Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 4

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 25, 2016 7 Mins Read
14 Comments

ނަޒްލާގެ އާއިލާއަށް ދިމާވި ހިތާމައިގައި ޔުމްނާއާ ޝާއިރު އަދި އަސްމާގެ އާއިލާއިންވެސް ވަރަށް އެހީތެރިކަން ލިބުނެވެ. އެކިގޮތްގޮތުން އެހީތެރިކަމާ އަދި ހިތްވަރު ދީ އެމީހުންގެ ހިތާމައިގައި އެންމެން ވެސް ބައިވެރި ވިއެވެ.

 

ސައީދު ނިޔާވުމާ ގުޅިގެން އެންމެ އަސަރު ކުރީ ނަޒްލާއަށެވެ. އެ ހާދިސާގެ ފަހުން ދެމަސް ވީއިރުވެސް ނަޒްލާ ހަމައަކަށް  ނޭޅެއެވެ. އާއިލާގެ އެންމެންނާ، އަސްމާއާ ޔުމްނާ އަދި އާސިމްވެސް ނަޒްލާއަށް އެހީވެދޭން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކުރިން އުޅުނުހެން ސަކަރާތް ޖަހާ، ނަދީމްއާ ނިހާއަށް އުނދަގޫ ކުރުމާ މިކަހަލަ ކަންކަމާ ނަޒްލާ މުޅިން ދުރު ވިއެވެ. ފުރަތަމަ ދުވަސްކޮޅުހެން އަބަދު ރުއިމުގައި ހޭދަ ނުކުރި ނަމަވެސް ގިނަ ވަގުތު ނަޒްލާ ހުންނަނީ އެކަންޏެވެ. މީހަކާ ވާހަކަ ދައްކައެއްވެސް ނޫޅެއެވެ.

 

ސައީދު ނިޔާވިތާ ތިންމަސް ފަހެވެ. އާސިމް ނަޒްލާމެން ގެޔަށް ވަން އިރު ނައީމާއާ ނިހާއާ ޔުމްނާވެސް ސިޓިންގ ރޫމްގައި ޓީވީ ބަލަން ތިއްބެވެ. މަޑުމަޑުން ނަމަވެސް އެމީހުންގެ ހިތުން ވަނީ އެހިތާމަ ލުއިވާން ފަށާފައެވެ. އެމީހުން އެހެން ތިބިތަން ފެނުމުން އާސިމްއަށް ހިތްހަމަ ޖެހުން ލިބުނެވެ.

“ނަޒޫ މަންމާ، ނަޒޫ ކޮބާ؟” ސޯފާގައި އިށީނދެފައި އާސިމް އެހިއެވެ.

“ކޮޓަރީގަ ވެއްޖެ، ނިކުމެބަލާށޭ ބުނީމަ ނުނިކުތް، ޔުމް އައިސް ބޭރަށް ގޮސްލަން ހިނގާށޭ ބުނީމަވެސް އެއްބަހެއް ނުވި ދާކަށް” ނައީމާ ބުންޏެވެ.

އާސިމް އިރުކޮޅަކު ނައީމާމެން ކައިރީ އިނދެފައި ނަޒްލާގެ ކޮޓަރިއަށް ވަނެވެ. އޭރު ނަޒްލާ ކުޑަދޮރު ކައިރީ ބޭރު ބަލަން ހުއްޓެވެ. ނަޒްލާއަށް އާސިމް ކޮޓަރިއަށް ވަން ކަމެއް ނޭނގެއެވެ. އާސިމް ނަޒްލާ ކައިރީ މަޑުކޮށްލާފައި ނަޒްލާގެ ކޮނޑުގައި އަތް ޖައްސާލުމުން ނަޒްލާ ބަލާލިއެވެ.

“އާސިމް…” ނަޒްލާ ގޮވާލިއެވެ. އަދި އާސިމްގެ މޭގައި ބޯޖައްސާލިއެވެ.

“ހިނގާ މިރޭ ބޭރަށް ގޮސްލަން” ނަޒްލާ ގައިގައި ބައްދާލާފައި އާސިމް ބުންޏެވެ.

“ދާހިތެއް ނެތް…” ނަޒްލާ ބުންޏެވެ.

“ދާހިތް ނެތިއްޔާ އޯކޭ، އެކަމަކު ނަޒޫ ތިހިރީ ކަމެއް ހަނދާން ނެތިފަ” އާސިމް ނަޒްލާގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ.

“ކޮން ކަމެއް؟” ނަޒްލާ އެހިއެވެ.

އާސިމް ޖަވާބެއް ނުދީ ނަޒްލާގެ ކޮލުގައި އަތް ޖައްސާލިއެވެ.

“ކޮން ކަމެއްތަ؟ ބުނެބަލަ…” ނަޒްލާ ސުވާލު ތަކުރާރު ކޮށްލިއެވެ.

“ހެޕީ ބަރތްޑޭ އާސިމް…” ހީލާފައި އާސިމް ބުންޏެވެ.

ނަޒްލާ އެވަގުތު ހަނދާން ވިއެވެ. އެދުވަހަކީ އާސިމްގެ 24 ވަނަ އުފަން ދުވަހެވެ. ދެމީހުން ރައްޓެހިވީ ފަހުން އައި އާސިމްގެ ފުރަތަމަ އުފަން ދުވަހެވެ.

“ސޮރީ…” އެއް އަތުން އަމިއްލަ ކަންފަތުގައި ހިފާލާފައި ނަޒްލާ އާސިމްއަށް ބަލާލިއެވެ.

“އިޓްސް އޯކޭ، ޔޫއާރ ފޮގިވަން” ނަޒްލާގެ އަތުގައި ހިފާ ތިރިކޮށްލަމުން އާސިމް ބުންޏެވެ.

“ހެޕީ ބަރތްޑޭ… ކޯޗެއް އާސިމް ބޭނުމީ؟” ނަޒްލާ އެހިއެވެ.

“ޖަސްޓް އަ ސްމައިލް… އެންޑް…” އާސިމް ތުންފަތުގައި އިނގިލި ޖައްސާލީ ބޭނުން ވަނީ ކޮން ކަމެއްކަން ނަޒްލާއަށް އަންގައިދޭށެވެ.

ނަޒްލާ ހީލާފައި އާސިމް އެދުނު ހަދިޔާ އާސިމްއަށް ދިނެވެ.

“އަސްލުވެސް ވަރަށް ބޮޑަށް ސޮރީ، ކުޑަކޮށްވެސް ހަނދާނެއް ނެތް… ދެރަ ނުވައްޗޭ” އާސިމްގެ މޫނުގައި އަތް ޖައްސާލަމުން ނަޒްލާ ބުންޏެވެ.

“އެނގެޔޭ ނަޒޫ މިދުވަސްކޮޅު ހަނދާން ނުހުންނާނެ ކަން… އެއީ މައްސަލައެއް ނޫން، އަހަރެން ދެރައެއް ނުވޭ. ދެން ބުނެބަލަ، ބޭރަށް ދާނަންތަ؟” އާސިމް އަހާލިއެވެ. ނަޒްލާ ބޯޖަހާލިއެވެ. އާސިމް ނިކުތީ ނަޒްލާ ތައްޔާރު ވެލައިގެން އެބަ ނިކުންނަމޭ ބުނުމުންނެވެ.

 

އާސިމް އަބަދުވެސް ނަޒްލާއާ މެދު ވިސްނައެވެ. ނަޒްލާ އެކަނި ވިޔަނުދީ ވޭތޯ މަސައްކަތް ކުރެއެވެ. ވަޒީފާއަށް ދަމުން ލިބޭ ހުސް ވަގުތުގައި އަމިއްލަ މަސައްކަތުގައި ޝާއިރުއަށް އެހީ ވަމުން ނަޒްލާއަށްވެސް ވަގުތު ދެމުން ދިޔައެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް މަދުވެގެން ދުވާލަކު ދެފަހަރު ނަޒްލާއަށް ގުޅައެވެ. ކޮންމެ ރެއަކު އެގެޔަށް ދެއެވެ.

ކޮންމެ ރެއަކުހެން ނަޒްލާ އާސިމްގެ އަތުތެރޭ އިނދެ ބައްޕަ މަތިން ހަނދާން ކޮށްފައި ރޮއެވެ. ނަޒްލާއަށް ހިތްވަރު ދޭން އާސިމް މަސައްކަތް ކުރެއެވެ. ހަމަސް ވީއިރު ނަޒްލާއާ ގޭއެންމެން ހަމައަކަށް އެޅުނެވެ. ކުރީގެ އުފާވެރިކަން ނަޒްލާމެން ގޭތެރޭން ފެންނަން ފެށިއެވެ.

 

ނަޒްލާއާ އާސިމްގެ ގުޅުމަށް ތިން އަހަރު ވާން އުޅެނިކޮށް ހުރިހާ ރައްޓެހިން ނިންމީ އެންމެން އެކީގައި ކައިވެނި ކުރާށެވެ. ހަތަރު އާއިލާގެ މެދުގައި އެވާހަކަ ދެކެވި ކައިވެނި ކުރާނެ ދުވަސް ކަނޑައަޅާ ފޯރިއާ އެކު ކައިވެންޏަށް ތައްޔާރު ވާން ފެށިއެވެ. ތިން ކައިވެނި އެކީގައި ކުރެވޭތީ އެންމެން ވެސް ބޭނުންވީ ވަރަށް ކުލަގަދަ ޕާޓީއެއް ބާއްވާށެވެ.

ނަމަވެސް ކައިވެނި ކުރަން ތިން މަހަށް ވީތަނުން އޮފީހުގެ ފަރާތުން އާސިމްއަށް ހަމަސް ދުވަހުގެ ކޯހެއް ލިބުނެވެ. އެއްއަހަރު ވަންދެން އިންތިޒާރު ކުރި ކޯސް ލިބުނީ ދާން އެންމެ ބޭނުން ނުވާ ދުވަސްވަރުގައެވެ. ނަމަވެސް ވަގުތުން އިންކާރު ނުކުރެވުނީ އެކަމަށް ޝައުގުވެރިކަން ހުރި ވަރުންނެވެ. އެއްވެސް ޖަވާބެއް ނުދީ އާސިމް ފުރަތަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީ ނަޒްލާއާއެވެ. އާސިމް ބޭނުން ވީ ނަޒްލާގެ ހިޔާލު ހުރި ގޮތް ބަލާށެވެ.

“ގިނަގިނައިން ލިބޭނެ ޗާންސެއް ނޫން ދޯ؟” އާސިމްގެ ވާހަކަ އަޑު އަހާފައި ނަޒްލާއަށްވެސް ކޮށްލެވުނީ ސުވާލެކެވެ.

“އެކަމަކު މިހާ ކައިރި ކޮށްފަ… ތަންކޮޅެއް ކުރިން ނަމަ…” އާސިމް ބުންޏެވެ.

“އާސިމް ދާން ބޭނުންތަ؟” ނަޒްލާ އަހާލިއެވެ.

“ދާންވެސް ބޭނުން، އެކަމަކު ކައިވެނި… ލަސް ކުރާކަށްވެސް ބޭނުމެއް ނޫން” އާސިމް ޖަވާބު ދިނެވެ.

“ވިސްނާލާފަ ބުނެބަލަ…” ނަޒްލާ އެދުނެވެ.

“ކިޔަވާނެ ޗާންސެއް ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން، އެކަމަކު މިދުވަސްކޮޅުގެ ގޮތުން…” އާސިމް ނުބުނެ ދޫކޮށްލިއެވެ.

“މިކަހަލަ ފުރުސަތެއް ބޭނުން އިރަކު ނުލިބޭނެ” ނަޒްލާ ބުނެލިއެވެ.

“ނަޒޫ ހީވަނީ އަހަރެން ފޮނުވާލަން އުޅޭހެން…” ނަޒްލާ ގައިގައި ބައްދާލަމުން އާސިމް ބުންޏެވެ.

“ނޫނޭ… އަހަރެން ނޫޅެން އާސިމް ފޮނުވާލާކަށް. އަހަރެން ބޭނުންވަނީ އާސިމް އެންމެ ބޭނުން ވާ ގޮތަކަށް އާސިމް ޗޫސް ކުރަން… ގޮތެއް ނިންމަން ޖެހޭނީ އާސިމް…” ނަޒްލާ އާސިމްގެ އަތުގައި ހިފާލާފައި އާސިމްގެ މޫނަށް ބަލާލިއެވެ.

“އަހަރެން އަމިއްލައަށް ގޮތެއް ނުނިންމިގެން ނަޒޫ ކައިރީގަ މިއަހަނީ… އަހަރެން ކިހިނެއް ހަދަންވީ؟” އާސިމް އެކަން ނަޒްލާގެ އަތްމައްޗަށް ދޫކޮށްލިއެވެ.

“އަހަންނަކަށް ނޭނގެ ތިކަމާ ގޮތެއް ނިންމާކަށް، އަހަންނާ ހެދި އާސިމް ބޭނުން ކަމެއް ނުކޮށް ދޫކޮށްލާކަށްވެސް އަހަރެން ބޭނުމެއް ނޫން. އެންމެންގެ ޕްލޭންއަށް ބަދަލެއް އަންނަ ކަހަލަ ކަމަކަށް ވީމަ ހިނގާ ދޮންބެމެން ކައިރީ މިވާހަކަ ދައްކާލަން؟” ނަޒްލާ ހިޔާލެއް ދިނެވެ.

“ތިން މަސް ކުރިން މިޗާންސް ލިބުނު ނަމަ… ނޫނީ ތިން މަސް ފަހުން… ދެން އޯކޭ، ނަޒޫ ތިބުނިހެން ހިނގާ ނަދީމްމެންގެ ހިޔާލު ހޯދާލަން” ނަޒްލާގެ ބޮލުގައި ދަތްދޮޅި ވިއްދާލަމުން އާސިމް ބުންޏެވެ.

 

“ކައިވެނި އަވަސް ކޮށްލާފަ އިނދެފަ ދާން ވީނު…؟” ޔުމްނާ އަހާލިއެވެ.

“އިނދެފަ ނަޒޫ ބަހައްޓާފަ ދާކަށް އަހަރެން ބޭނުމެއް ނޫން” ނަޒްލާއަށް ބަލާލާފައި އާސިމް ބުންޏެވެ.

“ދެން…؟ ޑޭޓް އަވަސް ކުރަންތަ ވީ؟” އަސްމާ އަހާލިއެވެ.

“އަވަސް ކުރެވިދާނެ. އެކަމަކު އާސިމް އެބުނީނު… ނަޒޫ ބަހައްޓާފައެއް ނުދާނަމޭ” ނަދީމް ބުންޏެވެ.

“އެކަމަކު ގޮވައިގެން ދާން ވެއްޖެއްޔާ… ހަމަސް ދުވަހާ ބަލާފަ ކުރަން ނުޖެހޭ ބައިވަރު ހަރަދު ދާނެ ދޯ؟” ޝާއިރު އަހާލިއެވެ.

“އަހަރެން ދެންތަ އައިޑިއާއެއް؟” ޔުމްނާ އަހާލިއެވެ. އެންމެން ޔުމްނާއަށް ބަލާލިއެވެ. “ތިން މަސް ފަހުން މެރީ ކުރަން ހަމަ ޖައްސާފަ އޮތަސް ހަމަހަށް ފަސް ކޮށްލަން ވީނު؟”

“ތެދެއް؟” ޝާއިރު ބުނެލިއެވެ.

“ޔުމްއަށް އޯކޭ ވިއްޔާ އަހަންނަށް އެންމެ ރަނގަޅު” ވިސްނާލާފައި ނަދީމް އެއްބަސް ވިއެވެ.

“ސިމީ…؟” ޝާއިރު އަހާލިއެވެ. އަސްމާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“ނަޒޫ، އޯކޭތަ؟” އާސިމް އެހިއެވެ.

“އާނ، އެންމެންނަށް ތިގޮތް ރަނގަޅިއްޔާ އަހަންނަށްވެސް ރަނގަޅު” ނަޒްލާވެސް އެގޮތާ ރުހުނެވެ.

 

އެއީ ހަމަ ޖެހުނު ގޮތެވެ. އެންމެންވެސް ބޭނުންވީ ތަންކޮޅެއް ލަހުން ނަމަވެސް އެއްކޮށް ކުރަން ނިންމި ކައިވެނި ހަމަ އެގޮތަށް އެއްކޮށް ކުރާށެވެ. އެރޭ އެންމެންވެސް ގޭމީހުންނާ އެވާހަކަ ދެއްކިއެވެ. އެއްވެސް އާއިލާ އަކުންވެސް އެކަމާ ދެކޮޅެއް ނަހަދައެވެ.

 

އާސިމް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. ކައިވެނި ފަސް ކުރީ ކޯހުގަ ދާން ބޭނުންވެފަ ހުރި ވަރުން ނަމަވެސް ފުރާ ދުވަސް ކައިރި ވީ ވަރަކަށް އާސިމްއަށް ވިސްނެނީ އެނިންމުމާ މެދުއެވެ. ހިތް އެދެނީ ނަޒްލާއާ ދުރަށް ނުދިއުމެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް ދަތުރަށް ތައްޔާރު ނުވެ ހުރީވެސް އެހެން ވެއެވެ.

އެދުވަހު ހަވީރުއްސުރެ ބާޒާރުގައި އުޅެފައި ހައެއް ޖެހި އިރު ފިހާރަތައް ބަންދު ކުރުމުން އާސިމް ގެޔަށް އައި އިރުވެސް ގަންނަން ދިޔަ އެއްޗެހި ހަމަ ނުވެއެވެ. އެގަޑީގައި ގެޔަށް އައިސް އާސިމް އުޅުނީ ޕެކް ކުރުމުގައެވެ. ނަމަވެސް އަށެއް ޖެހި އިރުވެސް އެކަމެއްވެސް ނުނިމުނެވެ.

ގަންނަން ޖެހޭ ބައެއް އެއްޗެހި އަދިވެސް ނުގަނެވި ހުރުމުން އަނެއްކާވެސް ނަދީމްއާ އެކީ އާސިމް ނިކުތެވެ. ނުވަގަޑި ބައިވީ ފަހުން ދެމީހުން އެކީ ނަދީމްމެން ގެޔަށް ގޮސް އާސިމް ގެޔަށް ދިޔައީ ނަޒްލާ ގޮވައިގެންނެވެ.

އާސިމްއާ އެކީ ކޮޓަރިއަށް ވަދެ ނަޒްލާ އިށީނެވެ. އާސިމް ވަނީ ފެންވަރާށެވެ. އާސިމް ފެންވަރައިގެން ނިކުތް އިރު ނަޒްލާ އިނީ އެނދު މައްޗަށް އަޅާލާފައި ހުރި އާސިމްގެ އެއްޗެހިތައް ފަތްޖަހާށެވެ. އާސިމް ނަޒްލާ ކައިރީ އިށީނދެފައި ނަޒްލާ ގައިގައި ބައްދާލިއެވެ.

“ދެން ސިކްސް މަންތްސް ވަންދެން ނުވެސް ފެންނާނެ…” އާސިމް ބުންޏެވެ.

“ސިކްސް މަންތްސް ހިނގައިދާނެ ވަރަށް އަވަހަށް” ނަޒްލާ ބުންޏެވެ.

“ނުވާނެ… މިހާރު ހިތަށް އަރާ މިކޯސް ދޫކޮށްލެވުނު ނަމައޭ…” ނަޒްލާގެ މޫނުގައި ދެއަތުން ހިފަހައްޓާލާފައި އާސިމް ބުންޏެވެ.

“ތިހެން ބުނަން މިހާރު މާލަސް ވެއްޖެ” ނަޒްލާ ފަތްޖެހި އެއްޗެހި ދަބަހަށް ލިއެވެ.

“އެކަމަކު ހަމަސް… ހާދަ ދުވަހެކޭ. އަހަރެން ކިހިނެއް އެހާ ދުވަހު ނަޒޫއާ ދުރުގަ ހުންނާނީ؟” އާސިމް ނަޒްލާގެ އަތުގައި ހިފާ އާސިމްގެ އުނގުގައި ނަޒްލާ ބޭންދިއެވެ.

“ދެން ކެތް ކުރަން ޖެހޭނީ…” އާސިމް ގައިގައި ބައްދާލަމުން ނަޒްލާ ބުންޏެވެ.

“އައި ވިލް މިސް ޔޫ…” ނަޒްލާގެ ކަންފަތް ކައިރީ އާސިމް ބުނެލިއެވެ.

“އަހަރެން ވެސް—” ނަޒްލާ ބުނަން އުޅުނެވެ. ނަމަވެސް އާސިމް ނަޒްލާއަށް ފުރުސަތެއް ނުދިނެވެ. ލޯބީގެ ވަގުތު ކޮޅަކަށް ދެމީހުންވެސް ގެއްލުނެވެ. އޭގެ ކުރިން ދެމީހުންނަށް ނުދެވޭ ހިސާބަކަށް ދެވެން އުޅޭކަން ފުރަތަމަ އިހުސާސް ކުރެވުނީ ނަޒްލާއަށެވެ. ނަޒްލާ އާސިމްއާ ދުރުވެލަން މަސައްކަތް ކުރިއެވެ. ނަމަވެސް އާސިމް މަސައްކަތް ކުރީ އަދިވެސް ބޮޑަށް ނަޒްލާއާ ކައިރި ވުމަށެވެ.

“އާސިމް…” ނަޒްލާ ގޮވާލިއެވެ.

“ނަޒޫ ޕްލީޒް…” ނަޒްލާގެ ދެއަތުގައި ހިފާލާފައި އާސިމް އެދުނީ ކޮން ކަމަކަށް ކަން ނަޒްލާއަށް ވިސްނުނެވެ.

“އާސިމް…” ނަޒްލާއަށް ބުނެވުނެވެ.

“ހަމަސް ވަންދެން ނަޒޫއާ ދުރުގަ ހުންނަން ޖެހޭނީ… މާދަން އަހަރެން ފުރާ އިރު… ޕްލީޒް ނަޒޫ، ޑޯންޓް ރިފިއުޒް…” އާސިމް އެދުނެވެ.

ނަޒްލާ ދެފަރާތަށް ބޯ ހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ނަޒޫ…” އާސިމް ނަޒްލާގެ މޫނުގައި ދެއަތުން ހިފާލާފައި އާސިމްއާ ކައިރި ކޮށްލިއެވެ.

އެވަގުތުވެސް ނަޒްލާ ދެކޮޅު ހަދަން ބޭނުން ވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އާސިމްއަށް ޓަކާ، އާސިމްގެ ލޯތްބަށް ޓަކާ އާސިމްގެ ކޮންމެ ހަރަކާތަކަށް މަރުހަބާކީ ހިތުގައި އޮތް ބިރު އެއްފަރާތް ކޮށްލަމުންނެވެ. އާސިމްގެ ލޯތްބަށް ފުރިހަމައަށް އިތުބާރު ކުރަމުންނެވެ.

 

ކުރެވުނު ކަންތަކާ މެދު ނަޒްލާއަށް ވެސް އަދި އާސިމްއަށް ވެސް ރަނގަޅަށް ވިސްނާލެވުނީ ހުރިހާ ކަމެއް ވެނިމުނު ފަހުންނެވެ. ދެން ވެދާނެ ގޮތް ހިތަށް އެރުމުން ނަޒްލާއަށް ރޮވުނެވެ. ގައިގައި ބެޑްޝީޓް އޮޅާލައިގެން ކަކުލުގައި ބޯޖައްސާލައިގެން ދެއަތުން ފައިގައި ހިފަހައްޓާލައިގެން ނަޒްލާ ރޯން އިނެވެ. އުނަގަނޑުގައި ތުވާއްޔެއް އޮޅާލައިގެން ދެއަތުން ބޮލުގައި ހިފަހައްޓައިގެން އާސިމްވެސް އެނދުގެ ކޮޅުގައި އިށީނދެގެން އިނެވެ. އެހެން އިނދެފައި އާސިމް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ.

އިރުކޮޅެއް ފަހުން އާސިމް ނަޒްލާ ކައިރީ އިށީނެވެ.

“ނަޒޫ، ސޮރީ…” އާސިމް ބުންޏެވެ. ނަޒްލާ އެއްވެސް އެއްޗެއް ނުބުނެއެވެ.

“ނަޒޫ، ޕްލީޒް… ނުރޮއެބަލަ…” އާސިމް ނަޒްލާގެ ބޮލުގައި ފިރުމާލިއެވެ. ނަޒްލާ ބޯހިއްލާ އާސިމްއަށް ބަލާލިއެވެ. އެލޮލުން އަންނަމުން ދިޔަ ކަރުނަ ފެނުމުން އާސިމްއަށް ކުރެވުނު ކުށުގެ އިހުސާސް ކުރިއަށް ވުރެ ބޮޑަށް ކުރެވުނެވެ.

“ނަޒޫ، މަންތެއް ފަހުން އަހަންނަށް ވީކެއް ލިބޭނެ މިކޮޅަށް އަންނަން… ކަމެއް ވިޔަސް އެހާ އިރަށް އެނގޭނެއެއްނު؟ އަހަރެން އައިއްސަ މެރީ ކުރާނީ” ނަޒްލާގެ މޫނު ފޮހެލާފައި އާސިމް ބުންޏެވެ. ނަމަވެސް ދެންވެސް ނަޒްލާއަށް ހުއްޓައެއް ނުލެވުނެވެ.

“ނަޒޫ، ހުއްޓާލަބަލަ… ޕްލީޒް! އަހަރެން ނަޒޫއަށް ދެރައެއް ނުދޭނަމޭ. ޓްރަސްޓް މީ!” ނަޒްލާގެ އަތުގައި ހިފާލާފައި އާސިމް ބުންޏެވެ.

އެތައް އިރެއް ފަހުން ނަޒްލާ ގޮވައިގެން އާސިމްއަށް ނަޒްލާމެން ގެޔަށް ދެވުނު އިރު އެގާރަ ޖަހައިފިއެވެ. ގެޔަށް ގޮސްވެސް ނަޒްލާ ވަރަށް ރުޔެވެ.

“އާސިމް، އަހަރެން ވަރަށް ބިރު ގަނޭ…” އާސިމްގެ އަތުގައި ހިފަހައްޓައިގެން އިނދެ ނަޒްލާ ބުންޏެވެ.

“ނަޒޫ، ބިރު ނުގަނެބަލަ، އަހަރެން އަންނާނަމޭ. އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. އަހަރެން އައިއްސަ ވީ ވިލް ގެޓް މެރިޑް” ނަޒްލާ ގައިގައި ބައްދާލަމުން އާސިމް ނަޒްލާއަށް ޔަގީން ކަން ދިނެވެ.

އާސިމްއަށް ގެޔަށް ދެވުނީ ބާރަ ޖަހާ ދިޔަ ފަހުންނެވެ. ޕެކް ކޮށް ނިންމާފައި އާސިމް ނިދުމުގެ ކުރިން ނަޒްލާއަށް ގުޅާ ނަޒްލާ ހިތްހަމަ ޖައްސާ ދެވޭތޯ މަސައްކަތް ކުރިއެވެ. އެރޭ ދެމީހުން ކުރެ އެކަކަށްވެސް ދެގަޑިއެއް ހާއިރުވެސް ނުނިދެއެވެ. ހެނދުނު އެއަރޕޯޓަށް ގޮސްފައިވެސް އާސިމް ނަޒްލާއަށް ގުޅައިގެން އެތައް އިރަކު ވާހަކަ ދެއްކިއެވެ.

 

“ނަޒޫ ކޮބާ މިރޭ؟” ނަދީމްއާ އެކީ ގެޔަށް ވަދެފައި ނަޒްލާ ފެންނަން ނެތުމުން ޔުމްނާ އަހާލިއެވެ.

“ކޮޓަރީގަ ކަންނޭނގެ… މިއަދު ވަރަށް މޫޑީ ވެފަ ހުންނަނީ. އާސިމް ދިޔައީމަ ދެރަ ވެފަ ކަންނޭނގެ” ނަދީމް ބުންޏެވެ.

“އެބަ އަންނަން އިނގޭ” ޔުމްނާ ނަދީމްގެ އަތުން ދޫކޮށްލަން އުޅުނެވެ.

“އަހަންނަށް ވުރެ މިރޭ ނަޒޫ ދޯ މުހިންމުވީ؟” ޔުމްނާގެ އަތަށް ދަމާލަމުން ނަދީމް ސަމާސާ ކޮށްލިއެވެ.

“އާނ، މިރޭ ނަޒޫ މުހިންމީ… ނަދީމްއެއް ނޫން” ޔުމްނާ ނަދީމްގެ މޭގައި ޖަހާލާފައި ބުންޏެވެ. ނަދީމް ހީލާފައި ޔުމްނާގެ އަތުން ދޫކޮށްލިއެވެ.

ޔުމްނާ ނަޒްލާގެ ކޮޓަރި ދޮރު ހުޅުވާލި އިރު އެނދުމަތީ ރޯން ނަޒްލާ އޮތެވެ.

“ނަޒޫ، ދެން ތިހާ ވަރު ވާކަށް ނުވާނެއެއްނު. އެންމެ ހަމަސް ދުވަހޭ… ދިޔަގޮތްވެސް ނޭނގި އެހާ ދުވަސް ހިނގައިދާނެ، އާސިމް އައިސްދާނެ ނުވެސް އެނގި ހުއްޓާ” ޔުމްނާ ނަޒްލާ ކައރީ އިށީނދެފައި ބުންޏެވެ.

“އާސިމް އަންނާނެ ކަން އެނގެޔޭ” ނަޒްލާ ތެދުވެ ލޯ ފޮހެލިއެވެ.

“ދެން ރޮނީ ކީށްވެތަ؟” ޔުމްނާ އަހާލިއެވެ.

ޔުމްނާ އެހެން އަހާލުމާ އެކު ނަޒްލާއަށް އަނެއްކާވެސް ރޮވުނެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން ޔުމްނާއަށް ހީވިއެވެ.

“ނަޒޫ… ބުނެބަލަ، ކިހިނެއްތަވީ؟” ޔުމްނާ އަހާލިއެވެ.

އެރޭ ކަންތައް ވީގޮތް ނަޒްލާ ޔުމްނާއަށް ކިޔާ ދިނެވެ.

“ދެން ބިރު ނުގަނޭ، އާސިމް އެބުނީނު އޭނަ އަންނާނަމޭ. ނަޒޫ މާ އަވަހަށް ތިހާސް ވަނީ” ޔުމްނާ ނަޒްލާ ހިތްހަމަ ޖެހޭތޯ ބެލިއެވެ.

“އެކަމަކު އަހަންނަށް ހީވަނީ ވެދާނެހެން… ގުނާލީމޭ އަހަރެން” ނަޒްލާ ބުންޏެވެ.

“ދެން ތިކަމާ ކީށް ކުރާނީ ނަޒޫ؟ ހާސް ނުވޭ ދެން، އާސިމް އައީމަ ހުރިހާ ކަމެއް ރަނގަޅު ވާނެ” ޔުމްނާ ބުނެލިއެވެ.

 

އާސިމް ހުރީ ވަރަށް ހާސް ވެފައެވެ. ނަޒްލާ ބިރު ގަންނާނެ ވަރު ހިތަށް އެރުމުން ދެރަވެސް ވެފައެވެ. އަމިއްލައަށް ކުރެވުނު ކަންތަކާމެދު ހިތްހަމަ ނުޖެހިފައެވެ. ނަޒްލާ ހީކުރާ ގޮތަށް ކަންތައް ނުވެއްޖެއްޔާ ރަނގަޅޭ އާސިމް ހިތަށް އެރިއެވެ. ދެދުވަހުން އެއްދުވަހު އާސިމް ނަޒްލާއަށް ގުޅާ ވާހަކަ ދައްކައެވެ. ކޮންމެ ފަހަރަކުވެސް ނަޒްލާ ރޮއެވެ. އެއަޑު އަހާފައި އާސިމް ބޭނުން ވަނީ އަވަހަށް ނަޒްލާ ކައިރިއަށް ދާށެވެ. ހުރިހާ ކަމެއް ރަނގަޅު ވާނެ ކަމުގެ ޔަގީން ކަން ނަޒްލާއަށް ދޭށެވެ.

 

އާސިމް ފުރިތާ ދެހަފްތާ ވީ ދުވަހެވެ. ޔުމްނާގެ އެހީގައި ގަތް ކިޓް ބޭނުން ކޮށްގެން ނަޒްލާ ހެދި ޓެސްޓް ވީ ޕޮޒިޓިވްއެވެ. ފާހާނާ ތެރޭ އިނދެ އެތައް އިރަކު ރޮއެފައި ނަޒްލާ ނިކުތެވެ. އޭރު ކޮޓަރީގައި ނިހާ އިނެވެ.

“ދޮންތާ… ރޮނީތަ؟” ނަޒްލާގެ މޫނު ފެނިފައި ނިހާއަށް އަހާލެވުނެވެ.

“ނުރޮން… އެއީ ދެންމެ ފެންވަރަނިކޮށް ލޮލަށް ޝޭމްޕޫ އެޅުނީ” ނަޒްލާ ނިހާއަށް އޮޅުވާލަން މަސައްކަތް ކުރިއެވެ.

ނިހާ ފާޑަކަށް ނަޒްލާއަށް ބަލާލިއެވެ.

“ކިހިނެއްތަވީ، ތިވަރަށް ތިބަލަނީ؟ މިބުނީނު ޝޭމްޕޫ އެޅުނިއްޔޭ” ނަޒްލާ ބުނެލިއެވެ.

“ކަމެއް ނުވޭ… ދެންމެ ޔުމް ގުޅި، ދޮންތަ ފޯން ނުނަގާތީ މަށަށް ގުޅާފަ ބުނީ ދޮންތަ ކައިރީ ބުނާށޯ މިރޭ ބޭރަށް ދާން ބަލާ އަންނާނަމޯ އަށެއް ޖަހާ އިރު” ނިހާ ބުންޏެވެ.

“އާނ…” ފޯން ނަގާ ބަލާލަމުން ނަޒްލާ ބުންޏެވެ. ތެދެކެވެ. ޔުމްނާގެ ހަތަރު ކޯލް މިސް ވެފައި އިނެވެ.

އެރެއެވެ. ތިން މީހުން އެކީ ބާޒާރަށް ދިޔައީ އަސްމާ ގަންނަން ވެފަ ހުރި އެއްޗެހިތަކެއް ގަންނާށެވެ. އެކަމުން ނިމިގެން ތިން މީހުންވެސް އައީ އަސްމާ މެން ގެޔަށެވެ. އިރުކޮޅަކު އަސްމާގެ ކޮޓަރީގައި ވާހަކަ ދައްކަން ތިބެފައި އަސްމާ ތިރިއަށް ފޭބީ ބޯނެ އެއްޗެއް ބަލައެވެ.

“ޓެސްޓް ކުރިންތަ؟” އަސްމާ ދިޔުމާ އެކު ޔުމްނާ އަހާލިއެވެ.

“ޔުމް… އަހަރެން ހަމަ ޕްރެގްއޭ، ދެން ކިހިނެއްތަ ހަދާނީ؟” ނަޒްލާ ޔުމްނާގެ އަތުގައި ހިފާލާފަ ބުންޏެވެ.

“ޔަގީންތަ؟” ޔުމްނާއަށް އަހާލެވުނެވެ.

ނަޒްލާ ބޯޖަހާލިއެވެ. ޔުމްނާއަށް އެވަގުތު ބުނާނެ އެއްޗެއް ނުވިސްނުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…..! (3)

Next

ތަޖުރިބާ

Next
February 25, 2016

ތަޖުރިބާ

Previews
February 25, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…..! (3)

14 Comments!

  1. Mar Sha Marsha says:
    February 25, 2016 at 5:21 pm

    މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން، ފަސް ވަނަ ބައި އާދީއްތަ ދުވަހުން…

  2. sheynn says:
    February 25, 2016 at 5:53 pm

    Woooowww….v nyc mi part vex..awlhey avahah up kohdhybr next part..

  3. sheynn says:
    February 25, 2016 at 5:54 pm

    Ohhh me first dw..heheheeeh.
    ☺

  4. Aisha says:
    February 25, 2016 at 6:21 pm

    Mee Kurin kiyafa oi vaahaka eh

  5. aish says:
    February 25, 2016 at 6:52 pm

    v reethi mipart vx ekamu kurin marsha liyaa vaahaka ehaa reecheh noon…..ekamu mihaaru v v v v reethi

  6. Ily says:
    February 25, 2016 at 7:35 pm

    Omg kihineh tha eve dho????
    Mash v best hama konme dhuvahaku vahaka up kurathi????

  7. mooon says:
    February 25, 2016 at 7:49 pm

    Mi partvis v v v nice.Sunday maaaaa las….ehennoontha

  8. aish says:
    February 25, 2016 at 7:52 pm

    asluvx v las..kiyaahithun hureveny eh noon

  9. hf says:
    February 25, 2016 at 8:26 pm

    ooo shit… eyna prg v???? kantha kurah dhas v ma eynun kuran jehey nee???

  10. hf says:
    February 25, 2016 at 8:26 pm

    stry hama habeys

  11. twnkl str says:
    February 25, 2016 at 8:59 pm

    Wow nyc ….

  12. 9797783 says:
    February 26, 2016 at 9:54 pm

    Marsha ge vaahakathakuga haadha zineyyah hithvaru sheyey dhw eyge maana kiyuntherin visnaala

  13. 9797783 says:
    February 26, 2016 at 9:55 pm

    Marsha ge vaahakathakuga haadha zineyyah hithvaru dheyey dhw eyge maana kiyuntherin visnaala

  14. sgg says:
    February 29, 2016 at 8:22 pm

    Ragalhu

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 5←


All Right Reserved!