މަގޭލޯބިމަގޭހައްގު 2
މީޝާ ގޮނޑީގައި އިށީދެ ދެންއޮތްގަޑިއަށް ތައްޔާރު ވިއެވެ. ޓީޗަރު އައިސް ގަޑި ފެށުމުން މީށާ ފޮތް ނަގައި ޓީޗަރަށް ސަމާލުކަން ދިނެވެ. ފިލާވަޅު ނަގައި ދިނުމަށް ފަހު ކުދިންނާ ސުވާލުކުރުމުގެ ތެރޭގައި މީޝާގެ ކައިރީ ގައި އިންގޮނޑީގައި އިށީދެލައިގެން އިން ކުއްޖާޔަށް ޓީޗަރުގެ ސުވާލު އަމާޒު ކޮށްލިއެވެ. މީޝާއަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. މީޝާ ސިއްސައިގެންގޮސް ތެދުވުނެވެ. ކުލާހުގެ ހުރިހާކުދިންގެނަޒަރު މީޝާއާއި ދިމާލަށް ހުއްޓުނެވެ. އެވަގުތު މީޝާއަށް އިސްޖަހައިލެވުނެވެ. އެދޮންމޫނަށް ގަދަރަތް ކުލައެއް ވެރިވެގެން ދިޔައެވެ. “މީޝާ ކިހިނެތްތަވީ..؟؟؟” ޓީޗަރު ސުވާލުކޮށްލިއެވެ.”ކަ…ކަ…ކަމެއް ނުވޭ!!…” މީޝާޖަވާބުދިނެވެ. ޖަވާބުދިނުމަށްފަހު އިށީނެވެ. “ވެއަރ ވޯޒްއައި..؟.. ހާހް…ޒައިން!!… ވަޓް އިޒް ދަ މެއިން ޓޮޕިކް ވީ ސްޓަޑީޑް ޓުޑޭ…؟؟؟.”ޓީޗަރު ސުވާލު ކޮށްލުމާއި އެކު ޒައިން ކޮޅަށް ތެދުވެ ސުވާލައް ޖަވާބު ދިނެވެ.
މީޝާ ހުރީ ހައިރާންވެފައެވެ. މިއީހަމަ އެޒުވާނާ ހެއްޔެވެ. މިޒުވާނާ ހުންނަނީ މިކުލާހުގަ ހެއްޔެވެ. ހާދަ ހިއްގައިމު އަޑެކެވެ. ވާހަކަ ދެއްކުމުގައި ފިރިހެން ވަންތަ ކަމެއް ހުރެފައި ފެންނަ ފެނުމައްވެސް އެހާމެ ރީއްޗެވެ. އަނެއަކާ މީޝާއަށް މިވަނީ ކީއްހެއްޔެވެ. މިއީ ދުވަހަކުވެސް މީޝާއަށް ފިރިހެން ކުއަޖަކުފެނިގެން ވީގޮތެއް ނޫނެވެ. ޒައިން ސުވާލައް ޖަވާބުދިނުމަށްފަހުއިށދެ ަނެއްކާވެސް މީޝާ އާއި ވާހަކަ ދައަކަން މަސަށްކަތް ކުރިއެވެ ނަމަވެސް މިފަހަރު ވެސް ޒައިން ނާކާމިޔާބު ވިއެވެ.
ގަޑި ތައްނިމި ގެއަށް ދާވަގުތުޖެހުނެވެ. މީޝާ ފޮތްތައް ދަބަހަށް ލުމައްފަހު ކުލާހުން ނިކުމެ ގޭޓާދިމާލަށް ދާން ހިނގައިގަތެވެ. ފަހަތުން މީޝާއަށް ގޮވާލި އަޑު އިވުނެވެ. މީޝާއަށް ފަހަތައް އެނބުރި ބަލައިލެވުނެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ޒައިންގެ ފުންދެލޮލަށް ބަލައިލެވުނެވެ. މަދުނޫކުލައިގެ ކަނޑެއް ފަދަ ދެލޮލެވެ. މީޝާގެ ހިތް ހުއްޓުނު ކަހަލަ އެވެ. ކުރިމަތިން ފެންނަން މިހިރީ ޖާދޫގަރެއްބާވައެވެ ނޫނީ މިއީ ޖިންނިއެއް ހެއްޔެވެ.ޒައިންއަށް އެއްޗެކޭނުބުނެ ވެނީސް ކުއްޖަކު އައިސް ޒައިންގެ އަތުގައި ހިފައިގެ ހިނގައިގަތެވެ. މީޝާ ބަލާކަށް ނުހުރެ ގޭޓާދިމާލަށް ދުއްވައިގަތެވެ. ކާރުގެ ތެރެއައް ވަދެވުމާއިއެކު ދޮންތަގެ ގާތުން މާފަށް އެދުނެވެ ަދި މަޑުކުރީތީ ޝުކުރުއަދާކޮށްލިއެވެ.”ކީކުރަން ބުނާ ތެންކިއު އެއް…!!..މިއީ މީޝާގެ ބައްޕަގެ ކާރެއްނު…؟؟؟..”ދޮންތަ ހަރުކަށިގޮތަކަށް ބުނެލިއެވެ.
މީޝާގެ ދޮންތަ މައިރާ އަކީ މަޝްހޫރު އިންޑްސްތރިއަލިސްޓު އަބްދުލް ހަކީމުގެ ހުރި އެންމެ އަންހެން ދަރިފުޅެވެ. ކުޑައިރުއްސުރެން ވެސް ވަރަށް މޮޅު އަދި އެހާމެ ބޮޑާހާކާ ވަރަށް ސިޔާސަ މިޒާޖެއްގެ ކުއްޖެކެވެ. އެއާ ޙިލާފަށް މީޝާއަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. މީޝާއަކީ އަބްދުލް ހަކީމުގެ ކޮއްކޮ މަޝްހޫރު ޑޮކްޓަރ ސައަފޫރުގެ ކުއްޖެކެވެ. ކިޔެވުމުގައި ދޮންތަ އަށް ވުރެން ދަށުގައި އުޅުމުގެ ސަބަބުން އެންމެން މީޝާއަށް މަލާމާތް ކުރެއެވެ. ބޮޑުބޭބެއާއި ބޮޑުދައިތަ އެކްސިޑެންޓެއްގައި ނިޔާވުމަށްފަހު މައިރާ އުޅެނީ މީޝާ މެނާއި އެކު މީޝާމެންގެ ގޭގައެވެ.
One Comment
Comments are closed.

sorry miduvas kolhu kudakoh buxy so v kurukoh liyefa hunnanii but let me finish my tests so that i cant continue see you guys soon and i hope you like it… 😛 🙂