Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 3..

kamana Level 310 Stories500 Comments100 Comments
September 20, 2016 4 Mins Read
17 Comments

ރަށުގެ އުރުތުފަރާތުގައި އަންހެންނުންގެ ބޮޑު ބައިގަނޑެއް ފެނެއެވެ. ރަށުގައި ކައިވެންޏަކަށް ތައްޔާރުވަންޏާ އެއީ އާދައެވެ. އާއިލާ މީހުންނާއި ރައްޓެހިން އެކި ކަންތަކުގައި އެހީވެދީ އުޅެނީ އެހާ ގުޅިގެންނެވެ.
“އަހާން މިއޮށްއައީ ކޮންކުއްޖެއް….. މީ ސަމްސިއްޔަގެ ޝީރީންތަ… ހާދަ ރީތި ވެއްޖެއޭ ދޯ” ޝީރީންގެ ކޮޑުގައި ފިރުމާލަމުން ލައިލާގެ މަންމަގެ ފަރިޔާލު އަހާލީ ލޯބިންނެވެ. ޝީރީން ލަދުން ބޯ ޖާހާލީ މީހުންތަށް ބަލަން ފެށުމުންނެވެ. “ކޮބާ މަންމަ… މަންމަ ކައިރީގައި ބުނެލައްޗާ މިދިމާލަށް އަންނައްޗޭ… މާދަމާ ހެނދުނުން ފަށައިގެން ވަރަށް ބުރަކޮށް ދައްތަ އުޅޭނީ… ލައިލާ ޝީރީން އެހާ ދުވަސްކޮއްފަ ރަށައްއައިސް ނޭނގޭނެ ރަށުގަ ހިނގަންވެސް…ދޯ ހެހހެހެހ…. އެހެންވީމަ ޝީރީންއަށް ރަނގަޅަށް ބަލައްޗޭ” ފަރިޔާލު އެހެން ބުނުމުން އެތާ އެއްވެ ތިބި އެންމެން ފެށީ ހޭންށެވެ. “ނޫނޭ ލައި މަންމާ… މިރަށުގަ ހިނގަން ނޭނގި ނުދާނެ… ހިހިހި.. ކޮބާތަ ލީނާ… ލީނާ އިންނަން އުޅޭ ކުއްޖާވެސް ނުފެނޭ..” ލައިލާގެ ދައްތަ ލީނާ ފެންނަން ނެތުމުން ޝީރީން އަހާލިއެވެ. “އެފަރާތުގަ އެބަ އުޅޭ… ޝީރީން ބުރުގާ ނާޅަނީތަ… މިރަށުގަ މިހާރު ތިއުމުރު އެއްވެސް ކުއްޖެއް ނޫޅޭނެ ބުރުގާ ނާޅައެއް” ފިޔާ ސާފުކުރަން އިން ހަދީޖާ ޝީރީންއަށް ވައްކަޅިން ބަލާލަމުން ސުވާލުކޮއްލިއެވެ. ހަދީޖާ އެހެން އެހުމުން ޝީރީން ލަދުވެސް ގަތެވެ. ވަށައިގެންވާ މީހުންނަށް ބޭއިހްތިޔާރުގައި ބަލާލެވުނެވެ. ޝީރީން ނޫން އެހެން އެންމެންވެސް ތިބީ އެކި ވަރުގެ ބުރުގާ އަޅައިގެންނެވެ. “ސާބަހޭ ހަދީޖައްތާ… އެމީހަކު ބޭނުންވީމަ އަޅާނު.. އެހެން ނޫނަސް މިތާގައެއް ނޫނެއްނު ޝީރީން އުޅުނީ…. ހިނގާދާން ޝީރިން އެއްޗެއް ކާލަންދާން” ޝީރީންއަށް ވަމުން ދިޔަގޮތް ފެނި ލައިލާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ޝީރީންއަކީ ލައިލާގެ އެންމެގާތް އެކުވެރިޔާގެ މަގާމުގައި އިން މީހެކެވެ. މާލެ ދިޔަފަހުން ހަބަރު ނުވިޔަސް ލައިލާ އަބަދުވެސް ޝީރީން މަތިން ހަނދާންވެއެވެ.
“އެމީހުން ކިޔާ އެއްޗަކާ އަޅާލާނެ ކަމެއްނެތް.. އެއީ މުސްކުޅި ވާތީ އަނގަތަޅަނީ… ދެން ބުނެބަލަ އަހަރެން ކައިރީ.. އަސްލު ނުވިސްނަންތަ އެކަމަކާއެއް..” މީހުންތަކާ ދުރަށް ދެވުމުން ލައިލާ އަހާލިއެވެ. “އަސްލު ނުވިސްނަން… ބޭނުމެއްނޫން އަދި އަޅާކަށް.. އަދި ނުވޭނު އަޅާކަށް…” ޝީރީން އެހެން ބުނުމުން ލައިލާ ހީލީ އެއަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
……………………
ދުނިޔެމައްޗަށް ރަތްވިލާތަކެއް ފެތުރިގެން ދިޔައީ ބަލަބަލަ ތިއްބައެވެ. އިރު އިރު ކޮޅާ ގުގުމައިގެން ދަނީ އަންހެން ކުދިން ތަކެއްގެ ހުނުމުގެ އަޑެވެ. “އޭ ލައީ… ބަލާބަލަ އެއީ ކާކުތަ.. އަހަރެން މިރަށައް އައި ދުވަހުގަ ހުރި ފާޑަކަށް އަހަންނާ ދިމާލަށް ބަލަހައްޓައިގެން.. އެކަމް ވަރަށް ސަޅިދޯ” އެމީހުންނާ ދިމާލަށް މަޑު ހިނގުމެއްގައި އަންނަމުން ދިޔަ ދެ ފިރިހެނުންނާ ދިމާލަށް ބަލާލަމުން ޝީރީން އަހާލިއެވެ.
“އެއީ ޝީރީންގެ މަނިކުއެއްނު…” އެތަނުން އެއް އަންހެން ކުއްޖަކު އެހެން ބުނުމުން ހުރިހާ ކުދިން އެއްފަހަރާ ހީގަތެވެ. “ނުވާނެ އެހެނެއް… މަނިކު ނުލާހިކު ޗަބީ ވާނެ…. “ޝީރީންއަށް ގަބޫލު ކުރަންވީ އުދަގޫކަމަކަށެވެ. ” ހަމަ އަސްލުވެސް… އަހާބަލަ ލައި ކައިރީގައި” ޝީރީން ލައިލާއާއި ދިމާލަށް ބަލާލުމުން ލައިލާ ބޯޖަހާލިއެވެ. “އޯ މައި ގޯޑް.. ހީޒް ސޯ ހޮޓް” ޝީރީންއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. ފިރިހެން ވަންތަ ހިނގެމެއްގައި އަންނަމުން ދިޔަ މަނިކު އަތުގައި އޮތް ފުޅިން އެ ފަން ބޯ އިސްތަށި ގަނޑު ތެއްމާލިއެވެ. މޫނުމަތިން ލާފައި ދިޔަ ފެންތަށް އެމޭމަތި އެއްކޮށް ތެއްމާލިއެވެ. ޓީޝާޓު ގައިގަ ހިފާލުމާއެކީ ހަރުވެފައިވާ މަސްގަނޑުތަށް ޓީޝާޓުމަތިން ފެންނަމުން ދިޔައެވެ. ޝީރީންއަށް ކަޅި ޖަހާނުލާ ބަލަން އިނދެވުނެވެ. އެވަގުތު ލައިލާގެ ހިތަށް ތޫނު ތަދެއް އިހްސާސްވިއެވެ. އެތަށް އަހަރެން ވަންދެން ރައްކާކޮއްފައި އޮތް ލޯބި ބީވެގެން ލޮލުކުރިމަތިން ހިނގައްޖެއޭ ހިތް ބުނެލިއެވެ. އެވަގުތު ލައިލާއަށް ހިންދިރުވާލެވުނެވެ. އަދި ހަމަޖެހިލީ އިތުރުމީހަކަށް ލައިލާއަށް ވީގޮތް ފެނިދާނެކަމުގެ ބިރަށެވެ.
“ސާބަހޭ ސާބަހޭ މަޖުނޫން.. ކައެ ހަމަ ޝީރީން ބަލާކަން އެނގިގެންދޯ ތި ފެންފުޅި އޮއްސާލީ… މަ އެވަރަށް ފެންފޮދެއް ދޭށޭ ބުނީމަވެސް…. ” ނަދީމް ޗުސް ތަޅާލިއެވެ. ނަދީމް އެހެން ބުނުމުން މަނިކު އެއްމިޔަނުން ހީލިއެވެ.
“ހޭ ލައި…. ޝީރީން…” މަނިކު ލައިލާއަށް ގޮވާލުމައްފަހު ޝީރީންއާ ދިމާލަށް ބަލާލިއެވެ. ޝީރީންގެ ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. “ލައި މިރޭ ކޮފީއަކަށް ހިނގާބަލަ… ” މަނިކު ލައިލާއާ ދިމާލަށް ބަލަމުން ލޮލުގެ އިޝާރާތުން ޝީރީން ދައްކާލިއެވެ. “އޯކޭ… ޝީރީންވެސް ދާނަންދޯ #… ” ޝީރީން އަތުގައި ހިފާލަމުން ލައިލާ އަހާލިއެވެ. އެއީ މަނިކުގެ ބޭނުންވާގޮތްކަން ލައިލާއަށް އެގޭތީއެވެ. ޝީރީން ބޯޖަހާލީ މަނިކުއާ ދިމާލަށް ބަލަމުންނެވެ.
“އޭ އޯކޭ ލައީ.. ކުރަން އައި ކަންތަށް ވީނު… ބާއި ލައިޕުޓީ… ދިޔައިއޭ..” ނަދީމް ލައިލާގެ ކޮލުގައި ދެއަތުން ހިފާލިއެވެ. “އައްޗީޑި ނަދީމް ގަނޑު…. ދޭބަލަ ފެންވަރަން… އައްޗީ މަނިކޫ…” ލައިލާ ކުނި މޫނު ހަދާލަމުން މަނިކު ފެންފުޅި ލައިލާގެ ބުރުގާ މައްޗަށް އޮއްސާލިއެވެ. “ބާއި ލައީ” ފަސް އެނބުރި ބާލާލަމުން މަނިކު އަތް ހަނައަޅާލިއެވެ.
“ލައީ ތި ދެމީހުން ވަރަށް ކްލޯޒްތަ” ޝީރީންއަށް ނުހުރެވިގެން އަހާލިއެވެ. “ހޫމް.. ޝީރީން ދިޔަފަހުން އަހަރުން ވަރަށް ކްލޯޒް… ދެން ނަދީމްވެސް… ދެން ވަރަށް އެގެއަށްވެސް ދެވޭ އެހެންވެ” ކުރުގޮތަކަށް ލައިލާ ނިންމާލިއެވެ. ޝީރީން ލައިލާއަށް ބަލާލީ ކަމެއް ޝައްކުވާ ކަހަލަ ގޮތަކަށެވެ. “ލައި އަނެއްކާ…” ޝީރީންއަށް ރަނގަޅަށް ނުބުނެވެނީސް ލައިލާ ޖޯލިން ތެދުވިއެވެ. “ހިނގާދާން ދެން.. އިރުއޮއްސިއްޖެ… ޝީރީން ދާންވީނު ގެއަށް… މިރޭ އަހަރެން ގުޅާނަން..” އަވަސް އަވަހަށް ލައިލާ ބުންޏެވެ. ޝީރީންވެސް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
**********
ގަނޑިން ނުވައެއްޖެހި އިރަށް މަނިކު އާއި ނަދީމް ހުރީ ލައިލާމެންގޭ ދޮރުމަތީގައެވެ. ހަނދުވަރުގެ ފަނޑުއަލި ވަނީ ދުނިޔެމައްޗަށް ފެތުރިފައެވެ. އެހެން ނަމަވެސް ރަށުގެ ގިނަ މަގުތަށް ވަނީ ހޮޅިބުރީގެ އަލިން އަލިކޮއްލާފައެވެ.
“ސާބަހޭ.. އަދި ޝީރީންވެސް ނާދޭ..” ފޫކޮޅު ނިވާވާވަރުގެ ނޫ ހެނދުމެއްގައި ކަޅު ސްކިނީއެއް ލައިގެން ރީތިގޮތަކަށް ޝޯލް އޮޅާލައިގެން ހުންނަ އިރު ލައިލާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. އެއްވެސް މޭކަޕަކާނުލައިވެސް ލައިލާގެ މޫނުގެ ރީތިކަން ހާމަވެއެވެ.
“ޝީރީން…. އެނގުނުދޯ އަންނަން.. މިރަށަކު ނުހުންނާނެ މާލޭގައި ހުންނަކަހަލަ ތަންތަނެއް… އެކަމްވެސް ހަޑިއެއް ނުވާނެ… ހިނގާ ދާން” ލައިލާ ހީލަމުން ޝީރީންގެ އަތުގައި ހިފާލިއެވެ. އަންހެން ވެރިންގެ ފަހަތުން މަނިކު އާއި ނަދީމް އައީ ސިއްރު ވާހަކަ ތަކެއް ދައްކަމުންނެވެ.
ރަށުގެ ޒުވާނުން އިސްވެ ހަދާފައިވާ ކުޑަ ރެސްޓޯރެންޓަކަށް ލައިލާ އާއި ޝީރީންވަނެވެ. “އޭ ސަޅި…. ކުޑަޔަސް ސަޅި” ޝީރީން ކޮޅު ކޮޅަށް ބަލާލަމުން ބުންޏެވެ. “ހެހެ ނަސީބެއް.. ހިނގާ” ލައިލާ ގޮސް ކަނަކު އިން މޭޒެއްގައި އިށީނެވެ.
އެކި އެކި ވާހަކަތަކުގައި ހަތަރު ރައްޓެހިން ކޮފީ ބޮއި ނިންމާލީ ޝީރީންއާއި ހުރި ދުރުކަން ކުޑަކޮއްލަމުންނެވެ. މަގުމަތީގައި ހިނގަމުން ދިޔަ އިރު މަނިކު ޝީރީންއާ އެއްވަރު ކުރުމުން ނަދީމް ލައިލާ ކޮނޑުގައި އެއްއަތް އަޅާލަމުން ކުރިއަށް ހިނގައިގަތެވެ. ލައިލާއަށް އެހެން މާކުރިންވެސް ވާނެކަން އެނގޭކަހަލައެވެ. ބަހެއްވެސް ނުކިޔައި ނަދީމްއާއި އެކު ހިނގައިގަތީ ކުދި ކުދިވެފައިވާ ހިތަކާއެކީގައެވެ.
“ޝީރީން… ވާހަކައެއް އަހާލަންތަ…” ޝީރީންގެ ގޭ ދޮރާހަމަވުމުން މަނިކު މަޑުޖެހިލިއެވެ. “އަހާބަލަ…” ހީލަމުން ޝީރީންވެސް ބުނެލިއެވެ. “ކުއްޖަކާ.. މީ ކުއްޖަކާ ރައްޓެހިވެގެންތަ ތިއުޅެނީ…” އެއްއަތުން ބޯކަހާލަމުން މަނިކު އަހާލިއެވެ. “ނޫން… މަނިކަށް އަހަރެން ކަމުދަނީތަ” ޝީރީން ތީރު އަމާޒުކޮއްލީ މަނިކާ ދިމާލަށެވެ. ” ކަމުދަންޏާ؟” މަނިކުވެސް ކޮއްލީ ސުވާލެކެވެ. “އަހަރެން ވަރަށް އުފާވާނެ… ” ޝީރީން އެހެން ބުނެ ގެއާ ދިމާލަށް ހިނގައިގަތީ ރަކި ހިނިތުންވުމެއް ހަދިޔާ ކޮއްލަމުންނެވެ. ޝީރީން ދިޔަ ދިމާލަށް މަނިކަށް ބަލަހައްޓައިގެން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. ހިތުގައި ފިރުމާލީ ކާމިޔާބުގެ ފެހި ސިގްންލް ދިއްލުމުންނެވެ.
…………..
“ނަދީމް ނަދީމް… ޝީރީން.. ޝީރީންއަށް އަހަރެންވެސް ކަމުދެއޯ….. ” ރަންދޯދޮގޭ ޖޯލީގައި އިށީދެލައިގެން ހުރި ނަދީމްގެ ކޮނޑުގައި މަނިކު ޖަހާލީ ބާރަކަށެވެ. “އައްދޯއި… ކައޭ އެހެންވެތަ އަނިޔާ ތިކުރަނީ…” ކޮނޑުގައި ފިރުމާލަމުން ނަދީމްވެސް މަނިކުގައިގަ ބޮނޑިއެއް ޖެހިއެވެ. “އައްދޯއި… ހަހަހަހ… އަސްލުވެސް… އަހަރެން ވަރަށް އުފާވެއްޖެ… މާދަމާރޭ އޮފިޝަލްކޮށް ޕްރޮޕޯސް ކުރާނީ…” ހިޔާލީ ދުނިޔެއަކަށް ގެނބެމުން ދިޔަ މަނިކު ބުނެލިއެވެ. ނަދީމް މަނިކަށް ހިނިތުން ވުމެއް ހަދިޔާ ކޮއްލިޔަސް ހިތުގައިވަނީ ލައިލާގެ އެ ހިތާމަވެރި ތަސްވީރެވެ. ލައިލާ ގެއަށް އަންނަމުން އައި އިރު އިސްޖަހައިގެން އިން ގޮތެވެ. ނަދީމްގެ މެއަށް ނުބައިގޮތެއް ވިއެވެ.
…………………………
ގެއަށް ވަތްގޮތަށް ޝީރީން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޖީބުން ފޯނު ނެގުމައްފަހު އެނދުމަތީގައި އޮށޯވެލީ ނަންބަރަކަށް ޑައިލް ކޮއްލަމުންނެވެ. “ބޭބީ…. އައި މިސްޔޫ…..ދެން އާދެބަލަ… މިރަށުގަ ސަވައިވްވާން ހާދަ އުނދަގުލޭ” ޝީރީން ފޯނު ކަންފަތުގައި ޖެހިގޮތަށް ފޮރޮޅެލީ ބާލީހުގައި ބައްދާލަމުންނެވެ.
ނުނިމޭ….

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ވަކިވީމާ ކަލާ… މިހަޔާތާ މަގޭ..(6)

Next

އުމުރަށް ތިޔަނަމުގައި……………… (ފަހުބައި)

Next
September 20, 2016

އުމުރަށް ތިޔަނަމުގައި……………… (ފަހުބައި)

Previews
September 20, 2016

ވަކިވީމާ ކަލާ… މިހަޔާތާ މަގޭ..(6)

17 Comments!

  1. kamana says:
    September 20, 2016 at 8:12 pm

    Heiii people. I hope yu like this part tooo. N sorryy for last time. Lasvyma. I lov yu guyx???

  2. aik says:
    September 20, 2016 at 8:19 pm

    vv reethi..??

    1. kamana says:
      September 20, 2016 at 8:54 pm

      Thank yu?

  3. Sabeeha says:
    September 20, 2016 at 8:29 pm

    v salhi…?

    1. kamana says:
      September 20, 2016 at 8:55 pm

      Thank yu sabee?

  4. Aishaa says:
    September 20, 2016 at 8:33 pm

    Haadha kurey but very reethi…???

    1. kamana says:
      September 20, 2016 at 8:56 pm

      Alheyy kurutha. Nxt part dhigukoh dheynan ingeyy insha allah. Thnk yu?

  5. Chum chum girl says:
    September 20, 2016 at 8:52 pm

    Wow????? This is awesome ?? When is next part?

    1. kamana says:
      September 20, 2016 at 8:56 pm

      Awwwwnnn thnk u cham? Nxt part tmrw or thursga. Hope yu guyx will wait. Thnk u?

  6. Shiny says:
    September 20, 2016 at 9:00 pm

    V salhi

    1. kamana says:
      September 21, 2016 at 7:41 am

      Thank yu?

  7. Azu says:
    September 21, 2016 at 12:45 am

    Sheereen ulhey gotheh dhw….dhemeedhaa fehi bulhalah veevaru kurahchey eyna yah..

    1. kamana says:
      September 21, 2016 at 7:42 am

      Hehheh alhe vaagoi balamaa. Heheh? Thnk yu for enjoyin?

  8. khajja says:
    September 21, 2016 at 1:10 am

    Vvv rythi n we luvs u

    1. kamana says:
      September 21, 2016 at 7:42 am

      Awwwnnn thnk yu. Lov yu too?

  9. Bandidhoo Girl says:
    September 21, 2016 at 5:45 pm

    Hey kamana.. Stwrii vrh vrh vrh vrh Salhi… Dhn thiyeh nooney kamanayakii bandidhoo kujjeh thr?? Or r u near from bandidhoo?? Plxx.. Tell me if u cn.

    1. kamana says:
      September 21, 2016 at 6:33 pm

      Heiii. Dh atoll hama. Bt bandidhoo ah nudhann. Ehnvyma faharehgaa rah sifakurun ehaa gaai nuvedhaane. Thnk yu for reading?

Comments are closed.


All Right Reserved!