ދުވަސްތަށް ފާއިތުވެ ސުކޫލުން ދިމާކުރުމުގައި ޒައިން ކާމިޔާބު ވިއެވެ. މާގިނަ ދުވަސްތަކެއްނުވެ ދެކުދިނަގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުމެއް އުފެދުނެވެ. ކުލާހުން ކޮންމެދުވަހަކު ބައްދަލުވެ އިންޓަވަލު އެކުގައި ކުރެ އެވެ. ނަސީބުދިމާކުރިގޮތުން ކޮންމެ ދުވަހަކު މީޝާގެ ދޮންތަ މައިރާވެސް އެމީހުނާ ބައިވެރިވެ އެވެ. ދެކުދިންގެ ގުޅުމަށް އިތުރު ކުލައެއްޖެހޭކަށް މާކަގިނަ ދުވަހެއް ނުނަގަ އެވެ. ޒައަިން މިޝާގެ ގެއަށް އައިސް ގޮސް ހަދައެވެ. މީޝާގެ މަންމަ އަދި ބައްޕައައް ވެސް ޒައިން ކަމުދެއެވެ. ދެއާއިލާގެ ދެމެދު ރައްޓެހިކަމުގެ ގުޅުނަ އާލާވެގެން […]
މީޝާ ގޮނޑީގައި އިށީދެ ދެންއޮތްގަޑިއަށް ތައްޔާރު ވިއެވެ. ޓީޗަރު އައިސް ގަޑި ފެށުމުން މީށާ ފޮތް ނަގައި ޓީޗަރަށް ސަމާލުކަން ދިނެވެ. ފިލާވަޅު ނަގައި ދިނުމަށް ފަހު ކުދިންނާ ސުވާލުކުރުމުގެ ތެރޭގައި މީޝާގެ ކައިރީ ގައި އިންގޮނޑީގައި އިށީދެލައިގެން އިން ކުއްޖާޔަށް ޓީޗަރުގެ ސުވާލު އަމާޒު ކޮށްލިއެވެ. މީޝާއަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. މީޝާ ސިއްސައިގެންގޮސް ތެދުވުނެވެ. ކުލާހުގެ ހުރިހާކުދިންގެނަޒަރު މީޝާއާއި ދިމާލަށް ހުއްޓުނެވެ. އެވަގުތު މީޝާއަށް އިސްޖަހައިލެވުނެވެ. އެދޮންމޫނަށް ގަދަރަތް ކުލައެއް ވެރިވެގެން ދިޔައެވެ. “މީޝާ ކިހިނެތްތަވީ..؟؟؟” […]
މީޝާއަށް ކޯތާފަތުގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ކޯތާފަތަށް އެރި ހޫނު އެތިފަހަރުގެ ސަބަބުންނެވެ. ނަމަވެސް ވެވުނު އެންމެ ބޮޑު ހިނިތުންވުމެއް އޭނަގެ ދޮންތަ އަށް ދައްކައިގެން ހުއްޓެވެ. އެއާއި އެކު ދެވަނަ އެތިފަހަރު އޭނާގެ ކޯތާފަތަށް އަރައިގެން ދިޔައީ ކުރިން ފަހަރަށް ވުރެންވެސް ބާރަށެވެ. ދޮންތަގެ މި ވޭންދެނިވި ހަމަލާތަކަށް ކެތް ކޮށްލައިގެން މީޝާ ހުރީ ދޮންތަ އާއި ކުރިމަތިލާނެ ހިތްވަރެއް ނެތިފައެވެ. ހިތުގެ އަޑިން ޝަކުވާކުރާ ހާލުގައިމެ ދޮންތަގެ ހުރިހާ އަނިޔާތަކަށް މީޝާ މާފުދީފިއެވެ. ކޮޓަރިއަށް […]
ގަދަވަޔާއި ވިއްސާރައިގެތެރޭ ގައި ޒޫނާ ދުވެފައިދިޔައީ ބަގީޗާގެ ގޭޓައި ދިމާލަށެވެ. ދެލޮލުން އޮހެމުންދާކަރުނަތަކަށް ނިމުމެއް އަންނާނެ ހެނެއް ހިޔެއްނުވެ އެވެ ޒޫނާ ދުވެފައިގޮސް ހުއްޓުނީ ބަގީޗާގެ ތެރޭގައި ހުރި ނިކަގަސް ދަށުގައެވެ. ޒޫނާ ސިއްސާގެންދިޔައީ ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. ނޫކުލައިގެ ޓީށާޓަކާއި ކަޅު ކުލައިގެ ޖީންސްގައި ފެންނަ ލެއް ވަރަށް ރީއްޗެވެ. އެހާމެ ފުރިހަމަ އެވެ. އެމެރެލްދ ކުލައިގެ ފުން ދެލޮލެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ފަންކަޅު އިސްތަށި ގަނޑު ވަނީ ތެމިފައެވެ. މޫނު […]