Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އުމުރަށް ތިޔަނަމުގައި……………… (ފަހުބައި)

maahil Level 110 Stories
September 20, 2016 3 Mins Read
4 Comments

އިރުއަރައިގެންއައީ ވަރަށްވެސް ހިތްގައިމު ދުވަހެއްގެ ގޮތުގައިއެވެ. ނަމަވެސް މިއަދު ބިންވަޅުނަގަން އެ އުޅޭ މުސީބާތަކީ ކޮބައި ކަން އެކަކަށްވެސް ހަމަނޭންގެއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ މަސައްކަތާއިގެން އެ އުޅެނީއެވެ. ދެން ވާނީ ކޮން ކަމެއްކަންވެސް ނޭނގި ތިއްބާ އެ ބިންދައިލީ ބޮޑެތި ބިޔަ ރާޅު ތަކެކެވެ. މުޅިރަށް ގެނބިގެން ދިޔަފަދައެވެ. މި ރާޅުތައް ރަށަށް ބިނަދައިލީ ހުރިހާ އެންމެންވެސް އެބައެއްގެ މަސައްކަތުގައި މަސްއޫލުވެގެން ތިއްބައެވެ. ހަލީނާއާއި އަރަޝްއަށް ތިބެވުނީ ވަރަށްވެސް ނުރައްކާތެރި ހިސާބެއްގައި އެވެ. ރަށުގެ ގޮނޑުދޮށުގައި ހިތްގައިމުވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ.

 

“ރާޅުތައް އެޔޮއް އަންނަނީ. ހަލީ މަށާއެކު ދުއްވައި ގަނޭ. އަވަސް ކުރޭ. “އަރަޝް ހަޅޭއްލަވައިގަތެވެ. ދެ ކުދިން ދުވެ ދުވެ ތިއްބަ ރާޅު އެ ދެ ކުދިންގެ ބޮލަށް ބިންދައިލާފިއެވެ.  “އަރަޝް. ” ހަލީނާ އޭނާގެ ބޯ މައްޗަށްނެގުމަށް ފަހު ގޮވައިލި އެވެ. “ދަރިފުޅާ.” ހަލީނާ އަށް މި އިވުނީ ކާކުގެ އަޑެއް ކަންވެސް ނޭންގުނެވެ. އޭނާގެ ވަށައިގެން އިވެމުންދަނީ ރުއިމުގެ އަޑުތަކެކެވެ. ހަލީނާގެ އަތުަގައި މީހަކު ހިފައިފި އެވެ. “އަނހާ ހުއި. ” ހަލީނާ ފެންގަނޑުތެރެއިން ދަމާ ނެގި މީހާ އޭނާ ނަގަމުން ބުންޏެވެ. ހަލީނާއަށް ތަނެއްގައި ހަރު ލެވެނު ހައި އަވަހަކަށް އަރަޝްއާއި އޭނާގެ އާއިލާ އެންމެން ހަމަތޯ ބަލައި ލެވުނެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ އަށް އިނދެވުނު ތަނަކު އޭނާގެ އާއިލާގެ އެކަކުވެސް ނެތެވެ. އޭނާ އުންމީދު ކޮށްގެން ހުރީ އެ އެންމެންވެސް ރަނގަޅުކަމަށެވެ.

 

އެ ބޮޑު ބިޔަ ރާޅުތައް ފައިބައިގެން ދިޔައީ މުޅިރަށް އެކީ ކަހަލަ ގޮތަކަށް ސުންނާފަތި ކޮށްލައިފައެވެ. ރާޅުތައް ފައިބައިގެން ދިޔުމާއެކު ހަލީނާ ދުއްވައިގަތީ އޭނާގެ މަންމާއާއި ބައްޕަ އަދި ފިރިމީހާ ހޯދާށެވެ. މި ހިތާމަވެރި ހާދިޘާގައި ރަށުގެ 16މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ހަލީނާގެ މައިންބަފައިން ހިމެނެއެވެ. ހަލީނާއަށް މިހަބަރާއެކު ލިބުނު އޭނާގެ ހޭ ހުސްވި އެވެ. ހަލީނާއަށް ހޭ އެރީ އޭގެ އިރުތަކެއްގެ ފަހުގައިއެވެ. “ހަލީ އަރަޝް ފެނިއްޖެ. ” ނާހިދު ސިއްޙީ މަރުކަޒުގައި ބާއްވައިފައި އޮތް ހަލީނާ ހޭ އެރުމާއި އެކު ބުންޏެވެ. “ކޮބައިތަ މަގޭ އަރަޝް.؟ އޭނަ މިތަނަށް ނައީ ކީއްވެ؟ ނާހިދޫ ނިކަން އަނގައިން ބުނެބަލަ.”ހަލީނާ މި ސުވާލުތައް ކުރުމުން ނާހިދު އިސްޖަހައި ލުމަށްފަހު ގިސްލަން ފަށައިފިއެވެ. ރޮވިއްޖެއެވެ. “ހިނގާބަލަ ސުކޫލަށް ” ނާހިދަށް ރޮވެމުން ބުންޏެވެ.

 

“ދެން ބުނެބަލަ އޭނަވީތަން.”ހަލީނާ އަށް ވާނުވާ ނޭންގޭތީ އޭނާ ބުންޏެވެ .”ހިނގާ ސުކޫލަށް އޭނާ ވީ އެތާނގަ.” ނާހިދު ވަރަށް ހިތްދަތި ކޮށް ބުންޏެވެ. ހަލީނާ ސުކޫލަށް ދިޔައިރު އޭނާއަށް ވެސް ރަށަށް ވެފައިވީ ގޮތް ފެނުމުން ވަރަށް ދެރަ ވި އެވެ. ގެތަކުން ބައެއް ގެ ވަނީ ހަލާކު ވެފައި އެވެ. ގިނަ ގޭގެ ވަނީ ބިމާއި ހަމަވެފައި އެވެ. ސުކޫލަށް ދެވުނު އިރު ސުކޫލުން އިވެނީ ރުއިމާއި ކުކުރުމުގެ އަޑެވެ. ކުޑައެއް ބޮޑެއް ނެތެވެ. އަންހެނެއް ފިރިހެނެއް ނެތެވެ. ހުރިހާ އެންމެންވެސް ރޮނީއެވެ.

 

ހަލީނާ ފުރަތަމަވެސް ގޮސް ވަނީ ހޯލަށެވެ. ރަށު ރައްޔިތުން ފުރިފައި ތިއްބައި ހަލީނާގެ ލޮލުގައި އަޅައި ގަތީ އަރަޝް ކަފުން ކޮށްފައި އޮތް ތަނެވެ. ހަލީނާއަށް ވީގޮތް ހުދު އޭނާއަށްވެސް ނޭންގުނެވެ. އެ ފުރާނަނެތް މަސް ގަނޑު ކައިރިއަށް ދެވޭނެހައި ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ހުރިތަނަށް ހުރެ ގާވެފައި ވެއްޓި އިށީންދެވުނެވެ. އަނގައިން އެއްވެސް ބަހެއް ނު ނިކުމެ އެތަނުގައި އަރަޝްއަށް ބަލަން އިނދެވުނެވެ. ބޭރުފުށުން ކިތައްމެ މައިތިރިކޮށް އިނަސް ހަލީނާގެ ހިތުތެރެއަށް އެ ބިންދައިލި ވަރުގަދަ އުދާހުގެ ތޫފާނުގެ އަސަރު ބޭރުފުށުން ފެންނަން ފެށީ އޭގެ އިރުތަކެއްގެ ފަހުންނެވެ. ކަރުނަތަށް ބޯކޮށް ފައިބަން ފެށިއެވެ. ކެތްކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކެތްކުރެވޭވަރެއްނުވި އެވެ. އިސާހިތަކު ހަލީނާ އަޑުގެ ނެތްތަނަށް ރޯންފަށައި ފިއެވެ. ވަރަކަށް ރޮވުނެވެ. މިހިތާމަވެރި ހާދިޘާގައި ރަށުގެ 9 މީހަކު ނިޔާވި އެވެ. 16މީހަކު ވަނީ ގެއްލިފައިއެވެ. ނިޔާވި މީހުން ކަށުނަމާދުކުރުމަށް ގެންދެވުނު ވަގުތު އެމީހެއްގެ އާއިލާ މީހުންނަށް ލޯމަތިން އެ މީހަކު ނުގެންދޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ހަމަ މިގޮތަށް ހަލީނާއަށްވެސް ވިއެވެ. އަރަޝްގެ ގައިގައި ބައްދައި ގަތެވެ. “އަހަރެން ދޫކޮށްފަ ނުދޭ. ނުގެންދޭ. ” އަރަޝްގެ ގައިގައި ބައްދައިގަތުމަށްފަހު ހަލީނާ ބުންޏެވެ. ހަތަރުވަރަކަށް އަންހެނުންވެގެން ހަލީނާ ގަދަކަމުން އަރަޝްއާއި ދުރު ކުރިއެވެ. އަރަޝް ގެންދެވުނެވެ. ހަލީނާ ފަކީރު ރޮއި ރޮއި ހުއްޓައެވެ. ކަށުނަމާދު ކުރި ވަގުތުވެސް ގިނަ މީހުންގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަށް އެއްވެސް ބަދަލެއް ނެތެވެ. ކޯރެއްހެން ފައިބަމުން ދެއެވެ. ކަށުނަމާދުކުރުމަށް ފަހު މައްޔިތާއިން ވަޅުލެވުނެވެ. ވަޅުލެވުނު މީހުންގެ ގާތް މީހުން ގަބުރުސްތާނުން ނެރެވުނީ ވަރަށް އުނދަގުލުންނެވެ. އަނެއްދުވަހު އިރު އެރުމާއެކު ސިފައިންނާއި ފުލުހުންނާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުން އެބައެއްގެ އެހީ ތެރިންނާއެކު މި ކާރިސާގައި ގެއްލުންވި ރަށްރަށަށް ފުރި އެވެ. އެގޮތުން ހަލީނާ ދިރި އުޅެމުން އައި ރަށަށްވެސް މި މީހުން އައެވެ. ރަށުގެ ފަންސާހަކަށް އާއިލާ އަށް މިވަނީ އެމީހުންގެ ގެދޮރު ގެއްލި ވަގުތީ ހިޔާ ބޭނުންވެފައި އެވެ. އެއީ ގާތް ގަނޑަކަށް 500 މީހުންނެވެ. ދެދުވަހެއްހައި ދުވަސް ފަހުން ވަގުތީ ހިޔާތަށް އެޅުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ރަށުގައި  ފަސްދޮޅަސް ވަގުތީ ހިޔާ ތިންހަފުތާ ތެރޭގައި އަޅައި ނިމުނެވެ. މި ވަގުތީ ހިޔާތަކަށް މީހުން ބަދަލުވެ އާންމު ހާލަތަކަށް ރަށް ރުޖޫއަކުރެވުނީ ދެމަސް ވަނިކޮށެވެ.

 

“ހަލީ. މިގަޑީގައި މިތާ ކީއްތިކިރަނީ؟. ކޮބާ ކުޑަމީހަ؟ “މާލެއިން ލަފައިގެން ގެއަށް ދަނިކޮށް ހަލީނާ އެކަނިމާއެކަނި ދަން ވަގުތެއްގައި މީހުން އާންމުކޮށް ނޫޅޭ ހިސާބަކުން ފެނުމުން ނާހިދު އެތަނަށް އައުމަށްފަހު އޭނާއަށް ގޮވައިލިއެވެ. “އަރަޝް. “ހަލީނާ ގެނބިފައިވާ ހިޔާލުތަކުން ނުކުމެވުމުން ބުނެވުނެވެ. އަދި އެއަށްފަހު އޭނާއަށް ރޮއެވުނެވެ. “ހަލީ ހިތްވަރު ކުރޭ. ކުޑަމީހަ އެބަހުއްޓެއްނު އަރަޝްގެ ހަނދާނެއްގެ ގޮތުގައި ރަޝް ދީފައި. ” ނާހިދު ބުންޏެވެ. “ނާހިދޫ. އަހަންނަކަށް އަރަޝް ގެ މަތިން ހަނދާން ނުކޮށްލާ ހަމަ ނުހުރެވޭ. އަހަންނަކަށް ކެތެއްނުވޭ މި ދުނިޔޭގައި އުޅޭކަށް. ނަމަވެސް އަޒާނަށް ޓަކައި މި ހުންނަނީ.” ހަލީނާ ނާހިދު ގާތު އޭނާ ކުރަމުން ދާ ހިތާމަތައް ހިއްސާ ކުރަމުން ބުންޏެވެ. ހަލީނާ އަށް މިކަމެއް ދިމާވިތާ ދެއަހަރު ވާން ވެފައި ވީއިރުވެސް އޭނާއަށް ހީވަނީ އޭނާގެ މާޒީގައި ހިނގާފައިވާ ކަންކަމަކީ ހަމަ ދެންމެދެންމެ ކަހަލަ ގޮތަކަށް ހިނގި ކަމެއް ހެނެވެ. ހަލީނާގެ މުޅި އުމުރަށް އަރަޝްނޫން އިތުރު މީހެއް ނަމުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކޮންމެ ހުކުރު ދުވަހަކު ރަށުގެ ގަބުރުސްތާނުގައި ވަޅުލެވިފައި ވާ އަރަޝްގެ މަހާނަ ދޮށަށް ޒިޔާރަތް ކުރެއެވެ. އަޒާންވެސް ގޮވައިގެންނެވެ.

 

“މަންމީ ކުޑުންތަ  ކޮއްކޮ ބަލާ. މަންމީ ކޮއްކޮ ދާން. “ކުޑަ ކުޑަ އަޒާން އެތަނުން ނުކުތުމަށް ބޭނުންވެފައި ހުރުމުން ބުންޏެވެ. ހަލީނާ އަތުގެ އިޝާރާތުން ސިނާއަށް ގޮވުމްށްފަހު އަޒާން ގެންގޮސް ދިނުމަށް ބުންޏެވެ. ސިނާ އަޒާން ބަލައި ހަލީނާ ގާތަށް އައުމަށްފަހު އޭނާ އުރައިލައިގެން ބޭރަށް ހިނގައްޖެއެވެ. “ރަޝް އެދިޔައީ އަހަރުމެންގެ ލޯބީގެ ނިޝާން. ކަލާ އަހަންނަށް ދީފައި ދިޔަ އަގުރި މުދާ އަދި އަމާނަތް. ” ހަލީނާއަށް ހިތާ ހިތުން ބުނެލި އެވެ. ” އުމުރަށް ތިޔަނަމުގައި ހުންނާނަން. މުޅިއުމުރު އަރަޝްގެ މީހެއްގެ ގޮތުގަ މި ހަލީނާ ހުންނާން. ” ގަބުރުސްތާނުން ނުކުމެގެން ދާ ކޮންމެ ފަހަރަކުވެސް ހަލީނާ މިހެން ބުނެ ނުލާ ނުކުމެގެނެއް ނުދެއެވެ.

 

-ނިމުނީ-

 

ނޯޓް. މިވާހަކައިގައި ހިނގައިފައިވާ ހާދިސާތަކަކީ މުޅިން ހިޔާލީ ކަންކަމެވެ.

Share Article

Follow Me Written By

maahil

Level 110 Stories

Hi Im Maahil

Other Articles

Previous

އިންތިހާއަށް އާދޭސް 3..

Next

އެގުޅުން ވަކިނުވެވޭނެ 1

Next
September 21, 2016

އެގުޅުން ވަކިނުވެވޭނެ 1

Previews
September 20, 2016

އިންތިހާއަށް އާދޭސް 3..

4 Comments!

  1. Love says:
    September 20, 2016 at 9:33 pm

    Love it..

  2. sally says:
    September 20, 2016 at 10:19 pm

    Reethi…me second dhw…

  3. Madhy says:
    September 21, 2016 at 1:00 am

    Story v v salhi ?

  4. khajja says:
    September 21, 2016 at 1:19 am

    Finally vaahaka thininmaalytha v obi hama n thanks

Comments are closed.


All Right Reserved!