އަލިތައްކާން ހިފި ކަންފަތުގައި ފިރުމަމުން އަޒީމް ދިޔައީ އޭނާގެ މަންމަ އުޅޭ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރީ އޭނާގެ މަންމަ އެކަނި ނޫންކަން އަޒީމަށް އެނގުނެވެ. ” އާމިނަ ދެން ނިގޯވައި ހުއްޓަލަ… އާމިނައަށް މީން އެއްވެސް ކަމަށް އެނގޭކަމަށް ހަދާނެކަމަށް ނެއް… އެނައްކެޑުން އާމިނާސް ތެހިށީ ވެހާށް ކަވަރިވެފެއި… އަލިތައްކާނު ދޭތިން އެކައްތައް ހިފާށުމައު ބެނި… އެ ޖިންނިއަކީ ވަރަށް ބާރޮގަދަ ޖިންނިއަ… އެހެންވެ މާދުމެއި ރެއި މިކަންތައް ކެރާ އެދިމާ ކެރަނީއަސް… ހަނދޮ […]
“ދައްތާ އަހަރެންނަށް މާފް ކުރޭ ހިގާ އެމަންޖެ ގޮވައިގެން މާލެދާން ފަހަރެއްގަ މާހައުލު ބަދަލުވީމާ ރަނގަޅުވެސް ވާނެ މަންމަޔާ ބޮޑުދައިތަގެ ވާހަކަ އަޑުއިވުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަސްލު އަހަރެންނަށް ވީ ކީއްބާއެވެ؟ އަހަރެން ހޮސްޕިޓަލަށް ގެންދިޔައީ ކީއްވެ ބާވައެވެ. މަންމަމެން އަހަރެންނާ އެވާހަކަ ނުދައްކަނީ ކީއްވެ ބާވައެވެ. އަހަރެންގެ މަންމަޔަކީ އަހަރެންނަށް ކިތަންމެ ކުޑަކަމެއް ވިޔަސް އެކަމެއް ވަރަށް ބޮޑު ކަމަކަށް ހަދައިގެން އުޅޭނެއެވެ. މަންމަޔާ ސުވާލު ކުރަން އަހަރެން ބެނުން ވިއެވެ. ” މަންމާ.. […]
“އަަހަރެންނަކީ ފަރަންޖީއެއްނޫން.. ދިވެހިން ލިޔުނު ނަމައެއްނު ކިޔަންވެސް އެނގޭނީ” އަހަރެން ރިޔާސްގެ އަތުން އަހަރެންގެ އަތް ނެއްޓުވީ ލަދުންނެވެ. ނާޒިމް އަހަރެމެންނަށް ކޯކް އާއި ބިސްކޯދު ގެނެސް ދިނެވެ. ރިޔާސް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެކަމަކު އަހަރެންނަށް އެއިން އެއްވެސް އެއްޗެއް ނޭނގުނެވެ. އަހަރެންގެ ސަމާލު ކަން ހުރީ މޫދާ ދިމާލަށެވެ. އަހަރެންނަށް އަޑުއިވެމުން ދިޔައީ ރާޅު ގޮނޑު ދޮށަށް ބީއްސާލާއިރު އިވެމުންދާ މިއުޒިކްގެ އަޑެވެ. އެރޭ އަހަރެމެން ވަކިވިއިރު ދެން ބައްދަލު ކުރަން ވަޢުދެއް […]
“އޭ ކަލޭ އައިސްބަލަ… ހަމަ އެއީ ޝީރީން ކަން އެނގިގެން ދޯ އެވަރަށް ބެލީ… އަދި މަހިތަށް އަރައިފިއޭ މީނަ އެހެންޏާ އަންހެން ކުއްޖަކަށް ނުބަލާ މީހަކަށް ވެފަހުރީ ކީއްބާއޭ… ” ނަދީމް އެނދުމަތީގައި އިށިންނަމުން ކިޔަމުން ދިޔަ އެއްވެސް އެއްޗެއް މަނިކުގެ ސިކުނޑިއަކަށް ނުވިސްނުނެވެ. “އޭ ކީކޭ… ކީކޭ ތިކިޔަނި.. ކޮން ޝީރީންއެއް. އަނެއްކާ.. އަނެއްކާ އަހަރެންގެ..” މަނިކު ހިތުގައި އަތް އަޅާލިއެވެ. “އާން.. ކަލޭގެ ފުރަތަމަ ލޯބި… މިއުޅޭ މުއްސަދިގޭ އަފީފްގެ ހަމަ އެކަނި […]
ރަށުމަދަރުސާ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ، އުމުރުން ފަނަރައަހަރުގެ ނިޒްމާ ރަށްމެދަށް ވިހެއި ވާހަކަ އާއި ވިހެއުމަށްފަހު ކުއްޖާ މަރާލައި ވަޅުލި ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ އަރައިގެން އައި އިރުގެ ދޯދިތައް ރަށުތެރެއަށް ފެތުރުނު ފަދައިންނެވެ. އިވުނު ހަބަރެއްގެ ސަބަބުން ލިބުނު ސިހުމާއެކު ބުނާނެއެއްޗެއް ނޭނގިފައި އެތައްބަޔަކު ތިބިއިރު އަނެއްބަޔަކު ދުއްވައިގަތީ ވެގެންއުޅޭ ގޮތެއް ސާފުކުރުމަށްޓަކައި ސިއްހީމަރުކަޒާއި ދިމާއަށެވެ. ނިޒްމާމެން ގެއާއި ދިމާއަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ. ތަފާތުގޮތްގޮތަށް ރަށުތެރޭގައި ހަބަރު ފެތުރެމުންދިޔައިރު، […]
ވިދާދްއާ އެކީގައި ވަގުތު ހޭދަ ކުރަމުން ދިޔަ ނަމަވެސް މީރާގެ ހަނދާން ޔަމާންގެ ހިތުން ކުޑަކޮށްވެސް ފަނޑެއް ނުވެއެވެ. އެ ހަނދާނުން ޔަމާންގެ ހިތަށް ތަދުވާ ކޮންމެ ފަހަރަކު ޔަމާން ހޯދަނީ ވިދާދްގެ އެހީއެވެ. އެހެން އެއްވެސް ކަމެއް ހިތުގައި ނުވާނެ ވަރަށް ޔަމާން އެފަދަ ވަގުތުގައި ވިދާދްއާ ގާތްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޔަމާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައެވެ. ވިދާދްގެ މުސްތަގުބަލާ މެދު ވިސްނާފައެވެ. ޔަމާންގެ ދިރިއުޅުމުގައި ފަހުން ވިދާދްއަށް ދޭންވީ މަގާމު އަދި […]
“ފިޔާ… ފިޔާ ހާދައިރެކޭ ފާހާނާގަ ކޮބާތަ ކަލޭ..” އަހަރެންގެ ލާނެއް އެކުވެރިން ކޮޅު އަހަރެން ހޯދަމުން ވަޅުގެ ފަރާތަށް އައީއެވެ. ހިނދުކޮޅަކަށް އަހަރެން ނުފެނުނަސް މިމީހުންނަށް ހީވާނީ އަޒާބެއް ލިބިގެން އުޅޭހެނެވެ. އެމީހުން ތަންތަނަށް ދާން ގެއިން ބޭރަށް ނެރެދެނީ އަހަރެންނެވެ. އެމީހުންގެ މަންމަ މެން އެމީހުން އަހަރެންނާ އެކު ވީޔާ މައްސަލައެއްނެތި އިތުބާރު ކޮށްފަ ފޮނުވާނެއެވެ. “ކިހިނެއްތަވީ؟… ވަޅުތެރޭގަ އިނދެގެން އަހަރެން ޖަވާބު ދިނީމެވެ.އަހަރެންގެ އަޑުއިވިގެން އެންމެން އަހަރެން ހޯދަމުން އެފަރާތަށް އައެވެ. ވަޅުތެރެއިން އަހަރެން […]
“ވިދާ ކިހިނެއް ޔަމާން ދަންނަނީ؟ ކޮން އިރަކުން ފެށިގެން؟” ރާހިލް އަހާލިއެވެ. ރާހިލް ކުއްލިއަކަށް ޔަމާންގެ ވާހަކަ އެހުމުން ވިދާދް ސިހުނެވެ. “އެއީ… އެއީ މާ ކުރީގެ ވާހަކައެއް…” ވިދާދްއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ. ވިދާދް ދިން ޖަވާބުން ވިދާދްއާ ޔަމާންގެ މެދުގައި ކޮންމެވެސް ގުޅުމެއް ވާހެން ރާހިލްއަށް ހީވިއެވެ. “އެހެން ވީމަ ވިދާގެވެސް ޕާސްޓްއެއް އެބަ އޮތެއްނު؟” ރާހިލް ބުނެލިއެވެ. “އަހަރެންގެ ޕާސްޓްގަ އަހަރެންގެ ފިއުޗަރއަށް އެފެކްޓްވާ ކަމެއް ހިނގާފައެއް ނޯންނާނެ… އެހެން ނޫނަސް […]