އެއީ މީގެ ހަތަރު އަހަރު ކުރީގެ ފޮޓޯއެކެވެ. ޔަލާއާއި އަލިޔާން ހިނގަމުން ދިޔައީ ވިލިގިލީގެ އަތިރިމަތީގައެވެ. އޭރުވެސް އަލިޔާން ބުނަމުން ދިޔައީ ބުރުގާ އެޅުމަށެވެ. ފަހަތުން ދުވަމުން އާކިލް އާދެއެވެ. ދެލޯ ބޮޑުކޮށްލަމުން އަދި ނުވެއޭ އަލިޔާން ބުނެލިއެވެ. އެހެން ބުނުމުން އާކިލް އައިކޮޅަށް އަނބުރާ ދުއްވައި ގަނެފިއެވެ. “ޔާޔާ.. ދެން ރީތި ވާނެ” އަލިޔާން ޔާލާގެ ބޮލަށް ދޮނެއް ދެމުން ބުނެލިއެވެ. “ޔާން ވަރަށް ވިއްސާރަ އެއްނު ހިނގާ މާލެދާން..” ޔަލާ އުޑާއި ދިމާއަށް ބަލާލަމުން […]
ގަޑި އެލާމްވާން ފެށުމާއެކު އަންޖަލް ފުންމައިގެން ތެދުވިއެވެ. އެެލާމް އޮފް ކޮށްލުމަށްފަހު އަވަހަށް ތެދުވެގެން ފާހާނައާއި ދިމާއަށް ދުއްވައިގަތެވެ. އިރުކޮޅެއްފަހުން ނިކުތ ީތެމިފައިވާ ދޮން ހަށިގަނޑުގައި ހުދު ކުލައިގެ ތުވާޔެއް އޮޅާލައިގެންނެވެ. އަދި ޑްރެސިންގެ ޓޭބަލް މަތީގައި ބާއްވާފައި އޮތް ހެއަރ ޑްރަޔާރުން ބޯހިއްކަން ފެށިއެވެ. އޭރުވެސް އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. ތަނަކަށް ދާން ލަސްވެގެން އުޅޭ ކަހަލައެވެ. ބޭނުންވާވަރަށް ބޯހިއްކާލުމަށްފަހު އަލަމާރިން ރީތި ހެދުމެއް ހޯދަން ފެށިއެވެ. ހިތްހަމަޖެހޭ ވަރުގެ ހެދުމެއްލައިގެން ލުއިލުއި މޭކަޕެއް ކޮށްލިއެވެ. […]
ކޮޓަރިއަށް ވަދެވުމާއެކު ކުޑަދޮރުކައިރީ ހުއްޓެމުން ދޮރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެއަށްފަހު ނާއިފް އެނބުރިއައިސް އެނދުގައި އިށީނދެލިއެވެ. “ފަޔާ.. ކޮންތާކު..؟ ބިޒީތަ..؟” ނާއިފް ގުޅީ ނާއިފްގެ ގާތް އެކުވެރިޔާފަޔާޒް އާއެވެ. “ގޭގަ މިއުޅެނީ.. ވައިފް ދިޔަފަހުން ގުޅާވެސް ނުލަމެއްނު.. ނެތްތަ ކޮފީއަކަށް ދިޔުމެއްވެސް..؟” ފަޔާޒް ސުވާލުކުރިއެވެ. ” ކޮފީއަކަށް ދާންވާނެ…! އެކަމް މިއަދަކުނޫން..! ކުޑަކަމަކު މިގުޅާލީ..! އަހަރެމެން ފަޔާގެ ދައްތަ އުޅޭ ރަށަށް ދިޔަދުވަހު ފުރަންދަނިކޮން ދިމާވިއެއްނު ސޮރެއް.. އޭނަޔާ ދިމާވާނެތަނެއް ބުނެބަލަ..!” ނާއިފް ހަނދާންކޮއްލަމުން ސުވާލުކުރިއެވެ. “ކާކު..؟ […]
މި ވާހަކަ ވަރަށް އަވަހަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. -އަޒޫ-
އެފަދަ ޚިޔާލުތަކެއްގައި އިން ޒިޔާން ސިހުނީ ރާއިނާގެ އަޑަށެވެ. “ޒިޔާން…” ދާދި ގާތުން ރާއިނާ ގޮވާލި އަޑަށް ޒިޔާން ސިހިފައި ލޯ ހުޅުވާ ބަލާލިއެވެ. ޒިޔާން އާ ދިމާއަށް ކުޑަކޮށް ގުދުވެލައިގެން އޮތް ރާއިނާ ފެނިފައި ޒިޔާން ގޮނޑި ފަހަތަށް ޖައްސާ ރާއިނާއާ ދުރަށް ޖެހިލިއެވެ. “ދާންވީނު؟ އަހަރެން ރެޑީ” ރާއިނާ ބުންޏެވެ. ޒިޔާން ހިތްހަމަ ނުޖެހިފައިހުރެ ދުރު ބަލާލިއެވެ. އަށް މަސް ކުރިން ޒިޔާންގެ ކުރީގެ ސެކްރެޓަރީ ހައިފާ ވިހެއުމަށްފަހު އޮފީހުން ކެނޑުމުން އެ މަގާމަށް […]
Ethah huvafenn thakehga aharen ves beynun vi kula jahssan.. Namaves… Thagdheeru mi kamaa dhekolhu hedhyy.. Ethah kanthah thakakaa kurimathi lamun aa kujjeh ves me.. Inthixaaru kohlahvaa… Hageegee vaahaka eh.. Hope you guys will like this.. ? ? ☺
ނީރާ ލޯ މަރާލުމަށްފަހު ހަމަޖެހިލިއެވެ. އަނެއްކާވެސް އޭނާގެ ކަންތަށް ފެށީ ޝާއިން ރުޅި އައިކަން އިނގުނީމައެވެ. “ދައްކަން މިއުޅެނީ ތީ އެއްވެސް މީހެއް ނޫންކަން އަހަރެންގެ ދިރިއުޅުމުގައި.. އިނގިއްޖެތަ؟؟” ޝާއިންއާއި ދިމާލަށް އެނބުރިލަމުން ނީރާ އެހެން ބުނެލިއެވެ. ޝާއިން ނީރާގެ ލޮލަށް ބަލާލީ އެލޯ ސްކޭންކުރާ ފަދަ ގޮތަކަށެވެ. ނީރާ އަވަސް އަވަހަށް އެސްފިޔަތަށް ޖަހަމުންދިޔައެވެ. “އެހެންތަ؟ ދެން ތި ލޮލު ތެރެއިން ފޮރުވަން ތިއުޅެނީ ކޮންކަމެކޯ.. ހީވަނީތަ އަހަރެންނަށް ނީރާ ނޭނގެނީކަމަށް؟؟؟؟” ޝާއިން ނީރާއާއި […]
“ޔަލާ ބައްޕައަށް ފެނުނިއްޔާ އަނެއްކާ ކަންތައް ބޮޑު ކުރާނެ.. ޔާޔާއަށް އެނގެ އެއްނު..” ޔަލާ ރުއިން ހުއްޓާލާތޯ ނިކަތު އެތައް ވާހަކައެއް ޔަލާ ކައިރީގައި ދައްކަމުން ދިޔައެވެ. އެންމެފަހުން ޔަލާގެ ރުއިމުގެ އަޑުވެސް މަޑު ވަމުން ގޮސް ހުއްޓިއްޖެއެވެ. ނިކަތުގެ އަތުން ޔަލާ ދޫކޮށްލީ އެއްކޮށް ގިސްލުމުގެ އަޑު ކެނޑުމުންނެވެ. ޔަލާގެ ފޯނު ރިންގް ވާން ފެށުމުން ކަރު ކެހި ލުމަށްފަހު ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ. # # # # # […]
Sorry. Nuzha ge family bodah beynun vanee himafodhu vaarey ahvure bodah hit hi maazy genesdheyn. Dhuvass kolheh nagaane mi story up kuran. It will be late. And again sorry. Adhi ekathi. Nuzhage hithi maazee aky hageegee hadhisaa aka binaakoh liyamun Dhaka vaahaka eh. Wish it will be nice. 🙂