ެ. އާރާގެ ބޮލަށްވާ ގޮތަށް ފެންފުޅި އަރިކޮށްގެން ހުރި މާޒްއަށްެވެސް ކަޅިޖަހާ ނުލާ ބެލެމުން ދިޔައީ އާރާގެ ދޮންދޮން މޫނަށެވެ. މޫނު ހުރަސްކޮށް ފެންތައް ތިރިއަށް ފައިބަމުން ދިޔައިރު ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. މި މަންޒަރުތައް ފެނި މާޒްވެސް ހުރީ ކަޅިޖަހާލަން ނޭނގިފައެވެ. މާޒް އާއި އާރާ ސިއްސައިގެން ގޮސްފައި ބަލާލީ ޔުއާން އާރާއަށް ގޮވާލި އަޑަށެވެ. އެމީހުންނާއި ދިމާއަށް ޔުއާންއަށް އާދެވުނީ ދުވެފައެވެ. އާރާ ހުރި ގޮތް ފެނުމުން ޔުއާން މާޒް އާއި ދިމާއަށް […]
މާޒް ބަލާކަށް ނުހުރެ މާޒްގެ އަތުގައި ހުރި ފެންތަށި އާރާގެ ބޮލަށް އަޅާލިއެވެ. އާރާ ރުޅިއައިސް ރަތްވެފައި މާޒްއަށް ބަލާލިއެވެ. ” ކިހިނެއް ތި ހެދީ މާޒް ގަނޑާ…” އާރާ ދަތްކުޑިވިކާލަމުން ބުންޏެވެ. “އުޕްސް.. ފެންކުޅި ކަމަށް ހީކުރީ..” ނޭނގޭ ކަމަށް ހަދާލާފައި މާޒް ބުންޏެވެ. އާރާގެ ރުޅިގަނޑު ގަދަވީ ޔުއާން ހޭންފެށުމުންނެވެ. ” ދެން ކިހިނެއް އަހަރެން ކޮލެޖަށް ދާނީ.. މުޅި ހެދުން ހަރާބުވީ..” ގައިގައި ހުރި ފެންތައް ފޮޅަމުން އާރާ ވާހަކަދެއްކިއެވެ. ” އަހަރެންގެ […]
” އަހަރެން މިއުޅެނީ މޮޔަވެގެންދޯ މާޒް ހޯދަން” އާރާ އިންތަނުން ތެދުވަމުން ބުންޏެވެ. އަދި މަޑު ނުކޮށް ކާރާ ދިމާއަށް ހިނގައިގަތެވެ. އާރާގެ ފަހަތުން ޔުއާން އާއި މާޒްވެސް ހިނގައިގަތެވެ. ………………………………………………………………………………………………….. އާރާ އެނދުމަތީގައި އިށީނދެލައިގެން އިންއިރު ލޯ އަމާޒުވެފައި ހުރީ ޓީވީ އިން ދައްކަމުންދާ ފިލްމަށެވެ. އުފާވެރި ނިމުމަކުން ނިންމާލި ފިލްމު އާރާ ބަލަން އިނީ ހެވިފައެވެ. އާރާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު އެތެރެއަށް ވަން ފިނި ވައިރޯޅިން އާރާގެ އިސްތަށިގަނޑާ […]
” މާޒް ތިވިސްނުން ދޫކޮށްލާ… މާޒްގެ މަންމަ ކުރަން ބޭނުން ނުވި ކަމެއް ކީއްކުރަން މާޒް ކުރަނީ.. ” ސޮފާ ބުންޏެވެ. ” އަހަރެން ބޭނުން އަހަރެންގެ ބައްޕަ ހޯދަން.. އަހަރެން ބޭނުން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދަން..” މާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ. ” މާޒްގެ މަންމަ ދުނިޔޭގަ އެންމެ ކުރަން ބޭނުން ނުވި ކަންތައް ތީ.. އެހެންވީމަ މާޒްވެސް ރަނގަޅުވާނީ ތިހިޔާލު ދޫކޮށްލިއްޔާ” ސޮފާ މާޒް އަށް ވިސްނައިދެވޭތޯ އުޅުނެވެ. ” […]
…………………………………………………………………………………………………….. ރާކިން ކްލާސް ނިންމާލާފައި ކޮލެޖުން ނިކުތްއިރު ދޮރުމަތީ ގައި ފަލަކް މަޑުކޮށްލައިގެންއ ހުއްޓެވެ.ފަލަކް އަކީ އާރާ އާއި އެއްކޮށް ކިޔަވަމުން އައި އާރާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ރާކިންއައި ފަލަކްގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނީ ފަލަކް އާރާ އާއި އެއްކޮށް އެގެއަށް އައިސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް މިހާރު އެރަހުމަތްތެރިކަންވަނީ ލޯތްބަށް ބަދަލުވެ އެކަކު އަނެކަކާ ދުރުނުވެވޭ ވަރުވެފައެވެ. ފަލަކްގެ ހަމައެކަނި ބިރަކީ ފަލަކްއަކީ އާދައިގެ އާއިލާއަކަށް އުފަން ކުއްޖަކަށް ވުމާއެކު ރާކިންގެ […]
އަޅުގަނޑުގެ މިވާހަކައަކީ ކުރިންވެސް އެސްފިޔައިގާ އަަޕްކުރެވިފައިވާ ވާހަކައެކެވެ. ނަމަވެސް ދިމަވި ކަމަކާހުރެ އަޕްކުރެވުނީ ވާހަކައިގެ އެއްބައެވެ. މިވާހަކަ އަޕް ވާނީ ކޮންމެ ވީކެއްގެވެސް ސަންޑޭ ގައެވެ. ނިދާފައި އޮތް އާރާއަށް ހޭލެވުނީ އުނދަގުވާ ކަހަަލަ އަޑެއް އިވޭތީއެވެ. ގަޑި ބަލާލިއިރު ގަޑިން މެންދަމު ބާރަ ޖަހަން ގާތްވަނީއެވެ. ލޯފޮހެމުން ގޮސް އާރާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އަޑު އަންނަނީ ސިޓިންގް ރޫމުން ކަމަށްވާތީ ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފާ […]
” މީޓް މައި ބޯއިފްރެންޑް.. ޝާދް…” ޝާދްގެ އަތުގައި ހިފާލަމުން ނިކްހާ ބުނެލި ޖުމްލައިން އަންޖަލްގެ ހިތް ކުދިކުދިވިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އަންޖަލްގެ ހިތުގެ ހަމަޖެހުމެވެ. އެމީހަކީ ހަމައެކަނި އަންޖަލްގެ މީހެކޭ ހީކުރެވުނު މީހައެވެ. ނަމަވެސް މިހާރު އެ ހީ ކުށްހީއަކަށް ބަދަލުވެއްޖެއެވެ. އަންޖަލްގެ މީހެކޭ ހީކުރި މީހަކީ މިހާރު މުޅިން އެހެންމީހެއްގެ ހައްޤެކެެވެ. އަންޖަލްއަށް އަނގަމަތީގައި އަތްއެޅުނީ ރޮވެން އުޅޭހެން ހީވާން ފެށުމުންނެވެ. ނިކްހާގެ ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން އަންޖަލް ބޭނުންވީ އެތަނުން ދާށެވެ. […]
މިހާރު އޭގައި ތަތްކުރަމުން އެދަނީ މިއަދު އަންޖަލް ނަގާފައިވާ ފޮޓޯއެކެވެ. އަދި އެފޮޓޯގެ ތިރީގައި “ޔޫ ވިލް ބީ ދަ ޕްރިންސް އެންޑް އައިލް ބީ ދަ ޕްރިންސެސް… އިޓްސް އެ ލަވް ސްޓޯރީ ބޭބީ ޖަސަޓް ސޭ ޔެސް..” މިހެން ލިޔެލިއެވެ. ކޮޓަރީ ދޮރުފަތުގައި ޓަކި ޖަހާލުމާއެކު އަންޖަލް އަވަހަށް ފޮތް ބާލިސް ދަށައްލިއެވެ. އަދި ހުޅުވާން ދާން އުޅެނިކޮށް ނިކްހާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ރޭގަނޑުގެ އެވަގުތު ނިކްހާ ފެނުމުން އަންޖަލް ހުރީ […]
“ޔެސް.. ހީޒް އޯލް މައިން” އަންޖަލްގެ ދެކޮނޑުގައި ހިފާލަމުން ނިކްހާ ބުނެލިއެވެ. އެއާއެކު ދެމީހުންނަށް އެއްކޮށް ތެދުވެ ހަޅޭއްލަވަން ފެށުނެވެ. އެނދުމަތީގައި ފުންމައި ނަށަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތް ކަހަލައެވެ. ދެމީހުން ވަރުބަލިވެގެން އެނދުގައި އުއްޑުން އޮށޯވެލިއެވެ. އޭރުވެސް ދެމީހުންގެ ހުނުމުގެ އަޑު ކޮންމެވެސް ވަރަކަށް ހުއްޓެވެ. ” ދެން ކޮންއިރަކުން ޝާދު ދައްކާނީ.. އަބަދުވެސް އޭަނަގެ ވާހަކަ ދައްކާ އަޑު އިވޭނީ… ” އަންޖަލް ބުނެލިއެެވެ. ” އަހަރެން މަޑުކުރީ ސެޓް ވަންްދެންް.. ދެން […]