Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (2)

Hath Level 110 Stories100 Comments
February 20, 2016 3 Mins Read
20 Comments

ބާރަށް ޖަހާލި ގުގުރީގެ އަޑައި އެކު އިޔާޒު ގައިގައި އަހަންނަށް އޮޅުލައި ގަނެވުނެވެ. ކުޑައިރުއްސުރެވެސް އަހަންނަކީ ގުގުރީގެ އަޑު އިވުމުން އިންތިހާއަށް ބިރުގަންނަ ކުއްޖަކަށްވާތީއެވެ.

” އަދިވެސް ތިމް ގުގުރިދެކެ ބިރުގަނޭތަ؟ ” އިޔާޒު ސުވާލު ކޮއްލި ވަގުތު ދެން ޖެހި ގުގުރި ކުރީ ގުގުރިއަށް ވުރެ ބާރުކަމުން އިތުރަށް އެ ތަނަވަސް މޭމަތީގައި މޫނު ފޮރުވާލެވުނެވެ. އުމުރަށް ވެސް ތިހިމާޔަތް ބޭނުމޭ ބުނާފަދަ ބީދައަކުންނެވެ.

ކުއްލިއަކަށް މުޅިގެއިން ކަރަންޓު ކެނޑުނެވެ. ނަމަވެސް އިޔާޒުމެން ކޮޓަރި އަނދިރިއެއް ނުވެއެވެ. މުޅި ކޮޓަރީގެ އެއްފާރު އެއީ އެއްކޮއް ބެލްކަނި ކަމުން ވިދުވަރުގެ އަލިން އިރުކޮޅަކާއި މުޅި ކޮޓަރި އަލި ވެގެން ދެއެވެ. އިޔާޒު އަހަރެން އޭނާގެކިންގ ސައިޒް އެނދުގައި ބެއިންދުމަށްފަހު އުއްބައްތި ރޯކުރުމަށް ކަމަށް ބުނެ އެނދުން ނުތެދުވުމަށް ނަސޭހަތްތެރި ވުމަށްފަހު ހިނގައިގަތެވެ. އިޔާޒު ކޮޓަރީގެ ބެލްކަނި ހުންނަނީ އެނދާއި ވަރަށް ކައިރީގައި ކަމުން ގަދަ ވަޔާއެކު ވެހެން ފެށި ވާރޭތިކި ތަކުގެ ހަމަލާއިން ކޮޓަރި ތެންމަން ފެށިއެވެ. ވަރަށް ބޮޑު ބެލްކަންޏެއް ކަމުން އެބެލްކަނީގެ ދޮރު ބާރުކަމުން ދަމާނުލެވިގެން، ފެންވަނުން ކުޑަކޮއްވެސް މަދުވޭތޯ ބެލުމަށް ވަޔާ ނަށަމުން ދިޔަ ހުދުކުލައިގެ ކާރޓައިންތައް މައިތިރި ކުރަން ހަދައިން، އަހަރެން ހުރީ އިޔާޒު އައިރު އެކޮށް ތެމި ފޯވެފައެވެ.

” ލޮލް، އިޔާ ލުކް އެޓް މީ!!!! އައި ޓްރައިޑް ޓު ކްލޯޒް…. ” އަހަރެންގެ ބުނަން އުޅުނު ވާހަކަ ނުނިމެނީސް އިޔާޒު އަހަރެންގެ ގާތަށް އައިސް ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާށޭ ބުނާފަދައިން ދެފަރާތަށް ބޯހޫރާލަމުންނެވެ.

އިޔާޒު އުއްބައްތި ހިފައިގެން އައިސް އަހަރެންގެ މޫނަށް އުއްބައްތީގެ އަލި އަޅުވާލިއެވެ. ހަޔާތުގެ ފުރަތަމަ ފަހަރަށް ފިރިހެނަކު އަހަރެންގެ ރީތި ކަމަށް ތައުރީފުކުރިއެވެ.

” ތިމްގެ މޫނު ހާދަ ލޮތްބޭ! އަދި ތިހެން ވާރޭ ތިކިތައް މޫނުގަ ހަރުލާފަހުންނަ އިރު ބަލާބެލުމަށް މާރީތި. ޔޫ ލުކް އެމޭޒިންގ މައި ޑަރލިންގ، ޔެސް ޔޫ ޑޫ! ޔޯ ބިގް، ބްރައުން އައިޒް، ޔޯ ލޯންގް އައިލޭޝަސް، ޔޯ ނެޗުރަލީ ބިޔުޓިފުލް އައިބްރޯޒް އެންޑް ސްޕެޝަލީ ޔޯ ލިޕްސް، މައި ގޯޑް، ސޯ ބިޔުޓިފުލް، ސޯ ބިޔުޓިފުލް މައި ޑާރލިންގ! ” އިޔާޒުގެ ތައުރީފު އަޑުއަހާނިމުނު އިރު އަހަރެން ހުރީ އިންތިހާއަށް ލަދުގެންފައެވެ. ބްލަޝްވެގެން ގޮސް މޫނު ރަތްވި އިރުވެސް އިޔާޒު ހުރީ ކަޅިޖަހާނުލާ ބަލާށެވެ. ހަމަހިމޭންކަން ނައްތާލުމަށާއި މަޢުޞޫއު ބަދަލް ކޮއްލުމަށް ފުރުސަތުގެ ބޭނުން ހިފާ، ވިއްސާރަ ރެއެއް ކަމުން އަވަހަށް ގެއަށް ދާން ބޭނުން ކަމަށް ބުނެލީމެވެ.

އިޔާޒު އިންކާރެއް ނުކުރިއެވެ. ގްރޫޕް ސްޓަޑީޒް ހަދާ އެހެން ރޭރެއެކޭވެސް އެއްފަދައިން އިޔާޒު އަހަރެން ގެއަށް ލައިދޭން ދިޔައެވެ. ގޭދުރުމައްޗަށް މަޑުކުރުމަށްފަހު އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ނިދާލުމަށް ބުނެލުމަށް ފަހު ފްލައިންގ ކިސް އެއް ދެމުން ހިނގައިގަތެވެ. ގެއަށް ވަދެ ބޮޑު ދޮރު ތަޅުލުމަށްފަހު އަހަރެން އަވަސްވެގަތީ ފެންވަރާލައިން ނިދުމަށެވެ. މިރޭ ހިނގާ ދިޔަ ކަންތައްތަކާ ދޭތެރޭ އަތުގެ ބޮޑުވާ އިނގިލި އަނގަޔަށްލައިގެން ވިސްނަން ފެން މާގަނޑު ދޫކޮއްގެން އޭގެ ދަށުގައި ހުރެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. ނަމަވެސް އިޔާޒާއި މެދު ހިޔާލު ކުރެވުމުން ލަދުގަނެ އަމިއްލައަށް ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރެވުނު ކަމުގެ އިހުސާސް ވިމިއީ ފުރަތަމަ ފަހަރެވެ.

ފެންވަރާ ނިންމާލައިން ނިދާ ހެދުން ލުމަށްފަހު އަހަރެންގެ ކްއީން ސައިޒް ބެޑަށް ވެއްޓިގަތީ ހިީލަމުންނެވެ. އަހަރެން މީ ބަރާބަރަށް ރޭގަނޑު ކާ މީހެކެވެ. ނަމަވެސް މިރޭ ހުރީ ބަނޑު ފުރިފައެވެ. ތެދަށް ބުނަންޏާ ކާހިތް ނެތީއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އަހަރެން ތަޖުރިބާ ކޮއްފައިވާ ކަންކަމެއް ނޫނެވެ. އޮށޯވެ އޮވެ މިރޭ ކުރެވޭހާވެސް ކަމަކީ އިޔާޒާ ދޭތެރޭ ހިޔާލުކުރެވުމެވެ. ފުރަތަމަ ފަހަރަށް ރައްޓެއްސެއްގެ ހައިސިއްޔަތުން ނޫން އެހެން ހައިސިއްޔަތަކުން އިޔާއާ ދޭތެރޭ ވިސްނާލެވުނެވެ. އިޔާގެ ބައިމަތި ފުޅާ، ދިގު ހަށިގަނޑެވެ. ފިރިހެންވަންތަ ދެއަތެވެ. ކޮންމެ އަންހެން ކުއްޖަކުވެސް އެދެއަތުގެ ހިމާޔަތަށް އެދި އެދި ތިބޭހެން މަގުމަތިން އިޔާ އަހަންނާއިއެކު ހިނގާފައި ދާ އިރު ބަލަން ތިބޭވަރުން އަހަންނަށް ހީވެއެވެ. އަބަދުވެސް އެކަމާ އަހަންނާއި އިޔާ ނިކަން ހެމެވެ. އިޔާގެ ކަޅުކަޅީގެ ކަޅުކަން ގަދަ ލޮލާއި ދިގު އެސްފިޔަތަކާއި ކަޅުކަން ގަދަ ބުމައިން ހީވަނީ އަބަދުވެސް އިޔާ އަނދުން އަޅާފައި ހުންނަ ހެންނެވެ. އެދެލޮލުގެ ޖާދޫގައި ޖެހި މަގުމަތިން ހިނގާފައި ދިޔައިރު މީހުންގެ ގައިގައި ލައިގަނެގެންނާއި ތަންތާންގައި އަޅާއިގަނެ ނުވެއްޓި ތިބީ މަދު އަންހެން ކުއްޖެކެވެ. އިޔާގެ ރީތިކަމަށް އަހަރެން އަބަދުވެސް ހިތާހިތާ ތަޢުރީފު ކުރަމެވެ. ނަމަވެސް ދުވަހަކުވެސް މިފަދަ އިހުސާސެއް އިޔާއާ ދޭތެރޭ ކުރެވިފައެއް ނެތެވެ. އިޔާގެ ހިޔާލުތަކުގައި އޮއްވާ ނިދުނީ ކިހާ އިރަކު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.

ދެން އައީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން އަހަރެމެން ދެމީހުން ވަރަށް ދިމާނުވެއެވެ. އެކަމަކު އަބަދުވެސް ވައިބަރ އާއި ފޭސްބުކް އިން ވާހަކަ ދެއްކީމެވެ. ދެމީހުންވެސް އިމްތިހާން ހަދަނީ އެއް މާއްދާ ތަކަކުން ކަމުން އިމްތިހާން ނިމޭ ދުވަހުގެ ރޭ ބޭރަށް ކާންދާން އަހަރުމެން ގަސްތު ކުރީމެވެ. އިޔާ ބުނީ އިޔާ ބޭނުން ވަނީ އަހަރެން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން ކަމުގައެވެ. އެއީ މާ އާދައިގެ ވާހަކައެއް ނޫން ކަމަށާއި، އެވާހަކަ ބުނެވޭނީ ވަރަށް ހަމަ ޖެހިލައިގެން ކަމުގައެވެ.

-ނުނިމޭ-

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

އިންތިޒާރު ކުރި ލޯބި (1)

Next

ކުރަމުން ތިދާހާ ގޯނާ 14..

Next
February 20, 2016

ކުރަމުން ތިދާހާ ގޯނާ 14..

Previews
February 20, 2016

އިންތިޒާރު ކުރި ލޯބި (1)

20 Comments!

  1. misty says:
    February 20, 2016 at 1:36 pm

    Varah salhi… Whn nxt prt???

    1. Hath Mikal says:
      February 20, 2016 at 1:55 pm

      Soon In Sha Allah. Thankyou Misty 🙂

  2. leesh says:
    February 20, 2016 at 1:41 pm

    Haadha kurey

    1. Hath Mikal says:
      February 20, 2016 at 1:56 pm

      In Sha Allah dhen liyaa episode dhigukuraanan 🙂

  3. Shau says:
    February 20, 2016 at 1:59 pm

    V v nice…thanks muadhu two part up kohla shiny thy.. Waiting for the next prt

    1. Hath Mikal says:
      February 20, 2016 at 2:23 pm

      In Sha Allah Soon, will update the next part 🙂 Thankyou 🙂

  4. Mari says:
    February 20, 2016 at 2:05 pm

    Vvvvvv salhi…..thanxx…. ….keep it up

    1. Hath Mikal says:
      February 20, 2016 at 2:26 pm

      Thankyou 🙂

  5. shima says:
    February 20, 2016 at 2:27 pm

    Salhi…Thankolheh dhigu koh lyma adhi maaka ragalhu waane…

    1. Hath Mikal says:
      February 20, 2016 at 3:51 pm

      Thankyou for the idea, In Sha Allah next part varah dhigukoh genesdheveytho masaiykaiy kuraanan 🙂

  6. Amin says:
    February 20, 2016 at 3:02 pm

    Regular koh up kohdhee vahaka ninmaalaathi.
    Vahaka v reethi

    1. Hath Mikal says:
      February 20, 2016 at 3:51 pm

      In Sha Allah. Thankyou 🙂

  7. naafx says:
    February 20, 2016 at 3:08 pm

    Umnmm so nice

    1. Hath Mikal says:
      February 20, 2016 at 3:52 pm

      Thankyou 🙂

  8. Mar Sha Marsha says:
    February 20, 2016 at 8:17 pm

    I like this story very much… keep it up Hath

    1. Hath Mikal says:
      February 20, 2016 at 10:31 pm

      Thankyou my dear 🙂

  9. myf says:
    February 20, 2016 at 9:20 pm

    wow nyc 🙂 love this story. 😀 thankolhe avaha up kuraathy rangalhu keep it up.. 😀

    1. Hath Mikal says:
      February 20, 2016 at 10:31 pm

      Thankyou 🙂

  10. Nicky says:
    February 21, 2016 at 3:56 pm

    Adhi vx kurennu….

    1. Hath Mikal says:
      February 22, 2016 at 7:08 pm

      In Sha Allah dhigu kureveytho masaiykaiy kuraanan. 🙂

Comments are closed.


All Right Reserved!