Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީމާ ކަލާ… މިހަޔާތާ މަގޭ..(6)

Ushaa
September 20, 2016
6 Mins Read
57 Views
17 Comments

” އަަހަންނަށް އެނގެއްޖި މިހާރު ވީގޮތް. ލިޔާގަތުބެ ވީ ވަރަށް ގޯސް މީހަކަށް ދޯ. ބަލަ. މިހާރުވެސް އޭނަ އުޅޭ ގޮތް. އަބަދު ރާ ބޮއެބޮއެ ފައި ދައްތަޔަށް އަނިޔާ ކުރަނީ ވިއްޔަ. އަނެއްކާ ދައްތަގެ ތިޔޮއް ލުފްޝާން ދަރިފުޅެއް. ހަމަ ޑަބަލް ބައްޕަ އެއީ. އެކަމް ދެން ދައްތަ ފަޔަށް ކިހިނެއްވީ؟” ވާހަކަ އަޑު އަހަން އިނދެފައި ޔާޝާ އޭނާގެ ހިތުގަިއ އުފެދުނު ސުވާލު ކޮށްލިއެވެ.

” ނޫން. ތީ އަދި ކަންތައް ވީ ގޮތެއް ނޫން. ބައިވަރު ކަންތައް އޭގެ ފަހުންވެސް ވި. އާން. އެއީ ދައްތަގެ ހަޔާތް ބަދަލުވެގެން ދިޔަ ހިސާބަކީ. ބައެއްފަހަރު އުފަލުން ގޮސް މޮޔަވާވަރު. އަނެއްބައި ފަހަރު ދެރަވެގެން ގޮސް ހިތް ކުދިކުދި ވާވަރަށް. އަޑުއަހާނަންތަ؟” ހިޔާލަކަށް ވިސްނަން އިނދެފައި މުފީދާ ބުންޏެވެ. ޔާޝާ އޭނާގެ އަތް ދަތްދޮޅީގައި ވިއްދާލަމުން ބޯޖަހައިލީ އަޑު އަހާ ހިތުން ހުރި ވަރުންނެވެ.

###
އޭގެ މަހެއްހާ ދުވަސް ފަހުން މުފީދާއާއި ކައިވެނި ކުރެވޭ ޒުވާނާ އެރަށަށް އައިއްސިއެވެ. އޭނާއަށް އަޑު އިވިފައިވާގޮތުގައި ލިޔާގަތަކީ މުފީދާ އުޅޭ ރަށާއި މާ ދުރު ނޫން ހިސާބެއްގައި ދިރިއުޅޭ ކުޑަވަރެއްގެ ވިޔަފާރިވެރިއެކެވެ. ވިޔަފާރިވެރިޔަކަސް ބޮޑަކަމެއް ނެތް ރީތި ސިފަތަކެއްގެ ވެރިއެކޭ ބުނެ މުފީދާގެ ބައްޕަ ވަރަށް ތައުރީފް ކުރެއެވެ. އެފަދަ ކޮންމެ ވަގުތަކު މުފީދާ ހުންނަނީ ތުންގަނޑު ދަމާލައިގެންނެވެ. ބައްޕަގެ ދުލުން ބޭރުވާ ބަސްތަކަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. އޭނާގެ ކިޔެވުން ބަރުބާދު ކޮށްލި އިންސާނާއަށް އިތުބާރު ނުކުރެވޭތީއެވެ. އެފަދަ ގޮތްނޭނގޭ މީހެއް އޭނާގެ ބައްޕަގެ ލޮލުގައި ކޮންމެ ފަދަ އަނދުނެއްވެސް އަޅުވަފާނެކަން މުފީދާއަށް އެނގެއެވެ.

އޭނާއަށް ލިޔާގަތުގެ މޫނު ފެނުނީވެސް ރަން ކިޔަން އައި ދުވަހުއެވެ. ނަމަވެސް އެދުވަހުވެސް އޭނާ އިސްއުފުލާ ލިޔާގަތުއާއި ދިމާލަށް ބަލައިވެސް ނުލައެވެ. ލިޔާގަތު ހުންނަ ގޮތެއް މާ ރަނގަަޅަކަށް އޭނާއަށް ނުވެސް އިނގެއެވެ. ހަގީގަތުގައިވެސް ލިޔާގަތުގެ މޫނު ދެކެން އޭނާ ބޭނުން ނުވަނީއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ލިޔާގަތުއާއިމެދު އުފެދިފައިވަނީ ފޫހިކަމެވެ. ނަފްރަތެވެ. ނަމަވެސް އޭނާއަށް މުޅި އުމުރު ދުވަހު ދެން ހޭދަކުރަން ޖެހޭނީ އެފޫހި އިންސާނާއާއި އެކުގައވެެ. ކިތަންމެ ފޫހިވިޔަސް ފަރުވާލެއް ނެތެވެ. ކިތަންމެ ރުޅި އައިސް ކުރާނެ ކަމެއް ނެތެވެ.

” އަނބި ގަބޫލް ކޮށްފިން.”

ލިޔާގަތުގެ ދުލުން ބޭރުވި މިތިން ލަފްޒާއިއެކު އިސްޖަހަިއލައިގެން އިން މުފީދާގެ ދެލޯ އެކީގައި ކަރުނައިން ތެމިގެން ދިޔައެވެ. މިމަންޒަރު ކައިރީގައި އިން ލިޔާގަތުއަށް ކިތަންމެ ރީއްޗެއްކޮށްވެސް ފެނުނެވެ. އެރޮނީ ކީއްވެގެން ކަން ނޭނގުނު ނަމަވެސް އޭނާގެ ހިތުގައި މުފީދާއާއިމެދު އިންތިހާ ދަރަޖައަށް ހަމްދަރުދީ އުފެދިގެން ދިޔައީ އެވަގުތުން ފެށިގެންނެވެ.

ކައިވެންޏަަށްފަހު ހަމަ އެދުވަހުގައި މުފީދާ ފުރައިގެން ދިޔައީ ލިޔާގަތުމެން ރަށަށްށެވެ. އެތައްފަހަރަކު މަންމަގެ ކޮންޑު މަތީގަިއ އޮވެ ރޮއެފައި އޭނާ އަމިއްލަ ރަށް ދޫކޮށް ދިޔައީ އެއްވެސް އިތުބާރެއް ނެތް މީހަކާއި އެކުގައެވެ.

” މަށާ ކައިރި ނުވެއްޖިއްޔާ ރަނގަޅީ. މަ އުޅޭނެ ގޮތަކަށް މަ އުޅޭނަން. އެކަމް އަނިޔާ ކުރަން ނޫޅެއްޗޭ. އޭރަށް ކަތީބު ކައިރިއަށް ދާނަން. އަންބެއްގެ ހައިސިއްޔަތުން އަދާކުރަން އޮތް މަސްއޫލިއްޔަތެއް އޮވެއްޖިއްޔާ އަދާކޮށްދޭނަން. އޭގެ އިތުރަށް އެއްވެސް ކަމަކަށް ނޭދޭތީ.” އެއީ އެރޭގައި މުފީދާ ލަދުން ހުރެ ނަމަވެސް ލިޔާގަތުއާއި ހަވާލު ކުރި ގަނޑު ކޮޅެވެ. އޭނާ އަބަދުވެސް ވިސްނީ ލިޔާގަތުއާއި މެދު ގޯސްކޮށްށެވެ. އޭނާގެ ނަޒަރުގަިއ ލިޔާގަތުހައި ގޯސް މީހެއް މިދުނިޔޭގަވެސް ނެތެވެ.

ނަމަވެސް ކައިވެންޏަށް 1 ހަފްތާ ވެގެން ދިޔައިރުވެސް ލިޔާގަތު އޭނާގެ ގައިގާ އަތްލަން ކީއްކުރަން ބަލައިލަންެވެސް ހިތަށް ނާރައެވެ. ކައިފިންތޯ ނޫނީ ބަލި ތޯ އަހައިލިޔަސް އަނެއްހެން ވާހަކަ ދައްކާކަށް ހިޔާލެއްވެސް ނުކުރެއެވެ. ހީވަނީ މުފީދާ ހިތްހަމަ ނުޖެހިދާނެތީ ބިރުން އުޅޭ ހެންނެވެ. މިކަމުން މުފީދާއަށް ލިބެމުން ދިޔައީ އުފަލެއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އެންމެ ކުޑަމިނުން ލިޔާގަތު މިހުރިހާ ކަމެއް އެކުރަނީ ކީއްވެ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ފިރިހެނަކު އެހަިއ ރަނގަޅު ވެދާނެ ކަމަކަށް އޭނާގެ ހިޔާލަށްވެސް މީގެ ކުރިން ނުގެނެވުނެވެ.

ކޮންމެހެނެއް ކޮންމެ ގޮތެއް ވިޔަސް ލިޔާގަތުގެ ކައިރިން މިސުވާލުގެ ޖަވާބު ނުހޯދާ މުފީދާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އެއްރެއަކު ލިޔާގަތު ނިދާން ގެޔަށް އައި ވަގުތު ބަލާފައި މުފީދާ  އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ކޮށްލިއެވެ.

” ބުނަން ވީތަ ހަމަ؟ ހިތަކަށް ނާރާ ތިސުވާލު ކުރާނެ ކަމެއްވެސް. އެކަމް ޖަވާބު ބޭނުމިއްޔާ ބުނެފާނަން. މަށަށް އެނގޭ ހުރިހާ އެއްޗެއްވެސް. މުފީދާ ބޭނުން ވަނީ ކިޔަވާކަށްނު؟ މީހަކާ އިންނާކަށް ބޭނުމެއް ނޫނެއްނު؟ މިޒަމާނުގަ 15 އަހަރުން ބޮޑުވިޔަސް ބޭނުން ވަނީ ވަރަށް މޮޅު މީހަކަށް ވެގެން މީހަކާ އިންނާކަށްނު؟ މަށަށް ކައިވެނި ކުރުމުގެ ކުރިން އާމިނަ ދައްތަ ހުރިހާ އެއްޗެއްވެސް ކިޔައިދިން. މަށަށް ހެޔޮ. އިރާދަކުރެއްވިއްޔާ ކިޔަވާންވެސް ފޮނުވަ ދީފާނަން. މި ވޭތުވެދިޔަ 1 ހަފްތާ ތެރޭގަވެސް މަ މި އެއްކުރަނީ މުފީދާ ކިޔަވާން ފޮނުވާން ލާރި. އެކަމް ބޭނުމިއްޔާ މިހާރުވެސް މިނިވަން ކޮށްދީފާނަން. ބޭނުންތަ އެގޮތް؟” ހިނިތުންވުމަކާއި އެކު ލިޔާގަތު ދިން ޖަވާބުން މުފީދާއަށް އަނގަ ކޮޅަށް ޖަހައިގެން ހުރެވުނީއެވެ. ގަބޫލް ކުރަންވެސް ނުކެރިފައެވެ.

ލިޔާގަތު ހަމަ އެހައި ރަނގަޅު ވެދާނެ ހެއްޔެވެ؟ ނަމަވެސް އެހަބަރު ލިބުމުންވެސް މުފީދާ އުފާނުވާންވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ދޭނެ ޖަވާބެއް ނޭނގުނީ ކީއްވެ ހެއްޔެވެ؟  ނޫނެކެވެ. މިވިސްނެނީ މާ ބޮޑަށްށެވެ. ލިޔާގަތަށް ވާވަރަށް ލާރި އެއްކުރެވުމުން އޭނާ މާލެ ދާނީއެވެ. އެއީ މުފީދާގެ ހިތް ގޮވަން ފެށި އެއްޗިއްސެވެ.

ދުވަސްތައް ވޭތުވަމުން ދިޔައީ އެފަދަ ގޮތަކަށްށެވެ. އެއިން ކޮންމެ ދުވަހަކުވެސް މުފީދާއަށް ފާހަގަ ކުރެވެމުން ދިޔައީ ލިޔާގަތުގެ މާތް ސިފަތަކެވެ. ކުރިން އޭނާ ހިތަށް އެރި ގޮތާއި ހިލާފަށް ލިޔާގަތަކީ މާ މާތް އިންސާނެކެވެ. ނަތީޖާއެއްގެ ގޮތުން އެއްވެސް އިހުތިޔާރަކާއި ނުލާ މުފީދާގެ ހިތް ލިޔާގަތަށްޓަކަިއ ހިބަކުރެވެން ފެށިއެވެ. ލިޔާގަތަކީ ބައްޕަ ބުނި ކަހަލަ މީހެއް ކަން ގަބޫލް ކުރެވެން ފެށިއެވެ.

އެއީ އެއްރެއެއްގެ ކެއުމުގެ ވަގުތެވެ. ލިޔާގަތު އޭރު އަދި ނާދެއެވެ. އެހެންކަމުން ލިޔާގަތުގެ ކާފައަށް ކާން ހިފަިއގެން މުފީދާ ދިޔައީ އެއީ ކާފަ ބުނެފައި ވާގޮތް ކަމަށް ވާތީއެވެ. ލިޔާގަތު ގެޔަށް ނާންނާންޔާ އޭނާ އަބަދުވެސް ކާ އެއްޗެހި ގެންގޮސްދެނީ ކާފަގެ ކޮޓަރިއަށްށެވެ.

މުފީދާ އެތެރެއަށް ވަތް އިރު ކާފަ އޮތީ މާ ދުރަށް ބަލަހައްޓައިގެންނެވެ.  އޭނާގެ ސިކުނޑިގައި މިވަގުތު އެތައް ހިޔާލުތަކެއް އެނބުރެމުންދާ ފަދައެވެ.

” ކާފަ ކާން ހިނގަ.” މުފީދާ ގޮވާލުމާއިއެކު ކުޑަކޮށް ސިހުންވެފައި ހުރެ ކާފަ ހިނިތުން ވެލިއެވެ. ރީއްޗަށް އެނދުގައި ލެގިލީ ކާން ތައްޔާރު ވެލުމަށްށެވެ. ކެއުމުގެ ތެރޭގައިވެސް ކާފަގެ ނަޒަރު މުފީދާއިން ވަކި ނުވެއެވެ. ބައެއްފަހަރު ކެއުން ހުއްޓާލާފައި ކޮންމެސް އެއްޗެކޭ ބުނަން އުޅޭ ހެންވެސް ހީވެއެވެ. މުފީދާ އެކަމަށް މާ ބޮޑު ޝައުގުވެރި ކަމެއް ނުދީ ދުރަށް ބަލައްހައްޓައިގެން ހުރީއެވެ.

” ދަރިފުޅާ މުފީދާ. މިކޮޅަށް ބަލައިލަބަލަ.” ކާން އިން ތަށި ކައިރީގައި ބެހެއްޓިފައިވާ ކުޑަކުޑަ ގޮނޑިއެއގްެ މަތީގައި ބަހައްޓަމުން ކާފަ ގޮވާލިއެވެ.

މުފީދާ އާނއެކޭ ބުނަމުން ކާފައާއި ދިމާލަށް ބަލައިލިއެވެ.

” ދަރިފުޅާ މުފީދާ. ކާފަށް އެނގޭ ދަރިފުޅަކީ ލިޔާގަތާ ބަލާފަ ޅަ ކުއްޖެއްކަން. އެކަމް ބައްޕަ ބުނާނެ ވާހަކައެއް ނެތް ދުވަހަކުވެސް އެސޮރު ދޫކޮށްނުލައްޗޭ ދަރިފުޅާ. އެސޮރުހާ ރަނގަޅު ފިރިއެއް އަތް ފުނާ އެޅިޔަސް ނުލިބޭނެ. އަނެއްކޮޅުން ހާދަ ހާލެއްގަ އުޅުނު ސޮރެކޭ އޭނާއަކީ ކުރިން. އާއިލާއެއް ނެތް ކުއްޖެއް އެއީ. އޭނާގެ ހުރިހާވެސް މީހަކީ އަހަރެން. އެންމެ ކުޑައިރުއްސުރެވެސް އޭނަ އަބަދުވެސް ރޮއެ ރޮއެފަ ބުނާނެ މަގޭ އާއިލާ ކޮބާހޭ. އެކަމް ކީއް ކުރާނީ؟ މަގޭ އާއިލާއަށް ގިނައިން އުފަން ވީވެސް ދަރިން ނުލިބޭ މީހުން. ނަސީބުގަ ލައްވާލާފަ އެސޮރުވެސް އެހުރީ.

….. އެހެނަސް ނަސީބު ރަނގަޅު ކުއްޖެއް ނޫން އެސޮރަކީ. ދޮންމަންމަ އެސޮރަށް ހަދާ ގޮތް މަންޖެވެސް ހުންނާނީ ދެކިފަ ކަންނޭނގެ. އެންމެ ކުޑައިރުއްސުރެވެސް އެސޮރު އުޅުނީ އެހައި ހާލުގަ.

….އެނގޭތަ؟ ކުރިން އެއްދުވަހު މަސައްކަތަށް ގޮއްސިއްޔާ އަނެއްދުވަހުގަ އޭނަ ނުދާނެ. އޮންނާނީ ކުނާ މަތީގަ ރޯން. އަނެއްހެން ހަރަދު ބަރަދު ހިފެހެއްޓޭ އެވަރުން. އެކަމް އެކޮއެ އައިފަހުން ކޮންމެ ދުވަހަކު މަސައްކަތަށް ދޭ. އެސޮރު ރޮއެ އުޅޭ ތަނެއްވެސް ނުދެކެން. ހާދައޭ ލޯބިވަނީ.

…. އެކޮއެ ނުވާނެ ދުވަހަކުވެސް އެސޮރަށް ދެރަގޮތެއް ހަދައިގެން. ކާފަ ދެން މާ ގިނަ ދުވަހަކު މިދުނިޔެއަކު ނުހުންނާނެ ކަންނޭނގެ ދަރިފުޅުމެން އުފަލުގަ އުޅޭތަން ދެކޭކަށް. އެކަމް އެކޮއެއަށް ކާފަ އިތުބާރު ކުރަން. ވައުދުވޭ ކާފައަށް ދުވަހަކުވެސް އެސޮރު ދޫކޮށްނުލާނެކަމަށް. ” ކާފަ އޭނާގެ ވައުދުވުމަށްޓަކައި އޭނާގެ ކަނާއަތް ދިއްކޮށްލަމުން ބުންޏެވެ. މުފީދާއަށް އެއަތަށް ބަލަން ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ.

އޭނާ އެންމެ ކުޑަ އިރުއްސުރެ ދުށް ހުވަފެނަކީ ކިޔަވާ މޮޅު މީހަކަށްވުމެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާއަށް އޭނާގެ ފިރިމީހާ ދެކެ ލޯބި ވެވިއްޖެއެވެ. އަނެއްކޮޅުން ކާފަގެ އެދުމަށް ދެކޮޅު ހެދުމަކީ އޭނާއަށް ވާނެ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް އޭނާއަށް މިވަގުތު މިޖެހުނީ ކޮންމެސް އެއްގޮތެއް ކަނޑައަޅާންށެވެ. ކިޔެވުން ވެއްޖިއްޔާ ކިޔެވުމެވެ. ލިޔާގަތު ވެއްޖިއްޔާ ލިޔާގަތެވެ.

” މުފީދާ. މުފީދާ.” ކުއްލިއަކަށް ކާފާއާއި މުފީދާ ސިއްސައިގެން ދިޔައީ މުފީދާގެ ނަމުން ގޮވަމުން ކޮޓަރިއަށް ވަދެގެން އައި ލިޔާގަތު ފެނިފައެވެ.

” އަވަހަށް ފޮށިތައް ތައްޔާރު ކުރޭ. ވާވަރަށް ލާރި އެއްވެއްޖި. މާދަން ހެނފުނު ފުރާ ދޯނިން ދެވޭނެ މާލެ އިރާދަކުރެއްވެއްޖިއްޔާ. ދެން އެކޮޅަށް ގޮއްސަ ހުންނާނެ ތަނާ ކެއުމުގެ ކަންތައް އަހަރެންގެ ރައްޓިއްސަކާ ގުޅިގެން ހަމަޖައްސައިފިން. އަވަހަށް ތައްޔާރުވޭ.” ވަރުބަލި ވެފައި ހުރެ ލިޔާގަތު މިހުރިހާ ވާހަކައެއް އެއްފަހަރާއި އަމުނާލިއެވެ.

މުފީދާ އިތުރަކަށް ދެކޮޅު ހެދުމެއް ނެތި ލިޔާގަތުއާއިއެކު ދިޔައީ ކާފާއާއި ދިމާލަށް ދެރަވެފައި ހުރެ ބަލާލަމުންެނެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އިނގޭނީ ހަމަ އޭނާއަށްށެވެ. ކާފާގެ މޫނުވެސް މިލައިގެން ދިޔައީ އޭނާގެ ދަރިފުޅަށް ލިބުނު ކުޑަ އުފާވެސް ނެތި ދިޔައީކަން އެނގުނީމައެވެ.

***

15 މިނެޓެއް ހާއިރު ތެރޭގައި މުފީދާ އޭނާގެ އެއްޗެހިތައް ތައްޔާރުކޮށްފިއެވެ. އޭރުގަިއ އޭނާގެ ލޮލުގަިއ އަޅައިގަތީ ތަންކޮޅެއް ދުރުގައި ނުތަނަވަސްވެފައި ހުރި ލިޔާގަތު ފެނިފައެވެ. ލިޔާގަތު އޭނާއަށްޓަކއި ކޮށްދިން ކަންތައް އޭނާގެ ހިތުން ފިލައިގެނެއް ނުދެއެވެ،އަދި އަމުދުން މިއަދު އޭނާއަށް ލިޔާގަތުގެ މަތިން މާ ބޮޑަށް ހަނދާން ވަނީ ކީއްވެ ހެއްޔެވެ؟ ލިޔާގަތު ކޮއްދިން ކަންތައްތަކާއި އޭނާއާއިއެކު ހޭދަކުރި ވަގުތުތައް ހިޔާލުގައި އެނބުރެން ފެށިއެވެ. މިހާރު ރަނގަޅު ގޮތާއި ގޯސްގޮތްވެސް އޭނާއަށް އޮޅިއްޖެއެވެ. އޭނާއަށް އޮޅުންބޮޅުން އުފެދިފައިވާ ލޯބި ވެވިއްޖެއެވެ.

” ހިނގާ ދާން.” މުފީދާއާއި ދިމާލަށް ބަަލައިލުމެއް ނެތި ލިޔާގަތު ބުންޏެވެ. މުފީދާއަކަށް އެއަމަލުތަކެއް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ކޮންމެސް ސަބަބަކާއި ހުރެ އޭނާގެ ހިތުގައި ރިއްސާލިއެވެ. ލިޔާގަތު ހަމަ އެންމެ ފަހަރަކުވެސް އޭނާގެ ކައިރީގައި މަޑުކުރާކަށް ނޭދޭނެ ހެއްްޔެވެ؟ ލިޔާގަތަށް އެގޮތް ރަނގަޅީ ހެއްޔެވެ؟

ގޭގެދޮރުން ނިކުންނަން އެޅި ފަހު ފިޔަވަޅާއިއެކު މުފީދާއަށް ލިޔާގަތުގެ އަތުގައި ހިފައިލެވުނެވެ. މިފަދަ ހަރަކާތަކަށް ނުވިސްނާ ހުރި ލިޔާގަތަށް ސިހިފައި ބަލައިލެވުނީ ބުމަ އަރުވާލަމުންނެވެ.

”  އަހަރެން ނޫޅެން އެއްވެސް ތާކަށް ދާކަށް.” މުފީދާ ބުނެލި ޖުމްލަ ވެގެން ދިޔައީ ލިޔާގަތުއަށް އިތުރު ހައިރާންކަމެއް ގެނުވި ޖުމްލަޔަކަށްށެވެ. އޭނާއަށް އަނގަ ތަންމިނަށް ހުޅުވައިލެވުނީ އިވުނު ބަސްތައް ގަބޫލް ނުކުރެވިގެންނެވެ.

” އާން. މަ ބޭނުމީ ލިޔާގަތުގެ އަންބެއްގެ ގޮތުގަ ހުންނަން. މަ ބޭނުން ވާ ގޮތަކީ އެއީ. މަށަށް..މަށަށް ލޯބިވެވުނީ.” އިސްޖަހައިލައިގެން ހުރެ މުފީދާ މިހެން ބުނެލީ ލަދުން ހުރެއެވެ. އޭނާއަށް ބާރަކަށް ގޮސް ލިޔާގތުގެ ހަށިގަނޑުގައި ތަތްވެގަނެވުނު އިރު ދުރުގަިއ ބަލަން ތިބި މީހުންނެއް އޭނާއަކަށް ނުފެނެއެވެ.

އާނއެކެވެ. ހަސަދައިގެ ކަޅިތަކާއި އުފާވެރިކަމުގެ ކަޅިތައް އެދެމީހުންނަށް އަމާޒުވެގެން ދިޔައި ނުވެސް ވިސްނާ ހުއްޓައެވެ. ކާފާގެ ކޮޓަރީގެ ދޮރުމަތީގައި އުފަލުން ގޮސް ހިރިލަންވެސް ނޭނގިފައި ކާފަ ހުއްޓެވެ. ކަންތައް މިވީ އޭނާ ބޭނުން ވިގޮތަށްށެވެ. އަދި އެހެންމެ އެދެމީހުންނާއި އެންމެ ކައިރީގައިވާ ކޮޓަރީގެ ދޮރު ދޮށުގައި ހުރި ދޮންމަންމައަށް ހުރެވުނީ ތުން ފިއްތާލައިގެންނެވެ. ލިޔާގަތުއަށް އުފަލެއް ލިބުން އޭނާއަށް ހަޖަމެއް ނުވިއެވެ.

ކާފަ ބާރަކަށް ކެއްސައިލި އަޑާއިއެކު ލަދުން ހުރެ މުފީދާއަށް ދުރު ވެލެވުނެވެ. ލިޔާގަތުވެސް ވެފަިއވާ އުފަލުގެ އިތުރުން ލަދުވެސް ގަތެވެ. ކާފަ އުފަލުން ގޮސް ލިޔާގަތުގެ ގައިގާ އޮޅުލައިގަތެވެ.

ލިޔާގަތަށް އޭނާގެ ދޮންމަންމަ ނިއުމާ އާއި ދިމާލަށް ބަލައިލެވުނީ ހަމަ އެވަގުތުގައެވެ. މިހާރު ހަމައެކަނި މައްސަލައަކީ އެއީއެވެ. ކުއްލިއަކަށް ނިއުމާވެސް ހިނިތުންވެލައިފިއެވެ. އެންމެނަށްވެސް ގަބޫލްކުރަން ދަތި ވެގެން ދިޔައެވެ.

” މާފްކުރޭ މަންމަޔަށް ދަރިފުޅާ. މާފްކުރޭ. މަންމަޔަށް މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މަންމަ ހީއްކުރީ ދޮންމަންމަޔަކު ދޮންދަރިއަކަސް ރަނގަޅުވުމަކީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް. އެކަމް މަންމަމެން އުމުރުގެ މީހުން އެމީހުންގެ މާމަ ދަރިން ގޮވައިގެން  އުޅޭ އިރު ވަަރަށް ދެރަވޭ. ހިތަށް އަރާ މގޭ ދަރިއެއް ހުންނަ ނަމައޭ. ދެން ތީވެސް މަގޭ ދަރިއެކޭދޯ.” ކޮނޑުގައި ހިފާލަމުން ނިއުމާ މިހެން ބުނީ ލިޔާގަތުއާއި ދިމާލަށްށެވެ. އަދި މުފީދާއާއި ދިމާލަށް އެނބުރިލައި ބާރަކަށް ބައްދައިލިއެވެ. އެވަގުތު އޭނާގެ މޫނުގައި ކުރެހެލި މަކަރުވެރި ހިނިތުންވުން ކިތަންމެ ރީއްޗެއްކޮއްވެސް ކާފައަށް ފެނުނެވެ. އެނުލަފާ އަންހެނާ ކާފައާއި ދިމާލަށް ބަލައިލުމަށްފަހު އެއްލޯ މަރައިލަމުން ބުނަން އުޅުނީ ތިމަންނަ މިފަހަރުވެސް ކަލޭގެ ދަރިފުޅުގެ ހަޔާތް ބަރުބާދު ކޮށްލާނެކަމެވެ.

 

 

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaa

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 17

Next

އިންތިހާއަށް އާދޭސް 3..

Next
September 20, 2016

އިންތިހާއަށް އާދޭސް 3..

Previews
September 20, 2016

ނޭނގޭހެ ހާދަ ލޯބިވޭ 17

17 Comments

  1. Ushaa says:
    September 20, 2016 at 7:20 pm

    Assalam.. Hws yuh aftr a wyk?? Itxx 6th Prt nw.. Hw do yuh fyl?? Nd Plx tell me if anythin to improve.. ill wait 4 ur cmmntxx.. Fyl free nd leave a cmmnt.. Hwp u ill lyk thixx..

  2. aik says:
    September 20, 2016 at 7:24 pm

    vv reethi..??

    1. Ushaa says:
      September 20, 2016 at 7:25 pm

      Thnkxx….

  3. Sabeeha says:
    September 20, 2016 at 7:25 pm

    v salhi..?

    1. Ushaa says:
      September 20, 2016 at 7:25 pm

      Thnkyw..

  4. # says:
    September 20, 2016 at 7:30 pm

    Varah reethi. Dhen in part kon irakun..kaafa jahan viy thaakah ebhain bappa jehifa

    1. Ushaa says:
      September 20, 2016 at 9:32 pm

      Thnkxx.. Nxt prtvx 1 wyk fahun.. Nd thnkyw mistake bunedhiniimavx… Thnkyw…

  5. Shiny says:
    September 20, 2016 at 7:37 pm

    Nice

    1. Ushaa says:
      September 20, 2016 at 9:32 pm

      Thnkxxx..

  6. khajja says:
    September 21, 2016 at 12:42 am

    V habeys

    1. Ushaa says:
      September 21, 2016 at 4:53 pm

      thnkxxx…

  7. Madhy says:
    September 21, 2016 at 12:53 am

    Ushaa story v v v salhi. Ekm haadha lahun up kureveny. Hama ehaa avas kureveykah noahnnaanetha? I think 1 week is too late dhw. Weekehga 2 faharu upload kuriyas rangalhu vaane kahnneynge. Hykuran mikamah hahleh gehnnan masahkaiyh kuraane kamah. And story v v v interesting ?

    1. Ushaa says:
      September 21, 2016 at 4:55 pm

      Ohhhh.. Actually vrh bxy dhuvas kolheh.. Bt ill try to up sooon. insha allah ill try my bxt.. Thnkyw so much..

  8. Madhy says:
    September 21, 2016 at 9:22 pm

    Yeaaa thank yew ❤

    1. Ushaa says:
      September 21, 2016 at 9:49 pm

      Wc.. Nd thnkxx..

  9. dream girl says:
    September 22, 2016 at 6:57 pm

    vv rethi

    1. Ushaa says:
      September 28, 2016 at 5:26 pm

      Thnkyw..

Comments are closed.

All Right Reserved!