
ކުރަމުން ތިދާހާ ގޯނާ 16..
“ރާސިލް ބޭނުންވާ އިރަށް ހަނދާން ނައްތާލެވޭނެތަ.. އަހަރެންގެ ވެސް ހިތެއް އޮވޭ.. ރާސިލްއަށް އެކަނިތަ ލޯބިވާންވެސް އެނގެނީ.. އަހަރެންނަށްވެސް ލޯބިވާން އެނގޭ..” ރާސިލްގެ ބުރަކަށީގައި ބައްދައިގަނެގެން އޮވެ އަމޭލިއާ ކިޔަމުން ދިޔައެވެ. ރާސިލްއަށް އަމޭލިއާގެ ދެއަތުގައި ހިފާލެވުނު އިރު ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ.
ހަނދު ވަށައި ވާހާ ތަރިތައް ނިވި ދިއްލޭއިރު ހީވަނީ ކަމަކާ އުފާކުރާ ހެންނެވެ. ރާސިލްއާ ދާދި ގާތުގައި އަމޭލިއާ އިށީދެލައިގެން އިން އިރު ރާސިލްގެ އަތްވަނީ އަމޭލިއާ ވަށާލާފައެވެ. ރާސިލްގެ އެ ފުޅާ ހަށިގަނޑުގައި އަމޭލިއާ ލެގިލައިގެން އިން އިރު، އިރު އިރު ކޮޅާ ރާސިލްގެ އަތުގައި ފިރުމާލައެވެ. “އެމީ” ރާސިލް ކުޑަކޮށް ބޯ އަރިކޮއްލުމައްފަހު އަމޭލިއާގެ މޫނައްބަލާލިއެވެ. އެ މޫނު ހީވަނީ ރަތް ކަމުން ޖަންބެއް ހެނެވެ. ރާސިލްގެ އެ އެބޮޑު ދެލޮލުން ސަލާމަތްވުމަށް އަމޭލިއާ އިސްޖަހާލީ ލަދުންނެވެ. “އެމީ އައި ލަވްޔޫ ސޯ މަޗް” ކުރިއަށް ވުރެއްވެސް ބާރަށް ބައްދާލަމުން ރާސިލްބުނީ އިހްސާސްތަކުން ފުރިގެންވާ ރާގަކަށެވެ. އަމޭލިއާ އެހަށިގަނޑުގައި ލެގިލީ ދެލޯ މަރާލަމުންނެވެ. “އައި ލަވްޔޫ ޓޫ” ކިރިޔާ އަޑު އިވޭވަރަށް އަމޭލިއާ ބުނެލީ ދެލޯ ނުހުޅުވައެވެ. ފުރަތަމަ ފަހަރަށް އަމޭލިއާ ލޯބިވެއޭ ބުނުމުން ރާސިލްއަށް ވީގޮތްވެސް ނޭނގުނެވެ. އަމޭލިއާގެ ދެކޮނޑުގައި ހިފާ ކުޑަކޮށް އަނބުރާލީ އެމޫނު ދެކިލުމަށެވެ. “އެމީ…” ރާސިލްގެ ހޫނު ނޭވާތަށް އަމޭލިއާގެ މޫނަށް އެޅެމުން ދިޔައިރު އަމޭލިއާއަށް ލޯމަރާލެވުނީ ވީ އަރާމަކުންނެވެ. އަމޭލިއާގެ އެ ހަރަކާތުން ރާސިލްއަސް އިތުރު ފިޔަވަޅެއް އެޅުނީ ޝައިތާނާ ބޮލަށް ސަވާރުވުމުންނެވެ. އަމޭލިއާގެ ދިގު އެސްފިޔަތަކުގައި އަތްކާތާލީ ރީތިކަމުންނެވެ. ނޭފަތުގައި ބަނޑި ބަނޑި ލައްވަމުން ރާސިލްގެ އިނގިލި ދިޔައިރު އަމާޒަކަށްވީ އަމޭލިއާގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތެވެ. އަމޭލިއާއަށް ހިތް ދިރުވާލެވުނީ ރާސިލްގެ އިނގިލިތަށް ތުންފަތުގައި ބީހުމުންނެވެ. ލިބެމުން ދިޔައީ ދުވަހަކު ތަޖުރިބާކޮއްފައިނުވާހާ އަރާމުތަކެއް ކަމުން އަމޭލިއާއަށް ރާސިލްގެ ބުރަކަށީގައި ދެއަތުން ހިފައި ބާރުކޮއްލެވުނެވެ. އެހެން ނަމަވެސް އަމޭލިއާ ފަހަތަށް ޖެހިލާ ރާސިލް ކޮއްޕާލީ ރާސިލްގެ އަތް އަމޭލިއާގެ އުނަގަނޑުގައި ވަށާލުމުންނެވެ. “ސޮރީ” ރާސިލް އަވަސް އަވަހަށް އަމޭލިއާ ކައިރިއަށް ޖެހިލާ މައާފަށް އެދުނީ އަމޭލިއާ ރުޅިއައީ ކަމަށް ހީކޮށެވެ. “ސޮރީ ރާސިލް.. އަހަރެން ބިރުގަނޭ” އަމޭލިއާގެ ލޮލުން ކަރުނައިގެ މުތީތަކެއް ދިއްލިފައިވާތަން ފެނުމުން ރާސިލް ދެރަވިއެވެ. އަމޭލިއާ ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއް ކުރެވުނު ކަމަށް ހީކޮށް އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ.
“ކޮފީއެއް ގެންނަންތަ.. އެކަމު ކޮފީބޮއިގެން ދާންވާނެ.. މިހާރު އެއޮށް ދެގަޑި ބައިވަނީ” ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށް ފަހު އަމޭލިއާ ރާސިލްއާ ވާހަކަ ދެއްކީ ރާސިލް ހިތްހަމަ ނުޖެހުނީ ކަމަށް ހީކޮށެވެ. “ޔެސް ވައިފީ.. އަވަހަށް އަންނައްޗޭ” އަމޭލިއާގެ މަޑު ކޯތާފަތުގައި ފިރުމާލުމައްފަހު ރާސިލް ބުނީ ލޯބިން ފުރިގެންވާ ކަހަލަ ގޮތަކަށެވެ.
ގިނަ އިރުތަކެއްނުވެ އަމޭލިއާ އަތަށް ދެކޮފީތަށި ލައިގެން އައީ ރާސިލްއާ ދިމާލަށެވެ. “ހޫމް ހާދަ މީރޭ.. ވައިފީ ގިރީމަ ކަންނޭގެ މިހާމީރީ” އަމޭލިއާގެ ފުރަގަހުން ބައްދައިގަންނަމުން ރާސިލް ބުނީ އަތުގައިވާ ކޮފީތަށި ފާރުމަތީގައި ބަހައްޓަމުންނެވެ. ރާސިލްގެ އެ ފުޅާ މޭމަތި ޖެހި ނުޖެހިފައި ދާއިރު އަމޭލިއަ އިންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ. “އެމީއަށް އެނގޭތަ.. ހަމަ އެމީ ރުޅި އަރުވާލަންވެގެން އަހަރެން ކޮންމެ ދުވަހަކު ހެނދުނު އެބަ އަންނަމޭ ގޭ ދޮރުމައްޗަށް…ހެހެހެހ.. އެކަމް އެހެން އައިސް އައިސް އަބަދު އެމީ ފެންނަ ހިސާބުގަ ހުންނަން ބޭނުންވީ.. ނޭނގެ ކޮން އިރަކު ކަމެއްވެސް އެމީ ދެކެ ލޯބިވެވެން ފެށީ..” ކުރިމަތިން ފެންނަމުން ދިޔަ ބޮޑު ޓެރަހަށް ބަލަހައްޓައިގެން ހުރެ ރާސިލް އެހެން ބުނީ އެދިމާލަށް ގެއްލިފައި ހުރެއެވެ. އަމޭލިއާވެސް ރާސިލް ބަލަން ހުރި ދިމާލަށް ބަލާލިއެވެ. ރާސިލްއަށް ހިތް ހިބަކޮށް ދެވިފައިވަނީ ކޮން އިރަކު ކަމެއް ހުދު އަމޭލިއާއަށް ވެސް ނޭނގެއެވެ. އަމޭލިއާއަށް ހިނިތުން ވެވުނީ ހިތައް އެރި އެއްޗަކުންނެވެ. ލޯބީގެ އެކި ވާހަކަތައް ދެއްކުމުގައި ވަގުތު ދިޔަގޮތްވެސް އަމޭލިއާ އަދި ރާސިލްއަށް ނޭނގެއެވެ. ތިނެއް ޖެހުމާ ގާތްވެފައި ވަނިކޮށް ރޭގަނޑުގެ ވަދާއި ސަލާމް ކުރުމަށްފަހު ރާސިލް މިސްރާބުޖެހީ ގެއާދިމާލަށެވެ.
……………..
އެއްތަނުގައި މަޑުވުމެއް ނެތި ދެކޮޅަށް އިރު އިރުކޮލާ ހިނގާލަ ހިނގާލަ އިން އަމޭލިއާއަށް މާޒިން ފުންކޮށް ބަލާލިއެވެ. އެހެން ދުވަސް ދުވަހާ ހިލާފަ އަމޭލިއާގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެއެވެ. ހެނދުނުން ފަށައިގެން އެ ތުންފަތް މަތީގައިވީ ނުފިލާ ހިނިތުންވުމެވެ.
“އެމީ..” މާޒިން އަށް ނުހުރެވިގެން އެންމެ ފަހުން އަމޭލިއާއަށް ގޮވާލީ ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށެވެ. “ޔެސް” ދަތްތައް ފެންނަ ވަރަށް ހީލަމުން އަމޭލިއާ ޖަވާބުދިނެވެ. “ހާދަ އުފާވެފަ… ނުބައެއް އެބަ އުޅޭ.. ޔޭސް ސަމްތިންގ އިސް ފިށީ” ދެޖީބަށް އަތްޖަހާލުމަށްފަހު ލޯހަނިކޮއްލަމުން މާޒިން ބުނީ ތުންފަތަށް ވައްތަރެއް ޖައްސާލަމުންނެވެ. “ހެހެހެ.. ލޯ ނޭޅިއަސް ބުނާނެމޭ.. އެކަމް މިރޭ.. ޒީ އާ ތިންމީހުން ބޭރަށްގޮސް.. އޯކޭ އޯކޭ” އެއްއަރިއަކަށް ބޯ އަރިކޮއްލަމުން އަމޭލިއާ ބުނެލިގޮތުން މާޒިންއަށް ކުޑަކޮށް ހެވުނެވެ.
“އެމީ.. އަހަރެން ބުނި ކަންތަށް ކުރިންތަ.. ކުޑޭގެ ކޭސް ކުރިން ހަވާލުވީ ކާކު..” މާޒިން ހުނުން ހުއްޓުމަށްފަހު އަހާލިއެވެ. “އާން.. އެއީ އިބްރާހިމް.. ދޮންބެގެ ވަރަށް ގާތް ރައްޓެއްސެއްގެ ބޭބެ.. އަން.. މިއޮތީ އޭނަގެ ނަންބަރު.. ބައްޕައަށް ނޭނގި މަންމައާ ދޮންބެ އަހަރެންނަށް ވަރަށް ސަޕޯޓް ކުރޭ.. ފަހުން ބައްޕަވެސް އޯކޭވާނެ.. އެކަމް ބުނަން އޭނައާ ބައްދަލު ކުރަން ދާއިރު ދާންވާނީ އަހަރެންވެސް ގޮވައިގެން” އަމޭލިއާގެ އަޑުގައިވަނީ ޖޯޝެވެ. އަމޭލިއާއަށް އެއައި ބަދަލުން އެންމެ އުފާވީ މާޒިންއެވެ. އެކަމަކު އެބަދަލެއް އައުމައް މެދުވެރިވި ސަބަބު އެނގުމައްފަހު އެހިތައް ކެއްނުވާނެކަން ހަމަ ޔަގީނެވެ.
…………
“ޔާމިން… ޑރ ޔުމްނާ މެރީ ނުކުރަނީތަ އަދިވެސް..” ރާސިލް ޔުމްނާގެ ވާހަކަ އެހެމުން ޔާމިންއަށް ފެން ކޮށިއެރިއެވެ. އެހެންޏާ ދުވަހަކު ޔުމްނާގެ ވާހަކަ ދައްކާފައިނުވާ ރާސިލް އެހެން އެހުމުން ޔާމިން ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. މެންދުރުގެ ނާސްތާ ކުރުމަށް ޔާމިންއާއި ރާސިލް އޭޑީކޭގެ ކެންޓީނުގައި ތިބި އިރު ކެންޓީނުގައި ފެންނަމުން ދިޔައީ މަދު މިހުންކޮޅެކެވެ. “ސާބަސް.. އޭނައަށް ހިތް ކީތަ.. އޭނައަށް މިހާރު ތިރީސް ފަހެއް ވާނެތޯޗެއް.. ރާސިލް އަހަރެންމެންނަށް އަދި ސައްބީހޭވީ.. އިންނާނެ މީހަކު ނުވެގެން އުޅޭވަރެއް ނުވޭ” ރާސިލްގެ ކޮޑުގައި ކުޑަކޮށް ޖަހާލަމުން ޔާމިން ބުނީ ވަރަށް ސީރިއަސް ކޮށެވެ. “ސާބަހޭ.. މަށެއް ނޫޅެން.. އެކަމް އޭނަ ހާދަ ޔަންގ ވައްތަރު ޖަހައޭ ދޯ… ” ރާސިލް ޔުމްނާގެ ވާހަކަ ދައްކަން ފެށުމުން ޔާމިން ދެފަރާތަށް ބޯތަޅުވާލިއެވެ. “ހިހިހި އެހެނެއް ނޫނޭ.. އެއްކަލަ މައްޖެ އޯކޭ ވެއްޖެ…” އަމޭލިއާގެ ވާހަކަ ބުނި އިރު ރާސިލްގެ ދެދަތްޕިލަ ވަނީ ސޭލް އެޅުވިފައެވެ. “އަސްލު.. ކޮންގްރާ މޭން.. މަށަށް އިންޓްރޯ އެއް ދޭންވާނެ..” ޔާމިންވެސް ހެވިލާފައި ރާސިލްގެ ވާހަކަޔާ އެއްބައިވެލިއެވެ.
ޔާމިންއާއި ރާސިލް ކެއުމަށްފަހު ވާހަކައިގެން ކޯރިޑޯގައި ހިނގާލާފައި ދިޔައީ އެމީހެއް އެމީހެއްގެ މަސައްކަތާ ހަވާލުވުމަށެވެ. އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރަކަށް ރާސިލް ވެފައިވާއިރު ޔާމިންއަކީ އާންމު ބަލިތަކަށް ހާއްސަ މީހެކެވެ. “ތި ދެމީހުން ކޮންކަމެއް” އޮލަ ވާހަކައެއްގައި ހިނގާފައި ދިޔަ ރާސިލްއާއި ޔާމިންގެ ކުރިމައްޗަށް ހުއްޓެމުން ޔުމްނާ އަހާލިއެވެ. ” އަޅުގަނޑުމެން ކައިގެން މިދަނީ… ޔުމްނާ ލަންޗް ނުނަންގަވަނީތޯ” ޔާމިންވެސް ކޮއްލީ ސުވާލެވެ. “ނުނޭ ދެން ހަމަ ދާންވީ.. އޯ އެއޮށް ދަނީ.. އަހަރެންނަށް ކޮންމެވެސް ތަނަކުން އެމީހުން ފެނުނު ހަނދާންވޭ.. ކޮންތާކުންބާ” ރާސިލްއާއި ޔާމިން އެއްފަހަރާ ފަހަތައް އެނބުރި ބަލާލީ ޔުމްނާ ބަލަން އިން ދިމާލަށެވެ. އޭރު އުބައިދު އާއި މަހުމޫދު އެކު އެކީގައި ކުރިމަތިން ފެންނަން ހުރި މަގުން ހުރަސްކޮއްލިއެވެ. ރާސިލް ޔާމިންއަށް ބަލާލީ ބުމަ ހިއްލާލަމުންނެވެ. “ޔުމްނާގެ ޕޭޝެންޓެއް ތޯ” އުބައިދުއާއި މަހުމޫދު ދިޔަ ދިމާލަށް ބަލަން އިން ޔުމްނާ ކުރެން ރާސިލް އަހާލިއެވެ. އެކަމަކު ރާސިލްއަށް އެނގިފައިވާގޮތުގައި މަހަމޫދު ޔުމްނާއަށް ދައްކާފައެއް ނުވެއެވެ. “މޭބީ… ” ޔުމްނާ އެހެން ބުނެ ހިނގަގަތީ ދެފަރާތަށް ބޯތަޅުވާލަމުންނެވެ.
“ރާސިލް ބައްޕަ ދޯ އެއީ.. މިތާ ކީއްކުރަނީ” ޔުމްނާ ދިޔުމާއެކު ޔާމިން އަހާލިއެވެ. “ވެދާނެ އުބައިދުބެ ދައްކަން ކަމަށް.. ވަރަށް ބަލިކޮށް އުޅެނީ” އެހެން ބުނެ ރާސިލް ކުރިއަށް ހިނގަތީ ޔާމިންއާ އެކީގައެވެ.
………..
ރަތް ކުލައިގެ ބޮޑު ސޯފާގައި އިށިންނަމުން އުބައިދު އަދި މަހުމޫދު ނަންބަރު އަރަމުންދާ ބޯޑަށް ބަލާލީ ނަންބަރު ޖެހޭނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ނަންބަރު ޖެހުމާއެކު ދެމީހުން ރޫމަށްވަނީ އެކު އެކީގައެވެ. “ކިހިނެއްތޯވީ” އެތެރެހައްޓަށް ހާއްސަ ޑޮކްޓާރ އުބައިދު ކުރެން އަހާލިއެވެ. “ނޭވާލާން ދަތިވާތީ.. އެހެން ނޫނަސް މިދުވަސް ވަރު ހީވޭ ނޭވަ ކުރުހެން.. މޭގަވެސް ރިއްސާ.. ދެން މިފަޅިއަށް ތަދު އަރަނީ” ވާތްފަރާތުގައި އަތް ޖައްސާލުމަށްފަހު އުބައިދު ކިޔާދިނެވެ. “އަޅުގަނޑަށް ސީދާ އެއްޗެއް ބުނަން އެނގޭނީ ސްކޭންއެއް ހެއްދުމައްފަހު.. ސިގިރޭޓް ބޮންތޯ.. އެހެންވީމަ ސިގިރޭޓް ބުއިން މަދު ކޮއްލާ… ދެން ސްކޭން ހެއްދުމައްފަހު މާދަން ރިޕޯޓް ހިފައިގެން އަންނަންވީނުނޫންތޯ” ޑޮކްޓަރގެ އެތަކެއް ވާހަކަތަކެއް އަޑުއެހުމައްފަހު އުބައިދު އަދި މަހުމޫދު ސްކޭން ހެއްދުމަށް ހިނގައިގަތެވެ.
…………
ޝޯލްގެ އެއްކަން ނަގާ ބޯމައްޗަށް އޮޅާލުމައްފަހު ޕިނެއް ޖަހާލީ ޝޯލް ހަރުލެއްވުމަށެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް އުނގުޅުމައްފަހު ހެދުން ރީތިކޮއްލީ އަމިއްލަ ނަފްސު ބަލާލަމުންނެވެ.”ދަރިފުޅާ.. ޒީނާ އެބައިން ސިޓިން ރޫމްގަ” އަމީނާއައިސް ގޮވާލުމުން ސެންޓު ކޮޅެއް ބުރުވާލުމައްފަހު އަމޭލިއާ ކޮޓަރިން ނިކުތީ އަވަސް އަވަސް އަރުވާލަމުންނެވެ. “މިއަދު ކޮޓަރިއަށް ނުވަދެ ތިތާ ތީނީ…” އަމޭލިއާ ހަށަން ބަނދެލުމަށްފަހު ޒީނާއާ ދިމާލަށް ބުނެލީ ލޯހަނިކޮއްލަމުންނެވެ. “ތިބުނީ އަހަރެން އުޅުނީ ޖަންގަލީގައި މީހުން އުޅޭ އުސޫލުންނޭތަ” ސޯފާއިން ތެދުވުމަށްފަހު ޒީނާ ބުނީ ކުރިއަށް ހިނގައި ގަންނަމުންނެވެ. ” އެހެން ކަންނޭނގެ.. ބްލލލލްް… ” އަމޭލިއާ އެހެން ބުނެ ދުއްވައިގަތީ ލިފްޓާ ދިމާލަށެވެ. އެކި ސަކަރާތުގައި ދެ އެކުވެރިން ތިރިއަށް ފޭބި އިރު މާޒިން ހުރީ ސައިކަލުގައި މަތީގައި ހަމަޖެހިލައިގެންނެވެ. “ލަސްވީދޯ.. މި އެމީ ތިއްތިވާވަރުން.. ހިހިހި” މާޒިން ލަހެއް ނުވެއޭ ބުނެލީ އަމޭލިއާ އާއި ދިމާލަށް ބަލަމުންނެވެ. މަޑު ނޫކުލައިގެ ޖިލްބާބުގައި އަމޭލިއާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. “ހިނގާ ދާން” އަމޭލިއާ ޒީނާގެ އަތުގައި ހިފުމައްފަހު މިސްރާބު ޖެހީ ކެފޭއި އަށެވެ.
…….
ރޭގަނޑަށް ދިއްލާފައިވާ އޮރެންޖު އަލިން މުޅި ތަނަށް ފެތުރިފައިވަނީ ރަން ކުލައެވެ. ތިން އެކުވެރިން ކާއެއްޗެއްސަށް އޯޑާރ ދިނުމައްފަހު ހަމަޖެހިލީ އެކަކު އަނެކަކުގެ މޫނައް ބަލަމުންނެވެ. “ސޯ” މާޒިންއަށް ކެއްނުކުރެވިގެން އެންމެ ފަހުން އަހާލިއެވެ. “ހޫމް… އަސްލު ވާގޮތަކީ އައި ސެއިޑް ޔެސް ޓު ރާސިލް… އައި މީން.. ލޯބިވާ ވާހަކަ ބުނީ” އަމޭލިއާ ދިން އެ އުފާވެރި ހަބަރަވީ މުޅި ތަނަށް ބޮމެއް ގޮއްވާލި ކަހަލަ ކަމަކަށެވެ. އަމޭލިއާ އެއްފަރު ޒީނާއަށް ބަލާލުމައްފު މާޒިން އަށް ބަލާލަނީ އެދެމީހުން މޫނުމަތިން އެއްވެސް އުފާވެރި ކަމެއް ފެންނަން ނެތުމުންނެވެ. އެއާ ހިލާފަ ޒީނާގެ ނަޒަރު ގޮސް ހުއްޓިފައި އިނީ މާޒިންއަށެވެ. މާޒިން ދެރަވާނެވަރު އެކަކު އިހްސާސް ނުވިޔަސް ޒީނާއަށް އެކަމުން ވާނެ ތަދު އިހްސާސް ވިއެވެ. މާޒިން އަމޭލިއާއާއި ދިމާލަށް ބަލަން ހުރީ ޝޮކެއް ޖެހިފައިވާ މީހެއް ފަދައިންނެވެ. “އޯ ވާއު..ކޮންގރާ.. ސޯ ހެޕީ ފޯޔޫ” މާޒިން ގަދަކަމުން ތުންފަތަ މައްޗަށް ފޭކު ހިނިތުންވުމެއް ގެނުވީ ދުނިޔެއަށް އޮޅުވާލުމަށެވެ. އެ ހިތުގައިވާ ހައިޖާނުގަނޑާ ތަޅާ ފޮޅެމުން އެ ހިނިތުންވުން ގެނައީ ހާދަ ބުރަމަސައްކަތަކުންނެވެ. “ޒީ” ޒީނާ ސިހުނީ އަމޭލިއާ ޒީނާގެ އަތުގައި ހިފާލުމުންނެވެ. “ޔެސް.. ފައިނަލީ ދޯ” ޒީނާވެސް ހިނިތުންވެލީ އަމޭލިއާގެ އުފަލުގައި ބައިވެރި ވުމަށެވެ. އެކަމަކު އެ ހިނިތުންވުން އޭނގެ އެންމެ ފުން ކޮށް ރައްދު ނުކުރެވުނީ މާޒިންއަށް ވާނެގޮތެއް ހިތައް އެރުމުންނެވެ.
މުޅި ހިސާބަށް ކާއެއްޗެހީގެ މީރުވަސް ފަތުރާލާފައިވާއިރު ކުޅުދިޔާވާނެއެވެ. ޒީނާ ހިތާހިތުން ޝުކުރު ކުރީ ކާ އެއްޗެހީގެ ސަބަބުން މާހައުލަށް ތަފާތު ކަމެއް ގެނުވާނެ ކަމުގެ އުންމީދުގައެވެ. ކައި ނިމުމައްފަހު ތިން މީހުން މިސްރާބު ޖެހީ ވެސްޓު ބީޗަށެވެ. ” ރާސިލް މިހާރު އަންނާނެ އަހަރެން ބަލާ… ” ބީޗުގައި އިށީދެ ދެތިން މިނެޓް ނުވެ އަމޭލިއާ ބުނެލިއެވެ. “ހާދަ އަވަހަކަށް” ޒީނާ ތުންދަމާލުމައްފު ބުނެލިއެވެ. “ދެން ޒީ ހީކުރީ އަހަރެން މިހާ ތިއްތި އެއްމިވީ ޒީއަށް ދެއްކެން ކަމައްތަ.. ހިހިހި އެއޮއް އައީ.. އެހެން ފަހަރަކުން އިންޓްރޯ އެއް ދޭނަން.. ޓާޓާ” އަމޭލިއާ އަތަށް ފައިވާން ލުމައްފަހު ދުއްވައިގަތި ހެދުމުގެ ފަސްބައިގަ ކުޑަކޮށް އެއްއަތުން ހިފާލަމުންނެވެ. އަމޭލިއާ ދިޔަ ދިމާލަށް ބަލަން ހުރި މާޒިން ހިތް ދިރުވާލީ ވީ ދެރައިންނެވެ.
“މާޒިން..” ޒީނާ މާޒިންގެ އަތުގައި ހިފާލީ ދެރަވެ އިނދެއެވެ. “ސޮރީ އަހަރެންނާ ހެދި” ޒީނާ އިސް ޖަހައިގެން އިދެ ބުނެލިއެވެ. “އަހަރެންނާ ހެދި މިހެން މިވީ.. އަހަރެން ބުނިން އެމީ ކައިރީގައި ލޯބިވާ މީހަކު ލިބޭނީ ނަސީބު ވެރިންނައްށޭ..” މާޒިންގެ އަތުގައި ހިފައިގެން އެ އިން ގޮތަށް އިނދެ ޒީނާ ކިޔަމުން ދިޔައެވެ. “ޝޫޝް” މާޒިން ޒީނާ ކުރެން ވާހަކަ ނުދެއްކުމައްބުނެ ޒީނާގެ ކޮނޑުގައި ކުޑަކޮށް ބޯއަޅާލީ ބޮލަށް ބަރުވާހެން ހީވުމުންނެވެ. މާޒިންގެ އެ އަމަލުން ޒީނާ ނޭވާ ހިފާޓާލީ ހިތް އަވަސްވެ އިނދެއެވެ. “މާޒިން” މާޒިން ލޮލުގައި އަތް ޖައްސާލުމައްފަހު ކަރުނަ ފޮހެލިތަން ފެނި ޒީނާގެ ހިތައް ކެއްނުވިއެވެ. “ޒީ ޕްލީޒް.. ވާހަކަ ނުދައްކަބަލަ..” މާޒިން އަނެއްކާވެސް ޒީނާ ކުރެން ވާހަކަ ނުދެއްކުމަށް ބުންޏެވެ. ޒީނާ އެ އިންގޮތަށް އިން އިރު ލޯ ފޮހެލަމުން ދިޔައީ މާޒިންއަށް ވަގަށެވެ. މާޒިންއަށް ހަމަ ނޭނގެނީ ހެއްޔެވެ. މާޒިން އަޅާ ކޮންމެ ކަރުނައަކަށް ޒީނާގެ ލޮލުން ކަރުނައެއް ވެއްޓެވެ. ދެމީހުން އެގޮތުގައި ތިބި އިރު ދެމީހުންގެ ހިތުގައިވެސް ވަނީ އެއް ޝަކުވާ އެކެވެ. ލޯބިވެވެންވީ ކީއްވެ ހެއްޔެވެ. ހިތުގައި ލޯބި ކަހަލަ ޖަޒުބާތެއް ނުވާނެނަމަ ނޫންހެއްޔެވެ. މަޑު މަޑުން ހަނދުގެ ކުލަ ފަޑުވަމުން ދިޔައީ ބޮޑު ވިލާގަނޑެއް އޭގެ ޝިކާރައަކަށް ވުމުންނެވެ. ހަނދުވެސް ލޯބީގައި ދީވާނާ ވެފައިވާ ދެމީހުންގެ ހިތާމައިގައި ބައިވެރިވާކަހަލައެވެ.
………..
“ގުޑް ނައިޓް ވައިފީ.. ލަވް ޔޫ” ސައިކަލު އަމޭލިއާގެ ގޭ ދޮރުމައްޗަށް މަޑުކޮއްލުމައްފަހު ރާސިލް ބުންޏެވެ. ” ރާސިލް ހީވަނީ އަހަރެން ގެއްލިދާނެތީ އުޅޭހެން” އަމޭލިއާ ރާސިލްއާ ދިމާކޮއްލިއެވެ. “ހަމަ އަސްލުވެސް ތިބުނީ ތެދަށް.. ލޯބިވާ ވަރަ އަބަދު ހާމަ ކުރީމަ ވައިފީ އަށް އުދަގޫވާނެ އަހަރެންނާ ދުރައްދާން” ރާސިލް އަމޭލިއާގެ އަތުގައި ހިފާލުމައްފު އެހެން ބުންޏެވެ. ” އަބަދު ތިހެން ނުކިޔަސް އަހަރެންނަށް އެނގޭ ރާސިލް ލޯބިވާ ވަރު.. އެން އައި ލަވްޔޫ މޯރ… ދެން ދޭ…” ރާސިލްގެ ކޮލުގައި ބީހިލުމައްފަހު އަމޭލިއާ ބުނެލީ ވަރަށް ލޯބިންނެވެ. ދެލޯބިވެރިން ރޭގަނޑުގެ ސަލާމް ކުރީ ކުރާ ހިތަކުންނޫނެވެ.
………..
ހެނދުނު އިރު އެރުމާއެކު ހޮސްޕިޓްލް ތެރޭގައި ހަލަބޮލިވަމުން އައީ އެމެޖެންސީ ޕޭޝެންޓެއް ގެނައުމުންނެވެ. އަންހެން އެ ކުއްޖާގެ ހަށިގަނޑުގައި ވަނީ އެކި ތަންތަނުން ލޭ އައިސް ނޫފައިގަންފައެވެ. ކޮންމެވެސް މީހެއްގެ ޝިކާރައަކަށް ވީ ފުރާވަރުގެ ކުއްޖެއްކަން ޔަގީނެވެ. ޑރ ޔުމްނާގެ ބުރަ މަސައްކަތުން އެ ފުރާނަ ސަލާމަތް ކުރި އިރު އެ ޕޭޝެންޓްގެ މަންމަ ގޮނޑި ބަރީގައި އިށީދެގެން އިން އިރު އިނީ ރޯންށެވެ. “ރާސިލް އަހަރެން ހަނދާން ވެއްޖެ..” ރާސިލްގެ ގަމީހުގައި ހިފަމުން ޔުމްނާ ބުނީ އެ އަންހެން މީހާއާއި ދިމާލަށް ބަލަމުންނެވެ. “ކޯޗެއް” ރާސިލް ހާސްވީ ޔުމްނާއަށް ވެފައި ހުރި ގޮތުންނެވެ. “އަހަރެން ބުނީ މެއްނު ކުރިން ދުވަހު ދެމީހުން ފެނިގެން އެ ދެމީހުން ފެނުނު ހަނދާން ވެއޭ.،. އޭރު އަހަރެންނަށް އެމީހުން ފެނުނީ ޕޮލިސް ޔުނީފޯރގަ.. އެއީ އެއީ ހަމަ މިކަހަލަ ގޮތަކަށް ކަންތަށް ވީ ކުއްޖެއް.. ރާސިލްއަށް އެނގޭނެ އޭނަ.. ކުރިން ދުވަހު އުޅުނީމެއްނު ޔާމިންގެ ޕޭޝެންޓެއް އަތުލައިގެން.. އެއީ އަންހެން ކުއްޖެއް.. އަދި އެނގޭތަ.. އޭނައަށް އެކަން ކުރީ އެމީހުންކަމަށް ވަނީ ބުނެފަ.. ހޮސްޕިޓަލް ތެރޭގައި ބޮޑު ކަންތައް ގަނޑެއް ހިނގި.. ” ޔުންނާ ދައްކަމުން ދިޔަ ވާހަކައިން ރާސިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ” އެކަމް ޔުމްނާ ކިހިނެއް..” ރާސިލްއަށް ސުވާލު ފުރިހަމަ ނުކުރެވުނެވެ. “އެއީ އަހަރުތަކެއްގެ ކުރީގެ ކަމަކަށްވިޔަސް އަހަރެން ހަނދާނުން ފިލައިގެން ނުދާނެ އެކަމެއް.. އަހަރެން.. އަހަރެންގެ ފުރަތަމަ ޕޭޝެންޓު އެއީ..އަހަރެންނޭ ހުރީ އެކުއްޖާގެ ޑޮކްޓަރަކަށް.. އޭނަ މަންމަ އަހަރެންގެ ގައިގަ ބައްދާފަ ރުއި ވަރު އަހަރެން ހަނދާން އެބަހުރި.. އޭނަގެ ބޭބެ އޭނަ ޖެހިގެން އޮތްވޯޑުގައި ބާއްވާފަ އޮތް އިރު އެ ކުއްޖާއަށްވެސް ޒަހަމް ތަކެއް ދިނީ އެމީހުން.. އެއީ ނުބައި ބައެއް… އަހަރެން ދެކުނިން އެރޭ އެ ފިރިހެން ކުއްޖާ ހޭ އެރި ގޮތަށް އެމީހާގެ ކަރުގަ ހިފީ…” ޔުމްނާގެ ދެލޮލުން ފެންނަމުން ދިޔައީ ބިރުވެރި ކަމެވެ. ރާސިލްއަށް ހުރެވުނީ ޔުމްނާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. “އަހަރެންގެ ބައްޕަ.. ނޫން ނުވާނެ އެހެނެއް.. އެކަހަލަ ކަމެއް ނުކުރާނެ” ރާސިލް އަމިއްލަ ނަފްސައް ވިސްނާދެމުން ދިޔައެވެ. “އެކަމަކު އޭރުގަ އަހަރެންގެ ބައްޕައަކީ ޕޮލިހެއް…” ޔުމްނާގެ ގައިން ދޫކޮއްލުމައްފަހު ހުރި ތަނަށް ރާސިލް ތިރިވީ ބޮލުގެ އިސްތަށި ގަނޑުގައި ބާރަށް ހިފަހައްޓަމުންނެވެ.
ނުނިމޭ”
58 Comments!
Comments are closed.
Heyy guyxx here is the nxt part. Hope u guyxx will enjoy this part too ??
Wowwwww nyc ingey..kyp it up lurv??
Awwwnn thnk u ???sweety
v reethi… waiting for the next part….
Thnk u ?
Woww varah varah varah varah reethi. Al last raasil ah truth engeny dho. Next part 26th ga dho, e part vvv digukoh genesdhechey ingey kamana… plzz mi truth engumahfahuves raasil aa amy vakinukuraathi, Keep it up dear, love u 🙂 🙂 Waiting 4 the next part…..
Thnk u so much n lov u too ?
V reethi
??
Very nyc… Whn nxt prt? Varah avahah up koh dhechey….
Insha allah balanan avahah up kohla dheveythoo thnk u ?
Finally, Emi&Rasil., Wowwwww,., mi partvx hama habeys., This is realIy a nice story.., Enme inthizaarah fahu kiyanjehey enme rythi story mee mihaaru.. I love u so much dear.., nd yes, Rasil ah truth engunas edhemyhun dhuru nukurahchey ingey.. nd poor mazin., Kamana, mazin nd zeena gulhuvaba., his heart is break, he need a partner.. ….. bt emi&rasil dhuru nukuraathi.. k., waiting 4nxt part:):)
Thnk u thnk u so so much n lov yu too. Thnk u so so much for supportin me ?
v v v v v v hadhi
Alhe dhn sheyn aahaka eh liyedheynvynu dhw vrh rythi….kamana…mi vaahaka hama habeys ingey…..negative comments ah vx balaigen kuriyah dhey…..yur a gd rytr..kyp it up
Sheyn vaahaka hadi vi sababu bunedhevidhaanetha. So thy i can inprove tht part. N yes insha allah i will try my best. ?
Uffffffffff v v rethi vahaka eh
I love this story?????
Uffff i think i will use tht word soon heheh. ?Anywayxx thnk u so much lov ?
Wow
?thnk u
V v v varah reethi
Thnk u ?
Raasil..its not ur Dad…its Noora’s Dad…dhw dhw kudhinney…
Rasil ge dad aa noora ge dad aa adhi ehn myhakaa vgn emy rape kury nd aathif maraaly noora Ge dad….
Heheh thnk u guyxx ?
oohh…wat a lovely part kamanaaa…and at last dat breath taking moment… aaahhh… plz plz next part v avahah up kohdheeba.. cnt wait anymore. love u kamanaa
Awwwnn thnk u so much n lov u too. Insha allah nxt part avahah up kohla dheveythoo balaanan ingeyy ?
varah reethi vaahaka kyp it up☺☺
Thnk u?
Dhn rangalhu emee ge faraathun nun gothakah e hageegay raasil ah enguny ma… Emy buni nama may b rasil akah gabooleh nukureveyne dhw…
??☺️
Wooowwww..v nyc mi part vex..
avahah next part up kohdhehchey plxxxxxxxx
Yesh insha allah. N thnk u?
story v v v reethi! v kiyaa hih vx vey! sheyn ah hadi as ehn hurihaa readers ah vx v v v reethi mi story. raaz vx v kiyaa hih vey.. kamana, thankolheh avahah up koh dhehchey… plis…. waiting for the next part
Thnk u so much. Thnk u for yur supprt. N m really happii readers ah kamudha stry eh geneveythy. Thnk u ?
v avahah vaahaka eh up koh dheynan
Thi vynu..gd luck
Sheyn i wish u all the best n insha allah i will read yur stry too. Gud luck ?
thnx
SHEYN BUNAN VYNU HADIVI SABABEH.. SHEYN VX KIHAA KADA VAANE REASON EH NETHI HADI EYY KYMA.. DHN THIHAA MOLHU MYHEH VYMA BUNEBALA VAAHAKA HADI VI SABABEH
Sheyn hithun sheyn ah ekani molhethi vaahaka liyefa up kureveyne ey bunan vy…aslu vaa gothaky kamana ryhchah vaahaka liyaathy ekan hajam nukureveny..sheyn kithanme varakah bunyas kamanage vaahaka thah hama nulaahiku riithi..hadihyyaa vx rangalhu kuran hafi thanehgge vaahaka buniima ehnnu ekan hahllu vaany…btw sheyn ge thi molhu kameh vx balaalan beynun kiyun therin
go 2 hell
Yea sheyn hithun sheyn vareh nethifa..vaahaka hadihyyaamu nukymavynu
2hell eh nynnaane sheyyyyyyyn
sheyn vx haadha amilla edhun bodey dhw
me yo e vx nameh thr
Sheyn o..e vx nameh tha
shutup
Okay sheyn…ehn vyma ehn myhunge fylngs ah vx visnaalaafa comment kurahchey..tc
then mihaaru huttaalan vejjennu
noon adhi nuvey huttaakah
Dhn hurihaa kudhin ninmaalaa. ?N sheyn. Iff there is anythn to improve u can just tel me so eyrun i will try my best ingeyy rangalhu kuran. Readers ah kamudhaa kahala stry eh genevun ae wht i want. ??plxxx ??????
hmmmm dhen hevey
Stry v nice.. ???❤❤dhn haadha amilla edhun bodu myhun ulhey ey dhww… nd respect kuran neynge
Wow wow this story is damn awesome… I really love this story… Keep it up dear. ???
thy dhn kaaku tha
?????????????????????????????????????????????????
i m nt tlkng 2 u?????