Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގަ ނިމިގެން ދިޔުން ބޭނުމޭ….! (2)

nukko
February 24, 2016
8 Mins Read
44 Views
26 Comments

އަހަރެން އެންމެ ފަހުން އިސްޖެހީ އޭނާ ބަލާވަރުންނެވެ.”” ހޫން ދެން ބަލާ ވައްތަރެއް… މަ މީ އަރާކާ އެއްޗެއް ނޫން ވިއްޔާ ހައް.. ދެރަކަމެއްނު ދޯ….”” އަހަރެންގެ ހިތާހިތުން އޭނާ އަށް ފަތިވަރުތަށް ގޮވަމުން ގެންދިޔައީމެވެ. ” އޭ އެބަ އަންނަން އިނގޭ” މިހެން ބުނެފައި އާސިދު އެތެރެއަށް ވަނެވެ. ނަދާވެސް އޭރުވީ އެތެރޭގަ އެވެ. ” ހާއި… އައިމް  މާދު.. ކޮންނަމެއް ތީނަ އަށް ކިޔަނީ؟” ޕީޗްކުލައިގެ ޓީޝާޓް ލައިގެން އިން ޒުވާނާ އަހަންނާއި ކައިރިއަށް ޖެހިލާ އިސްވެ ވާހަކަ ދައްކަން ފެއްޓިއެވެ. ” ރިއާ..” ހިނިތުންވުމަކާ އެކު އަހަރެން ޖަވާބު ދިނީމެވެ. “ވާއޮ ނައިސް ނޭމް.. ރީ ކިޔަސް އޯކޭތަ؟”  އަހަރެން މާދު ކުރި ސުވާލުގެ ޖަވާބު ބޮލުގެ އިށާރާތުން ދިނީމެވެ. އޭނަ އަހަރެންނާއި ބައިވަރު ވާހަކަ ދެއްކިއެވެ.. މާދުގެ ވާހަކަ ތަކުން އެނގުނު ގޮތުގައި އޭނާ އަކީ ހަމަ އަހަރެންގެ ދޮންބެ ދައްތަ ރަށު ކުއްޖެކެވެ. އަދި މާލެ ދަނީ ޗުއްޓީ ނިންމާފައި ކަމަށާއި އޭނަ މަސައްކަތް ކުރަނީ އއ. އަތޮޅު ރިސޯޓެއްގައި ލޯންޗް ޑްރައިވަރެއްގެ ވަޒީފާކަމުގައި ބުންޏެވެ. އޭރު އަހަރެންގެ މަންމަ އަހަރެމެންނާ ތަންކޮޅެއްދުރުގައި މަންމަގެ ރަހުމަތްތެރިން ތަކެއް ފެނިގެން އެމީހުން ކައިރީ ވާހަކަ ދައްކަން އިނެވެ.

އަހަންނާއި މާދު ވާހަކަ ދައްކަން ތިއްބާ ގަދަ މުށިކުލައެއްގެ ސޯޓަކާއި މަޑު މުށި ކުލައެއްގެ ގޮޅިޖެހި އަތްކުރު ގަމީހެއް ލައިގެންހުރި  ޒުވާނަކު އައިސް މާދު ކައިރީ ގައި އިށީނދެލިއެވެ. އޭނަ ވެސް ހައި ޖަހާލާފައި އޭނާއަށް ކިޔަނީ ޝިމާޒް ކަމުގައި ބުނެލިއެވެ.އެވަގުތު ނަދާ އައިސް އަހަރެން ކައިރީ އިށީނެވެ.އެ ދަތުރުގައި އަހަރެމެން އުމުރުގެ ކުދިން ވަރަށް މަދެވެ. ގިނައީ މުސްކުޅީންނާއި ކުޑަ ކުދިންނެވެ. އެހެން ކަމުން އެ މަދު ވަގުތު ކޮޅުތެރޭގައި އެއެންމެން ވެސް ވީ އަހަރެންގެ ރައްޓެހިން ތަކަކަށެވެ. މަންމަ ވެސް އެމީހުންނާ ވާހަކަ ދައްކާ ހެދިއެވެ. މި އެންމެންނަށް ވެސް މަންމަ ގެ މަޖާމިޒާޖު ވަރަށް ކަމުދިޔައެވެ. އަދި ރީގެ މަންމަ ހާދަ ކޫލް އޭ ކިޔާ ހެދިއެވެ. އޭރުވެސް އަހަންނަށް މާދު ހާއްސަ ނަޒަރަކުން ބަލަމުން ދާކަށް އެނގުނެވެ. ނަމަވެސް އަހަރެން އެކަން  އެނގޭ ކަމަކަށް ނުހަދަމެވެ.

” ހޭ ގާއިސް… އެނގޭތަ މާދަމާ އަކީ ކޮންދުވަހެއްކަން؟” ނަދާ ފޯރިއާއެކު އަހާލިއެވެ. އެންމެން ވެސް ދެކޮނޑު ހިތްލާލިއެވެ. ” ނޯ ނަދާ.. ނޯ.. ޝޫޝް.. ޕްލީޒް.. ނޯ..” އަހަރެން އާދޭސް ކުރަމުން ދިޔައީ ނުބުނޭތޯ އެވެ. ” މަދަމާ އަކީ ރީ ގެ 16 ވަނަ އުފަންދުވަސް..” ނަދާ އަޑުގެ ނެތް ތަނަށް ހަޅޭލަވައިގެތެވެ. ” ދެންންންން…. ރުޅި..” ތުން ކޮޅުއޫކޮށް ލަމުން އަހަރެން ބުނެލީމެވެ.  އާސިދު އާއި މަހީދު އަދި ޝިމާޒް އޯ އޭ ކިޔާފައި ހަޅޭލަވައިގަތެވެ. އަހަރެން މަންމަ އަށް ބަލާލިއިރު މަންމަ ވެސް ހިނި އައިސްފައި އިނެވެ.. ” ޗޮކްލެޓް ދޭން ވާނެ އިނގޭ.. އެހެންނޫނީ ބޯޓް ތެރޭގަ 16 ބިހުން ތަޅާ ބަލި ކުރާނަން..” އާސިދު ބުންޏެވެ. ” ދެންން ނޫން.. އެހެން ނަހަދައްޗޭ.. ރީ އަތަކު ޗޮކްލެޓް އެއް ނެތް.. ބިސް ނުޖަހައްޗޭ.. ޕުލީޒް..” އަހަރެން އާދޭސް ކުރާ ގޮތަކަށް ބުނެލީމެވެ.. “ސޯ… މިރޭ ލަވަބާޒީ ކުޅެންޏާ އިނގޭ ބިސް ނުޖަހާނީ..” މާދު އެއްލޯ މަރާލަމުން ބުނެލިއެވެ.” އޯކޭ..އޯކޭ…..” އަހަރެން އެއްބަސް ވީމެވެ. ”  ދެން ތިމީހުން ރީ އަށް ދޭނީ ކޮން އެއްޗެއް.؟” ފުޅާހިނިތުން ވުމަކާ އެކު އަހަރެން އަހާލީމެވެ. ” ޝިމައްޓި ގެންގުޅޭނެ ބައިވަރު ކާއެއްޗެހި.. އެއީ އަހެރެމެންގެ ރެސްޓޯރެންޓް ދޯ ޝިމާޒް….” އަހަރެންގެ ޖުމުލަ ނިމުނު ތަނާހެން މަހީދު ބުނެލިއެވެ. އާނ ދޯ އޭ ކިޔާފައި ޝިމާޒް ހިނގައިގަތީ އެތެރެއަށެވެ. ދެންތިބި ދެމީހުން ވެސް  ހަދިޔާ ހިފައިގެން އެބަ އަންނަމޭ ކިޔާފައި ދިޔައީއެވެ. އޭރު ޝަދާ އިނީ ފޯން އެއްގައެވެ.

އިރުކޮޅެއްތެރޭގައި 3 މީހުން ވެސް އައެވެ. އާސިދު  ދިނީ ކްލައުޑް 9  ޗޮކްލެޓެކެވެ. ޝިމާޒް ފޭރަކާއި 2 ވެފާރ އެޕޯލޯ ދިނެވެ. އަދި މަހީދު ޑެއިރީ މިލްކްގެ ރޯސްޓެޑް އާމަންޑްސްގެ ކުޑަ ޗޮކްލެތަކާއި ރަސްލީ ސުޕާރީ އެއްދިނެވެ. އަހަރެން އެތާ އިނދެގެން ކާން ފެށުމާއެކު އެންމެން ކެމުސީ އޭކިޔައި ދިމާކުރަން ފެއްޓިއެވެ.” މާހިދު ކައެ ކޮންތާކުން ޗޮކްލެޓު ނެރުނީ. މަ ބޭގަކު ނުހުންނާނެ ….” ޝިމާޒް ހައިރާން ކަމާއެކު އަހާލިއެވެ. “އެއީ ހާއްސަ ކުދިންނަށް ދޭން ގެނައި އެއްޗެއް..” އެއްލޯ މަރާލަމުން އަހަންނަށް ބަލާލަމުން ހީލާފައި މާދު ބުނެލިއެވެ. ” އޯ.. ސޯ ރީ ދޯ އެއީ އެކުއްޖަކީ… ހމމމ…. އެހެމް… އެހެމް..އަހަރެމެން މިތަނުން ދާންވީ ކަންނޭނގެ ދޯ.. މިމީހުންނަށް ޓައިމް ދީފަ….”  އެންމެން ދިމާ ކުރުމުން މަހީދް  އެ އެންމެން ގައިގާ ބޮނޑި އެއް އަޅާލިއެވެ. އަހަރެންވެސް އިނީ ރަކިވެފައެވެ.

އޭގަ އިރުކޮޅެއްފަހުން އަހަރެން  ބޮލަށް އެނބުރުން އަރާފައި ހޮޑުލެވޭ ގޮތް ވާތީ އެތެރެއަށް ދާން ތެދުވީމެވެ. ބޯޓެއްގައި ތެދުވެ އިނދެވޭނީ މަދު ވަގުތަކުއެވެ. “އޭ ތި ފަނިހަދަނީނުން.. ލަވަ ބާޒީ ކުޅެން ކިޔާފަ… ” އާސިދު ބުނެލިއެވެ. ” ނޫން ފަނި ހަދަނީކީ ނޫން.. ރީ ވަރަށް ގަދަ އަށް ބޮލުގަ ރިއްސާތީ… ތި އެންމެން ގަޔަށް ހޮޑުލެވިދާނެ… ތިމީހުން ކުޅެލާ އިނގޭ..” އަހަރެން ބުނެލީމެވެ.. މަހީދުވެސް އަވަހަށް ގޮސް ނިދާލާށޭ ބުންޏެވެ. އަހަރެން ހިނިތުންވެލާފާ ގޮސް އޮށޯވެލީމެވެ.

އަހަރެން އޮށޯވެ އޮތީ ބެލްކަނީ ދޮރުކައިރީ ކަމަށް ވުމުން އެމީހުން ލަވަ ކިޔާ އަޑު ރީތިކޮށް އިވެއެވެ. “އޯކޭ.. ދެން މަހީދު.. ނަދާ ނިންމީ އ އަކުން..” ޝިމާޒް ބުނެލިއެވެ. ” މިއީ ރީ އަށް އިނގޭ.. އޭނަ ކައިރީ ނުބުނައްޗޭ.. އަނެއްކާ އަޑުއިވޭނެތަ؟” މަހީދު މިހެން ބުނެލީ މަޑުމަޑުން ނެވެ. އަހަރެން ގާތަށް ހިނިވެސް އައެވެ. އިތުރަށް ކަންފަތް ހުޅުވާލާފައި އޮތީ އޭނަ އަހަންނަށް ހާއްސަކޮށްގެން ކިޔާ ލަވަ އަޑުއަހާލުމަށެވެ. އޭރު މަންމަ ގަދަޔަށް ނިދާލާފައި އޮތެވެ. “އާނ.. ރީ އަކަށް ނީވޭނޭ… ކިޔާބަލަ..” އާސިދު ބުނި އަޑުއިވުނެވެ. ދެން އިވުނީ މަހީދުގެ ފިރިހެންވަންތަ އަޑުން އެ އަސަރުގަދަ ލަވަ އެވެ.

“އަމާޒަކީ މިހާރު ތިޔަ ރީ އޭ.. ހިތް އަދު ދިނީމެ ލޯބިދެން ލިބޭތޯ.. ރިއާ އޭ.. ރިއާ އޭ.. ރިއާ އޭ ކުރޭ ފުން އަސަރު އިނގޭތޯ.. މާދު މިވަނީ ލޯތްބޭ ހަގީގީ.. މާދު މިވަނީ ލޯތްބޭ ހަގީގީ…..”

“ހަނދަށްވުރެ ނަޔާ ތަޒާ މޫނޭ ތީ.. ޒުވާން މިހިތުގައިވާ ވިންދޭ ތީ…”ހަނދަށްވުރެ ނަޔާ ތަޒާ މޫނޭ ތީ.. ޒުވާން މިހިތުގައިވާ ވިންދޭ ތީ… ”

“ފުރާނަ މިހިތް އެދޭ މާދުގެ ދިރުމޭ ތީ.. ކިޔައިދޭނަން.. ކިޔައިދޭނަން.. ކިޔައިދޭނަން އިޝްޤީ ލައްޒަތެއްލިބޭތޯ….”

” މާދު މިވަނީ ލޯތްބޭ ހަގީގީ.. މާދު މިވަނީ ލޯތްބޭ ހަގީގީ…..”

އަހަންނަށް އިހުތިޔާރަކާ ނުލާ ހިނިތުންވެވުނެވެ. މީހަކު ނުބަލާކަން އެނގި ހުރެ ނަމަވެސް ލަދުންގޮސް މޫނުގައި އަތް އެޅިއްޖެ އެވެ.

“އޯ…… ހާދަ  ރޮމޭންޓިކް އޭދޯ ދެން…. ހމމ ހމމ…އަސްލުވެސް ވަރަށް ރީތި އިނގޭ…” ނަދާ ދިމާކުރަންފެށިއެވެ. އަހަރެން މަޑުމަޑުން ބެލްކަންޏަށް  ބޯދިއްކޮއްލި އިރު މާދު ހުރެގެން ބޯ ކަހަނީ އެވެ..” ޕުއަރ މާދު…” އަހަރެން ހިތާ ހިތުން ކިޔާލީމެވެ..

……………. ……….. …………… …………

އެރޭ ދެތިންގަޑިއިރަކު ނިދާލުމަށްފަހު އަހަންނަށް ހޭލެވުނީ 15 4 ވީ ފަހުންނެވެ. ހޭލެވުމާ އެކު ފުރަތަމަ ވެސް ބަލާލީ ފޯނަށެވެ. 7 މެސެޖެ އޮތެވެ. ދޮންބެ އާއި ދޮންބެ ދައްތަ ގެ އިތުރުން އަހަރެންގެ ބައެއް އެކުވެރިން އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި އޮތެވެ. ދެން އަހަރެން ތެދުވެ ފާހަނާއަށް ދިޔައިރު ފާހާނާ ކައިރީގައި ބޮޑު ކިއު އެއްއޮތެވެ. މީންޒަމާނަކުންވެސް ފާޚާނާ ލިބޭނޭ ކަމެއްނޭނގެ އެވެ.  ޗޮކެއް ކަނޑާލާފައި އަހަރެން ބުރުހުގައި ބޭސް ޖަހައިގެން ބެލްކަންޏަށް ނުކުމެ ދަތް އުނގުޅަން ފެށީމެވެ. މީހުން އެހާގިނައިން ބެލްކަނީގައި ނުތިބޭނެޔޭ ހިތުން ކިޔަމުންނެވެ. އަހަރެން ދަތް އުނގުޅަމުން ބޯޓުގެ ދިރުނބާ ކޮޅާ ދިމާލަށް ބަލާލީމެވެ. އޭރު މަހީދު އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.  އަހަރެން ދިޔައީ އެއްލައިގެންނެވެ. އެހެނީ އަހަރެން މިތަނަށް ނިކުތީ މަހީދު އިންނާނެ ކަމަކަށް ނޫނެވެ. ” ގުޑް މޯރނިންގ ސްލީޕިންގ ބިއުޓީ….” މަހީދު އެއްލޯމަރާލަމުން ބުނެލީމެވެ. “މޯރނިން…” އަނގައިގައި އޮތް ބުރުހާއެކު އަނގަ ވައްކޮށްލަމުން ބުނެލީމެވެ. އަދި ކޯ ދޮވެލާފައި ކުޅުޖަހާލީމެވެ. ” އައްޗީ.. މަތިން ކޯއްޗެއްތަ މި ވަރަނީ.. މަ މުޅި ބޮލަށް…” ތިރިން ބޭބެ އަކު ގޮވާލި އަޑު އިވުނެވެ. ” އޯ ޝިޓް…….” އެހެން ބުނެލުމަށް ފަހު އަހަރެން އަވަހަށް އެތެރެއަށް ދެމިގަތީމެވެ. އޭރު މަހީދު ހީ ހީ ހަލާކު ވަނީއެވެ.

އަހަރެން އެތެރެއށް ވަދެ މޫނު ބޭބީ ވައިޕްސް އަކުން ސާފުކޮށްލާފައި ޓިޝޫ އަކުން ފޮހެލާފައި ފުއްޖަހާލީމެވެ. އަދި ފިޔާތޮށި ކުލައިގެ ލިޕްގްލޮސް އެއްނަގައި ޖައްސާލީމެވެ. “ހމމ ހމމ.. ދެން ތިވަރު ނުވިޔަސް ރީއްޗޭ…. ރީތި ކުއްޖެއް ވިއްޔާ…” އަހަންނާ ދިމާލަށް އެއްލޯ މަރަމުން މަހީދު ބުނެލިއެވެ. އަދި އަތުން ހަނާ އަޅާލަމުން އައިސް ބަލާށޭ ބުނެލިއެވެ. އަހަރެން ބުމަ ހިއްލާލުމަށް ފަހު ކީއްކުރަންތޯ އެހީމެވެ. އަނެއްކާ ވެސް އޭނާ އަންނާށޭ ބުނުމުން އަހަރެން ބެލކަންޏަށް ނިކުތީމެވެ. “ދީބަލަ ނަންބަރ.. އެނީވޭ ވީ އާރ ފްރެންޑްސް ނައު.. އެން ސުވާލެއްކޮއްލަންތަ؟.” މަހީދު ބުނެލިއެވެ.. ” އަމްމް… ނަންބަރ ދޯ.. ރީ އަކަށް ހިތަކުނ ނޭނގޭ.. މަންމަ ކައިރީ ބުނޭ… ޔާ ކޮށްބަލަ….” އަހަރެން ބުނީމެވެ.. ”  ހިތުން ނޭނގެޔޭ.. ހެހެ ދޮގު ނަހަދައްޗޭ… އަނެއް.. ރީގެ ބީ.އެފް އެއް ހުރޭތަ..؟” ” ހެހެހެ ނޯ..” އަހަރެން ހިނިތުންވުމަކާ އެކު އަހާލީމެވެ.

ނަމަވެސް މާދު ހުރީ ވަރަށް ސީރިއަސްކޮށް ބަލަހައްޓައިގެންނެވެ. ” ރީ.. ރީ ދެކޭ ގޮތުގައި އަހަރެންނަކީ ކޮންކަހަލަ މީހެއް..؟” ވަރަށް ސީރިއަސް ކަމާއެކު މާދު ބުނެލިއެވެ. ” ޔޫ މީން އަހަރެން މާދު ޑިސްކްރައިބް ކޮށްދޭށޭތަ.؟..” އަހަރެން ސުވާލުކޮށްލުމުން މާދު ހމމ އަޅުވާލިއެވެ.. ” އޯކޭ.. އަމް.. މާދު އަކީ ވަރަށް ހިތްހެޔޮ.. ވަރަށް މީހުންނާ ގުޅޭ ދެން ވަރަށް ރަނގަޅު ކުއްޖެއް.. ވަރަށް މަޑުމައިތިރި.. ދެން އޯވާރއޯލް ކޮށް ވަރަށް ބެސްޓް..” އަހަރެން ކޮލުގައި ޝަހާދަތް އިނގިލި ޖައްސާލައިގެން ހުރެ އެހެން ބުނެލީމެވެ. ” އެހެންވީއިރު… އަ..ހަންނާ.. ރައްޓެހި ވެފާނަންތަ..؟ އަހަންނަށް ވަރަށް ކަމުދޭ ރީ.. ރީގެ އުޅުން.. ތި ސްމައިލް.. އެންމެންނާ ގުޅިގެން އުޅޭ ގޮތް.. މިހާރުގެ ކުދިންހެން އެހާ ބޮޑާވެފަ ކިބުރުވެރި ވެފައެއް ނޫޅޭ.. އަމް. އެނގޭ ވަރަށް މަދު ވަގުތު ކޮޅަކު ކަން މި އުޅެވުނީ އެކުގަ.. އެކަމް ވެސް ބިލީވް މީ… އަހަރެން ވަރަށް ވަރަށް ލޯބިވޭ.. ދެރަވާ ކަހަލަ އެއްވެސް ކަމެއްނުކުރާނަން..ޕްލީޒް.. ގިވެ މީ އޭން އާންސާރ މައި ޕްރިންސެސް..” މާދު ވަރަށް ލޯތަބާ އެކު ބުނެލިއެވެ.އޭނާގެ ހިތް ބުނާ ކަހަލަ އެވެ.

“ބުނަންހޭ ކަލާ… ވަރަށް ހިތް އެދޭ…. އެހާ ޗާލޭ ލޯބިވަމޭ.. ކެތެއްދެން ނުވާނޭ މިވާ ލޯތްބަކުން…. ދިވާނާ ކޮށްފަ ނުދޭ.. ދޫމަތީގާ ވަނީ ތިޔަ ނަމޭ…. ހިތުތެރޭގާ ވަނީ ތިޔަ ނަމޭ….”

“ރީތި ލޯ ހަނދެއްފަދައޭ.. މޫނުތީ ފަޒާހޭ.. މޫސުމޭ އައީ ހީލުމުން ކަލާ….. ލޯބިވީމަ ފުން އިހުސާސް ވާ ވަރުން މޭ ތެޅޭ..ނިދި މުޅިން ގެއްލިވާވަރް ހުވަފެނެއްގާ ވަމޭ.. ހިތާ ހިތް ގުޅޭތޯ މިއާދޭސް މަކުރަނީ ޒުވާން ކަމުގެލޭގާ ތިނަން ދައުރުވާތީ”

” މަންމަ ކައިރީ އަހާ.. އޭރުން ނަންބަރ ދޭނަން.. އެން އެބައުޓް ގޮއިން ވިތް އަ ރިލޭޝަން… މަމް ވިލް ގިވް ދި އާންސާރ އެބައުޓް ދެޓް ޓޫ….. ޝީޒް އޮންލީ ވަން އައި ހޭވް.. ރީ ވަރަށް ކުޑައިރު ބައްޕަ ގެއްލުނީ.. ކަނޑުމަތީ ހާދިސާ އެއްގަ.. މިހާ ދުވަސް ވީއިރު ދޮންބެ އާ މަންމަ އާ ރީ ބެލީ.. އެންޑް މިހާރު ދޮންބެ ދައްތަ ވެސް ދޯ.. ހެހެ… ސޯ އާސްކް ހާރ.. ޕްލީޒް..” އަހަރެން  ޖަވާބު ދިނީމެވެ. ހަޤީޤަތަކީ އަހަރެންގެ ހިތްވެސް މާދު އަށް އެދި ގޮވާ ކަމެވެ. ނަމަވެސް އަހަރެން މަންމަ ގެ ނުރުހުމުގަ ނުވަތަ މަންމަ ކައިރީ ނާހާ އެވަރުގެ ކަމެއްނުކުރާނަމެވެ. މާދު މަޑުމަޑުން އޯކޭ އޭ ބުނެލާފައި ބެލްކަންޏަށް ނިކުމިއެވެ.

އޭގެ އިރުކޮޅެއްފަހުން އާސިދު އައިސް އަހަރެން މަންމަ ކައިރީ އިށީނެވެ. އަދި އަތުގެ އިޝާރާތުން އަހަންނަށް އަންނަން ބުންޏެވެ. އަހަރެން ބަސް އަހާ ކުއްޖެއްފަދައިން ދިޔައީމެވެ. “ރީ މަންމާ… އެނގޭނުން ދޯ މާދު.. އެހެރީނުން ސޮރެއް އެސޮރު ވާހަކަ މި ދައްކަނީ..މާދު ބުނީ.. އަނެއް.. ތިމަންނަ ވަރަށް ލޯބިވެޔޯ ރީ ދެކެ.. އޭނަ ނަންބަރ ދީބަލާށޯ. ރީ އާ ގުޅެން ތިމަންނަ ބޭނުމޯ…ދެން ދައްތަ ކައިރީ އަހާލާށޭ ބުނީމަ މި އަހާލީ.. އޭނަ އަކީ ވަރަށް ރަނގަޅު ކުއްޖެއް.. ދައްތަ ނިންމާ ގޮތެއް މީގަ އޮތީ.. މަށަށް ހީވަނީ ރީވެސް.. ހަހަ.. މަށަށް އެންމެ ފަހުން މި ޖެހުނީ ކަނދުފަތި ކަނބަން ހުންނަން…” އާސިދު ވާހަކަ ފެށީ ސީރިއަސް ކަމާ އެކު އެވެ. ނަމަވެސް ވާހަކަ ނިންމާލީ ދޫނެރެކަމުންނެވެ. އަހަރެން އާސިދު ގައިގަ ބޮނޑިއެއް އަޅާލީމެވެ. އޭނާ ތިމަންނަ ދަނީއޭ ބުނެ ދިޔައެވެ. އަހަރެން މަންމަ އާދިމާލަށް ބަލާލީމެވެ.” މަންމަ އަށް ވެސް ވަރަށް ހީވޭ ދަރިފުޅަށް އެ ފިރިހެން ކުއްޖާ ކަމުދާހެން ހެން… އޭނަ ރަނގަޅު ވައްތަރު ޖަހާ.. ދަރިފުޅު ގޮތެއްނިންމާ.. މަންމަ އެއްވެސް މައްސަލަ އެއްނެތް.. މާދު އަށް ގޮވާލަބަލަ.. މަންމަ ވާހަކަ އެއްބުނަން ވެގެން….” އަހަރެން މަންމަ އާދިމާލަށް ގަބޫލުކުރަން ދަތިވެފައި އިނގެ ބަލާލީމެވެ. އުފަލުން ހިތް ނަށައި ގަތީ އޮބިނޯންނަ ވަރަށެވެ.

އަހަރެން ތެދުވެގެންގޮސް ބެލްކަންޔަށް ބޯދިއްކޮއްލީމެވެ. “ކައެ އުއްމީދު ކަނޑާނުލާބަލަ.. އެމަންޖެ ލިބިދާނޭނުން..” ޝިމާޒް ވިސްނައިދެމުން ގެންދިޔައީ ބެލްކަނީގެ ރެއިލިންގެއި ބޯ އަޅާލައިގެން އޮތް މާދު އާއެވެ. “މާދު..” އަހަރެން ގޮވާލީމެވެ. ފޫކޮޅަށް ކަށި ހެރުމުން ތެދުވާ އުސޫލުން މާދު ތެދުވެ އަހަންނަށް ބަލާލިއެވެ..”އަނެއް…  މަންމަ ބުނީ ވާހަކައެއް ބުނަން ބޭނުމޯ.. އައިސްބަލާށޯ…” އަހަރެން ޖުމުލަ ނިމުމާ އެކު މާދު ހިނގައިގަތެވެ. އަހަރެންވެސް މާދު ފަހަތުން ހިނގައިގަތީމެވެ. އަހަރެމެން ގޮސް މަންމަ ކައިރީ އިށީނުމާއެކު ވާހަކަ ފެށިއެވެ. ” މަންމަ އަށް މައްސަލައެއްނެތް.. ދެން ތިކަމުގަ ގޮތެއްނިންމާނީ ރިއާ.. އެކަމަކު އަހަރެންގެ ދަރިއަށް އެއްވެސް ކަހަލަ ދެރައެއް ދީގެން ނުވާނެ.. އެއްވެސް އޮޅުވާލުމެއް އޮޅުވާލައިގެން ނުވާނެ…” އަހަރެންގެ މަންމަ ބުނެލިއެވެ. މާދު ވަގުތުން ބޯޖަހާލިއެވެ. އެ ޔަގީންކަން މަންމަ އަށް ދިންކަހަލަ އެވެ. އަހަރެން މާދު އާއެކު ބޭރަށް ނިކުތީމެވެ. މާދު ވަރަށް ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އޭނަ ލަވަ ކިޔަން ވެސް ފެށިއެވެ.

“ހާދަ ލޯބިންނޭ ހިނިތުން ވަނީ އެ އޭނާ.. ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ….. ފެނިފާ ލޯބިވެވިއްޖޭ ދެލޮލާ ރީތި މޫނާ… ގެއްލި ހިތްވަރު ކުޅެނިއްޔޭ ހަނދާނާ..”

” ތިޔަ ލޯބިން ހިތް އަދު ޒަހަމު ވަނީ ވެސް ލޯބިންނޭ.. ނިދިވެސް ގެއްލުނޭ… ކިޔަމުން މިދަނީ ރިއާގެ ނަމޭ…   ފެނުނިއްސުރެ ރިއާ ހިތް އެދެނީ އަނެއްކާވެސް ބައްދަލު ވެލުމޭ… ”

“ކިހިނެއްހޭ ހާލު ބަޔާން ކޮށްދޭނީ ލޯބިން ދެން… ތިޔަ ސޫރަ ހިތުން ނުފިލާނޭ ކެރި ހުރެ ވައުދު ވަމޭ…. ފުން ހަނދާނުން ހިތް ވެއްޖޭ ދީވާނާ… ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ.. ހާދަ ލޯބިންނޭ ހިނިތުން ވަނީ އެ އޭނާ…”

“ސާބަސް… ސާބަސް… މިހާ އަވަހަށް މާ ފޮޅުވަން ފެށީ.. ދެރަކަމެއް……” ޝިމާޒް އައިސް މާދުގެ ކޮނޑަށް އަތް ވައްޓާލަމުން  ދިމާކޮށްލިއެވެ. އަސީދުވެސް އައިސް ޝިމާޒް އާ ބައިވެރިވެލިއެވެ. “ކައެ މެން ދެމީހުންނަށް ޖެހޭތަ އެއޮއް ރީތި ލަވައިގެ މެދުން ވައްޓާލަން…. ދޯ ރީ..” އެއްލޯ މަރާލަމުން މާދު ބުނެލިއެވެ. އަހަރެން ހިނިތުންވުމަކުން ފުއްދާލީމެވެ.

އަހަރެން މާދު އަށް ނަންބަރު ދިނީމެވެ. ނަމަވެސް އޭނަ އާ ރައްޓެހިވާން އަދި ވިސްނާލާން ބޭނުން ކަމުގައ ބުނީމެވެ. ހެނދުނު 6 ޖެހި އިރު އަހަރެމެން އައި ބޯޓު މާލެ ލަފައިފިއެވެ. ޕިކަޕެއްނަގައި ދީ އަހަރެމެން ދެމައިންގެ ފޮށިތަކާއި ދަބަސްތަށް ވެސް އަރުވައި ދިނީ މާދު އާއި ޝިމާޒް އަދި އާސިދު އެވެ. އެ 3 މީހުންނަށް އަހަރެން ޓާ ޓާ ކިޔާލީ ޕިކަޕް އަށް އަރާފައެވެ. “ވިލް މިސް ޔޫ.. ގުޅީމަ ފޯން ނަގައްޗޭ.. ޓޭކް ކެއާރ..” މާދު ޕިކަޕް ނައްޓާ ލުމުގެ ކުރިން އައިސް މަޑުމަޑުން ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން ބޯޖަހާލީމެވެ. އަދި ޓާޓާ ކިޔާލީމެވެ.

އަހަރެން މާލެ އައިތާ 3 ވަނައަށް ވީ ދުވަހު  ވަރަށް ވިސްނާފައި މާދު އަށް އާބަސް ބުނީމެވެ. މާދު ކޮންމެ ދުވަހަކުވެސް އަހަންނަށް ގުޅައެވެ. ކައިފިތޯ އާއި ކިހިނެއްތޯ އަހާނެއެވެ. މަންމާ އާއިވެސް ވާހަކަ ދައްކައެވެ. މާލެ އައިތާ 3 ހަފްތާ ފަހުން ޔުނިވާސިޓީގެ ކިޔެވުންފެށުނެވެ. އަހަރެންގެ ފެކަލްޓީގެ ހުރިހާ ކުދިންވެސް ވަރަށް ގުޅެއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރި އަކަށް ވީ އަހަންނާ އެއް ކުލާހެއްގައި ކިޔަވަމުން ގެންދާ ކުއަޖެއްކަމަށް ވާ ނަޝްރާ އެވެ. އޭނާ އަކީ ރާ އަތޮޅު ކުއަޖެކެވެ. އަހަރެން އޭނަގެ ގެޔަށް ވެސް ދަމެވެ.

މާދު އަކީ ނަޝްގެ ދޮންބެ ނަފީލް ގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އެހެންކަމުން މާދު މާލެ އައިސްފިނަމަ ހުރުން ހަމަ ޖެހުފައި ހުންނަނީ ނަޝް ގެ ގޭގައެވެ. ނަމަވެސް އަހަންނަކަށް މީން އެއްވެސް ކަމެއްނޭނގެއެވެ.ނަޝް އަށް އަހަރެން މީހަކާ ރައްޓެހިވެގެން އުޅޭކަން އެނގޭނެއެވެ. ނަމަވެސް އޭނަ އަށް ކިޔާ ނަމެއްނޭނގޭނެއެވެ. އަހަރެން ނަން ނުބުނީއެވެ. އަހަންނަށް އެކަން ނޭނގުނީ އެހެންވެ ކަމަށް ވެދާނެއެވެ. ނަޝް  ބުނިގޮތުން ނަޝްގެ ދޮންބެގެ ވަރަށް ގާތް ރަހުމަތްތެރިއެއް ދުވަސް ދުވަހުން އައިސް އެގޭގައި ހުރެއެވެ.  އަދި ނަޝްގެ ބޮޑުބޭބެ ގެ ހަގު އަންހެން ދަރި މަލްސާ ހުންނަނީ އެ ރަހުމަތްތެރިޔާ އާ ފާޑަކަށް އަޅައިގެނެފައި ކަމަށްވެސް ބުންޏެވެ. އޭރުވެސް އަހަންނަށް އެއީ މާދު ކަމެއް ނޭނގެއެވެ.

މާދު އާއި އަހަރެންގެ ގުޅުމަށް 3 މަސްވީ ދުވަހު މާދު މާލެ އައެވެ. އޭރުވެސް މާދު ހުންނަނީ ނަޝްގެ ގޭގައި ކަމެއް އަހަންނަކަށް ނޭނގެއެވެ. “ހޭ ރީ.. އަންނަންވީނު މިއަދު  މިގެޔަށް.. އެއްކަލަ ޗެޕްޓާރ ރިވައިޒް ކޮށްލަން…” ނަޝް އަހަންނަށް ގުޅާލުމަށްފަހު ބުނެލިއެވެ. އަހަރެންވެސް އާއިކޭ ބުނެ 4 ޖަހާ އިރު ދާނެކަމަށްބުނެ ފޯންކޯލް ކުރުކޮށްލީމެވެ. އަހަރެން ރެޑިވުމަށްފަހު ޓެކްސީ އަކަށް ގުޅާލީމެވެ. އަދި މާދު އަށް މެސެޖް ކޮށްލާފައި ފްރެންޑެއަގެ ގެޔަކަށް ދަނީކަމުގައި ބުނެލީމެވެ.

ކާރު އައުމާ އެކު އަހަރެން ކާރަށް އަރައިގެން އަވަހަށް ނަޝް ގެ ގެޔާ ދިމާލަށް މިސްރާބު ޖެހީމެވެ. 10 ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު އަހަރެންނަށް ނަޝްގެ ގެޔަށް ދެވުނެވެ. ބެލް ޖެހުމާއެކު ދޮރު ހުޅުވީ ނަޝްގެ މަންމަ ފާތުމައެވެ. “އަހާނ ރިއާ… ހާދަދުވަހެއްކޮށްލާފަ.. ވަދޭ ވަދޭ..” ފާންތަ ބުނެލިއެވެ. ” އާނ ކުޑަކޮށް ބިޒީވީމަ ނާދެވެނީ.. ކޮބާ ނަޝް؛… ދެމީހުން އެއްކޮން ކިޔަވާލާ ހަދާލަން މިއައީ..” އަހަރެން ޖަވާބު ދިނީމެވެ.. “ނަޝްވީ ކޮޓަރީގަ.. ދޭބަލަ ކޮޓަރިއަށް… ފާންތަ މިދަނީ ފިހާރަ ތަކަށް ބާޒާރުކޮށްލަން.. މި ދޮރު ތަޅުލާތި އިނގޭ…” ފާންތަ ބުނެލިއެވެ.. އާނއިކޭ ބުނެ ދޮރު ތަޅުލުމަށްފަހު އަހަރެން ނަޝްގެ ކޮޓަރި އާދިމާލަށް މިސްރާބު ޖެހީމެވެ. “މާދު ލޯބީ.. ދެން…” އެ އިވިގެން ދިޔައީ އަންހެން ކުއްޖެއްގެ އަޑެވެ. އަޑު އައީ ނަޝްގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިންނެވެ. ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ.. “މާދު…………” އަހަންނަށް ބުނެލެވުނެވެ. އޭރު މާދު ހުރީ މަލްސާގެ އަތުގައި ހިފަހައްޓައިގެންނެވެ. އަހަރެންގެ ލޮލުން ކަރުނަ އޮހެންފެށީ އެޔެއް މިޔެއް ބަލާފަކާ ނޫނެވެ.”ނޫން ނޫން..” ދެފަރާތަށް ބޯ ހޫރާ ލާފައި އަހަންނަށް ބުނެވުނެވެ. އަދި ދެފައިގައި ހުރި ބާރެއްލާފައި ގެއިން ނުކުތުމަށް ދުއްވައިގަތީމެވެ.

 

(ނުނިމޭ…)

 

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nukko

Other Articles

Previous

މަގޭލޯބިމަގޭހައްގު 2

Next

ނިމިދާނެ ޖާނާ ހިތާ 3

Next
February 24, 2016

ނިމިދާނެ ޖާނާ ހިތާ 3

Previews
February 24, 2016

މަގޭލޯބިމަގޭހައްގު 2

26 Comments

  1. nukko says:
    February 24, 2016 at 3:43 pm

    hey guys.. heres the nxt part hope reethi vaane kamah enjoy.. 🙂

  2. lai says:
    February 24, 2016 at 3:49 pm

    wowwwww nukkooooooooo .. mi part vess hama vvvvvvvvvv rythi .. v loabi .. awsome hehehehe .. elheyy nxt part kon itakuntha nukkkooo? .. wnt to knw wht happns nxt .. avahah up kohdhehchey .. tgc .. 🙂 🙂

    1. nukko says:
      February 24, 2016 at 3:58 pm

      thnks laii… nxt part vs v avahah up kohdheveytho balaanan.. tvgc.. 😉 🙂 😀

  3. saaaaa says:
    February 24, 2016 at 3:55 pm

    V vvvvvv reethi next part vv avahah up kohdheebaa pls

    1. nukko says:
      February 24, 2016 at 4:00 pm

      thnk u…. yes avahah up kohdheynan inge in sha allah

  4. xan says:
    February 24, 2016 at 4:10 pm

    woww lil princess. i like this story very much. thanku 4 the lovely story. bt wanna to tell u sumthng. sumhw all the charcters of ur story are connected wid ur real life…. ur mamma, ur dhonbe, ur dhonbe dhatha nd mostly lead character….. u knw wat i myn ryt? anyway tvgc. smile always

    1. nukko says:
      February 24, 2016 at 4:35 pm

      thnks.. aww happy to no tht u like it.. really?? 😛 kihinw engeny xan ah 😛 😛 😛 hehhe nyways thnks.. n keep smilin u too n tvgc

  5. Rishu says:
    February 24, 2016 at 4:45 pm

    Ma bodukoh lava inyma v foohi kiyan

    1. nukko says:
      February 24, 2016 at 6:56 pm

      sry rishu.. ehn part tha rythi vaane kamah hykuran. thnks fr readin 🙂

  6. twinkl str says:
    February 24, 2016 at 5:07 pm

    Woww lurv it

    1. nukko says:
      February 24, 2016 at 6:57 pm

      thnks…. 🙂

  7. Maalu says:
    February 24, 2016 at 5:53 pm

    Wowwwwwwww vrh vrh vrh reethiiiii……i love this storyyyyyy….♥♥♥♥♥♥♥♥
    When is the next part????
    🙂 😉 🙂 😀 😉 🙂 😀

    1. nukko says:
      February 24, 2016 at 6:59 pm

      thn u soo much… hehee v avahah aneh oart vs up kohdheynan in shaa allah.. 🙂 😀

  8. Thukko says:
    February 24, 2016 at 6:18 pm

    V nice… Waiting 4 another part n u r the best

    1. nukko says:
      February 24, 2016 at 7:01 pm

      thnk u thukkoo… keep readin 😀 😀

  9. nausheenn says:
    February 24, 2016 at 6:49 pm

    ahthaaaa nukko?vr thihthi mi part ves…dhen oiy part konirakunthrr?? avahah up kohdhehchey?gooooooood luck☺☺☺

    1. nukko says:
      February 24, 2016 at 7:02 pm

      thnk u nau…. keep readin aneh bai vs av avahah in shaa allah 😀 😀

  10. Nicky says:
    February 24, 2016 at 7:10 pm

    Anikka dhoakaa dhiny thr?nxt prt kn irakun?v nyc…

    1. nukko says:
      February 25, 2016 at 7:21 am

      Hehw lets c dw nicky… aneh part kiyaalachey eyrun engeynee.. n miadhu knmvs vaguthehga up kohdheveytho balaanan inge thnk u

  11. Maashy says:
    February 24, 2016 at 7:36 pm

    Wow haadhahaa reehchey

    1. nukko says:
      February 25, 2016 at 7:23 am

      Thank you 😀

  12. Zeeth says:
    February 25, 2016 at 7:07 am

    Nice story. Hykuran adhivx mikahala Gina story thakeh kiyaalan libeyne kamah. Waiting for the next part…………

    1. nukko says:
      February 25, 2016 at 7:24 am

      Thnks… In shaa allah libeyne.. keep readin.. thnk u once again 😀

  13. Ryn says:
    February 25, 2016 at 9:33 am

    alheyyy woww nukkooo.. this stry is suprb… vrh salhi ingeyy…. waitin fr the nxt prt curiously.. miss u tc 😉

    1. nukko says:
      February 25, 2016 at 9:52 am

      awww thnk u ryn.. inspierd by u ey 😛 hehe miss u mre n tvgc salaam… n once again bodu thnk u eh 😛 😉 😉

    2. Ryn says:
      February 25, 2016 at 9:55 am

      awwww! haha thnkxx n bodu wc eh 😉

Comments are closed.

All Right Reserved!