Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެގުޅުން ވަކިނުވެވޭނެ 1

Rozy
September 21, 2016
8 Mins Read
39 Views
8 Comments

 

މުސައްނިފާ ރޯޒީ

އެގުޅުން ވަކިނުވެވޭނެ

ރީތި ހިތްގައިމު ގެއެކެވެ. މުއްސަދިކަމާތިޔާގިކަން އެގޭގެ ކޮންމެފަރާތަކަށް ނަޒަރު ހުއްޓާލިޔަސް ފެންނަން ހުއްޓެވެ. އެގޭގެ ބަގީޗާގައިވާ މާމެލާމެލިވެސް ފަރިވެ ފޮޅިފައިވެއެވެ. އޭގެ މީރުވަހުން މުޅިހިސާބުގަނޑު އެއްވަސްވެފާވެއެވެ. ނަމަވެސް އެގޭގެތެރޭގައިވަނީ ބުނަންނޭނގޭ ކަހަލަ ހިމޭންކަމަކާ އަނދިރި ކަމެކެވެ.

ވަހީދާ އޭނަގެ ފިރިމިހާޔޫނުސް ކައިރިޔަށް ގޮސް އެނދުގައި އިށީދެލިއެވެ. ޔޫނުސް އެނދުގެ ފަޑީގައި ލެނގިލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއިނެވެ. އޭނާގެ މުސްކުޅި ދެލޮލުންނާ ނިންމަށްޗަށް އަރާފަ ހުރި ރޮނގުތަކުން އޭނާގެ ޝަހްސިއްޔަތު ފެންނަންހުއްޓެވެ. އޭނާގެ އަތުން މަޑުމަޑުން އޭނާގެމުނު ފޮހެލިއެވެ. ކޮންމެވެސް މާޔޫސްކަމެެއް އޭނާއަށް ދިމާވެގެން އުޅޭކަހަލައެވެ.

“ޔޫނުސް. ތިފަދަ އެކަނިވެރި ގޮތަކަށް އެންމެނާ ވަކިން އައިސް އިނުމުން ކުރާނީ ކޮންފައިދާއެއް. އިތުރަށް ކަންތަކާ ވިސްނަން މަޖުބުރު ވާނީ  ނޫންތޯ އަދި ހިތް ނުތަނަވަސް ވާނީ. ވެސްމެ ވީއިރު ބޭރަށް ނިކުމެ ކުޑަކޮށް ތާޒާވައިލިބޭ ދިމާލަކަށް ދިޔުން މުހިންމު” ވަހީދާ ޔޫނުސް އަށް ވިސްނަ ދެވޭތޯ އުޅުނެވެ.

ވަހީދާ ޔޫނުސް ގެ ބޮލުގައި ފިރުމާލިއެވެ. ވަހީދާ އާއި ޔޫނުސް އަކީ މިއަދު މުސްކުޅިވެފައި ތިއްބަސް އެއީޒުވާންކަމުގެ ހުރިހާ ހަރުފަތެއް ގިރާކޮށްފަ ތިބި ދެމިހުންނެވެ. އެމީހުންގެ ބަގީޗާގަ މިހާރު ޒުވާން ހަތަރު މާ ފޮޅިފައިވެއެވެ. އެއީ ތިން އަންހެން ކުދިންނާ އެއްފިރިހެންކުއްޖެކެވެ.

ނީލާ، އައިޝާ އަދި ތާނިޔާ އާއި އެކުދިންގެ ބޭބެ އުނައިސް އެވެ. އެންމެ ދޮށީ އުނައިސް އެވެ. އޭގެ ފަހުގާ ނީލާ، ދެން އައިޝާ ދެންތާނިޔާ އެވެ. ހުރި ހަމައެކަނި ފިރިހެން ދަރިޔަށް ވީމާ އުނައިސް އަށް އާއިލާގެ ޤަދަރާ ލޯބި އެހެންކުދިންނަށް ވުރެ ބޮޑަށް ލިބެމުން ދެއެވެ. އެކަމަކު މިކަމާ ދެންތިބި ކުދިން ޝަކުވާއެއްނުކުރެއެވެ. އުނައިސް ހުންނަނީ މިކަމާ ވަރަށް ފަޙުރު ވެރިވެފައެވެ. ތިމަންނަ މީ ގޭގެ އެންމެ އިސްމީހާއޭ ކިޔާ ކޮއްކޮމެންނާ ވަރަށް ދިމާކޮށް ހަދައެވެ. ޔޫނުސް، އުނައިސް އިގިރޭސި ވިލާތައް ކިޔަވަން ފޮނުވިއިރު އެއްވެސް އަންހެންކުއްޖަކު ރަށުން ބޭރަށް ކިޔަވާކަށް ނުފޮނުވައެވެ. އެންމެން ވެސް ކިޔެވި އެމް. އޭ އާއި ހަމައަށެވެ. ޔޫނުސް ގަބޫލް ކުރާގޮތުން އަންހެން ކުދިންމާ މައްޗަށް ކިޔަވާކަށް ނުޖެހޭނެއެވެ. އަންހެން ކުދިން ކިޔަވަންޖެހޭނީ ފިރިމީހާއަށް ގަދަރު ކުރަން އެގޭވަރަށެވެ.  ދީނީ ކަންތަށް އެނގޭވަރަށެވެ. އަދި ލިބޭ ދަރިން ތަރުބިއްޔަތު ކުރަން އެގޭވަރަށެވެ.

“ތިޔައީ ތެދެއް. އެކަމަކު ތާޒާ ވައި ލިބުނަސް މިއަދު އަހަރެން އުފަލެއް ނުވާނެ.” ޔޫނުސް ފުންނޭވައެއްލިއެވެ. މިނޭވާގައި ތަފާތު އެތައްކަމެއް ވާކަން ދޭހަވެއެވެ.

މިއަދު މިގެ ފަޅުވެފަ އެކަނިވެރިވެފަ އަނދިރިކޮށް މިހެންއޮތަސް މިގެޔަކީ ކުރީގެ ކާރޫ ބާރޫ ބޮޑު ގެއެކެވެ. ތަފާތު ހަފްލާތައް ޒީނަތްތެރި ކުރުމުގާ އެންމެ އަރާހުރި ގެއެވެ.

ޔޫނުސް ގެ ފުރިހަމަ ބެލުމުގެ  ދަށުން ކޮންސްޓުރަކްޝަން ކޮމްޕެނީއެއް ހިންގަމުން ދާގެއެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ފެކްޓަރީ އެކެވެ. 200 އެއްހާ ބިދޭސީންނާ 3000 ހާ ދިވެހިން ފުރިހަމަ ހަލުއި ސުޕީޑެއްގައި މަސައްކަތް ކުރަމުން އަންނަ  މަސައްކަތުމީހުންގެ ފެކްޓަރީއެއް ގެއާއި މާދުނޫން ހިސާބެއްގައި އޮވެއެވެ. ކޮންމެ މުވައްޒަފަކުވެސް ޔޫނުސްދެކެ އިންތިހާއައް ލޯބިކުރެއެވެ. ޤަދަރު ކުރެއެވެ. އިހްތިރާމް ކުރެއެވެ. ޔޫނުސް ޤަބޫލް ކުރަގޮތުގައި މަސައްކަތް ކުރާމީހުންނާ ވެރިންނާ ދެމެދު އެކުވެރިކަމުގެ ލާމަސީލު ގުޅުން އޮންނަން ޖެހޭނެއެވެ. އެންމެ ދަށު މުވައްޒަފު މީހާއެކޭ އެންމެ މަތީ މިހާއެކޭ ޔޫނުސް ތަފާތެއް ނުކުރެއެވެ. ވާހަކަ ދެއްކުމުގައާއި އެހީވެދިނުމުގައި ޔުނުސް އަކީ ހިސާބުގަނޑުގައި މަޝްހޫރު ބޭފުޅެކެވެ. އެއްވެސް މިހަކު ކަމަކު އައިސްފީޔާ ސީދާ ޔޫނުސް އެމީހަކާ ބައްދަލު ކުރައްވާފަ އެއައިބޭނުން ފުއްދަވާދެއްވައެވެ. މިއީ ޔޫނުސްދެކެ މީހުން ލޯބިވާ އެންމެ ބޮޑު ސަބަބެވެ. ޔޫނުސް ޤަބޫލް ކުރާގޮތުގައި މަސައްކަތު މިހުންނާ ތަހުޒީބީ ގުޅުމެއް އާލާވެފަ އޮންނަން ޖެހޭނެއެެވެ. ކަންތައްތަކުގައި މަސައްކަތު މީހުންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އޮންނަން ޖެހޭނެއެވެ. މިއަދާހަމަޔަށް ވެސް އެނާއަށް ލިބިފައިވާ ކާމިޔާބު ކަމަކީ މުއްސަނދި ކަމަކީ އޭނާގެ މަސއްކަތް ކުރާމީހުންގެ ހައްޤެކެވެ.

ސަލީމް އަކީ ޔޫނުސް ގެ މަސައްކަތާއި ޔޫނުސްގެ އަދާތަކާއި މެދު އިންތިހާއައް ޝައުގު ވެރިވާ މީހެކެވެ. ތަފާތު ދުވަސްތަކުގައި އެކުންފުނިން ވަޒީފާ ލިބޭތޯ ފާރަވެސްލާފައިވަމީހެކެވެ. ކޮންމެކަމެއްގަވެސް އެނާބަލަނީ ޔޫނުސް އެކަމެއް ކޮށްފައިވާ ގޮތެވެ، އޭނާގެ ނަމޫނާ މީހާކީ ހަމައެކަނި ޔޫނުސް އެވެ. އޭނާ ބޭނުންވަނީދިރިއުޅުމުގާ ޔޫނުސް ފަދަ ގާބިލް މިހަކައް ވުމަށެވެ. އޭނާގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ޔޫނުސްގެ ފެކްޓަރީން އޭނާއަށް ވަޒީފާ ލިބުމެވެ.

މިއަދކީ އީދު ދުވަހެވެ. ޔޫނުސް ވެސްދިޔައީ އިސްލާމީމަރުކަޒަށް އީދު ނަމާދަށެވެ. ނަމާދުން ނިމިގެން އެހެން ފަހަރެކޭ އެއްފަދައިން އޭނާ އެންމެންނާ ސަލާމްކުރަމުން މުބާރަކް ބާދު ދެމުން ދިޔައެވެ. އެވަގުތު ކުއްލިޔަކައް  ނުދަންނަ ނުދެކޭ މޫނެއްއައިސް ސަލާމް ކޮށްލިއެވެ.

“ޔޫނުސް ސާރ މިއަދާހަމަޔައް އަޅުގަޑު ކަލާދެކެފަވަނީ ހަވީރު ނޫހުންނާއި އާފަތިސް ނޫހުން އަދި ޓިވީ ގެ ތަފާތު ޕޮރުގުރާމް ތަކުން. މިއަދު އީދު ނަމާދައް މިތަނަށް އައުމުން ކަލާއާއި ބައްދަލު ވުމުގެ ފުރުސަތު ލިބުނީ. އީދު މުބާރަކް.. ”

” އެހެންތަ އާންމުކޮއް އަހަރެންނާއި ބައްދަލު ކުރަން އަންނަ މިހުންނަށް އެކަން ވަނީ ވަރަށް ފަސޭހަ ކަމަކަށް. އޮފީސް ގަޑީގަ އޮފިހަށް ދުރުވުމުން ބައްދަލު ވާނެ. ކޮންނަމެއްތަ ކިޔަނީ…؟ ”

ޔޫނުސް ސަލީމް އާއި ސަލާން ކޮއްލަމުން އަހަލިއެވެ.

” އަޅުގަނޑުގެ ނަމަކީ ސަލީމް. އާދަމް ސަލީމް. އަޅުގަނޑު ކިޔެވީވެސް މަޖިދީއްޔާ ސުކޫލުން. އެއީ ކަލާ ވެސް ކިޔެވި ސުކޫލް ދޮގެއްތޯ؟”.

“އާދަމް ސަލީމް… ހޫން އާނ އެއީ ކޮންޒަމާނެއް؟ އަހަރެން މިހާރު ހަނދާނެއްވެސް ނެތްތިކަމެއް. ދެން ސަލީމް ކުރަނި ކޮން މަސައްކަތެއް؟”

“އަސްލު އަޅުގަޑަކީ ވަޒީފާގެ ދަހިވެތި ކަމުގާ އެކި ތަންތަނައް ދަތުރު ކުރާ މުސާފިރަކީން. ރާއްޖެތެރެވިމާ މާލޭގައި ގިނަދުވަހަކު ނުއެއް އުޅެވޭ. މިއަދު މެންދުރު ފަހު ފުރައިގެންދާން ކަމަށް މިބެލީ މާލެގަ ތަންތަން ވަރަށް އަގުބޮޑު އެހެންވެ މިދަނި ފުރައިގެންވެސް.”

“ނޫނޭ ފުރުމުގެ ބެނުމެއް ނެތް. މާދަމާ އޮފީހުން އަހަރެންނާ ބައްދަލު ކުރޭ. ”

ޔޫނުސް ސަލީމް އާއި ސަލާމް ކުރުމަށް ފަހު ކާރައް އަރައިގެން ދިޔައީއެވެ. ސަލިމް އުފަލުން ވަރެއްނެތެވެ. ހީވީ ދެއީދު ހަނދު އެއްފަހަރާއޭނާއަށް ލިބުނު ހެންނެވެ.

ޖެހިގެން އައިދުވަހު ސަލީމް ވަރަށް ސާދާގޮތަކައް ތައްޔާރު ވެލިއެވެ. ޔޫނުސް އަކީ ވަރަށް ސާދާ މީހެއްކަން އޭނާއަށް ކުރިންވެސް އޮތީ އެނގިފައެވެ. މަޑު ނޫކުލައަކީ އެފެކްޓަރީގެ ކުލައެވެ. ސަލީމް ހޯދާބަލައިގެން އެކުލައިގެ އަތްދިގު ގަމީހެއް ހޯދިއެވެ. އަދި ކަޅު ފަޓުލޫނެއްލިޔެވެ. އަދި ނޫކުލައިގެ ޓައީއެއް އައްސާލިއެެވެ. ކަޅު އޮފް ބޫޓަކަށް އަރާލިއެވެ. މިހާރު އޭނާ ވައްތަރީ އެކުންފުނީގެ މެނޭޖަރަކައެވެ.

ސަލީމް ފެނިފާ ރިސެޕްޝަންގަ އިންކުއްޖާވެސް ހައިރާން ވިއެވެ. ސަލީމް އައިވާހަކަ އޭނާ ޔޫނުސް އައްދެންނެވިއެވެ.

ސަލީމް އޭނާގެ ފައިލް ހިފައިގެން ޔޫނުސްގެ އޮފީހައް ވަނެވެ. ޔޫނުސް އަތުގެ އިޝާރާތުން އިށީންނަން ސަލީމް އައް ގޮޑި ދައްކާލިއެވެ.

އެވަގުތަކީ ޔޫނުސް އޭނާގެ އަންހެންދަރިފުޅު ނީލާއަށް ފިލާވަޅު ދަސްކޮށްދެއްވަނީއެވެ. ނީލާ ތަފާތު ސުވާލުތަށް ޔޫނުސް އާއި ކުރަމުން ދިޔައެވެ. އެކަމަކު ޔޫނުސް ދޭޖަވަބު ނީލާއައް ރަނގަޅު ކަމަކަށް ނުވެއެވެ.

އެވަގުތު އެއްޗެއް ވިސްނިގެން ޔޫނުސް އިސްއުފުލާ ސަލިމް އާއި ދިމާލައް ހިނިތުން ވެލިއެވެ.

” ސަލިމް ތިޔައައި ހަމަ ރަނގަޅު ގަޑިއެއްގަ. ތިޔަ ފައިލް އަހަރެންގެ މޭޒް މަތީ ބާއްވާފަ ނީލާއަށް އެހީވެދީ މިފިލާވަލުތަށް ހެދުމުގައި ނީލާ ގެ ހިތް ހަމަޖެހިއްޖެއްޔާ ބަލާ ކަލޭ ފާސް ވިކަމައް އަދި ވަޒީފާވެސް ލިބުނީކަމަށް އެހެންނޫނީ ޖެހޭނީ ދޫކޮށް ލަން ދަރިފުޅާ ނީލޫ މިއީ ސަލީމް މީނާ ރަނގަޅަށް ޓެސްޓު ކުރާތި ބައްޕަ މިދަނީ މީޓިން އައްލަސްވެގެން”

” އެންމެ ރަނގަަޅު ޑޭޑް އަހަރެން މީނާ ބޯގޮއްވާލާނަން. ހެއްހެއްހޭ. ދުރުވޭ ދުރުވެ މިވަގުތުގެ މަގޭ އެދުރު ބޭބޭ. މިފިލާވަޅު ބުނެދީ ހަމަ މިހާރު”

ސަލީމް ބިރުން ކަހަލަ ގޮތަކަށް ގޮސް ނީލާގެ ކުރިމަތީ އިށީނެވެ. ނީލާ ފޮތް ސަލިމައް ދައްކަލިއެވެ. ސަލީމް ވަރަށް ފަރިތަ ކަމާއެކު އެފިލާވަޅު ހަދާލިއެވެ. ނީލާ އިނީ ހައިރާންވެފައެވެ.

“މިޔޮއް ހުރިހާ އެއްޗެއް ނިމުނީ ”

“އަހަރެން ހީކޮށްގެން މިހުންނަނީ އެންމެ މޮޅީ އަހަރެންގެ ބައްޕަ ކަމައް. އެކަމަކު ސަލީމް ތިހާ އަވަހަށް ތިފިލާވަޅު ހެދީމާ އެގިއްޖެ ބައްޕަ ޔައްވުރެ ސަލީމް މޮޅުކަން”

ނީލާ ސަލީމްއަށް ތައުރީފް ކުރިއެވެ.

“ނޫނެ ނީލާ މެޑަމް. އާދައިގެ ބަޔޮލޮޖީ ފިލާވަޅެއް އެނގުމަކީ ޔޫނުސް ސާހަބް ވުރެ މޮޅުވުމެއް ނޫން.އަޅުގަޑަކީ ބިމުގެ ޒައްރާ އަކަށް ވައިރު ޔޫނުސް ސާހަބް އަކީ އުޑުގަ އަލިގަދަކޮއް ވިދާ ހަނދު. ”

ސަލީމް އިސްދަށައް ޖަހާލައިގެން އިނދެ މިބުނިބަހުންނާ ސަލީމްގެ އެހުނަރު ވީ ނީލާގެ ހިތުން ސަލީމުއަށް ޖާގަ ހުސްވިކަމަކަށެވެ. ސަލީމް ވީ ނީލާގެ ޕާމެނަންޓް ޓިޗަރ އަށެވެ. ގިނަވަގުތު ދެމީހުން އެކަނި އެކުގައި ހޭދަކުރުމާއި ތަފާތު ހިޔާލުތަށް ބަދަލުވުން ވެގެންދިޔައީ ސަލީމް އާއި ނީލާ އެކަކު އަނެކަކާ ލޯބީގެ ގޮތުން ގުޅުނު ކަމަކަށެވެ.

“ނީލާ. އަހަރެން ހީވަނީ މިކުރެވުނީ ރަނގަޅު ކަމެއްނޫން ހެން. ޔޫނުސް ސާހަބް އަހަރެންނަށް ވަޒީފާ ދެއްވީ ހާދަ އިތުބާރު ކޮއްފަޔެ. އެކަމަކު އަހަރެން އޭނާގެ ދަރިޔަކާ މިފަދަ ގޮތަކަށް ގުޅެން އޭނާ ހިތައް ވެސް ނާރާނެ. އަހަރެންނަކީ ހާދަ އަމިއްލަ އެދުން ބޮޑު މިހެކޭ މީހުން ބުނާނެ. ނީލާ އަހަރެންމަތިން ހަނދާން ނައްތާލާ. މިއީ ނުވެސް ވާކަމަކަށް ހަދާލާ އަހަރެންނަށް ޔޫނުސް ސާހަބް އާއި ދެން ކުރިމަތިލާކަށް ވެެސް ދެން ނުކެރޭނެ އަހަރެން މިއަދު ވަޒީފާއިން ވަކިވާން ސިޓީ ލިޔާނަން.”

އެވަގުތު ބޭރުން އައި ވަހީދާ އައް މިއަޑު އިވުނެވެ. މިއަހަރަކީ ނީލާގެ ފަހު ތައުލީމީ ފަހު އަހަރު ކަމުން ވަހީދާވެސް ނިންމީ ސަލީމް އަކީ ނީލާ ބޭނުންވާ ބައިވެރިޔާ ކަމަށް ވާނަމަ އަވަހަށް އެކަން ކުރުމަށެވެ. ސަބަބަކީ ސަލީމް އަކީ ޢަޙްލާގު ރަނގަޅު މީހެކެވެ. ވަކި ޙާންދާން އެއްނޭގުނަސް ސަލިމުގެ މަޑުމައިތިރިކަމާ ނިޔަނެތި ކަމުން ސަލިމްއަކީ ރަނގަޅު އާއިލާއެއްގެ ކުއްޖެއްކަން އެގެއެވެ. އަދި ވަގުތުން އެވާހަކަ ޔޫނުސް އަށް އެންގިއެވެ.

ޔޫނުސް ގެ އިރުޝާދުގެ ދަށުން ގެތެރެ ވަރަަށް ފުރިހަމަޔަށް ޒީނަތްތެރިވަމުން ދެެއެވެ. ހީވަނީ އަލަތު ކައިވެޏަކަށް އަންހެން ކުއްޖަކު ތައްޔާރު ކުރަނީ ހެންނެވެ. ކާމޭޒްމަތިވެސް އެހެންނާ ނުވާހެން ޒީނަތްތެރި ކޮށްފައިހުއްޓެވެ. ޔޫނުސް ވަކިވަކިން ހުރިހާ އެއްޗެއް ބަލަމުން ދިޔައެވެ. އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ އެވެ. ކަންތަށް ފުރިހަމަ ކުރުމަށް ފަހު ޔޫނުސް ވެސް ވަރަށް ފުރިހަމަޔަށް ތައްޔާރު ވެލިއެވެ.

އެވަގުތު ވަހިދާގެ ބެބެ އާމިރު އާއި އެމީހުންގެ ރައްޓެހިން މޭޒް ކާރީ އިށީނެވެ. މިއެންމެންނަކީވެސް ކާކޮންމެ ގަޑިޔަކު މިމޭޒް މަތި ފަޅު ފިލުވާ މީހުންނެވެ. ކިތަންމެ ކުރިން ކާންއިށީދެވުނަސް އެމީހުން އަބަދުވެސް ކާންފަށަނީ ޔޫނުސް ކާންފެއްޓެވީމައެވެ. އެކަކު އަނެކަަަކަށް ބަލަބަލާ ތިބެނިއެވެ. މިއަދު ޔޫނުސް ކާމޭޒް ކާރިޔަށް ދުރުވެފަ ނޫސް ނެގިގޮތަށް އަނގައިންވެސް ނުބުނެ އެބައިނެވެ، އެންމެ ފަހުން އާމިރު ކެތްނުވެގެން ވާހަކަ ދައްކަން ފެށީ އެވެ،

” ޅިޔަންބޭ މިއަދު ކާންވެސް ނުފައްޓާ މީހަކަށް އިންތިޒާރު ކުރައްވަނިތޯ”

“އާނ އަހަރެން ވަރަށް މުހިންމު މީހަކަށް އިންތިޒާރު ކުރަނީ”

އެވަގުތު ނީލާއާއި ވަހީދާއާއި އައިޝާއާއި ތާނިޔާވެސް މޭޒް ކާރީ ކެއުމަށް އިންސާފު ކުރަން އިށީނެވެ.

” ބައްޕާ ބައްޕަ ތިޔަ އިންތިޒާރު ކުރަނީ ކޮން މެހްމާނަކަށްތޯ؟

އައިޝާ މޭޒް މަތިގަ އޮޮތް ފޮތިގަނޑާ ކުޅެލަމުން އަހާލިއެވެ.

” ހީކޮށްލާ މިއީ އަހަރެން ނީލާ އަށް ޓަކައި ކުރާ އިންތިޒާރެކޭ. ނީލާގެ ބައިވެރިޔާ އަށް ކުރެވޭ އިންތިޒާރެކޭ” ފޮނި ހިނިތުންވުމެއް ޔޫނުސްގެ ތުންފަތުގައި ކުޅެލިއެވެ

” ނޫނޭ އަޅުގަނޑު އަދި ކިޔަވަން ބޭނުން. އެއްވެސް މީހަކު ގެންނާނެ ކަމެއްނެތް”

ނީލާ މިހެން ބުނުމާއެކު ގޭޓް އިން ކާރެއް އައިއަޑު އިވުނެވެ. ދެވަނަ ހިނދު ކޮޅުގައިފެނުނި ކޮންމެ ވެސް މީހަކު ވަދެ ސަލާން ގޮވާލި އަޑެވެ. ޔޫނުސް އަވަހަށް ނޫސް ބާއްވަމުން އެތެރެއަށް ވަންނާށޭ އެމީހާ ކާރީ ބުނެލިއެވެ. ހުރިހާ އެންމެންގެ ލޯ ދޮރާއަމާޒު ވެފައިވެއެވެ.

އެވަގުތު ކޯޓް ފަޓްކލޫން ލައިގެން ޓައީ އަޅައިގެން ދެއަތް އުގުޅަމުން ވަން ސަލީމް ފެނިގެން އެންމެން ހައިރާން ވިއެވެ. އޭނާއަކީ ކުންފުނިޔަށް ވަންތާ އަހަރު ނުވަނިސް ކުންފުނިން ކެޑިގެން ގޮއްސަ ހުރި މީހެކެވެ.

މިވަގުތު އޭނަމިގެޔަށް އައީ ކީއްކުރަން ބާއޭ އެންމެންގެ ހިތުގާ ސުވާލު އުފެދި ޔޫނުސް އަށް ބަލަން ތިއްބެވެ. ޖަވާބަކީ ކޮބާތޯ އެއިން ކޮންމެ މީހެއްގެ މޫނުން އަހާކަހަލައެވެ.

” ސަލީމް. ވަންނާށެ. މީހަކު ރޭގަނޑު ކެއުމުގެ ދައުވަތު ދިނީމާ ކޯޓް ފަޓުލޫން ލައިގެން އަންނަން ވެދާނެތަ؟ ބަލަ ތިޔަ ޓައީ މޮހާލާ ތަންކޮޅެއް ހަމަޖެހިގެން މަަގޭ ކާރިޔަށް އައިސް މިގޮޑީގަ އިށީދެބަލަ”

ޔޫނުސް އޭނާގެ އެންމެ ކާރީގަ ވާ ގޮނޑި ދައްކާލަމުން ބުނެލިއެވެ.

” އާނ ދެން ކަލޭމެންގެ ސުވާލުގެ ޖަވާބު. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ މިސަލިމް އަށް އަހަރެން މިނާ އަހަރެންގެ ދަރިފުޅު ނީލާގެ ހަޔާތުގެ ބައިވެރިޔާ އަށް ހޮވާފިން. އޭނާގެ އިއުތިރާޒެއްނެތިއްޔާ މިކަން މިއީ އެންމެ މުހިންމު ކަން މަށައް” ޔޫނުސްގެ މިވާހަކައިން ނީލާ ލަދުން ރަތްވިއެވެ. އަދި ވަގުތުން ތެދުވެގެން ބައްޕަ ކާރިޔަށް ދިޔައެވެ.

“ބަައްޕަ ހާދަ ރަނގަޅެ. ބައްޕަ ތީ ދުނިޔޭގަ ވާ އެންމެ ސުވީޓް ބައްޕަ” ނީލާ އުފަލުން ޔޫނުސްގައިގަ ބައްދާލުމައްފަހު ގޮސް އިށީނެވެ. އެވަގުތު ސަލީމްވެސް އައިސް އިށީނެވެ.

“ސަލީމް. ކަލޭގެ މައިންބަފައިން ކޮބާތަ؟” ރަހްމާން މަޑުން ނީނދެވިގެން އަހާލިއެވެ. ރަހްމާން އަކީ ވަހީދާގެ ބޭބެއެކެވެ. އޭނާވެސް މަސައްކަތް ކުރަނީ އެފެކްޓަރީގައެވެ.

“އަޅުގަޑަކީ ޔަތީމަކީން އަޅުގަނޑު ވަރަށް ކުޑައިރު މަންމަ ޔާ ބައްޕަ ނިޔާވެއްޖެ އަޅުގަނޑު ބަލާ ބޮޑުކުރީ މާމަ މިދިޔަ އަހަރު މާމަ ވެސް ނިޔާވެއްޖެ. އަޅުގަނޑަކީ އަމިއްލަ ގެދޮރު ހުރި މިހެއް ނޫން. ” ސަލީމް ލޯފޮހެލިއެވެ.

“ސަލީމް ނުރޮއި ހުއްޓާލާ މީގެ ފަހުން ތިޔައީ ޔަތިމު މީހެއް ނޫން.އަހަރެންގެ ދޮށީ ދަރިފުޅު މިވަގުތު ވީ އިގިރޭސި ވިލާތުގަ އަންނަ މަހު އައުމާއެކު އަހަރެން ސަލީމް އާއި އަހަރެންގެ ދަރިފުޅު ނީލޫ ކައިވެނި ކުރުވާނަން. އަދި ތިޔައީ އަހަރެންގެ ދަރިޔަކަށް ހަދާނަން.” ޔޫނުސް ސަލީމް ގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

” އަސްލު އަޅުގަޑަަށް ނޭނގެ ޝުކުރު އަދާކުރާނެ ގޮތެއްވެސް. އަޅުގަޑު ކަހަލަ އެއްވެސް ވާލެއްއިޔާރެއް ހައިސީއްޔަތެއް ނެތް ނިކަމެތި މީހަކަ ތިޔަ ދެއްވި ގަދަރު މިއީ ހުވަފެނުންވެސް އަޅުގަޑަކަށް ނުކެރޭނެ ބަލާކަށް”

ކަރުނަ ވީއަޑަކުން ސަލީމް ބުނެލިއެވެ.

” މީހާގެ ހައިސިއްޔަތަކީ މީހާގެ އުޅުން. ސަލިމް ގެ މާތް އަޙްލާޤު ފެނިފަ އަހަރެމެން މިގޮތަށް ނިންމި. އެކަމަކު ތިޔަ ކާވެނީގަ އަހަރެންގެ ޝަރުތެއް އެބައޮތް. ”

ވަހީދާ ވެސް ވާހަކަ ދައްކަން ފެށިއެވެ. އެންމެން ސުވަލުގެ ބެލުމަކުން ވާހީދާއާއި ދިމާލަށް އެނބުރުނެވެ.

“އަހަރެންގެ ޝަރުތަކީ ނީލޫ އުޅެންޖެހެނީ ކާވެނީގެ ފަހުން ސަލީމް އާއިއެކު މިގެގަ. އެއްބަސްތަ؟”

‘އަޅުގަޑު ދެންބުނާނީ ކިކޭތޯ؟ އަޅުގަނޑު ގަބޫލް.” ނިލާއަށް ބަލާލަމުން ސަލިމް ބުނެލިއެވެ. ނީލާ އުފަލުން ވަރެއް ނެތެވެ.

އުނައިސް ވަރަށް އަވަދި ނެތި ރާއްޖެ ދިޔުމުގެ ތައްޔާރީތަށް ކުރަމުން ދަނީއެވެ. އެއްފޮށިގަނޑައް ފަހު އަނެއްފޮށިގަނޑު ބަންދު ކުރުމުގައި އުޅެމުން ދިޔައެވެ. އެވަގުތު އޭނާގެ ކޮލެޖްގެ އެކުވެރި ކުއްޖަކު ވަނެވެ.

“އަސްތާ އުނައިސް ކޮން ހާ ފޮށިގަނޑު ތަކެއް؟”

“މިއީ އހަރެންގެ ކޮއްކޮގެ ކައިވެންޏަށް އަހަރެންް މިކޮޅުން ގަތް ސާމާނު ތަށް”

“ކޮއްކޮ ދެކެ ހާދަ ލޯބިވާ ބޭބެއެކޭ . އެކަމަކު ބޭބެގެ ލޯބިވެރިޔާވެސް މިއަދު ފުރާވާހަކަ ދެއްކި”

“ހަމަ ރަނގަޅަށް އަސްތާ ފަލާހް މަށައްދެން މަސައްކަތެއް ނުކުރެވޭނެ މަމިދަނީ އެމަންޖެއާ ސަލާމް ކުރަން. ފޮށި ގަނޑުތަށް ބަންދު ކުރުން ކަލެއަށް” ފަލާހް މިދިން ތާޒާ ހަބަރުން އުނައިސް މުޅިން އަވަދި ވިއެވެ. އަވަސް އަރުވާލާފަ ޖިންސު ލަމުން ޓީޝާރޓް ވެސް ފަތި ފުށުން ލައިގެން އޭނާ ކޮޓަރީ ދޮރުން ކުއްލިޔަކަށް ނިކުތީ ފަހަތް ބަލަމުން ފަލާހް އާއި ވާހަކަ ދައްކަމުންނެވެ.

އެވަގުތަކީ ހިނާވެސް އެހެން ކުދިންނަށް ބައި ކިޔަމުން ފަހަތަށް ފަހަތަށް ބާރަށް އައިވަގުތެވެ. ހީނާއާއި އުނައިސް ޖެހިފަ ދެމީހުން އެކަކު އަނެކަކުގެ ގައިމައްޗަށް ވެއްޓުނެވެ. ހިދުކޮޅަކަށް ދެމިހުން ދެމީހުންގެ ލޮލުގެ ތެރެއަށް ފީނައިގެން ތިއްބެވެ. ވީތަދުވެސް މިހާރު އެމީހުން ހަނދާނެއް ނެތެވެ. ފަލާހުވެސް އަޑުގަދަ ވެގެން ދޮރު ހުޅުވިއެވެ. ފެނުނު މަންޒަރުން ބާރަށް ހޭންފެށިއެވެ. އެތަނަށް އެހެން އަންހެންކުދިންނާ ފިރިހެން ކުދިން ޖަމާވެ ހެމުން ގެންދިޔައެވެ. ކުއްލިކަށް ހީނާއަށް ހެވެރިކަން ވެގެން ތެދުވިއެވެ. އެވަރުން އަދިވެސް އުނައިސް އިޝްގީ ގޮތަކަށް ހީނާއަށް ބަލަމުން ދިޔައެވެ. ދެމީހުން ތެދުވެވުނީ އެކުގަ ކަހަލަ ގޮތަކަށެވެ. ހީނާ އެނބުރިލިތަނާ އޭނާގެ ދިގު އިސްތަށިގަޑުން ބައެއްވަނީ އުނައިސްގެ ޓީޝާރޓްގެ ގޮށުގަ އެޅިފައެވެ. ވުމާއެކު އަނެއްކާވެސް ވިތަދުން ހީނާ އެނބުރިލިއެވެ އަދި ވަރަށް މަސައްކަތުން އިސްތަށިގަނޑު ނެއްޓުވިއެވެ. އެކަމަކު ވެސް އިސްތަށިކޮޅެއް ގޮށުގަ ހަރުލާފަ ހުއްޓެވެ.

“މަށެއް މިޓިޝާޓް ނުވެސް ލާނަން ނުވެސް ދޮންނާނަން. ހާއި މީގަ މިހިރީ ހާދަ ލޯބި އިސްތަށި ކޮޅެކޭ. އައިލަވް ދިސް”

އުނައިސްގެ މިލާނެއްކަން ފެނިފަ ހީނާ ވަރަށް ރުޅިއައެވެ.

“ކަލާއަށް ކިޔަނީ ކޮންނަމެއްތަ؟” އުނައިސް ހީނާގެ ފަހަތުން ދަމުން އަހާލިއެވެ.

“މަގޭ ނަން އެހުމުގެ ބެނުމަކީ ކޮބާ؟”

” ހާއި.. އަޑުވެސް ހާދަ ފުރިހަމަޔެ ﷲ ކަލާ ހެއްދެވީ ކޮންކަހަލަ މައުދަނަކުންތަ؟ ދެންބުނެބަލަ ކޮންނަމެއްތަ ކިޔަނީ؟”

ހީނާދެންވެސް ޖަވާބެއްނުދީ ގޭޓާ ދިމާލަށް ދަމުން ދިޔައެވެ.

“އޭ މިހިރަ ދާ ބޮޑާ އަންހެން ކުއްޖާ. އެޓްލީސްޓު ނަންބުނެފަ ދޭބަލާ.”

“އޭމިހިރަ މީހާ އަހަރެންގެ ކުރި ނުބައްދާ އަހަރެންނަށް މަޑެއްނުކުރެވޭނެ”

“ތިގޮތަށް ލޯއެޅިޔަސް ތިޔަ ރިތިކަމަށް އަންނަނީ ފުރިހަމަ ކަމެއް”

“ކުރިމަތިން ދުރު ނުވަންޏާ ލޯއަޅާނަން”

“ދެން ބޮޑާ ނަހާކާ ނަންބުނެބަލަ ޕުލީސް”

“ކަލޭ ކަހަލަ އާވާރާ މަޖުނޫން އިން ރާއްޖެ އިން ފުރައިގެން މިގައުމަށް އައިސް ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް އުޅޭތީ ލަދުން ހަލާކު”

“އަސްތާ އެހެންތަ؟ މަމީ މަޖްނޫން، އާވާރާ މީހާ. ކާކުބާ ލައިގަތީ. މިއޮތީ ކާކުގެ އިސްތަށި ތަކެއްބާ ދައްކަބަލަ މަގޭ އެއްވެސް އެއްޗެއް؟

އެވަގުތު ފަލާހް އައިސް އުނައިސް ދަމަމުން ދާންފެށިއެވެ.

“އޭ ހާދަ ފާޑެއްގެ މަންޖެއެކޭދޯ މަމިޔޮއްފަދަ ޝާހީ ކޮށް އުޅޭ މީހާ މުޅިން ބަދުނާމު ކޮށްފަ އެދިޔައި”

“ހޫނ ކަލޭވެސް އުޅޭގޮތުން ނޭއެހެންވަނި އަންކިޔާފިޔާ ކޮންމެ އެއްޗެއްގެ ފަހަތުން ކަލޭދާނެ. މިފަހަރު ލަނޑު އެޅީދޯ”

“ނޫނޭ ބަލަން ހުރޭ އަދި މަގޭ ފަހަތުން އަންނާނެ. އެކަމު ރީތި ގޮލައެއް.”

“ހޫންފުރަން ދާގަޑި ޖެހިއްޖެ އަވަސްކުރޭ ދަމާބަހީ”

މުޅިދަތުރު މަތީ އުނައިސް އިނީ އެޓީޝާޓް ގައި ބައްދާލައިގެންނެވެ. ރާއްޖެ އަދެވުމުން އޭނާފުން ނޭވާއެއްލިޔެވެ. އޭނަގެ ސުކޫލް ރައްޓިހިންނާ އާއިލާ މިހުން އެއަރޕޯޓް ގައި އޭނާގެ އިސްތިގުބާލުގައި ތިއްބެވެ. އޭނާ ހުރިހާ މީހުންނާ ސަލާމް ކުރަމުން ވާހަކަ ދައްކަމުން ކާރާދިމާލަށް ދިޔައެވެ. އެވަގުތު ކާރު ކައިރީ ކާރަށް ލެނގިލައިގެން އޭނާގެ މަންމަ ހުއްޓެވެ.

“ވާހް އެންމެ ރީތީ މަންމަ. މަންމާ ކޮބާތަ އެއަންހެން ކުދިންގެ ގާފިލާ”

“ބޭބޭ އަޅުގަޑުމެން މިތިބީ”  ކާރުތެރެއިން ބޯނެރެމުން އައިޝާ ހަޅޭއްލެވިއެވެ.

“އެހެންވަނީ ދޯ މިތިންމާމަ މިތިބީ ކާރުތެރޭގަދޯ ނެތްތަ މަށަށް ޖާގައެއް”

“ނޫނޭ ތީ ބޮޑު މީހާނު އަރާ ކުރީ ސީޓަށް ” ނީލާ ހެމުން ބުނެލިއެވެ.

” ނޫނޭ އަހަރެން މިއައީ ސައިކަލް ތަލުދަޑި ހިފައިގެން ބައްޕަ ބުނުއްވި އުނައިސް ވަގުތުން އޮފީހަށް އަންނާށޯ”  ރަހްމާން އަވަހަށް އައިސް އުނައިސް އަތަށް ތަޅުދަޑި ފަތި ދިނެވެ.

“ރަހްމާން ބޭބެ. މިއަދު ކަލޭ އަހަރެން މިއަންހެންގާފިލާއިން ސަލާމަތް ކޮށްދީފި މިގެ އަގު މަގެޔަށް ގޮސް ކަލެއަށް ދޭނަން.”

ނުނިމޭ

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އުމުރަށް ތިޔަނަމުގައި……………… (ފަހުބައި)

Next

އެ ހަނދާން

Next
September 21, 2016

އެ ހަނދާން

Previews
September 20, 2016

އުމުރަށް ތިޔަނަމުގައި……………… (ފަހުބައި)

8 Comments

  1. Love says:
    September 21, 2016 at 11:28 am

    Ok dhen..

  2. Sabeeha says:
    September 21, 2016 at 11:37 am

    v salhi…?

  3. mari says:
    September 21, 2016 at 11:52 am

    v reethi?

  4. aik says:
    September 21, 2016 at 12:43 pm

    vv reethi..??

  5. RaM says:
    September 21, 2016 at 1:07 pm

    Vv reethi maa Las nukoh up kohdhechey plx

  6. Shaa says:
    September 21, 2016 at 1:08 pm

    Vvvvvvvv reethi

  7. Rozy says:
    September 21, 2016 at 1:22 pm

    Dear readers
    Thank you so much.. Tomorrow I will update the next part Insha Allah
    love you all

  8. Rozy says:
    September 21, 2016 at 9:43 pm

    Mivahakatha kaki Rosy ge dhiri ulhuma gulun huri vahakathake noon. .. KALEY ei dhivehi bahe vima benun kuran jehe than tha benun kurani.. Rozy vahaka dakani addu bahun..
    Shukuriyya

Comments are closed.

All Right Reserved!