Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ (16)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
February 25, 2016 6 Mins Read
27 Comments

 

ނީރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އާޝިޔާގެ ނަސޭހަތުގެ ސަބަބުން ނީރާ ހަމަޔަކަށް އެޅުނެވެ. އަދި ދެރަނުވެ ހިތްވަރު ކުރަން ނިންމިއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އާޝިޔާ ގަޑި ބަލާލިއެވެ. “ނީރާ.. ދައްތަ ދަނީ އިނގޭ… އިރުކޮޅަކުން އަންނާނެ ބޭބެ… ދައްތަ ދިން ނަސޭހަތް ގަބޫލުކުރަންޗޭ އިނގޭ…” ނީރާ އުނގުން ނަގަމުން އާޝިޔާ ބުނެލިއެވެ. ނީރާ ލުއި ހިނިތުންވުމެއް ދެމުން ބޯ ޖަހާލިއެވެ.

“އަދި އެއްވާހަކަ ބުނެލަންތަ؟ ދައްތައަށް އިނގޭ ދަރިފުޅު ހިތްހަމަނުޖެހޭނެ…..” ” ނޫން ދައްތާ…. ދައްތަގެ އެއްވެސް ވާހަކައަކުން އަޅުގަނޑު ހިތްހަމައެއް ނުޖެހޭނެ.. ދައްތަ ވާހަކައެއް ބުނަން އަޅުގަނޑު ކައިރި އަހާކަށްވެސް ނުޖެހޭނެ..” ދޮރުމައްޗަށް އަރަމުން އާޝިޔާ ދެއްކި ވާހަކަ ނީރާ ހުއްޓާލަމުން އެހެން ބުނެލިއެވެ. އާޝިޔާ ހިނިތުންވެލިއެވެ. “ދަރިފުޅަށް ނޭނގުނަސް ދަރިފުޅު ހަޤީޤަތުގައި ވެސް ލޯބިވަނީ ޝާއިން ދެކެ… ދަރިފުޅަށް ގަބޫލުނުކުރެވުނަސް ނުކުރިޔަސް މީ ތެދަކީ.. ދައްތައަށް ފެނުނު އަދި މިހާރުވެސް އެބަ ފެނޭ ތި ލޮލުގެ ތެރެއިން ޝާއިންއަށްޓަކައި ފޮރުވިފައި އޮތް ލޯބި.. ގަބޫލުކުރަން ބޭނުންނުވާ ލޯބި…!… ނޭނގެ ކީއްވެ ކަމެއް ގަބޫލުކުރަން ބޭނުންނުވަނީ.. ނޭނގެ ކީއްވެ ކަމެއް ތި ކަހަލަ ސްޓެޕްއެއް ތި ނެގީ… އެކަމު ކޮންމެ ގޮތެއް ވިޔަސް އަދި ކުރިޔަސް ނީރާ ލޯބިވަނީ ހަމަ ޝާއިންދެކެ.!………ކޮންމެ ކަމެއް ބޭނުންވިޔަސް ދައްތަ ކައިރި ބުނާތި…” އެހެން ބުނެލުމަށްފަހު އާޝިޔާ ނިކުމެގެން ދިޔައެވެ. ނީރާއަށް ގުޑައި ނުލާ ހުރެވުނެވެ. އެބުނީ ތެދެއްހެއްޔެވެ؟ ނީރާ ލޯބިވަނީ ޝާއިން ދެކެ ހެއްޔެވެ؟ އަނެއްކާވެސް އިތުރުކަމަކާ ދޭތެރޭ ވިސްނުމަށް ނީރާ އަށް މަޖުބޫރުވިއެވެ. އޭނާގެ ހިތް ތެޅިގަތެވެ.

“މޮޔަ ނީރާ.. މިހާރު އެންމެންވެސް އެހެން ބުނަނީ.. އެންމެންނަށްވެސް ފެންނަނީ.. ތި މޮޔަ ނީރާއަށް އިނގޭނީ އަދި ފެންނާނީ ކޮންއިރަކުންތަ؟ނީރާ ގަބޫލުކޮށްބަލަ.. މި ހިތަށް އަނިޔާ ނުދީބަލަ… ޝާއިންދެކެ ލޯބިވާކަން ގަބޫލުކޮށްބަލަ… “ޖަސްޓް ފްރެންޑްސް” ގެ ނަން ބޯޑް ނަގާބަލަ.. އެ އިހްސާސް އަކީ ރައްޓެހިން އެކަކު އަނެކަކަށް ކުރާ އިހްސާސްއެއްނޫނޭ މޮޔަ ކުއްޖާ… ޝާއިން އަކީ ނީރާއަށް ރައްޓެއްސަކަސް މި ހިތުގައި އޭނާއަކީ ލޯބިވެރިޔާ.. ވިންދު… ނޭވާ.. ރަޔާންގެ ނުބައި ކަންތަކަށްފަހު މި ހިތުގެ ގޮވުން އަޑުނާހަނީ ކީއްވެތަ؟؟ ދެން މިހާރު ތިހެން ހަދައިގެން ހަމަ ނީރާގެ ލޯބި ގެއްލޭނީ.. ނީރާ ޕްލީސް ވިސްނާލަބަލަ.. މިހިތަށް އަނިޔާ ނުދީބަލަ.. ޝާއިން ދިޔުމުގެ ކުރިން ހުއްޓުވަބަލަ.. އޭނާގެ ލޯބި އޭނާއަށް ދީ ނީރާ.. ނީރާ ބޭނުންވާ ލޯބި ހޯދާ… ” ނީރާ ބޮލުގައި ހިފަހައްޓާލިއެވެ.

……..

އަކުރަމް އައުމާއި އެކު އާޝިޔާ އެ ހުރިހާ ވާހަކައެއް އަކުރަމް އަށް ކިޔައިދިނެވެ. އަކުރަމް ވެސް ނީރާއާއި މެދު ހަމްދަރުދީ ވެވުނެވެ. އަދި ޝާއިންއާއި މެދުގައިވެސްމެއެވެ. އެދެމީހުން ދައްކަން ތިބި ވާހަކަ މެދު ކެނޑުނީ ކޮޓަރީގައި ޓަކި ޖެހި އަޑަށެވެ. އާޝިޔާ ގޮސް ދޮރު ހުޅުވާލުމާއި އެކު ފެނުނީ ޝާއިންއެވެ. އާޝިޔާގެ ހުއްދައާއި އެކު ޝާއިން އެތެރެއަށް ވަނެވެ.

“އަޅުގަނޑު މިރޭ ދަންވަރު ފުރަން… މެލޭއަށް ދާން…..” ޝާއިން އިސްޖާހާލައިގެން ހުރެ އެހެން ބުނެލުމުން އާޝިޔާ އަދި އަކުރަމް އަށް ވެސް ލިބުނީ ސިހުމެކެވެ. “އެހާ އަވަހަށް؟؟ ކީއްވެ ދަރިފުޅާ؟؟” އާޝިޔާ ޝާއިން ކައިރި އަހާލިއެވެ. ޝާއިން އާޝިޔާ ގެންގޮސް އަކުރަމް އިށީނދެ އިން އެނދުމަތީ އަކުރަމްގެ ކައިރި ބޭންދިއެވެ. އަދި އެދެމީހުންގެ މެދަށްވާހެން އެނދުގެ ތިރީގައި އަޅާލެވިފައިވާ މަޑު ކާޕެޓް މަތީގައި ކަކޫ ޖައްސާލުމަށް ފަހު އިށީނދެލިއެވެ. “އަޅުގަނޑު ބުނީމެއްނު އަޅުގަނޑު ކައިރި ނާހާށޭ ސަބަބު… އަޅުގަނޑަކަށް ސަބަބެއް ނުބުނެވޭނެ.. އަޅުގަނޑު އެކޮޅަށް ގޮސް ހުންނާނެ ތަންވެސް ކުރާނެ ކަންތަށްވެސް އޮންނާނެ އެއްނު… އެކޮޅުގައި ހިންގާ ބައްޕަގެ ބިޒްނަސްގައި އަންކަލްއަށް އެހީވެދެވޭނެއެއްނު…. މަމް ޑޭޑް ޕްލީސް ނޫނެކޭ ނުބުނާތި.. އަޅުގަނޑު ބޭނުމީ މިތަނުން ދާން… ޕްލީސް އަޅުގަނޑު ނުހުއްޓުވާތި….” ޝާއިން އެހެން ބުނެލުމުން އެ ދެމީހުންނަށްވެސް މަޖުބޫރު ވީ ޝާއިން އާއި އެއްބައިވާށެވެ. ޝާއިން އިތުރު ވާހަކައެއް ދެއްކުމެއްނެތި އެކޮޓަރިން ނުކުމެގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

“ހަލޯ..ރާހިލް އަހަ………..” ޝާއިން ފޯނުން ރާޙިލްއަށް ގުޅާލުމަށްފަހު އޭނާގެ ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ. ނަމަވެސް ރާހިލް އެކަން ހުއްޓުވާލުމުން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ރާހިލް އޯ…  ކިހާ އިރެއް ގުޅާތާ… ވީ ނުވީ އެއް ނޭނގުނު…. އެހެން އެއްޗެއް ނޭނގުނު…. މައްސަލައެއް ނެތް!! ރޭ ބުނީ މިއަދު ލީވް ނަގަނީއޭ ތި ދެމީހުންވެސް ދެން ކުއްލިއަކަށް ބެލީ އައިސް ރިޒައިން ވެފަ އިތުރު އެއްޗެއް ބުނުމެއް ނެތި ނިކުމެގެން ދިޔައީ.. މިހާރު ބެލީގެ ފޯނު އޮފް.. ޝާއިން ފޯނެއް ނުނަގަ.. ނޫނީ ކަނޑާލަނީ.. މީ ކޮންކަމެއް ؟؟؟؟” ރާހިލް ހާސްވީވަރު އޭނާގެ ވާހަކަ ދެއްކި ގޮތުންވެސް އިނގުނެވެ. ޝާއިން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އަހަރެން މިއުޅެނީ މެލޭއަށް ދާން… ހަމައެކަނި އެވާހަކަ ބުނެލަން މިގުޅީ… އަހަރެންނަކަށް ނޭނގެ އިތުރު ވާހަކައެއް… ޖަސްޓް ޓޭކް ކެއަރ އޮފް ނީ.. އެން އޭނާ އުޅޭ ނޫޅޭ ގޮތް ބަލާތި.. ޕްލީސް ޑޫޑް.. ޑޫ ދެޓް ފޯރ މީ.. އަހަރެންނަކަށް އިތުރު ވާހަކައެއް ބުނާނެ ގޮތެއް ނޭނގެ ބުނާކަށް ބޭނުމެއްވެސް ނޫން.. ބައި.. ޝަރާ ގާތުވެސް ބުނެދޭތި.. ވިލް މިސް ޔޫ އަލޮޓް..” ޝާއިން އިތުރު އެއްޗެއް ނުބުނެ ފޯނު ކަނޑާލިއެވެ. އަދި ފޯނު އޮފް ކޮށްލިއެވެ. ރާހިލް ގެ ހާސްކަން އިތުރުވެގެން ދިޔައެވެ. މިވާ ގޮތެއް ނޭނގުނެވެ. ނީރާގެ މާޒީގައި ހިނގި ކަންތަށްތަށްވެސް ޝާއިން އެއް ނުކިޔައިދިނެވެ.

އަނެއްކާވެސް އޭނާގެ ފޯނު ރިންގް ވިއެވެ. މިފަހަރު އެއީ އަކުރަމްއެވެ. “ވައަލައިކުމުއްސަލާމް.. ސަރ….” ހާސްކަމުގެ ތެރެއިން ރާޙިލްއަށް ފޯނު ނެގުމުގެ ސަބަބުން އެހެން ވެސް ބުނެވުނީ ހާސްވެފައި ހުރި ހާލުގައެވެ. އަކުރަމްއަށް އެކަން އިހްސާސްވިއެވެ. “ނީރާ ނެކްސްޓް ވީކުގައި އޮފީހަށް އަންނަން ފަށާނެ.. އޭނާ އަލުން ޖޮއިން ވެއްޖެ.. އެހެންވީމަ މީހަކު ހޯދަން ކުރި އިއުލާން ކެންސަލް ކޮށްލާ.” އަކުރަމްއަށް ހިސާބަކަށް ވީ ގޮތް އިނގުނެވެ. އެހެންކަމުން އެވާހަކަ އިތުރަށް އޮޅުންފިލުވަން ބޭނުންނުވީއެވެ site internet. “އާދެ.. އެކަމު ސަރ ޝާއިން…..!”  ރާހިލް އަހާލިއެވެ. އަކުރަމް އަށް ކަމެއް އިނގޭތޯއެވެ. “ޝާއިން މެލޭގައި ހިންގާ ބިޒްނަސް ގައި އަރުޝަދުއަށް އެހީވާން ބޭނުމޭ ބުނީ.. އެހެންވެ މެލޭއަށް ދަނީ އޭ ބުނީ….” އަކުރަމް ހީކިރީ ރާޙިލްއަށް އިނގޭނެކަމަށެވެ ނަމަވެސް ރާހިލް ބުނި ގޮތުން އޭނާއަށް ނޭނގޭ ކަން އަކުރަމްއަށް ޔަޤީންވިއެވެ. އެހެންކަމުން އެވާހަކަ އޭނާ ފޮރުވިއެވެ. އަދި އެހެން ބުނެލީ އިތުރަށް މައްސަލަ ނުޖެއްސުމުގެ ބޭނުމުގައެވެ. ރާހިލް އެންމެ ރަނގަޅޭ ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. ކޮންމެވެސް އެހެން ކަމެއްވެސް ހިނގައިފިކަން ރާޙިލް ހިތަށް އަރަމުން ދިޔައެވެ. އެންމެ ރަނގަޅު ގޮތަކީ ނީރާއާއި ވާހަކަ ދެއްކުން ކަން ރާޙިލްއަށް އިނގުނެވެ. އެހެންކަމުން ރާޙިލް ނިންމީ ނީރާ އާއި ކޮންމެ ގޮތެއް ހަދާފައިވެސް ވާހަކަ ދެއްކުމެވެ. އެކަމު ޝާއިން ދިޔުމުގެ ކުރިން އޭނާއާއި ވެސް ބައްދަލު ކުރަން އެބަ ޖެހޭތާއެވެ. އެހެންކަމުން ޝާއިންގެ ގެއަށް ދިއުމަށް އަވަސްވެލިއެވެ.

….

ޝާއިން ކޮޓަރިތެރޭ  ހުރީ އެއްޗެހިތަށް ދަބަހަށް އަޅާށެވެ. ވަކިވަކިން ކޮންމެ އެއްޗަކަށް ބަލާލަމުން ދަބަހަށް ލައެެވެ. ދެން އޭނާގެ އަތުގައި ޖެހުނީ ފެށުނީއްސުރެ ނީރާގެ ފަރާތުން ޝާއިންއަށް ލިބެމުން އައި ހަދިޔާތަށް ހުރި ފޮށްޓެވެ.. ވަކިން ފޮށްޓަކަށް އަޅާފައި އެ އެއްޗެހި ހުރީ ވަރަށްވެސް މުހިންމު ވީމައެވެ. ޝާއިން އެއާއި ދިމާ ބަލަން ހުރީ ފެންކަޅިވެފައި ހުރި ހާލުގައެވެ. ހޭދަކުރި ކޮންމެ ވަގުތަކީ ކުޅުނު ކުޅިގަނޑެއްގެ ހިއްސާއެއް ކަން އިހްސާސްވިއެވެ. ކޮންމެ އެއްޗަކީވެސް ފޭކެކެވެ. ނަމަވެސް އަދިވެސް އޭނާ އަށް ނީރާ ދެއްކި ވާހަކަތަށް ގަބޫލެއްނުކުރެވެއެވެ. އޭނާގެ ކުރިމަތީ ނީރާ އަމިއްލައަސް ބޭޒާރުވީއިރުވެސް އޭނާއަށް އެކަން ގަބޫލުކުރަން އުނދަގޫވިއެވެ. މާބޮޑަށް ނީރާދެކެ ލޯބިވެވުނީމާ ވީ ކަމެއްކަމަށް ވެދާނެއެވެ.

ޝާއިން އަށް ދެން ފެނުނީ އޭނާގެ ގިޓައެވެ. ނީރާގެ ނަން ޖަހާފައި އިންތަނެވެ. އަދި ޝާއިންގެ ނަން ޖަހާފައި އިންތަނެވެ. ޝާއިން ގިޓާ ނެގުމަށްފަހު “ނީ” ޖަހާފައި އިންތަނުގައި ތުންފަތް ޖައްސާލިއެވެ. އެއަށްފަހު ލޯމަރާލިއެވެ. ކުއްލިއަކަށް ޝާއިން ސިއްސައިގެން ދިޔައީ ދޮރު ހުޅުވިގެން ދިޔުމުންނެވެ. ވަދެގެން އައީ އާޝިޔާއާއި އަކުރަމްއެވެ. ޝާއިން އަވަސްއަވަހަށް ގިޓާ އޭނާ ގެންގުޅޭ ކަވަރަށް ލުމަށްފަހު ޒިބުއަޅުވާލިއެވެ. އަދި ފޮށި ވެސް ޒިބު އަޅުވާލިއެވެ. ކިތަންމެ ފަހަރަކު ޝާއިންގާތު ނީރާހެދީ ދޮގުކަން އެ ދެމީހުންވެސް ބުނަން ބޭނުމެވެ. ނަމަވެސް ނީރާ އެކަން ކުރީ ޝާއިންއަށް ރަނގަޅަށެވެ. އެވާހަކަ ބުނެގެން ޝާއިންއަށް ނީރާ ލިބުނަ ދޭކަށް ނީރާ ބޭނުމެއްނުވެއެވެ. ހިތަށް ހިލަގަނޑެއް ލައިގެން ދެމީހުން ޕްލާސްޓިކް ހިނިތުންވުމެއްގައި ތިބީ އެދެމީހުންނަށްވެސް ރަނގަޅަކަށެވެ. ކުއްލިއަކަށް އެތެރެއަށް ވަދެގެން އައީ ރާޙިލްއެވެ. ރާހިލްފެނި އަކުރަމް އަށް އޭނާ ކުރަން އައި ކަންތަށް އިނގުނެވެ. އެހެންކަމުން އާޝިޔާ ގޮވައިގެން އެތަނުން ނިކުތީ އެދެމީހުންނަށް ވަގުތު ދިނުމަށެވެ. ޝާއިންގެ ހިތަށް ލުއި ކަމެއް ލިބޭނީ އެވާހަކަތަށް މީހަކާ ހިއްސާ ކުރީމައެވެ. ރާހިލް ގާތު ފަހުން ވީ ގޮތް ކިޔައިދިނުމަށް ދެމީހުން ނިންމީ މިވަގުތަށް އެ ގޮތް އެންމެ ރަނގަޅު ކަމަށް ދެކިފައެވެ.

“ޝާއިން.. ޑޫޑް. މީ ކޮންކަމެއް…؟؟؟؟؟” ރާހިލް ބޮލުގައި އަތްއަޅާލައިގެން ހުރެ އެހެންބުނީ އޭނާ ގެވެސް ބޯ ފަޅައިގެން ދާ ވަރުވެފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ކުއްލި ގޮތަކަށް އެހާ ދުރަށް ދާންޖެހޭތީއެވެ. އަދި ވާނުވާ ނޭނގި ބޮޑު ކަންތަށްގަނޑެއް ނީރާއާއި ޝާއިންގެ ދެމެދުގައި ހިނގުމުންނެވެ. ޝާއިން ރާޙިލްއާއި ދިމާ ބަލާލިއެވެ. ރާހިލްއަށް އެބެލުމުންވެސް ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮން ހިނގައިފިކަން އިނގުނެވެ. ޝާއިން އެނދުމަތީ އިށީނދެލިއެވެ. އަދި މިއަދު އާއި ރޭގައި ހިނގި ހުރިހާ ކަމެއް ރާހިލްއަށް ކިޔައިދިނެވެ.

“ވަޓް؟؟؟؟؟؟ އޯލް ދީސް ވޯސް ޖަސްޓް….. ގޯޑް ޑޭމް… އަދިވެސް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ ޝީ ކުޑް…. ޑޫ ދިސް… އެވެސް ޝާއިންއަށް… ގޯޑް… އެވަރުންވެސް ގުޅާފަ ތިބުނީ އެވަރު މީހަކު ބަލާށޭ……!!! އެކަމު ކޮންކަމެއްގެ ރިވެންޖެކޯ އެ ނެގީ؟؟؟؟؟” ރާޙިލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޝާއިން ދެރަވާނެ ވަރު އިނގި އެތަކެއްފަހަރު ނީރާއަށް އެއްޗެހި ގޮވާލެވުނެވެ. ހިތެއް ނެތް ކުއްޖެކެވެ. ރަހުމްވެސް ކުޑަތާއެވެ. ޝާއިންއަށް އެކަހަލަ ދެރައެއް ދޭންވާނެހެއްޔެވެ؟ އެފަދަ ބޮޑު ކުޅިގަނޑެއް ކުޅެންވެސް ހެޔޮވާނެހެއްޔެވެ؟ “ޝާއިން… ޓެލްމީ… ކޮން ރިވެންޖެއް؟؟؟؟” ޝާއިންގެ ޖަވާބު ނުލިބުމުން އަނެއްކާވެސް ރާޙިލް އަހާލިއެވެ. “އޭނަގެ މަންމަ އާއި ބައްޕަ އަދި އޭންޖަލް މަރުވުމުގެ ރިވެންޖް..” ފުންނޭވައެއް ދޫކޮށްލުމަށްފަހު ޝާއިން އެހެން ބުނެލީ މަޑުމައިތިރިކަމާއެކުގައެވެ. “ވަޓް… ނައު ވަޓްސް ދެޓް.. ޝާއިން އެޝްޕްލެއިން މީ ޕްލީސް..” ރާހިލް ހީވަނީ މޮޔައެއްހެންނެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުގައި ހާސްކަމާއި ނުރުހުން އެހުލެވިފައިވެއެވެ. “ހަމަޖެހިބަލަ އިހަށް… އަހަރެންނަށް ވުރެ ހީވޭ ރޭން ކަންތަށް ބޮޑު ހެން… މިކަން އިންގެން ބޭނުންތަ؟؟” ޝާއިން ކުޑަކޮށް ހަމަޖެހުނެވެ. އޭނާގެ ހިތުގެ އުދާސްތަށް ބޭރުވުމުންނެވެ. ނަމަވެސް އަޑުގައި އަދިވެސް މޮޅިވެރިކަން ހުއްޓެވެ. ރާހިލް އާއެކޭ ބުނެލިއެވެ.

“އަހަރެން ބޯ ގޮވާނެ ދޯ ވާނުވާ ގަނޑެއްގައި ވިއްޔަ މިއުޅެނީ… ދެން ކިޔާބަލަ ވީ ގޮތް. ނީރާގެ ޕާސްޓްގައި ވަރަށް ކަންތަށް ހިނގިތަ؟؟؟” ރާހިލް އެހެން އަހާލީ ޝާއިންގެ ކޮޓަރީގައި ހުރި ސޯފާ މައްޗަށް ވެއްޓިހަމަޖެހިލަމުންނެވެ. “އާނ… ވަރަށް ކަންތަށް ހިނގި” ފުން ހިޔާލަކަށް ގެއްލި އިނދެ ޝާއިން އެހެން ބުނެލިއެވެ.

 

———- 5 އަހަރު ކުރި ———-

“ނީ… އަހަރެމެން ދެމީހުންނޭ ޕާޓިސިޕޭޓް ކުރާނީ…. އޯކޭ އެއްނު ދޯ؟؟؟؟” ޝާއިން ހާސްކަން ފިލުވާލައި އޭނާ ސިކުނޑީގައި ފުރިފައި ހުރި ހިޔާލުތަށް ދުރަށް ޖައްސާލަމުން ބުނެލިއެވެ. ނީރާ ބޯ ޖަހާލިއެވެ. “އުޅޭ ޕްރެކްޓިސް ކުރަން… ވެއިޓް އެބަ އަންނަން މަމް އަށް ގުޅާފަ ނީ އާއި އެކު ޑުއެޓެއް ދޭން ބައިވެރި ކުރުވާށޭ ބުނެފަ..” ޝާއިން ދުރާލާ ހުރިހާ ކަމެއް ރާވާލިއެވެ. ނީރާ ދެންވެސް އަނގައިން ނުބުނެ ބޮލުން އިޝާރާތްކޮށްލިއެވެ. ޝާއިން އާޝިޔާއަށް ގުޅާލުމަށްފަހު ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ޝާއިން ލުއި ހިނިތުންވުމަކާއި އެކު ނީރާ އާއި ދިމާ އެނބުރިލިއެވެ. އަދި އަވަހަށް ލަވައެއް ފައިނަލް ކުރާށޭ ބުނެލިއެވެ.

ޝާއިންގެ ވާހަކަތަކުން ނީރާ ހަމަޔަކަށް އެޅުނެވެ. ދެމީހުންވެސް ރީތި ލަވައެއް ހޯދާލުމުގައި އުޅުނެވެ. “ހާދަ ލޯބިންނޭ އޯކޭ ވާނެނު؟؟؟” ނީރާ އަހާލިއެވެ. ޝާއިންވެސް އެކަމަށް އެއްބަސްވެލިއެވެ. “ކޮބާ ޝައިންގެ ގިޓާ؟؟ އަޅޭ އަހަރެންވެސް ގިޓާއެއް އިންނާނެނަމަ…” ނީރާ ދެރަވެލާފައި އެހެން ބުނެލިއެވެ. ” ގޭގަ ވީ artículo… ހިނގާ އަހަރެމެން ގެއަށް ދާން ދޯ؟” ޝާއިން ކުޑަކޮށް ވިސްނާލަމުން އެހެން ބުނެލިއެވެ. ނީރާ އާއެކޭ ބުނެލުމަށްފަހު އެނދުން ފުއްމާލައިގެން ލޯގަނޑު ކުރިމައްޗަށް އަރާ ކުޑަކޮށް ރީތިވެލިއެވެ.

“އޯކޭ ހިނގާދޯ..” ފަހު ފަހަރަށް ނީރާ ލޯގަނޑުން މޫނު ބަލާލިއެވެ. އަދި ނީރާއާއި ދިމާލަށް ފުން ނަޒަރަކުން ބަލަން އިން ޝާއިން އާއި ދިމާލަށް ބުނެލިއެވެ. ޝާއިން އަވަސް އަވަހަށް އެނދުން ތެދުވެލިއެވެ. އަދި ނީރާގެ ލަވަ ފޮތް ހިފައިގެން ކޮޓަރިން ނިކުމެލިއެވެ. “މަމް.. މިދަނީ ޕްރެކްޓިސް ކުރަން އިނގޭ ޝައިން މެންގެއަށް.. އަންނާނަން ވަރަށް އަވަހަށް..” ނީރާ ތަންކޮޅެއް ބާރަށް އެހެން ބުނެލީ ފައިވާން ހަރުގަނޑުން ފައިވާނެއް ނަގަމުންނެވެ. “ނުވެސް ކައިތަ ތި ދަނީ؟ އާދޭ ދެމީހުންކާން…” ރައުނާ ކޮޓަރިން ނިކުމެލަމުން އެހެން ބުނެލިއެވެ. “ނޫން މޮމްސް. ނީރާއަށް ކާން ދީފާނަން އަޅުގަނޑު ގެއަށް ގޮއްސަ.. މޮމްސް ހާސްނުވޭ.. އެން ރެސްޓް ކުރޭ.” ޝާއިން ރާބިޔަތު އާއި ދިމާލަށް އެއްލޯ މަރާލަމުން އެހެން ބުނެލީ ނީރާ ރުޅިއަންނާނެކަން އެނގިހުރެއެވެ. “އޭތް…!!!” ނީރާ ޝާއިންގެ ގައިގާ ޖަހާލިއެވެ. “އައުޗް.. މަމްސް ބަލާ ނީ އަނިޔާ ކުރަނީ” ޝާއިން ޅަވެލަމުން އެހެން ބުނެލީ ނީރާ އިތުރަށް ރުޅި އަރުވާލާށެވެ. ނިރާ އައި ރުޅީގައި ޝާއިންގެ ކަންފަތުގައި ހިފައިގެން ގެއިން ނިކުތެވެ. ރާބިޔަތު ހެވިފައި ހުރެ އެތެރެއަށް ވަނެވެ. “އޯކޭ ދެން ދޫކޮށްލަބަ..” ނީރާ ޝާއިންގެ ކަންފަތުން ދޫ ނުކޮށްލުމުން ޝާއިން ބުނެލިއެވެ.

އެއާއިއެކު ނީރާ ދޫކޮށްލީ ޝާއިންގެ ކަންފަތަށް ކުޑަކޮށް ފިތާލަމުންނެވެ. ޝާއިންކައިރިއަށް ހިނިއައެވެ. ދެމީހުންވެސް މަގުމަތީ ހިނގާފައި ދިޔައީ އޮލަ ވާހަކައެއްގައެވެ. ގަޑިއަކީ މެންދުރުގަޑި ކަމުން މަގުމަތީ ފެންނަނީވެސް މަދު މީހެކެވެ. އެމީހުން ހިނގައިފައި ދާ މަގަކީވެސް އާއްމުގޮތެއްގައި މަދު މީހަކު ނޫނީ ނުފެންނަ މަގެކެވެ. މިހިސާބުގައި މާލޭގެ އެކި ގޭންގުންތަށް ގިނައިން ފެންނަނީވެސް އެސަބަބަށްޓަކައެވެ.

“ދެން ޑޭޑް ކައިރި ބުނެބަލަ ގިޓައެއް ގަނެދޭށޭ….” ޝާއިން ހިޔާލެއް ދިނެވެ. ނީރާ ގިޓާއެއް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. “ހުމްމް ޑޭޑް ކައިރި ބުނަންވީ….” ނީރާ އޭނާގެ މޫނުމައްޗަށް ވެރުނު ކުދި އިސްތަށިތަށް އެއްފަރާތް ކުރަމުން ބުނެލިއެވެ. އެ ހިތްގައިމު މަންޒަރުބަލާލަން ޝާއިން އަށް ހުރެވުނެވެ. އެ ކުޑަ ކުޑަ ހަރަކާތްވެސް ނީރާ ކޮށްލާއިރު ހާދަ ރީއްޗެވެ. ހާދަ ލޯތްބެވެ. މާ ޝާ ﷲ……..

ދެމީހުންގެ ހިނގައިފައި ދަމުން ވާތްފަރާތަށް އޮތް ގޯޅިއަށް ބަލާލީ އެ ގޯޅި ތެރޭ ބަޔަކު ވާހަކަ ދައްކާ އަޑުއިވިގެންނެވެ. ހިސާބަކަށް ފަޅުކޮށް އޮތް ގޯޅިގަނޑެކެވެ. ރަނގަޅަށް އެ ގޯޅިއަށް ނަޒަރު ހިންގާލިއެވެ. އެއާއި އެކު ދެމީހުންގެވެސް ފިޔަވަޅުތަށް ހުއްޓުނެވެ. އަދި ދެލޯބޮޑުކޮށްލެވުނެވެ. ނީރާއަށް ޝާއިންގެ އަތުގައި ބާރަކަށް ހިފަހައްޓާލެވުނެވެ. އެ ދެލޮލުން ކަރުނަ އަންނަން ފެށީ ފެނުނު މަންޒަރުން އެ ދެލޮލަށްވެސް ކެތްނުވެގެންނެވެ. ދެތިން ޒުވާނުން  އެތާނގައި ތިއްބަސް އެދެމީހުންގެ ނަޒަރު ހުއްޓިފައި ހުރީ އެންމެ މީހަކަށެވެ.

 

-ނުނިމޭ-

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 16..

Next

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…..! (3)

Next
February 25, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…..! (3)

Previews
February 24, 2016

ކުރަމުން ތިދާހާ ގޯނާ 16..

27 Comments!

  1. Ryn says:
    February 25, 2016 at 9:54 am

    hey guys,, hre is the nxt prt.. hykuran lyk vaane kamah.. n in sha allah dhn ehaa laheh nuvaane up kuraaleh.. thnkx fr rydin… n previous prt thakuge cmmnts thakah vx thnkx.. n e cmmnt thakah reply nukurevunyma sryy.. enjoy 😉 tc

  2. nukko says:
    February 25, 2016 at 10:02 am

    wowww…. rynooo v v rythi. anekkaa kyhvaan eulheny 😮 omg
    avahah up kohdhechey cant wait..v v v nala.. wen nxt part n miss u tvgc.. 😀 😀

    1. Ryn says:
      February 25, 2016 at 10:07 am

      hahaha thnkxxx nukooo…. lts see dhw dhn hehehe… yrh in sha allah vrh avas kh up kuraanan.. n may b 3 days fahun. hehe miss u mre tc 😉

  3. Maalu says:
    February 25, 2016 at 10:53 am

    Wow wow wow wow vrh vrh reethiiiiiiii…..ryyn u r the best….. 🙂 love this story ……
    Miss u alotttttttttt ryynnnnnn

    1. Ryn says:
      February 25, 2016 at 11:06 am

      heheheh thnkx mal.. i miss u mre n mre.. tc swyty.. 😉 n thnkx fr the swyttt cmmnt… 😉 enjoyy

  4. naaanu says:
    February 25, 2016 at 11:16 am

    eyyyh salhi ey mi part ves…alhe dhen ryyyn…nee n shine hama gulhuvaakah nuveytha????????????dhen e dhe kudhinge hithah ithuru zaham akaa aniyaa eh nudhy gulhuvaaba….shine fakyru ????avahah aneh prt ves post kohllaaa….waitinggggggggg

    1. Ryn says:
      February 25, 2016 at 11:26 am

      hehehhe naanu thnkxx.. n aslu cncpt dhaa gwthun mihn mi vanyy… ekm i m makin u sure tht they wil myt.. hehe 😉 thnkx fr readin.. enjoy.. 😉 yrh in sha allah vrh avahah up kuraanan ingeyy.. 😉

  5. Fairy says:
    February 25, 2016 at 11:39 am

    Eyy ryn.. Varah dhuvas fahun dho comment eh.. Kekeke hama salhi kamun ngey.. And i love the twists aslugaves.. Btw ryn liyunymennu story eh emme fahu dho. mivanee loaibbey. I love that story. But i want know ehenves love veytha? Like nufeni? Or first sight? Hehehe. Do you believe in them? And ryn please chatroom ah aadhebala i want talk to you. Keehvetha naannany? Miss you

    1. fairy says:
      February 25, 2016 at 4:15 pm

      And yes evves sababakaa nulaa love veveytha? Ryn gabool kurany kihineh?

    2. Ryn says:
      February 25, 2016 at 6:30 pm

      hehe thnkx…. ?
      n frst syt luv dhw…. hehehe anythin cn happn ey dear.. n luv is sumthin which cn happn anywhr anytym with anyone…. so ryn gabool kuran vaane kn…
      n nufeni dhw……. hehehe yrh nufenivx vaaney… cx we dnt really nyd thr face to luv cx they hve mch mre beautiful thing insyd thm.. thr hrt ?.. thts the thing we shuld luv cx it wil b true eyrun hehe…
      n rsn akaai nulaa dhw… hehe thts the bst thing in the wrld ehnu fairy… kihaa salhivaane reasn akaa nulaa luv v ma.. n sumone spcl tld me tht luv tht happns without a reasn is strng n true… n ryn vx blv kurany e gwthah… cx we dnt nyd a rsn to fyl ths beautiful fylings… n u knw wht misaalakah reasn akaa laign vihya dhn if e reasn chng viyya o? or nethuny r o?? luv nuvaany??? hehe thts moyaness dhw.. so i blv in frst syt luv nufeni vaa luv n reasn akaa nulaa vaa luv.. ???
      n dhn chtrum dhww.. hehe wht if i say evx reasn akaa nula ey lolxx.. bt i miss it ingey.. n u all…
      n hwp kuran hurihaa suvaal akah javaab dhevunu kamah.. enjoy.. thnkxx.. ??

  6. TiNkEr says:
    February 25, 2016 at 11:41 am

    3 days ey avass???

    1. Ryn says:
      February 25, 2016 at 4:43 pm

      “may b 3 days fahun” hehehe thts a may b… n eii enme las vgn in sha allah wil up bfr it.. thnkx

  7. fahy says:
    February 25, 2016 at 12:22 pm

    Alhey v rythi thankolheh avahah up kohdhyba mihaar varah vaan ulhey goi kiyaa hihvehjje…

    1. Ryn says:
      February 25, 2016 at 5:29 pm

      thnkyw…. labba vrh avahah up kh dheynan in sha allah… thnkx enjoy ??

  8. sheyn says:
    February 25, 2016 at 12:52 pm

    ryn ge aneh stry nunerey thaa mihaaru maheh vaan ulheyne kobaa tha e stry…ey sheyn ge favourit stry ye..plx plx plx plx plx plx reen avahah e stry up koh dheebala

    1. Ryn says:
      February 25, 2016 at 5:31 pm

      kn stry eh thr darl? ryn mihaaru nunimi ihnaany mi stry ekani.. btw thnkx ??

  9. sheyn says:
    February 25, 2016 at 12:53 pm

    ???????

  10. sheyn says:
    February 25, 2016 at 6:56 pm

    oh i thoat it was u….ekamu handhaan nethuny ye…srry…ey lai ge stry yeh…mihaaru e strry up nukuraathaa gina dhuvas vyma hykury ey reeen ge stry eh kamah…once again srrrry☺☺☺☺☺☺☺

    1. ryn says:
      February 25, 2016 at 7:03 pm

      heheheh its k dear… 😉 😉

  11. sheyn says:
    February 25, 2016 at 7:39 pm

    haadha reethi pic eke dhw background ah laafa iny

    1. Ryn says:
      February 25, 2016 at 8:19 pm

      hehehe yrhh… ??

  12. nausheenn says:
    February 25, 2016 at 8:13 pm

    woooooooooooooooooooooooooooooooooooooooooooooooow ryn???
    vr vr vr vr vr vr vr vr reeeethi… ekam dhen konirakunthr nee n shain gulhuvaanee? asluves vr reethi ingey…hama ehfahraa hurihaa part thah kiyaala hiyvanee?hehe…gooood luck☺☺☺

    1. Ryn says:
      February 25, 2016 at 8:21 pm

      hehe thnkyw naushyn… n adhi kuda kh wait khlaa they wil b tgthr soon.. hahaha alheyy thnkxx.. enjoy 😉 ?????

  13. lai says:
    February 25, 2016 at 8:27 pm

    hey rynn .. mi bai kada .. mibuny aneh hen ingey .. i myn nee ge moyakamun ehn mi buny .. asluvess haadha moya ey dhw nee ryn .. ryn vess thy hama nee kahala kuhjeh hehehehe srry.. aslu v salhi mi bai .. vvvvvvvvvv salhi … superb .. finally nee ge past dhw .. really interesting hehehe .. n yah dhn nee n shain gulhuvabala rynuuuu .. lai v dhera veyey e dhemyhun nugulheythyve hehehe .. v nice ingey .. v hiyy thalhuvaalaafa thi ninmaaly .. dhn kon dhuvahakun nest part ryn? .. tgc ingey .. miss u kuda kuda koh 😛 hehehe miss u .. 😉 🙂 😀 😉 😉

    1. lai says:
      February 25, 2016 at 8:28 pm

      nxt *

    2. Ryn says:
      February 25, 2016 at 9:46 pm

      hehehe thnkyww laithuuu ??? hahaha vedhaane nu ryn kamah eii ? hehe dhn ryn bunelan othy mi stry nimumuge kurin gulheyney ny n shine ??? hehehe… n sry fr makin u dhera bt mii hama stry dhaa goii kurin liyunu prts ehnve chnge nukureveny ehn nun nama chng khgen nw stry ninmaalis.. hehehe tc miss medhu medhu kh ??? n salaam . enjoy.. n nxt prt in sha allah vrh avahah 3 days varu may b.. hehe..

  14. nym says:
    March 2, 2016 at 7:35 am

    Ryn adhives 3 days nuveytha…? haadha lahey up kuraaleh

Comments are closed.


All Right Reserved!