. މިއަދު އަހަރެން ބައްޕަ ގާތު ނަންގަތިން ދޯ އަހަރެން އިޔާ ދެކެ ލޯބިވާ ވާހަކަ. އެއަށްފަހު ބައްޕަ އެކަމާ ގުޅޭގޮތުން ވާހަކަ އެއް ނުދައްކަވާ.. އެހެންވީމަ؟؟؟؟ ” އަހަރެން ހެވިލާފައި އިނދެ ބުނެލީމެވެ. ވިރާހު ރުޅިގަދަވެގެން މުއްކަވާލިއެވެ. އަނދަ އަނދާ ހުރި އަލިފާން ގަނޑަށް ޕެޓްރޯލް އެޅޭކަން އެނގިހުރެވެސް ވިރާހު ރުޅިއަރުވާލަން އިތުރަށް އޭނާ ހިތްހަމަ ނުޖެހޭ ގޮތަށް ވާހަކަ ދެއްކީމެވެ. ” ނޭންގެއެއްނު، ހަމަ ވެދާނެއެއްނު މިރޭ މިއައީ އަހަރެންގެ ކައިވެނި ޕާޓީ ނިންމާލާފައި ނޫން ކަމެއްވެސް. ” އަހަރެން އެއްފައި މައްޗަށް އަނެއް ފައި ލަމުން ބުނެލީމެވެ. ” އާނ ކައިވެނި ޕާޓީ ނިންމާފައި ތިއައީ. އެހެންވެ ފިރިމީހާ ހިލޭ މީހަކާ އެކު ދާތަން ބަލަން ހުރީ!! ” ވިރާހު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަދި އަހަރެންނާ ކައިރިވެލުމަށް ފަހު ކަންފަތްދޮށުގައި ވާހަކަ އެއް ބުނަން އުޅުމުން އަހަރެން ވިރާހު ދުރަށް ކޮއްޕާލީމެވެ. ” ދެން ލޯބި ޕްލީޒް! ރުޅިއައީތަ؟ އަހަރެން އުޅުނީ ސޮރީ ބުނާށޭ! އެހާ ރުޅި އާދެވުނީމަ… ” ވިރާހު ބުނެލިއެވެ. އަހަރެންގެ ފޯނަށް މެސެޖެއް އައީ ހަމަ އެވަގުތުއެވެ. މެސެޖު […]
އިޔާ އަހަންނާއި އަރާ ހަމަ ކުރުމަށްފަހު އަހަރެން އަތުގައި ހިފާލިއެވެ. އަދި ޚާއްސަކޮށް މިރޭ އަހަރެން ވަރަށް ރީތިކަމަށް ބުނެ ތައުރީފު ކޮއްލިއެވެ. އަހަރެންގެ ވަރަށް ރަކިވިއެވެ. އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އިޔާ ހިނގައިގަތެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އިޔާ މިހެން ހެދީމަ އިޔާ ލޯބިވާ ކުއްޖާއަށް ފެނިގެން ހިތަށް އަރާނީ ކީކޭބާއެވެ؟ މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމުން އަހަރެން އިޔާގެ އަތް އުނަގަނޑުން ނެގޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ […]
” ލޮތްބަކީ އެއްވެސް އިންސާނަކަށް ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އެކަން ދަންނާތި!” ދަތްކުނޑި ވިކި، އަޑަށް ބާރުލާފައި އަހަންނަށް ބުނެވުނެވެ. ވިރާހު ފަސްއެނބުރި ބަލާލަމުން ނުލަފާ ހިނިތުންވުމެއް އަހަންނަށް ދެމުން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ބައްޕަ އެވާހަކަ ވިދާޅުވިއިރަށްވުރެ ހިތުގައި އެޅި ވޭން ގަދަވިހެންވެސް ހީވިއެވެ. ވިރާހު އެބުނީ ހަމަ ހަޤީޤަތެއްބާވައެވެ؟ އަހަރެންގެ ނުރުހުމުގައިވެސް އޭނާ އަހަރެންނާއި ކައިވެނި ކުރަން ތައްޔާރު ބާއެވެ؟ ގަޑިއަށް ބަލާލި […]
މި ވާހަކައިގެ އެޕިސޯޑެއްް އެންމެ ފަހުން ގެނެސްދެވިފައިވަނީ 01 މާރޗް 2016 ވަނަ ދުވަހުއެވެ. އަދި މި ވާހަކަ ނުގެނެސްދެވުނީ އަޅުގަނޑުގެ ބަލިހާލަތު ހުރިގޮތުން ކަމުން، މި ވާހަކަ ގަވާއިދުން ނުގެނެސްދެވުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ވީމާ 10 ވަނަ އެޕިސޯޑުން ފެށިގެން ވާހަކަ ނިމެންދެން މެދުނުކެނޑި ކިޔުންތެރިންނާ ހިސާބަށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. އަހަރެން މައްޗަށް އަރާ ފެންތައްޓެއް ބޯލައިގެން ހަމަ ޖެހިލައިގެން، މިރޭ ނުދެވޭނެ ކަމުގައި ބުނެ އިޔާއަށް މެސެޖު […]
މަންމައަށް ނޭނގުނީ އަހަރެންގެ ހިތުގެ ހާލަތެވެ. އަހަރެން ލަދުގަތީކީ ނޫނެވެ. އަހަރެން މާ ބޮޑަށް ހިތުގައި ޖެހުނީއެވެ. ކޮޓަރިއަށް ވަދެ ދޮރު ނުލެއްޕެނީސް، ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހިގަތެވެ. ދޮރުގައި ލެނގިލައިން އަހަންނަށް އަޑުން އަޑު ނަގާ ރޯން ފެށުނެވެ. މިއަދު އިޔާގެ ހިތަށް އަރާނީ ކީކޭބާވައެވެ؟ އަހަންނަކީ ވަރަށް ދޮގު ހަދާ މީހެކޭ ހީކުރާނެތާއެވެ. އިޔާގެ ހިތަށް އަރާނެހާ އެއްޗެއްސާއި މެދު ވިސްނާލުމުން އަހަރެންގެ ބޯ ހާސްވިއެވެ. ނަމަވެސް މިހެން ރޯން އިނދެގެން […]
މިއަދަކީ ވަރަށް ޙާއްސަ ދުވަހެކެވެ. ވަރަށް ދިގު އިންތިޒާރަކަށް ނިމުމެއް އަންނާނެ ދުވަހެކެވެ. އެއާރޕޯޓުގެ އެރައިވަލް ބައިގައި އިޔާމެންގެ އާއިލާ އެންމެހާ މެމްބަރުންނާއި އަހަރެންގެ ފަހަރި އާއި އަހަރެން، މި އިންތިޒާރު ކުރަނީ އިޔާ ނިކުންނާނެ ވަގުތަކަށެވެ. މާ ގިނަ އިރުތަކެއް ނުވެ، އިޔާގެ ދައްތަގެ ދަރިފުޅު އެރައިވަލް އާއި ދިމާލަށް ދުއްވައިގަންނަމުން ހަޅޭއްލަވައިގަތެވެ. ” ޔޭ!! އިޔާ ދޮންބެ އެހެރީ މަންމާ! ” އެންމެނަށް އެކު އެކީގައި ބަލާލެވުނެވެ. ތެދެކެވެ. އެއީ ހަމަ އިޔާ އެވެ. […]