Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތިޔައީ ސާފު ލޯތްބޭ 2

az000 Level 110 Stories
February 19, 2016 3 Mins Read
11 Comments

“ޔެސް.. ހީޒް އޯލް މައިން” އަންޖަލްގެ ދެކޮނޑުގައި ހިފާލަމުން ނިކްހާ ބުނެލިއެވެ. އެއާއެކު ދެމީހުންނަށް އެއްކޮށް ތެދުވެ ހަޅޭއްލަވަން ފެށުނެވެ. އެނދުމަތީގައި ފުންމައި ނަށަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތް ކަހަލައެވެ.

ދެމީހުން ވަރުބަލިވެގެން އެނދުގައި އުއްޑުން އޮށޯވެލިއެވެ. އޭރުވެސް ދެމީހުންގެ ހުނުމުގެ އަޑު ކޮންމެވެސް ވަރަކަށް ހުއްޓެވެ.

” ދެން ކޮންއިރަކުން ޝާދު ދައްކާނީ.. އަބަދުވެސް އޭަނަގެ ވާހަކަ ދައްކާ އަޑު އިވޭނީ… ” އަންޖަލް ބުނެލިއެެވެ.

” އަހަރެން މަޑުކުރީ ސެޓް ވަންްދެންް.. ދެން ވަރަށް އަވަހަށް މީޓް ކޮށްދޭނަން” ނިކްހާ ބުންޏެވެ.

” އެކަމަކު އަހަރެން ބިރުގަނޭ.. އަންޖު ފެންނަ ތަނުން އޭނަ އަންޖުއަށް ހިތް ކިޔައިފިއްޔާ ދެން ކިހިނެއްވާނީ…. ހާދަ ވަރަކުންނޭ ސެޓްވީ.. އެވެސް އަހަރެން ކުރިން ޕްރްޕޯސް ކޮށްގެން” ނިކްހާ ބުނި އެއްޗަކުން އަންޖަލް ކައިރިއަށް ހިނި އަންނަަ ގޮތްވިއެވެ.

” ނިކް ކީއްވެ ތިގޮތަށް ވިސްނަނީ.. ޝާދްއަކީ ތިކަހަލަ މީހެއްނަމަ އޭނަ ކީއްކުރަން ނިކްއާ ރައްޓެހި ވާންވީ… އެހެން ނޫނަސް ފުރަތަމަ އަންހެންކުދިން ލޯބި ހުށައެޅުމަކީ ހަޑި ކަމެއް ކަމުގަ އަހަރެން ނުދެކެން.. މައްސަލައަކީ އަހަރުމެން ކަހަލަ ނުކެރޭ ކުދިން އުޅޭތީ..” އަންޖަލް އަށް ބުނެވުނު އެއްޗަކާ މެދު ވިސްނަލެވުނީ މާފަހުންނެވެ. އޭރު ނިކްހާއޮތީ ސުވާލުގެ ނަޒަރަކުން އަންޖަލްއާ ދިމާއަށް ބަލަން އޮތެވެ.

” އަންޖޫ.. ކާކުގެ ވާހަކަ ތިދައްކަނީ.. ” އޮތް ތަނުން ތެދުވަމުން ނިކްހާ ސުވާލުކޮށްލިއެވެ.

” އައިމް ސޯސޮރީ ނިކް.. މިވާހަކަ ބުނަން މާ ލަސްވެސް ވެއްޖެ ކަންނޭނގެ.. އެކަމަކު އޭރު އަހަރެން ބުނަން ބޭނުން ނުވީ.. ބަޓް ނައު.. އައި ކާންޓް ޑޫއިޓް ވތައުޓް ޔޫ” އަންޖަލް ތެދުވެ ނިކްހާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން އަންޖަލް ބުންޏެވެ.

އަންޖަލް ނިކްހާއަށް ފެށުނީއްސުރެ ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އަންޖަލް އަށް ފުރަތަމަ އެކުއްޖާ ފެނުނު ދުވަހުން ފެށިގެންނެވެ. އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް ހަމައެކަނި އެކުއްޖާ ބަލާލުމަށްޓަކާ އެތަނަށް ދާ ވާހަކައެވެ. ވާހަކަ ދައްކަން ބޭނުންވާ ވާހަކައާއި އެކަމަކު ނުކެރޭ ވާހަކައެވެ.

” އޯކޭ.. އެހެންވީމަ ހުކުރު ދުވަހު ޖެހޭނެ ތިކުއްޖާ ބަލާލަންދާން.. އެގަޑީގަ އަހަރެންގެ ކްލާސް ނޯންނަ ނަމަ މާދަން ދިޔައިމުސް.. އަދި ކިރިޔާވިއްޔަ ބުނަން ތިއެނގުނީ” ނިކްހާ އަނގައަށް ގޮތެއް ހަދާލަމުން ބުންޏެވެ.

އެދުވަހު ނިކްހާ ގެއަށް ދިޔައީ ޝާދް އާއި ބައްދަލުކުރާނެ ދުވަހެއް ޝާދް ކައިރީގަ އަހާފައި ބުނާނަން ކަމުގައި ބުނެފައެވެ.

……………………………………………………………………………………….

ނިކްހާ ގޭ ދޮރުމަތީގައި މަޑުކޮށްގެން ހުރީ ޝާދް ބަލާ އަންނަންދެކަށެވެ. އެންމެ ފުރަތަމަ ކެއުމަކަށްދާ ދުވަސްކަމަށްވުމާއެކު ނިކްހާ ހުރީ ވަރަށް އުފަލުންނެވެ. އަންޖަލްއެކޭ އެއްގޮތަށް ނިކްހާވެސް ޝާދްއަށް އިންތިޒާރު ކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ.

ނިކްހާއަށް ޝާދްހެ ހިތް އަތުލެވުނީ އެތަކެއް މަސައްކަތެއް ކޮށްގެންނެވެ. ޝާދް ނިކްހާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އެނގޭ އިރުވެެސް ނިކްހާ މަސައްކަތް ކުރަމުން ދިޔައީ ޝާދްގެ ހިތް އަތުލެވޭތޯއެވެ. ނިކްހާގެ އެދުމަށް ޝާދް އެއްބަސްވީ ނިކްހާގެ މިންނެތް މަސައްކަތުންނެވެ.

ސައިކަލުގައި އައިސް މަޑުކޮށްލަމުން ޝާދް ނިކްހާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެހިނިތުންވުން ފެނިފައިވެސް ނިކްހާ މޮޔަވާވަރުވެއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓުގައި އިންއިރު ދެވަނަ ފަހަރަށް ބަލާނުލާ އެއްވެސް މީހަކަށް ނުދެވޭނެއެވެ. ނިކްހާއަށް ސައިކަލަށް އަރަންވެސް ނޭނގިފައި ބަލަހައްޓާއިގެން ހުރެވުނީއެވެ.

” ނާރާނަންތަ؟” ޝާދްގެ ސުވާލުން ނިކްހާގެ މޫނުމަތި ރަތްވެގެންދިޔައެވެ. ތުންފަތުގައި ދަތްއަޅާލައިގެން ނިކްހާ އައިސް ސައިކަލަށް އަރާ ޝާދްގެ ބަނޑުގައި އަތް އަޅުވާލިއެވެ.

ނިކްހާ  ގޮވައިގެން ޝާދް ދިޔައި މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ޑައިނަމޯ ސެންޓްރަލްއަށެވެ. ދެމީހުން އަތުގައި ހިފާލައިގެން އެތަނަށް ވަދެގެންދިޔައިރު އެދެމީހުންނަށް ނުބަލާ އެކަކުވެސް އެތާކު ނެތެވެ. އެމީހުންނަށް ހާއްސަކޮށްފައިވާ މޭޒުގައި އށީނުމައެކު ވެއިޓަރެއް އައިސް އެތާނގައި މަޑުކޮށްލިއެވެ. ގެންނަންވީ އެއްޗެއްސަށް އޯޑަރ ކޮށްލުމުން ވެއިޓަރ އޭނާފެ މަަސައްކަތައިގެން ކުރިއަށް ދިޔައެވެ.

އެދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަން ނުކެރިފަ ހުންނަ ކަހަލައެވެ. އެކަކު އަނެކަކަށް ބަލާލާފައިވެސް ހިނިތުންވުމެއް ނޫނީ ބަދަލު ނުކޮށްލައެވެ.

” ތެންކިއު” ހަމަހިމޭންކަން ފޫއަޅުވާލައި ހިތްވަރުކޮށްފައި ނިކްހާ ބުނެލިއެވެ.

” ކޮންކަމަކާ” ޝާދް ސުވާލުކޮށްލިއެވެ.

” އަހަރެންގެ ޕްރޮޕޯސަލް ޤަބޫލުކުރީތީ.. ޝާދްގެ ގަރލްފްރެންޑަށްވުމުގެ ފުރުސަތު އަހަންނަށް ދިނީތީ..” ނިކްހާ ބުންޏޭވެ.

” އަހަރެން ނިކްހާގެ ޕްރޮޕޯސަލް ޤަބޫލުކުރީ އަހަރެންވެސް ބޭނުންވެގެން.. އެއީ އަހަރެންވެސް ނިކްހާއާއި ލައިކް ވާތީ.. ވަރަށް ބޮޑަށް ސޮރީ އަހަރެން ނިކްހާ އެގޮތަަށް ފީލްވުމުގެ ފުރުސަތު ދެވުނީމަ.. ” މޭޒުމަތީ ބާއްވާފައި އޮތް ނިކްހާގެ އަތުގައި ޝާދް ހިފާލިއެެވެ. ނިކްހާ ވީ އުފަލުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލެވުނެވެ.

” އެކަމު މިގުޅުމައިގެން ކުރިއަށް ދިއުމުގެ ކުރިން އަހަރެން ނިކްހާ ގާތުގައި ދައްކަންޖެހޭ ވާހަކަ ތަކެއް އެބަަހުރި” ޝާދް މިހެން ބުނުމުން ނިކްހާ ސުވާލުގެ ނަޒަރަކުން ޝާދްއާއި ދިމާއަށް ބަލާލިއެވެ.

” ނިކް.. އަހަންނަކީ ނިކްމެންހާ މުއްސަނދި މީހެއް ނޫން.. އަހަންނަކީ ރާއްޖެތެރޭ އާއިލާއަކަށް ނިސްބަތްވާ އެކަނިވެރި މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅު.. އަހަރެން މިއަދު މާލެއައިސް މިހުރީ އެމަންމަގެ ހުވަފެންތައް ތެދު ހަޤީގަތަކަށް ހަދައިދިނުމަށް.. އެހެންވީމަ ބައެއްކަހަަލަ ކަންތައްތަކަކީ ނިކް ބޭނުންވިޔަސް ފުރިހަމަކޮށްނުދެވޭނެ ކަންތައްތަކެއް.. އެއީ އަހަރެންގެ އެހާ ފެންވަރު ނެތީމަ..” ޝާދް ކިޔައިދިނެވެ.

” އަހަރެން ޝާދްއައި ރައްޓެހިވާން ބޭނުންވީ ޝާދްގެ ފަރާތުން މާގިނަ ކަންތައްތަކެއް ބޭނުންވެގެނެއް ނޫން.. އަހަރެން ޝާދްގެ ފަރާތުން ބޭނުންވަނީ އެކަނި ލޯބި.. އަހަރެން އިތުރު އެއްވެސް އެއްޗެއް ބޭނުމެއް ނޫން” ޔަގީންކަން ދޭފަދަ ގޮތަކަށް ނިކްހާ ބުނެލިއެވެ.

” ދެވަނަ އެއްޗަކަށް އަހަރެން ބުނަން ބޭނުންވަނީ އަހަރެން ނިކްހާއާއި ރައްޓެހިވީ ރުޅިވާން ގަސްދުކޮށްގެނެއް ނޫން.. ރައްޓެހިވުމަށްފަހު ރުޅިވުމަކީ އަހަރެންގެ މެނިފެސްޓޯގަ ހިމަނާކަމެއް ނޫން..” ޝާދްގެ ލަފްޒުން ނިކްހާއަށް ހީލެވުނެވެ.

” ނިކްހާ އަހަންނާއެއްކޮށް ވާހާ ދުވަހަކު އަހަރެން ހުންނާނީ އަހަރެންގެ ގޮތުގަ.. އަހަރެން އެކަމުގެ ޔަގީންކަންދެން.. އަހަރެން ހީކުރަން ހަމައެގޮތަށް ނިކް ވެސް ނިކްގެ ގޮތުގަ ހުންނާނެ ކަމަށް..” ޝާދް ބުންޏެވެ.

” އަހަރެން ޝާދްއާ ރައްޓެހިވީ އަހަރެން ވަރަށް ބޮޑަށް ބޭނުންވެގެން.. އަހަރެން ޝާދްދެކެ ލޯބިވީ މިއަދަކުއެއްނޫން.. މީގެ އެތަކެއް ދުވަހެއް ކުރިން.. ޝާދްގެ ލޯބިހޯދި ގޮތަށް އަހަރެން ޝާދްގެ އިތުބާރުވެސް ހޯދާނަން..” ނިކްހާގެ ޖަވާބުން ޝާދް ވަރަށް ހިތްހަމަ ޖެހުނެވެ. އިރުކޮޅެއްފަހުން ވެއިޓަރ އޯޑަރ ކުރި އެއްޗެހި ގެނެސްދިނުމުން އެކެއުމުގައި މަޝްއޫލުވިއެވެ.

” އަހަރެންގެ ބެސްޓްފްރެންޑް ބޭނުންވޭ ޝާދްއާއި ބައްދަލުކޮށްލަން.. އައި މީން އަހަރެންވެސް ބޭނުން އަހަރެންގެ ހަޔާތުގައި މަންމައާއި ބައްޕަގެ އިތުރުން އެންމެ މުހިންމު ދެމީހުން ބައްދަލު ކުރުވަން.. ސޯ…” ނިކްހާ ޝާދްއަށް ބަލާލަމުން ބުންޏެވެ.

” ހަމަ ނިކް ބެނުންވާ ދުވަހަކަށް ހަމަޖައްސަންވީ..” ނިކްހާއަށް ހިނިތުންވުމެއް ދެމުން ޝާދް ބުންޏެވެ. ނިކްހާވެސް ހީލުމަށްފަހު ކެއުމާއިގެން ކުރިއަށްދިޔައެވެ. މިރޭ ކަންތައްވީގޮތް އަންޖަލްއަށް ކިޔައިދިނުމަށް ނިކްހާވަނީ ކެތްމަދުވެފައެވެ. މިރޭ ޝާދްގެ ފަރާތުން އަންޖަލްއަށް އެއިވުނު ބަސްތަކަކީ މީގެ ކުރިން ދުވަހަކުވެސް މީހަކު ނިކްހާއާއި މުހާތަބުކޮށް ބުނެފައިވާ ވާހަކަތަކެއް ނޫނެވެ.

…………………………………………………………………………………………

އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތް ނިކްހާގެ އަަތުގައި ފޮތެއް އޮތެވެ. އެފޮތުގަައިވަނީ އެކި ދުވަސްތައްމަތިން އަންޖަލް ނަގާއިފައިވާ އެރީތި ޒުވާނާގެ ފޮޓޯތަކާއި އެއާ ގުޅިގެން ލިޔެފައިވާ އަސަރުގަދަ ލިޔުންކޮޅުތަކެވެ. މިހާރު އޭގައި ތަތްކުރަމުން އެދަނީ މިއަދު އަންޖަލް ނަގާފައިވާ ފޮޓޯއެކެވެ. އަދި އެފޮޓޯގެ ތިރީގައި “ޔޫ ވިލް ބީ ދަ ޕްރިންސް އެންޑް އައިލް ބީ ދަ ޕްރިންސެސް… އިޓްސް އެ ލަވް ސްޓޯރީ ބޭބީ ޖަސަޓް ސޭ ޔެސް..” މިހެން ލިޔެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

މާޒީ

Next

އަހަރެންގެ ވާހަކަ

Next
February 19, 2016

އަހަރެންގެ ވާހަކަ

Previews
February 19, 2016

މާޒީ

11 Comments!

  1. twnkl str says:
    February 19, 2016 at 6:05 pm

    Wwowww

  2. girl says:
    February 19, 2016 at 6:08 pm

    mi vex reethi but kobaa dheefaa uffaa??

  3. maash says:
    February 19, 2016 at 6:10 pm

    Haadha kurukoh… v intresting bt maa kury vaahaka..

  4. Zeena says:
    February 19, 2016 at 6:30 pm

    Haadha kurey.. Ekam kohmeh dhuvahaku up koh dhenyaa okay dhe akuru viyas. Varah reethi

  5. looley says:
    February 19, 2016 at 6:38 pm

    dhemeehun ekaku dheke loabi vanee dho.. nikha n anjal

  6. rakin says:
    February 19, 2016 at 6:53 pm

    Reethi.. ekam vaahaka kurukamaaeve

  7. Aimsithu says:
    February 19, 2016 at 7:16 pm

    Endhumathyga bandun oii nikha athuga tha e foii othy.. noony anjal tha.. confused… adhi vaahaka thankolheh dhigu kohllaane kamah ummeedhu kuran..

  8. saaaaa says:
    February 19, 2016 at 7:55 pm

    Vvvvvv reethi

  9. Mar Sha Marsha says:
    February 20, 2016 at 8:59 am

    Nice

  10. fax...... says:
    February 21, 2016 at 10:01 am

    kobaa dheefaa ufaa??????????? ehn parteh up nuvaathy so sad

  11. Muffin says:
    March 5, 2016 at 3:36 pm

    Wow!! soo nycc !!

Comments are closed.

Next Episodeހިތުގެ ތިޔައީ ސާފު ލޯތްބޭ 3←


All Right Reserved!