“ޔުމް… އަހަރެން ހަމަ ޕްރެގްއޭ، ދެން ކިހިނެއްތަ ހަދާނީ؟” ނަޒްލާ ޔުމްނާގެ އަތުގައި ހިފާލާފަ ބުންޏެވެ. “ޔަގީންތަ؟” ޔުމްނާއަށް އަހާލެވުނެވެ. ނަޒްލާ ބޯޖަހާލިއެވެ. ޔުމްނާއަށް އެވަގުތު ބުނާނެ އެއްޗެއް ނުވިސްނުނެވެ. “މަންމައަށް އެނގިއްޖެއްޔާ… ޔުމް، އަހަރެން ހާދަ ބިރެއް އެބަ ގަނެޔޭ. ހިތަށް އަރާ އަވަހަށް ދުވަސްތައް ދާނެ ނަމައޭ… އަދިވެސް ދެހަފްތާ އެބައޮތް” ނަޒްލާ އަށް އަނެއްކާވެސް ރޮވުނެވެ. “ނުރޮއެ ނަޒޫ… އާސިމް ކައިރީ ބުނެފިންތަ؟” ޔުމްނާ ނަޒްލާގެ އަތަށް ފިތާލަމުން އެހިއެވެ. “އަދި ނުބުނަން. […]
“އަނެއްކާ އެބުނަނީ އެކަމުގެ ފަހަތުގައިވެސް އަހަރެންގެ ބައްޕަ ވެއޭތަ” ރާސިލް ބެންޗުގައި އިށީނީ ކޮޅަށް ހުންނާނެހާ ވަރެއް ނެތުމުންނެވެ. “ރާސިލް.. އަޅެ ބައްޕައާ ވާހަކަ ދައްކަންވީނު.. ފަހަރެއްގައި ހަމަ” ޔާމިން ވާހަކަ ދައްކަ ދައްކަ ހުއްޓާ ރާސިލް ތެދެވެ ހިނގައިގަތީ ހޮސްޕިޓަލްއިން ނުކުތުމަށެވެ. ޔާމިން ބޮލުގައި އަތްކާތާލީ އެންމެ ގާތް ރަހުމަތްތެރިޔާ އަތުންފައިން ގޯހެއް ހަދާފާނެތީއެވެ. ………… މެންދުރު ގަދަ ހޫނުދެމުންދިޔަ ވަގުތުގައި ރާސިލް ރާޅުގަނޑު ސަރަހައްދުގައި އިށީދެލައިގެން ހުރީ ދުނިޔެ މަތިން ފޫހިވެފައެވެ. މުޅިމީހާ ވަށާ […]
(ދިހަ ވަނަ ބައި) ފޯނުން އައްސަދުގެ ނަމްބަރު މާނީ ހޯދާލިއެވެ. އެނަމްބަރަށް ބަލަން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. ގުޅަންވީކަމެއް ނުގުޅަންވީ ކަމެއް ނޭނގިފައެވެ. ނަމަވެސް ހިތްވަރުކޮށްފާ ގުޅަން އޭނާ ނިންމިއެވެ. އެނަމްބަރަށް ޑައިލް ކުރަން އޭނާގެ އަތް ހަރަކާތް ކުރި އިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. ވަރަށް ހިތްވަރުން ޑައިލް ކޮށްލުމަށްފަހު އޭނާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ފޯނު ރިންގްވާން ފެށުމުން އޭނާއަށް ހިންދިރުވާލެވުނެވެ. އިރުކޮޅަކު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. […]
އަންހެންކުއްޖެގެ ކައިރީ ހުރެގެން އެ ކުއްޖާގެ އެތަން މިތަނުގައި ފިރުމަމުން އެ ދަނީ އިތުރު އެހެން މީހެއްނޫނެވެ. ރަޔާންއެވެ. ނީރާގެ ލޭ މައްޗަށް ދިޔައެވެ. ޝާއިންއަށް ވެސް އެތަން ފެނި ދެދަތް ފިއްތާ ބާރުކޮށްލާ އަތް މުށްކަވާލިއެވެ. ނީރާއަށް އެކަން އިހްސާސްވުމުން ޝާއިންއާއި ދިމާ ބަލާލެވުނެވެ. ނީރާއަށް ހިން ދިރުވާލެވުނެވެ. “ޝައިން…. ނޫން. މިތާ މަޑުކުރޭ.. އަހަރެން އަންނާނަން..” ޝާއިން ދިއުމުން ކަންތަށް ވާނެ ގޮތް އިނގޭތީ ނީރާ ޝާއިން ކައިރި ހުރުމަށް ބުނެ ގޯޅި […]
ހަވީރުގެ ވަގުތެވެ. އަހަރެން ޖޯލީގާ ޖައްސާލައިގެން އޮތީ ލުޔޫނާ އާއި ލައިނާ ރީތިވެގެން ނިކުންނަދެނެވެ. ދެކުދިން ގޮވައިގެން ދޮންބެ ދައްތަ އާއެކު ދޮންބެ ދައްތަގެ މަންމަ ގެޔަށް ދާށެވެ. އެހެން އޮއްވާ ނުދަންނަ ނަންބަރަކުން ގުޅައިފިއެވެ. އަހަރެން ފޯން ނެގީ އެއީ ކާކު ތޯ ބެލުމަށެވެ. “ހަލޯ..” “ހަލޯ ރީ.. ޕްލީޒް ފޯން ކަނޑާ ނުލައްޗޭ.. މިއީ މާދު.. އައިމް ވެރީ ސޮ…” އެހެން ބުނުމާ އެކު އަހަރެން ފޯން ކަނޑާލެވުނެވެ. “ޝިޓް.. ތިކުރީ ކީއް..؟ ސޮރީ […]
“އެކަމަކު އޭރުގަ އަހަރެންގެ ބައްޕައަކީ ޕޮލިހެއް…” ޔުމްނާގެ ގައިން ދޫކޮއްލުމައްފަހު ހުރި ތަނަށް ރާސިލް ތިރިވީ ބޮލުގެ އިސްތަށި ގަނޑުގައި ބާރަށް ހިފަހައްޓަމުންނެވެ. “ޔުމްނާ.. ރާސިލް ކިހިނެއްވީ” ޔާމިން ކޯރިޑޯގައި ހިނގަމުން ދަނިކޮށް ޔުމްނާ އަދި ރާސިލް ފެނި އެތަނަތް ގާތްވެލީ ކޮންމެވެސް ކަމެއް ވެގެން އުޅޭހެން ހީވުމުންނެވެ. “ޔުމްނާ.. ފްރެޝް ވައިކޮޅެއް ޖައްސާލަންވީނޫންތޯ… ރާސިލް.. ހިނގާ ދާން” ޔުންމާ އަށް ވެފައި އިން ގޮތުން ޔާމިން އެހެން ބުނެލީ ރާސިލްގެ އަތުގެ މުލައްދަނޑީގައި ހިފާ ނަގަމުންނެވެ. […]
ލޮލުން ކަރުނަ ފައިބަން ފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ” ޝުކުރިއްޔާ މާދު.. ވަރަށް ބޮޑަށް ޝު..ޝުކުރިއްޔާ.. އަ…އަހަރެންނަކީ ކޮން ސި….ސިފައެއްގައި ހުރި ކާ..ކާކު..ކަން ހަ..ހަނދާން…ކޮ…ކޮށްދިނީތީ.. އަހަރެން..” އަހަރެންގެ ވާހަކަ ނުނިމެނީސް މާދު ފޯން ކަނޑާލިއެވެ. އަހަރެން ބާރަކަށް ރޯން ފެށުނެވެ. އަވަސް އަވަހަށް ބާލީސް ނަގައި މޫނުގައި ޖައްސާ ބާރުކޮށްލީ ރުއިމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. ފަތިހު ފަތިސް ނަމާދު ބަންގި ގޮވީ ވެސް އަހަރެން އެހެން އޮއްވައެވެ. ފަހާނާ އަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓިލީމެވެ. […]
މިއަދަކީ ވަރަށް ޙާއްސަ ދުވަހެކެވެ. ވަރަށް ދިގު އިންތިޒާރަކަށް ނިމުމެއް އަންނާނެ ދުވަހެކެވެ. އެއާރޕޯޓުގެ އެރައިވަލް ބައިގައި އިޔާމެންގެ އާއިލާ އެންމެހާ މެމްބަރުންނާއި އަހަރެންގެ ފަހަރި އާއި އަހަރެން، މި އިންތިޒާރު ކުރަނީ އިޔާ ނިކުންނާނެ ވަގުތަކަށެވެ. މާ ގިނަ އިރުތަކެއް ނުވެ، އިޔާގެ ދައްތަގެ ދަރިފުޅު އެރައިވަލް އާއި ދިމާލަށް ދުއްވައިގަންނަމުން ހަޅޭއްލަވައިގަތެވެ. ” ޔޭ!! އިޔާ ދޮންބެ އެހެރީ މަންމާ! ” އެންމެނަށް އެކު އެކީގައި ބަލާލެވުނެވެ. ތެދެކެވެ. އެއީ ހަމަ އިޔާ އެވެ. […]
ެ. ބަދިގެ ތެރޭ ލައިޓް އަލިގަދަ ކޮށްލާފައި ހުރިނަމަ އެމީހެއްގެ މޫނު ވަރަށް ރީތިކޮށް ޒޯހަންއަށް ފެންނާނެއެވެ. އެކޮޓަރިއާއި ދިމާލަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ޒޯހަން ކޮޓަރިއަށް ވަނީ ލަތާ ކައިރީގައި މިވާހަކަތައް ދައްކަން ހިތު އަޅައިގެން ހުރެއެވެ. ފަތިސްނަމާދު ކޮށްގެން ލަތާ ބަދިގެއަށް ވަންއިރު ޔަޝްމީ ރޮށި ފިހަން ހުރިއިރު ޝިޔާރާ ޒިންކު ކައިރީގައި މަސައްކަތެއްގައި ހުއްޓެވެ. “މަންމަ ހީކުރީ ދަރފުޅު ރޭގައި ބަނޑުގައި ރިއްސާތީ އުޅުނީމަ މިއަދު ތަންކޮޅެއް ލަހުންކަމަށް ހޭލާނީ… މަންމަ […]