Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 14..

kamana Level 310 Stories500 Comments100 Comments
February 20, 2016 5 Mins Read
31 Comments

“ތީ ތީ…… ” އަމޭލިއާގެ އަނގައިގަ ބަސް ތާށިވާކަހަލައެވެ.

“ހޭ މޭން.. މިތާގަތަ.. ސަޅި އިނގޭ” ރާސިލްގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން މިފްޒާލް ބުންޏެވެ. ރާސިލް އަމޭލިއާ އާއި ދިމާލަށް ބަލާލީ އަމޭލިއާ އިން ގޮތުންނެވެ. އަމޭލިއާގެ މޫނަށް ބަލާލަމުން ރާސިލްއަށް ކުޑަކޮށް ހެވުނެވެ. “އަދި ރެސްޓު ބޭނުންވާނެ.. މިއަދު ރަނގަޅީއާ މާދަމާއަށް ދޫކޮއްލާނެ.. ޓޭކް ރެސްޓު” ރާސިލް ނިކުމެ ދިޔައީ އަމޭލިއާއަށް އެއްލޯ މަރާލަމުންނެވެ. އަމޭލިއާ އަދިވެސް އިނީ ލޮލުން ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވެފައެވެ.

“ދަރިފުޅާ.. ކިހިނެއްވީ،.. އަމީނާ” އަބްދުލް ރަހުމާނު އައިގޮތަށް އައިސް އަމޭލިއާއަށް ވީގޮތް އޮޅުންފިލުވިއެވެ. އޭރުވެސް އެމޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “ނުވޭކަމެއް.. ހުންގަދަވީ… މިހާރު ރަނގަޅު ދޯ ދަރިފުޅާ” އަމީނާ އަބްދުލް ރަހުމާނުގެ ސުވާލަށް ޖަވާބު ދިނުމައްފަހު އަމޭލިއާގެ ތަންމަތި ރީތި ކޮއްލީ އަމޭލިއާ އެނދުގައި ބާއްވަމުންނެވެ.

…..

ހޮސްޕިޓަލްގެ ބިއްދަށު ފަރާތުގައި މުއްއްޒަފުންނަށް ހަދާފައިވާ ރެސްޓިން އޭރިއާގައި އަތަށް ހޫނު ކޮފީ ތައްޓެއް ލައިގެން ރާސިލް ހުރީ ފުންވިސްނުމެއްގައެވެ. ގަސްތަށް ގިނަވުމުގެ ސަބަބުން ޖެހުމުން ދިޔައީ ފިނި ވައިރޯޅިއެވެ. “ޑރ ރާސިލް…” ޔާމިންއައިސް ރާސިލްއާ ޖެހިގެން ހުރި ބެންޗުގައި އިށީނީ ޖަވާބު ބޭނުންވާ މީހެއްފަދައިންނެވެ. “އެއީ ވަރަށް ގާތް ކުއްޖެއް… އޭނަގެ މަންމަ ހޮސްޕިޓަލް ތެރޭގައި ރޯންހުއްޓާ ފެނުނީމަ އެނގުނީ.. ސޮރީ… އެން ތޭންކސް އެނގޭ އެ ޕޭޝެންޓްގެ ކަންތަ އަހަރެންގެ އަތްމައްޗަށް ދޫކޮއްލީމަ..” ޔާމިންގެ މޫނަށް ބަލާލަމުން ރާސިލް ބުނީ ކުޑަކޮށް ހެވިލާފައެވެ. ” ކިހާ ގާތް ކަން ވެސް މިހާރު އެނގިއްޖެ.. އަހަރެން ކައިރިއަށް ދުވެފަ އައިގޮތުން ހީވީ ބިރެއް ފެނިގެން އުޅުނު މީހެއްހެން.. ކަމެއްދޯ އެއީ… ވަރަށް ލޯބި މަންޖެއެއް..” ޔާމިން ދަމުން ދިޔައީ ރާސިލްއާ ކުޑަކޮށް ދިމާކޮއްލާފައެވެ. ރާސިލްއަށް ހީލެވުނީ ހިތައްއެރި އެއްޗަކުންނެވެ. އެހެންނަމަވެސް ފުންނޭވާއެއް ދޫކޮއްލެވުނީ އަމޭލިއާ އެއްބަސް ނުވާނެތީއެވެ. ލޯބި ވާވަރު ދުނިޔެއަށް ހާމަކުރިއަސް އަމޭލިއާގެ ހިތް ލެނބޭނޭ ހިތެއް މިހާރު ނުބުނެއެވެ.

……….

އިވެމުން ދިޔައީ ތުއްތު ކުދިން ރޯއަޑާއި މީހުން ވާހަކަ ދައްކަމުން ދިޔަ އަޑެވެ. އަމޭލިއާ ވޯޑުގައި އޮތީ ފުންވިސްމުމެއްގައެވެ. ރާސިލްގެ މޫނު ދެންމެ ދެންމެ ސިފަވާކަހަލައެވެ. އެއްލޯ މަރާލައިފައި ދިޔަ މަންޒަރު ލޯ މަރާލާ ކޮންމެ ގަޑިއެއްގައިވެސް ފެނެއެވެ. އެ ފިރިހެން ވަންތަ ހިނިތުންވުން ފެނި ހަމަ ރަނގަޅަށްވެސް ފިދާވެވިއްޖެއެވެ. ހުވަފެނީ އާލަމުގައި އޮތް އަމޭލިއާ ސިހުނީ މީހަކު ގޮވާލުމުންނެވެ.

“އެމީ… މިހާރު ކިހިނެއް… “ޒީނާ އާއި އެކީ ވޯޑަށް ވަދެގެން އައި މާޒިން އަހާލިއެވެ. “އުހުމް އުހުމް.. އެކަނި އެކަނި އޮވެގެން ތިހެނީ ކީއްވެ.. ކަމެއްވީތަ” ޒީނާ އައިގޮތަށް އައިސް އަމޭލިއާ މަގަތުގައި އިށީނީ ކައިރީގައި ހުރި ގޮޑި މާޒިންއަށް ދައްކަމުންނެވެ. އަމޭލިއާއަށް ތުންފަތުގައި ދަތްއަޅާލެވުނީ ލަދުންނެވެ. “އެމީ.. ކިހިނެއް” އަމޭލިއާ އެއްޗެކޭ ނުބުނުމުން މާޒިން ސުވާލު ތަކުރާރު ކޮއްލިއެވެ. “ހަމަ އޯކޭ.. މާދަން ހެނދުނު ދޫކޮއްލާނެ… މިރޭ ޗެކް ކުރުމައްފަހުވެސް ދޫކޮއްލަފާނެ… ކިހިނެއް އޮފީސް… މިތަނުން ނިކުމެވޭ އިރަށް އޮފީހަށް ނިކުންނާނަން އެނގޭ” މާޒިންއާ ދިމާލަށް ބަލާލަމުން އަމޭލިއާ ބުންޏެވެ. “ނޫނޭ ރެސްޓު ދުވަސްކޮޅެއް ނަގަންވީނު.. ދެދުވަސް ވަރު.. އެމީ މާބިޒީކޮށް އުޅުނީމައޭ ތިހެން ތިވީ.. މެޑިކަލް ލެޓާރ އެއް ދިނީމަ އޯކޭވާނެ.. ” މާޒިންއާ އެއްބަސް ވުމުގެ ގޮތުން އަމޭލިއާ ބޯޖަހާލިއެވެ.

……

“އެމީ ދެން ދަނީ… ” މާޒިންއާއި ޒީނާ ތެދުވަމުން ދަނީ ކަމަށް ބުނީ އެތަށް އިރަކު އިނުމައްފަހުގައެވެ. ދާން ހިނގައިގަންނަން އުޅުނު މާޒިންއާއި ޒީނާ ހުއްޓުނީ ވަދެގެން އަންނަ ރާސިލް ފެނިއެވެ. ޒީނާ އަމޭލިއާ އާއި ދިމާލަށް ބަލާލީ ޔަގީން ނުކުރެވިއެވެ. އަމޭލިއާ ބޯޖަހާލީ ޒީނާ ވިސްނަމުން ދިޔަ ކަންތަކަށް އާއެކޭ ބުނުމަށެވެ.

“ކޮބާ މަންމަ” ރާސިލް އައި ގޮތަށް އަމީނާގެ ވާހަކަ އަހާލިއެވެ. ޒީނާ އެބަ އަންނަމޭ ކިޔާފައި ނިކުތީ އަމީނާ ބަލާ ދިޔުމަށެވެ. މާޒިންއަށް ބަލާލެވުނީ އަމޭލިއާއަށެވެ. އިސްޖަހައިގެން އިން އަމޭލިއާ ފެނި އަމޭލިއާގެ މިޒާޖައް އައި ބަދަލުގެ އަސްލަކީ ރާސިލްކަން ނަގައި ގަނެވުނެވެ.

“އެމޭލިއާ ގެއަށް ގެންދިޔަޔަސް އެންމެ ރަނގަޅު… ހުރިހާ އެއްޗެއް މިހާރު ނޯރމަލް.. އެކަމު މިބޭސްތަށް ވަގުތުން ވަގުތަށް ކާންވާނެ.. ދެން ރެސްޓުބޭނުންވާނީ.. އަދި ދެދުވަސް ފަހުން ޗެކްއަޕްއަށް ގެނެސްދޭންވާނެ…” ރާސިލް އަމީނާއާއި ވާހަކަދައްކަމުން ދިޔައީ އެންމެ ފަހަރަކުވެސް އަމޭލިއާގެ މޫނަށް ބަލާނުލައެވެ. އަމޭލިއާގެ ހިތުގައި ރިއްސާލީ އެގޮތަށް ރަސިލް ކަންތައްކުރުމުންނެވެ. ރާސިލް ދިޔަ ދިމާލަށް އަމޭލިއާ ބަލަހައްޓައިގެން އިނީ ފެންކަޅިވެ އިނދެއެވެ. މާޒިން އަމޭލިއާ އާއި ދިމާލަށް ބަލާލީ އެހިތަށް ވާނެ ތަދު އިހްސާސް ވާކަހަލަ މީހެއް ހެނެވެ. “ދަރިފުޅާ ހިނގާ ދާން.. ބައްޕައަށް ގުޅާލާފަ އެބަ އަންނަން.. ޒީނާ މަޑުކޮއްލަން ވީނު… ” އަމީނާ ދަމުން ޒީނާ އަމޭލިއާ ކައިރީގައި އިނުމައް އެދުނެވެ. މާޒިންވެސް އަނބުރާ ގޮޑީގައި އިށީނީ އަމޭލިއާ އާއި ދިމާލަށް ބަލަމުންނެވެ. ޒީނާ އަށް މާޒިންގެ ލޮލަށް ބަލާލެވުނީ އެލޯ އަމޭލިއާއަށް އަމާޒުވެފައިވާތަން ފެނިއެވެ. “އެބަ އަންނަން…” ޒީނާ އަވަސް އަވަހަށް ނިކުމެގެން ދިޔައީ ހިތުގައި އަތް އަޅަމުންނެވެ. ޒީނާއަށް ފެންނަ ހިސާބެއްގައި މާޒިން އިތުރު އަންހެން ކުއްޖަކާ ދިމާލަށް ބަލާލިއަށް ހިތުގައި ހުޅުރޯވެއެވެ.

“އެމީ” އިސްޖަހައިގެން އިން އަމޭލިއާގެ އަތުގައި މާޒިން ހިފާލިއެވެ. އަމޭލިއާ އިސްއުފުލާ ބާލާލީ ހިނިތުންވުމެއް ރައްދުކުރަމުންނެވެ. މާޒިންއަށް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވާފައިވާ ހިތާމަތަށް ސިފަވިއެވެ. “އެމީ.. ކީއްވޭ.. ކީއްވެ ތި އުންމީދު ކުރަނީ” މާޒިންއަށް ނުހުރެވުނެވެ. އަމޭލިއާ ތެޅޭ ތެޅުމަކީ މާޒިންގެ ހިތައް ކެއްވާވަރުގެ ކަމެއް ނޫނެވެ. “ނޭނގެ.. ލޯބިވާތީ… ވަރަށް ލޯބިވޭ” އަމޭލިއާ އޮތް ވޯޑުގެ ކުރިމައްޗަށް ހުއްޓުނު ރާސިލްއަށް އަމޭލިއާ ބުނި އަޑުއިވުނެވެ. ކުޑަކޮއް ބޯދިއްކޮއްލީ އެތެރޭގައި ހުރީ ކާކުތޯ ބަލާލުމަށެވެ. އަމޭލިއާގެ އަތުގައި ހިފަހައްޓައިގެން ހުރި މާޒިންފެނި ރާސިލްގެ ހިތް ކުދި ކުދި ވިކަހަލައެވެ. އަނބުރާ އައިކޮޅަށް ދިޔައީ އެއީ ނުފެންނަ މަންޒަރެކޭ ހިތައްވިސްނާ ދެމުންނެވެ.

………

“މާޒިން.. ” އަމޭލިއާ މާޒިންގެ އަތުތެރެއިން އަތް ދަމައިގަތެވެ. އެވަގުތު މާޒިންއާއި އަމޭލިއާގެ ހަތަރު ކަޅި ހަމަވިއެވެ. ފުރަތަމަ ފަހަރަށް މާޒިންއާ ދިމާލަށް ބެލުމަށް އަމޭލިއާއަށް އުދަގޫވިއެވެ. މާޒިންގެ ދެލޮލުން އަމޭލިއާއަށް ފެނުނީ އެހެން އެއްޗެކެވެ. އަމޭލިއާ އަވަސް އަވަހަށް އިސްޖަހާލީ ނުފެންނަ ކަމަށް ހަދަމުންނެވެ. “މަންމާ.. ހިނގާދާން” ވަދެގެން އައި އަމީނާއާއި އަބްދުލް ރަހުމާނު ފެނި އަމޭލިއާ އެތަނުން ނިކުތުމަށް އަވަސްވިއެވެ.

………..

ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ އުފާ ހޯދުމަށް ނާސިރާގެ ދަމަފިރިން ޓެރަސްގައި ތިބީ ކޮފީއެއް ބޯލުމަށެވެ. ވަށައިގެންވާ މާހައުލަށް ނާސިރާ ބަލާލީ ފުންކޮށެވެ. ހެނދުނުގެ ހިތްފަސޭހަ ވަގުތުގައި އަޑެއް ބަޑެއް ނީވުން އެއީ މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ކަމަކަށެވެ.

“ނާސިރާ..  ނޫރާ އަންނަ ހަފްތާގައި ރަންކިޔާނެ.. ރާސިލް އާއި ނޫރާގެ ކައިވެނި ދެހަފްތާ ތެރޭގައި ކުރެވޭނެ.. އެހެންވީމަ އެކަމަށް ވަރަށް ތައްޔާރުވާން ޖެހޭނެ.. ކޮބާ ރާސިލް.. ޑިއުޓީ ނިންމާފަ ނާދޭތަ.” މަހުމޫދު ރާސިލްގެ ކައިވޭނީގެ ވާހަކަ ދެއްކުމުން ނާސިރާ ހިތްހަމަ ނުޖެހުނެވެ. ” މަހުމޫދޫ.. ހީނުވޭތަ ކައިވެނި ކުރެވޭލެއް އަވަސްހެން… ރާސިލްގެ ބަހެއްވެސް ބޭނުންވާނު” ބިރުން ހުރެ ނަމަވެސް ނާސިރާ ދުރުދުރުން ބުންޏެވެ. “އޭނަ އެއްބަސް ވެއްޖެ… އެހެންވީމަ އެ ނިމުނީނު.. އެހެން ނޫނަސް އުބައިދު ފުރުމުގެ ކުރިން ހުރިހާ ކަމެއް އެބަޖެހޭ ނިންމަން..” ކުދިންގެ ކަންތައްތަކުގައި މައިންބަފައިން އަވަސް އަރުވާލުމަކީ ނާސިރާ ހިތްހަމަ ޖެހޭކަމެއް ނޫނެވެ. އެހެން ނަމަވެސް ރާސިލްއަށް ދެރަގޮތެއް ވުމަށް މަހުމޫދު ނޭދޭނެކަން ނާސިރާއަށް އެނގެއެވެ.

……….

ސިގިރޭޓް އަކަށް ފަހު ސިގިރޭޓްއެއް ރޯކުރަމުން ދިޔަ އުބައިދު ފަސްއެނބުރި ބަލާލީ ނޫރާ ގޮވާލުމުންނެވެ. “ބައްޕަ ހާދަ ހާސްވެފަ…. ރާސިލްގެ ބައްޕަ އިބެން ތިރީގަ” އުބައިދުގެ މޫނުމަތިން އަބަދުވެސް ނޫރާއަށް ފެންނަމުން ދިޔައީ ބިރުވެރިކަމާ ސިހުމެވެ. މާލެ އަރާ ކޮންމެ ފަހަރު އެ އަންނަ ބަދަލަކީ ނޫރާ ދެނެ ގަންނަން އުޅެ އުޅެ ނޭނގުނު ކަމެކެވެ.

“އަހަން.. ކޮން ދަތުރެއް” މަހުމޫދުގެ މަގަތުގައި އިށިންނަމުން އުބައިދު އަހާލިއެވެ. “އުބައިދު ކިހިނެއްތަ ތިވަނީ… އެކަންތަކާ ނުވިސްނަބަލަ.. މީހާ ތި ހަލާކުވަނީ.. އެހެންވެ އަހަރެން އޭރުވެސް ބުނީ އެކޮޅުގަ މަޑުކުރާށޭ” އުބައިދަށް ވިސްނާދެމުން މަހްމޫދު ދިޔައެވެ. އެހެން ނަމަވެސް ކިތައްމެ ވަރަކަށް ވިސްނާ ދިނަސް އުބައިދަށް ބަދަލެއް ނާންނާނެކަން ހުދު މަހްމޫދައްވެސް އެނގެއެވެ. “ކީއްވެތަ ތި ހުރިހާއެންމެން އަހަރެން ކައިރީގައި ނުވިސްނާށޭ ތިކިޔާނީ.. މާލެއަށް އަރާއިރަށް އަހަރެންނަށް އެކުއްޖާ ހުވަފެނުން ފެނޭ.. ބޮޑު ފިރިހެނަކަށްވެ ހުރެ އޭނަ އާދޭސް ކުރަމުން ދިޔަ ތަން ފޭނޭ.. އޭނަގެ ގައިން ލޭފައިބަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ހުސްވެދާނެ ހެން… އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން އެއީ.. އެކަން އެންމެ ރަނގަޅަށް އެނގޭނީ ތިމީހުންނަށް.. އަހަރެންނަށް އެކަންތަކާ ދޭތެރޭ ނުވިސްނަން ހުއްޓަސް ވިސްނެނީ” އުބައިދު ދެކަކޫ މަތީގައި އަތް ބެހެއްޓުމައްފަހު ބޮލުގައި ދެއަތުން ހިފާލިއެވެ. މަހުމޫދަށް އެންމެ ގާތް ރަހުމަތް ތެރިއާ އާއިމެދު ހަމްދަރުދީ ވެވުނެވެ. “އެކަމާ ނުވިސްނާ… ރާސިލްއާ ނޫރާގެ ކައިވެނި ކުރެވޭކަށް ދެން ނެތެއްނު ދުވަހެއް.. ކެއްކޮއްލާ” އުބައިދު ބުރަކަށީގައި ދެތިންފަހަރު މަހްމޫދު ޖަހާލީ ހިއްވަރު ދިނުމަށެވެ.

*********

މުޅި ކޮޓަރި ތެރެއަށްވަނީ އޭސީގެ ފިނިކަން ފެތުރިފައެވެ. ކޮޓަރީގެ ކަނަކު ބަހައްޓާފައިވާ މާގަސް ކައިރީގައި އަމޭލިއާ އިނީ އޭގައި ފޮޅިފައިން މަލުގައި އަތްކާތާލަ ކާތާލެވެ. އޮފީހަށް ނުދާތާ ދެދުސް ވެފައިވުމުން އަމޭލިއާގެ މޫނުމަތިން ފެންނަނީ ކަންނެތްކަމެވެ. “ދަރިފުޅާ… އާދޭ ސައިބޯން” އަމީނާ އަމޭލިއާއަށް ގޮވާލީ ހަވީރުގެ ސައި ތައްޔާރު ކުރުމައްފަހުގައެވެ.

ޓެރަހުގައި ހަވީރުގެ ސައި ތައްޔަރު ކުރުމައްފަހު އަމީނާގެ ކުޑަ އާއިލާ މޭޒަށް ހަމަކޮއްލިއެވެ. “ޔަމް ޔަމް.. ހާދަ މީރުވަސް ދުވައޭ… މަންމާ ހަވާދުލީ ބިސްމީ އަޅުގަނޑަށް ހާއްސަދޯ” މިފްޒާލް އަމޭލިއާ އާއި ދިމާލަށް ބަލާލީ ޖެއްސުން ކުރުމުމަށެވެ. “އެހެން ވިއްޔާ ޕުޑިން އެއީ އަޅުގަނޑަށް ދޯ” މިފްޒާލްއަށް ދޫނުދޭން އަމެލިއާވެސް ޕުޑިންތަށި ގާތްކޮއްލިއެވެ. “ދެން ސަކަރާތް ނުޖަހާ.. ދެމީހުން ތި ނަގައިގެން ހުރީމަ އެކަކަށްވެސް ނުކެވޭނެދޯ” އަމޭލިއާ މިފްޒާލްއާ ދިމާލަށް ދޫނެރެލީ ބަލިވީއޭ ބުނަމުންނެވެ. ދަރިންގެ ސަކަ މިޒާޖައް އަންދުލް ރަހުމާނަށް ހީލެވުނީ ކިތެއްމެ ވަރަކަށް ވިސްނާދިނަސް އެކުދިން ބޮޑު ނުވާނެތީއެވެ. އަމޭލިއާ އާއި މިފްޒާލް ދެމީހުން ދެމީހުންނަށް ބަލާލާ ސޫޝް ހަދާލުމުން އަމީނާއަށް ހެވުނެވެ.

“އާމް މަންމާ.. ބައްޕާ.. އަޅުގަނޑު ވާހަކައެއް ބުނަން ބޭނުންވެފަ އެބައޮތް..” އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރަމުންދިޔަ އެންމެން އަމޭލިއާ އަށް ސަމާލުކަމެއް ދިނީ އެބުނަން އުޅޭވާހަކައިގެ ސީރިއެސްކަން އަމޭލިއާގެ މޫނުމަތިން ފެންނާތީއެވެ.

“މީ ކުޑޭގެ މަރުގެ މައްސަލަ ބަލަން އަޅުގަނޑު ބޭނުންވާތީ” އަމޭލިއާ ޖެހިލުންވެ އިނދެ އަބްދުލް ރަހުމާނަށް ބަލާލީ އެމޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ބަލާލުމަށެވެ. އެހެން ނަމަވެސް އަބްދުލް ރަހުމާނުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ. “އަމޭލިއާ ތިއުޅެނީ އަނެއްކާ މި އާއިލާއަށް އިތުރު ހިތާމައެއް ގެނުވަންތަ… ތި މައްސަލަ ބެލިއަސް ނުބެލިއަސް ވާނީ އެއްވަރު.. ތިކަންތައް ނުކޮށް ހުއްޓާލާ” އަބްދުލް ރަހުމާނު ފަހުބަސް އިއްވައި ބާރު ހިނގުމެއްގައި އެތެރެއަށް ވަނީ ރުޅިއައިސްގެންނެވެ. އަމޭލިއާއަށް އަމީނާ އާއި ދިމާލަށް ބަލާލެވުނީ އެއްބަސް ވާށޭ ބުނަމުންނެވެ. އެހެން ނަމަވެސް އަމީނާގެ ލޮލުން ފެންނަމުން ދިޔައީ މުޅިން އެހެން އެއްޗެކެވެ. އަމޭލިއާ އަށް ހިތް ދިރުވާލެވުނީ މިކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ހިތާއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އިންތިޒާރު ކުރި ލޯބި (2)

Next

ހިތް އެދެނީ 13

Next
February 20, 2016

ހިތް އެދެނީ 13

Previews
February 20, 2016

އިންތިޒާރު ކުރި ލޯބި (2)

31 Comments!

  1. Zaanaa says:
    February 20, 2016 at 4:13 pm

    V salhi haada kuray

    1. kamana says:
      February 20, 2016 at 10:09 pm

      Zaanaa kurutha. ? Anywayxxx thnk yu so much ?

  2. Amin says:
    February 20, 2016 at 4:19 pm

    Aww salhi.
    When is next part

    1. amin dheedee says:
      February 20, 2016 at 4:39 pm

      monday o monday night… i think 😉

    2. kamana says:
      February 20, 2016 at 10:10 pm

      Yes insha allah. N thnk u ?

  3. noo says:
    February 20, 2016 at 4:35 pm

    Mihaa salhi vaahaka eh nukiyan adhi. Wwwoooww haadha salhi ye…. Mirey next part up kohdhibala pls….

    1. kamana says:
      February 20, 2016 at 10:10 pm

      Thnk u so much noo. Mondayga nxt part ingeyy. Eyge kuriah liyevihjehyaa will upload. ?

  4. munee says:
    February 20, 2016 at 4:37 pm

    vvv reethi ..

    1. kamana says:
      February 20, 2016 at 10:11 pm

      Thnk u munee ?

  5. girl says:
    February 20, 2016 at 4:37 pm

    varah reethi.. 😀 hithah varah asaru kofi.. 😉 n varah bodah thanks iru hutta up kodhineema…

    1. kamana says:
      February 20, 2016 at 10:12 pm

      Heyy. Aslu iru huhtaa week thereyga up nukureveny officega ulheythii. Geah anna gothah up kuranii sorry for tht? N ya thnk u so much ?

  6. amin dheedee says:
    February 20, 2016 at 4:40 pm

    nice

    1. kamana says:
      February 20, 2016 at 10:12 pm

      Thnk u ?

  7. een says:
    February 20, 2016 at 4:55 pm

    V Reethi

    1. kamana says:
      February 20, 2016 at 10:13 pm

      Thnk u ?

  8. lidhoo says:
    February 20, 2016 at 4:58 pm

    Varah varah reethi

    1. kamana says:
      February 20, 2016 at 10:13 pm

      Thnk u so much ?

  9. eMi says:
    February 20, 2016 at 5:11 pm

    Alheyy,, kyhvetha knme storyehga vx loabivaa dhemyhun dhurukuruvany??!?!…,
    Dhn emi&rasil gulhuvaba kamana,., pllxxxx…

    Anyways,. Story is awesome., waiting 4 nxt part:)

    1. kamana says:
      February 20, 2016 at 10:14 pm

      Thnk u soo soo much. Abadhu ehgotheh dhw vanii. I will try hard ingeyy. Thnk u ?

  10. Ally says:
    February 20, 2016 at 6:48 pm

    Very nice, vvvv salhi. waiting for the next part.

    1. kamana says:
      February 20, 2016 at 10:15 pm

      Thnk u so much ?

  11. Aisha says:
    February 20, 2016 at 6:52 pm

    Kyhve baa emee ge dad beynun nuvany aathif ah insaaf hoadha dheyn… I wish i could do anything to make him understand to take emee’s point of view… Nubai myhunah eyge myhehge amaluge jazaa dhuniye mathy vx dhahkavaane… Hama e gothah insaaf nulibi thibey myhunah insaaf vx libenjeheyne

    1. kamana says:
      February 20, 2016 at 10:16 pm

      Very true lov. ?

  12. misty says:
    February 20, 2016 at 8:46 pm

    Varah salhi.. Whn nxt prt? Avahah up koh dhechey…

    1. kamana says:
      February 20, 2016 at 10:16 pm

      Thnk u so much. N ya insha allah up kohdheynan ingeyh ?

  13. noo says:
    February 20, 2016 at 8:47 pm

    Haadha salhiye . yes raasil n amee gulhuvabala . vv salhi

    1. kamana says:
      February 20, 2016 at 10:17 pm

      Letx c dhw heheh ?

  14. twnkl str says:
    February 21, 2016 at 9:35 am

    Wowww superb

    1. kamana says:
      February 21, 2016 at 4:35 pm

      Thnk u lov ?

  15. man says:
    February 21, 2016 at 2:53 pm

    emee baeh thanthanuga athif ah kudey. aneh thanthanuga thuhthu. kude and thuhthu mee ekakutha anekka

    1. kamana says:
      February 21, 2016 at 4:36 pm

      Oooh i m so so sorryyy. Aslu olheny. Thnk u so much bunedhinyma ?

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 15..←


All Right Reserved!