ނޭނގޭހެ ހާދަ ލޯބިވޭ 17
“އޭރު މީރާ ރާހިލް ދެކެ ވަރަށް ލޯބިވި… ވިދާ ތިބުނި ހެން ވަންޏާ މީރާ އަދިވެސް ރާހިލް ދެކެ ލޯބި ވާނެތަ؟” ހިތަށް އެރި ޚިޔާލު ޔަމާން ވިދާދްއާ ހިއްސާ ކުރިއެވެ.
ވިދާދް ޔަމާންއަށް ބަލާލިއެވެ. ވިދާދްއަށް ބުނެވުނު އެއްޗަކުން ޔަމާންގެ ހިތް ނުތަނަވަސް ވެއްޖެކަން ވިދާދް ދެނެގަތެވެ.
“ވެދާނެއެއްނު މީރާއަށް ހަގީގީ ލޯބި ވެވުނީ ޔަމާން ދެކެ ކަމަށް؟ އުފަލަށް ވުރެ ބޮޑަށް ހިތުގަ ހަރުލާފަ ހުންނާނީ ހިތާމަ… އެހެން ވީމަ ހިތުން ފޮހެލަން އުނދަގޫ ވާނީވެސް އެކަން… އެހެން ވިއްޔާ އެ ހިތާމަ ދިން މީހާވެސް ހިތުން ފޮހެލަން އުނދަގޫ ވާނެ. އެކަމަކު އޭގެ މާނައަކީ އެހެން މީހެއް ދެކެ ލޯބި ނުވެޔެކޭ ނޫނެއްނު؟” ވިދާދް ބެލީ ޔަމާންގެ ހިތް ހަމަޖައްސައިދެވޭތޯއެވެ.
ނަމަވެސް އެ ޚިޔާލު ޔަމާންގެ ހިތުގައި ހަރުލިއެވެ.
“ވެދާނެ… އެހެން ނޫނީ ވިދާ ރާހިލް އެކްސެޕްޓް ކުރިހެން މީރާވެސް އަހަރެން އެކްސެޕްޓް ކުރީ ކަމަށްވެސް ވެދާނެއެއްނު؟” ޔަމާން ބުނެލިއެވެ.
“ދެން މިވާހަކަ ހުއްޓާލަމަ ހިނގާ… އެކޮޅުން ޝަރަފްއާ ވަކި ވެގެންތަ އައީ؟ ދެން މާލެއަށް އައިސް ކީއް ތިކުރަނީ؟” ވިދާދް ވާހަކައިގެ މައުޝޫ ބަދަލުކޮށްލިއެވެ.
“އާނ، އެހެން ނޫނީ ދުވަހަކުވެސް މަންމަމެން ކައިރިއަކަށް އެއްކޮށެއް ބަދަލެއް ނުވެވޭނެއެއްނު؟ ދެން މިކޮޅުގަ އަދި އެއްވެސް ކަމެއް ނުކުރަން” ޔަމާން ބުންޏެވެ.
“ދެން ހިނގާ ދޯ ދާން؟ ވަރަށް ލަސް ވެއްޖެއެއްނު؟” އަތުގައި އޮތް ގަޑިއަށް ބަލާލަމުން ވިދާދް ބުންޏެވެ.
“އާނ، ހިނގާ” ޔަމާން ތެދުވިއެވެ.
ދެމީހުން އެކީ ތަންކޮޅަކަށް ގޮސްފައި ވިދާދް ޔަމާންއާ ދިމާއަށް ބަލާލިއެވެ.
“ކިހިނެއްވި؟” ޔަމާން އަހާލިއެވެ.
“އަހަރުމެން ދެމީހުން ތެރޭން ކާކު ކުރިން މެރީ ކުރާނީ؟” ވިދާދް އަހާލިއެވެ.
“މަންމަމެން އައިމަ އަހަންނަށް ޑޭޓެއް ސެޓް ކުރެވޭނީ… އެހެން ވީމަ އަދި ނޭނގެ ކޮން ދުވަހަކުން ކަމެއް ބުނާކަށް، ސޯ ވިދާ ކަންނޭނގެއެއްނު ކުރިން ކުރާނީ؟” ޔަމާން ބުންޏެވެ.
“ހީވަނީ އެހެން ހެން ވާނީ، ދެމަސް ދެން އޮތީ އަހަންނާ ރާހިލް މެރީ ކުރަން. އަހަރުމެންގެ ވެޑިންގއަށް އިންވައިޓް ކޮށްފިއްޔާ ޔަމާންއާ މީރާ އަންނާނަންތަ؟” ވިދާދް އަހާލިއެވެ.
“މީރާ ހިއެއް ނުވޭ ދާނެ ހެންނެއް… ވިދާ ބޭނުމިއްޔާ އަހަންނަށް ދެވިދާނެ، އެކަމަކު ރާހިލް އެހާ ހިތްހަމަޖެހޭނެ ހެންނެއް ހިއެއް ނުވޭ” ޔަމާން ބުންޏެވެ.
ވިދާދް އެއްޗެއް ނުބުނެ ބޯޖަހާލިއެވެ.
“ޔަމާން، ވަގުތު އޮތިއްޔާ އަހަންނާ އެކީ ދޮންތަމެން ގެޔަށް ވަދެލެވިދާނެތަ؟ މިތާ ކައިރީގަ ހުންނާނީ” އިރުކޮޅެއް ފަހުން ވިދާދް އަހާލިއެވެ.
ޔަމާން ބޯޖަހާލިއެވެ.
“ޔަމާންގެ ބައެއް އެއްޗެހި ހުންނާނެ އަހަރެން އަތުގަ، މިކޮޅަށް އައި އިރު ގެނެސް ދޮންތަމެން ގޭގަ ބެހެއްޓީ. ދެން ނޭނގެއެއްނު މިހެން ދިމާ ވާނެ ކަމެއް؟ އެހެން ވީމަ އެ ހިފައިގެންނު ދާންވާނީ ދޯ؟” ވިދާދް ހިނގަމުން ވާހަކަ ދެއްކިއެވެ.
މިފަހަރުވެސް ޔަމާން ބޯޖަހާލިއެވެ.
ވިދާދް ވަން ގެޔަށް ވިދާދްގެ ފަހަތުން ޔަމާންވެސް ވަނެވެ.
“ދޮންތާ…” ސިޓިންގްރޫމަށް ވަދެ ވިދާދް ބާރަށް ގޮވާލިއެވެ.
އެއަޑަށް ކޮޓަރިއަކުން ވިދާދްއާ ވަރަށް ވައްތަރު އަންހެނަކު ނިކުތެވެ.
“ވިދާ… މިގަޑީގަ؟ ކަމަކުތަ؟” އެއީ ވިދާދް ބޭރުގަ އުޅޭ ވަގުތަކަށް ނުވާތީ ވިމްނާ އަހާލިއެވެ.
“ދޮންތާ، މީ ޔަމާން” ވިމްނާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔަމާން ދައްކާލަމުން ވިދާދް ބުންޏެވެ.
ޔަމާންއާ ބެހޭ ގޮތުން އާއިލާ އިން ވިދާދް ބުނެފައި ވަނީ ވިމްނާ ކައިރީ އެކަންޏެވެ. އެ ދުވަސްކޮޅޫ ވިމްނާ ވިދާދް ކައިރިއަށް މެލޭޝިޔާއަށް ދިޔަ ވިމްނާއާ ޔަމާން ބައްދަލު ވެފައެއް ނެތެވެ. އޭރު ޔަމާންއާ ވިދާދްގެ ގުޅުމުގެ ވާހަކަ ވިދާދް ވިމްނާ ކައިރީ ބުނުމުން ވިމްނާ ޔަމާންއާ ބައްދަލު ކުރަން ބޭނުން ވި ނަމަވެސް ވިދާދް ދެކޮޅު ހެދިއެވެ. ފަހުން ބައްދަލު ކޮށްދޭނަން ކަމަށް ބުނި ނަމަވެސް އެކަން ނުވަނީސް ޔަމާންއާ ވިދާދްގެ ގުޅުން ކެނޑުނީއެވެ.
“ޔަމާން… އެންމެ ފަހުން ދިމާވެސް ވީ ދޯ؟ ކުރިން ދިމާ ނުވިޔަސް ޔަމާންގެ ވާހަކަ ވަރަށް އަޑު އެހިން” ސަލާމަށް އަތް ދިއްކޮށްލަމުން ވިމްނާ ހީލާފައި ބުންޏެވެ.
ހީލަމުން ޔަމާން ވިމްނާއާ ސަލާން ކޮށްލިއެވެ.
“ދޮންތާ!” ހިތްހަމަ ނުޖެހިފައި ވިދާދް ގޮވާލިއެވެ.
“ވިދާ ޔަމާންގެ ވާހަކަ އަހަރެން ކައިރީ ނުދައްކާ ކަމަކަށް ނުވާނެ ދޯ ދެނެއް…؟” ސަމާސާ ރާގަކަށް ވިމްނާ ބުނެލިއެވެ.
“ހެވޭ… ކޮބާ އަހަރެން ގެނައި އެއްޗެހި؟ އެ ބަލާ މިއައީ” ވިދާދް ބުންޏެވެ.
“ވިދާ ބެހެއްޓި ގޮތަށް ހުންނާނެ، ދޭ ނަގަން” ސިޑިއާ ދިމާއަށް އަތް ދިއްކޮށްލަމުން ވިމްނާ ބުންޏެވެ.
ޔަމާންއަށް ގޮވާލަމުން ވިދާދް މައްޗަށް އަރަން ފެށުމުން ޔަމާންވެސް ވިދާދްގެ ފަހަތުން ދިޔައެވެ.
ކޮޓަރިއަކަށް ވަދެފައި ވިދާދް އަލަމާރި ހުޅުވާފައި ފޮށިގަނޑެއް ނެގިއެވެ. އެނދުމަތީ ފޮށިގަނޑު ބަހައްޓާފައި އެ ހުޅުވާލާފައި ޔަމާންގެ ދެތިން ޓީޝާރޓާ ޖީންސެއް ނަގާ އެނދުމަތީ ބާއްވާފައި ވިދާދް ޔަމާންއަށް ބަލާލިއެވެ.
“އެކޮޅުގަ ތިއެއްޗެހި ހުރި ގޮތަށް ބަހައްޓާފަ އައި ނަމަ…” ޔަމާން ބުންޏެވެ.
“މިވެސްތަ؟” ފޮށިގަނޑު ތެރޭން އެހެން އެއްޗެހިތަކެއް ނަގަމުން ވިދާދް އަހާލިއެވެ.
ޔަމާން ބަލަހައްޓައިގެން ހުއްޓެވެ. ވިދާދް ފަހަރަކު އެއްޗެއް ނަގާ އެނދުމަތީ ބަހައްޓަމުން ދިޔައެވެ.
“ތީ ވިދާގެ އެއްޗެއްހި، އަހަރެން ތި އެއްޗެހި ދިނީ ހަދިޔާއެއް ގޮތަށް” ޔަމާން ވިދާދްއަށް އެކި ދުވަސްތަކުގައި ދީފައިވާ އެކި ހަދިޔާތައް ފެނުމުން ޔަމާން ބުންޏެވެ.
“އަހަރެން އަތުގަ ހުރީމަ ހަނދާން ކުރަން ބޭނުން ނޫން ދުވަސްތަކެއް މަތިން ހަނދާން ވަނީ… ހިތުން ފޮހެލަން މަސައްކަތް ކުރިޔަސް މި އެއްޗެހި ފެންނަ ވަރަކަށް އުނދަގޫ ވަނީ…” ވިދާދް މަޑުމަޑުން ބުންޏެވެ.
“ވިދާ…” ޔަމާންއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
“އިޓް ހަރޓްސް ޔަމާން… މިހާރުވެސް… ޔަމާންއަށް އެނގޭނެ… ޔަމާންވެސް އޭރު އުޅުނީ ހަމަ މިހެން…” ފެންކަޅި ވެފައި އިން ވިދާދް މޭގައި އަތް ޖައްސާލަމުން ބުންޏެވެ.
“އަހަރެން ކީކޭ ބުނަންވީ ވިދާ؟” ޔަމާން އަހާލިއެވެ.
“އަހަންނަކަށް ނޭނގެ ޔަމާން ބުނަން ވީ އެއްޗެއް… އަހަންނަށް އެނގެނީ އަދިވެސް އަހަރެން އެއްވެސް ކަމެއް ހަނދާން ނުނެތޭ ކަން… މިއަދު ޔަމާން ފެނުމުގެ ކުރިން އަހަރެން ހީކުރީ އަހަންނަށް ކާމިޔާބު ވެއްޖެ ކަމަށް… ކުރިން މި އެއްޗެހިތައް ފެނުނީމަ އުނދަގޫ ވާތީ މިގެޔަށް ގެނައީ… އެކަމަކު މިއަދު ޔަމާން ފެނުނީމަ… ކީއްކުރަން އަނެއްކާ ތިއައީ؟ ކީއްކުރަން އަހަންނަށް ފެނުނީ؟ ކީއްވެގެން އަހަރެން އެހާ ވަރަށް ފަސްއަޅާ ފޮރުވި ފީލިންގްސް އަނެއްކާ ކޮނެގެން ތި ނެގީ؟” ކެތް ނުވެގެން އެންމެ ފަހުން ވިދާދް އައިސް ޔަމާންގެ ކުރިމައްޗަށް ހުއްޓި ދެއަތުން ޔަމާންގެ ޓީޝާރޓުގައި ހިފާލަމުން އަހާލުމާއެކު އެދެލޮލުގައި ހިފައްހައްޓައިގެން ހުރި ކަރުނަތައް އޮހިގަތެވެ.
“ވިދާ… ޝްޝްޝް…” ޔަމާން ދެއަތުން ވިދާދްގެ މޫނު ފޮހެދިނެވެ.
ރުއިން ހުއްޓާލަން އުޅުނު ނަމަވެސް ވިދާދްއަކަށް ނުހުއްޓުނެވެ. ދެއަތުން މޫނު ނިވާ ކޮށްލަމުން ވިދާދް އެނބުރި ދުރަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު ޔަމާން ވިދާދްގެ އަތުގައި ހިފާ ވިދާދް ގެނެސް ޔަމާންގެ މޭގައި ޖައްސާލިއެވެ. ދެއަތުން ޔަމާން ގައިގައި ބައްދާލަމުން ވިދާދްއަށް އަދިވެސް ބޮޑަށް ރޮވުނެވެ.
“އައިމް ސޮރީ ވިދާ… އަހަރެން އެހެން ކަންތައް ކޮށްގެން ނުވާނެ… ވިދާ އަހަރެން ދެކެ ލޯބި ވާކަން އެނގިހުރެ އަހަރެން އެހުރިހާ ދުވަހު ތެދު ނުވާނެ ހުވަފެނެއް ވިދާއަށް ދެއްކީ… އަހަރެން ބޭނުން ދުވަހެއް ވަންދެން ޔޫޒްކޮށްފަ ވިދާ ބޭނުން ވާގޮތް ބުނި އިރަށް އަހަރެން ވިދާ ދޫކޮށްލީ… އައިމް ސޯ ސޮރީ ވިދާ… އޭރު އަހަރެން ނުވިސްނަން ވިދާ މިހާ ވަރަށް އަހަރެން ދެކެ ލޯބި ވާނެ ކަމަކަށް…” އަމިއްލަ ނަފްސު ކުށްވެރިކޮށް ވާހަކަ ދައްކަމުން ޔަމާން ވިދާދްގެ ފަރާތުން މާފަށް އެދެމުން ދިޔައެވެ.
ވިދާދް ރުއިން ހުއްޓާލާފައި ޔަމާންއާ ދުރަށް ޖެހިލާ ޔަމާންގެ މޫނަށް ބަލާލިއެވެ. އެކަކު އަނެކަކަށް ބަލަން އެހެން ދެމީހުން ތިއްބެވެ.
“ދެން ދޭ ޔަމާން…” ވިދާދް އިސްޖަހާލަމުން ބުންޏެވެ. އެވަގުތު ވިދާދްގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޔަމާން ފޮހެލިއެވެ. އެ އަތް ދުރަށް ނުލެވެނީސް ވިދާދް ދެއަތުން ޔަމާންގެ އަތުގައި ހިފާ ގެނެސް ވިދާދްގެ ތުންފަތުގައި ޖައްސާލިއެވެ. ޔަމާން ވިދާދްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ވިދާދް ގައިގައި ބައްދާލާފައި ހަމަ އެހާ އަވަހަށް ދޫކޮށްލިއެވެ. އެވަގުތު ވިދާދް ދެއަތުން ޔަމާންގެ މޫނުގައި ހިފާލަމުން އިސްވެ ޔަމާންގެ ތުންފަތުގައި ބޮސްދިނެވެ.
މީރާގެ ޚިޔާލު ހިތަށް އައި ނަމަވެސް އެ ޚިޔާލު އެއްފަރާތް ކޮށްލަމުން ޔަމާން ދެއަތުން ވިދާދް ގައިގައި ހިފާ ކުރިއަށް ވުރެ ބޮޑަށް ޔަމާންއާ ކައިރިކޮށްލަމުން އެ ދައުވަތު ގަބޫލުކުރިއެވެ.
އަހަރުތަކެއް ފަހުން ވިޔަސް ޔަމާންއަށް ވިދާދްގެ އެދުމަށް އިޖާބަ ދެވުނީ އެދުވަސްތައް ފަދައިންނެވެ. އެދެމެދުގައި ވި ގުޅުން ބަދަލު ވެފައިވާ ކަން ދެމީހުންނަށްވެސް އިހުސާސް ނުވާ ކަހަލައެވެ. ޔަމާންގެ ހިތުގައި މީރާ ވާއިރުވެސް ވިދާދްއަށް ޔަމާން ބޭނުންވީ ކުރިއެކޭ އެއްގޮތަށެވެ. ދެމީހުންވެސް ހީވީ އެވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން މަސައްކަތް ކުރަމުން ދިޔަ ހެންނެވެ. ކޮޓަރީގެ ދޮރުމައްޗަށް ވިމްނާ އެރި ކަމެއް އެކަކަށްވެސް ނޭނގެއެވެ.
ފެނުނު މަންޒަރުން ހައިރާންވީ ނަމަވެސް ވިމްނާ އެއްޗެއް ނުބުނީ ވިދާދްގެ ހިތް އެނގޭތީއެވެ. މަޑުމަޑުން ދޮރު ލައްޕާލާފައި ވިމްނާ ދިޔައިރުވެސް އެކަކަށްވެސް ނޭނގެއެވެ.
ދެމީހުންވެސް ދުރިވެލީ އެކުއެކީގައެވެ. ނޭވާ ކުރުވެފައި ތިބި ދެމީހުންވެސް ހަމަ ޖެހިލަން އިރުކޮޅެއް ނެގިއެވެ. އެއްޗެއް ނުބުނެ އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބި ދެމީހުން އެއްފަހަރާ ސިހިގެން ދިޔައީ ވިދާދްގެ ފޯން ރިންގްވި އަޑަށެވެ. ފޯންގެ ސްކްރީނަށް ބަލާލުމާއެކު ވިދާދްއަށް އަނެއްކާވެސް ޔަމާންގެ މޫނަށް ބަލާލެވުނީ ސްކްރީނަށް ރާހިލްގެ ނަން އަރާފައި އިނުމުންނެވެ.
ނަގަން ނުނަގަން ހުރެފައި ވިދާދް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް އެއްޗެއް ބުނަން ފަސްޖެހިފައި ވިދާދް ޔަމާންއަށް ބަލާލިއެވެ.
“ވިދާ…؟ ވިދާ…؟” ވިދާދް އަނގައިން ނުބުނުމުން ރާހިލް ދެފަހަރަކު ގޮވާލިއެވެ.
“އާނ… ކީކޭ؟” ވިދާދް އަހާލިއެވެ.
“ކޮންތާކު ތިހިރީ؟’ ރާހިލް އެހިއެވެ.
“ދޮންތަ ގޭގަ … ރާހިލް ގޭގަތަ ތިހިރީ؟” ފޯނުން ވާހަކަ ދެއްކި ނަމަވެސް ވިދާދް ހުރީ ޔަމާންއަށް ބަލާށެވެ.
“އާނ، އިރުކޮޅެއް ވެއްޖެ އައިތާ… ވިދާގެ ދޮންބެ ބުނީ ވިދާ ދިޔަ ޔަނެއް ނޭނގެޔޭ، އެކަމަކު ވަރަށް އަވަހަށް އަންނާނޭ، އެހެންވެ މަޑުކޮށްގެން އިނދެފަ ލަސްވީމަ މިގުޅީ، ދަންތަ ބަލާ؟” ރާހިލް ބުންޏެވެ.
“އާނ، ދިހަ ވަރަކަށް މިނަޓް ފަހުން އާދޭ، އަހަރެން ނިކުންނާނަން ބޭރަށް” ވިދާދް ބުންޏެވެ.
ފޯން ކަނޑާލާފައި ވިދާދް އަނެއްކާވެސް ޔަމާންއަށް ބަލާލިއެވެ.
“ވަރަށް ލަސް ވެއްޖެ ދޯ؟ އެގާރަ ޖެހީ…” ޔަމާން ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ބުނެލިއެވެ.
އެއްޗެއް ނުބުނެ ވިދާދް ހަމައެކަނި ބޯޖަހާލުމުން ޔަމާން ކޮޓަރިން ނިކުތެވެ.
“ޔަމާން… ސޮރީ… އަހަންނާ ހެދި ދެންމެ… ސޮރީ” ވިދާދް މާފަށް އެދުނީ އެރޭ އެދެމެދުގައި ވީ ކަންތަކަކީ ވިދާދްގެ ސަބަބުން ވީ ކަމެއް ކަމަށް ދެކެވުނީތީއެވެ.
“ނޯ… އިޓްސް އޯކޭ… އަޅާނުލާ، އެކަމާ ނުވިސްނާ… އިނގޭ” އަތުގެ އިނގިލިތައް ވިދާދްގެ ކޮލުގައި ޖައްސާލަމުން ޔަމާން ބުންޏެވެ.
ވިދާދް ބޯ ޖަހާލިއެވެ.
“އަހަރެން ވިދާއަށް ހެޕީ ލައިފްއަކަށް އެދެން، އެއީ ރާހިލްއާ އެކީ ކަމަށް ވިޔަސް… ބީ ހެޕީ އިނގޭ… އަހަންނަކީ ވިދާގެ ލައިފްއަށް އަންނަން އެންމެ ޕަރފެކްޓް މީހާއެއް ނޫން… ކުރިންވެސް ވީހެން އަހަންނަށް ވާނީ… ސޯ ޓްރައި ކުރައްޗޭ…” ޔަމާން ބުންޏެވެ.
މިފަހަރުވެސް ވިދާދް ބޯ ޖަހާލިއެވެ. އަތުން ވިދާދްއާ ދިމާއަށް ހަނާއަޅާލާފައި ޔަމާން ނިކުތެވެ.
ޔަމާންއަށް ގެޔަށް ދެވުނު އިރު އެގާރަ ގަޑި ބައި ވަނީއެވެ. އޭރު މީރާއާ ތާނިޔާ ޓީވީ ބަލަން ތިއްބެވެ. ޔަމާން އައުމުން ތާނިޔާ ކޮޓަރިއަށް ވަނެވެ.
“ހާދަ ލަހުން ތި އައީ؟ ކައިފިންތަ؟” މީރާ އެހިއެވެ.
“ނުކަން، އެކަމަކު ބަނޑުހައެއް ނުވޭ. މީރާ ކައިފިންތަ؟” މީރާ ކައިރީ ސޯފާގައި ޔަމާން އިށީނެވެ.
“އާނ، ޔަމާން ލަސްވީމަ ތާނީއާ އެކީ ކައިފިން” މީރާ ބުންޏެވެ.
މީރާ ކައިރީ ޓީވީ ބަލަން ޔަމާން އިން ނަމަވެސް ޓީވީއިން ދައްކާ އެއްޗަކަށް ޔަމާންގެ ޝައުގުވެރިކަމެއް ނެތެވެ. މީރާއާ ވާހަކައެއްވެސް ނުދައްކައެވެ. ޔަމާން ކޮންމެވެސް ކަމަކާ ވިސްނަނީ ކަން މީރާއަށް އެނގުނެވެ.
“ކޮން ކަމަކާ ތިހާ ވަރަށް ތި ވިސްނަނީ؟” ޔަމާންގެ އަތުގައި އަތް ޖައްސާލަމުން މީރާ އަހާލިއެވެ.
“ކަމަކާ ވިސްނަނީކީ ނޫން، މިހެން ހުހަށް ހުންނަން ވީމަ ވަރަށް ފޫހި. ހިތަށް އެބަ އަރާ ޖޮބަކަށް ދާން” އެރޭ ވީ ކަންތަކާ މެދު ވިސްނަން އިން ޔަމާން މީރާ ސުވާލު ކުރުމުން އެހެން ވާހަކައެއް ދެއްކިއެވެ.
“ތީވެސް ރަނގަޅު ގޮތެއް. އެކަމަކު އެއީ ތިހާ ވަރަށް ވިސްނަން ވީ ކަމެއް ނޫނެއްނު؟” ޔަމާން ވިސްނަނީ އެކަމާ ނޫން ހެން މީރާއަށް ހީވިއެވެ.
“މަންމަމެން އަވަހަށް އަންނަ ނަމަ…” ސޯފާގައި ލެނގިލައިގެން ލޯ މަރާލާފައި ޔަމާން ބުންޏެވެ.
“ވަރުބަލި ވީތަ؟ ދާންވީނު ނިދަން؟ މިރޭ މާލަހުން ވިއްޔަ ތި އައީ… ކޮން ރައްޓެއްސަކާ މީޓްކޮށްފަތަ ތިއައީ؟” ޓީވީ ނިއްވާލާފައި ތެދުވަމުން މީރާ އަހާލިއެވެ.
“އެއީ ދެން ކުރީގަ ކިޔަވަން އުޅުނު އިރުގެ ރައްޓެއްސެއް، މީރާއަކަށް ނޭނގޭނެ” ޔަމާން ބުންޏެވެ.
މީރާއަށް ފުރަތަމަ ފަހަރަށް އެފަދަ ކަމެއް ޔަމާން ސިއްރު ކުރީ އެރެއެވެ. ގެޔަށް އައި ފަހުން ޔަމާންއަށް ވިސްނެނީ އެރޭ ވީކަންތަކާ މެދުގައެވެ. ޔަމާންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައީ ވިދާދްއާ ވަކިވި އިރު ވިދާދް ހުރި ގޮތުގެ ހަނދާނެވެ. އަދިވެސް ޔަމާން ދެކެ ވިދާދް ލޯބިވާކަން އެނގުމުން ވިދާދްއަށް ޓަކާ ޔަމާން ދެރަވެއެވެ. ނަމަވެސް ވިދާދްއަށް ޓަކާ ޔަމާންއަށް ކޮށްދެވޭނެ ކަމެއް ނެތެވެ.
ނަމަވެސް ޔަމާންގެ ސަބަބުން އެހެން އަންހެން ކުއްޖެއްގެ ހިތަށް އެހާ އަނިޔާ ލިބުމަކީ އެއްގޮތަކަށްވެސް ޔަމާން އެދޭ ކަމެއް ނޫނެވެ. އެވަރަށް ވިދާދްއާ މެދު ޔަމާންއަށް ވިސްނެނީ ޔަމާން ދެކެ ވިދާދް ވާ ލޯބި އިހުސާސް ކުރެވޭތީއެވެ. ލޯބި ނުލިބުމުން ލިބޭ ރިހުން ޔަމާންއަށް އެނގޭތީއެވެ.
އައިސްއަލަމާރި މަތީ ހުރި ސުޕާރީ ފޮށިން ސުޕާރީ ޕެކެޓެއް ހިފައިގެން ޔަމާން ގޮސް ވަނީ މީރާގެ ކޮޓަރިއަށެވެ.
ޔަމާން ގެޔަށް އައިސް ކާން ބޭނުން ވެދާނެ ކަމަށް މޭޒުމަތީ ކާން ހަދާފައި ހުރުމުން ކޮޓަރިއަށް ވަނުމުގެ ކުރިން މީރާ ތަށިތައް ނަގާ މޭޒުމަތި ސާފުކޯށް އެއްޗެހި ހޫނު ކޮށްފައި ކޮޓަރިއަށް ވަނެވެ. އޭރު މީރާގެ އެނދުގައި އެއް އަތް ނިތްކުރިމަތީ ބާއްވައިގެން ޔަމާން އޮތެވެ. ނިދަން ވަންދެން ކޮންމެ ރެއަކުވެސް މީރާގެ ކޮޓަރީގައި މަޑުކޮށްލުމަކީ ޔަމާންގެ އާދައެކެވެ.
މީރާ ޔަމާން ކައިރީ އިށީނދެ ޔަމާންގެ އަތް ތިރިކޮށްލިއެވެ.
“ބޮލުގަ ރިއްސަނީތަ؟” ޔަމާންގެ ނިތްކުރީގައި އަތް ޖައްސާލަމުން މީރާ އަހާލިއެވެ. ޖަވާބުގައި ޔަމާން ދެފަރާތަށް ބޯހަލުވާލިއެވެ. އަދި މީރާގެ އަތްތިލައިގައި ހިފާ ގެނެސް ޔަމާންގެ ތުންފަތުގައި ޖައްސާލިއެވެ.
“ޔަމާން… ކޮން ކަމަކާތަ މިރޭ ތި ވިސްނަނީ؟ ކަމެއް ވީތަ؟ ކަމަކާ ކަންބޮޑު ވެގެން އުޅޭ ހެން ޔަމާން މިރޭ ތިއުޅެނީ… ބުނެބަލަ، ކިހިނެއްތަ ވީ؟” އެރޭ ބޭރަށް ގޮސްފައި ގެޔަށް އައި ފަހުން ޔަމާންއަށް އައިސްފައިވާ ބަދަލު މީރާއަށް ފާހަގަ ކުރެވުނެވެ.
“އަހަރެން… މީރާ ރުޅި އަންނާނަންތަ؟” ބުނަން އުޅޭފައިވެސް ޔަމާން ފަސްޖެހުނެވެ.
“ޔަމާން ދިޔައީ ވިދާދް ބުނެގެންތަ؟” ޔަމާންގެ ސުވާލާއެކު ހިތަށް އެރި އެއްޗެއް މީރާ ބުނެލިއެވެ.
ޔަމާން ބޯޖަހާލިއެވެ.
“އަހަރެން ކީއްވެ ރުޅި އަންނަންވީ؟ ކިހިނެއްވީ؟ އޭނައަށް ކަމެއް ވީތަ؟” މީރާ އެހިއެވެ.
“ވިދާ އުޅެނީ ރާހިލްއާ އިންނަން. މީރާ، އަހަރެން އަސްލު ބޭނުމެއް ނޫން ވިދާ އޭނަޔާ އިންނާކަށް” ޔަމާން ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.








ސަލާން ހުރިހާ ކުދިން… މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން، އަށާރަ ވަނަ ބައި ބުރާސްފަތި ދުވަހުން ގެނެސްދޭނަން.. އިނޝާﷲ
V salhi
Waaaau… Damn awesome … Love this story ??… Waiting next part ah …… ????
I’m first DW,……..v v v reethi.,..dhn upvaadhuvahe igeythee v v ☺…….??????????????????
wow Marsha .. varah salhi.. waiting waiting for next part
Nice story 🙂
Waiting for next part
Marsha v reethi mi baives.next episode ge inthizaaruga
Story v v v nice ??
Waiting for next…
Alhey haadha reehchey…dhn vaanee kihinehbaa ey hama hithah aranee…avahah thursday annan nama?
Wow Nice ???
Wow..wow..wow…haadha reehchey….aneh bai ge inthixaaruga hama mihuree….???????
Marshaa haadha molhey dhw vaahaka liyan vvvv reethi
Masha Allah..
Yamaan r widhr nugulhuvahcheyy.. eyrun v vaii vrne. N meera n raahil vx.. raahil dnt deserve meera.. yamaan n meera r perfect vrnee.. knme meehakah emeehaku lwbivrmeeheh nulibeyne dhwww.. so vaahaka salhivrnee mihaaru thibi couples egothah behehtihyr ???
Itx ninni ge idea ngey.. ?
VVvvvvvvvvvvvvvvvvvvvvvvvv reethii. Waitin 4 de 18th prt..
ahcheedi dn vidhaadhu gandu…hama yamaan seduce kuraane gothei neyngigen..i hate her frm de beginning…???????
Lov3 thx storii
Wa alaikumussalaam vvv rythi mi part ves n yamaan thihen ulhefa 2 myhunnaatha marry kurany
vara reethi…waiting for next part 🙂
Thnx all… lets see dho who marries whom… vaa gotheh balamaa dho.. hehe.. glad that u all like the story.. n next part will b uploaded tomoro around two.. InShaAllah