Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…..! (3)

nukko
February 25, 2016
5 Mins Read
33 Views
23 Comments

.”ނޫން ނޫން..” ދެފަރާތަށް ބޯ ހޫރާ ލާފައި އަހަންނަށް ބުނެވުނެވެ. އަދި ދެފައިގައި ހުރި ބާރެއްލާފައި ގެއިން ނުކުތުމަށް ދުއްވައިގަތީމެވެ.

“ރީ.. މަޑުކޮށްބާ… ޔޫ އާރ ޓޭކިން އިޓް ރޯންގް.. ރީ……” މާދު އަހަންނަށް ގޮވާ އަޑު އިވެއެވެ. ނަމަވެސް އަހަރެންގެ އެތެރެ ހަށީގައި އުފެދިފައިވާ ހައިޖާނުގެ ހޫނު ކަމުން އަހަރެން އަންދާ ކަހަލައެވެ. މާދު އަހަންނަށް އޮޅުވާލީއެވެ.  އަހަރެންގެ ހިތް ގަބޫލުުކުރަމުން ދަނީ އެހެންނެވެ. އެހެން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ހުރި ގޮތް އަހަރެންގެ ލޯކުރިމަތީ ސިފަވާންފެށިއެވެ. 5 ވަނަ ބުރިން ސިޑިން ތިރި އަށް ފޭބިއިރު އަހަރެން ހުރީ ވަރުބަލިވެގެން ގޮސް ހަލާކު ވެފައެވެ. އަހަރެން އަވަސް އަވަހަށް ޓެކްސީ އެއް ހުއްޓުވީމެވެ. އަދި އަރަމުން އަވަސް ނަޒަރަކުން މައްޗަށް ބަލާލީމެވެ. މާދު ހުންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނަ އެއްނެތެވެ.

“ކަލޭ.. ކަލޭ ކައިރީ ކިތަށް ފަހަރު ބުނިން މަށާ ދުރުގަ އުޅޭށޭ.. މަށެއްނުވެޔޭ ކަލޭ ދެކެ ލޯތްބެއް..” ރިއާ ދިއުމާ އެކު މާދު މަލްސާ ހުރި ފަރާތަށް އެނބުރިފައި ބުންޏެވެ. އައިސް ފައި ހުރި ރުޅިން މަލްސާ ފިއްސާލަން އުޅޭ ކަހަލައެވެ. ” އަހަރެންނަށް އެންމެ އިތުބާރު ކުރާ އެކެއްގެ އިތުބާރު އެ ގެއްލުވާ ލެވުނީ.. ކަލޭގެ ސަބަބުން….. ހެޔޮނުވާނެ.. އަހަރެންގެ ހަޔާތުން ދޭބަލަ.. ރިއާ…” ރުޅިމަޑުވަމުން ގޮސް އެންމެ ފަހުން ލޮލުން ކަރުނަ ހިލުނީ ރިއާ އޭނާ އަށް ގެއްލުނިއްޔޭ ހިތަށް އެރުމުންނެވެ. “މިހާރު ކަލޭ އުފާ ވެއްޖެ ދޯ.. މަ ދެކެ އެންމެ ލޯބިވާ އަދި މަވެސް އެންމެ ލޯބިވާ ކުއްޖާ އެދިޔައީ…” އަނެއްކާ ވެސް އެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. އަޑުގަދަވެގެން ކޮޓަރިތެރޭގައި ރިއާގެ އިންތިޒާރުގައި އޮތް ނަޝް ވެސް ނިކުމެއްޖެއެވެ. “މާދު.. ޕްލީޒް އަޑު އަހާބަލަ.. މަލް އަކަށް ނޭނގޭ ރީ އަކީ މާދު ޖީ.އެފް ކަމެއް.. ގަބޫލު ކުރޭ އަހަންނަކަށް ނޭނގޭ… އަހަރެން އަމިއްލައަށް ރީ އަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. ޕްލީޒް… އައިމް ސޮރީ.. ރިއަލީ ވެރީ ސޮރީ..” މަލްސާ މަޢާފަށް އެދެމުން ދިޔައެވެ.

…… … ………… ……… ………….

އަހަރެން ޓެކްސީ ގައި ގޮސް މަޑުކޮށްލީ ޓްރެކް ސަރަހައްދުގައެވެ. ވަގުތަކީ ހަވީރުގެ ވަގުތަށް  ވުމުން އެ ސަރަހައްދުގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. އަހަރެން ގޮސް މޫދަށް ކުރިމަތިލައިގެން އިށީނދެލީމެވެ. ފޯން އޭރުވެސް ރިންގް ވަމުން ދެއެވެ. ގުޅަނީ މާދު އެވެ. އެންމެ ފަހުން އަހަރެން ފޯން ނިއްވާލީމެވެ. އަދި އަތުގައި އޮތް ދަބަސް ތެރެއަށް ފޯން ލުމަށް ފަހު ދެއަތުން މޫނުގައި އަތް އަޅާލީމެވެ. ހިތުގެ ކަނަކުން މާދު އެ ދައްކާ ވާހަކަ ތަށް އަޑު އަހާށޭ ބުނަމުން ދެއެވެ. ނަމަވެސް ސިކުނޑި އެކަމަށް އެއްބަސް ނުވާ ކަހަލަ އެވެ. މާދު ނަޝްގޭގައި ހުރީ ކީއްވެތޯ އޮޅުން ފިލުވަން ބޭނުންވިއެވެ.ނަމަވެސް މަލްސާ މަތިން ހިތަށް އެރުމާއެކު އަހަރެންގެ ސިކުނޑި ގަބޫލް ކުރީ މަލްސާ އޭނާ އެގެޔަށް ގެނައީ ކަމަށެވެ.

އެތާ އިރުގަނޑެއްގައި އިނދެފައި އަހަރެން ގެޔާ ދިމާލަށް މިސްރާބުޖެހީމެވެ. ގޮސް ދެފަހަރަކު ބެލް އަޅާލިތަނާ ދޮރު ހުޅުވިއެވެ. އަހަރެން ދަބަސް ހާވަމުން ހާވަމުން ގެޔަށް ވަނީ ދޮރުހުޅުވީ ކާކު ތޯވެސް ބަލާނުލައެވެ. “ރީ..” އަހަރެންނަށް އިވުނު އަޑު ގަބޫލެއްނުކުރެވުނެވެ. ދޮރާ ދިމާލަށް ބަލާލީމެވެ.. އާނއިކެވެ.. މާދު އެހެރީ އަހަރެންގެ ގެޔަށް ވެސް އައިސް ފައެވެ. “ރީ.. ޕްލީޒް މަލް ދައްކާވާހަކަ އަޑު އަހާބަ..” އަނެއްފަރާތުގައި ހުރި ސޯފާ އަށް އަހަރެން ބަލާލީ މަލްސާގެ އަޑު އިވުމުންނެވެ.ސޯފާގައި މަލްސާ އިން އިރު ވަކިން އިން އަނެއްސޯފާ ގައި ނަޝް އިނެވެ އަހަރެންގެ ލޮލަށް ކަރުނަ ޖަމާވީ މާދު، މަލްސާގެ އަތުގައި ހިފައިގެން ހުރި ގޮތް ސިފަވުމުންނެވެ. އަހަރެން ލޯމަރާލާފައި ދެފަރާތަށް ބޯހޫރާލީމެވެ. އަދި ކޮޓަރި އަށް ވަންނަން އުޅެފަހި ހިތަށް އެރި އެއްޗަކުން ކުއްލިއަކަށް އަހަންނަށް އެނބުރިލެވުންވެ. “ކޮބާ މަންމަމެން…؟” އަހަރެން އަހާލީ ވަކިން އިން ސޯފާގައި އިން ނިޝް އާއެވެ. ” މަންމަ އާ ގޭ އެންމެން ވީ ޒުބެއްތަ މެން ގެޔަށް ގޮސް..ދެންމެ ދިޔައީ.. އަހަރެން އައި އިރު ނިކުންނަނީ.. އަހަރެން ބުނީ ރީ ބުންޏޭ ތިމަންނަ ފިހާރަ އަށް ވަދެފަ މިދަނިއްޔޭ ނަޝް ދާށޭ.. އެހެން ކިޔާފަ އަހަރެން ކުޑަ ދޮގެއް ހެދީ.. ސޮރީ.. ދެން މަލް އަށް ގުޅާފަ އަންނަން ބުނީ.. މާދު ކިތަންމެ އިރެއްމިތާ ބޭރުގަ ހުންނަތާ.. އަހަރެން އޭނަ ވެއްދީ” ނަޝް ބުންޏެވެ. އެހެން ހޭ ކިޔާފައި އަހަރެން ކޮޓަރި އަށް ވަދެ ދަބަސް ބަހައްޓާފައި އައިސް މަލްސާ ކުރިމަތީ ހުއްޓިލީމެވެ.” ދެން ތި އެންމެން ތި ކިޔާ އެއްޗެއްކިޔާބަލަ.. އައި ވިލް ލިސިން..” އަހަރެން ބުނެލީމެވެ.

މަލްސާ ވާހަކަ ފެށިއެވެ. “އަސްލު އަހަންނަށް ވަރަށް ރިތި މާދު.. އައި ލައިކް ހިމް. ދެން މިއަދު އޭނަ ކޮޓަރި އަށް އަހަރެން ވަނީ.. މާދު އަހަރެންގެ އަތުގައި ހިފެހެއްޓީ އަހަރެން ޑްރެސިންގ ޓޭބަލް މަތީ އިން ފޮއްޓެއްގައި އަތްލާން އުޅުނީމަ… އެގަޑީގަ ރީ އަށް ވަދެވުނީ… އެން އަހަންނަކަށް ނޭނގޭ ރީ ގެ ބީ.އެފް އަކީ މާދު ކަމެއް.. އައިމް ރިއަލީ ސޮރީ..  މިކަމުގަ މާދު ގެ އެއްވެސް ކުށެއަނެތް.. އަހަރެން ނެތިން ދެމީހުންގެ ދެމެދަށް ވަންނާކަށް.. މާދަން ލަންކާ އަށް ފުރަން މިއުޅެނީ.. ހިތް ހެޔޮ ކުރަށްޗޭ.. ޓޭކް ކެއާރ….”  މަލްސާ ވަރަށް ދެރަވެފައި ހުރެ ކިޔައިދިނެވެ. އަހަރެން މަލްސާ އަށް ހެޔޮހިތުން މައާފް ކުރީމެވެ. މަލްސާ ދަނިއްޔޭ ބުނެ ސަލާމް ކުރުމަށް ފަހު ގެޔަށް ދިޔައެވެ. ނަޝް ވެސް ފޯން އެއް އައިސް ގެން ބޭރަށް ނިކުތެވެ. “ސޮރީ…… އައިމް ވެރީ ސޮރީ މާދު.. އަސްލު ރީ އެގަޑިގަ އަޑުއެހިނަމަ ދޯ.. އެކަމް ރީގެ ލޮލަށް އެމަންޒަރު ފެނުނީމަ ރީއަށް…” “ޝޫޝް…” އަހަރެންގެ ޖުމުލަ މެދުކަނޑާލީ މާދުއެވެ. “ނޫން ބޭބީ… ދެޓްސް ނޮޓް ޔުއަރ ފޯލްޓް.. ޑޯންޓްބީ ސޮރީ…. އެން އެކަންތަށް މިހާރު އެނިމުނީ.. ސޯ އެ ޗެޕްޓާވެސް ކްލޯޒް.. އޯކޭ…” އެހެން ބުނުމަށް ފަހު ޖީބުން ކުޑަ ކުޑަ ފޮއްޓެއް ނެގިއެވެ. “ހެޕީ 3 މަންތް އެނިވާސަރީ ލޯބީ.. ” އަހަރެން އަތަށް އެފޮށި ދެމުން މާދު ބުނެލިއެވެ. އަހަރެން ތޭންކްސް އޭ ބުނެ އެ ފޮށި ހުޅުވާލީމެވެ. “ވާއޮ….”އެއީ ރިހި ކުލައިގެ ރީތި ކުދި ގެތުމަކުން ގަތާފައި އޮތް ކެވެލިކޮޅެކެވެ. ކެވެލިކޮޅުގެ އެއްކޮޅުގައި ބޮޑުހިތެއް އިނެވެ. ހިތުގެ ބޭރުގައި މާދު ލަވް ރީ އިނގެރޭސިން ޖަހާފައި އިނެވެ. މާދު އެ ހިތް ހުޅުވާލިއެވެ.  އެއްފަޅީގައި އަހަރެންގެ ފޮޓޯ އެއް އިންއިރު އަނެއްފަރާތުގައި މާދުގެ ފޮޓޯ އެއް އިނެވެ. އަހަރެން އުފަލުންގޮސް ލޮލުން ކަރުނަ އައިސް ހުރެ ބަލާލީމެވެ.  އަދި ތޭންކްސް އޭ ވައި އަޑުން ބުނެލީމެވެ. މާދު އަހަރެންގެ އަތުގައި އެ ކެވެލި ކޮޅު އަޅުވައި ދިނެވެ.

މާދު މެން އަހަރެންގެ ގެއިން ދިޔައީ އެރޭ އިޝާ ނަމާދު ބަންގި ގޮވިފަހުންނެވެ. އޭރުވެސް މަންމަ ގެޔަކަށް ނާދެއެވެ. އަހަރެން ނަމާދުކޮށްލައިގެން ރޭގަނޑު ކައިގެން ކޮޓަރިއަށްވަދެ ނިދަން އަވަސް ވެގަތީމެވެ. މާދަމަ އަކީ ބަންދު ދުވަހެއް ނަމަވެސް އަހަރެން  ހަވީރު އެހާ ގިނައިން ރުއިމުގެ ސަބަބުން ލޯމައްޗަށް ތަދުވަމުން ދިޔައެވެ. ބޮލުގައިވެސް ފުދޭވަރަކަށް ގަދަޔަށް ރިއްސަމުން ދިޔައެވެ.

ފަތިހު ހޭލެވުނީ ފޯން އެލާރމް ވާ އަޑަށެވެ. އަހަރެން ތެދުވެ ނަމާދުކޮށްލުމަށްފަހު ބޭރަށް ނިކުމީމެވެ. އޭރު ގޭ އެކަކުވެސް ނުތެދުވެއެވެ. އަހަރެން ކޮފީއެއް ހަދައިގެން ޓެރަސް އަށް އެރީ ސާފު ވައިކޮޅެއްލިބޭތޯއެވެ. އަހަރެން ސިހިގެން ދިޔައީ އަހަރެން މި ހުންނަގޭ ކުއްޖެއްކަމަށްވާ ޝާހު އެތާ ހުރިތަން ފެނިފައެވެ. ގޭ އެންމެން ވެސް އޭނާ އަށް ތިއްތި ކިޔާތީ އަހަރެންވެސް ކިޔަނީ ތިއްތި އެވެ. ތިއްތި އަކީ އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއާރޕޯރޓްގައި މަސައްކަތް ކުރާ މީހެކެވެ. ތިއްތި ހުރީ ފޯން އެއްގައެވެ. އެހެންކަމުން އަހަރެންގޮސް އެތާ ހުރި ޖޯލިފަތީ ޖައްސާލީމެވެ. ތިއްތި އަހަރެން ހުރި ފަރާތަށް އެނބުރުމާ އެކު އަހަރެން ފެނުނެވެ. އޭނާ ފޯން ކޯލް ކުރުކޮށްލުމަށްފަހު އައިސް ޖޯލީގައި ޖައްސާލިއެވެ. “ތިއްތިބޭ ދައްތަތަ؟” އަހަރެން އެއްލޯ މަރާލަމުން ބުނެލީމެވެ. ” ހަހަހަ އާނ.. ޒާޔާ ކިޔަނީ.. ކުޅުދުއްފުށީ..” ބޯކަހާލަމުން ތިއްތި ބުނެލިއެވެ. އަހަރެން ވަރަށް ދިމާކުރީމެވެ. އެތާ އިރުކޮޅަކު އިނދެފައި އަހަރެން ދިޔައީ ދާ ވެފައި  ހުރި ހެދުންތަށް ދޮންނާށެވެ. އޭރު ގޭ ބޮޑެތި މީހުން ހޭލައިގެން އުޅެއެވެ.

ދުވަސްތަށް ފާއިތުވަމުންދެއެވެ. އަހަރެންގެ ކޯސް ނިމެން މިހާރު 9 މަހަށް ވެއްޖެއެވެ. ނަމަވެސް އަހަންނާއި މާދުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައެވެ. އެހެންނާ އިރު އިރު ކޮޅާ ގުޅާލަ ގުޅާލަ ހުންނަ މީހާ ދުވާލަކު އެއްފަހަރުވެސް ގުޅޭ ކަމަކަށް ނުވެއެވެ. މެސެޖެއްކޮށްފިނަމަ ރިޕްލައި ކުރެވެނީ ހާހަކުން އެއްފަހަރުއެވެ.

ރޭގަނޑު 10 ޖަހައިފިއެވެ. އަހަރެން މާދު އަށް ގުޅާ މިއީ 22 ވަނަ ފަހަރެވެ. ގުޅާކޮންމެ ފަހަރަކު ހުންނަނީ ކޯލް ވެއިޓިންގ އެއްގައެވެ. އެންމެފަހުން ފޯން ނަގައިފިއެވެ. އަހަރެން ގުޅާތީ މޮލަށް އުނދަގޫވެގެން ކަންނޭނގެއެވެ.

ރިއާ: “ހަލޯ މާދު.. ކީއްވެ ފޯން ނުނަގަނީ..؟”

މާދު:” ކިހާދެރަކަމެއް މީދެން ރިއާ.. މަ ކިތަށްފަހަރުތަ ބުނަންވީ މަ ބިޒީވާހަކަ..”

އަބަދުވެސް ރީ އޭކިޔާފައި ވާހަކަދައްކާ މާދު މިއަދު އަހަންނަށް ރިއާ އޭ ކިޔުމުން އަހަރެންގެ ހިތަށް ނޭނގޭ ކަހަލަ ގޮތެއްވިއެވެ. އަދި މާދު އަހަންނާ ވާހަކަ ދެއްކިރާގުން އަހަންނަށް ރޮވެން އުޅުނެވެ. ނަމަވެސް މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން އަހަރެން ބޭނުން ވިއެވެ.

“މާދު ބިޒީކަމުން ދޯ ދެގަޑި އިރު ތިންގަޑި އިރު ވާ އިރު ކޯލް ވެއިޓިންގ ގަ ހުންނަނީ… އެހެންވެ ދޯ ރައްޓެހިންނާއެކު އެހެން ތަންތަނަށް ދެވެނީ.. އަހަރެން މިއޮށްވަރަށް ގުޅާ އިރު ކީއްވާނީ އެއްފަހަރު ވެސް ފޯން ނެގިއްޔާ… ބުނެބަލަ.. ކީއްވެތަ އަހަރެން ދެކެ މިހާރު ތި ރުޅިއަންނަނީ.. މާދު އަހަރެން ދެކެ ވީ ލޯބި ކޮބާ..؟ އަހަރެން ދެކެ ލޯތްބެއްނުވޭތަ..؟ މާދު..” “ހުއްޓާލާ.. އާނ އަހަރެން މިހާރު ރިއާދެކެ ލޯތްބެއްނުވޭ.. އަހަރެން ލޯބިވަނީ ނަތާޝާ ދެކެ. އޭނާ ވެސް އަހަރެން ދެކެ އެހާ ލޯބިވޭ.. އެއީ މި ރިސޯޓު ބޮޑުމީހާގެ ހުރި ހަމައެކަނި އަންހެނަ ދަރި.. ކަލެ އަކާ އޭނަ އަކާ ވާދަ އެއްވެސް ނުކުރެވޭނެ. ކަލެއްށްވުރެ އެތަށް ހާސް ބައެއް އޭނަ ރީތި.. ތި ކާކު ތަ.؟ ފަލަ ބޮޑު ފީފާ ބުރިއެއް.. ތިކަހަލަ މީހަކާ އެކީ އުޅޭއިރު އަހަންނަށްވެސް ހުތުރު… އަހަރެން ގެ ރައްޓެހިން އަހަންނަށް ހާދަ މަލާމާތެއް ކުރެޔޭ.. ބުނަން ރިޔާ.. ދެން އަހަރެން މަތިން ހަނދާން ނައްތާލާ.. އަހަރެން ނުވޭ ފިފާ ބުރިން ދެކެ ލޯތްބެއް. އޭރު އަހަރެން ކަލެ އާ ރައްޓެހިވީ އަހަރެން ޓައިމް ޕާސް ކޮށްލާނެ މީހެއްނެތިގެން.. ވައިވެގެން.. ޖަސްޓް ފޮގެޓް އެބައުޓް މީ އޯކޭ….” އަހަރެންގެ ވާޙަކަ މެދު ކަނޑާލާފައި މާދު ވާހަކަ ދައްކަން ފެށިއެވެ. އަހަންނަށް އެހުރިހާ ޖުމުލައެއް އަޑުއިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ލޮލުން ކަރުނަ ފައިބަން ފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ” ޝުކުރިއްޔާ މާދު.. ވަރަށް ބޮޑަށް ޝު..ޝުކުރިއްޔާ.. އަ…އަހަރެންނަކީ ކޮން ސި….ސިފައެއްގައި ހުރި ކާ..ކާކު..ކަން ހަ..ހަނދާން…ކޮ…ކޮށްދިނީތީ.. އަހަރެން..” އަހަރެންގެ ވާހަކަ ނުނިމެނީސް މާދު ފޯން ކަނޑާލިއެވެ. އަހަރެން ބާރަކަށް ރޯން ފެށުނެވެ.

(ނުނިމޭ…)

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nukko

Other Articles

Previous

ހާދަ ލޯބިންނޭ (16)

Next

ނިމިދާނެ ޖާނާ ހިތާ 4

Next
February 25, 2016

ނިމިދާނެ ޖާނާ ހިތާ 4

Previews
February 25, 2016

ހާދަ ލޯބިންނޭ (16)

23 Comments

  1. nukko says:
    February 25, 2016 at 10:41 am

    hey guys here is the nxt part… hope u all will like it.. enjoy 🙂 🙂 n if there is any mistake plx let me no.. thnk u

  2. Ryn says:
    February 25, 2016 at 11:00 am

    omg… alheyyy.. maadhuuu…. ehn nahadhaa… nukkkoooo!!!.. vrh salhi mi prt vx.. n wanna ryd nxt prt asap… n tht nash <3 hehehehe… n ehthanuga ebain nish vx jahaafa 😛 anywayss waitin fr the nxt prt n wanna knw whts goin to happn.. n tht maadhu….! n dnt evn dare to say her fyfaa buri!!!! seriously!! maadhuu…. arghhh.. -_- hehehe miss u tc.. 😉 n waitin waitin..

    1. Ryn says:
      February 25, 2016 at 11:02 am

      (yo) me frst.. yayy (yo) (yo) (yo) 😛 hehehehe. **fylin (yo) ** bt nukko wnt tel u tht e madhu gandu lahvaa ria r dhimaalah e kahala ehchis nukiyuhvancheyy i fyl so sad.. gud lckk..

    2. nukko says:
      February 25, 2016 at 12:43 pm

      dw ryyn… goas kan maadhu… hahah nash n nish 😛 will uplwd tmrw in sha allah inge.. keep waitin n thnk u so much…. miss u too tc n congra yay u r first….

  3. Maalu says:
    February 25, 2016 at 11:02 am

    Wowwwww vrh vrh vrh reethiiii 😀 😀 😀 ……… when is the next part???????…….

    1. Maalu says:
      February 25, 2016 at 11:06 am

      Yayyyyyyyy me second ….. 😀 😀 😀 😀 😀
      Hehehehe

    2. nukko says:
      February 25, 2016 at 12:48 pm

      thnk u.. nxt part in shaa allah tmrw ingey.. :):D

  4. Aisha says:
    February 25, 2016 at 11:55 am

    Haadha gosh kuhjekey dhw maadhu aky☹️☹️☹️☹️☹️?

    1. nukko says:
      February 25, 2016 at 12:56 pm

      aan dw aisha.. landeh dheyn vaane dw 😛 hehe keep readin nthnks fr the cmnt 😀

  5. sheyn says:
    February 25, 2016 at 12:48 pm

    aan v goas

    1. nukko says:
      February 25, 2016 at 1:04 pm

      aan dw.. hehe thnks fr the cmnt n thnks fr readin.. 🙂

  6. Niz says:
    February 25, 2016 at 12:51 pm

    Vvv reethi mi part vx……nukko is bst writer..bt. me hadhaan vey konmevex massala eh dhimaa vegen nukkoh ah story up nukurevigen ulhun iru kujjaku buni hadhaan nukkoh ah story write kuran nengeythy bahanaa dhakka niyyey..bt mi vaahak kiyaa kujjakah egeyne nukko aky vvvv molhu writer ekkan…plxx avahah up kurahchey dear….keep it up..god bless u…

    1. nukko says:
      February 25, 2016 at 1:10 pm

      awwww… so swyt of u niz… labba aee wifi connection nulibigen.. ek hama libunu thanaa up kohdhinymi… alhaanula.. ebbai kudhin nah understand nuvane.. hehe.. u made my day niz.. thnk u so so much… n yes in shaa allah tmrw hama anehbai ingey.. keep readin n happy to hear tht u liked it.. tc

  7. Maishu says:
    February 25, 2016 at 1:40 pm

    Vaahaka v v v nice… but maagibain ekaccheh repeat kohllaafa hunnathee thankolheh odd gotheh ebahuri… like “ehllomaraali”. So hope Nukko will keep up the good work with readrs feedback

    1. nukko says:
      February 25, 2016 at 1:44 pm

      thnk u maishu.. ill keep tht in mind ingey dhen vaahaka liyaairu.. thnks… 🙂 🙂 🙂

  8. ina says:
    February 25, 2016 at 2:14 pm

    Wowwwwwwwwww……vrh vrh vrh vrh nice mi prt…..:-(..pis pis pis maadhu haadha goahey dhw….fyfaburi o..pis..dhn ehn kiyaakah nuvaane ennu… Nw ina vx dhera vejje..hehehe…whn is nxt prt???hope avahah up kohdheyne kamh…miss u..tc..

    1. nukko says:
      February 25, 2016 at 9:20 pm

      hehe thnk u ina… ya dw maadhu goas kan… hehe dnt b sad… yup in sha allah tmrw aneh part ingey.. keep waitin 😀

  9. Thukko says:
    February 25, 2016 at 4:09 pm

    Nukko just can’t believe v goas dhw maadhu. Nukko avahah up kohdhehchey next part igey n mi part v salhi hope 2 hear frm u soon n keep it up??????

    1. nukko says:
      February 25, 2016 at 9:31 pm

      yes thukko… v bad dw… hehe yes tmrw aneh part inge.. thnk yeww 😀 😀

  10. nausheenn says:
    February 25, 2016 at 8:28 pm

    wow nukko mi part ves vr vr vr reeethi…n maadhu aa nau rulhi…maadhu vr goas…vr foohivey maadhu dheke???adhi riaa aa dhimaalah feefaa buri ekow…alhey?ekam nukko haadha molhey dho?…ma sha allah…. dhen oiy part konirakunthrrr???

    1. nukko says:
      February 25, 2016 at 9:32 pm

      thnk u nau.. yh nukko vs rulhi maadhu aa 😛 😛 … hehe thnks.. nxt part maadhan hama ingey… keep waitin n thnks once again 😀 😀 😀

  11. Nicky says:
    February 25, 2016 at 9:21 pm

    Dhn ekahala ehchehi kiyan vey thr????lwbi vaa iru sifa alah noon dhw balan jeheynee….so that’s his fault dhw…..v v reethi mi part…when is next part??avahah up kurahchyy…v kiyaa hiyy veyy mi stry…..amudhun mihaaru….gud luk baby……

    1. nukko says:
      February 25, 2016 at 9:35 pm

      dw nicky… so is it true love?? 😛 😛 😛 hehe ya.. gud understandin.. hehe thnks.. v happy vey hurihaa kudhinge feedback thah kiyaafa.. nd thnk u nicky.. 😀 😀 keeep readin 🙂

Comments are closed.

All Right Reserved!