" ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ . . . . ރޭދަންވަރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ. . . މަރުވެފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ. " ނޫސްތައް ހުޅުވާލުމާއެކު ކޮންމެ ނޫހެއްގެފަލަސުރުހީން ވެސް ފެނިގެން ދިޔައީ އެޚަބަރެވެ. ރޭގެވަގުތެއްގައި އިމާރާތަކުން ވެއްޓިގެން މަރުވެފައިކަމަށް ބެލެވޭ ޒުވާނަކު މަގުމަތީގައި އޮއްވައި ފެނުނު ވާހަކައެވެ. އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. ތަފާތު ނޫސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ސުރުހީތަކުން ލިޔެފައި ހުރިނަމަވެސް […]
އެއީ ބަލައިލަން ކިތަންމެހާވެސް ރީތި މަންޒަރެވެ. އިރު އޮއްސެމުން ދާ ވަގުތު ދުނިޔެ މައްޗަށް ވެރިވެފަ މިހުންނަނީ ކޮންފަދަ ޖާދުވީ ކުލަތަކެއް ހެއްޔެވެ. މިމަންޒަރު ބަލާ ފޫހިވާނީ ކޮން އިންސާނެއް ހެއްޔެވެ. ރަތާ އޮރެންޖާ ރީދުލާ ނޫކުލަ އަހަންނަށް އެންމެ ކަމުދާ ކުލަތަކަށްވީވެސް މިހިތްގައިމު މަންޒަރުގެ ސަބަބުންނެވެ. އެރީތި ރަތްކުލައިން ސާފު ނޫއުޑު މި ވަނީ ހުޅުދާން ވެފައެވެ. ކަނޑުގެ ސަތަހައަށް އިރުގެ ހިމޭން ދޯދިތަށް އެޅިފަވާއިރު ރަތް އޮރެންޖް ޖަވާހިރު ކޮޅުތަކެއް ހެން ކަނދުގެ ލޮނުގަނޑު […]
މުސައްނިފާ ރޯޒީ އެގުޅުން ވަކިނުވެވޭނެ ރީތި ހިތްގައިމު ގެއެކެވެ. މުއްސަދިކަމާތިޔާގިކަން އެގޭގެ ކޮންމެފަރާތަކަށް ނަޒަރު ހުއްޓާލިޔަސް ފެންނަން ހުއްޓެވެ. އެގޭގެ ބަގީޗާގައިވާ މާމެލާމެލިވެސް ފަރިވެ ފޮޅިފައިވެއެވެ. އޭގެ މީރުވަހުން މުޅިހިސާބުގަނޑު އެއްވަސްވެފާވެއެވެ. ނަމަވެސް އެގޭގެތެރޭގައިވަނީ ބުނަންނޭނގޭ ކަހަލަ ހިމޭންކަމަކާ އަނދިރި ކަމެކެވެ. ވަހީދާ އޭނަގެ ފިރިމިހާޔޫނުސް ކައިރިޔަށް ގޮސް އެނދުގައި އިށީދެލިއެވެ. ޔޫނުސް އެނދުގެ ފަޑީގައި ލެނގިލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއިނެވެ. އޭނާގެ މުސްކުޅި ދެލޮލުންނާ ނިންމަށްޗަށް އަރާފަ ހުރި ރޮނގުތަކުން އޭނާގެ ޝަހްސިއްޔަތު ފެންނަންހުއްޓެވެ. އޭނާގެ […]
އިރުއަރައިގެންއައީ ވަރަށްވެސް ހިތްގައިމު ދުވަހެއްގެ ގޮތުގައިއެވެ. ނަމަވެސް މިއަދު ބިންވަޅުނަގަން އެ އުޅޭ މުސީބާތަކީ ކޮބައި ކަން އެކަކަށްވެސް ހަމަނޭންގެއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ މަސައްކަތާއިގެން އެ އުޅެނީއެވެ. ދެން ވާނީ ކޮން ކަމެއްކަންވެސް ނޭނގި ތިއްބާ އެ ބިންދައިލީ ބޮޑެތި ބިޔަ ރާޅު ތަކެކެވެ. މުޅިރަށް ގެނބިގެން ދިޔަފަދައެވެ. މި ރާޅުތައް ރަށަށް ބިނަދައިލީ ހުރިހާ އެންމެންވެސް އެބައެއްގެ މަސައްކަތުގައި މަސްއޫލުވެގެން ތިއްބައެވެ. ހަލީނާއާއި އަރަޝްއަށް ތިބެވުނީ ވަރަށްވެސް ނުރައްކާތެރި ހިސާބެއްގައި އެވެ. ރަށުގެ ގޮނޑުދޮށުގައި […]
ރަށުގެ އުރުތުފަރާތުގައި އަންހެންނުންގެ ބޮޑު ބައިގަނޑެއް ފެނެއެވެ. ރަށުގައި ކައިވެންޏަކަށް ތައްޔާރުވަންޏާ އެއީ އާދައެވެ. އާއިލާ މީހުންނާއި ރައްޓެހިން އެކި ކަންތަކުގައި އެހީވެދީ އުޅެނީ އެހާ ގުޅިގެންނެވެ. “އަހާން މިއޮށްއައީ ކޮންކުއްޖެއް….. މީ ސަމްސިއްޔަގެ ޝީރީންތަ… ހާދަ ރީތި ވެއްޖެއޭ ދޯ” ޝީރީންގެ ކޮޑުގައި ފިރުމާލަމުން ލައިލާގެ މަންމަގެ ފަރިޔާލު އަހާލީ ލޯބިންނެވެ. ޝީރީން ލަދުން ބޯ ޖާހާލީ މީހުންތަށް ބަލަން ފެށުމުންނެވެ. “ކޮބާ މަންމަ… މަންމަ ކައިރީގައި ބުނެލައްޗާ މިދިމާލަށް އަންނައްޗޭ… މާދަމާ ހެނދުނުން ފަށައިގެން […]
” އަަހަންނަށް އެނގެއްޖި މިހާރު ވީގޮތް. ލިޔާގަތުބެ ވީ ވަރަށް ގޯސް މީހަކަށް ދޯ. ބަލަ. މިހާރުވެސް އޭނަ އުޅޭ ގޮތް. އަބަދު ރާ ބޮއެބޮއެ ފައި ދައްތަޔަށް އަނިޔާ ކުރަނީ ވިއްޔަ. އަނެއްކާ ދައްތަގެ ތިޔޮއް ލުފްޝާން ދަރިފުޅެއް. ހަމަ ޑަބަލް ބައްޕަ އެއީ. އެކަމް ދެން ދައްތަ ފަޔަށް ކިހިނެއްވީ؟” ވާހަކަ އަޑު އަހަން އިނދެފައި ޔާޝާ އޭނާގެ ހިތުގަިއ އުފެދުނު ސުވާލު ކޮށްލިއެވެ. ” ނޫން. ތީ އަދި ކަންތައް ވީ ގޮތެއް […]
“އޭރު މީރާ ރާހިލް ދެކެ ވަރަށް ލޯބިވި… ވިދާ ތިބުނި ހެން ވަންޏާ މީރާ އަދިވެސް ރާހިލް ދެކެ ލޯބި ވާނެތަ؟” ހިތަށް އެރި ޚިޔާލު ޔަމާން ވިދާދްއާ ހިއްސާ ކުރިއެވެ. ވިދާދް ޔަމާންއަށް ބަލާލިއެވެ. ވިދާދްއަށް ބުނެވުނު އެއްޗަކުން ޔަމާންގެ ހިތް ނުތަނަވަސް ވެއްޖެކަން ވިދާދް ދެނެގަތެވެ. “ވެދާނެއެއްނު މީރާއަށް ހަގީގީ ލޯބި ވެވުނީ ޔަމާން ދެކެ ކަމަށް؟ އުފަލަށް ވުރެ ބޮޑަށް ހިތުގަ ހަރުލާފަ ހުންނާނީ ހިތާމަ… އެހެން ވީމަ ހިތުން ފޮހެލަން އުނދަގޫ […]
އިރުކޮޅެއް ފަހުން އަންޖޫދާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެގެއިން ދިއައެވެ. އޭރުވެސް އާޔާ ދިއައީ ޖޯލީގައި އިނދެ އަންޖޫދާގެ ސިކުނޑި ހަމައަކަށް އެޅުވުމަށް ކުރާނެ ކަމަކާ މެދު ވިސްނަމުންނެވެ. ނަމަވެސް އަންޖޫދާ ގާތު އެއްވެސް އެއްޗެއް ކިޔަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ. އަންޖޫދާގެ ބޯހަރުކަމާ ގޮތް ދޫނުކުރުން އޭނާއަށް އޮޅިފަކާ ނެތެވެ. ކުއްލިއަކަށް އެ ހިތަށް ވެރިވި މޮޅު ހިޔާލެއްގެ ސަބަބުން އެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ […]
އަހަރެމެން ތިން ހަތަރު ގަޑިއިރުގެ އޮފިޝަލް ވާހަކަ ދެއްކުމަށްފަހު ކޮފީ މޭޒަށް ދިޔައީމެވެ. މިސްބާހް އަކީ ވަރަށް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. މިވީ ކުޑަވަގުތުކޮޅު ތެރޭ އަހަރެންނާ މިސްބާހް ވަރަށް އެކުވެރި ވެއްޖެއެވެ. މިސްބާހް ވީވެސް އަހަރެންނަށް ވަރަށް ކަމުދާ އެކުގާ މަސައްކަތް ކުރާހިތްވާ ކަހަލަ މީހަކަށެވެ. “މިސްބާހް އާއި ރާނިޔާ ތީ އެއްހިސާބެއްގެ ދެކުދިން، އެކަކު އަނެކަކު ނުދަންނަންތަ؟” މުނީރުގެ މިވާހަކައިން ސިހިފަ އަހަރެން މިސްބާހް ގެ މޫނަށް ބަލާލީމެވެ. މިސްބާހް ވެސް ހަމަ މިފަދަ […]