އެއީ ބަލައިލަން ކިތަންމެހާވެސް ރީތި މަންޒަރެވެ. އިރު އޮއްސެމުން ދާ ވަގުތު ދުނިޔެ މައްޗަށް ވެރިވެފަ މިހުންނަނީ ކޮންފަދަ ޖާދުވީ ކުލަތަކެއް ހެއްޔެވެ. މިމަންޒަރު ބަލާ ފޫހިވާނީ ކޮން އިންސާނެއް ހެއްޔެވެ. ރަތާ އޮރެންޖާ ރީދުލާ ނޫކުލަ އަހަންނަށް އެންމެ ކަމުދާ ކުލަތަކަށްވީވެސް މިހިތްގައިމު މަންޒަރުގެ ސަބަބުންނެވެ. އެރީތި ރަތްކުލައިން ސާފު ނޫއުޑު މި ވަނީ ހުޅުދާން ވެފައެވެ. ކަނޑުގެ ސަތަހައަށް އިރުގެ ހިމޭން ދޯދިތަށް އެޅިފަވާއިރު ރަތް އޮރެންޖް ޖަވާހިރު ކޮޅުތަކެއް ހެން ކަނދުގެ ލޮނުގަނޑު […]
ސިއްސައިގެން ގޮސް ރައިނައަށް ހޭލެވުނީ ފުރާޅު މަށްޗަށް އޮށްގާ އުކަގެންހެން ހީވާފަދަ އަޑެއް އިވުމުންނެވެ. އޭރު ރައިނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެއިވުނީ ވާރޭ އޮއްސާލި އަޑު ކަން އެނގުމުން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ………………………. ވަރަށް އަވަހަށް އަންނަނީ..