އަތުން ބޮޑު ދެ ކޮތަޅު ހިފައިގެން އައި ޒުލޭހާގެ މޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. އޭނާ އެއަންނަނީ މިޔަދު އޭނާގެ ދައްތަމެން މާލެއިން ފޮނުވި ހަދިޔާ ކޮތަޅުތަކެއް ހިފައިގެންނެވެ. ހީކުރިވަރަށް ވުރެ ވެސް އެއެއްޗެހި ބަރުވުމުން އޭނާ އުޅުނީ އެއެއްޗެހި ނުހިފިގެންނެވެ. މާ ބޮޑަށް ބަރުވާން ފެށުމުން އޭނާ ކައިރީގައި ހުރި ގޭގެ ތިރިކޮށް ރާނާފައިވާ ވަށާފާރު މަތީގައި އެދެކޮތަޅު ބަހައްޓާލަމުން ހިންދެެމެލިއެވެ. ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލަމުން އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް އަތްކޮށްޕާލަމުން ބިލަތްގަނޑަކާ ދެތިން […]
މިއީ މިފަދަ ސައިޓެއްގައި އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. މިއީ ތަފާތު އެތަށް ރަހައެއް ލިބިގެންދާނެ ވާހަކައެކެވެ. މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އަދި ހިންދީ ފިލްމެއް އަސްލަކަށް ބަލައިގެން، އަމިއްލަ ޚިޔާލު ހިމަނައިގެން ލިޔެފައިވާ ތްރިލާ ވާހަކައެކެވެ. ފާޑުކިޔުމަކީ ކިޔުންތެރިންނަށް ލިބިފައިވާ ޙައްޤެކެވެ. ބިނާކުރަނިވި ކޮންމެ ފާޑު ކިޔުމަކަށް ހެޔޮހިތުން މަރުޙަބާ ކިޔާނަމެވެ. ވަރަށް އަވަހަށް އަންނަނީ… އިންތިޒާރު ކޮށްލައްވާ!
“ތިޔައީ އޭ މައްސަލައަކީ ވަހީދާއަށް ނުފެނޭ އޭނާގެ ނުބައި ސިފަތަށް. މިގޭގަ ހިނގާނީ އަހަރެންގެ ހުކުމް އަހަރެން މިހަރު މިބުނަނީ އުނައިސް ޖެހޭނީ މިގެއިން ދާން ހަމަމަ މިހާރު މިިވަގުތު.” “އެކަމަކު އޭނާ ވަކި ދަނީ ކޮންތާކަށް” ވަހީދާ ގިސްލަމުން ބުނެލިއެވެ “ތިޔައީ އަހަރެން ބަލަން ބޭނުން ކަމެއް ނޫން ހަމަ މިހާރު މިގެއިން އޭނާ ޖެހޭނީ ނިކުއްނަން” ޔޫނުސް ގޮތްދޫނުކޮށް ބުނެލިއެވެ. އެވަގުތު އުނައިސް ހައިރާންކަމާއެކު ބައްޕައަށް ބަލާލިއެވެ. އޭނާއަކީ އޭނާގެ ބައްޕަގެ ލޮލުގެ ނޫރެވެ. […]
“އަހަރެންނަކީ ޒުވާނެއް. އަހަރެން މަސައްކަތާ ކުޅިވަރު ދެބައި އެކުގައި ގެންގުޅެން.” މޫނު ގޮތަކަށް ހަދާލަމުން އަސްލަމް ބުންޏެވެ. “ކަލޭ ވާންޖެހޭނީ އެންމެންނަށް ނަމޫނާ އަކަށް ނޫންތަ؟ ” އުނައިސް އަހާލިއެވެ. “އަހަރެން މީ މިއޮފީހުގަ ކަލެއަށް ވުރެ ސީނިއަރ މިހެއް ވީއިރު އަހަރެން އުޅެންވާގޮތް ކަލެއަކަށް ކިޔައެއް ނުދެވެނެ.” ތާސްބައި އަނެއްކާވެސް ކުޅެން ތިބި މީހުންނަށް ބަހާލަމުން ވަރަށް އަދަބުވެރިކަން ކުޑަކޮށް އަސްލަމް ބުނެލިއެވެ “އެކަމަކު އަސްލަމްއަކަށް ނުފެނޭތަ އެހެން މިހުން ބުރަކޮށް މަސައްކަތް ކުރަމުންދާމަންޒަރު” އުނައިސް […]
ގެއަށް ވަތްގޮތަށް ޝީރީން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޖީބުން ފޯނު ނެގުމައްފަހު އެނދުމަތީގައި އޮށޯވެލީ ނަންބަރަކަށް ޑައިލް ކޮއްލަމުންނެވެ. “ބޭބީ…. އައި މިސްޔޫ…..ދެން އާދެބަލަ… މިރަށުގަ ސަވައިވްވާން ހާދަ އުނދަގުލޭ” ޝީރީން ފޯނު ކަންފަތުގައި ޖެހިގޮތަށް ފޮރޮޅެލީ ބާލީހުގައި ބައްދާލަމުންނެވެ. …….. ހެނދުނުގެ އިރު ދުނިޔެމައްޗަށް ވެރިވެގެން ދިޔައީ އޭގެ އެންމެ ދުރިހަމައަށެވެ. އުދަގޫ ކޮއްލާނެ އެންމެ ކަޅު ވިލާކޮޅެއްގެ ހިސާބުވެސް ނެތުމުން އުފާވެރިކަމާއެކުގައެވެ. ރަށުގެ ގިނަ ބަޔަކަށް ފެށިގެން ދިޔަ އާ ދުވަހަކީ ބޮޑު […]
“ތެހެއި ޔަގީންކަން އޮއްފެހޭ މަދައްކާ ވާހަކަސް ކަނޮލާއި އަޑޮއަހަފެލަ… ތަޒްކިޔާ އެބެނީ ތެދަށްފެހޭ ޒިބާން ކާވެނި ކެރާށް ޖެހޭނެއި ތަޒްކިޔާއި… މަށް ތަޒްކިޔާއަކީ ކިހެއިވަރެއްގެ ކޫދަކާކަން އެއިނގެން މިހެންމި ބެނަނީ… ޒިބާނަށް ތެ މަންޝާއި އެނގެނތާން މާގިނަ ދުވަހަަކށް ވީކީ ނޫން… އެވަރުން މީހުންގެ ގޮށްކޭއް އެނގޭށީ…” (ތިހާ ޔަގީންކަން އޮވެއްޖިއްޔާ މަދައްކާ ވާހަކަވެސް ކަނުލާ އަޑުއަހާ… ތަޒްކިޔާ އެހެދީ ތެދުކަމަށް ވެއްޖިއްޔާ… ޒިބާން ކައިވެނި ކުރަން ޖެހޭނީ ތަޒްކިޔާއާ… އަަހަރެންނަށް ތަޒްކިޔާއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގިގެން […]
“ވިދާ އުޅެނީ ރާހިލްއާ އިންނަން. މީރާ، އަހަރެން އަސްލު ބޭނުމެއް ނޫން ވިދާ އޭނަޔާ އިންނާކަށް” ޔަމާން ބުންޏެވެ. އެއަޑު އިވުމުން މީރާގެ މެޔަށް ގޮތެއް ވެގެން ދިޔައެވެ. ހިތުގެ ތެޅުން މަޑުޖެހިލުމަށް ފަހު ބާރުވެލިއެވެ. ފިހާރައިން ރާހިލްއާ ވިދާދް ފެނުނު ވަގުތުން ފެށިގެން ހިތުގައިވި ޝައްކު ޔަގީނަށް ބަދަލުވީ ޔަމާން އެހެން ބުނުމުންނެވެ. “ކީއްވެ އެދެމީހުން އިންނަން ޔަމާން ބޭނުން ނުވަނީ؟” ހަމަޖެހިލަން މަސައްކަތް ކުރަމުން މީރާ އަހާލިއެވެ. “ރާހިލްގެ ފަރާތުން ވިދާއަށް ދެރައެއް ލިބުން […]
އަސްލަމްގެ ގޮތް ވަރަށް ރަނގަޅަށް ސަލީމް އަށް އެނގޭނެއެވެ.އުނައިސް މުޅި ދުވަހު ވަރަށް ބުރަކޮށް އުޅުނެވެ.އަދި ގެޔަށް ވަދެވުމާއެކު އޭނާ ބަންލާފަ އެނދުމައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކުން ތާނިޔާ އާއި އައިޝާ ދުވެފަ އައިސް ކޮޓަރިއަށް ވަނެވެ. އެއީ އަބަދުވެސް ވާގޮތެވެ. ދޮންބެ ރަށުގައި ހުރެއްޖެއްޔާ އެދެކުދިން އަބަދުވެސް ތިބެނީ އުނައިސް އާއި ކޮންމެވެސް ކަމަކާ ދިމާކޮށްލާފައެވެ. “ސުބުހާނައްﷲ މަށައް މިއޮތީ ރެސްޓް ކުރެވިފަ” “ނޫނޭ ދޮންބޭ ވަރަށް މަޖާކަމެއްވީ. އެއްކަލަ ހީނާ ބުރުގާ އަޅައިފި ދިގު ހެދުންލައިގެން ހީވަނީ […]
“ރަހްމާން ބޭބެ. މިއަދު ކަލޭ އަހަރެން މިއަންހެންގާފިލާއިން ސަލާމަތް ކޮށްދީފި މިގެ އަގު މަގެޔަށް ގޮސް ކަލެއަށް ދޭނަން.” ހުރިހާ އަންހެން ކުދިން ތިބީ ކާރުގެ ކުރީ ސީޓް ގައި ދަވާދު ލައިގެން އުނައިސް އަށް ލަޑު ދޭށެވެ، ނަމަވެސް ރަހްމާން އަށް މިމިހުންގެ ރޭވުން އެނގިގެން އުނައިސް ސަލާމަތް ކުރިއެވެ. އެކުދިން ކާރުން ފުންމާލިއެވެ. ރަހްމާން ބިރުން ދުވަމުން މަދަދަށް އެދެމުން ދިޔައެވެ.ނަމަވެސް ހުރިހާ އަންހެން ކުދިން އޭނާ އަތުލައިގެން ގެންގޮސް އެސީޓްގައި އޭނާ ބޭންދާލާފަ […]