ނަޒްލާގެ އާއިލާއަށް ދިމާވި ހިތާމައިގައި ޔުމްނާއާ ޝާއިރު އަދި އަސްމާގެ އާއިލާއިންވެސް ވަރަށް އެހީތެރިކަން ލިބުނެވެ. އެކިގޮތްގޮތުން އެހީތެރިކަމާ އަދި ހިތްވަރު ދީ އެމީހުންގެ ހިތާމައިގައި އެންމެން ވެސް ބައިވެރި ވިއެވެ. ސައީދު ނިޔާވުމާ ގުޅިގެން އެންމެ އަސަރު ކުރީ ނަޒްލާއަށެވެ. އެ ހާދިސާގެ ފަހުން ދެމަސް ވީއިރުވެސް ނަޒްލާ ހަމައަކަށް ނޭޅެއެވެ. އާއިލާގެ އެންމެންނާ، އަސްމާއާ ޔުމްނާ އަދި އާސިމްވެސް ނަޒްލާއަށް އެހީވެދޭން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކުރިން އުޅުނުހެން ސަކަރާތް ޖަހާ، […]
.”ނޫން ނޫން..” ދެފަރާތަށް ބޯ ހޫރާ ލާފައި އަހަންނަށް ބުނެވުނެވެ. އަދި ދެފައިގައި ހުރި ބާރެއްލާފައި ގެއިން ނުކުތުމަށް ދުއްވައިގަތީމެވެ. “ރީ.. މަޑުކޮށްބާ… ޔޫ އާރ ޓޭކިން އިޓް ރޯންގް.. ރީ……” މާދު އަހަންނަށް ގޮވާ އަޑު އިވެއެވެ. ނަމަވެސް އަހަރެންގެ އެތެރެ ހަށީގައި އުފެދިފައިވާ ހައިޖާނުގެ ހޫނު ކަމުން އަހަރެން އަންދާ ކަހަލައެވެ. މާދު އަހަންނަށް އޮޅުވާލީއެވެ. އަހަރެންގެ ހިތް ގަބޫލުުކުރަމުން ދަނީ އެހެންނެވެ. އެހެން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ހުރި ގޮތް އަހަރެންގެ […]
ނީރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އާޝިޔާގެ ނަސޭހަތުގެ ސަބަބުން ނީރާ ހަމަޔަކަށް އެޅުނެވެ. އަދި ދެރަނުވެ ހިތްވަރު ކުރަން ނިންމިއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އާޝިޔާ ގަޑި ބަލާލިއެވެ. “ނީރާ.. ދައްތަ ދަނީ އިނގޭ… އިރުކޮޅަކުން އަންނާނެ ބޭބެ… ދައްތަ ދިން ނަސޭހަތް ގަބޫލުކުރަންޗޭ އިނގޭ…” ނީރާ އުނގުން ނަގަމުން އާޝިޔާ ބުނެލިއެވެ. ނީރާ ލުއި ހިނިތުންވުމެއް ދެމުން ބޯ ޖަހާލިއެވެ. “އަދި އެއްވާހަކަ ބުނެލަންތަ؟ ދައްތައަށް އިނގޭ ދަރިފުޅު ހިތްހަމަނުޖެހޭނެ…..” ” ނޫން […]
“ރާސިލް ބޭނުންވާ އިރަށް ހަނދާން ނައްތާލެވޭނެތަ.. އަހަރެންގެ ވެސް ހިތެއް އޮވޭ.. ރާސިލްއަށް އެކަނިތަ ލޯބިވާންވެސް އެނގެނީ.. އަހަރެންނަށްވެސް ލޯބިވާން އެނގޭ..” ރާސިލްގެ ބުރަކަށީގައި ބައްދައިގަނެގެން އޮވެ އަމޭލިއާ ކިޔަމުން ދިޔައެވެ. ރާސިލްއަށް އަމޭލިއާގެ ދެއަތުގައި ހިފާލެވުނު އިރު ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ހަނދު ވަށައި ވާހާ ތަރިތައް ނިވި ދިއްލޭއިރު ހީވަނީ ކަމަކާ އުފާކުރާ ހެންނެވެ. ރާސިލްއާ ދާދި ގާތުގައި އަމޭލިއާ އިށީދެލައިގެން އިން އިރު ރާސިލްގެ އަތްވަނީ އަމޭލިއާ ވަށާލާފައެވެ. ރާސިލްގެ އެ […]
ބައިގަޑިއެއްހާ އިރު ފަހުން ނަޒްލާ ނިކުތް އިރު ޔުމްނާއާ އަސްމާވެސް ކާމޭޒު ދޮށުގައި ތިއްބެވެ. “ހެޕީ ބަރތްޑޭ ނަޒޫ” ނަޒްލާ ފެނުމުން އަސްމާއާ ޔުމްނާ އެކީ ބުންޏެވެ. “ނޫޅެން… ރޭގަ ކީށްވެ ނުގުޅީ؟” ނަޒްލާ ރުޅި އައި ކަމަށް ހަދާފައި ބުންޏެވެ. “ރޭގަ ނުގުޅުނީއޭ… ދެން ބޮޑާ ނަހާކާ ތެންކްޔޫ އޭ ބުނެބަލަ! ހަދިޔާވެސް ހިފައިގެންނޭ މިއައީ” އަސްމާ ބުންޏެވެ. އަދި ޔުމްނާއާ ދެމީހުން އެކީ ސޯފާއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ނަޒްލާ އެދިމާއަށް ބަލާލާފައި ހަޅޭ […]
އަހަރެން އެންމެ ފަހުން އިސްޖެހީ އޭނާ ބަލާވަރުންނެވެ.”” ހޫން ދެން ބަލާ ވައްތަރެއް… މަ މީ އަރާކާ އެއްޗެއް ނޫން ވިއްޔާ ހައް.. ދެރަކަމެއްނު ދޯ….”” އަހަރެންގެ ހިތާހިތުން އޭނާ އަށް ފަތިވަރުތަށް ގޮވަމުން ގެންދިޔައީމެވެ. ” އޭ އެބަ އަންނަން އިނގޭ” މިހެން ބުނެފައި އާސިދު އެތެރެއަށް ވަނެވެ. ނަދާވެސް އޭރުވީ އެތެރޭގަ އެވެ. ” ހާއި… އައިމް މާދު.. ކޮންނަމެއް ތީނަ އަށް ކިޔަނީ؟” ޕީޗްކުލައިގެ ޓީޝާޓް ލައިގެން އިން ޒުވާނާ އަހަންނާއި ކައިރިއަށް […]
މީޝާ ގޮނޑީގައި އިށީދެ ދެންއޮތްގަޑިއަށް ތައްޔާރު ވިއެވެ. ޓީޗަރު އައިސް ގަޑި ފެށުމުން މީށާ ފޮތް ނަގައި ޓީޗަރަށް ސަމާލުކަން ދިނެވެ. ފިލާވަޅު ނަގައި ދިނުމަށް ފަހު ކުދިންނާ ސުވާލުކުރުމުގެ ތެރޭގައި މީޝާގެ ކައިރީ ގައި އިންގޮނޑީގައި އިށީދެލައިގެން އިން ކުއްޖާޔަށް ޓީޗަރުގެ ސުވާލު އަމާޒު ކޮށްލިއެވެ. މީޝާއަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. މީޝާ ސިއްސައިގެންގޮސް ތެދުވުނެވެ. ކުލާހުގެ ހުރިހާކުދިންގެނަޒަރު މީޝާއާއި ދިމާލަށް ހުއްޓުނެވެ. އެވަގުތު މީޝާއަށް އިސްޖަހައިލެވުނެވެ. އެދޮންމޫނަށް ގަދަރަތް ކުލައެއް ވެރިވެގެން ދިޔައެވެ. “މީޝާ ކިހިނެތްތަވީ..؟؟؟” […]
“ތެދަށް ބުނަންޏާ އެއްވެސް މާނައެއް ނެތް. ހަމަ އެކަނި އޮތްކަމަކީ ‘އެމީހެއްގެ އެއްޗެއް އެމީހަކަށް ލިބުން.’ އެހެން މީހަކު ކިތަންމެ ހޯދަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ.” އީމަންގެ މޫނު މަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ. ޒާން އީމަންއާ އަރާ ހަމަ ކޮށްލިއެވެ. “އެކަމަކު އަހަރެން ބޭނުންވި ނަމަ މިސްޓަރ ޑީޑީ އަށް ލާހިކެއް ނޫން މި ކުންފުނި އަނބުރާ ހޯދާކަށް.” އީމަން ޒާންއަށް ބަލައިލި ހިނދު ޒާން އީމަންއަށް ބަލައިގެން ހިނިއައިސްފައި ހުއްޓެވެ. އީމަންވެސް ބާރަށް […]
” އައްސަލާމު ޢަލައިކުމް ” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ. ވަރަށް ބަރު އަޑެކެވެ. ނަމަވެސް އިރުކޮޅަކުން އެމީހެއްގެ ހިނިގަނޑު ފަޅައިން ދިޔައެވެ. ” ހެލޯ ތިމް، އިޓްސް މީ އިޔާޒް. ” އަޑުއަހަން ހުރި އިރު އަހަންނަށް ހުރީ ހެވިފައެވެ. އިޔާގެ އެކްޓިންގ މޮޅު ކަމުންނެވެ. ” އައި ނިއު އިޓް. ހިހިހި… ސޯ ޔޫ ލޭންޑެޑް ސޭފްލީ އިޒިންޓް އިޓް؟ ޓޭކް ރެސްޓް. ކޯލް މީ ޓުމޯރޯ. ވީލް ޓޯކް ދެން. ” […]