(އެގާރަ ވަނަ ބައި) އައްސަދުމެން ގޭގެ ކުރިމައްޗަށް ކާރު ހުއްޓުމާއެކު ގޭޓު ކައިރީގައި ތިބި ދޮރުވާނުން އެ ބޮޑު ގޭޓު ހުޅުވާލިއެވެ. ގޭގެ ގޯތި ތެރެއަށް ކާރު ވަދެގެން ދާން ފެށުމުން ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު މާނީ އެ ބޮޑު ގަނޑުވަރެއްފަދަ ބިނާއަށް ނަޒަރު ހިންގާލިއެވެ. ގޯތިތެރޭގައި ވަށައިގެން ހައްދާފައިވާ ބަގީޗާއިން މާހައުލަށް ހިތްގައިމުކަން ގެނުވައެވެ. އެގަސްތަކުގައި އެކި ކުލަކުލައިން ފޮޅިފައިވާ މާތަށް އެބަގީޗާއަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އެމާތަކުގެ މީރުވަހުން މުޅި ޖައްވު އެއްވަސް […]
“ރާސިލް…. ރާސިލް ބުނީމެއްނު އަހަރެންނަށް އިތުބާރު ކުރަމޭ… އެ އިތުބާރުގައި ދެމި ހުރިނަމަ.. ރާސިލް ތި ލޯބިވާ ކުއްޖާ ދުނިޔޭގައި އެ އިނީވެސް އަހަރެންގެ ސަބަބުންކަން އެނގޭތަ… އަހަރެން ނޫންނަމަ އޭނަ މިހާރު ކައްވަޅުގައި އޮންނާނެތާ ކިތައް އަހަރު ވެދާނެ….” މަހުމޫދު ކިޔަމުން ދިޔަ އެއްޗެހި ދެނެގަނަން ނޭނގި ރާސިލް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ނާސިރާގެ ހާލަކީވެސް އެއީއެވެ. މަހުމޫދުގެ ރުޅިގަނޑު ހަޔާތުގައިވެސް ފެނުނުމީ ފުރަތަމަ ފަހަރެވެ. “މަހުމޫދޫ…. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ… ކިހިނެއް ވެގެންތަ […]
“އުހުނ… ޕާޓީ ބާއްވަން ވާނެ… ޔަގީނޭ ތިއުޅެނީ އަހަންނާ ހެދިކަން ޕާޓީ ނުބާއްވަން! އަހަރެން ބޭނުން ޕާޓީ ބާއްވަން… ނޫނެކޭ ބުނެގެން ނުވާނެ…” ނަޒްލާ އަވަސް އަވަހަށް ބުންޏެވެ. “އެހެން ވެގެނެއް ނޫން…” ޔުމްނާ ބުނަން އުޅުނެވެ. “ނޫނެއް ނޫން… ބާއްވަން ޖެހޭނީ… އަހަރެން ދޮންބެއާ ވާހަކަ ދައްކާނަން” ނަޒްލާ ބުންޏެވެ. ނަދީމްއާ ޔުމްނާ ޕާޓީ ބާއްވަން ބޭނުން ނުވަނީ ނަޒްލާއާ ހެދިކަން ނަޒްލާއަށް އެނގެއެވެ. ނަޒްލާގެ ސަބަބުން އެމީހުން އެއްވެސް އުފަލަކަށް އެއްވެސް ހުރަހެއް އެޅޭކަށް […]
މަންމައަށް ނޭނގުނީ އަހަރެންގެ ހިތުގެ ހާލަތެވެ. އަހަރެން ލަދުގަތީކީ ނޫނެވެ. އަހަރެން މާ ބޮޑަށް ހިތުގައި ޖެހުނީއެވެ. ކޮޓަރިއަށް ވަދެ ދޮރު ނުލެއްޕެނީސް، ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހިގަތެވެ. ދޮރުގައި ލެނގިލައިން އަހަންނަށް އަޑުން އަޑު ނަގާ ރޯން ފެށުނެވެ. މިއަދު އިޔާގެ ހިތަށް އަރާނީ ކީކޭބާވައެވެ؟ އަހަންނަކީ ވަރަށް ދޮގު ހަދާ މީހެކޭ ހީކުރާނެތާއެވެ. އިޔާގެ ހިތަށް އަރާނެހާ އެއްޗެއްސާއި މެދު ވިސްނާލުމުން އަހަރެންގެ ބޯ ހާސްވިއެވެ. ނަމަވެސް މިހެން ރޯން އިނދެގެން […]
ެ. ޒޯހަންވެސް މީ ވަރެއްގެ އިންސާނެކެވެ. ތަނެއްގައި މީހަކު ހުރިއްޔާ އެއީ ކާކުކަން ބަލަންޖެހޭ ހެއްޔެވެ؟ ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެންމެ ފެންނަން ބޭނުންނުވި މީހާއަށް ފެނުނީއެވެ. ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ޝިޔާރާއަށް ނޭނގުނެވެ. ޝިޔާރާގެ މޫނަށް ހުއްޓިފައި ހުރި ޒޯހަންގެ ވިދުންގަދަ ދެލޯ ހިޔާލަށް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވީ ލުއިލުއި ހިނިތުންވުމެކެވެ. އޭގެ ފަހުން ތިން ހަތަރު ދުވަސް ފާއިތު ވެގެން ދިޔައިރު ވެސް ޒޯހަންއަށް ޝިޔާރާ އެގެއަކުން ފެންނަ […]
ޔުމްނާ ތަބައް ހިފައިގެން ބަދިގެއަށް ގޮސް އަލުން ކާއެއްޗެހި ހަދައިގެން ކޮޓަރިއަށް ވަންނަން ދިޔައެވެ. އެއްޗެއް ބުނަން އުޅެފަވެސް ނައީމާ އިނީއެވެ. ޔުމްނާ އެތައް އާދޭހެއް ކޮށްގެންވެސް ނަޒްލާ އެއްޗެއް ކާކަށް އެއްބަހެއް ނުވިއެވެ. “ތިހެން ހަދާކަށް ނުވާނެ ނަޒޫ… ނުކައި ހުއްޓާ ކޮންމެ ގޮތެއްވެސް ވެދާނެ” ޔުމްނާ ނަޒްލާއަށް ވިސްނައިދެވޭތޯ އުޅުނެވެ. “ރަނގަޅެއްނު؟ މިހާރު އަހަރެން މަރު ވުމަށްވުރެ ރަނގަޅު ކަމެއް ދެން ނުވާނެ” ނަޒްލާ ބުންޏެވެ. “ނަޒޫ… ތިހެން ބުނާކަށް ނުވާނެ…” ޔުމްނާއަށް ބުނެވުނެވެ. […]
އީމަންގެ ބާރުގަދަ އަތްމައްޗަށް ޔާނާ އުފުލާލުމާއެކީ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުރުގައި ބަލަން ހުރި ރީމްގެ ސިކުނޑީގައި ހަމަ ވިސްނުން ޓަކި ދިންފަދައެވެ. އެގޮތަށް އީމަން އިޔާނާއާ ކައިރިވެވިއްޖެ ނަމަ އަނެއްކާވެސް ޔާނާގެ ހަނދާންތައް ސިކުނޑިއަށް ވެރިވެގަނެއްފާނެކަން ޔަޤީނެވެ. ދުވެފައި ގޮސް އީމަންއާ އަރާ ހަމަ ކުރިއެވެ. އަދި ދެ ގާޑުން ކައިރީގައި އިޔާނާ ވެއްދުމަށް ބުނިނަމަވެސް އީމަން އެކަމާ ދެކޮޅުހެދިއެވެ. ގޭތެރެއަށް ވަދެވުމާއެކީގައި ބޮޑު ސޯފާގައި އިޔާނާ ބޭއްވިއެވެ. އެވަގުތު ފެންތަށްޓަކާއިގެން އައި މީހާ […]
ފަސްދީ ހިނގަމުން ދިޔަ ރާސިލް ފަހަތަށް ބަލާލީ އަމޭލިއާއަށް ވާނެގޮތް ހަމަ ރަނގަޅަށްވެސް އެނގޭތީއެވެ. ނޫރާގެ އަތް ފޮޅުވާލުމައްފަހު ކުރިއަށް ހިނގައިގަތީ ފަސްއެނބުރި ބަލާލަމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ އެވެސް ހައްގުނޫނޭ ބުނަމުންނެވެ. “ރާސިލް…. ދެންމެ ހީވި އަހަރެންނާ ހެދި މޮޔަވެގެން އުޅުނުހެން…. އަނެއްކާ އެއީ އެތާހުރި ކުއްޖާއަށް ދެއްކެންތަ…. ރާސިލް ވައި އާ ޔޫ ޑުއިން ދިސް ޓު މީ… އައި ލަވްޔޫ..” ނޫރާ އަށްވުރެއް ކުރިން ހިނގާފައި ދިޔަ ރާސިލްގެ އަތުގައި ހިފަމުން […]
އާސިމް އެހެން ބުނުމާ އެކީ ނަޒްލާ އަތުގައި ހުރި ބާރެއް ލާފައި އާސިމްގެ ކޯމަތީ ޖެހިއެވެ. އާސިމްއަށް އެފަދަ އެއްޗެއް ހިތަށް އަރުވަން ކެރުނީތީވެސް ނަޒްލާ ހުރީ ހައިރާން ވެފައެވެ. އެއީ އާސިމް ނަޒްލާއާ މެދު ދެކޭ ގޮތް ކަމާ މެދު ޔަގީން ނުވެފައެވެ. އަދި އަމްދުން އާސިމްގެ އެންމެ ގާތް އެކުވެރިޔާއާ ނަޒްލާއާ މެދު އެފަދަ ގުޅުމެއް ހިނގާފާނެ ކަމަށް އާސިމް ގަބޫލު ކޮށްފާނެކަން ޔަގީން ނުކުރެވިފައެވެ. ނަޒްލާއާ މެދު އާސިމް ދެކޭ ގޮތް މިއަދު […]