މި ވާހަކަ އަޕްލޯޑް ކުރުން ލަސްވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާއާފަށް އެދެން. “އަޅުގަނޑަކީ ހާމް…” ހާމް ބުންޏެވެ. “ހާމް. ހާދަ މާތް ކޮށް. ބަލަ މީ ހާމްގެ ވެސް ރައްޓެއްސެއްކަމަށް. ޖަސްޓް ޓޯކް ލައިކް އަ ފްރެންޑް.” ރީނާ ބުންޏެވެ. “އަނެއްކާ މަ ފްރެންޑް ޒޯން ކުރީތަ؟ ނުވާނެ އެހެނެއް. ހާމޫ ތި ތަންކޮޅެއް ރީތިކޮށް ފްރެންޑްލީ ކޮށް ވާހަކަ ދައްކަބަލަ! ” ހިތާހިތުން ހާމް ބުނެލިއެވެ. ” މިހާރު އިނގޭނެ ނަން. އުމުރުން 23. […]
ރިޔާޝާއެކު ހާމް ލެމަންއިން ނުކުތީ ކޮފީއެއް ބުއިމަށްފަހު އަނެއްކާވެސް ދުއްވާލާށެވެ. ދުއްވާފައި ދިޔަގޮތައް ދިޔައީ ބަނދަރަށްށެވެ. “ޔާރައްބީ!!” ހާމް ދެލޯ ހުޅުވާލާފައި ބުނެފިއެވެ. “ކިހިނެއް ވީ؟ ކޯއްޗެއް ފެނުނީ؟” ރިޔާޝް ހާސް ކަމާއެކު އެހިއެވެ. “ދޮންތަބެ ރަނގަޅު. ނުބުނެލާވީޔާ މިވަރަށް ބިޓުން އޮތް ވާހަކަ.” ހާމް ބުންޏެވެ. “މީދެން ބުނަން ޖެހޭވަރު ކަމެއްތަ؟” ރިޔާޝް ބުންޏެވެ. ބަނދަރުން ރަށުގެ ބޮޑުމަގަށް ފޭބިއިރު ބޮޑުމަގުން ހިނގާފައި އެހެރަ އަންނަނީ ހާމްގެ އިންތިޒާރެވެ. ގިނަދުވަސްތަކެއްގެ އިންތިޒާރެވެ. “އެއީ އެއްކަލަ މަންޖެ” […]
ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު ލިހަމްއާއި ނުހާ ވަނީ ކައިވެނީގެ ހުރިހާ ކަމެއްވެސް ނިންމާފައެވެ. “ނިންނީ ޓުމޯރޯ އިޒް އަ ވެރީ ސްޕެޝިއަލް ޑޭ ފޮ މީ” ލިހަމް ބުންޏެވެ. “މީޓޫ ލިމް.” ނުހާ ޖަވާބުގައި ބުންޏެވެ. މާދަމާއަކީ މިދެކުދިންގެ އިންތިޒާރުގެ ނިމުމެވެ. ކައިވެނި ކުރެވި ޝަރުއީގޮތުން ހުއްދަ މީހެއް ކަމުގައި ލިހަމް އަށް ނުހާ ވާނެ ދުވަހެވެ. ކޯޓުން ކައިވެނި ކުރުމަށް ފަހު ލިހަމްއާއި ނުހާ ނުކުމެއްޖެއެވެ. “ކޮންގްރާ ދެމީހުންނަށް” ލިހަމްގެ ސުކޫލް ރައްޓެހިންނާއި ތިމާގެކުދިން […]
ފެރީ ނައްޓާލީ ގަޑިން ހެނދުނު ނުވައެއްޖެހުމުންނެވެ. ފެރީ ދަތުރު ކުރަމުންދާ މަންޒިލަކީ އަރިއަތޮޅުގެ ރަށެއް ކަމަށްވާ ސެންދޫއަށެވެ. ދަތުރުގެ ދިގުމިނުގައި ވާ ތިންގަޑިއިރަކީ ހާމް އަށް ކެތްކޮށްލަން ދަތިވި ތިން ގަޑިއިރެވެ. މުޅި އަހަރުދުވަހު ލިބުނު ހުރިހާ ޗުއްޓީ ރަށަށް ނައިސް ބޮޑު ޗުއްޓީއަށް އޭނާ ކުރަމުން ދިޔަ އިންތިޒާރުގެ ނިމުމަކަށް ވާތީއެވެ. ފެރީ އާންމުކޮށް ދުއްވާ ދުވެއްޔަށް ވުރެ ބާރު ދުވެއްޔެއްގައި މިއަދު ދަތުރު ކުރަމުން އެބަ ދެއެވެ. އެއީ ފެރީ ފުލްކޮށް އޮތީމައެވެ. ގަޑިން […]
ހަވީރުގެ ހިތްގައިމުވަގުތެވެ. ނާއިލް އޭނާގެ ލޯބިވެރިޔާ މާޔާ އާއެކު ރަށުގެ ބަނދަރުގައި މަޑުކޮށްލައިގެން އެހުރީ ފެރީލޯންޗު އަންނަންދެކަށެވެ. އެދެމީހުންގެ އެންމެގާތް އެކުވެރިޔާ އަދި ނާއިލްގެ ދޮންބެ ލިހަމް އަންނާތީއެވެ. ލިހަމް ރަށަށްއެއަންނަނީ ކިޔަވާނިމިގެން ވަޒީފާއަކަށް ނުކުތުމުގެ ކުރިން ކުޑަޗުއްޓީއަކަށްށެވެ. ފެރީލޯންޗު ރަށަށް އައިސް ބަނދަރުކޮށްފިއެވެ. ދޮންބެ ހުރީ ނާއިލް ކޮބައިތޯ ހޯދާލާށެވެ. “ނާއީ ހުންނާނެ ބައިވަރު ސާމާނު ގޮސްއާދޭ ގާޑިޔާ ހިފައިގެން. އަރުވައިގެން ގެއަށްދާން.”ނާއިލް ލިހަމް ގާތަށް އައުމުން ބުންޏެވެ. “ހޫން ދޮންބޭ. މިއަރުވަނީއޭ” ނާއިލް […]
މިއީ މީގެ 90ވަރަކަށް އަހަރު ކުރީ ހިނގި ހާދިސާއެއްގެ ސަބަބުން ނިޝާއަށް ދިމާވަމުން އަންނަ ކަމެކެވެ. މާޒީގެ ރަން ދުވަސް ތަކެވެ. ޖިންނީންގެ ދުނިޔޭގައި ވަރަށް މަދުން އުޅޭ ލޭބޯ ޖިންނީންގެ އާއިލާއަކަށް ނިސްބަތްވާ ލޭބޯ ޖިންނިއެއް ކަމަށްވާ އަބީޔު ޖިންނި ލޯބީގެ ގޮތުން ގުޅިފައިވާ މައިޝާ ސިހުރުވެރިއެއްގެ އަތްދޮށުވެއްޖެއެވެ. މި ސިހުރުވެރިޔާއަށް މައިޝާވަރަށް ކަމުދިޔައެވެ. އަދި މި ޖިންނި އޭނާގެ ސިހުރުގެ ބާރު ބޭނުން ކޮށްގެން އިންސާނަކަށް ބަދަލު ކުރުމަށް ސިހުރުވެރިޔާ މަސައްކަތްތައް ފަށައިފިއެވެ. އަބީޔު […]
އިރުއަރައިގެންއައީ ވަރަށްވެސް ހިތްގައިމު ދުވަހެއްގެ ގޮތުގައިއެވެ. ނަމަވެސް މިއަދު ބިންވަޅުނަގަން އެ އުޅޭ މުސީބާތަކީ ކޮބައި ކަން އެކަކަށްވެސް ހަމަނޭންގެއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ މަސައްކަތާއިގެން އެ އުޅެނީއެވެ. ދެން ވާނީ ކޮން ކަމެއްކަންވެސް ނޭނގި ތިއްބާ އެ ބިންދައިލީ ބޮޑެތި ބިޔަ ރާޅު ތަކެކެވެ. މުޅިރަށް ގެނބިގެން ދިޔަފަދައެވެ. މި ރާޅުތައް ރަށަށް ބިނަދައިލީ ހުރިހާ އެންމެންވެސް އެބައެއްގެ މަސައްކަތުގައި މަސްއޫލުވެގެން ތިއްބައެވެ. ހަލީނާއާއި އަރަޝްއަށް ތިބެވުނީ ވަރަށްވެސް ނުރައްކާތެރި ހިސާބެއްގައި އެވެ. ރަށުގެ ގޮނޑުދޮށުގައި […]
ދެކުދިންގެ ކައިވެނި ޕާޓީ ވަރަށް ފުރިހަމަކޮށް ބޭއްވިއެވެ. އަނެއްދުވަހުގެ އިރު އެރުމާއެކު އާއިލާ އެންމެންވެސް ނިންމީ ކައިރީގައި އޮތް ފަޅުރަށަށް ދަތުރުދާށެވެ. މި ދަތުރަށްފަހު ޖެހިގެން އައިދުވަހު އަރަޝްގެ އާއިލާ މާލެދާން ފުރިއެވެ. މިދަތުރުގައި އަރަޝްއާއި ހަލީނާވެސް މާލެ ދިޔައެވެ. ދެކުދިން ކައިވެނިކޮށްގެން ރަށުގައި މަޑުކުރާ ދުވަސްކޮޅު ކޮޓަރިއަށް ބޭނުންވާ ބައެއް މުހިއްމު ތަކެތި ގަނެ ހަމަކޮށްގެން އެނބުރި ރަށަށް އައުމަށްށެވެ. ހަލީނާއާއި އަރަޝްއަށް އެނބުރި ރަށަށް އާދެވުނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ދަތުރުގައި ހަލީނާވަނީ […]
ހަވީރުގެ ކުޅިވަރުތައް ނިމިއްޖެއެވެ. “ރަޝް މިރޭ އަނަންވީނު އަހަރުންގެއަށް ކާން؟” ހަލީނާ އަރަޝްއަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތުދިނެވެ. “ގަޑިއެއް ބުނެބަލަ . އޭރުންނެއްނު އިނގޭނީ ދާން. ” އަރަޝް ޖަަވާބުގައި ބުންޏެވެ. “މިރޭ އައްގަޑިބައި.” ހަލީނާ ވަރަށަ ލަދުރަކިކަމާއެކު ބުނެފައި ބާރުބާރަށް ގެއާއި ދިމާއަށް ހިނގައިގަތެވެ. ބޯޅަދަނޑުމަގު އޮބުމަށްފަހު ހަލީނާ ދައްވައިގަތީ ބުރީގަ އަލިފާންރޯވެގެން މީހަކު ދުވާހައިބާރަށްށެވެ. ހަލީނާގެއަށް އައިސް ވަންއިރު ހަލީނާގެ މަންމައާއި ބައްޕަ ގޭ ދޮރޯށިދޮށުގައި ހުރި ޖޯލިފަތީގައި ތިއްބެވެ. ހަލީނާ ދިޔަގޮތައްގޮސް ވަނީ […]