(މީ އަޅުގަނޑު މިފަދަސައިޓެއްގަ ލިޔާ ފުރަތަމަ ވާހަކަ..އުއްމީދުކުރަނީ ކަމުދާނެކަމަށް.ކުރައްވާ ހުރިހާ ފާޑުކިޔުމެއް ވެސް އުފަލާއިއެކު ހެޔޮހިތުން އަޅުގަނޑު ބަލައިގަންނާން :)) “އަހަރެންގެ މުޅިއުމުރުގައި ދުވަހަކުވެސް އަހަރެން ހިތް ކިޔާކަހަލަ ކުއްޖަކާ ދިމާ ވެފަކާނެތެވެ. އުމުރުން އަށާރައަހަރު ވޭތުވެގެން ދިޔައިރުވެސް އަހަރެންގެ ‘ޕްރިންސް ޗާރމިންގް’ އެއް ފެނިފައެއް ނުވެއެވެ. ހޯދުމުގެ ޝައުގެއްވެސް މާބޮޑަކަށް ނުހުރެއެވެ. ގިނަ މީހުން ގަބޫލް ކުރާގޮތުންނަމަ އަންހެން ކުދިން އަވަހަށް މީހުންނާ އިނދެ އަވަހަށް ދިރިއުޅުމެއް ފަށަން ވާނެއެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކަސް […]
“މީރާ، ދުވަހަކުވެސް މީރާ އެއްވެސް ކަމެއް އަހަންނަށް ތިގޮތަށް ޕްރޫވް ކޮށްދޭކަށް ނުޖެހޭނެ. އެކަން ހަނދާން ކުރައްޗޭ… ކިތަންމެ ބޭނުމަސް، ކިތަންމެ އިންތިޒާރު ކުރަން ޖެހުނަސް މީރާ އަހަރެންގެ މީހަކަށް ވަންދެން އަހަރެން މަޑު ކުރާނަން. އިނގޭ!” މީރާގެ މޫނުގައި ދެއަތުން ހިފާ ހަތަރު ކަޅި ހަމަކޮށްލަމުން ޔަމާން ބުންޏެވެ. މީރާ ބޯ ޖަހާލިއެވެ. “ދެން ދޭ ޗޭންޖް ކުރަން… އެހެން ބުންޏަސް އަހަންނަށް ފެންނަ ހިސާބުގަ ތިހެން ހުންނަންޏާ ހިޔާލު ބަދަލު ވެދާނެ… އަހަންނަކީވެސް އިންސާނެއް” […]
ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ. ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ. ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ. *** *** *** *** *** […]
ދުނިޔެ މައްޗަށް ވެރިވެފައި އޮތް ހަމަހިމޭން ވަގުތުގައި ޝީރީން ބިއްލޫރި ދޮރު ކަހާލުމައްފަހު ބޭރަށް ނަޒަރު ހުއްޓާލިއެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތުގައި ގައިގަ ބީހިލަނީ ފިނި ފިނި ވައިރޯޅިތަކެވެ. ލައިގެން އިން ކުރު ސޯޓުގެ ޖީބުން ފޯނު ނެގުމައްފަހު ޝީރީން ނަންބަރަކަށް ޑައިލް ކޮއްލިއެވެ. “ލެޓްސް ގެޓް މެރިޑް… ސޫން…. ވެރީ ވެރީ ސޫން….” ޝީރީން އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. އިރު އޭގެ ވާޖިބު އަދާކުރުމައްޓަކާ ފެނުން ތޮޅެލިތަން ހަމަ ރަނގަޅަށްވެސް ޝީރީން އާއި […]
ކޮޓަރީގައި ލެޕްޓޮޕް ހުޅުވައިގެން އިން ލީނާ އިނީ ލޫތްއާއި އޭނާގެ ފޮޓޯތަށް ބަލާށެވެ. ދުބާއިގައި އުޅުން އިރު ނަގާފައި ހުރި ފޮޓޯތައް ފެނި އެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. އެވަގުތު އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ރިނގުވި އަޑަށް އޭނާ ލެޕްޓޮޕް ލައްޕާލުމަށްފަހު ފޯނު ނެގިއެވެ. “ހަލޯ؟” ގުޅީ ނުދަންނަ ނަމްބަރަކުން ކަމުން އެއީ ކާކު ކަމެއް ލީނާއަކަށް ނޭނގުނެވެ. “ލީނާ. މިއީ އާޒިމާ.” އެކޮޅުން އާޒިމާގެ އަޑު އިވުމުން ލީނާ ހައިރާން […]
“ސާހިބާ މިއަދު އަޅުގަނޑުގެ ރިކުއެއްސްޓެއް އެބައޮތް. އަޅުގަނޑުގެ މިގާޑިޔަލުން ހަދާފަ މިވާ އަނބު މަޖާ އިން އެތިކޮޅެއް ކޭންބައްލަވާ އެހެންނޫނީ އަޅުގަނޑު ވަރަށް ދެރަވާނެ.” “ނޫނޭ މިހާރަކު ނޫން” ޔޫނުސް ބުނެލިއެވެ. “ނޫނޭ އަޅުގަނޑު ކާނަން. “އުނައިސް ހިނިތުންވެލާފަ ބުނެލިއެވެ. “ބައްޕާ ކޭންބައްލަވާ މިއަދާ ހަމަޔަށް ބައްޕަ އެއްވެސް މީހަކު ދެރައެއް ނުކުރޭ ވީއިރު ކީއްވެ މިއާދަންބެ ދެރަ ތިކުރައްވަނީ.އޭނާ ނުހަނު ލޯބިން އެދިނީ އެޭތި ކޮޅު.” އެވަގުތު އާދަނު ދެތައްޓަށް އަނބު މަޖާ އަޅައިގެން އައިސް […]
“މަނާލް…” މީރާއަށް ގޮވާލެވުނެވެ. މަޑުމަޑުންނެވެ. އެއާއެކު މުޅި ގައިން ވާގި ދޫވެގެން ދިޔައެވެ. ނަމަވެސް ތަނެއްގައި ހިފަހައްޓާލާނެ ހިތްވަރެއް މީރާއަކަށް ނުކުރެވުނެވެ. ވެއްޓެން ދިޔަ މީރާ ގައިގައި ހިފާފައި ރާހިލް މީރާ ގެނެސް މޭގައި ޖައްސާލަމުން ދެއަތުން މީރާގެ ހަށިގަނޑުގައި ބައްދާލިއެވެ. “މީރާ…” ރާހިލް މަޑުމަޑުން މީރާގެ ނަން ކިޔާލިއެވެ. މީރާ އިސް އުފުލާ ރާހިލްގެ މޫނަށް ބަލާލިއެވެ. ނަފްރަތު ކުރަން ބޭނުންވި ނަމަވެސް މީރާއަށް ރާހިލް ދެކެ ނަފްރަތެއް ނުކުރެވުނެވެ. ހިތުގައި ރާހިލްއަށް ޓަކާ ވި […]
“ބަލަ ކޮބާ ބާބީ” “ހީނާ ނުލާއައީ ކީއްވެ؟” ވަހީދާވެސް އަހާލިއެވެ.އުނައިސް ހީނާއާއި އޭނާގެ މައްސަލަ މަންމަ މެންކާރީ ކިޔާނުދެއެވެ. “ހީނާ ލަދުން ނައީ” އުނައިސް ހިތި ގޮތަކަށް ހިނިތުންވެލިއެވެ “ލަދުންނޭ އެކިހިނެއްވީ؟” ވަހީދާ އުނައިސް އާއި ކާރި ވެލަމުން އަހާލިއެވެ. “އަޅެ މަންމާ، މަންމަ މާމަޔަކަށް ވަނީނު މިއައީ ބައްޕަ މެންގެޔަށް އޭނާ ލާފަ” އުފާވެރި އަޑަކުން އުނައިސް ބުނެލިއެވެ. “ނާހަމަ ރަނގަޅަށް ކިތަށް މަސް” ވަހީދާގެ މޫނު އުފަލުން އުޖާލާވެގެން ދިޔައެވެ. ދުރުގަ ގޮޑީގަ އިން […]
ހުރިހާ އެއްޗެއްގަ ސޮއި ކުރި މިއީ ކާމިޔާބުގެ ތަޅުދަނޑި އަހަރެންނަށް ލިބުނު ދުވަސް،އަހަރެން އެގޭގަވީ 5 ވަރަކަށް އަހަރުން މިއަދު އަހަރެންމިވަނީ ބޮޑު މުއްްސަންޖަކަށްވެފަ. ހައްހައްހާ” ބޭރުގަ އަޑުއަހަން ހުރި ނީލާ ގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ،ސަލީމްގެ ކޮންމެ ބަހެއް އޭނާއަށްޓަކާ ވިހައެއްޗަކަށްވިއެވެ. އޭނަގެ އާއިލާ ބަރުބާދުވީ ސަބަބަކަށް އޭނާވީތީ މިއަދު އޭނާހިތާމަކުރަމުން ދިޔަޔަސް މިއީ ފޮހެވިދާނެ ސަފްހާއެއްނޫނެވެ، ސަލީމްގެ މިއުޅުން އޭނައަށް ކުރިން ނުއެނގުނީ ކީއްވެބާއެވެ. ސަލީމް ހަމަ އެކަނި ލޯބިވީ އޭނާގެ […]