“ކާށޭނު މި ކިޔަނީ.. ކަލޭމެންނަކަށް އަޑެއް ނީވޭތަ؟؟” އޭނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ސަފުރާ އަވަސް ވެގަތީ އޭނާގެ ލޯބިވާ ދެދަރިންނަށް ކާން ދިނުމަށެވެ. ކައި ނިމުމާއެކު އެމީހުން އަނެއްކާވެސް އަތް ބަނދެލިއެވެ. ނަމަވެސް މިފަހަރު ކުރިމައްޗަށެވެ. “މަންމީ.. ކޮއްކޮމެން ޑެޑި ކޮބާ…؟ ޑެޑީ އަންނާނެތަ ކޮއްކޮމެން ސޭވް ކުރަން..” ކުޑަ ކުޑަ ރަފްޝާ އަހާލިއެވެ. ނަމަވެސް ޖަވާބު ނުދެވި އުޅެނިކޮށް އެތެރެއަށްވަދެގެން އައީ ޒޯޔާއެވެ. “ޑެޑީ އަކަށް ނާދެވޭނެ… ޑެޑީ އާ ފަހުގެ ޓާޓާ ކިޔާލަން ވާނޭނުން […]
މިހިސާބަށް ކިޔުމަށް ފަހު އަހަރެން ތެދުވެ ދާން ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ މާދުގެ އަޑެވެ. “ބުނެ ރޮވެނިއްޔޭ… ދަނީހޭ.. ފުހެލާފާ ލޯ އިސް ޖަހާލާ… ” “ލިބޭތީ އެ އަނިޔާ.. ބަލި މިހިތަށް… ކަލާ ހުންނަން މި އެދެނީ…. ދެރަވޭ ދުރަށް ދިޔައިމާ…. ފުހެލާފާ ލޯ އިސް ޖަހާލާ…” “ކުރި ބިނާ ލޯބީގާ… ނެތި ފަނާ ކޮށްލާފާ.. އާދޭހޭ ކުރެވޭމީ.. ކަލާ ހިތް.. ރޮއްވާފާ……” ” ހަނދާނުން ކަލާގެ ނަން.. ފުހެވެން ނެތުމުން….. ޖެހެޔޭ […]
ހަވީރުގެ ވަގުތެވެ. އަހަރެން ޖޯލީގާ ޖައްސާލައިގެން އޮތީ ލުޔޫނާ އާއި ލައިނާ ރީތިވެގެން ނިކުންނަދެނެވެ. ދެކުދިން ގޮވައިގެން ދޮންބެ ދައްތަ އާއެކު ދޮންބެ ދައްތަގެ މަންމަ ގެޔަށް ދާށެވެ. އެހެން އޮއްވާ ނުދަންނަ ނަންބަރަކުން ގުޅައިފިއެވެ. އަހަރެން ފޯން ނެގީ އެއީ ކާކު ތޯ ބެލުމަށެވެ. “ހަލޯ..” “ހަލޯ ރީ.. ޕްލީޒް ފޯން ކަނޑާ ނުލައްޗޭ.. މިއީ މާދު.. އައިމް ވެރީ ސޮ…” އެހެން ބުނުމާ އެކު އަހަރެން ފޯން ކަނޑާލެވުނެވެ. “ޝިޓް.. ތިކުރީ ކީއް..؟ ސޮރީ […]
ލޮލުން ކަރުނަ ފައިބަން ފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ” ޝުކުރިއްޔާ މާދު.. ވަރަށް ބޮޑަށް ޝު..ޝުކުރިއްޔާ.. އަ…އަހަރެންނަކީ ކޮން ސި….ސިފައެއްގައި ހުރި ކާ..ކާކު..ކަން ހަ..ހަނދާން…ކޮ…ކޮށްދިނީތީ.. އަހަރެން..” އަހަރެންގެ ވާހަކަ ނުނިމެނީސް މާދު ފޯން ކަނޑާލިއެވެ. އަހަރެން ބާރަކަށް ރޯން ފެށުނެވެ. އަވަސް އަވަހަށް ބާލީސް ނަގައި މޫނުގައި ޖައްސާ ބާރުކޮށްލީ ރުއިމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. ފަތިހު ފަތިސް ނަމާދު ބަންގި ގޮވީ ވެސް އަހަރެން އެހެން އޮއްވައެވެ. ފަހާނާ އަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓިލީމެވެ. […]
.”ނޫން ނޫން..” ދެފަރާތަށް ބޯ ހޫރާ ލާފައި އަހަންނަށް ބުނެވުނެވެ. އަދި ދެފައިގައި ހުރި ބާރެއްލާފައި ގެއިން ނުކުތުމަށް ދުއްވައިގަތީމެވެ. “ރީ.. މަޑުކޮށްބާ… ޔޫ އާރ ޓޭކިން އިޓް ރޯންގް.. ރީ……” މާދު އަހަންނަށް ގޮވާ އަޑު އިވެއެވެ. ނަމަވެސް އަހަރެންގެ އެތެރެ ހަށީގައި އުފެދިފައިވާ ހައިޖާނުގެ ހޫނު ކަމުން އަހަރެން އަންދާ ކަހަލައެވެ. މާދު އަހަންނަށް އޮޅުވާލީއެވެ. އަހަރެންގެ ހިތް ގަބޫލުުކުރަމުން ދަނީ އެހެންނެވެ. އެހެން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ހުރި ގޮތް އަހަރެންގެ […]
އަހަރެން އެންމެ ފަހުން އިސްޖެހީ އޭނާ ބަލާވަރުންނެވެ.”” ހޫން ދެން ބަލާ ވައްތަރެއް… މަ މީ އަރާކާ އެއްޗެއް ނޫން ވިއްޔާ ހައް.. ދެރަކަމެއްނު ދޯ….”” އަހަރެންގެ ހިތާހިތުން އޭނާ އަށް ފަތިވަރުތަށް ގޮވަމުން ގެންދިޔައީމެވެ. ” އޭ އެބަ އަންނަން އިނގޭ” މިހެން ބުނެފައި އާސިދު އެތެރެއަށް ވަނެވެ. ނަދާވެސް އޭރުވީ އެތެރޭގަ އެވެ. ” ހާއި… އައިމް މާދު.. ކޮންނަމެއް ތީނަ އަށް ކިޔަނީ؟” ޕީޗްކުލައިގެ ޓީޝާޓް ލައިގެން އިން ޒުވާނާ އަހަންނާއި ކައިރިއަށް […]
ސަފޫރާގެ ވާތް ފަޅީގައި ބޯ ދިގު ކޮށް ހުރި ފިރިހެނެއް އިނެވެ. ކަޅުކުލައިގެ އަތް ކުރު ޓީޝާޓް އަކާއި ކަޅުކުލައިގެ ޖީންސެއްގައި އެ ގޮތް ނޭނގޭ މީހާ ހުރިއިރު ކަރާއި އަތް ވަނީ އެކި ސައިޒުގެ ފަށްތަކުން ވަނި ފުރާލާފައެވެ. އޭނާ އިނީ ކުޑަ ކުޑަ ވަޅިއެއް މޭޒަށް ހަރާލަ ހަރާލަ އެވެ.. ސަފޫރާ އާއި އޭނާގެ ދެދަރިން އިނީ ދެއަތް ފުރަގަހަށް ލާފައި ގޮނޑި އާއެއްކޮން އައްސާފައެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނީ ****** ********* ****** […]
އަހަރެން ރަށަށް 4 އަހަރުކޮށްފައި އައިރު ރަށަށް ވަނީ ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަހަރެންގެ ގިނަ އެކުވެރިންތަކެއް ވެސް ވަނީ އެކި ވަޒީފާތަކަށް ވަދެފައެވެ. އަހަރެންނަކީވެސް މިހާރު މާލޭގެ އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެކެވެ. އަހަރެން ރަށްދޫކޮށް ދިޔައީ މީގެ 6 އަހަރު ކުރިންނެވެ. އޭގެ ފަހުން އެއްފަހަރު އައިގޮތަށް އަހަރެން ނައިސް ހުރެފައި މިއައީ މި އަހަރުއެވެ. ކުރިން ފަސްގަނޑު މަޑުކޮށް އޮންނަ ރަށުގެ ބޮޑުމަގުގައިވަނީ ތާރުއަޅާފައެވެ. ގިނަ ގޭގޭ ދެބުރި ތިންބުރިއަށް ހިއްލާލާފައި […]
Hey guys… sry nukko ge .vaahaka up nukohdhyy v ginadhuvas vaathy… internet massala eh jehign… so Wi-Fi connection libeyhaa avahakah mi vaahaka continue kuraanan… thnks fr the support frm all… n once .. again im very very sorry hope u all will understand… thnk u… 🙂 🙂 🙂