ނިހާމާ ކަންތަށްވީގޮތް ކިޔާދިނެވެ. އެތަކެތްފަހަރު މަންމަގާތު އިތުބާރުކުރުމަށް ބުނަމުންނެވެ. ރޮމުން ގިސްލަމުން ކަންތަށް ވީގޮތް ކިޔާދީ ނިމުނުއިރު ނަފީސާގެ ދެލޯވެސް ކަރުނުން ތެންމާލައިފިއެވެ. “މަންމަ ދަރިފުޅަށް އިތުބާރުކުރަން..! މިމަންމަގެ ތަރުބިއްޔަތުން ދަރިފުޅު ގޯސްމަގަކުން ނުދާނެކަން މަންމަޔަށް ޔަގީން..! ނާއިފް އެއީ މަންމަ ހީކުރިކަހަލަ މީހަކަށް ނުވި..” “ނޫން މަންމާ.. ނާއިފް އަކީ ރަނގަޅު ފިރިއެއް..! ނާއިފް އަހަރެން ބަލާ އަންނާނެ.. ނާއިފްއަށް އަދިވިސްނޭނެ..!” ނިހަމާ ނަފީސާގެ ވާހަކަތަށް ހުއްޓުވިއެވެ. “ރަނގަޅު ވިސްނޭ ފިރިއެއްނަމަ އެގޮތަށް ކަންތަށް ކުރާނެތަ.. […]
އެހެން ނަމަވެސް އަމޭލިއާއަށް ފެނުނީ ދުވަހަކު ފެންނާނެ ކަމަށް އުންމީދު ކުރި ސޫރައެއްނޫނެވެ. އެއީ ބިރުވެރި ސޫރައެކެވެ. ހިތުން ފިލައިގެން ނުދާނެ ސޫރައެކެވެ. “އުބައިދު” އަމޭލިއާއަށް އުބައިދުގެ ނަން ކިޔާލެވުނީ ވައި އަޑުންނެވެ. އޭރުވެސް އެ ދެލޮލުން ބިރުގެންފައި ވާވަރުހާމަވެއެވެ. “އަހަން ބޭބޭ.. ކޮން އިރަކު އައީ.. އަންނަކަން އެނގުނު ނަމަ ބަލާދިޔާމުސް” ރާސިލް އުބައިދު ފެނުމުން އަހާލިއެވެ. އަމޭލިއާ ލޯބިވާކަމަށް ކުރެވެނު ހީ އަކީ ކުންހީއެއްކަން މިހާރު ރާސިލް ގަބޫލު ކުރެއެވެ. އެހިތުގައި ރާސިލްއަށްޓަކައި ޖާގައެއް […]
ޒިޔާން އައި ރުޅީގައި ތަނުގައި ތިބި ބަޔަކާ މެދުވެސް ވިސްނާލުމެއް ނެތި އެވަގުތު ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރު ކޮށްލިއެވެ. ޝަރީފް އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ނަމަވެސް ޝާއިރާއަށް އަނގައިން ނުބުނެ ނުހުރެވުނެވެ. “އާމިރުއާ މެދު ޒިޔާން ވިސްނި ވަރުން ދޯ އޭނަ މަރުވިތާ އަހަރެއް ވީ އިރަށް އިފާއާ އިނީ؟ ކާކަށް އެނގެނީ ތީ—” ޝާއިރާއަށް އޭނަ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. “ދައްތާ!” “ޝާއިރާ!” “މަންމާ!” އިފާޝާއާއި ޝަރީފްއާއި މާއިރާއާއި […]
(ހަތް ވަނަ ބައި) ކޮންމެއަކަސް މާނީގެ ވާހަކަ އައްސަދަށް ގަބޫލު ކުރެވުނެވެ. އޭނާއަށް ދެވުނު އަނިޔާގެ ބަދަލުގައި އެވަރުވެސް ކުޑައޭ ހިތަށް އެރިއެވެ. މާނީއަށްޓަކައި އެކަންތައް ކުރަންވެސް އޭނާ އެއްބަސްވީއެވެ. އެގޮތުން މާރިޔާމެން ރަށަށް ދަތުރު ހަމަޖެއްސީއެވެ. އެރަށަށް ދާން އެދުނު މީހަކީވެސް މާނީއެވެ. އެއީ އޭނާ ފޭސްބުކުން އުފެއްދި ގުޅުމަކާއެކު ތައުފީގު ދެކެލެން ބޭނުންވެފައި ހުރުމުންނެވެ. ކަންދިމާކުރި ގޮތުން އެރަށްވީ އައްސަދުގެ ބައްޕަގެ ވަރަށް ގާތް ރައްޓެސަކު ވެސް ހުރި ރަށަކަށެވެ. އެމީހަކީ މާރިޔާގެ ދޮންބައްޕަ […]
ހުވަފެނާ ހަގީގަތާ ދެމެދުގައި އޮތް އިފާޝާއަށް ރަނގަޅަށް ހޭލެވުނީ އެހިސާބުންނެވެ. ލޯ ހުޅުވާ ޒިޔާންއަށް ބަލާލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ. “ޒިޔާން…؟” އިފާޝާއަށް ގޮވާލެވުނީ މިއުޅެވެނީ ހުވަފެނެއްގައި ނޫންކަން ޔަގީން ކުރުމުގެ ގޮތުންނެވެ. ނިދީގައި އިފާޝާ ޒިޔާންގެ މޭގައި މޫނު ފޮރުވާލި ވަގުތުން ފެށިގެން ޒިޔާންއަށް އަމިއްލަ ހަށިގަނޑަށް ބާރެއް ނުފޯރުވުނެވެ. ޒިޔާންގެ ހަށިގަނޑަށް އަމިއްލަ ބާރެއް ލިބުނު ފަދައެވެ. އިފާޝާ ގޮވާލުމުން ޒިޔާން ލޯހުޅުވާލިއެވެ. އެލޮލުގައި ވި މަސްތުކަން އިފާޝާއަށް އަނދިރީގެ ތެރޭންވެސް ދެނެގަނެވުނެވެ. އިފާޝާއަށް […]
— “އަހަރެން ލޯބިވާވަރު އިނގުނަސް އިންކާރު ކުރުމަށްފަހު ދުރަށް ދިޔައީ ހިތް ކުދި ކުދި ވެފައި އޮތަކަސް ތިޔަ އިންތިޒާރުގައި ހުންނަމުން ދިޔައީ އުއްމީދު ފަނޑުވެގެން ދިޔަޔަސް ކަލާ ދެކެ ލޯބި ވަމުން ދިޔައީ ގަސްތުގައި އަހަރެން ދެރަ ކުރަމުން ދިޔަޔަސް ހިތުގެ އަޑިން މާފު ކުރަމުން ދިޔައީ… …..ނަމަވެސް…… ކަލާގެ އިންތިޒާރުގައި ހުންނަން އިތުރަށް މިހިތަށް ކުޅަދާނަ ނުވުމުން ތިޔަ ލޯބި ހިތުން ފޮހެލަމުން މިންޖް މިވީ ތިޔަ ލޯބިން ކަލާވެސް މިންޖު ކުރަމުން….. […]
“ހޭ ވައިފީ.. އަނެއްކާ މޮޔަވީތަ އަމިއްލަ އަމިއްލައަށް ތި އަނިޔާ ކުރަނީ” ރާސިލްގެ އަޑު އިވި އަމޭލިއާގެ ތުންފަތުގައިވީ ފުޅާހިނިތުންވުމެކެވެ. ފަސް އެނބުރި ބަލާލީ ރާސިލްއަށް ރައްދު ދިނުމަށެވެ. އެހެން ނަމަވެސް ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވެނީ ހިތުގައި އަތް އަޅަމުންނެވެ. “ބޭބީ.. ސޮރީ.. ޕްލީޒް..ޕްލީޒް.. އައި ލަވް ޔޫ” ރާސިލްގެ ކަރުގައި އެލިގަނެގެން އޮވެ ނޫރާ ކިޔަމުންދިޔައެވެ. ރާސިލްއަށް ބަލާލެވުނީ ދުރުގައި ބަލަން އިން އަމޭލިއާއަށެވެ. އަމޭލިއާ ދެލޮލުން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި […]
“އާނ، އައިއްސަ ކާނީ، ވަރަށް އަވަހަށް ދާން ވެއްޖެ” ޒިޔާން ބުންޏެވެ. އަދި ނިދިފައި އޮތް ޒާޔާގެ މޫނުގައި ބޮސްދީފައި ނިކުމެ އިފާޝާގެ އަތުގައި އިން އާނާގެ ނިތްކުރީގައިވެސް ބޮސްދިނެވެ. “ބަލާނަން އަވަހަށް އާދެވޭތޯ” ޒިޔާން އެހެން ބުނުމުން އިފާޝާގެ ހިތުގައި ވީ އެއްޗެއް ޒިޔާންއަށް އެނގުނީ ބާއޭ އިފާޝާ ހިތަށް އެރިއެވެ. ހީލަމުން އިފާޝާ ބޯޖަހާލުމާ އެކު ޒިޔާން އިފާޝާގެ ކޮލުގައިވެސް ތުންފަތް ޖައްސާލާފައި އެއްލޯ މަރާލަމުން ޓީވީ ރެކް މަތިން ސައިކަލު ތަޅުދަނޑި ނަގައިގެން […]
“ޔާނާ!” ޒާންއަށް ހަޅޭއްލަވައިގަނެވުމާއެކު އެދިމާއަށް ދެވުނެވެ. ރީމްގެ މެޔަށް ހީވީ މީހަކު ހޫނު ފެން އެއްޗެއް އޮއްސާލީހެނެވެ. ޔާނާ ދިރިހުރީ ހެއްޔެވެ. އެނދާ ކައިރިއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށުނީ އެނދުމަތީގައި އޮތް އަންހެން މީހާގެ މޫނު ބެލުމަށެވެ. އެއިރުވެސް ޒާން އެ އަންހެން މީހާއަށް ގޮވަމުން ދިޔައެވެ. ޔާނާގެ ނަމުންނެވެ. ޒާން ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށްފަހު ދެންމެ ނިކުމެގެން ދިޔަ ޑޮކްޓަރުންގެ ޓީމް އަނބުރާ ގެނެސް ދިނުމަށް ބުންޏެވެ. އެއަށްފަހުވެސް ޒާން އެތަށް […]