Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ..! 14 ވަނަ ބައި

princess lily
February 18, 2016
4 Mins Read
54 Views
15 Comments

“”'”ގޮސް ކޮޓަރި ރަނގަޅަށް ބާލާ.. ތިނިހާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭނެ އޭރުން.. ހެހެހެ..!”””’ ނާއިފްއަށް ޝިފާންގެ މިޖުމުލަ ހަނދާންވުމުން އެނދުންތެދުވެ ކޮޓަރީގެ އެތަންމިތަން ހޯދަންފެށިއެވެ. އަލަމާރީގެ ހުރިހާ ތަނެއް ބަލާނިމުނުއިރުވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެންމެފަހުން އެނބުރިއައިސް އެނދުގައި ނާއިފް އިށީނެވެ. ބޮލުގައި ދެއަތުންހިފާއްޓާލަމުން އިސް ޖަހާލިއެވެ. ދެވަނަފަހަރަށް އިސްއުފުލާ ބަލާލުމާއެކު ނާއިފްގެ ނަޒަރުހުއްޓުނީ ޑްރެސިންޓޭބަލް ކައިރީއިން ކުޑަ ކަބަޑަކަށްށެވެ. މަޑުހިނގުމެއްގައިގޮސް ކަބަޑުގެ ދޮރުފަތް ހުޅުވާ ބަލާލިއެވެ. ކަބަޑުތެރޭގައިއިނީ ކުޑަ ފޮއްޓެކެވެ. ނާއިފް ފޮށިނަގާ ހުޅުވާލިއެވެ.

ގޭތެރެއަށް ވަދެގެންއައީ މިހާދު ފެނުމުން ނަފީސާ ދިޔައީ ސިހިގެންނެވެ. ބޮލުން ހަލާކުވެފައިވާ ތާކުން ލޭއަންނަމުން ދިޔައެވެ. އަތުގެ ދެތަނެއްވަނީ ވަރަށް ބޮޑަށް މަށައިގެންގޮސްފައެވެ.

“ދަރިފުޅާ.. ކިނެއްވެފަ ތިހިރީ..؟” ނަފީސަ އައިސް މިހާދުއާއި ސުވާލުކުރިއެވެ.

“ކަމެއް ނުވޭ..!” މިހާދު އިސްޖަހާލަމުން ބުނެލިއެވެ.

“ކަމެއް ނުވެއޭ..؟ ކިހިނެއް ގަބޫލުކުރަނީ..؟ ތިހިރީ މީހާއަށް ވެފަހުރިގޮތް..!” ނަފީސާ ހާސްވެފައިވާ އަޑަކުން ވާހަކަދެއްކިއެވެ

“ދޮންބޭ.. ކިހިނެއްވެފަ..؟” ކޮޓަރިން ނިކުމެގެންއައި ނިހާމާއަށް ވެސް މިހާދުފެނުމުން ސުވާލުކުރެވުނެވެ.

“ނިހާ ގެ ދިރިއުޅުން ހަލާކުކޮއްލީ އަލާން..!” މިހާދުގެ މިޖަވާބުން ވީގޮތް އެންމެންނަށްވެސް އެންގި ސާފުވިއެވެ. މިހާދު ވީގޮތް ކިޔއިދިނެވެ.

ނާއިފް ފޮށީގެތެރޭގައިވާ ގަނޑުތައް ނަގާ ކިޔާލިއެވެ. ކޮންމެ ގަނޑެއްގަވެސް ވަނީ ލޯބީގެ އިބާރާތްތަކެވެ. ނިހާމާދެކެ ލޯބިވާ ވާހަކައާއި ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. ނާއިފް ގޭގައި ނޫޅޭ ވަގުތަކަށް އިންތިޒާރުކުރާވާހަކައެވެ. އެގަނޑުތަކުގައިވާ އިބާރާތްތަކުން ހީވަނީ ދެމީހުން އެތައްފަހަރަކު ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކޮއްފައިވާހެންނެވެ.

” މިރޭ.. އެގާރަ ޖަހާއިރު ދާނަން..!” އެންމެފަހު ގަނޑުކޮޅު ކިޔާލުމާއެކު ނާއިފް އެގަނޑުކޮޅު އަތުގެތެރެއަށް ބޮނޑިކޮއްލިއެވެ.

“ކީއްވެ ނިހާ..؟ ކީއްވެ މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ..! ކީއްވެ މިގޮތަށް ބޭވަފާތެރިވީ..؟؟ ކީއްވެ..؟” ނާއިފް އަށް ހުރިތަނަށް ތިރިވެވުނެވެ. ހިތުގައިވާ ޝަކުވާތަށް ދުލާހަމައަށް އައީ އެއްވެސް އިހުތިޔާރަކާނުލައެވެ.

ނިހާމާ އޮތީ ކޮޓަރީގައެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސެނީ ނިހާމާގެ ހިތުގައި ނުފިލާނެ އެތައްލަކުނެއް ލައްވަމުންނެވެ. ހިތާމާކޮއްކޮއް މިހާރު އަބަދުހެން ނިހަމާ ހުންނަނީ ވަރުބަލިކަން އިހުސާސްވެފައެވެ. އެހެން ނިހާމާ އޮންނަތާ އެތައްއިރެއް ވެއްޖެއެވެ. މިއަދު ނިހާމާއަށް ދެތިންފަހަރު ހޮޑުލެވުމުގެ ސަބަބުން ގައިގެ ހަކަތަ ހުސްވެފައި ވާކަހަލައެވެ. ތެދުވެލާނެހާ ވަރުވެސް ގައިގާނެތެވެ. ނިހާމާ ސިހިގެން ދިޔައީ ކައިރީ އޮތް ނިހާމާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ދެލޯފުހެލަމުން ފޯނަށް ބަލާލިއެވެ. އެއާއެކު އުފަލުންހިތް ފުރުނުކަހަލައެވެ. ގުޅަމުންދިޔައީ ނާއިފްގެ ނަންބަރުންނެވެ.

“‘”ޔަގީނެވެ.. ނާއިފްއަށް ހަގީގަތް އެނގުނީއެވެ.. އަހަރެންގެ ކުށެއްނެތްކަން އެނގުނީއެވެ…”””” ނިހާމާ ހިތާހިތުން ބުނެލިއެވެ.

“ހަލޯ..!” ނިހާމާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ނާއިފް އަށް ހުރިހާކަމެއްވެސް އެނގުނީތަ..؟ ނާއިފް.. އަލާން..” އަވަސް ކަމާއެކު ނިހާމާ އަށް ބުނެވުނީ މިހާހިސާބައްށެވެ.

“އާނ.. އެނގިއްޖެ.. ވަރަށް ރަނގަޅަށް އެނގިއްޖެ..! ތިނިހާގެ ގޮތް މިހާރު އެނގިއްޖެ..!! ކުރިން އަހަރެން ހީކުރީ އަހަރެންމީ ވަރަށް ގޯސްމީހެކޭ.. ކަންތައްކުރެވުނީ ރަނގަޅަކަށް ނޫނޭ.. އެކަމަކު އެލިޔުންތަށް ފެނުމައްފަހު މިހާރު އަހަރެން ގަބޫލުކުރަނީ އެކަންތަ އަހަރެންނަށް އެކުރެވުނީ ހަމަ އެންމެ ރަނގަޅަށްށޭ..!!” ނާއިފް ހިތުގައިވާ ހުރިހާއެއްޗެއް ކިޔާލިއެވެ.

“ކޮން ލިޔުމެއް..؟ ކީކޭ ތިކިޔަނީ..؟ އަހަރެންނަކަށް ނުވިސްނުނު..!” ނިހާމާ ސުވާލުކޮއްލިއެވެ.

“އެނގޭ ބުނާނީ ތިހެންކަން..! ނިހާ ވަރަށް މޮޅު ކަންތައްތައް އޮޅުވާލަން..! ވަރަށް މޮޅު..!” ނާއިފް ބުނެލިއެވެ.

“ކޮންކަމެއް އޮޅުވާލީ..؟ އަހަރެން އެއްވެސް ކަމެއް އޮޅުވައެއް ނުލަން..! ނާއިފް..!” ނިހާމާގެ އަޑުބެދުނެވެ.

“އަހަރެން ކޮންމެ ކަމަކަށްވެސް ކެތްކޮއްފާނަން..! އެކަމަކު… ބޭވަފާތެރިއަކާއެކު އެންމެ ހިނދުކޮޅަކުވެސް ނޫޅެވޭނެ..! ކޯޓަށްދާން ތައްޔާރުވެގެން ހުރޭ..!” ނައިފް ނިހާމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ފޯނުކަނޑަލިއެވެ.

މަޑުމަޑުން ނިހާމައަށް ދެލޯމަރާލެވުނީ ފެންނަމުންދިޔަ މަންޒަރު ފުސްވާންފެށުމުންނެވެ. ދެވަނަފަހަރަށް ލޯހުޅުވާލާ ނިހާމާއަށް އަވަސްކަމާއެކު އެސްފިޔަޖަހާލެވުނީ ފުސްވަމުންދިޔަ މަންޒަރު ސާފުވޭތޯއެވެ. އެހެންމަވެސް ރަނގަޅަށް އެއްވެސް ތަނެއް ފެންނަވަރެއްނުވިއެވެ. ހީވަނީ ނާއިފްގެ ޖުމުލަތަށް ވަށައިގެން ގުގުމަމުން ދާހެންނެވެ. ބޮލުގައި ބާރަށް ހިފާއްޓައިގެން ނިހާމާ ތެދުވެވޭތޯ އުޅުނެވެ. ގައިގާ ވަރެއްނެތުމުންނާއި ބޮލުގައި އަޅަމުންދިޔަ ވޭނެއްގެ ސަބަބުން ތެދުވާނެހިތްވަރު ނިހާމާއަކަށް ނުލިބުނެވެ.

“މަންމާ…!” ނިހާމާ ލޯ ހުޅުވާލަމުން ބަލިއަޑަކުން ނަފީސާއަށް ގޮވާލިއެވެ.

“ދަރިފުޅާ..!” ނަފީސާ އިނީ ނިހާމާގެ ކައިރީގައެވެ. ނިހާމާ ވަށައިގެން ހޯދާ ބަލާލިއެވެ. އޮވެވުނީ ހޮސްޕިޓަލުގާކަން ނިހާމާއަށް އެނގުނީދެނެވެ. ނަފީސާގެ މޫނުމަތީގައިވަނީ ވަނީ ފަނޑު ހިނިތުންވުމެކެވެ.

“ދަރިފުޅާ.. ދެންޖެހޭނެ ދަރިފުޅު ރަނގަޅަށް ކާން..! އެހެންނޫނީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ..! މަންމަވެސް ދެން މުސްކުޅިވީ..!” ނަފީސާ ހެމުން ވާހަކަދެއްކީ މިއަދުލިބިގެންދިޔަ އުފާވެރި ހަބަރަކުންނެވެ.

“މަންމާ.. އަހަރެން މަންމައަކަށް ވަނީތަ..؟ ” ނިހާމާގެ ލޮލުން ކަރުނައައެވެ.

“ދަރިފުޅު ގުޅާފަ ނާއިފްއަށް މިހަބަރު ދޭންވީނު..!” ނަފީސާ އެންމެފުރަތަމަ އެވާހަކަ އަންގަންބޭނުންވީ ނާއިފްއަށްށެވެ. އޭރުންވެސް ވީރާނަވަމުންދާ ނިހާމާގެ ދިރިއުޅުމަށް އާރޯކަމެއްލިބިދާނެކަމަށްށެވެ.

“ހޫމް..! ގެއަށްގޮސް ގުޅާނަން.. ކޮން އިރަކުން ގެއަށްދެވޭނީ..؟” ނިހާމާ ހިތާމާތަށް ފޮރުވަމުން ބުނެލިއެވެ.

ގެއަށްވަދެވުމާއިއެކު ނިހާމާ އެންމެފުރަތަމަވެސް ގުޅީ ނާއިފްއަށްށެވެ. އެހެންނަމަވެސް ނާއިފް ފޯނަކަށް ޖަވާބެއްނުދެއެވެ. އެންމެފަހުން މާޔޫސްކަމާއެކު ހުރެ ނާއިފްގެ މަންމަ ފަރީސާއަށްގުޅިއެވެ.

“ހަލޯ..” ފަރީސާ ފޯނުނެގިއެވެ.

“މަންމާ.. ކިހިނެއްތަ ހާލު..؟ ކޮބާ ނާއިފް..؟” ނިހާމާ ހާލު އަހާލަމުން ނާއިފް ކޮބާތޯ ސުވާލުކުރިއެވެ.

“ރަނގަޅު.. ނާއިފް އެބައުޅޭގޭގަ.. ކޮންމެސް މީހަކާ ގުޅައިގެން އުޅެނީ..!” މިޖުމުލައިން ނިހާމާގެ ހިތަށް ވަރަށް ތަދުވިއެވެ. ނާއިފް އަށް ނިހަމާ ގުޅިކަން އެނގިހުރެ ފޯނަށް ޖަވާބުނުދިނީކަން އެނގުނީމައެވެ.

“މަންމާ.. މަންމަ މާމައަކަށް ވަނީ..!” ނިހާމާ ގަދަކަމުން ހީލަމުން އެއުފާވެރި ހަބަރު ދިނެވެ.

“އެހެންތަ..! ދަރިފުޅު އަވަހަށް އާދޭ މިކޮޅަށް.. މަންމަ ބޭނުމީ މަންމަ ކައިރީ ހުންނަން..!”ފުރަތަމަ މާމަދަރިފުޅު ލިބެންއުޅޭކަން އެނގުމުން ފަރީސާ އުފަލުން ހުރެ ވާހަކަދެއްކިއެވެ.

“ފަހުން ގުޅާނަން..!” ނިހާމާ އަވަހަށް ފޯނުބޭއްވީ ރޮވިދާނެތީއެވެ. ނާއިފް ގެ އެންމެފަހުގެ ނިންމުން ފަރީސާއަށް ނޭނގެނީކަން ނިހާމާއަށް ވިސްނުނެވެ.

އިސާހިތަކު ފަރީސާ އެއުފާވެރިހަބަރު ގޭގެ އެންމެންނަށް ފޯރުކޮއްދިނެވެ. އެހަބަރު ނޭނގެނީ ހަމައެކަނި ނާއިފްއަށްށެވެ. ފަރީސާ ހީކޮއްގެންހުރީ ނިހާމާ ނާއިފްގެގާތު އެވާހަކަ ބުނެފާނެކަމަށްށެވެ. އަދި ނާއިފް ހުންނާނީ ނިހާމާ ބަލާދާން ތައްޔާރުވެގެން ކަމަށްށެވެ.

“ނާއިފް ކޮންއިރަކުން ދަނީ..؟” ކޮޓަރީގައި ލެޕްޓޮޕް ހުޅުވައިގެން އިން ނާއިފް ސިހިގެން ދިޔައީ ފަރީސާގެ އަޑަށްށެވެ.

“ކީކޭ.. މަންމާ..؟ ނާއިފް ސުވާލުކޮއްލީ ބުނިއެއްޗެއް ރަނގަޅަށް ސާފުނުވެގެންނެވެ.

“މަންމަ ބުނީ ކޮން އިރަކުންހޭ އޭނަ ބަލާދަނީ..؟” ފަރީސާ ސުވާލު ތަކުރާރު ކޮއްލިއެވެ.

“ކާކުތަ..މަންމާ..؟” ލެޕްޓޮޕަށް ބަލަންއިނދެ ނައިފް އަށް އަނެއްކާވެސް ސުވާލުކުރެވުނެވެ.

“ސާބަސް..! ނިހާ ބަލާދަނީ ކޮން އިރަކުންހޭ!” ފަރީސަގެ މިޖުމުލައިން ނާއިފް ފަރީސާގެ މޫނަށް ބަލާލިއެވެ.

“ނިހާ..؟” ނާއިފް ހައިރާން ކަމާއެކު ބުނެލިއެވެ.

“ދަރިފުޅު ނިހާ ބަލާދާކަށް ނޫޅެންތަ..؟” ފަރީސާ ހައިރާންކަމާއެކު ސުވާލުކުރިއެވެ.

“މަންމާ.. އަހަރެން މިހާރު ގޮތެއް ނިންމައިފިން.. ނިހާ ވަރި..!” ނާއިފްގެ ޖުމުލަ ހުއްޓުވީ ފަރީސާއެވެ.

“ނާއިފް..!! ތިނިންމުން ނިންމި އިރު އެންމެފަހަރަކުވެސް ވިސްނާލިންތަ..؟” ފަރީސާ ނާއިފްގެ ނިންމުމާމެދު ހިތްހަމަނުޖެހުނެވެ.

“މަންމާ އަހަރެންނަކަށް ނިހާއާއި އެއްކޮން ނޫޅެވޭނެ..!”

“ނާއިފް ނިހާމާ މިގެއަށް ގެނޭ..! މިހާރު އެއީ އެންމެ ރަނގަޅުގޮތަކީ..! އޭގެފަހުގަ ހަގީގަތް ބަލަންބޭނުމިއްޔާ ބަލާ..!” ފަރީސާ ނާއިފްއަށް ބަލާލީ އިތުރުގޮތެއް ނެތޭ ބުނާކަހަލަގޮތަކަށްށެވެ.

“އެކަމަކު މަންމާ.. ކޮން ހަގީގަތެއްތަ އިތުރަށް ބަލަން އޮތީ..؟ މިހާރު ހުރިހާކަމެއް އެނގި ސާފުވެއްޖެ..! ނިހާމާ އަކީ މަންމަ ތިހީކުރާ ކަހަލަ ކުއްޖެއްނޫނޭ..! އަހަރެންނަކަށް ނިހާ ފެންނަހިސާބަކު ނޫޅެވޭނެ..!”

“ނިހާމާ އަށް ކުށެއްކުރެވުނީ… މައްސަލައެއްނެތް.. އެކަމަކު އަދި އެއްފުރުސަތު ދޭންޖެހޭނެ..! ތިހެންތިހަދަނީ ރަނގަޅަށް ހަގީގަތް ނޭނގެނީސް..! އެހާލުގަ އިންދަ ތިހެންހަދަން ހެޔޮވެސްނުވާނެ..! ނާއިފްގެ ދަރިއަކަށް ބަލިވެއިންދަ ތިހެން ވަރިކުރީމަ އެފަކީރު އުޅޭނެ ހާލެއްއެނގޭތަ..؟” ފަރީސާ ނާއިފް އަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ކީކޭ..؟ ” ނާއިފް ހައިރާންކަމާއެކު ސުވާލުކުރީ ފަރީސާ ބުނިއެއްޗެއް ޔަގީންނުވެގެންނެވެ.

“ނިހާމާ ނުބުނޭތަ..؟” ފަރީސާ ވެސް ހައިރާންވީ ނާއިފް އަށް އެކަން ނޭނގޭތީއެވެ. ނާއިފް އަށް ބުނާނެއެއްޗެއް ނޭނގިފައި ހުރެވުނެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގުނެވެ.

“އަދިވެސް ގޮތްދޫކުރާކަށް ނުވޭތަ..؟ ނާއިފްއަށް ޖެހޭނީ ނިހަމާ މިގެއަށް ގެންނަން..! އެއީ މަންމަގެ ނިންމުން.. މިހާތަނަށް މަންމަގެ ނިންމުމާ ނާއިފް ދެކޮޅުހަދާފަކާއި ނެތް.. އުންމިދުކުރަން މިފަހަރުވެސް މަންމަ މިއެދުނުގޮތަށް ކަންތައްކުރާނެކަމަށް!” ފަރީސާ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

އާދުވަހަކަށް އިރުއެރީ އާކަންތައްތަކަކަށް މަރުހަބާ ކިޔަމުންނެވެ. ބަނަވެ އަނދިރިވަމުންދިޔަ ނިހާމާގެ ދިރިއުޅުމުގައި އުންމީދުގެ ހުޅުކޮޅު ދިއްލިގެންދިޔައީ ނިހާމާގެ ހަށިގަނޑުތެރޭގައި ވިންދުޖަހަމުންދިޔަ ފުރާނައިގެ ސަބަބުންނެވެ. ނިހާމާގެ މޫނުމަތިން ކުޑަނަމަވެސް އުޖާލާކަމެއް ފެންނަންފެށުމުން ނަފީސާގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނެވެ.

“ދަރިފުޅާ.. ހިނގާ ސައިބޯން.!” ސިޓިންރޫމްގައި އިން ނިހާމާގެ ގާތުގައި އިށީންނަމުން ނަފީސާ ވާހަކަދެއްކިއެވެ.

“ހޫމް..! ކޮބާ ދޮންބެ..؟” ނިހާމާ ސުވާލުކުރިއެވެ.

“ނިހާ…!” ދޮރުމަތިން މީހަކު ނިހާއަށް ގޮވާލުމުން ނަފީސާއާއި ނިހާމާއަށް އެކުއެކީގައި ދޮރާދިމާލަށް ބަލާލެވުނެވެ.

ނުނިމޭ….

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 13..

Next

ފުންއަސަރު -01

Next
February 19, 2016

ފުންއަސަރު -01

Previews
February 18, 2016

ކުރަމުން ތިދާހާ ގޯނާ 13..

15 Comments

  1. Sal says:
    February 18, 2016 at 11:05 pm

    Vvvvvv salhi. Avahah up kodhechey.

  2. nahthu says:
    February 18, 2016 at 11:11 pm

    Nice story i love it

  3. shima says:
    February 18, 2016 at 11:19 pm

    Me third. .. hehe…. it’s nice ☺

  4. Aimsithu says:
    February 18, 2016 at 11:20 pm

    Kaaku baa e govaaaly… naaif thoache. . Eyna aa eku dhaane kameh nei.. foni meeheh eyee

  5. Zaanaa says:
    February 18, 2016 at 11:44 pm

    Maakuru avahah up kohdeeba pls pls pls

  6. ryn ryn says:
    February 19, 2016 at 12:57 am

    naaif is such a dumbass. ehaa galhi meehun ves ulheytha dhen?
    meehaku kotari ah vany gadhakamun kan ves ingey.. ekamu fottegga huri liyun thakeh fenifa anekka heybali vejje.

    and who the #$#%[email protected] writes on paper? phona kulhen neygey dhemeehun tha?
    sorry, but this made the story quite galhi.

    otherwise nice story. keep it up. 😀

  7. faz says:
    February 19, 2016 at 6:47 am

    Hehe ehaa secretive kameh meehakah shakku vaahen kureytha?? Phonun msg kureema naaif might hv seen dat n datz wat he might hv thought..so it doesnt make the story [email protected] ryn..its just wat wud hav happned in such a situation..

  8. ryn ryn says:
    February 19, 2016 at 11:27 am

    hi faz, i guess i was a bit rude, it wasnt towards the author. just annoyed at naif.
    but i hav to say i disagree.
    naif ah fenidhaanethy phone ah msg eh nukurevey but keeping written notes right in the room. hmm.. wats more dangerous?

  9. saa says:
    February 19, 2016 at 12:41 pm

    v v salhi v v udate kohdheyne kamah unmydhu kuran

  10. nim says:
    February 19, 2016 at 1:04 pm

    Pis pis galhi naaif .. princess lilyy .. naaif kitnanme galhi yas i wnt at the end naaif aa nihaa aa gulhehen pls pls pls ..r dhemyhun gulhuvahchey .. waiting fr nxt part .. ?☺

  11. Shuaibmoosa says:
    February 19, 2016 at 2:52 pm

    Vvvv salhi……….

  12. me says:
    February 19, 2016 at 6:22 pm

    Heheh

  13. me says:
    February 19, 2016 at 6:29 pm

    Me ah hyvany thi liyunthahves thy goaheh hen.. Alaange kameh thoacheh.. Story nice.. Waiting waiting

  14. Zaanaa says:
    February 19, 2016 at 9:19 pm

    Up kohdeeba pls pls

  15. Mari says:
    February 20, 2016 at 8:08 am

    Vvv salhi.,.I like it…kon irakun tha next part up kurany…vvv kiyaaa hivey…keep it up and thanxxx

Comments are closed.

All Right Reserved!