Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 13..

kamana Level 310 Stories500 Comments100 Comments
February 18, 2016 5 Mins Read
16 Comments

މާޒިން އަމޭލިއާގެ ކޮނޑުގައި އަތްބާވާލީ ހިތްވަރު ދިނުމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކީގައި ވާނެކަމަށް ބުނަމުންނެވެ.

………..

ހޮޓެލް ޖެންގެ އެންމެ މަތީ ފަންގި ފިލާގައި އުބައިދު އާއި ދެތިން މީހުން ފިނިބުއިމެއް ބޯލުމުގައި ވަގުތު ހޭދަކުރަމުން ދިޔައީ ކަރުހިއްކުން ފިލުވާލުމަށެވެ. ފެންނަމުންދާ މަންޒަރަށް ގެއްލިފައި ތިބި ތިންމީހުންގެ ސިކުނޑިންވެސް ސިގްނަލް ދެމުން ދިޔައީ ފެންނަމުންދާ ރީތި ހަށިގަނޑުތަކުން އުފާހޯދުމަށެވެ. ސްވިމިން ސޫޓުގައި ގެސްޓުން ޕޫލްއަށް އެރި ސަކަރާތް ޖަހަމުން ދިޔައިރު ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށެވެ.

“އޭ… ސަޅިދޯ.. ނެއްތަ ކަމެއް” ހާދީ އުބައިދުއާ ދިމާލަށް ބަލަމުން އެހެން ބުނީ ހެވިފައެވެ. “ތިމީހުން ދޭ މިރޭ ކަމެއް ކުރަން.. މަގޭ ރެސްޓު ރެއަށް ހަދާނީ” އުބައިދު ގޮޑީގެ ސީޓުގައި ލެގިލުމަށްފަހު ބުނީ ފުން ވިސްނުމެއްގައި ހުރެއެވެ. “އޭ ކަލޭ އަދިވެސް އެކަންތަން މަތިން ހަނދާން ކުރަނީދޯ.. ބުނަން އުބައިދު.. އަހަރެންނަށްވެސް އެނގޭ އެއީ އުބައިދު ގަސްތުގަ ކުރިކަމެއް ނޫންކަން.. ދެން ކީއްވެތަ އެކަންތަން މަތިން ހަނދާން ކުރަނީ…. ތިހެން މާލެ ނާރާ އުޅެވޭނެތަ… އެހެން ނޫނަސް ކާކަށް އެނގޭނީ އެރޭވީ ކީއްކަން.. ހަމަ ގައިމުވެސް މަށެއް ނުބުނާނަން.. މަހްމޫދުވެސް ނުބުނާނެކަން މަށައްޔަގީން…” ހާދީ ދިޔައީ އުބައިދަށް ވިސްނާދެމުންނެވެ. “ކިހިނެއް ހަނދާން ނައްތާލާނީ.. އެ ދެރައަކީ އަހަރެން ސިކުނޑިން ފޮހެލަން އެންމެ ބޭނުންވާ ދެރޭ” އަށް އަހަރު ކުރީގެ އެ ހަނދާން ތަކަކީ ފޮހެލެވޭނެ ކަންތައްތަކެއް ނޫންކަން އެބައިދަށްވެސް އެނގެއެވެ. އެހެން ނަމަވެސް ސިފައިންގެން ވަކިވި ސަބަބަކީ އެއީކަން އެނގޭނެ އުޅޭނީ މަދުބަޔެކެވެ.

………

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަމޭލިއާއަށް ބޮޑު ދުވަހެކެވެ. ދުވާލުދާ ހަތަރުދަމު ބިޒީކޮއް އުޅެނީ ރާސިލްމަތިން ހަނދާން ނައްތާލުމަށެވެ. އެހެން ނަމަވެސް ރާސިލް ފެންނަ ކޮންމެ ފަހަރަކު ހިތުގެ ވިންދު އަވަސްވެ ނާރުތަކަށް ބާރުކުރެއެވެ. ރާސިލްގެ ހާލަކީވެސް އެއީއެވެ. އައި ރުޅިމަތީގައި ނޫރާއާއި އިންނަން އެއްބަސްވި އެއްބަސްވުމުން މުޅިމީހާގެ ބޯގޮވި ކަހަލައެވެ. ނޫރާ ފެނުމުންވެސް ރާސިލްވަނީ ފޫއްސެވެ.

“މަންމާ… އަންނާނަން އެނގޭ ޒީއާއެކު ބޭރަށް ގޮސްލާފަ” ފިހާރައިގެ ދޮރުން ވަނުމާއެކު އަމޭލިއާ އަމީނާ ކުރެން ހުއްދަ އެހިއެވެ. “ދަރިފުޅު ކޮންމެ ރެއަކު ޒީއާއެކު ބޭރަށް ދާއިރު ކީއްވެ ޒީ ނުފެންނަނީ” އަމޭލިއާ ފިރިހެން ކުއްޖަކާ އެކު ބޭރަށް ދާކަމަށް އަމީނާއަށް ޝައްކުވާތާ ދުވަސް ގަނޑެއް ވެއްޖެއެވެ. “ދައްތާ… ޕިސް ޕިސް” އަމީނާއާ ދިމާލަށް ލޯ ހަނިކޮއްލައި ތުންކޮޅު ފިއްތަމުން ޒީނާއައިސް ބުނެލީ ކުޑަކުއްޖެއްހެނެވެ. “ހިހިހި.. ކޮން އިރަކު ބޭބެ އަންނަނީ.. ބޭބެ ނެތީމަ ދައްތަ ތިހުންނަނީ ފޫހިވެފަދޯ” ޒީނާ އަމީނާއާ ދިމާކޮއްލިއެވެ. “މިހިރަ ލާނެއް ކުއްޖެއްވެސް… ދެންވެސްދޭ.. ލަސްނުވެ އަންނައްޗޭ” ޒީނާ ގައިގަ ކުޑަކޮއް ޖަހާލަމުން އަމީނާ އަމޭލިއާ ކައިރީގައި ލަސްނުވުމަށް ބުންޏެވެ.

މަޑު ހިނގުމެއްގައި ދިޔަ އަމޭލިއާ އާއި ޒީނާވަނީ ކެފޭއި އަށެވެ. ކެފޭއި އަށް ނުވަދެވި އުޅެނިކޮށް ދުރުން މާޒިން ހަނައަޅާލީ އައުމަށް ބުނަމުންނެވެ. “ސޮރީ.. ލަސްވީދޯ….” އަމޭލިއާ މާޒިން ކުރެއް މާފަށް އެދުނެވެ. މާޒިން ހިނިތުންވުމެއް ރައްދުކޮއްލީ އޯކޭވާނޭ ބުނަމުންނެވެ. “ސޯ” ޒީނާ އަވަސް އަވަހަށް އަހާލީ ހިތް އަވަސްވެ ހުރެއެވެ. “އެމީ… މާޒިންގެ ކޭސްއެއް ކުރިން ބެލިދޯ.. އެމައްސަލަ ނުނިމި އުޅެނިކޮއް ދޯ މަރުވީ..” މާޒިން ވިސްނާލުމަށްފަހު އަމޭލިއާ ކުރެން އަހާލިއެވެ. “މިކަންތައް ފަށަން ޖެހޭނީ ހަމަ ފެށިގެން… އާތިފްގެ ފައިލް ބަލައިގެން މިމައްސަލަ ކުރިއަށް ގެންދާނީ.. ދެން އެއަށް ޕޮއިންޓު އިތުރު ކުރަމުން ދާނީ” އަމޭލިއާ ބޯ ޖަލާލުމުން މާޒިން ވާހަކަ ފެށިއެވެ.

“ކީކޭ.. އާން މިދަނީ… އެމީ.. މާޒިން.. ގެއަށް ދާންޖެހިއްޖެ.. ” ޒީނާ ހަސްވެ އިނދެ އަވަސް އަވަހަށް ކެފޭއިން ނިކުތީ ދުވެލާފައެވެ. “ކިހިނެއްބާ ވީ..” މާޒިން ޒީނާ ދުވެފައި ނިކުތް ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. “ޒީ.. ކިހިނެއްތަވީ.. އަހަރެންނާ މާޒިން މިހާރު ހާސްވެއްޖެ” މާޒިން ހާސްވިއޭ ބުނުމުން ޒީނާ އުފާވީ ކީއްވެ ކަމެއްވެސް ނޭނގެއެވެ. އެ ހާސްވުމުންވެސް ޒީނާއާ ދޭތެރޭގައި ކުޑަކޮއް ނަމަވެސް ވިސްނާކަން އިހްސާސްވިއެވެ. “އެމީ.. މަންމަ ފެއިންޓްވީއޯ.. އަންނާނަން އެނގޭ.. އެނގެއެއްނު މަންމައަށް ދޭތެރެ ދޭތެރެއިން އެހެންވާކަން… ޑޯންޓް ވޮރީ.. އަހަރެން ގުޅާނަން އެނގޭ” ޒީނާ ފޯނުބޭއްވުމާ އެކީ އަމޭލިއާ މާޒިންއަށް ވެގެން އުޅޭގޮތް ކިޔާދިނެވެ. “އޯހް… އެހެންވީމަ ފުރަތަމަ އެމައްސަލަ ބަލާނީ.. އާތިފްގެ ކޭސް އާ ހަވާލުވީ ކާކުކަން އެނގޭތަ.. އޭރުން ވަރަށް ފަސޭހަވާނެ” މާޒިން އެހެން އެހުމުން އަމޭލިއާ ބޯޖަހާލިއެވެ. އަދި އޭނައާ ބައްދަލު ކޮއް އިތުރަށް ތަފްސީލު ހޯދާނީ ކަމަށް ބުންޔެވެ.

ވަށައިގެންވާ މާހައުލު ވަނީ އެއްކޮށް ފިނިކޮއްލާފައެވެ. ކެފޭއި ބޮޑުތަނަކަށް ނުވިޔަސް އެއީ ހިތްފަސޭހަ ތަނެކެވެ. ބޭނުންވާކަހަލަ މާހައުލެއްގެ ތަނެކެވެ. ދެތިން މިނެޓު ފާއިތުވެގެން ދިޔައިރުވެސް އަމޭލިއާ އާއި މާޒިންއާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. އަމޭލިއާއަށް ބަލަހައްޓައިގެން އިނދެވުނީ ދޮރުހުޅުވާފައިވަތް ޒުވާނާއަށެވެ. ރާސިލްގެ އަތުގައި ގުޅުވާލެވިފައިވާ ނޫރާގެ އަތަށް ބަލާލެވުނީ ހަސަދައާއެކުއެވެ. ރާސިލްއަށްވެސް ވީ އެވަރެވެ. އަމޭލިއާ އާއެކު ހުރި ޒުވާނާއަށް ބަލާލެވުނީ ނޫރާގެ އަތް ނައްޓުވާލަމުންނެވެ. މާޒިން ފަސްއެނބުރި ބަލާލީ އަމޭލިއާ ގެއްލިފައި އިން ދިމާލަށެވެ. އޭރު އަމޭލިއާއަށް ބަލަހައްޓައިގެން ހުރި ރާސިލް ފެނި މާޒިން ހިތް ތެޅިލިއެވެ. ލޯބިވާކަން ހާމަ ނުކުރަނީސް އަމޭލިއާ ބީވެދަނީކަމުގެ އިހްސާސް ކުރެވުނުއެއީ ފުރަތަމަ ފަހަރެވެ. ނޫރާ ވައްކަޅިން އަމޭލިއާ އަށް ބަލާލީ ބިރުވެރި ގޮތަކަށެވެ. އަމޭލިއާ އެއީ ރާސިލްގެ ފަހަތުން ނުނެއްޓޭ އަންހެނެއް ކަމަށް ނޫރާ ގަބޫލު ކުރެއެވެ. ކުރިއަށް ހިނގައި ގަތް ނޫރާގެ އަތުގައި ރާސިލް ހިފައި ބޭރަށް ނިކުތީ ނޫރާގެ މަގުސަދު އެނގޭތީއެވެ. ނޫރާގެ އަތުގައި ހިފި ރާސިލްއަށް އަމޭލިއާ ބަލާލީ ހިތްދަތި ގޮތަކަށެވެ.

ރާސިލް ދިޔުމުން އަމޭލިއާ އާއި ދިމާލަށް މާޒިން ބަލާލީ އެއްޗެއް ދެނެގަންނަން ބޭނުންވާ މީހެއް ފަދައިންނެވެ. “އެމީ” އިސްޖަހައިގެން އިން އަމޭލިއާއަށް މާޒިން ގޮވާލީ ލޯބިން ފުރިގެންވާ ކަހަލަ ގޮތަކަށެވެ. “އެމީ ތިހެން ހިތުގައި އެއްޗެހި ރައްކާކުރީމަ ތި ހިތައް ލުޔެއް ލިބޭނެހެން ހީވަނީތަ… ކުރިންވެސް ބުނިފަދައިން އެމީ ހިތް ފުރޭވަރަށް އަހަރެން ކައިރީގައި ރޯންވީ… އެމީ ހިތުގައި ރައްކާކޮއްފައި ހުރި ހުރިހާ ވާހަކައެއް އަޑު އަހާނެ މީހަކަށް އަހަރެންވާނަން.. ސުވާލެއް ކޮއްނުލާ އަޑުއަހާނަން.. އެމީ” މާޒިންއާ ދިމާލަށް ބަލަން އިން އަމޭލިއާގެ އަތުގައި މާޒިން ހިފީ އެދެލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތަކަށް ބަލަން ހުރެއެވެ. ދެންމެ ދެންމެ ރޯން ތައްޔާރަށް އިން އަމޭލިއާ ހިތް ދިރުވާލިއެވެ. ދެލޯ ފޮހެލީ މަޑު ޓިޝޫކޮޅަކުންނެވެ. އެމަދު ސިކުންތު ކޮޅުގައިވެސް އަމޭލިއާގެ ދެކޮލާއި ނޭފަތް ރަތްވިކަން މާޒިން ފާހަގަ ކުރިއެވެ. “މިތަނުން ނިކުންނަންތަ ބޭނުމީ” އަމޭލިއާ ބޯ ތަޅުވާލުމުން މާޒިން އަވަސް އަވަހަށް ކެފޭއި އިން ނިކުތެވެ.

ޖެހެމުންދިޔަ މަޑު ފިނި ވައިރޯޅިތަކުގައި ތެއްފިނިކަމެއް އެކުލެވިގެންވެއެވެ. ދެޖީބަށް އަތްޖަހައިގެން ހިނގަމުން ދިޔަ މާޒިން ހީވަނީ މޮޑެލް އެއްހެނެވެ. ބީޗްވެލިގަނޑު މަތީގައި އަމޭލިއާ އާއި މާޒިން އިށީނީ ޖެހެންމުންދިޔަ ވައިރޯޅި ތަކުން ހިތްހަމަ ޖައްސާލުމަށެވެ.

“އެމީ.. ދެން ކިޔާބަލަ” މާޒިން އަމޭލިއާގެ ފައިމަތީ ބާއްވާލެވިފައިވާ އަތަށް ފިތާލަމުން ބުންޏެވެ. އަމޭލިއާ މަޑުމަޑުން މާޒިންގެ އަތުތެރެއިން އަތްދަމައިގަތީ އިސްޖަހައިގެން އިނދެއެވެ. “ދެންމެ ފެނުނެއްނު.. އެއީ ރާސިލް… ” އަމޭލިއާގެ އަޑުގައި ރިހުމެއް ވިއެވެ. މާޒިން ހިތުގައި އަތް އަޅާލީ އަޑު އަހަން މިޖެހެނީ ހިތްބޭނުންވާ ކަހަލަ ވާހަކައެއް ކަމަށް ނުވާތީއެވެ. ” އަހަރެން އަހަރެން… ލޯބި.. އަހަރެން ވަރަށް ލޯބިވޭ ރާސިލްދެކެ.. ނޭނގެ ކޮންއިރަކުކަމެއް.. އަހަރެންނަށް ރާސިލްގެ ކިބައިން ރައްކާތެރިކަން އިހްސާސްވޭ… އެކަމަކު އެކަމަކު އެއީ ނުބައި މީހެއްގެ ދަރިއެއް.. ކިތައްމެ ބޭނުންވިޔަސް.. އަހަރެން ކިހިނެއް” އަމޭލިއާއަށް ގިސްލާ ރޯންފެށުނީ ހިތަށް ތަދުވުމުންނެވެ. އަމޭލިއާގެ ގިސްލުމުގެ އަޑުވީ މާޒިންގެ ހިތަށް ހަންޖަރެއް ހަރާލި ކަހަލަ ކަމަކަށެވެ. ލޯބިން ގެނެސް ބައްދާލަން މާޒިންބޭނުންވި ވަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތެކެވެ. އެހެން ނަމަވެސް އަމޭލިއާ ގައިގަ އިނގިލި ކުރި ޖައްސާލުމުގެ ހައްގުވެސް މިހާރު ގެއްލިއްޖެކަމަށް މާޒިން ގަބޫލު ކުރިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި މާޒިން ފޮހެލީ ސިއްރުންނެވެ. ލޯބިވާ މީހަކަށްޓަކާ ލޯބި ގުރުބާން ކުރަންވެސް ފަހެއްނުޖެހޭނަމޭ މާޒިން ބުނާކަހަލައެވެ.

…………

އަމޭލިއާ ދެފަރާތަށް އެނބުރި އެނބުރި އޮތީ ނުނިދިފައެވެ. އޭރު ގަޑިން އެއްގަޑި ބައިވަނީއެވެ. ލައިގެން އިން ޓީޝާޓުމަތިން ޖެކެޓެއް ލުމައްފަހު ވައްބުރުގާ އަޅާލީ ވައިކޮޅެއް ޖައްސާލުމަށް ނިކުތުމަށެވެ.

އުޑުމަތިން ފެންނަމުން ދިޔައީ ކުދި ކުދި ތަރިތަކުގެ ވިދުމެވެ. ތަރިތަކުގެ މެދުގައި ހަނދު އިން އިރު އިތުރަށް މުޅިތަން ދިއްލާލައިފައި ވިއެވެ. އުޑުމައްޗަށް ބަލަންމުންގޮސް އަމޭލިއާ ރެއިލިންގްގައި އަތްވިއްދާލީ ފުންނޭވާއެއް ފަޒާތެރެއަށް ދޫކޮއްލަމުންނެވެ. އޭރުވެސް އަމޭލިއާއަށް ރޭކާނުލީ އަމޭލިއާގެ އެ ހަރަކާތްތަކަށް ބަލަން ރާސިލް ހުރި ކަމެވެ. ފަޑުވެފައިވަ އަލިންވެސް ރާސިލްއަށް އަމޭލިއާ ފެންނަނީ ކުޑަ ޕަރީއެއްހެނެވެ. ފޫހިކަމެއް ނެތި ބަލަމުން ދިޔަ ރާސިލް ސިހުނީ އަމޭލިއާ ބަލާލުމުންނެވެ. ދުރުން ބަލަން ހުރި ރާސިލް ފެނި އަމޭލިއާގެ ހިތް އަވަސްވިއެވެ. އަވަސް އަވަހަށް އެނބުރުނީ ގެއަށް ވަނުމަށެވެ. އެހެން ނަމަވެސް ހުރި ފިޔަވަޅުމަތީގައި ގުޑާލަން ނޭނގިފައި އިނދެވުނީ ރާސިލް ގޮވާލުމުންނެވެ.

“އެމީ… އަހަރެން …. މިއުޅެނީ… މެރީ” ރާސިލްއާ ދިމާލަށް އަމޭލިއާ ބަލާލީ ދެލޯ ބޮޑުކޮއްލަމުންނެވެ. ރާސިލްއާ ދިމާލަށް ބަލަން އިން އަމޭލިއާގެ ދެލޮލަށް ޖަމާވަމުންއައި ކަރުނަތަށް ރާސިލްއަށް ނުފެނުނަސް އަމޭލިއާ ގަބޫލު ނޫންކަން އިހްސާސްވިއެވެ. “އެމީ.. އެމީ އަށް އޯކޭތަ އަހަރެން މެރީކުރިއަސް…” ރާސިލް އުންމީދު އާލާވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަމޭލިއާގެ އަނގަ ހުޅުވުނީ ނޫނެކޭ ބުނުމަށެވެ. އެހެން ނަމަވެސް ރާސިލްއާ އެކު އުފާވެރި ހަޔާތެއް އުޅެވޭނެބާއޭ ސިކުނޑި ވިސްނާދެމުން ދިޔައެވެ. އަމޭލިއާ އެއްޗެއް ނުބުނެ ދުވެފައި އެތެރެއަށް ވަނީ ރާސިލް ގޮވަ ގޮވަ ހުއްޓައެވެ. އަމޭލިއާ ދިޔަ ދިމާލަށް ބަލަން ހުރި ރާސިލްގެ ހުޅުކޮޅު ނިވެން އުޅޭކަހަލައެވެ. އެހެން ނަމަވެސް ކުޑަކޮއްނަމަވެސް އެ ހުޅުކޮޅު ނިވުނަނުދީ ހިފާއްޓަމުން ދިޔައީ ހިތްކުރަމުން ދިޔަ ބުރަމަސައްކަތުންނެވެ.

…………

“ދަރިފުޅާ.. ދަރިފުޅާ” އަމޭލިއާ އޮފީހަށްދާން ހޭނުލުމުން އަމީނާ ދޮރުގައި ދެތިން ފަހަރު ޓަކި ދިނުމައްފަހު އެތެރެއަށް ވަނީ ވީކީއްތޯ ބެލުމަށެވެ. ހުންއައިސް ރަތްވެފައި އޮތް އަމޭލިއާ ފެނި އަމީނާ ހާސްވިއެވެ. “މިފްޒާލް… ދަރުފުޅާ” އަމޭލިއާގެ މުޅިގައިގަ އަތް ކާތަމުން އަމީނާ މިފްޒާލްއަށް ގޮވަމުން ދިޔައެވެ. “ކިހިނެއްވީ މަންމާ… އެމީ” ކުޑަކޮށް ހުޅުވިފައިވާ އަމޭލިއާގެ ދެލޮލަށް ބަލާލުމާއެކު މިފްޒާލަށް އެއްޗެއް ރޭކާލިއެވެ. “މަންމާ.. އަހަރެން ކާރުނެރެނީމި.. މަންމަ އެމީ ރީތިކޮއްލާ.. އަންނާނަން އެމީ ބަލާ” މިފްޒާލް އަވަސް އަވަށް ނިކުމެގެން ދިޔައީ ގަރާޖަށް ފޭބުމަށެވެ.

އަމޭލިއާ ހުންގަދަ ވުމާއެކު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނެވެ. އިންޖެކްޝަން ދިނުމަށްފަހު އައިވީ ގުޅީ އަމޭލިއާގެ ގައިގަ އެއްވެސް ކަހަލަ ހަކަތައެއް ނެތުމުންނެވެ. ރޮމުން ދިޔަ އަމީނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ހުސް ނުބައި ހިޔާލުތަކެވެ. ދުވަމުން އައި ޑޮކްޓަރު ފެނުމާއެކު އަމީނާ ހާސްވުން ދެގުނަ އިތުރުވިއެވެ. “މަންމާ ނުވާނޭ ކަމެއް… ޑޮކްޓަރު އެބަލަނީނު.. އެކަމު އެއައީ އެހެން ޑޮކްޓަރެއްދޯ.. ވަރަށް ދަންނަ ވައްތަރެއް ޖަހާ” މިފްޒާލް ވިސްނުމެއްގައި ހުރެ އެހެން ބުންޏެވެ.

އަމީނާއަށް ކުޑަކޮށް ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނީ އަމޭލިއާ ރަނގަޅުވާނެކަމަށް ނަރުސް ބުނުމުންނެވެ. އަދި އަމީނާ އިންތިޒާރު ކުރަމުން ދިޔައީ އަމޭލިއާ ހޭއަރާނެ ވަގުތަކަށެވެ.

ހޮސްޕިޓަލަކީ އަމީނާއަށް ކަމުދާ ތަނެއްނޫނެވެ. އާތިފް ނިޔާވުމަށްފަހު އޭޑީކޭއަށް ވަތްމީ ފުރަތަމަ ފަހަރެވެ. އަމޭލިއާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން އަމީނާއަށް ގޮޑިން ތެދުވެވުނީ އަމޭލިއާ ހޭއެރުމުންނެވެ. އަވަހަށް ބޭރަށް ނިކުމެ މިފްޒާލް ކައިރީގައި އެވާހަކަ ބުންޏެވެ.

މިފްޒާލް ފަހަތުން ކަހަލަ ގޮތަކަށް ވަން ޑޮކްޓަރުފެނި އަމޭލިއާއަށް ތެދުވެވުނީ ކިހިނަކުންކަންވެސް ނޭނގުނެވެ. މިފްޒާލްއަށްވެސް ވީ އެވަރެވެ. އެހެން ނަމަވެސް އަމީނާގެ ތުންފަތުގައިވީ ހިނިތުންވުމެވެ.

“ތީ ތީ…… ” އަމޭލިއާގެ އަނގައިގަ ބަސް ތާށިވާކަހަލައެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް އެދެނީ 12

Next

ދޭނަން ހިތާ ޖާނާ..! 14 ވަނަ ބައި

Next
February 18, 2016

ދޭނަން ހިތާ ޖާނާ..! 14 ވަނަ ބައި

Previews
February 18, 2016

ހިތް އެދެނީ 12

16 Comments!

  1. kamana says:
    February 18, 2016 at 7:13 pm

    Guyxxx i hope u all will enjoy this part. ??

  2. afoo says:
    February 18, 2016 at 7:26 pm

    kamana .. wowhh this stry is awsome .. next part awahah up kohdhehchey

  3. afoo says:
    February 18, 2016 at 7:26 pm

    yehh .. me first dhw

  4. aishyn says:
    February 18, 2016 at 7:34 pm

    Nice

  5. Ally says:
    February 18, 2016 at 7:35 pm

    OMG RAASIL IS THE DOC DHO. Wowww vvvvv nyc. waiting for the next part. Update soon. <3 <3

  6. Depika says:
    February 18, 2016 at 7:49 pm

    V reethi mi partves

  7. saf says:
    February 18, 2016 at 7:55 pm

    Vv avahah next part up kohdhybela plzplxplzplxplx vvvv nice i think doctr is raasil

  8. Aimsithu says:
    February 18, 2016 at 8:06 pm

    Asluves varah habeys mi part vex.. keep goin. ..

  9. ishaa says:
    February 18, 2016 at 8:17 pm

    e ee ameeliya ge kureege doc

  10. Zaanaa says:
    February 18, 2016 at 8:19 pm

    Alhe kalhu safhaa leyaa kuhjaa kobaatha haada lahay up kohday leh

  11. Aisha says:
    February 18, 2016 at 8:26 pm

    Kamanaaaa haadha kurey mi part…. Raasil aky doc eh dhw.. Ehn vehjenyaa v salhi vaane… Alhe next part vx mirey update koh dhyba kamanaa plz plz

  12. twnkl str says:
    February 18, 2016 at 8:36 pm

    Nyc??

  13. kamanage varah bodu fane eh ;-) :-D :-P says:
    February 18, 2016 at 8:44 pm

    kamana loabi… 😉 plx tonight nooni tomorrow next part up kodhee bala. sataday night ah inthixaaru kurumaki haada boadu kameykey….. plx plx plxxxx loabie….

  14. Ily says:
    February 18, 2016 at 9:23 pm

    Ufffffff….v reethi vahak eh
    Kamana eha dhigu inthizareh kuran nujassa next part avahah up kohladhebala????

  15. munee says:
    February 18, 2016 at 10:14 pm

    kamana pls nt part up kohladhebala ..story v nice…

  16. lidhoo says:
    February 19, 2016 at 12:39 am

    Varah varah reethi

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 14..←


All Right Reserved!