މިވާހަކައަކީ ލޯބީގެ ވާހަކައެއް… އުންމީދުކުރަން މިވާހަކައަށްވެސް އިންތިޒާރުކުރާނެކަމަށް..! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިވާހަކަވެސް ކިޔާލަން ލިބޭނެ..! ވަރަށް މަސައްކަތް ކުރާނަން ކުރީ ވާހަކައަށް ވުރެން ރީތިކޮން މިވާހަކަ ގެނެވޭތޯ.. އިނގޭ..! ހުރިހާ ކިޔުންތެރިންވެސް ކޮމެންޓް ކުރާތީ ވަރަށް ވަރަށް އުފާވޭ… ވަރަށް ބޮޑަށް ޝުކުރިއްޔާ.. ރަނގަޅުކުރަންވީ ކަނަތަށް ބެނެދޭތީ އަދި މާބޮޑަށް އުފާވޭ.. މި ސައިޓަށް ވާހަކަ ލީމަ ލިޔުންތެރިންނަށް އަސްލު ވަރަށް ބޮޑު ކުރިއެރުމެއެއް ލިބޭކަން ފާހަގަ ކުރަން.. އެއީ ކިޔުންތެރިންގެ ކޮމެންޓްތަކުގެ ސަބަބުން ލިބޭ […]
ް… މާދަމާ އަންބަކު ގޮވައިގެން އެކަނި އުޅެންވެސް ޖެހިދާނެެ….މީހާދަ ނުވިސްނޭ ކުއްޖެކޭ ދޯ” ކައިރީގައި ކޮފީތަށި ހިފައިގެން އިށިން ޒޯހަންގެ ކޮލުގައި ވިކަލާމުން ރާކީ ބުނެލިއެވެ. “އަވަސްކޮށްބަލަ ދެން….ދޮންތަބެ މިއަދު އަންނަ ދުވަސްމީ… މިއަދު ދޮންތަބެ މަންމަ ވަރަށް ހާލުބޮޑު ދުވަހެއް… ލައިއްކޮ ބުނި ހުކުރަށްދާނީ ކާފައާއެކު ނޫނޭ….މިއަދު ދާނީ ކުޑަބެއާއި އެއްކޮށޭ….” ރާކީ ކޮޓަރިން ނިކުންނަމުން ޒޯހަންއަށް ބަލާލަމުން ވާހަކަދެއްކިއެވެ. ރޭގަނޑުގެ ވަގުތެވެ. ހަބަރު ބަލަން އިން ނޫރީ ކައިރީގައި ޝިޔާރާ ކާންހެދިފައި ހުރި […]
“ނިހާ…!” ދޮރުމަތިން މީހަކު ނިހާމާއަށް ގޮވާލުމުން ނަފީސާއާއި ނިހާމާއަށް އެކުއެކީގައި ދޮރާދިމާލަށް ބަލާލެވުނެވެ. “ނާއިފް…!” ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި ނާއިފް ފެނުމުން ނިހާމާ ހައިރާންވިއެވެ. ހޭދަވެގެންދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ނާއިފްގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ކުރަމުންދާ ހިތާމާ ވަރަށް ރަނގަޅަށް ދޭހަވެއެވެ. މީހާވަނީ ކުރިއަށްވުރެން ހިކިފައެވެ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއްނެތެވެ. “އަހަރެން މިއައީ ނިހާ ބަލާ…! ދެދުވަސް ފަހުން ރަށަށް ދާގޮތަށް ތައްޔާރުވާންވީ..” ނާއިފް އެތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ. ނާއިފް ނިހާމާ ބަލާއައީތީ ނަފީސާ […]
” މީޓް މައި ބޯއިފްރެންޑް.. ޝާދް…” ޝާދްގެ އަތުގައި ހިފާލަމުން ނިކްހާ ބުނެލި ޖުމްލައިން އަންޖަލްގެ ހިތް ކުދިކުދިވިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އަންޖަލްގެ ހިތުގެ ހަމަޖެހުމެވެ. އެމީހަކީ ހަމައެކަނި އަންޖަލްގެ މީހެކޭ ހީކުރެވުނު މީހައެވެ. ނަމަވެސް މިހާރު އެ ހީ ކުށްހީއަކަށް ބަދަލުވެއްޖެއެވެ. އަންޖަލްގެ މީހެކޭ ހީކުރި މީހަކީ މިހާރު މުޅިން އެހެންމީހެއްގެ ހައްޤެކެެވެ. އަންޖަލްއަށް އަނގަމަތީގައި އަތްއެޅުނީ ރޮވެން އުޅޭހެން ހީވާން ފެށުމުންނެވެ. ނިކްހާގެ ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން އަންޖަލް ބޭނުންވީ އެތަނުން ދާށެވެ. […]
ފެނުނު މަންޒަރަށް ފަހު މަގުމަތިން ހިނގާފައި ގެއާ ހަމައަށް ނުރޮއެ އާދެވުނީ ކިހިނެއްބާއޭ އިފާޝާ ހިތަށް އެރީ ގެއަށް ވަދެވުމުންނެވެ. ގެއަށް ވަދެ ދޮރު ލައްޕާލެވުމާއެކު އެހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އިފާޝާގެ ލޮލުން ފައިބައިގަތެވެ. ދުވެފައި ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ދިހަވަރަކަށް މިނެޓް ވަންދެން އިފާޝާ ބާރަށް ރުޔެވެ. ކުޑަ ދުވަސްކޮޅެއް ކުރިން ފެނުނު މަންޒަރަކީ ހަގީގަތެއް ނޫންކަމަށް ހިތަށް ވިސްނައިދީ އެގޮތަށް ނިންމި ނަމަވެސް އެދުވަހު ފެނުނު މަންޒަރާ މެދު […]
އިޔާ އަހަންނަށް މައުނަވީ ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. ” ތިމް ބުނެބަލަ މާދަމާގެ ތާރީޙު؟ ” އިޔާ ހިނިތުންވެލަމުން އަހާލިއެވެ. އަހަރެން ވިސްނާލީމެވެ. މާދަމައަކީ އަހަރެންގެ 17 ވަނަ އުފަންދުވަހެވެ. އަހަރެންމީ އެހެންޏާ އުފަންދުވަސް ކައިރި ވުމުން ވަގުތު ގުނާލަ ގުނާލަ ހުންނަ ކުއްޖެކެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ މާދަމައަކީ އަހަރެންގެ އުފަންދުވަސް ކަން ހަނދާން ނެތިފައެވެ. ” އޯ މައި ގޯޑް! އިޓްސް މައި ބާރތްޑޭ!! ” އަހަރެން އަނގަމަތީ އަތް އަޅާލައިފައި ވަރަށް […]
އިމްތިހާނު ނިމޭ ދުވަހުގެ ރެއަށް ކެތްތެރިވުން ވީ ބޮޑު ވޭނަކަށްށެވެ. ނަމަވެސް ކެތް ކުރަން މަޖުބޫރެވެ. ހުރިހާ ކަމެއް ވެސް ވާނީ ޤުދުރަތުން ރޭވިފައިވާ ވަގުތުގައެވެ. އެއީ އަހަރެން ގަބޫލް ކުރާ ގޮތެވެ. މިވަގުތު ބުނާށޭ ކިޔައިގެން ތެޅިފޮޅުނަސް އިޔާވެސް ވަކި ރެއަކާއި ތަނެއް އެ ހަމަޖެއްސީ އޭގައި ކޮންމެވެސް މުހިންމު މަޤްސަދެއް އޮތުމުން ކަން އަހަންނަށް ޔަގީނެވެ. އިމްތިހާން ނިމޭ ދުވަސް ކައިރި ވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ވެސް އައީ އަވަސް […]
މިހާރު އޭގައި ތަތްކުރަމުން އެދަނީ މިއަދު އަންޖަލް ނަގާފައިވާ ފޮޓޯއެކެވެ. އަދި އެފޮޓޯގެ ތިރީގައި “ޔޫ ވިލް ބީ ދަ ޕްރިންސް އެންޑް އައިލް ބީ ދަ ޕްރިންސެސް… އިޓްސް އެ ލަވް ސްޓޯރީ ބޭބީ ޖަސަޓް ސޭ ޔެސް..” މިހެން ލިޔެލިއެވެ. ކޮޓަރީ ދޮރުފަތުގައި ޓަކި ޖަހާލުމާއެކު އަންޖަލް އަވަހަށް ފޮތް ބާލިސް ދަށައްލިއެވެ. އަދި ހުޅުވާން ދާން އުޅެނިކޮށް ނިކްހާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ރޭގަނޑުގެ އެވަގުތު ނިކްހާ ފެނުމުން އަންޖަލް ހުރީ […]
(އަށް ވަނަ ބައި) “ޕާސަނަލް ސެކްރެޓަރީ އަކަށޭ؟” މާނީއަށް ލިބުނު ސިހުމާއެކު މިހެން އަހާލެވުނީ، އޮފީސް ނިންމާފައި ލާރާ އައިސް ދިން ހަބަރަކުންނެވެ. އިޔަންގެ ޕާސަނަލް ސެކްރެޓަރީގެ މަގާމަށް މާނީ ހަމަޖެއްސިކަމުގެ ހަބަރެވެ. “އާނ. މާދަމާއިން ފެށިގެން ނުކުންނަން ބުނި.” ލާރާވެސް ހުރީ ވަރަށް އުފަލުންނެވެ. “އޯހް އައި އެމް ސޯ ހެޕީ.” މާނީ އުފަލުން ލާރާގެ ދެއަތުގައި ހިފައިގެން އެނބުރެން ފެށިއެވެ. “މަޑުކޮށްބާ. އަދި އެއް ވާހަކަ އެބަ އޮތޭ.” ހުއްޓެމުން ލާރާ ވާހަކަ ދެއްކިއެވެ. […]